ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/24 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t
*
0
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:24/HC
-
A/2014
އިސްތިއުނާފު ކުރި ފަރާތް:
* ނަން. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ޑީ.ސީ.)
، ދާއިމީ އެޑްރެސް: ފަތުރުވެހި މާލެ
މިހާރުގެ އެޑްރެސް: ފަތުރުވެހި މާލެ
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:280
/
2006-C
* ވަކީލް: އދ. އަޙްމަދު މުޢިއްޒު، މ. ޑޯން ޝައިން/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: އަލިފުއަތޮޅު ފިހާރަ/ މާލެ މިހާރުގެ އެޑްރެސް: އަލިފުއަތޮޅު ފިހާރަ/ މާލެ
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު: 40712005-C
ވަކީލް އދ. އިސްމާޢީލް ވިޝާމް، މ. ހަންޑިއު/ މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:10 ރަބީޢުލްއާޚިރު 1435 * ނިމުނު ތާރީޚް: 20 ޖުމާދަލްއާޚިރާ 1436
10 ފެބްރުއަރީ 2014
09 އެޕްރީލް 2015
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/27
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 07 ޖަނަވަރީ 2013
• ޤަޟިއްޔާ ނިމުނު ތާރީޚް: 17 ނޮވެމްބަރ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/27 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ޑީ.ސީ.) (ރަޖިސްޓްރީ
ނަންބަރު 280
/
2006-C) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ
ނަންބަރު 407
/
2005-C) އެވެ.
ދެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/27 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި،
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ޑީ.ސީ.} (ރަޖިސްޓްރީ
ނަންބަރު 280
/
2006-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/27 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ކޮނޑޭމަތީލާބަދޫ ގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑާއި
ދެމެދު 27 އޮކްޓޯބަރު 2007 ގައި ކޮށްފައިވާ ސަބްލީސް އެގްރީމެންޓް ބާޠިލްކޮށްފައިވާކަމަށް މޯލްޑިވްސް
ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުން ބުނާތީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 6471
33( *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
42
2 ހ
ކުމެއެވ
އެ
ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުން އެ އެގްރީމެންޓް ބާޠިލްކުރިކަމަށްބުނާ ބާޠިލްކުރުމަކީ ޤާނޫނާ ޚިލާފަށް
ކޮށްފައިވާ އްކަމުގައި ކަނޑައަޅައިދިނުމަށާއި، އަދި އެ އެގްރީމެންޓުގެ މާއްދާތަކާ ޚިލާފަށް އެ
އެގްރީމެންޓް ބާޠިލްކޮށްފައިވުމުގެ ސަބަބުން،
އެގްރީމެންޓްގެ ދަށުން ބަޔާނާ ފައިސާ
(advance rent) ގެ ގޮތުގައި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ ފައިސާ އަނބުރާ
ހޯދުމަށާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުގައި އެ ފައިސާ ހުރުމުގެ
ސަބަބުން ވެފައިވާކަމަށް ބުނާ ގެއްލުމުގެ ބަދަލު (cost of capital) ނަގައިދިނުމަށާއި، އަދި އެ
އެގްރީމެންޓުގެ ދަށުން ތަޞައްވަރުކުރިކަމަށް ބުނާ މަންފާގެ ބަދަލު (loss of profit) ނަގައިދިނުމަށް
އެދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުގެ މައްޗަށް ރެޓޮނަންސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، ކޮނޑޭމަތީލާބަދޫގައި ޓޫރިސްޓް ރިސޯޓެއް
ތަރައްޤީކުރުމަށްޓަކައި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ޕަބްލިކް ލިމިޓެޑާއި ދެމެދު 27 އޮކްޓޯބަރ 2007 ގައި ކޮށްފައިވާ އެގްރީމެންޓް ބާޠިލްކުރިކަން އަންގައި
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުން
ފޮނުވި ނަންބަރު: 2010
/
177/MTDC (12 އޮކްޓޯބަރ 2016) ސިޓީގައި، އެގްރީމެންޓް
ބާޠިލްކުރިކަމަށް ބުނާ އަޞްލު ސަބަބަކީ އެގްރީމެންޓްގެ iya)13 ވަނަ މާއްދާގައި ޙަވާލާދީފައިވާ
ޖަދުވަލުގައިވާގޮތަށް ދައްކަންޖެހޭ ކުލި ދައްކާފައިނުވާތީކަން އެ ސިޓީއަށް ބެލުމުން އެނގެން އޮތްއި
އޮތްއިރު،
ފުރަތަމަ ކުއާޓަރ ގެ ކުލި ދެއްކުމަށް އަންގައި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ޓޫރިޒަމް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުން ފޮނުވި ނަންބަރު: 02-MTDC
/
2010
/
KON (31
ޖެނުއަރީ 2010) ސިޓީއާ ގުޅިގެން، އެގްރީމެންޓުގެ i
)
e)13 ވަނަ މާއްދާއާ ޙަވާލާދިނުމަށްފަހު، ބަޔާނާގެ
ފައިސާގެ ގޮތުގައި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ ފައިސާ، ކުރިން ކަނޑަންޖެހޭނީ 23
U COMO
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
(ތޭވީސް) އަހަރު ދުވަހުގެ ބަދަލުގައި 10 (ދިހައެއް) އަހަރު ދުވަހަށް ބަހާލައިގެން ކަމަށްބުނެ،
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑަށް
04 ފެބްރުއަރީ 2010 ގައި ފޮނުވި ސިޓީން އެކަމާމެދު ސުވާލު އުފައްދައި، އިޢުތިރާޟް
ހުށަހަޅާފައިވާކަން އެނގެން އޮތްހިނދު، އެ އިޢުތިރާޝަކީ އެ އެގްރީމެންޓުގެ i
)
a)13 ވަނަ މާއްދާގައި
ޙަވާލާދީފައިވާ ޖަދުވަލުގައި ކޮންމެ ގޮތަކަށް އޮތްނަމަވެސް، އެ އެގްރީމެންޓުގެ i
)
e)13 ވަނަ މާއްދާ
ޢިބާރާތްކޮށްފައިވާގޮތުން އެ އެގްރީމެންޓުގެ (iv)2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަލައިގަނެވިދާނެފަދަ
ޞައްޙަ އިއުތިރާސެއްކަމަށް ޝަރީޢަތަށް ބުރަވެވޭތީއާއި، އަދި އެކަން ޙައްލުވަންދެން މޯލްޑިވްސް ޓޫރިޒަމް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުން ފުރަތަމަ ކުއަޓާރ ގެ ކުލީގެ ގޮތުގައި ސަރުކާރަށް
ދައްކަންޖެހޭ މިންވަރު ދައްކައިދިނުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް
ލިމިޓެޑުގެ ނަންބަރު: 03-MTDC
/
2010
/
KON (25 ފެބްރުއަރީ 2010) ސިޓީގައި ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑުގެ ކިބައިން އެދިފައިވުމުން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް
ލިމިޓެޑުންވެސް އެ އިޢުތިރާޟް ޤަބޫލުކޮށްފައިވާކަމުގައި ބެލެވެން އޮތަތީ، އެ އެގްރީމެންޓުގެ i
)
e)13 ވަނަ
މާއްދާ ޢިބާރާތްކޮށްފައިވާގޮތުން ޤާނޫނީގޮތުން އެ އުފެދުނު ސުވާލާމެދު ދެފަރާތުގެ ދެމެދުގައި ވަކިގޮތަކަށް
އެއްބަސްވުމަކަށް ނާދެވި ވަނިކޮށް، ނުވަތަ އެ ކޮންޓްރެކްޓަށް ވަންއިރު ދެފަރާތުގެ ނިޔަތް އޮތީ ބަޔާނާގެ
ފައިސާ ކުރިން ކަނޑަންޖެހޭނީ 23 (ތޯވިސް) އަހަރު ދުވަހުގެ ތެރޭގައިކަމަށްވީނަމަވެސް އެ ކޮންޓްރެކްޓަށް
ވަންއިރު ދެފަރާތުގެ ނިޔަތް އޮތްގޮތުގެ މައްޗަށް އެމާއްދާ އިޞްލާހް (ރިފޯމް) ކޮށްދިނުމުގެ ފަރުވާއަކަށް
ކޯޓުގައި ނޭދި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުން އަމިއްލައަށް ބާޠިލުކުރިކުރުމަކީ ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް
"ހިނގިޚަރަދު" ގެ ބަދަލު ޙައްޤުވާ ކަމެއްކަމަށް ކަނޑައަޅައި،
OOCOOX
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
މިގޮތުން، ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވްސް
ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑަށް ދައްކާފައިވާ 5,200,000.00$US
(ފަސްމިލިއަން ދެލައްކަ ޔޫ.އެސް ޑޮލަރު) ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ލިބިދިނުމަށްޓަކައި
މިއަދު (07 ނޮވެމްބަރ 2013) ން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް
އެމަހަކަށް ޖެހޭވަރު މިކޯޓަށް ދައްކަމުންގޮސް އެމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކައި
ޚަލާޞްކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑަށް އަންގައި
ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/27 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ޑީ.ސީ.)ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް)
ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ:
• ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/27 ޤަޟިއްޔާގައި ޙުކުމް
ކުރެއްވިއިރު ބަރޯސާވި ލިޔުންތަށް ބަލައި ވަޒަންކުރުމުގައި ޤާޟީއަށް ބޮޑެތި އޮޅުންތަކެއް އަރާފައިވުމާއި،
އެމް.ޓީ.ޑީ.ސީ.ގެ ނަންބަރު 03-MTDC
/
2010
/
KON ސިޓީއާއި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑް
(ރެޓޮނަންސް) އިން 3 ފެބްރުއަރީ 2010 ގައި އެމް.ޓީ.ޑީ.ސީ.އަށް ފޮނުވާފައިވާ ސިޓީއަށް ރިޢާޔަތް
ކުރައްވާފައިވަނީ އެ ދެ ސިޓީގެ މަޤުޞަދާއި މަޢުޟޫޢުގެ ބޭރުން އަދި ވުޖޫދުގައި ނުވާ (fact)
ޙަޤީގަތެއްގެ މައްޗަށް ބުރަވެކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
އަތުލި ދުވަހާ
• ދެވަނަ ނުކުތާއަކީ، ރެޓޮނަންސް އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުއްޔަށްދީފައިވާ
ރަށްކަމުގައިވާ ގއ. ކޮނޑޭމަތިލާބަދޫ، ރިޒޯޓެއް ތަރައްޤީކުރަން ރެޓޮނަންސް އާ ޙަވާލުކޮށްފައިވާތީއާއި އަދި
އެރަށުގެ ސަބްލީޒް ރެންޓް ހިނގަންފަށާފައިވާތީ، އެމް.ޓީ.ޑީ.ސީ. އިން އެއްބަސްވުން ބާޠިލްކޮށް އެރަށް
ހަމައަށް ސަބްލީޒް ރެންޓް ދެއްކުމަކީ ރެޓޮނަންސްގެ މައްޗަށް
ންޓްރެކްޗުއަލް ޕޮބްލިގޭޝަން (contractual obligation) އެއްކަމާއި އަދި ސަބްލީޒް ރެންޓު
ލިބިގަތުމަކީ
އެމް.ޓީ.ޑީ.ސީ.ގެ ކޮންޓްރެކްޗުއަލް ރައިޓް contractual right) އެއްކަމަށް
ވީނަމަވެސް، ސިވިލް ކޯޓުން މައްސަލަ
ނިޔާކަނޑައެޅުއްވިއިރު، އެކަމަށް
ރިޢާޔަތްކުރައްވައި ސަބްލީޒް ރެންޓާއި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ލިކުއިޑޭޓަޑް ޑެމޭޖަސް
(liquidated damages) ނަންގަވައި ދެއްވާފައިނުވުމުގެ ސަބަބުން މައްސަލައިގެ އެންމެ އަސާސީ
އުންސުރުތަކަށް ފުރިހަމައަށް ރިޢާޔަތްކުރެވިފައި ނުވާކަން އެނގޭކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ބައްލަވައި
• ތިންވަނަ ނުކުތާއަކީ، އެއްބަސްވުމުގައި ސޮއިކުރިއިރު ދެފަރާތުގެ ނިޔަތް އޮތީ އެޑްވާންސް
ރެންޓުގެ ފައިސާ 23 (ތޭވީސް) އަހަރު ދުވަހަށް ބެހުމުގެ މައްޗަށްކަން އެނގޭކަން ސާބިތުވާކަމަށް
ދަށުކޯޓުގެ ޙުކުމުގައި ކަނޑައެޅުއްވުމަށްފަހު، އެއްބަސްވުމަށް ދެފަރާތުން ވަންއިރު ދެފަރާތުގެ ނިޔަތް
އޮތްގޮތާ ޚިލާފަށް އެޑްވާންސް ރެންޓު 10 (ދިހައެއް) އަހަރަށް ބަހަންޖެހޭ ގޮތަށް ކުރެއްވި ޙުކުމް ޝަރުޢީ
އުޞޫލެއް ކަމުގައިވާ "މުޢާމަލާތްތަކުގައި ބަލަންޖެހޭނީ މާނަތަކާއި ޖުމުލަ) އެކުލެވިގެންވާ ގޮތަކަށް
ނަމަވެސް އެމުޢާމަ
.ޢާމަލާތެއްގެ މަޤުސަދަށެވެ" ގެ މަފްހޫމްއާ ޚިލާފުވުމުގެ އިތުރުން ޙުކުމް ބިނާކުރި
އޭގެ ޒާތުގައި ތަޢާރުޟުވާކަމަ
ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
· · 9
2
• ހަތަރުވަނަ ނުކުތާއަކީ، ރެޓޮނަންސް އާއެކު އެމް.ޓީ.ޑީ.ސީ އިން ސޮއިކޮށްފައިވާ
އެއްބަސްވުމުގެ i
)
e)13 ވަނަ މާއްދާ، އެއްބަސްވުމަށް ދެފަރާތުން ވަންއިރު ދެފަރާތުގެ ނިޔަތް އޮތްގޮތުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
412ށް
އިޞްލާޙު (ރިފޯމް) ކޮށްދިނުމުގެ ފަރުވާއަކަށް ކޯޓުގައި ނޭދި، އެމް.ޓީ.ޑީ.ސީ. ގެ ފަރާތުން
އެއެއްބަސްވުން ބާޠިލްކުރިކުރުން ސައްޙަނޫންކަމަށް ދަށުކޯޓުން ކަނޑައެޅުއްވިހިނދު، އެ މާއްދާ އިޞްލާޙު
ކުރަނީނަމަ ކުރެވެން އޮތް ހަމައެކަނި ގޮތަކީ ދެފަރާތުގެ ނިޔަތާއި، ރެޓޮނަންސް އިން އަމިއްލައަށް ހުށަހެޅި
ޕްރޮޕޯސަލްއާއި ބިޑިންގ ޑޮކިއުމަންޓުގައިވާ ގޮތަށް އެމާއްދާގައިވާ 10 (ދިހައެއް) އަހަރު ދުވަސް 23
(ތޭވީސް) އަހަރު ދުވަސް ކަމުގައި ބަލައިގެން ކިޔުންކަން ދަށުކޯޓުގެ ޙުކުމުންވެސް ދޭހަވާން އޮތްހިނދު، އެ
ޙަޤީޤަތަށް ރިޢާޔަތްކުރެއްވުމެއްނެތި، ރަށުގެ ކުލިން އެމް.ޓީ.ޑީ.ސީ. އަށް އެއްވެސް މިންވަރެއް ނުލިބޭގޮތަށް
ރެޓޮނަންސް އަށް އެޑްވާންސް ފައިސާ އެއްކޮށް ނަންގަވައި ދެއްވާފައިވަނީ އެ ފަރާތުން ނުޙައްޤު
މަންފާތަކެއް (unjust enrichment) ލިބޭގޮތަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
0
.
ފަސްވަނަ ނުކުތާއަކީ، ރެޓޮނަންސް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ
ސަބްލީޒް ރެންޓު ނުދައްކައިފި ޙާލަތެއްގައި އެގްރީމެންޓްގެ 26 ވަނަ މާއްދާގެ ދަށުން އެގްރީމެންޓް
ބާޠިލްކުރުމުގެ ޙައްޤަކީ އެމް.ޓީ.ޑީ.ސީ.ގެ ކޮންޓްރެކްޗުއަލް ރައިޓް (contractual right) އެއްކަމާއި،
އެމް.ޓީ.ޑީ.ސީ.ގެ މިބުނެވުނު ޙައްޤު، އެ ޙައްޤުގެ ބޭނުންހިފުމުގެ ކުރިން ޝަރުޢީ ކޯޓަކަށް ދާންޖެހޭނެފަދަ
ގޮތަކަށް ޤައިދުކޮށްފައިނުވާކަމާއި، އަދި އެއްބަސްވުމުގެ ބުނެވިދިޔަ 26 ވަނަ މާއްދާގެ ދަށުން އެއްބަސްވުން
ބާޠިލްކުރުމަކީ ރެޓޮނަންސް އަށް އެޑްވާންސް ފައިސާ ޙައްޤުވާނޭ ކަމެއްކަމުގައި އެއްބަސްވުމުގައި
ބަޔާންކޮށްފައި ނުވާއިރު، އަދި ޙަވާލާދެވުނު މާއްދާގެ ދަށުން މާލީ ކަމެއްގައި އެގްރީމެންޓް ބާޠިލްކޮށް ފިނަމަ،
ރެޓޮނަންސް އަށް އެޑްވާންސް
ވާންސް ކުލި ޙައްޤުވާނެކަމަށް އެގްރީމެންޓުގެ އެއްވެސް މައްދާއެއްގައި ބަޔާންކޮށްފައި
ނުވާއިރު، މާލީކަމެއްގައި އެގްރީމެންޓް ބާޠިލްކުރުމުން ރެޓޮނަންސް އަށް އެޑްވާންސް ކުލި ޙައްޤުވާނެކަމަށް
ދަށު ކޯޓުން ކަނޑައަޅުއްވާފައިވަނީ އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބުރަވެ ނޫންކަމާއި،
އެގްރީމެންޓްގެ ބޭނުން ނެތިދާފަދަ ގޮތަކަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހިރާއްޖޭގެ ދަ
މަޤުޞަދާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ތިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
4. މިމައްސަލައާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/27 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މޯލްޑިވްސް ޓޫރިޒަމް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ޑީ.ސީ)ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
26 ތ 8
29
އެއެ29
(ހ) ފުރަތަމަ ކަމަކީ، ކޮނޑޭމަތީލާބަދޫގައި 100 (ސަތޭކަ) އެނދުގެ ޓޫރިސްޓް ރިޒޯޓެއް
ތަރައްޤީކުރުމަށްޓަކައި، ދިވެހި ސަރުކާރުން އެރަށް ކުށްޔަށްދޫކޮށްފައިވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ޑީ.ސީ.) ގެ ފަރާތުން އެރަށް ސަބްލީސްކުރުމަށް އާންމުކޮށް ހުޅުވާލި
ބިޑު ކާމިޔާބުކުރި ފަރާތްކަމަށްވާ ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާއި އެމް.ޓީ.ޑީ.ސީ. އާދެމެދު، 23
އޮކްޓޯބަރު 2007 ގެ ތާރީޚުގައި، ސަބްލީސް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި، އަދި
ގުޅިގެން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ސަބްލީސް
ރެންޓް އެޑްވާންސް ޕޭމަންޓް" ގެ ގޮތުގައި ދައްކަންޖެހުނު -/5,200,000 (ފަސްމިލިއަން ދެލައްކަ)
އެމެރިކާ ޑޮލަރު، އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެމް.ޓީ.ޑީ.ސީ. އަށް ދައްކާ ޚަލާސްކޮށްފައިވާކަމާއި،
އެމް.ޓީ.ޑީ.ސީ. އާއި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ
އިސްވެދެންނެވިފައިވާ އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ދައްކަންޖެހޭ ކުލި ނުވަތަ ސަބްލީސް ރެންޓް، ރެޓޮނަންސް ޕްރައިވެޓް
ލިމިޓެޑުން ދައްކަންޖެހޭ ގޮތް، އެ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން،
އެ އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލި ދައްކަން
#
cocco
4
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
ފަށަންޖެހޭ ތާރީޚަކީ، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރެވޭ ރިޒޯޓު ހިންގަން ފެށުމުގެ ހުއްދަ
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ދޭ ތާރީޚު ނުވަތަ ރިޒޯޓު ހަދަންފެށުމުގެ ހުއްދަ
ސަރުކާރުން ދޭ ތަރީޚުން ފެށިގެން 18 (އަށާރަ) މަސް ހަމަވާ ތާރީޚުގެ ތެރެއިން ކުރިން އަންނަ
ތާރީޚުކަން، އެ އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (i) ގެ a އަށް ބެލުމުން އެނގެން އޮންނައިރު، އެ
އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލި ދައްކާނީ
އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީ. އަށް ދައްކާފައިވާ "ސަބްލީސް
ރެންޓް އެޑްވާންސް ޕޭމަންޓް" 10 (ދިހައެއް) އަހަރު ދުވަހަށް ބަހާލުމުން ޖެހޭ އަދަދު ކުލިން އުނިކުރުމަށް
ފަހުގައިކަމަށް އެމާއްދާގެ (i) ގެ 8 ގައި ބަޔާންކޮށްފައިވާކަމާއި، އަދި، އިސްވެދެންނެވިފައިވާ ގޮތުގެމަތިން
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލި ދައްކަން ފަށަންޖެހޭ ތާރީޚަކީ 28
ފެބްރުއަރީ 2010 ކަން، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މިމައްސަލައާ ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބެލުމުން ސާފުކޮށް އެނގެން
ތ މ ގތ
އނނށ2އ
އެމް.ޓީ.ޑީ.ސީ. އަށް ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލި، 28
ފެބްރުއަރީ 2010 އިން ފެށިގެން ދައްކަން ފަށަންޖެހޭނެކަމަށް ބަޔާންކޮށް، އެކުލި ދައްކަންޖެހޭ ގޮތުގެ
ތާވަލަކާއެކު، 31 ޖެނުއަރީ 2010 ގެ ތާރީޚުގައި އެމް.ޓީ.ޑީ.ސީ. އިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް
ސިޓީއެއް (އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު 02-MTDC
/
2010
/
KON ސިޓީ) ފޮނުވާފައިވާކަން،
މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އަދި އެއަށްފަހު، އެމް.ޓީ.ޑީ.ސީ. އާއި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ،
އިސްވެދެންނެވިފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާއާއި ޝެޑިއުލް 2 ގައިވާ ގޮތުގެމަތިން ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެހާތަ ދައްކަންޖެހޭ ކުލި، އެއްބަސްވެފައިވާ ގޮތުގެމަތިން
ދައްކާފައިނުވާކަމަށާއި، އަދި އެއްބަސްވުމުގައިވާ ގޮތުގެމަތިން ތަރައްޤީކުރަން އެއްބަސްވެފައިވާ ރިޒޯޓުގެ
އެހަނނަށް
،4ޅހ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
މަސައްކަތް،
އެއްބަސްވެފައިވާ ގޮތުގެމަތިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ފުރިހަމަކޮށްފައިނުވާކަމަށް ބުނެ، އެހާތަނަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ 337,048.19 (ތިންލައްކަ
ތިރީސް ހަތްހާސް ސާޅީސް އަށެއް ޕޮއިންޓް ނަވާރަ) އެމެރިކާ ޑޮލަރާއި، އެފައިސާ ނުދެއްކުމުގެ ސަބަބުން،
އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ލިކުއިޑޭޓަޑް
ޑެމޭޖަސްގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 230,878.01 (ދެލައްކަ ތިރީސްހާސް އައްސަތޭކަ ހަތްދިހަ
އަށެއް ޕޮއިންޓް ސުމެއް އެކެއް) އެމެރިކާ ޑޮލަރު، 23 އޮކްޓޯބަރު 2010 ގެ ކުރިން ދައްކާ
ޚާލާސްކުރުމަށާއި، އަދި އެގޮތުގެމަތިން ފައިސާ ނުދައްކައިފިނަމަ އެދުވަހުން ފެށިގެން އެއްބަސްވުން
ބާޠިލުކުރެވޭނެކަމަށް ބުނެ އެމް.ޓީ.ޑީ.ސީ. ގެ ފަރާތުން، އެކުންފުނީގެ ނަންބަރު 2010
/
177/MTDC
(12 އޮކްޓޯބަރު 2010) ގެ ސިޓީއިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް ނޯޓިސް ފޮނުވާފައިވާކަމާއި،
އަދި މިދެންނެވުނު ނޯޓިސްގައިވާ ގޮތުގެމަތިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ.
އަށް ފައިސާ ދައްކާފައިނުވުމާއެކު، މިމައްސަލައިގައި ހިމެނޭ، އެމް.ޓީ.ޑީ.ސީ، އާއި ރެޓޮނަންސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު، 23 އޮކްޓޯބަރު 2007 ގެ ތާރީޚުގައި، ސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން
އެމް.ޓީ.ޑީ.ސީ ގެ ފަރާތުން ބާޠިލުކޮށްފައިވާކަން، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށާއި، މިމައްސަލާގައި ހިމެނޭ ފަރާތްތަކުން މިމައްސަލާގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް
2
ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.
ދދީ 58 ·
(ނ) ދެވަނަ ކަމަކީ، އިސްވެ ރާންކުރެވިދިޔަ، އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު
02-MTDC
/
2010
/
KON (31 ޖެނުއަރީ 2010) ގެ ސިޓީ ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް
ލިބުމާގުޅިގެން، އެދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (i) ގެ e އަށް
ޙަވާލާދީ، އެއެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް
ދައްކަންޖެހޭ ކުލި ދައްކަންޖެހޭނީ (އެސިޓީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް) އެއްބަސްވުމުގެ ދަށުން
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 13316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
UCO
etc.
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީ. އަށް ދައްކާފައިވާ "ސަބްލީސް ރެންޓް އެޑްވާންސް
ޕޭމަންޓް" 10 (ދިހައެއް) އަހަރު ދުވަހަށް ބަހާލުމުން ޖެހޭ ޢަދަދު ކުލިން އުނިކުރުމަށް ފަހުގައިކަމަށް
ބުނެ، އިސްވެ ބަޔާންކުރެވިދިޔަ، އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު 02-MTDC
/
2010
/
KON (31
ޖެނުއަރީ 2010) ސިޓީއާއެކު އެކުންފުނިން ފޮނުވާފައިވާ ތާވަލާ އެއްގޮތްވާގޮތުގެމަތި
ގޮތްވާގޮތުގެމަތިން ކުލި ދެއްކުމާމެދު
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން އިޢުތިރާޅެއް އެމް.ޓީ.ޑީ.ސީ. އަށް ހުށަހަޅާފައިވާކަން، 4 ފެބްރުއަރީ
2010 ގެ ތާރީޚުގައި އެކުންފުނީގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ފޮނުވާފައިވާ ސިޓީއަށް ބެލުމުން
ސާފުކޮށް އެނގެން އޮންނަކަމާއި، އަދި އެއްބަސްވުމުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ދައްކަންޖެހޭ
ކުލި ދައްކަންޖެހޭ މިންވަރު ހިސާބުކުރުމުގައި ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ
ބެހޭގޮތުން، 4 ފެބްރުއަރީ 2010 ގައި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް
ފޮނުވުނު މިދެންނެވުނު ސިޓީ ފޮނުވުމުގެ ކުރިން އެދެފަރާތުގެ ދެމެދުގައި ބައްދަލުވުމެއް ބޭއްވި
އެކަމާބެހޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާކަންވެސް މިދެންނެވުނު ސިޓީއަށް ބެލުމުން އެނގޭކަމާއި، އަދި
އެއަށްފަހުވެސް މިކަމާބެހޭގޮތުން ދެފަރާތުން ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވާކަން މިމައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި މިމުއްދަތުގެ ތެރޭގައިވެސް
އަދި އެއަށްފަހުވެސް އިސްވެދެންނެވުނު ސިޓީއާ އެއްގޮތްވާ ގޮތުގެމަތިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ކުލީގެ ގޮތުގައި އެއްވެސް މިންވަރަކަށް ފައިސާ ދައްކާފައިނުވާކަމާއި،
ވީމާ، މިދެންނެވުނު ކަންކަންމަށް ޖުމްލަގޮތެއްގައި ބަލާއިރު، އިސްވެ ބަޔާންކުރެވިދިޔަ،
އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު 02-MTDC
/
2010
/
KON (31 ޖެނުއަރީ 2010) ސިޓީއާއެކު
އެކުންފުނިން ފޮނުވާފައިވާ ތާވަލާ އެއްގޮގެ
އެގޮތްވާގޮތުގެމަތިން ކުލި ދެއްކުމާމެދު ރެޓޮނަންސް ޕްރައިވެޓް
ލިމިޓެޑުން އިޢުތިރާޝްކޮށްފައިވާކަމަށް ޤާނޫނީ ހަމަތަކުގެމަތިން ބަލަންޖެހޭކަމާއި،
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ފޮނުވާފައިވާ
މިދެންނެވުނު ސިޓީއާއި އެސިޓީ ފޮނުވުމުގެ ކުރިން އެދެފަރާތުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި
ހއ 2
2
4
2
ހަމައެހނެ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
454 4 M
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
cocco
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ، އިސްވެމިދެންނެވުނު އިޢުތިރާސަކީ
ޤަބޫލުކުރެވޭނެ (reasonable) އިޢުތިރާޝެއްކަމާއި، އަދި އެ އިޢުތިރާޟު ބިނާވެފައިވާ މައްސަލަ
(issue) އަކީ ދެފަރާތުގެ ދެމެދުގައި ވާހަކަދެކެވިގެން ވަކިގޮތްތަކެއް ކަނޑައެޅެންޖެހޭފަދަ
މައްސަލައެއްކަމަށް އެމް.ޓީ.ޑީ.ސީ. އިންވެސް ބަލައިގަނެފައިވާކަން ޤާނޫނީ ހަމަތަކުގެމަތިން
ބެލެވެންޖެހޭކަމާއި، އެކަން އިސްވެދެންނެވިފައިވާ، ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ 4 ފެބްރުއަރީ 2010
ގެ ސިޓީއާ ގުޅިގެން 25 ފެބްރުއަރީ 2010 ގެ ތާރީޚުގައި އެމް.ޓީ.ޑީ.ސީ. އިން ރެޓޮނަންސް ޕްރައިވެޓް
ލިމިޓެޑަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 03-MTDC
/
2010
/
KON ސިޓީގައި، ދެފަރާތުގެ
ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޙައްލުކުރެވެންދެން އެމް.ޓީ.ޑީ.ސީ. ގެ ފަރާތުން،
ކޮނޑޭމަތީލާބަދޫގެ ހެޑްލީސް ރެންޓުގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ މިންވަރަށް ފައިސާ
ދައްކައިދިނުމަށް އެމް.ޓީ.ޑީ.ސީ. ގެ
ފަރާތުން
ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑުގެ ކިބައިން
އެދިފައިވުމުންވެސް
ގެ
86ދ 998ޑ
އެއބަސް32
(ނ) ތިންވަނަ ކަމަކީ، އިސްވެމިދެންނެވުނު، އެމް.ޓީ.ޑީ.ސީ.
ނަންބަރު
02-MTDC
/
2010
/
KON ސިޓީއާއި އެސިޓީއާއެކު އެކުންފުނިން ފޮނުވާފައިވާ ކުލިދައްކަންޖެހޭ ގޮތުގެ
ތާވަލަށް ބަލާއިރު، އެމް.ޓީ.ޑީ.ސީ. އާއި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު، 23 އޮކްޓޯބަރު 2007
ގެ ތާރީޚުގައި ސޮއިކުރެވިފައިވާ، މިމައްސަލާގައި ހިމެނޭ ސަބްލީސް
ދަށުން ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީ. އަށް ދައްކަންޖެހޭ ކުވި އެކުންފުނިން ހިސާބުކޮށްފައިވަނީ،
އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީ. އަށް ދައްކާފައިވާ "ސަބްލީސް
އެޑްވާންސް ޕޭމަންޓް" ކުލިން އުނިކުރަންޖެހޭނީ 23 (ތޭވީސް) އަހަރު ދުވަހުގެ މުއްދަތަށް
ބަހާލުމުން ޖެހޭ ނިސްބަތުގެ މައްޗަށް ބިނާކޮށްކަން އެނގެން އޮންނައިރު، އިސްވެދެންނެވިފައިވާ ފަދައިން،
އެމް.ޓީ.ޑީ.ސީ، އާއި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އިސްވެ ބަޔާންކުރެވިދިޔަ،
8 8
ދެނެe
4
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 8316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
އެ އެއްބަސްވުމުޖެ
އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ދައްކަންޖެހޭ ކުލި
ނުވަތަ ސަބްލީސް ރެންޓް ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ގޮތް ބަޔާންކޮށްފައިވާ އެ
އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (i) ގެ e ގައި، އެ އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލި ދައްކާނީ އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން
އެމް.ޓީ.ޑީ.ސީ. އަށް ދައްކާފައިވާ "ސަބްލީސް ރެންޓް އެޑްވާންސް ޕޭމަންޓް" 10 (ދިހައެއް) އަހަރު
ދުވަހަށް ބަހާލުމުން ޖެހޭ ޢަދަދު ކުލިން އުނިކުރުމަށް ފަހުގައިކަމަށް ބަޔާންކޮށްފައި އޮތްއިރު، އަދި
އެއެއްބަސްވުމުގެ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގެ ޖަދުވަލަކާ ތަޢާރުޟުވާނަމަ، ނުވަތަ
އަރައިރުންވާނަމަ އެޖަދުވަލުގެ ބަދަލުގައި ޢަމަލުކުރަންޖެގެ
ޢަމަލުކުރަންޖެހޭނީ އެ އެއްބަސްވުމުގެ މާއްދާތަކުގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށް އެ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (iv) ގައި ބަޔާންކޮށްފައިވުމުން،
ބަސްވުމުގެ
.ގެ ޖަދުވަލެއްގެ ގޮތުގައި ހިމެނިފައިވާ ލިޔުމެއްގައި، އެ އެއްބަސްވުމުގެ
ސްވުމުގެ ދަށުން ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލި ދައްކާނީ އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް
ލިމިޓެޑުން އެމް.ޓީ.ޑީ.ސީ. އަށް ދައްކާފައިވާ "ސަބްލީސް ރެންޓް އެޑްވާންސް ޕޭމަންޓް" އެއްބަސްވުމުގެ
ޖުމްލަ މުއްދަތުކަމަށްވާ 23 (ތޭވީސް) އަހަރު ދުވަހަށް ބަހާލުމުން ޖެހޭ ޢަދަދު ކުލިން އުނިކުރުމަށް
ފަހުގައިކަމަށް
ބަޔާންކޮށްފައި
އޮތްނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި
ހިސާބުކުރަންޖެހޭނީ އެ އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (i) ގެ 8 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
"ސަބްލީސް ރެންޓް އެޑްވާންސް ޕޭމަންޓް" 10 (ދިހައެއް) އަހަރު ދުވަހަށް ބަހާލުމުން ޖެހޭ އަދަދު ކުލިން
އުނިކުރުމަށް ފަހުގައިކަމަށް ބަލަންޖެހޭކަމާއި،
އެހެންކަމުން، އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު 02-MTDC
/
2010
/
KON ސިޓީއާއި ގުޅިގެން
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުފުލާފައިވާ އިޢުތިރާޝަކީ ޤާނޫނީ ބުރަދަންހުރި، އަދި އެއަށް
ޤާނޫނީގޮތުން ޙައްލެއް ލިބެންޖެހޭ އިޢުތިރާޅެއްކަމަށް، ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭއިރު، އަދި
އެއިޢުތިރާޟް އެމް.ޓީ.ޑީ.ސީ. އިން ބަލައިގަނެފައިވާކަން އެނގޭއިރު، އެކަން ޙައްލުކުރުމަކާ ނުލައި އަދި
e
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 316471"
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ، ދިވެހި
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
އެކަމާމެދު ވަކި ގޮތަކަށް ނިންމައި އެކަން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް އެންގުމަކާ ނުލައި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވުމުން، ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން
އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ކަނޑައެޅޭނެ ކަމަށް ޤަބޫލުނުކުރެވޭކަމެވެ.
އ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެދެންނެވިފައިވާ، 25 ފެބްރުއަރީ 2010 ގެ ތާރީޚުގައި
އެމް.ޓީ.ޑީ.ސީ. އިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
03-MTDC
/
2010
/
KON ސިޓީއާއި ގުޅިގެން، 28 މާޗް 2010 ގެ ތާރީޚުގައި ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑު ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެސިޓީގައި
ޙަވާލާދީފައިވާ އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު 03-MTDC
/
2010
/
KON ސިޓީ ގައި އެކުންފުނީގެ
ފަރާތުން އެދިފައިވާ ގޮތުގެމަތިން، އެކުންފުނީގެ ފަރާތުން، ކޮނޑޭމަތީލާބަދޫއަށް ސަރުކާރަށް
ދައްކަންޖެހޭ ކުލި (ހެޑްލީސް) އަށްވާ މިންވަރަށް ފައިސާ، 28 ފެބްރުއަރީ 2010 އިން ފެށިގެން ފުރަތަމަ
8 (އަށެއް) އަހަރުގެ މުއްދަތަށް ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކުންފުންޏަށް ދެއްކުމަށް
އެއްބަސްވާން ތައްޔާރަށް ތިބިކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެގޮތުގެމަތިން ދައްކަންޖެހޭ ފުރަތަމަ
ކުއަރޓަރލީ ޕޭމަންޓް، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭގޮތުގެ ތާވަލް އިސްލާޙުކުރުމަށްފަހު
ދެފަރާތުގެ ދެމެދުގައި 23 އޮކްޓޯބަރު 2007 ގައި ސޮއިކުރެވިފައިވާ އަސްލު އެއްބަސްވުމަށް އެޑެންޑަމެއް
ތައްޔާރުކޮށް އެއެޑެންޑަމުގައި ދެފަރާތުން ސޮއިކުރެވުމާއެކު ދައްކާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު 03-MTDC
/
2010
/
KON ސިޓީއާ ގޮތުގެމަތިން
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކުންފުންޏަށް ފައިސާ ދެއްކުމަކީ، އެދެފަރާތުގެ ދެމެދުގައި
23 އޮކްޓޫބަރު 2007 ގައި ސޮއިކުރެވިފައިވާ އަސްލު އެއްބަސްވުމުގައި ކުލިދެއްކުމާ ބެހޭގޮތުން
ކަނޑައަޅާފައިވާ ގޮތަށް ބަދަލުތަކެއް އަންނާނޭކަމެއްކަމަށްވުމާއެކު، އެސިޓީގައި އެދިފައިވާ ގޮތުގެމަތިން
ފައިސާ ދައްކަންފެށުމުގެ ކުރިން އަސްލު އެއްބަސްވުމަ
އިތުރުކޮށް އެއެޑެންޑަމުގައި
2
8
82 ތ
އއ+e
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
4ދ 8
4
سرع
ދެފަރާތުން ސޮއިކުރަން ޝަރުތުކުރުމަކީ ޤާނޫނީ ހަމަތަކުގެމަތިން ބަލާއިރު، އަދި ދެފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމުގައާއި އަދި އެއްބަސްވުމާއެކުގައިވާ ޖަދުވަލުގައި ސަބްލީސް ރެންޓް އެޑްވާންސް
މެދު ޢަމަލުކުރެވޭނެ ގޮތް ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ޤަބޫލުކުރެވޭ
(reasonable} ކަމެއްކަމާއި، އެހެންކަމުން، ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ
ޝަރުތާ އެއްގޮތްވާ ގޮތުގެމަތިން އެޑެންޑަމެއް އެކުލަވާލެވި އެ އެޖެންޑަމުގައި ދެފަރާތުން ސޮއި ނުކުރާހާ
ހިނދަކު، ނުވަތަ ދެފަރާތުން ވަކިގޮތަކަށް އެއްބަސްނުވެވޭހާ
އިބަސްނުވެވޭހާ ހިނދަކު، އެމް.ޓީ.ޑީ.ސީ. ގެ ނަންބަރު
03-MTDC
/
2010
/
KON ސިޓީއާ އެއްގޮތްވާ ގޮތުގެމަތިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެކުންފުންޏަށް ފައިސާ ދައްކާފައިނުވުމަކީ އެކަމުގެ ސަބަބުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
އެއްވެސް ފިޔަވަޅެއް އެޅިގެންވާނޭކަމެއް ނޫންކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސް ބަޔާންކުރެވިދިޔަ، އެމް.ޓީ.ޑީ.ސީ. ގެ ފަރާތުން، ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
177/MTDC (12 އޮކްޓޯބަރު
2010) ގެ ސިޓީއަށާއި، މިމައްސަލައާ ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެމް.ޓީ.ޑީ.ސީ. އާއި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދު، 23 އޮކްޓޯބަރު 2007 ގެ ތާރީޚުގައި، ސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން އެމް.ޓީ.ޑީ.ސީ.
ގެ ފަރާތުން ބާޠިލުކޮށްފައިވާ ސަބަބަކީ، އެ އެއްބަސްވު 13 ވަނަ މާއްދާގެ ދަށުން ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީ. އަށް ދައްކަންޖެހޭ ކުވި، އެމް.ޓީ.ޑީ.ސީ. އިން އަންގާފައިވާ
ގޮތުގެމަތިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނުދެއްކުމާއި، އަދި އެފައިސާ ނުދެއްކުމުގެ
ސަބަބުން، އެއްބަސްވުމުގައިވާ ގޮތުގެމަތިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހިފައިވާކަމަށް
އެމް.ޓީ.ޑީ.ސީ. އިން ބުނާ ލިކުއިޑޭޓަޑް ޑެމޭޖަސްއަށް ފައިސާ ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދައްކާފައިނުވުންކަން އެނގެން އޮތްއިރު، އިސްވެދެންނެވިފައިވާ ފަދައިން، މިމައްސަލާގައި ހިމެނޭ
ސްވެމަޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
eco
22
22 ޏ ސ ޑ 422
کرمانی می سرط
#
އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލީގެ ފައިސާ،
އެމް.ޓީ.ޑީ.ސީ. އިން ބުނެފައިވާ ގޮތުގެމަތިން އެކުންފުންޏަށް ދެއްކުމަށް އިންކާރުކުރުމުގެ ޤާނޫނީ ހުއްޖަތެއް
އޮތްކަމަށް ބަލަންޖެހޭއިރު، ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުލި ދެއްކުމާ ގުޅޭގޮތުން ޢަމަލު
ކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށްވެސް ބެލެވިގެން ނުވާނެކަމާއި،
އެހެންކަމުން، އެޙާލަތުގައި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ ނުދެއްކި
ނުދެއްކުމުގެ ގެ މައްޗަށް ބިނާކޮށް، މިމައްސަލާގައި ހިމެނޭ އެއްބަސްވުމުގެ 23 ވަނަ މާއްދާއަށް ޙަވާލާދީ އެ
އެއްބަސްވުން ބާޠިލުނުކުރެވޭނޭކަމާއި، އަދި ހަމައެހެންމެ، އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކަންޖެހޭ
ކުލި ނުދައްކާ ޙާލަތުގައި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް
މިބަސްވުމުގެ 13 ވަނަ މާއްދާގެ (i) ގެ ދަ ގައި ބަޔާންކޮށްފައިވާ ލިކުއިޑޭޓަޑް
ޑެމޭޖަސް ދެއްކުމަށްވެސް އެކުންފުނީގެ މައްޗަށް މަޖުބޫރުނުކުރެވޭނޭކަން އެނގޭއިރު،
މިދެންނެވުނު ކަންކަމުގެ
ޖުމްލަ ގޮތެއްގައި، ޤާނޫނީ ނަޒަރަކުން ބަލާއިރު،
އެމް.ޓީ.ޑީ.ސީ. އާއި ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު، 23 އޮކްޓޯބަރު 2007 ގެ ތާރީޚުގައި،
ސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން އެމް.ޓީ.ޑީ.ސީ. ގެ ފަރާތުން ބާޠިލުކޮށްފައިވަނީ ޤާނޫނީ ހަމަތަކާ
ޚިލާފަށްކަމަށާއި، އެހެންކަމުން، މިޙާލަތުގައި އެ އެއްބަސްވުމުގެ ދަށުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ސަބްލީސް ރެންޓް އެޑްވާންސް ޕޭމަންޓް" ގެ ގޮތުގައި ދައްކާފައިވާ
-/5,200,000 (ފަސްމިލިއަން ދެލައްކަ) އެމެރިކާ ޑޮލަރަކީ އެމް.ޓީ.ޑީ.ސީ. ގެ ކިބައިން ރެޓޮނަންސް
ޕްރައިވެޓް ލިމިޓެޑަށް ލިބިދެވެންޖެހޭނެ ފައިސާއެއްކަމަށާއި،
އަދި އެމް.ޓީ.ޑީ.ސީ. ގެ ފަރާތުން އެއްބަސްވުން ބާޠިލުކުރުމާ ހަމައަށްވެސް އެ އެއްބަސްވުމުގެ
ސަބަބުން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް މަންފާއެއް ލިބިފައިނުވާކަން، މިމައްސަލައާއެކު
ޝަރީޢަތަށް ހުށަހެޅިފައި ލިޔެކިޔުންތަކުންނާއި، މައްސަލާގެ ޝަރީޢަތުގެ މަރުޙަލާގައި މައްސަލާގައި ހިމެނޭ
ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެން އޮތުމުން، އެ އެއްބަސްވުމުގެ ދަށުން
މާކޯސް
842ނ
4
UcOCC
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/24
4ފ 44
J
ޕްމިނެޓް
ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ޓީ.ޑީ.ސީ. އަށް ސަބްލީސް ރެންޓް އެޑްވާންސް
ގެ ގޮތުގައި ދައްކާފައިވާ -/5,200,000 (ފަސްމިލިއަން ދެލައްކަ) އެމެރިކާ ޑޮލަރު
އެމް.ޓީ.ޑީ.ސީ. ގެ ކިބައިން ރެޓޮނަންސް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ލިބިދިނުމަކީ އެކުންފުންޏަށް ލިބޭ
ނުޙައްޤު މަންފާ (unjust enrichment) އެއްކަމަށް ބެލެވޭނޭ ޖާގައެއްނެތްކަމަށް، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/27 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ޑީ.ސީ.)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ބިނާކޮށް، އެޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
eތކުގެ
442ށ
ސަބަބެއް
2004ސކޮށް
cuo
0
ޙުކުމް
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/27 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ޕަބްލިކް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 280
/
2006-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv