ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/20
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 20/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (ސިވިލް ސަރވިސް ކޮމިޝަން)
* ދާއިމީ އެޑްރެސް: ވެލާނާ ބިލްޑިންގ
ދ.ރ... ނަންބަރު.
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އަޙްމަދު ޝުޖާދު
* ދާއިމީ އެޑްރެސް: ބީޗްވިލާ ގދ.ފިޔޯރީ
* މިހާރުގެ އެޑްރެސް: ފިނިވާގެ/ ގދ.ފިޔޯރީ
ދ.ރ.ކ. ނަން
A300670
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ރަބީޢުލްއައްވަލު 1436
-ނިމުނު ތާރީޚް: 01 ޖުމާދަލްއާޚިރާ 1438
28 ފެބުރުވަރީ 2017
19 ޖަނަވަރީ
2015
. އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/30
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
، މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅުނު ތާރީޚް: 16 މާރިޗު 2015 • ނިމުނު ތާރީޚް: 05 އޯގަސްޓް 2015
• ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް14
zi
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/20
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/30 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ. ފިޔޯރީ/ ބީޗްވިލާ އަޙްމަދު ޝުޖާދުއެވެ.
ދެވުނު ނުކުތާތައް:
-0l
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/30 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ގދ. ފިޔޯރީ/ ބީޗްވިލާ އަޙްމަދު ޝުޒާދު (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A300670) މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އެޑްމިނިސްޓްރޭޓިވް
އޮފިސަރެއްގެ މަޤާމް 15 ޖޫން 2014 އިން ފެށިގެން އަދާކުރަމުންދަނިކޮށް 22 ޑިސެމްބަރު 2014 ގައި
އެސިސްޓެންޓް ކައުންސިލަރެއްގެ ވަޒީފާ ބަދަލުކުރިނަމަވެސް ވަޒީފާ ބަދަލުކުރިކަމުގެ ޗިޓް ލިބިފައިވަނީ 23
ފެބްރުއަރީ 2015 ގައިކަމަށާއި، އެއްވެސް އިންޒާރެއް ދިނުމަކާނުލައި އަދި އެއްވެސް ސަބަބެއް
ނެގުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ
ލިބިދިނުމަށާއި، ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް
އެދި އަޙްމަދު ޝުޒާދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން
އޮންނަކަމާއި،
އެނގޭ
3 އ
އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ
ހުށަހެޅިފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، އަޙްމަދު ޝުޒާދު، މިނިސްޓްރޯ އޮފް
ލޯ އެންޑް ޖެންޑަރގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމް އަދާކުރަމުންދަނިކޮށް 22 ޑިސެމްބަރު
2014 ގައި އެސިސްޓެންޓް ކައުންސިލަރުގެ މަޤާމަށް ވަޒީފާ ބަދަލުކުރިނަމަވެސް ވަޒީފާ ބަދަ
ޗިޓު ލިބިފައިވަނީ 23 ފެބްރުއަރީ 2015 ގައިކަމަށާއި، އެއްވެސް އިންޒާރެއް ދިނުމަކާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33471
j3
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2016/HC-A/20
4 ހއ
އޭނައަށް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެއްވެސް ސަބަބެއް އެންގުމެއްނެތި 15 މާރިޗު 2015 ގައި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، އޭނާ
އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން
ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅު މިމައްސަލާގައި، އަޙްމަދު ޝުޒާދު ވަޒީފާއިން
ވަކިކޮށްފައިވަނީ، "ވ.ފުލިދޫ ވައިޖެހޭގޭ މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ
ވ.ފުލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަން
ސަރވިސް ސެންޓަރަށް 29 ޑިސެމްބަރު 2014 ގައި ހުށަހެޅުނު މައްސަލަ ބެލުމުގައި މިނިސްޓްރީގެ
މުވައްޒަފުން ޢަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓް" ގައި ވ.ފުލިދޫ ވައިޖެހޭގެ މުޙައްމަދު އިބްތިހާލާމެދު އެ
ސެންޓަރުގެ ފަރާތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމު
ޅުމުގައި އަޙްމަދު ޝުޖާދު
އިހުމާލުވެފައިވާކަމަށް ފާހަގަކޮށްފައިވާތީ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލައި ދިވެހި
ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 273 ވަނަ މާއްދާގެ (ހ) އަދި (ޅ) އަށް ރިޢާޔަތްކޮށް ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އަދި ދިވެހި ސިވިލް ސަރވިސްގެ
ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ކަމަށް މައްސަލަ ރައްދުވިފަރާތުން ބުނި ނަމަވެސް، ވ.ފެލިދޫ
އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގައި ވަޒީފާ އަދާކުރަމުން ދިޔައިރު އަޙްމަދު ޝުޖާދުއާ
ޙަވާލުކުރެވިފައިވާ މަސައްކަތަށް އިހުމާލުވެފައިވާކަން މައްސަލަ ރައްދުވާފަރާތަށް
ސާބިތުކޮށްދެވިފައިނުވާތީއާއި، އަޙްމަދު ޝުޖާދު އަށްވުރެ މަޤާމާއި މަސްއޫލިއްޔަތުގެ ގޮތުން އިސްކޮށް
މެނޭޖްމަންޓްގެ މަސައްކަތްތައް
އެތްތައް ކުރުމާގުޅޭގޮތުން ތަމްރީނު ލިބިފައިހުރި މުވައްޒަފަކު އެސެންޓަރުގެ ފަރާތުން
އެމައްސަލާގައި ޙަރަކާތްތެރިވެފައިވާކަމާއި، އެމުވައްޒަފުގެ ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާކަން
އެނގެން އޮތުމާއެކު، އެކަމުގައި އަޙްމަދު ޝުޒާދު ބައިވެރިވިއިރު ކޭސް
މިނިސްޓްރީން ހިންގާ އިންޑަކްޝަން ޕްރޮގްރާމުގައި އޭނާ ބައިވެރިވެފައިނުވާކަން އެނގެން އޮންނާތީއާއި،
މެނޭޖްމަންޓްގެ މަސައްކަތާގުޅޭ ތަމްރީނު ލިބިފައިނެތަސް އަޙްމަދު ޝުޒާދު ހެޔޮ ނިޔަތުގައާއި
އަމިއްލަ އިސްނެގުމާ އަދާކުރި އެހެން މުވައްޒަފެއްގެ ޒިންމާތަކަކާގުޅިގެން އޭނާ އިހުމާލުވެފައިވާކަމަށް
ބަލައި ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެ، ޤާނޫނާ އެއްގޮތަށްކަމަށް ބަލާނެ ތަނެއް
ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އަޙްމަދު ޝުޖާދުއަކީ ސިވިލް
ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އަޙްމަދު ޝުޒާދު އަދާކުރަމުންދިޔަ
ވަޒީފާ ނުވަތަ އަދާކުރަމުންދިޔަ މަޤާމާ އެއްފެންވަރުގެ ވަޒީފާއެއް އޭނާއަށް ދިނުމަށާއި، އޭނާގެ ވަޒީފާއާގުޅޭ
އެންމެހައި ކަންތައްތައް މިއަދު (5 އޯގަސްޓް 2015 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭޑެއްގެ
4 4
8 0 4 444
سیرت سرع
ގުޅޭގޮތުން
364ސ3
.ގެމެއެވެ
43 44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/20
ހަމަޖައްސައި، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަށް، މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި އަމުރުކޮށް މިމައްސަލަ
ނިންމައިފީމެވެ." މިފަދައިންނެވެ.
uc
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/30 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
ފުރަތަމަ ނުކުތާއަކީ، އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަން
ބަލާނެ ތަނެއް ނެތްކަމުގައި ޓްރައިބިއުނަލުން ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 182 ވަނަ މާއްދާގެ (ހ) ގެ 1 އަދި 4 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު 5/2007
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ޅ) އަދި 47 ވަނަ މާއްދާގެ (ނ) ގެ 3
ވަނަ ނަންބަރަށް މައްސަލަ ނިންމި އިރު ރިއާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0
މަންމަ
• ދެވަނަ ނުކުތާއަކީ، ވ.ފުލިދޫ ވައިޖެހޭގެ، މުޙައްމަދު އިބްތިހާލްއަށް އޭނާގެ
އަނިޔާކޮށްފައިވާ ކަމަށް ބުނެ، ވ.ފުލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ
ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް 29 ޑިސެމްބަރ 2014 ގައި ހުށަހެޅުނު މައްސަލަ
ބެލުމުގައި އަޙްމަދު ޝުޒާދު، އިޚްމާލުވިކަން، އިސްވެ ދެންނެވުނު މައްސަލާގައި ހިންގާފައިވާ ތަޙުޤީޤަށާއި،
މި މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށާއި، ތަޙުޤީޤުން
ސާބިތުވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސާބިތުކޮށްދީފައި ވީ ނަމަވެސް، އޭނާގެ ހެޔޮނިޔަތުގަ އަމިއްލަ
އިސްނެގުމާއެކު އަދާކުރި އެހެން މުވައްޒަފެއްގެ ޒިންމާތަކާ ގުޅިގެން އިހްމާލުވެފައިވާކަމަށް ބަލައި
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ނިންމާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 273 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމަކާ
ނުލައިކަމަށްބުނެ، ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ޣައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް ، ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/20
03-ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/30 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
cccco
cuc
(ހ) ފުރަތަމަކަމަކީ، ގދ.ފިޔޯރީ/ ބީޗްވިލާ އަޙްމަދު ޝުޒާދަކީ މިނިސްޓްރީ އޮފް ލޯ އެންޑް
ޖެންޑަރގެ އެޑްމިނި.
މިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު 15 ޖޫން 2014 އިން ފެށިގެން އަދާކުރަމުން
ގޮސްފައިވާ ފަރާތެއްކަމާއި، އޭނާ އެމިނިސްޓްރީގައި އަދާކުރަމުންދިޔަ ވަޒީފާއިން 15 މާރިޗް 2015 ގައި
ވަކިކޮށްފައިވާކަމާއި، އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކޮށްފައިވަނީ ވ.ފުލިދޫ ވައިޖެހޭގެ މުޙައްމަދު
އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށްބުނެ ވ.ފެލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް
ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް 29 ޑިސެމްބަރ 2014
ގައި ހުށަހެޅުނު މައްސަލަ ބެލުމުގައި މިނިސްޓްރީގެ މުވައްޒަފުން ޢަމަލުކޮށްފައިވާ
ގޮތުގެ
ރިޕޯޓު ގައި
މުޙައްމަދު އިބްތިހާލަ
ތިހާލަށް އެސެންޓަރުގެ ފަރާތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި
މާލުވެފައިވާކަމަށްބުނެ، ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2014 ގެ 273 ވަނަ މާއްދާގެ (ހ) އަދި
(ށ) އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ
ނަންބަރުގެ ދަށުންކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނާކަމާއި، އަޙްމަދު ޝުޖާދު
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް އެއް
ދިނުމަކާއި ނުލައިކަން އެނގޭކަމާއި، ޤާނޫނު ނަންބަރު 02/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާއަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި
އޮންނައިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން ވާކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ
ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރިކަމާއެކު
ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ
ފިޔަވަޅުތަކެއް ހުންނަކަމަށާއި، ޢާންމު އުޞޫލެއްގެގޮތުން
މުވައްޒަފަކު ވަޒީފާއިން
8
ހއ ޏ ސ ޑ 8
.ޚި8 2 ބ
ކެފައއ
4
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 51471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/20
އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް
ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމެވެ.
35
44 2 43 4 ,
13ނ,J0ކ
(ށ) ދެވަނަކަމަކީ، ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2014 ގެ 273 ވަނަ މާއްދާއަށް
ބަލާއިރު، އެމާއްދާގައި ބަޔާންކުރަނީ ސިވިލް ސަރވިސްގެ މުވައްޒަފަކާއިމެދު ވަގުތުން ފިޔަވަޅު އެޅޭނެ
ކޮބައިކަން ކަމާއި، އެގޮތުން އެމާއްދާގެ (ހ) ގައި ބަޔާންކުރަނީ، މުވައްޒަފުގެ ކިބައިން
އެއްގޮތަކަށްވެސް ޚިދުމަތް ނުލިބުން ނުވަތަ މުވައްޒަފު ޒިންމާ ނުއުފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު
ލިބިދާނެކަމަށް ފެނުންކަން އެނގެން އޮންނައިރު، އެމާއްދާގެ (ށ) ގައި ބަޔާންކުރަނީ
ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ
ތަނަށް ގެއްލުން ލިބިދާނެ ކަމަށް ފެނުން" މިފަދައިންކަމާއި، އަޙްމަދު ޝުޖާދުއަށް އެއްވެސް ނޯޓިސް
ދިނުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވަނީ އިޝާރާތްކުރެވުނު ދެމާއްދާއަށް ރިޢާޔަތްކޮށްގެންކަމަށް ސިވިލް
ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނާއިރު، މިމާއްދާތަކުގައި ބަޔާންކުރާ މުވައްޒަފު ޒިންމާ ނުއުފުލުމުގެ
ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުމާއި ވަޒީފާގައި އިތުރަށް ބެހެއްޓުމުގެ
ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުން ލިބިދާނެ ކަމަށް
ފެނުމަކީ އެކަށީގެންވާ ސަބަބުތަކަކާއި މަޤްބޫލު ޙުއްޖަތްތަކެއްނެތި ހަމައެކަނި ސިވިލް ސަރވިސް
ކޮމިޝަނަށް ފެންނަ ފެނުމެއްގެ މައްޗަށް ނިންމިދާނެކަމެއްކަމުގައި ބެލެވެންނެތްކަމެވެ.
އެއް
ސަބަބުން
އަމީން މަސައްކަތަށް ބޮޑު
coc
(ނ) ތިންވަނަކަމަކީ، އަޙްމަދު ޝުޒާދު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގައި
އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުގައި އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ވ.ފުލިދޫ ވައިޖެހޭގެ
މުޙައްމަދު އިބްތިހާލުގެ ރައްކާތެރިކަން ޔަޤީންކުރުމުގައި ވ.ފެލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް
ޖެންޑަރ ގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ފަރާތުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގައި އަޙްމަދު ޝުޖާދު އިހުމާލުވެ މިނިސްޓްރީގެ ފަރާތުން މިފަދަ ކަންކަމުގައި
ޢަމަލުކުރަން އޮންނަ އުސޫލާއި އެއްގޮތަށް އަޙްމަދު ޝުޖާދު ޢަމަލުނުކުރިކަމުގެ ތުހުމަތުކަން އެނގެން
އޮންނައިރު، އަޙްމަދު ޝުޖާދުއާއި ޙަވާލުކުރެވިފައިވާ މަސައްކަތަށް އޭނާ އިހުމާލުވެފައިވާކަމަށް ކަނޑައެޅޭނީ
އޭނާއާއި ޙަވާލުކުރެވިފައިވާ މަސައްކަތަކީ ކޮބައިކަމާއި، އަޙްމަދު ޝުޖާދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 2316/1
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/22
O COC
OCX
،
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގައި މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް އޮންނަ ކޮން
އުސޫލަކާއި ޚިލާފުވެގެންކަން ސާބިތުވާން އޮންނަ ޙާލަތުގައިކަމާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ގައި އަޙްމަދު ޝުޖާދުގެ ފަރާތުން ކުރަންޖެހެނީ ކޮން މަސައްކަތްތަކެއްކަން ބަޔާންކޮށްދޭ ވަޒީފާގެ ބަޔާނެއް
އެ މިނިސްޓްރީން އަޙްމަދު ޝުޒާދަށް ދީފައިނުވާކަމަށް އޭނާބުނާއިރު، އެފަދައިން ދީފައިވާ ވަޒީފާގެ ބަޔާނެއް
އެމިނިސްޓްރީއަށް ހުށަހެޅިފައިނުވާކަމާއި މީގެ އިތުރުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގައި
މަސައްކަތްކުރާ ކައުންސިލަރުން މިފަދަ މައްސަލައެއް ދިމާވުމުން ޢަމަލުކުރަން އޮންނަ ސްޓޭންޑަޑް
ޕްރޮސީޖަރ އަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް ދައުލަތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދެވުނު ފުރުސަތުގައި
އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމާއި، މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް
ފެންނަންހުރި ލިޔެކިޔުންތަކަށާއި ޙާޟިރުކުރެވުނު ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައްކާފައިވާ
ވާހަކަތަކުގެ އަލީގައި ބަލާއިރު، 29 ޑިސެމްބަރ 2014 މިދުވަހު ވ.ފެލިދޫގައި ހުންނަ ފެމިލީ އެންޑް
ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެމައްސަލައިގައި ވެފައިވާ
ގޮތެއް ބެލުމަށް 30 ޑިސެމްބަރ 2014 ގައި އަޙްމަދު ޝުޖާދު ވ.ރަކީދޫއަށް ގޮސްފައިވަނީ އެސެންޓަރުގެ
އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ އައިމިނަތު ޝިޔާޒާއާއި އެކުގައިކަން އެނގެން އޮންނައި
މިބާވަތުގެ މައްސަލަތަކުގައި ކޭސް ލީޑްކުރާނީ ސެންޓަރުގައި ހުންނަ އެންމެ އިސްފަރާތްކަމަށާއި
މިނިސްޓްރީގެ ކޭސް މެނޭޖްމަންޓުގައި މަސައްކަތްކުރުމަށް ނެގޭ ސޯޝަލް ވޯކަރުން މަސައްކަތަށް
ފެގުމާއިއެކު މިނިސްޓްރީގެ ފަރާތުން 3 މަސްދުވަހުގެ އިންޑަކްޝަން ޕްރޮގްރާމެއް ހިންގާކަމަށް މިނިސްޓްރީ
އޮފް ލޯ އެންޑް ޖެންޑަރ ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަން އެނގެން އޮންނައިރު،
މިމައްސަލައިގައި އަޙްމަދު ޝުޖާދުގެ ފަރާތުން ކުރިކަމެއް ކުރީ މަތިން އިސްކޮށް
މަސައްކަތްކުރަމުންދިޔަ އައިމިނަތު ޝިޔާޒާ ކުރަން ބުނެފައިވާ ކަންތައްތައްކަމަށް އަޙްމަދު ޝުޖާދުގެ
ފަރާތުން ބުނާކަމާއި، މީގެ އިތުރުން މުޙައްމަދު އިބްތިހާލުގެ ކޭހުގައި އަޙްމަދު ޝުޒާދު ބައިވެރި ކުރުވިއިރު
އޭނާއަކީ މިބާވަތުގެ މަސައްކަތްތަކާއި ގުޅޭ އެއްވެސް ތަމްރީނެއް ދީފައިވާ މީހެއްނޫންކަމަށް އަޙްމަދު
ޝުޖާދު ބުނާއިރު، މިނިސްޓްރީގެ ފަރާތުން ހިންގި އިންޑަކްޝަން ޕްރޮގްރާމްގައި އަޙްމަދު ޝުޖާދު
ބައިވެރިކޮށްފައިވަނީ 11 ޖެނުއަރީ 2015 ގައިކަން އެނގެން އޮތުމުން މުޙައްމަދު އިބްތިހާލުގެ
މައްސަލައިގައި އަޙްމަދު ޝުޒާދު ބައިވެރިވިއިރު އޭނާއަކީ މިފަދަ މައްސަލަތަކުގައި ކަންކުރަންވީގޮތުގެ
ތަމްރީނު ދެވިފައިވާ ފަރާތެއް ނޫންކަން އެނގޭކަމާއި، އަދި މިފަދައިން ތަމްރީނު ދެވިފައި ނެތުމުގެ
ސަބަބުން، މައްސަލައެއް ހުށަހެޅުމުން ކޭސް މެނޭޖްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުން ޢަމަލުކުރުމަށް
މިނިސްޓްރީން ހަދާފައިވާ "ޕްރޮސީޖަރ" ތަކާއި އެއްގޮތަށް ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތް
· 4
އޭނާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 431/1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
cj
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/20
ބުދުއަށް ލިބިފައި ހުންނާނެކަމަށް ޤަބޫލު ނުކުރެވޭކަމަށްވެސް މިމައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް
ލޯ އެންޑް ޖެންޑަރ ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މީގެ އިތުރުން މުޙައްމަދު އިބްތިހާލުގެ މައްސަލައާއި ގުޅިގެން ހިންގި ތަޙްޤީޤު ނިމުނު ފަހުން 15
ފެބުރުއަރީ 2015 ގެ ފެބުރުއަރީ މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ލޯ އަށް ހުށަހެޅުނު
ހައި ޕްރަޔޯރަޓީ ކޭސްއެއްގައި މަސައްކަތް ކުރުމަށް އަޙްމަދު ޝުޖާދު ވ.ކެޔޮދޫއަށް ފޮނުވާފައިވާކަމަށް
އަޙްމަދު ޝުޖާދު ބުނާއިރު، އޭނާއަކީ މުޙައްމަދު އިބްތިހާލުގެ މައްސަލައިގައި ކަންކުރި ގޮތުން އޮފީހަށް
ގެއްލުމެއް ކުރިމަތިކުރުވާފާނެ މުވައްޒަފެއްނަމަ އެފަދަ ކޭސްއެއްގައި އަޙްމަދު ޝުޖާދު ފޮނުވާނެކަމަށް
ޤަބޫލުކުރެވެންނެތްކަމާއި،
އޭނާގެ
އެ*
ފުޝާދުތަކާއި
4 ¢ ¢ ¢
5
ޚިލާފަށްކަމުގައި
هނނ20ނނއ•
6 24
އިސްވެދިޔަ ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން އަޙްމަދު ޝުޖާދުގެ ފަރާތުން މުޙައްމަދު
އިބްތިހާލުގެ މައްސަލައިގައި ޢަމަލުކުރީ މައްޗަށް ހުރި ފަރާތަކުން ދިން
އަޙްމަދު ޝުޒާދަކީ މިފަދަ މައްސަލައެއްގައި ބައިވެރިވާއިރު،
ފުރިހަމަ ކުރަންޖެހޭ ތަމްރީނުތައް ދެވިފައިވާ ފަރާތަކަށް ނުވާތީ އަޙްމަދު ޝުޖާދު ކުޅަކަމަށް ބުނާ
ކަންކަމަކީ އޭނާގެ ފަރާތުން ހެޔޮނިޔަތެއްނެތި އިހުމާލުވެފައިވާ ފިމެއްކަމުގައި ބެލެވެންނެތުމާއި، އަޙްމަދު
ޝުޖާދުއަކީ ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2014 ގެ 273 ވަނަ މާއްދާގައި ބުނާފަދަ ވަގުތުން
ފިޔަވަޅައި ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފެއްކަމުގައި ވަނީނަމަ މުޙައްމަދު އިބްތިހާލުގެ މައްސަލައިގެ
ތަޙްޤީޤު ނިމުނު ފަހުންވެސް އަޙްމަދު ޝުޖާދުއާއިމެދު މިނިސްޓްރީގެ ފަރާތުން ހައިޕްރޮއިރިޓީ ކޭސްއެއް
ޙަވާލުކުރާނެކަމުގައި ބެލެވެންނެތުމުންނާއި، މި އެންމެހައި ކަންކަން މިފަދައިން ހުރުމުން ދިވެހި ސިވިލް
ސަރވިސް ޤަވާޢިދު 2014 ގެ 273 ވަނަ މާއްދާގެ (ހ) އަދި (ޅ) އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށް ބުނެ އެއްވެސް
ނޯޓިސްއެއް ދިނުމެއްނެތި އަޙްމަދު ޝުޒާދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ލޯ ގައި އަދާކުރަމުންދިޔަ
ވަޒީފާއިން ވަކިކޮށްފައިވަނީ އެމާއްދާގައި ބުނާފަދަ ސަބަބެއް އޮވެގެންކަން ސާބިތުކުރެވޭ މިންވަރުގެ
ހެކިތަކެއް މިމައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާކަމަށް ޤަބޫލުކުރެވެންނެތުމުން،
މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާއި
ޚިލާފަށްކަމުގައި ނުބެލެވޭކަމެވެ.
ޢައީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 4
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޓްރީޓް
މުނު ގޮތުގެ ޚުލާޞާ
2016/HC-A/20
cu O
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/30 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.
އެކެވެ
30/VTR/2015
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު
މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް
ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއްނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2015/VTR/30 މައްސަލައިގައި ނިންމަވާފައިވާ ނިންމުމަށް ތާއީދުކޮށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv