ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/194 ޤަޟިއްޔާގެ ޙުކުމް
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރgރާއްޖޭގެ
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/194
بماند التمر الاسیم
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 194/HC-A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕީ.ޓީ އޮފީސް | މާވެ
* މިހާރުގެ އެޑްރެސް:
އޮފީސް | މާލެ
:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަބްދުﷲ ޝަރީފް
، ދާއިމީ އެޑްރެސް: މ.ރެޑިއަމްކޮކާ / މާލެ
އައިޑީކާޑު ނަންބަރު: A068903
* މިހާރުގެ އެޑްރެސް: މ.ރެޑިއަމްކޮކާ / މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 18 މެއި 2015
ނިމުނު ތާރީޚް: 28 މެއި 2015
އިސްތިއުނާފު ކުރެވުނު ކޯޓު އަމުރުގެ
* ނަންބަރު:2015
/
3507/J
(
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
*jހއްޓާގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ތާރީޚް: 07 މެއި 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ތިވެހިންގެ
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/194
ދަޢުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3507/J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ހ.ރެޑިއަމްކޮކާ | ޢަބްދުﷲ ޝަރީފްއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3507(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3507/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ މ.ރެޑިއަމްކޮކާ | ޢަބްދުﷲ ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ ކުށުގެ
މައްސަލައިގައި، 07 މެއި 2015 ދުވަހު 16:26 އިން ފެށިގެން 14 މެއި 2015 ދުވަހު 16:25 އަށް،
07 (ހަތެއް) ދުވަހުގެ މުއްދަތަށް ގޭގައި ޢަބްދުﷲ ޝަރީފް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި
ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރު ނެރުއްވި ސަބަބަކީ، މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައިކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/194
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3507(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި، އެ ނުކުތާތަކާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3507(J
(
MD-145 ކޯޓު
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް
ރިޢާޔަތްނުކުރައްވާ ނެރުއް
މިރުއްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
sxވ
03އ
5.
(ނ) ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރަށް ރިޢާޔަތް ނުކުރައްވާ ޢަބްދުﷲ ޝަރީފް ގޭ ބަންދަށް
ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
-04
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3507(J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ
ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ މ.ރެޑިއަމްކޮކާ
ޢަބްދުﷲ ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
ކަންތައްތައް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/194
Oco
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3507(J
(
MD-145 ކޯޓު
އަމުރަކީ އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށްވާ ހުޅުމާލެ ފްލެޓް 04-ޖީ-13 މުޙައްމަދު
ޢަބްދުއްރަޙީމް އާއި ޢަބްދުﷲ ޝަރީފްއާއި ދެމީހުން ސީރިއާގެ ރައްޔިތުންތަކެއްގެ އަތުން ފައިސާ ނަގައިގެން
ސައްޙަނޫން ޕާސްޕޯޓް ތަކެއްގައި އެމީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގައި އެހީތެރިވެފައިވާކަމަށް
ތުހުމަތުކުރެވޭ މައްސަލައިގައި ޢަބްދުﷲ ޝަރީފް ދޫކޮށްލާފައި ބަހައްޓައިފިނަމަ މައްސަލައިގައި ހެކިބަސްދޭންތިބި
މީހުންނަށް ނުފޫޒް ފޯރުވަފާނެތީއާއި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ޢަބްދުﷲ ޝަރީފުގެ ބަންދުގެ މުއްދަތު
2015 މެއި 07 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 128132/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"
އިން ހުށަހެޅުމުން، މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި 2015 މެއި 07 ވަނަ
ދުވަހުގެ 16:26 އިން ފެށިގެން 2015 މެއި 14 ވަނަ ދުވަހުގެ 16:25 އަށް 07 (ހަތެއް) ދުވަހުގެ
މުއްދަތަށް ޢަބްދުﷲ ޝަރީފް ގޭގައި ބަންދުކުރުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
3 6 6
هހއe
(ށ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައިވާ މީހާ ހައްޔަރުގައި ނުވަތަ ބަންދުގައި
އްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާތަށްކަމާއި،
މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގެމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2015/HC-A/194
s:/499
4 ، 33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށް ބެލުމުން
އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅެ ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް
ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 194/HC-A/2012
ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު، މީހަކު ބަންދުކުރެވިފައި ހުންނަންޖެހޭނީ އޭނާގެ
ކިބައިގައި ހުރި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭފަދަ
ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 355/HC
-
A/2013 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
CU O
:402
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: މިމައްސަލައިގައި ހާދިޘާ ހިނގާދިޔަގޮތަށް ބަލާއިރު، ޢަބްދުﷲ ޝަރީފް
ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށްވާ ހުޅުމާލެ ފްލެޓް 04-ޖީ-13
މުޙައްމަދު ޢަބްދުއްރަޙީމް އާއި ޢަބްދުﷲ ޝަރީފްއާއި ދެމީހުން ސީރިއާގެ ރައްޔިތުންތަކެއްގެ އަތުންބޭގެ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
6
2015/HC-A/194
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފައިސާ ނަގައިގެން ސައްޙަނޫން
ޕާސްޕޯޓްތަކެއްގައި އެމީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގައި
އެހީތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައިކަމާއި، ޢަބްދުﷲ ޝަރީފް ބަންދުކުރަން ބޭނުންވާ
ސަބަބަކީ މިމައްސަލައިގައި މީނާ ދޫކޮށްލާފައި ބަހައްޓައިފިނަމަ މައްސަލައިގައި ހެކިބަސްދޭން ތިބިމީހުންނަށް
ނުފޫޒް ފޯރުވަފާނެތީއާއި މުޖުތަމަޢުގެ ސަލަމާތަށްޓަކައިކަން އެނގޭއިރު، މައްސަލައިގައި ކަންހިނގާފައިވާ
ގޮތަށާއި ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑަށާއި، ތުހުމަތުކުރެވޭ ކުށުގެ ޠަބީޢަތަށާއި މައްސަލައިގެ ވަށައިގެންވާ
އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ އަމުރުގައި
މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ޢަބްދުﷲ ޝަރީފު އެއަމުރުގައި ބަޔާންކޮށްފައިވާ
މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ގަޟިއްޔާއާއި، ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަން އެނގެން އޮންނަކަމެވެ.
ދ ތ ދ 3
2012/HC-A/194
2013/HC-A/355
ޚު
އެހެންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ފަނޑިޔާރުން ދެކެނީ އިސްތިއުނާފު
ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3507(J
(
MD-145 ކޯޓު އަމުރުގައި
ރެޑިއަމްކޮކާ
ޢަބްދުﷲ ޝަރީފް ބަންދުގައި ގޭގައި
ބެހެއްޓުމަށް ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/194
އެކް
ދެންފަހެ އިސްވެ ބަޔާންކުރެވުނު
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2015/3507(J(MD-145 ކޯޓު އަމުރުގައި ބަޔާންކުރައްވާފައިވާ މުއްދަތަށް ރެޑިއަމްކޮކާ|
ޢަބްދުﷲ ޝަރީފް، ބަންދުގައި ގޭގައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމުން ބާޠިލްކޮށް،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ މުއްދަތު 14 މެއި 2015 ދުވަހުގެ 16:25 ގައި
ހަމަވެފައިވާތީ، ދައުލަތުން އެދިފައިވާ ގޮތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ޢަބްދު
ޝަރީފް، ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރާނެ ތަނެއް
އެއްނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv