ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/72 ޤަޟިއްޔާގެ ޙުކުމް
ފަނޑިޔާރު އަޒްމިރާލްދާ ދިވެހިރާއްe
1
2010/HC-A/72
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
E
ދެވިހިރާއްޖޭގެއެވެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 72/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރޭޝަން ނަންބަރު12312003-C
ދާއިމީ އެޑްރެސް: ހުދުއަސުރުމާގެ / މާލެސިޓީ
ޤާނޫނީ ވަކީލް: އަލްއުސްތާޛު އަޙްމަދު ފާއިޒް (A062039) ހ.ފެންނާގެ | މާލެ
l
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު ފާރޫޤް
ދާއިމީ އެޑްރެސް: މ.މ.ދ ދަފްތަރު 2879
އައިޑީކާޑު ނަންބަރު:A001417
މިހާރުގެ އެޑްރެސް: ހ.ރުވާމާގެ / މާލެ
1 ... *
ހހ
ތާރީޚް: 04 އޭޕްރީލް 2010
* ނިމުނު ތާރީޚް: 17 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު މައްސަލަ:
* ނަންބަރު: 2009/VTR/142
* ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ނިންމެވި ތާރީޚް: 17 ފެބްރުއަރީ 7}201
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2010/HC-A/72
142/VTR2009
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ނ) ގެ 5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް
ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
ނަންބަރު 2879 | ހ. ރެވިމާގޭ، އަޙްމަދު ފާރޫޤް އެވެ.
ފާހަގަކުރެވުނު ނުކުތާތައް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް
ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009;]
I'R;142 މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، އަޙްމަދު ފާރޫޤް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާއިން 06 އޮކްޓޯބަރ 2009 ގައި ވަކިކުރިއިރު، އޭނާއަށް ނޯޓިކަށްވާ ފައިސާ ދިންއިރު، ފިކްސްޑް
އޯވަރޓައިމަށްވާ ފައިސާ ޤާނޫނުނަންބަރު 2
:
2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަމާއްދާއާ ޚިލާފަށް
އުނިކޮށްފައިވާތީ އެފައިސާ ހޯދުމަށާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ 30 ޑިސެމްބަރު
2008 ގެ މެމޯގައިވާ ގޮތުން އޭނާއަށް ދޭންޖެހޭ 03 މަހުގެ ނޯޓިސްނުދީ ވަޒީފާއިން ވަކިކޮށްފައިވާތީ
އެކަން ބައްލަވައި ދެއްވުމަށްއެދިގެން ހުށަހެޅި މައްސަލައެއްކަމާއި، އެމައްސަލަ ނިންމަވާފައިވަނީ، 20
ސެޕްޓެމްބަރ 2004 ގައި އަޙްމަދު ފާރޫޤް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއާ
ގުޅިފައިވާކަމާއި، 06 އޮކްޓޯބަރ 2009 ގައި އެ ކުންފުނީގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވާކަން އެނގޭ
-1
142/VTR/2009
· · 2
-02
ރިވެރިން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2010/HC-A/72
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރަށް ރިޢާޔަތްކޮށް އޭނާގެ ޚިދުމަތުގެ މުއްދަތު 05 އަހަރަށް ވުރެ ގިނަވާތީ، ހޮރައިޒަން ފިޝަރީޒް
ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2008/HF
/
048HR
/
MEMO (30 ޑިސެމްބަރ 2008) ގައި
ބަޔާންކުރާ އުސޫލުން 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރި މުވައްޒަފަކަށް ނޯޓިސް ދޭންޖެހޭ
އުސޫލުން ވަޒީފާއިން ވަކިކުރުމުގެ ކުރިން 03 މަސް ދުވަހުގެ ނޯޓިސް އަޙްމަދު ފަރްޤަށް
ލިބެންޖެހޭކަމަށާއި، އަޙްމަދު ފާރޫޤް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިހުގެ މުއްދަތަށް ދޭންޖެހޭ އިނާޔަތްތައް ހަމައަށް
ދިނުމަށްފަހުގައިކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނި ނަމަވެސް، ޗުއްޓީގައި ހުންނަ ދުވަސްތައް ފިޔަވައި
އެހެނިހެން ދުވަސްތަކަށް އަޙްމަދު ފާލޫޤަކީ ފިކްސްޑް އޯވާޓައިމް ލިބޭ މުވައްޒަފެއްކަން ހުށަހަޅާފައިވާ
ލިޔެކިޔުންތަކުން ސާބިތުވާކަމަށްޓަކައި، ފިކްސްޑް އޯވާޓައިމްގެ ގޮތުގައި ލިބެންޖެހޭ އަޙްމަދު ފާރޫޤުގެ
މުސާރައިގެ %30 އަށްވާ މިންވަރަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ
މާއްދާގައި ބުނާ އެހެނިހެން އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަމަށް މައްސަލަ ބެލި މަޖިލީހުގައި
އަޣުލަބިއްޔަތުން ކަނޑައަޅުއްވައި، ނޯޓިހުގެ ފައިސާގެ ގޮތުގައި އަޙްމަދު ފާރޫޤަށް ދެވިފައިވާ 01 މަސް
ދުވަހުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ތެރެއިން އުނިކުރެވިފައިވާ 33 އަށްވާ މިންވަރަކީ ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގައި ބުނާ އެހެނިހެން ޢިނާޔަތްތަކުގެ
ތެރޭގައި ހިމެނޭ ބައެއް ކަމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން ކަނޑައަޅުއްވައި، ނޯޓިހުގެ
ފައިސާގެ ގޮތުގައި އަޙްމަދު ފާރޫޤަށް ދެވިފައިވާ 01 މަސްދުވަހުގެ އެހެނިހެން އިނާޔަތްތަކުގެ ތެރެއިން
އުނިކުރެވިފައިވާ %33 ކަމަށްވާ 3605.25 (ތިންހާސް ހަސަތޭކަ ފަހެއް ޕޮއިންޓް ދޭއް ފަހެއް)
ރުފިޔާއާއި، ނޯޓިހުގެ މުއްދަތުގެ ތެރެއިން ފައިސާ ނުދެވިވާ 02 މަސްދުވަހަށް ނޯޓިހުގެ ބަދަލުގައި
ލިބެންޖެހޭ 02 މަހަށްވާ ބޭސިކް މުސާރަކަމަށްވާ 21850 (އެކާވީސްހާސް އަށްސަތޭކަ ފަންސާސް)
ރުފިޔާއާއި، 02 މަހަށްވާ އެލަވަންސްކަމަށްވާ 11362 (އެގާރަހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާއާއި)،
02 މަހަށް ފިކްސްޑް އޯވާޓައިމްއަށްވާ 7210.5 (ހަތްސާސް ދުއިސައްތަ ދިހައެއް ޕޮއިންޓް ފަހެއް)
ރުފިޔާއާއި، އަޙްމަދު ފާރޫޤާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއާދެމެދު 20 ސެޕްޓެމްބަރ 2004
ގައި ވެފައިވާ އެއްބަސްވުމުގެ 07 ވަނަ މާއްދާގެ ދަށުން ދަތުރު ޚަރަދަށްވާ 810.00 (އަށްސަތޭކަ
ދިހައެއް) ރުފިޔާއާ އެކުޖުމްލަ 45,004.42 (ސާޅީސްފަސްހާސް ހަތަރެއް ޕޮއިންޓް ހަތަރެއް ދޭއް) ރުފިޔާ
25 ޖެނުއަރީ 2010 ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2010/HC-A/72
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިމިޓެޑުން އަޙްމަދު ފާރޫޤުށް ދިނުމަށާއި، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމަކުން އެންގުމަށް
ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
142VTR2009
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބު
ކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަ
ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 07 (ހަތެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
2 tỷ 2 - 3 853 8 2009 2.3% 02 sec vấ/2009/041
ވަޒީފާއިން ވަކިކުރި ޗިޓާއި، ވަޒީފާއިން ވަކިކުރެވުނުކަން އަންގައި ސިޓީ ފޮނުވިފައިވާއިރު، އަދި އަޙްމަދު
ފާރޫޤަށް އަލުން ވަޒީފާ ހަމަޖައްސައިދީފައި ނުވާއިރު، ޞައްޙަ ލިޔުމަކީ އޭގެ ފަހުން 06 އޮކްޓޯބަރ 2009
8 VV/2009/45 344 = 84 83 82 8 4 23 233 -3
ކަމަށާއި އަދި އަޙްމަދު ފާރޫޤް ވަޒީފާއިން ވަކިކުރެވުނު ތާރީޚަކީ 06 އޮކްޓޯބަރ 2009 ކަމުގައި ބައްލަވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: އިތުރު ގަޑީގައި މަސައްކަތު ފައިސާއަކީ ޤާނޫނުނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މައްދާގައި ބަޔާންކުރާފަދަ ޢިނާޔަތެއް ކަމުގައި
ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ފައިސާއަކީ މުވައްޒަފު
ވަޒީފާގެ އިތުރުން ކުރާ މަސައްކަތްތަކަށް ދެވޭ ފައިސާއަކަށް ވީހިނދު، އަޙްމަދު ފާރޫޤް މުސާރަ ނުލިބޭ
ޗުއްޓީގައި ހުންނެވި ދުވަސްތަކަށް އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ދޭން ހަމަޖައްސާފައިވާ ފައިސާ
ދޭންޖެހޭނެކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިޖުހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2010/HC-A/72
5 ދި5 ·
2
c4ދ
މ އ ވ މ 2
4 އ ހވ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ހަތަރުވަނަ ނުކުތާއަކީ: މުސާރަ ނުލިބޭ ޗުއްޓީގައި ހުންނަ ދުވަސްތަކަކީ ވަޒީފާގެ
މުއްދަތުގެ ތެރޭގައި ނުހިމެނޭނެ ދުވަސްތަކެއްކަމަށް ބެލި ޢަމަލު ކުރެވެމުންދާއިރު، އަޙްމަދު ފާރޫޤް މުސާރަ
ނުލިބޭ ޗުއްޓީގައި ހުރި ދުވަސްތައް ވަޒީފާ އަދާކުރި މުއްދަތުގެ ތެރޭގައި ހިމެނޭކަމުގައި ކަނޑައަޅުއްވައި
މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
2008/HF
/
48
/
HR
/
MEMO (30 ޑިސެމްބަރ 2008) މެމޯގައިވާ ގޮތުން 05 އަހަރު ދުވަހަށްވުރެ
ދިގު މުއްދަތަކަށް ވަޒީފާއަދާކުރާ މުވައްޒަފުންނަށް 03 މަސް ދުވަހުގެ ނޯޓިސް ދިނުމަށް ކަނޑައަޅާފައި
އޮންނަ އޮތުން ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އިސްލާހުކޮށް 05 ޖުލައި 2009 ދުވަހު
އާންމު ކުރެވުނު ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2009/HF
/
48
/
HR
/
MEMO
މެމޯ އިން ވަޒީފާގައި 05 އަހަރު ހޭދަ ކުރާ މުއައްޒަފަކަށް 02 މަސް ދުވަހުގެ ނޯޓިސް
ބަދަލުކުރެވިފައިވާއިރު، މި މެމޯއަށް ނުބައްލަވައި، ޞައްޙަ މެމޯއަކީ 30 ޑިސެމްބަރ 2008 ގެ މެމޯ
ކަމުގައި ބައްލަވައި މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
w4ހ4
ދީޤުޗަށް
(ޅ) ހަވަނަ ނުކުތާއަކީ: އަޙްމަދު ފާރޫޤަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަނޑު ދަތުރު ފަތުރުކުރާ
އުޅަނދެއްގެ ވަޒީފާގައި އުޅުނު ފަރާތަކަށްވެފައި، މިފަދަ ފަރާތްތަކަކީ
އެޤާނޫނުގެ 4 ވަނަ ބާބުން
އިސްތިސްނާ ކުރެވިފައިވާ ފަރާތްތަކަކަށްވާއިރު މިކަންކަމަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ކ) ހަތްވަނަ ނުކުތާއަކީ: ވަޒީފާއިން ވަކިކޮށް އަޙްމަދު ފާރޫޤަށް ދީފައިވާ ނޯޓިހުގެ
މުއްދަތުގައި ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ހަމައަށް ދީފައިނުވާ ކަމުގައި ބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2010/HC-A/72
142VTR2009
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
14- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އިސްތިއުނާފު ކުރުމަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާ ގުޅޭ ގޮތުން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ
ރައްދުވާ އަޙްމަދު ފާރޫޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/142 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އަޙްމަދު ފާރޫށް މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މެނޭޖްކުރާ
ނުވަތަ
ވަތަ ދުއްވާ މަދަރ ބޯޓުފަހަރުގެ ޗީފް ސްކިޕަރުގެ ވަޒީފާ ދިނުމާބެހޭ ގޮތުން އަޙްމަދު ފާރޫޤާއި ހޮރައިޒަން
ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ ދެމެދު 20 ސެޕްޓެމްބަރު 2004 ގައި ސޮއިކޮށްފައި އޮންނަ އެއްބަސްވުމަށް
ބަލާއިރު، އަޙްމަދު ފާރޫޤު ވަޒީފާ އަދާކުރަންޖެހޭ ތަނަކީ ބޯޓު ފަހަރުގައިކަމާއި، ވަޒީފާ ދިން ދުވަހުން
ފެށިގެން 3 (ތިނެއް) މަސް ދުވަސް ވަންދެން ހުންނާނީ ވަގުތީ މީހެއްގެ ގޮތުގައިކަމާއި، އެއަށްފަހު
ވަޒީފާއަށް ރަނގަޅުނަމަ، ދާއިމީ ވަޒީފާއަށް ބަދަލުކުރެވޭނެކަމާއި، މިގޮތުން އަޙްމަދު ފާރޫޤު އަދާކުރަމުން
ދިޔަ ވަޒީފާ ދާއިމީ ކުރެވިފައިވާކަމާއި، މުސާރައިގެ އިތުރުން އޮން ބޯޑު އެލަވަންސް ދެވޭނެކަމާއި،
އެއެލަވަންސް ބޯޓުން ފޭބުމުން (ބަލިވެގެން އަދި ޗުއްޓީގައި ކަމަށްވިޔަސް) ނުލިބޭނެކަމަށާއި،
ވަޒީފާދޭފަރާތުން ވަޒީފާއިން ވަކިކުރަން ބޭނުންވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު،
ނުވަތަ 30 (ތިރީސް) ދުވަހުގެ ބޭސިކް މުސާރަ ދިނުމަށްފަހު ވަގުތުން ވަޒީފާއިން ވަކިކުރެވިދާނެކަމަށް
ބަޔާންކޮށްފައި އޮންނަކަމެވެ.
/ / 9
xތ ދ
(ށ) ދެވަނަ ކަމަކީ: އަޙްމަދު ފާރޫޤާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ ދެމެދު
20 ސެޕްޓެމްބަރ 2004 ގައި ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގައި، ވަޒީފާދޭފަރާތުން ވަޒީފާއިން
ވަކިކުރަން ބޭނުންނަމަ، 30 (ތިރީސް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު، ބޭސިކް މުސާރަ ދިނުމަށްފަހު،
ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގައި އެވަޒީފާ
އަދާކުރާ މުވައްޒަފުންނަށް ނޯޓިސް
ކޮށްފައިވާ އެކުންފުނީގެ
xc4 c42ވ
ދިވެންތެ
ބަޔާނކށ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2010/HC-A72
~ 0 ޑ ތފތ
ދޫނިވަންކަމަށް
ދެޗިޓެއް ފޮނުވާފައިވާކަމާއި، އެތަނުން 30 ސެޕްޓެމްބަރ 2009 ގެ ތާރީޚު ލިޔެފައިވާ ހޮރައިޒަސްގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2008/HF
/
048HR
/
MEMO (30 ޑިސެމްބަރ 2008) މެމޯގެ 1 ވަނަ ނަންބަރުގައި، 1 (އެކެއް)
އަހަރަށްވުރެ ކުރުނޫން އަދި 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަދާކުރި މުވައްޒަފަކަށް
1 (އެކެއް) މަސް ދުވަހުގެ ނޯޓިސް ދޭންވާނެކަމަށާއި، 5 (ފަހެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ
އަދާކުރި މުވައްޒަފަކަށް 3 (ތިނެއް) މަސް ދުވަހުގެ ނޯޓިސް ދޭންވާނެކަމަ
ކަމަށް ބުނެފައި އޮންނައިރު،
އެނޯޓިހުގައި 5 (ފަހެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާ މުވައްޒަފަކަށް 3 (ތިނެއް)
މަސް ދުވަހުގެ ނޯޓިސް ދޭންވާނެކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ބަޔާންކޮށް، 5 (ފަހެއް)
އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރި މުވައްޒަފަކަށް 2 (ދޭއް) މަސް ދުވަހުގެ ނޯޓިސް
ބަޔާންކޮށް 5 (ފަހެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާ
މުވައްޒަފަކަށް ނޯޓިސް މުއްދަތު އިސްލާހުކޮށްފައިވާކަން އެކުންފުނީގެ ނަންބަރު
2009/HF
/
022
/
HR
/
MEMO (05 ޖުލައި 2009) މެމޯއަށް ބެލުމުން އެނގެން އޮންނައިރު، މިދެ
މެމޯގައިވެސް ނޯޓިސް ދޭންވާނެކަމަށް ބަޔާންކޮށްފައިވާ މުއްދަތަކީ އަޙްމަދު ފާރޫޤާއި ހޮރައިޒަން ފިޝަރީޒް
ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، ނޯޓިސް ދޭންވާނެކަމަށް ބަޔާންކޮށްފައިވާ
މުއްދަތަށްވުރެ ދިގު މުއްދަތެއްކަން އެނގޭތީއާއި، އަދި ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
22 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން 5 (ފަހެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ
އަދާކޮށްފައިވާ މުވައްޒަފަހަށް 2 (ދޭއް) މަސްދުވަހަށްވުރެ ގިނަ މުއްދަތެއްގެ ނޯޓިސް ދިނުން
ލާޒިމްނުކުރާތީއާއި، އަޙްމަދު ފާރޫޤު ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް ދިނުމުގެ ކުރިން، 30 ޑިސެމްބަރ
2008 ގެ މެމޯގައި ނޯޓިސްދެވޭނެ މުއްދަތު ބަޔާންކޮށްފައިވަނީ ލިޔުމުގެ ކުށަކުންކަމަށްބުނެ އެކަން
އިޞްލާހުކޮށްފައިވާކަން އެނގޭތީއާއި، އަދި އެމެމޯވެސް އެކުންފުނީގެ އެފަދަ އެހެން ލެމޯތައް
މުވައްޒަފުންނަށް އަންގާ އުސޫލުން އަންގާފައިވާކަން އެނގޭތީ، އަޙްމަދު ފާރޫޤު ވަޒީފާއިން ވަކިކުރުމަށް
ނޯޓިސް ދިނުމުގައި ޢަމަލު ކުރަންޖެހޭނީ، އެކުންފުނީގެ ނަންބަރު 2009;HF
/
022
/
HRMEMO (05
ޖުލައި 2009) މެމޯގައި ބަޔާންކޮށްފައިވާ މުއްދަތަށްކަމަށް ބަލަންޖެހޭކަމެވެ.
(ނ) ތިންވަނަ ކަމަކީ: އަޙްމަދު ފާރޫޤަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން
ވަޒީފާ ދީފައިވަނީ 20 ސެޕްޓެމްބަރ 2004 ގައި ކަމާއި، އޭނާ ވަޒީފާއިން ވަކިކުރިކަމަށް ބަޔާންކޮށް
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2010/HC-A/72
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
vi , ai gáếc ; VV-2009/041 <=< : 823 82-2
02 ސެޕްޓެމްބަރު 2009 ދުވަހު ކަމަށާއި، ވަޒީފާއިން ވަކިކުރި ސަބަބަކީ މަސްވެރިކަން ދަށްވުމުގެ
ސަބަބުން ބޯޓުފަހަރު އޮޕަރޭޓް ނުކުރެވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެންކަމަށް ލިޔެފައި އޮންނަކަމާއި،
އަދި 06 އޮކްޓޯބަރ 2009 ގެ ތާރީޚު ލިޔެފައިވާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
có as: ai 2009 2485 06 x 46 đáệc VV/2009/45
ސަބަބަކީ މިވަގުތު ކުންފުންޏަށް ބޭނުންނުވާތީކަމަށް ލިޔެފައި އޮންނައިރު، ނޯޓިސްދީ ވަޒީފާއިން
ވަކިކުރާކަމުގެ ނޯޓިހަކީ ވަޒީފާއިން ވަކިކުރިއިރު، ނުވަތަ ވަކިކުރުމުގެ ކުރިން އެމީހަކަށް އަންގަންޖެހޭ
+ VV-2009/041 24- 36 454 kg, sau 3 a5-355
ވަޒީފާއިން ވަކިކުރި ޗިޓުގައި ވަޒީފާއިން ވަކިކުރި ތާރީޚަކަށް 02 ސެޕްޓެމްބަރު 2009 ކަމަށް
ލިޔެފައިވީނަމަވެސް އެޗިޓް ތައްޔާރުކޮށްފައިވަނީ 30 ސެޕްޓެމްބަރ 2009 ގައިކަން އެޗިޓަށް ބެލުމުން
އެނގެން އޮންނާތީއާއި، އަދި އެޗިޓް ތައްޔާރުކުރުމަށްފަހު އަޙްމަދު ފާރޫޤުގެ ވަޒީފާއާ ގުޅޭގޮތުން
އެކުންފުންޏާ މުއާމަލާތުކޮށްފައިވާކަން މިމައްސަލައިގެ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނާތީއާއި،
އަދި ދެވަނަ ނޯޓިސް ދެވިފައިވަނީ ވަޒީފާއިން ވަކިކުރި ތާރީޚުގައިކަން އެނޯޓިހަށް ބެލުމުން އެނގެން
އޮންނާތީއާއި، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ވަޒީފާއިން
ވަކިކުރެވިދާނެކަން ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާއިން އެނގެން
އޮންނާތީ، އަޙްމަދު ފާރޫޤު ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ 06
އޮކްޓޯބަރ 2009 ގައި ދީފައިވާ ނޯޓިހުގެ ދަށުންކަމަށް ބަލަންޖެހޭކަމެވެ.
04 0 0
2x 9
(ރ) ހަތަރުވަނަ ކަމަކީ އަޙްމަދު ފާރޫޤާކީ، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މެނޭޖްކުރާ
ނުވަތަ ދުއްވާ ބޯޓުފަހަރުގެ ޗީފް ސްކިޕަރެއްގެ ވަޒީފާ އަދާކުރި މީހެއްކަމާއި، އަޙްމަދު ފާރޫޤަށް ފިކްސްޑް
އޯވަރޓައިމްގެ ގޮތުގައި މަހަކު 3605.00ރ (ތިންހާސް ހަސަތޭކަ ފަސް ރުފިޔާ) ދެމުން ގެންދާކަން
އެނގެންއޮތް ނަމަވެސް ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އޯވަރޓައިމް ނުލިބޭކަން
އެނގެން އޮންނައިރު، އަޙްމަދު ފާރޫޤު ވަޒީފާއިން ވަކިކޮށްފައިވަނީ މަސްވެރިކަން ދަށްވުމުގެ ސަބަބުން
ކުންފުނީގެ ބޯޓުތައް ނުދުއްވާތީ އެވަގުތު
އެވަގުތު ވަޒީފާއަށް
ބޭނުންނުވެގެންކަން އެނގޭތީއާއި، އަޙްމަދު ފާރޫޤު
ވަޒީފާއަށް ނުކުތުމުގެ ފުރުޞަތު ލިބުނުނަމަ، އޯވަރޓައިމް ފައިސާ އޭނާއަށް ލިބުމުގެ ފުރުސަތުއޮތް ޑަކަންޖޭގެ
ޑަމަންޖްގެ ފައިގަ
އެއްބަސްވުމަށް
ވުމަށް ބެލުމުން
52 ހވ
· · 2c22 5 55
ޓޫ
ޑރ ރިވެކަމެވެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2010/HC-A/72
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
(ބ) ފަސްވަނަ ކަމަކީ: އަޙްމަދު ފާރޫޤަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާ ދީފައިވަނީ 20 ސެޕްޓެމްބަރު 2004 ގައި ކަމާއި، އަދި ވަޒީފާއިން ވަކިކޮށްފައިވަނީ 06 އޮކްޓޯބަރު
2009 ގައިކަން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގައި އަޙްމަދު ފާރޫޤު ވަޒީފާ އަދާކުރި މުއްދަތު
ބަޔާންކޮށް ތައްޔާރުކޮށްފައިވާ އެކުންފުނީގެ ނަންބަރު L
-
79
/
2009
/
MFC (20 އޮކްޓޯބަރު 2009) ގެ
ލިޔުމުން އެގެން އޮންނައިރު، އަޙްމަދު ފާރޫޤު ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްތަކުގައި އެކިއެކި ޗުއްޓީ
ނުވަތަ ނޯޖޭ ލީޑް ނެގިނަމަވެސް، އެޗުއްޓީގައި އޭނާ ހުރި ދުވަސްތަކުގައި އޭނާ ވަޒީފާއިން
ވަކިކޮށްފައިވާކަން އެނގެން ނެތަތީއާއި، ވަޒީފާދޭފަރާތުން އެއްބަސްވެގެން ވަޒީފާއަށް ނުނިކުމެ ހުންނަ
ދުވަސްތައް ވަޒީފާއަދާކުރާ މުއްދަތު މެދުކެނޑުނީކަމުގައި ބަލައިގެން ނުވާނެކަމަށް ޤާނޫނުނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ނ) ގެ 5 ނަންބަރުގައި ބަޔާންކޮށްފައިވާތީ،
ޗުއްޓީގައި ނުވަތަ ނޯޕޭ ލީގްގައި އަޙްމަދު ފާރޫޤު ހުރި ދުވަސްތައް ގުނަންޖެހޭނީ އޭނާ ވަޒީފާ އަދާ ކުރި
މުއްދަތުގެ ތެރޭގައިކަމަށް ޤަބޫލުކުރެވޭކަމެވެ.
(ލ) ހަވަނަ ކަމަކީ: އަޙްމަދު ފާރޫޤަށް ނޯޓިސް ދީ ވަޒީފާއިން ވަކިކުރިއިރު، އަޙްމަދު
ފާރޫޤަށް މުސާރައިގެ ގޮތުގައި 10925.00ރ (ދިހަހާސް ނުވަސަތޭކަ ފަންސަވީސް ރުފިޔާ) އާއި،
އެލަވަންސްގެ ގޮތުގައި 5681.00ރ (ފަސްހާސް ހަސަތޭކަ އައްޑިހަ ރުފިޔާ) އާއި، މެކްސިމަމް އޯވަރ
ޓައިމްގެ ގޮތުގައި 3605.00ރ (ތިންހާސް ހަސަތޭކަ ފަސް ރުފިޔާ) އާއެކު ޖުމްލަ 20,211.00
(ވިހިހާސް ދުއިސައްތަ އެގާރަ ރުފިޔާ ލިބެމުން ދާކަން މިމައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެން
އޮންނައިރު، އަޙްމަދު ފާރޫޤު ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގައި 5 (ފަހެއް) އަހަރަށްވުރެ ގިނަ
ދުވަހު ވަޒީފާއަދާކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި ދެމަސް ދުވަހުގެ ނޯޓިސް ދޭންޖެހޭކަން
އިސްވެ ބަޔާންކުރެވުނު ކަންތައްތަކުން އެނގެން އޮންނައިރު، އަޙްމަދު ފާރޫޤު ވަޒީފާއިން ވަކި ކުރިއިރު،
އޭނާއަށް ދީފައިވާ މުސާރައާއި އެލަވަންއާއި އިނާޔަތްތަކުގެ ތެރެއިން ނުލިބިވާ ފައިސާއާއި، އަޙްމަދު ފާރޫޤު
ކައްދޫއިން މާލެއަށް ދަތުރުކުރުމަށް ޚަރަދުވި 0.00
(އައްސަތޭކަ ދިހަ ރުފިޔާ) ހޮރައިޒަން ފިޝަރީޒް
ޕްރައިވެޓް ލިމިޓެޑުން އަޙްމަދު ފާރޫޤުށް ދޭންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރި ފަނޑިޔާރުންނަށް
ޤަބޫލުކު
5 2
ބލިކު ރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2010/HC-A/72
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 44
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/142 މައްސަލައިގެ
ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވޭކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު
ކަންތައްތައް އެގޮތުގެ
އެގޮތުގެ މަތިން ހުރުމުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/142 މައްސަލަ އެޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އެނިންމުން ބާޠިލްކޮށް، އަޙްމަދު ފާރޫޤު
ވަޒީފާއިން ވަކިކުރާއިރު، ދެމަސްދުވަހުގެ ނޯޓިސް ދޭންޖެހޭނެކަމަށް ކަނޑައަޅައި، ދެމަސްދުވަހުގެ ނޯޓިސް
ދޭއިރު، ދޭންޖެހޭ މުސާރައާއި، އިނާޔަތްތަކާއި، ފިކްސްޑް އޯވަރޓައިމާއި، ކައްދޫން މާލެއަށް ކުރި ދަތުރު
ޚަރަދުވި ފައިސާގެ ތެރެއިން އަޙްމަދު ފާރޫޤަށް މިހާތަނަށް ނުދީވާ، އެއްމަސް ދުވަހުގެ މުސާރައިގެ ގޮތުގައި
10925.00ރ (ދިހަހާސް ނުވަސަތޭކަ ފަންސަވީސް ރުފިޔާ) އާއި، އެއްމަސްދުވަހުގެ އެލަވަންސްގެ
ގޮތުގައި 5681.00ރ (ފަސްހާސް ހަސަތޭކަ އައްޑިހަ ރުފިޔާ) އާއި، ދެމަސްދުވަހުގެ އޯވަރ ޓައިމްގެ
ގޮތުގައި 7210.00ރ (ހަތްހާސް ދުއިސައްތަ ދިހަ ރުފިޔާ) އާއި، އަޙްމަދު ފާރޫޤު ކައްދޫއިން މާލެއަށް
ދަތުރުކުރުމަށް ޚަރަދުވި 810.00ރ (އައްސަތޭކަ ދިހަ ރުފިޔާ) އާއި، އެއްމަސްދުވަހުގެ މެޑިކަލް
އެލަވަންސްގެ ގޮތުގައި 83.34ރ (އައްޑިހަތިން ރުފިޔާ ތިރީސް ހަތަރު ލާރި) އާއެކު ޖުމްލަ
24,709.34ރ (ސައުވީސްހާސް ހަތްސަތޭކަ ނުވަރުފިޔާ ތިރީސް ހަތަރު ލާރި) މިއަދު 17 އޭޕްރީލް
2012 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އަޙްމަދު ފާރޫޤަށް ދިނުމަށް ހޮރައިޒަން ފިޝަރީޒް
ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv