ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/45 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/45
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 45/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުﷲ އާދަމް
އައިޑީ ކާޑު ނަންބަރ: A035680
* ބަދަލުގައި: އޖ. އަޙްމަދު ފާއިޒު ފެންނާގެ
* ދާއިމީ އެޑްރެސް: ނަސީދީވިލާ ބ. ހިތާދޫ
* މިހާރުގެ އެޑްރެސް: ނަސީދީވިލާ ބ. ހިތާދޫ
0
/ ތތމަމެޗް
ޖުމުދިލިއްލަ
"1431
ހުށަހެޅުނު ތާރީޚް: 16 ރަބީޢުލްއައްވަލު 1431
02 މާރޗް
ނިމުނު ތާރީޚް: 05
20 އޭޕްރީލް 2010
OLC
2010
ވިލިގިނލި ކޯޓް
15
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/P2C/87
ނިންމެވިކޯޓް:
ޟިއްޔާގެ ބާވަތް: ދަރަނި
ހުށަހެޅުނުތާރީޚް: 18-06-
2009 ނިމުނު ތާރީޚް: 24-12-
2009
0
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/45
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 20
ދަޢުވާގެ ޚުލާޞާ
އީ،
ވިލިގިލިކޯޓްގެ ނަންބަރު 2009/P2C/87 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ހިތާދޫ ނަސީދީވިލާ ޢަބްދުﷲ އާދަމްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައެކެވެ.
<< O
ފާހަގަކުރެވުނު ނުކުތާތައް
މިމައްސަލައާއި ގުޅިގެން ވިލިގިލިކޯޓްގެ ނަންބަރު 2009/P2C/87 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ޢަބްދުﷲ އާދަމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
لއ"
(ހ) މިމައްސަލައާއި ގުޅިގެން ދަޢުވާކުރުމަށް އެދި ވިލިގިލިކޯޓަށް ހުށަހަޅާފައިވާ ދަޢުވާ
ފޯމަށް ބަލާއިރު، އެފޯމުގައި “މައްސަލަ: ދަޢުވާ ހުށަހަޅާފަރާތުގެ، ފުރިހަމަ ނަމެއްގެ ގޮތުގައި ”ޖަލްދާން
އޮއިލް ސަޕްލައި، މިނަން ބަޔާންކޮށްފައިވާއިރު، މިމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ދަޢުވާކުރާ ފަރާތެއްގެ ގޮތުގައި ލިޔުއްވާފައިވަނީ ޖަލްދާން އޮއިލް ސަޕްލައިސް ޕްރައިވެޓް ލިމިޓެޑް ކަން
OXO
އެނގެން އޮވެއެވެ.
4.3
(ށ) މިމައްސަލައާއި ގުޅިގެން ޒަލްދާން އޮއިލް ސަޕްލައިސް ޕްރައިވެޓް ލިމިޓެޑް ދިވެހިރާއްޖޭގެ
ހައިކޯޓަށް ޙާޟިރު ކުރުމަށް ބެލި އިރު، ވިލިގިނލިކޯޓް ގެ ނަންބަރ 2009/P2C/87 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ޒަލްދާން އޮއިލް ސަޕްލައިސް ޕްރައިވެޓް ލިމިޓެޑުގެ ދާއިމީ އަދި
މިހާރުގެ އެޑްރެހެއްވެ
އެއްވެސް ބަޔާން ކުރައްވާފައިނުވާތީ، އެކުންފުނީގެ އެޑްރެސް ސާފުކޮށްދިނުމަށް، މިމައްސަލަ
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ފަރާތަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެންގުމުން، އެފަރާތުން
ހުށަހަޅާފައިވާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު 2010
/
518/CIP
/
MIS-101
(16 މާރޗް 2010) ގެ ސިޓީގައި، ”ޒަލްދާން އޮއިލް ސަޕްލައިސް ޕްރައިވެޓް ލިމިޓެޑް“ މިނަމުގައި
ކުންފުންޏެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެމިނިސްޓްރީގެ ރެކޯޑުން ނުދައްކާ ކަމަށް ބަޔާން ކޮށްފައި
ވެއެވެ.
LOOOX
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2010/HC-A/45
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، ދަޢުވާކުރުމާއި ދަޢުވާލިބި ގަތުމުގެ ޙައްޤު
ލިބިގެންވަނީ ވުޖޫދުގައިވާ ޠަބީޢީ ޝަޚު ސުންނަށާއި ޤާނޫނީ ޝަޚު ސުންނަށް ކަމަށްވުމާއިއެކު ވުޖޫދުގައި
ނުވާ ޝަޚް ޞަކަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެން ނުވާކަން އެނގެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ޒަލްދާން އޮއިލް
ސަޕްލައި ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި
ރަޖިސްޓްރީ ކުރެވިފައި ނުވާކަން އެމިނިސްޓްރީގެ ނަންބަރު 2010
/
518/CIP
/
MIS-101 (16 މާރޗް
2010) ގެ ސިޓީން އެނގެން އޮންނާތީ އާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ދަޢުވާކުރުމާއި
ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވަނީ ވުޖޫދުގައިވާ ޠަބީޢީ ޝަޚުސުންނާއި ޤާނޫނީ ޝަޚުޞިންނަށް
ކަމަށް ވާތީ އާއި، މިމައްސަލަ ބަލައިގަތުމުގައި އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް
އެގޮތުގެ މަތިން ފުރިހަމަކުރެވިފައި ނުވާކަން އެނގެން އޮންނާތީ، ވިލިގިލިކޯޓްގެ ނަންބަރު
2009/P2C/87 ޤަޟިއްޔާގެ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އިއްތިފާޤުން
ބާތިލް ކޮށްފީމެވެ.
އި
ޢަބްދު ޙަމީދު
(ފަނޑިޔާރު)
ހުންނަސީ2
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes