ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/05 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 05/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
މިޑްސީ ޝިޕިންގްލައިން ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ:136
/
2001-C
* ދާއިމީ އެޑްރެސް: މ.ސިލްވަރސްޓާރ(މާލެ
މިހާރުގެ އެޑްރެސް: މ.ސިލްވަރސްޓާރ(މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
0
* ނަން: އަޒީޒާ އާދަމް
އައިޑީ ކާޑުނަންބަރު: A053130
ދާއިމީ އެޑްރެސް: މމޅި ދަފްތަރު581
އެޑްރެސް: މއ.ވިޔަނި/މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޞަފަރު 1434
09 ޖެނުއަރީ 2013
ނިމުނު ތާރީޚް: 20 ރަޖަބު 1434
30 މެއި 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv
-
C/1452
ނިންމެވިކޯޓް: ސިވިލްކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 2012-08-26 ނިމުނު ތާރީޚް: 2012-11-07
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްޑް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢަބްދުﷲ ޙަމީދު ފަނޑިޔާރު: އައްބާސް ޝަރީފު
ދިވެހިރާއްޖޭގެ
ހައިކޯޓް
ފ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ
މމދ.ދަފްތަރު581، ޢަޒީޒާ އާދަމް (ދ.ރ.ކާޑް ނަންބަރު:A053130) އެވެ.
ޗަ 3
4
ފަރާތުން
APP
01
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1452 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް
ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
ލިމިޓެޑް ގެ
CCCO
ހއ ހ8 8728
އަލްމަރު(ރއ(
02- އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑާއެކު
ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން ބޯޓު ދަތުރުކުރަން ގޮސް ހުއްޓާ ކަނޑުމަތީގައި މއ.ވިޔަނި(ކ.މާލެ،
ޢަބްދުލްކަރީމް އިސްމާޢީލް (ދ.ރ.ކާޑް ނަންބަރު:A056815) ނިޔައުވެފައިވާތީ، އެނާގެ
މަރުގެ ބަދަލު ނުވަތަ ޑެތި ކޮންޕެންޒޭޝަން ހޯދުން އެދިގެން ޢަބްދުލްކަރީމް އިސްމާޢީލް ގެ އޭރުގެ އަނބި
ދަފްތަރު ނަންބަރު581/މއ.ވިޔަނި ޢަޒީޒާ އާދަމް (ދ.ރ.ކާޑް ނަންބަރު:A053130) ގެ ފަރާތުން މިޑްސީ
ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކަށް ރިޢާޔަތްކޮށް، މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑާއި ޢަބްދުލްކަރީމް އިސްމާޢީލް
(ދ.ރ.ކާޑް ނަންބަރު:A056815) އާއި ދެމެދު ކުރެވުނު ވަޒީފާގެ އެއްބަސް
ބަސްވުމުގެ ދަށުން ބޯޓު ދަތުރުކުރަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2013/HC-A/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގޮސް ހުއްޓާ ކަނޑުމަތީގައި ޢަބްދުލްކަރީމް އިސްމާޢީލް ނިޔައުވެފައިވާތީ، އަލްމަރުޙޫމް ޢަބްދުލްކަރީމް
އިސްމާޢީލްގެ ޑެތި ކޭމްޕެންޓޭޝަން ހޯދުން އެދިގެން އޭނާގެ އަނބި ދަފްތަރު ނަންބަރު 1581މއ.ވިޔަނި
ޢަޒީޒާ އާދަމް (ދ.ރ.ކާޑް ނަންބަރު:A053130) ގެ ފަރާތުން މިޑްސީ ޝިޕިންގް ވައިން ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ކުޑަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ނަޒަރުކުރިއިރު،
ބެދުލްކަރީމް އިސްމާޢީލް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއަށް އެދި
ހުށަހަޅާފައިވާ ލިޔުންތަކުގައި ޞައްޙަ ނޫން މަޢުލޫމާތު ހިމަނާފައިވާތީ، އޭނާ އާއި މިޑްސީ ޝިޕިންގް ލައިން
ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ
ދަށުން ޙަޤީޤަތް އޮޅުވާލައިގެން (މިސް ރެޕްރެޒެންޓޭޝަން) ގެ ދަށުން ބާޠިލް ކޮންޓްރެކްޓެއްކަމަށްވާތީ، އެ
ކޮންޓްރެކްޓްގެ ދަށުން މަންފާ ލިބިގަތުމުގެ ޙައްޤު ޢަބްދުލްކަރީމް އިސްމާޢީލްގެ ވާރިޘުންނަށް ލިބިގެންނުވާކަމަށް
ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކޮށްފައިވާހިނދު،
ދަޢުވާއާއެކު ހުށަހެޅިފައިވާ މެޑިކަލް އެގްޒެމިނޭޝަން ސެޓްފިކެޓަކީ ދަޢުވާލިބޭ ފަރާތުން
ޤަބޫލުކޮށް، އޭގައިވާ ކަންކަން ބަލައިގަނެފައިވާ ލިޔުމެއްކަމުގައިވާހިނދު، އަދި އެލިޔުމަކީ އަލްމަރުޙޫމް
ޢަބްދުލްކަރީމް އިސްމާޢީލް އެކަނީ ފުރާފައިވާ ލިޔުމެއްކަމަށް ނުވެފައި، އެލިޔުމުގައި ޞިއްޙީ ފަރުވާދޭ
ސެންޓަރަކުން ތައްގަނޑުޖަހައި، އެތަނުގެ ޑޮކްޓަރަކު އެ ޑޮކްޓަރަށް ފެނުނުގޮތުގެ މައްޗަށް ކަންކަން
ބަޔާންކޮށްފައި އެލިޔުމުގައި ހުރިއިރު، އެލިޔުމުގައިވާ މަޢުލޫމާތުގެ ޞައްޙަކަމުގެ މައްޗަށް ދަޢުވާލިބޭ ފަރާތުން
މިވަގުތު ސުވާލު އުފައްދައި، ޢަބްދުލްކަރީމް އިސްމާޢީލާއި ދަޢުވާލިބޭ ފަރާތާދެމެދު ވެފައިވާ އެއްބަސްވުމަކީ
ޞައްޙަ އެއްބަސްވުމެއްނޫންކަމަ ބުނާނަމަ ދަޢުވާލިބޭ
ފަރާތުގެ އެބުނުން ދަޢުވާލިބޭ ފަރާތުން
ޘާބިތުކޮށްދޭންޖެހޭހިނދު، ދަޢުވާލިބޭ ފަރާތުން ދަޢުވާގައި ބުނާ ކަންކަން ޘާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް
ހުށަހަޅާފައި ނެތަތީ، ދަޢުވާލިބޭ ފަރާތުން ބުނާ ފަދައިން ޢަބްދުލްކަރީމް އިސްމާޢީލާއި ދަޢުވާލިބޭ ފަރާތާދެމެދު
ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ބޭނުމަށްޓަކައި ޢަބްދުލްކަރީމް އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް
އެގްޒެމިނޭޝަން ސެޓްފިކެޓްގައިވާ މަޢުލޫމާތު ބަޔާންކޮށްފައިވަނީ ޙަޤީޤަތާއި ޚިލާފަށްކަމަށް އަދި ދެފަރާތް ދެމެދު
ވެފައިވާ އެއްބަސްވުމުގައި ޢަބްދުލްކަރީމް އިސްމާޢީލްގެ ފަރާތން އޭނާގެ ޞިއްޙީ ޙާލަތާއި ގުޅޭގޮތުން
ކަށަވަރުކޮށްދީފައިވާ ކަށަވަރުކުރުންތަކަކީ ޙަޤީޤަތާއި ޚިލާފުގޮތެއްގައި ހުރި ކަންކަންކަމަށް ޝަރީޢަތަށް
ޘާބިތުނުވާތީ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/05
4
ޑެތު އެންޑް ޑިސެބިލިޓީ ކެމްޕެންޒޭޝަން ޝެޑިއުލް ފޯ ސީފެއަރަރސް ގެ 1 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން ޢަބްދުލްކަރީމް އިސްމާޢީލް (ދ.ރ.ކާޑް ނަންބަރު:A056815) ގެ ޑެތި
ކޮންޕެންޓޭޝަން އޭނާގެ ވާރިޘުންނަށް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭކަމަށް
ކަނޑައަޅައި،
މިފައިސާ ޢަބްދުލްކަރީމް އިސްމާޢީލްގެ ވާރިޘުންނަށް ލިބިދިނުމަށްޓަކައި "ތު އެންޑް
ޑިސެބިލިޓީ ކެމްޕެންޒޭޝަން ޝެޑިއުލް ފޯ ސީފެއަރަރސް! ގެ 1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
ޢަބްދުލްކަރީމް އިސްމާޢީލް (ދ.ރ.ކާޑް ނަންބަރު:A056815) ގެ ޑެތި ކޮންޕެންޑޭޝަންގެ ގޮތުގައި އޭނާގެ
ވާރިޘުންނަށް -/
768,000ރ. (ހަތްލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ) މިއަދު 2012 ނޮވެމްބަރ 07
ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދެއްކުމަށް ދަޢުވާ ލިބުނު މިޑްސީ
ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން
އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1452
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 3.1 ގައި އެއްބަސްވުން ނަންބަރު
004
/
2010/MSL ގައި ޢަބްދުލްކަރީމް އިސްމާޢީލް ސޮއިކުރުމުން އެއްބަސްވުމުގެ 8 ވަނަ މާއްދާއިން
އޭނާއަކީ ބޯޓު ދަތުރުކުރުމަށް އެކަށީގެންވާ ޞިއްޙަތެއް ލިބިފައިވާ މީހެއްކަން އޭނާ ކަށަވަރުކޮ
ކަށަވަރުކޮށްދޭކަން
އެނގޭކަމަށް ބަޔާންކުރައްވާފައިވީނަމަވެސް އެއީ ޙަޤީޤަތެއްނޫންކަން ސާބިތުކުރުމަށް ހެކީގެގޮތުގައި ޝަރީޢަތަށް
ހުށަހެޅި ލިޔުންތަކަށް އަދި މަޢުލޫމާތަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައެއް ނުވެއެވެ. އެލިޔުމަކީ ސިވިލް ކޯޓަށް
ހުށަހެޅި ޑޮކިއުމަންޓް ނަންބަރު 1 (އިންޑިޔާގެ ޓުޓިކޮރިން އޭ.އެމް.ވީ. ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ) ކަމަށް
ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ދިވެހިރާއްޖޭގެ
، ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2013/HC-A/05
32 ه
ހއ 2
އެއީ ޞައްޙަ
ހ433.ހދ8
މަޢުލޫމާތުކަމަށް
28
*
ދިވެހިން84ގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ދެވަނަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 3.2 ގައި މެޑިކަލް ރިޕޯޓުގައި
"އެއްވެސް ސީރިއަސް ބައްޔެއް ވެފައިވޭތޯ ނުވަތަ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވޭތޯ" ސާފުކުރުމަށް ކޮށްފައިވާ
ސުވާލުގެ ޖަވާބުގައި ޢަބްދުލްކަރީމް އިސްމާޢީލް
އިޤުރާރުވެފައިވީނަމަވެސް އެއީ ޞައްޙަ މަޢުލޫމާތު ނޫންކަން ސާބިތުކުރުމަށް ހެކީގެ ގޮތުގައި ޝަރީޢަތަށް
ހުށަހެޅި ލިޔުންތަކަށް އަދި މަޢުލޫމާތަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައެއް ނުވެއެވެ. އެއީ ސިވިލްކޯޓަށް
ހުށަހެޅި ޑޮކިއުމަންޓް ނަންބަރު 1 (އިންޑިޔާގެ ޓުޓިކޮރިން އޭ.އެމް.ވީ. ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ) ކަމަށް
ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 3.3 ގައި ޙަވާލާ ދެއްވާފައިވާ
"ޑެތު އެންޑް ޑިސެބިލިޓީ ކެމްޕެންސޭޝަން ޝެޑިއުލް ފޯ ސީފެއަރަރސް" ނަމަކަށް ކިޔާ ލިޔުމަކީ ދެފަރާތުގެ
ދެމެދު ވެފައިވާ އެއްބަސް ބައެއް ނޫންކަމާއި އެއީ ޤަވާޢިދެއްވެސް ނޫންކަމަށް ހުށަހަޅާފައިވަނިކޮށް،
އެލިޔުމުގެ ދަށުން ޢަބްދުލްކަރީމް އިސްމާޢީލްގެ ވާރިޘުންނަށް -/
768,000ރ. (ހަތްލައްކަ ފަސްދޮޅަސް
އަށްހާސް) ރުފިޔާ ދެއްކުމަށް ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 3.4 ގައި ދިވެހިރާއްޖޭގެ
ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އޮޅުވާލުމަށްފަހު އެއްބަސްވުމުގައި ބައިވެރިވީކަމަށް
ޝަރީޢަތަށް ބެލެވެންނެތް ސަބަބުތައް ބަޔާންކުރައްވާފައިވަނީ މިނުކުތާއާއި މެދު ޝަރީޢަތަށް ހުށަހެޅުނު ޤާނޫނީ
ނުކުތާތަކަށް ރިޢާޔަތްނުކުރައްވާ އަދި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތަކަށް ދަޢުވާކުރާ ފަރާތުން
އިންކާރުކޮށްފައި ނުވާހިނދު ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
04 މިޤަޟިއްޔާއާއި ގުޅިގެން ސިވިލްކޯޓްގެ ގެ ނަންބަރު 2012/Cv-C/1452 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް
ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
ދ 4
3
2 :
އެބާސްވުމުގެ
OCOCCC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2013/HC-A/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އފއވ.
ކަމަކީ:
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި
ންތައްތައް ފާހަގަކުރެވެ
(ހ) ފުރަތަމަ
އިސްތިއުނާފް މިކުރެވޭ ސިވިލް
ކޯޓުގެ
ނަންބަރު: 2012/Cv
-
C/1452 ޤަޟިއްޔާގައި ޢަޒީޒާ އާދަމް (ދ.ރ.ކާޑް ނަންބަރު:A053130) ކޮށްފައިވާ
ޢުވާއަކީ، މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑާއެކު ޢަޒީޒާ އާދަމް ގެ އަލްމަރުޙޫމް
ޢަބްދުލްކަރީމް އިސްމާޢީލް (ދ.ރ.ކާޑް ނަންބަރު:A056815) ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޢަބްދުލްކަރީމް
އިސްމާޢީލް ބޯޓު ދަތުރުކުރަން ގޮސް އުޅެނިކޮށް ކަނޑުމަތީގައި ނިޔައުވެފައިވާތީ އަލްމަރުޙޫމް ޢަބްދުލްކަރީމް
އިސްމާޢީލްގެ ޑެތި ކޮންޕެންޒޭޝަން ހޯދުމަށް އެދިގެން ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެ ދަޢުވާއަށް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޖަވާބު ދެމުން
ޢަބްދުލްކަރީމް އިސްމާޢީލް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއަށް އެދި ހުށަހަޅާފައިވާ
ލިޔުންތަކުގައި ޞައްޙަ ނޫން މަޢުލޫމާތު ހިމަނާފައިވާތީ، އޭނާ އާއި މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް
ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން
ޙަޤީޤަތް އޮޅުވާލައިގެން (މިސް ރެޕްރެޒެންޓޭޝަން) ކޮށްފައިވާ ބާޠިލް ކޮންޓްރެކްޓެއްކަމަށާއި، އެ ކޮންޓްރެކްޓްގެ
ދަށުން މަންފާ ލިބިގަތުމުގެ ޙައްޤު ޢަބްދުލްކަރީމް އިސްމާޢީލްގެ ވާރިޘުންނަށް ލިބިގެންނުވާކަމަށް ބުނެ
އެދަޢުވާއަށް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިންކާރުކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
އެދަޢުވާ ބައްލަވާ ކުރައްވާފައިވާ ޙުކުމްގައި، ދަޢުވާ ހުށަހެޅިފައިވާ މެޑިކަލް
އެގްޒެމިނޭޝަން ސެޓްފިކެޓަކީ މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޤަބޫލުކޮށް، އޭގައިވާ
ކަންކަން ބަލައިގަނެފައިވާ ލިޔުމެއްކަމުގައިވާހިނދު، އަދި އެލިޔުމަކީ އަލްމަރުޙޫމް ޢަބްދުލްކަރީމް އިސްމާޢީލް
އެކަނި ފުރާފައިވާ ލިޔުމެއްކަމަށް ނުވެފައި، އެލިޔުމުގައި ޞިއްޙީ ފަރުވާދޭ ސެންޓަރަކުން ތައްގަނޑުޖަހައި،
އެތަނުގެ ޑޮކްޓަރަކު އެ ޑޮކްޓަރަށް ފެނުނުގޮތުގެ މައްޗަށް ކަންކަން ބަޔާންކޮށްފައި އެލިޔުމުގައި ހުރިއިރު،
42
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކަނވަރy
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/05
25ށ2$ 8
9
8 ހދ8
އއވމއނނށކޮށް
مرمر مر
އެލިޔުމުގައިވާ މަޢުލޫމާތުގެ ޞައްޙަކަމުގެ މައްޗަށް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
މިވަގުތު ސުވާލު އުފައްދައި، ޢަބްދުލްކަރީމް އިސްމާޢީލާއި މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް އާއި
ދެމެދު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ
ބުނާނަމަ މިޑްސީ ޝިޕިންގް ލައިން
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުގެ އެބުނުން އެކުންފުނީގެ ފަރާތުން ޘާބިތުކޮށްދޭންޖެހޭހިނދު، އެކުންފުނީގެ
ފަރާތުން ދަޢުވާގައި ބުނާ ކަންކަން ޘާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތަތީ، އެކުންފުނީގެ
ފަދައިން ޢަބްދުލްކަރީމް އިސްމާޢީލާއި އެކުންފުންޏާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ
ބޭނުމަށްޓަކައި ޢަބްދުލްކަރީމް އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް އެގްޒަމިނޭޝަން ސެޓްފިކެޓްގައިވާ
މަޢުލޫމާތު ބަޔާންކޮށްފައިވަނީ ޙަޤީޤަތާއި ޚިލާފަށްކަމަށް އަދި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި
ޢަބްދުލްކަރީމް އިސްމާޢީލްގެ ފަރާތުން އޭނާގެ ޞިއްޙީ ޙާލަތާއި ގުޅޭގޮތުން ކަށަވަރުކޮށްދީފައިވާ
ންތަކަކީ ޙަޤީޤަތާއި ޚިލާފުގޮތެއްގައި
ހުރި ކަންކަންކަމަށް
ޝަރީޢަތަށް ޘާބިތުނުވާކަމަށް
ކަނޑައަޅުއްވައި،
"ޑެތު އެންޑް ޑިސެބިލިޓީ ކޮމްޕެންޒޭޝަން ޝެޑިއުލް ފޯ ސީފެއަރަރސް" ގެ 1 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން ޢަބްދުލްކަރީމް އިސްމާޢީލް (ދ.ރ.ކާޑް ނަންބަރު:A056815) ގެ ޑެތި
ކޮންޕެންޒޭޝަން އޭނާގެ ވާރިޘުންނަށް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭކަމަށް
ކަނޑައަޅައި،
UOCOX
މިފައިސާ ޢަބްދުލްކަރީމް އިސްމާޢީލްގެ ވާރިޘުންނަށް ލިބިދިނުމަށްޓަކައި "ޑެތު އެންޑް
ޑިސެބިލިޓީ ކޮމްޕެންޒޭ
ތެޒޭޝަން ޝެޑިއުލް ފޯ ސީފެއަރަރސް" ގެ 1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
ޢަބްދުލްކަރީމް އިސްމާޢީލް (ދ.ރ.ކާޑް ނަންބަރު:A056815) ގެ ޑެތި ކޮންޕެންޒޭޝަންގެ ގޮތުގައި އޭނާގެ
ވާރިޘުންނަށް -/
768,000ރ. (ހަތްލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ)، 2012 ނޮވެމްބަރ 07 ވަނަ
ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދެއްކުމަށް ދަޢުވާ ލިބުނު މިޑްސީ ޝިޕިންގް
ލައިން ޕްރައިވެޓް ލިމިޓެޑަށް އަންގަވާފައިވާކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/05
"1452/Cv-C/2012
ސިވިލް ކޯޓުގެ ނަންބަރު:
ޤަޟިއްޔާ އިސްތިއުނާފް ކުރަން
ހުށަހަޅާފައިވާ މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު
ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ އެކުންފުނީގެ މައްޗަށް ޢަޒީޒާ އާދަމް ކުޅި ދަޢުވާއަށް އިންކާރުކުރި
އަސާސް ޝަރީޢަތަށް ސާބިތުކޮށްދިނުމަށްޓަކައި އެކުންފުނީގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި އިންޑިޔާގެ
ޓުޓިކޮރިން އޭ.އެމް.ވީ. ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ ރިޕޯޓަށް އެޤަޟިއްޔާ ނިންމެވުމުގައި ޝަރީޢަތުން
ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާތަކެއްކަން ފާހަގަކުރެވޭކަމެވެ.
CC etc)
(ށ) ދެވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔުންތަކަށް ބެލިއިރު، އެރިޕޯޓުގައި ހިމެނިފައިވާ ލިޔުންތަކުގެ
ތެރޭގައި، މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާތަކުގައި
ބަޔާންކޮށްފައިވާ އިންޑިޔާގެ ޓުޓިކޮރިން އޭ.އެމް.ވީ. ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ ރިޕޯޓް ހިމެނިފައިވާކަން
އެނގެން އޮންނާތީ، އެލިޔުމާއިބެހޭގޮތުން ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާ ގައި
ނިންމަވާފައިވާގޮތެއް ސާފުކުރުމުގެ ގޮތުން ޝަރީޢަތުން ބެލިބެލުމުން، ސިވިލްކޯޓުގެ އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ 3.4 ވަނަ ނުކުތާގައި، "ޢަބްދުލްކަރީމް އިސްމާޢީލް ނިޔާވިފަހުން އިންޑިޔާގައި ހުންނަ
ދަޢުވާލިބޭ ފަރާތުގެ އެޖެންޓް މެދުވެރިކޮށް ދަޢުވާލިބޭ ފަރާތަށް ލިބިފައިވާ ބައެއް ލިޔުންތަކަށް
03 ފެބްރުއަރީ 2009 ގައި ދަޢުވާކުރާ ފަރާތް އިންޑިޔާގެ ޓުޓިކޮރިންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް
06 ފެބްރުއަރީ ގައި ދޫކޮށްލާފައިވާކަމާއި، އަދި މިގޮތުން ދޫކުރި ޑިސްޗާޖް ސަމަރީގައި ޕޮސްޓީރިއަރ
ސަރކިއުލޭޝަން ސްޓްރޯކް، އައިސްމިކް ހާރޓް ޑިޒީސް އެލްވީ ޑިސްފަންކްޝަނަލް، ޓައިޕް 1 ޑައިބެޓީސް،
ސިސްޓަމެޓިކް ހައިޕަރ ޓެންޝަން، މިބަލިތަކަށް ޢަބްދުލްކަރީމް އިސްމާޢީލް ޑައިގްނޯޒް ކުރެވިފައިވާކަން
ދަޢުވާލިބޭ ފަރާތަށް އެނގިފައިވާކަމަށާއި، މިކަންކަމަށް ބަލާއިރު، އެއީ ދެފަރާތް ދެމެދު ކުރެވިފައިވާ ވަޒީފާގެ
އެއްބަސްވުމުގައި ބަޔާންކުރާ ފަދައިން ބޯޓު ދަތުރުކުރުމުގެ މަސައްކަތުގައި އުޅުމަށް އެކަށީގެންވާ ރަނގަޅު
ޞިއްޙަތެއްގަޢީހުރި މީހަކު ކަމުގައި ނުބެލެވޭނެކަމަށާއި، ޢަބްދުލްކަރީމް އިސްމާޢީލް ހޮސްޕިޓަލްގައި
އެޑްމިޓްކޮށްފައިވަނީ 03 ފެބްރުއަރީ 2009 ގައި ކަމަށްވާއިރު، ބޯޓު ދަތުރުކުރުމަށް ދިޔުމަށްޓަކައި
އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އޭނާ މެޑިކަލް ހަދާފައިވަނީ 25 ފެބްރުއަރީ 2010 ގައި ކަމަށްވާއިރު
ދިވެހ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/05
އެއީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރުމުގެ 1 އަހަރު ފަހުންކަމުގައިވާތީ، އޭނާގެ ހުރި ޞިއްޙީ މައްސަލަތައް
ނުކޮށް އެފަދަ ކަމެއް ނެތްކަމަށްބުނެ އޭނާ މެޑިކަލް ހަދާފައިވާތީ، އެއީ ޢަބްދުލްކަރީމް އިސްމާޢީލްގެ
ފަރާތުން ދައުވާލިބޭ ފަރާތަށް އޮޅުވާވުންކަމު އެއީ ޤާނޫނު ނަންބަރު: 4/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
ގެ 16 ވަނަ މާއްދާގައިބުނާ ފަދައިން ޢަމަލުކުރުންކަމާއި، އޭގެ ނަތީޖާއަކީ ދެފަރާތްދެމެދު ކުރެވިފައިވާ
އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމަކަށްވުންކަމަށް ދަޢުވާލިބޭ ފަރާތުން ބުނާ ހިނދު، ދަޢުވާއާއި އެކު
ހުށަހެޅިފައިވާ މެޑިކަލް ސެޓްފިކެޓަކީ ދަޢުވާލިބޭ ފަރާތުން ޤަބޫލުކޮށް، އޭގައިވާ ކަންކަން ބަލައިގަނެފައިވާ
ލިޔުމެއްކަމުގައިވާ ހިނދު، އަދި އެލިޔުމަކީ އަލްމަރުޙޫމް ޢަބްދުލްކަރީމް އިސްމާޢީލް އެކަނި ފުރާފައިވާ
ލިޔުމެއްކަމަށް ނުވެފައި، އެލިޔުމުގައި ޞިއްޙީ ފަރުވާދޭ ސެންޓަރަކުން ތައްގަނޑު ޖަހައި، އެތަނުގެ ޑޮކްޓަރަކު
އެޑޮކްޓަރަށް ފެނުނު ގޮތުގެ މައްޗަށް ކަންކަން ބަޔާންކޮށްފައި އެލިޔުމުގައި ހުރިއިރު، އެލިޔުމުގައިވާ މަޢުލޫމާތު
ޞައްޙަ ކަމުގެ މައްޗަށް ދައުވާ ފަރާތުން މިވަޤުތު ސުވާލު އުފައްދައި، ޢަބްދުލްކަރީމް
ދަޢުވާލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ބުނާނަމަ، ދަޢުވާލިބޭ
ފަރާތުގެ އެބުނުން ދަޢުވާލިބޭ ފަރާތުން ޘާބިތުކޮށްދޭންޖެހޭ ހިނދު، ދަޢުވާލިބޭ ފަރާތުން ދަޢުވާގައި ބުނާ
ޘާބިތުކޮށްދިނުމަށް އެއްވެސް ހެތްކެއް ހުށަހަޅާފައި ނެތަތީ، ދަޢުވާލިބޭ ފަރާތުން ބުނާ ފަދައިން
ޢަބްދުލްކަރީމް އިސްމާޢީލާއި ދައުވާލިބޭ ފަރާތާދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ބޭނުމަށްޓަކައި
ޢަބްދުލްކަރީމް އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް އެގްޒެމިނޭޝަން ސެޓްފިކެޓުގައިވާ މަޢުލޫމާތު
ބަޔާންކޮށްފައިވަނީ ޙަޤީޤަތާއި ޚިލާފަށްކަމަށް އަދި ދެފަރާތްދެމެދު ވެފައިވާ އެއްބަސްވުމުގަ ޢަބްދުލްކަރީމް
ސްމާޢީލްގެ ފަރާތުން އޭނާގެ ޞިއްޙީ ޙާލަތާއި ގުޅޭގޮތުން ކަށަ .ވަރުކޮށްދީފައިވާ ކަށަވަރުކުރުންތަކަކީ ޙަޤީޤަތާއި
ހިލާފުގޮތެއްގައި ހުރި ކަންކަންކަމަށް ޝަރީޢަތަށް ޘާބިތު ނުވާކަމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން
ރެވޭކަމެވެ.
010 .
e##
ހދ5 ، 4
3ކA
(ނ) ތިންވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާގެ
ފާހަގަކުރެވުނު 3.4 ނުކުތާގައި އިސްވެބަޔާންކުރެވުނުގޮތަށް ފާހަގަކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުން
އިސްތިއުނާފު ކުރަމުން މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކޮށްފައިވާ އިސްވެ
ބަޔާންކުރެވުނު
ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށް ބަލާއިރު، މިޑްސީ
ދ 6 2ޑ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެއްބަސްވުމުގެ
10
2013/HC-A/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
25
ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑާއި ޢަބްދުލްކަރީމް އިސްމާޢީލާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ
ދަށުން އެކުންފުނީގެ ފަރާތުން ޢަބްދުލްކަރީމް އިސްމާޢީލް ބޯޑުދަތުރު ކުރުމަށްޓަކައި ގޮސްފައިވާކަމާއި، އަދި އެ
.އްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަމަށްޓަކައި ކަނޑައެޅިފައިވާ ޤަވާޢިދުތަކުގައި ބުނާގޮތުގެ މަތިން
ޢަބްދުލްކަރީމް އިސްމާޢީލަކީ ބޯޑުދަތުރު ކުރުމަށް އެކަށީގެންވާ ޞިއްޙަތެއް ލިބިފައިވާ މީހެއްކަން
ޔަޤީންކުރުމަށްޓަކައި ޞިއްޙީގޮތުން ބަލަންޖެހޭ ބެލުންތައް ބަލާ "މެޑިކަލް އެގްޒަމިނޭޝަން ސަރޓިފިކޭޝަން"
ކިޔާ ލިޔުމެއް ކަމާބެހޭ ޞިއްޙީ ފަރުވާދޭ މަރުކަޒަކުން ދީފައިވާކަމާއި، މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް
ލިމިޓެޑާއި ޢަބްދުލްކަރީމް އިސްމާޢީލާއި ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުން ހެދިފައިވަނީ އޭގެ ފަހުގެ
ތާރީޚެއްގައިކަމާއި، އެ
މުއްދަތަކީ
ފެބްރުއަރީ 2010
އިން ފެށިގެން
24 ފެބްރުއަރީ 2011 ގެ ނިޔަލަށްކަމާއި، ޢަބްދުލްކަރީމް އިސްމާޢީލް ނިޔާވެފައިވަނީ މި އެއްބަސްވުމުގެ
މުއްދަތުގެ ތެރޭގައި ބޯޓު ދަތުރުކުރަން ގޮސް ހުއްޓާ ކަނޑުމަތީގައިކަމާއި، މިއިން އެއްވެސްކަމަކަށް މިޑްސީ
ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި،
މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވަނީ ޢަބްދުލްކަރީމް
އިސްމާޢީލް ނިޔާވިފަހުން އެކުންފުނީގެ އިންޑިޔާގައި ހުންނަ އެޖެންޓް މެދުވެރިކޮށް އެކުންފުންޏަށް ލިޔުމެއް
ލިބިފައިވާކަމަށާއި، އެލިޔުމަށް ބަލާއިރު، ވަޒީފާގެ އެއްބަސްވުމުގައި ޢަބްދުލްކަރީމް އިސްމާޢީލާއި އެކު
ސޮއިކުރުމުގެ ކުރިން އެކުންފުންޏަށް އެނގިފައިނުވާ ކަންތައްތަކެ ޢަބްދުލްކަރީމް އިސްމާޢީލް ގެ ޞިއްޙީ
ޙާލަތާ ބެހޭގޮތުން މިހާރު އެނގިފައިވާކަމަށާއި، އަދި އެކަންތައްތަކަކީ ޝަރީޢަތުން ޢަބްދުލްކަރީމް އިސްމާޢީލްގެ
ޑެތި ކޮންޓެންޒޭޝަން މައްސަލަ ނިންމެވުމުގައި ރިޢާޔަތްކުރައްވަންޖެހޭ ކަންތައްތަކެއްކަ އެކުންފުނީން
ދެކޭކަމަށް ކަމާއި،
އަދި މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހަޅާފައިވާ އިސްވެ
ފާހަގަކުރެވުނު އިންޑިޔާގެ ޓުޓިކޮރިން އޭ.އެމް.ވީ. ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ ރިޕޯޓް ގައި ބަޔާންކޮށްފައިވާ
ކަންތައްތައް ޝަރީޢަތުން ފާހަގަކުރެއްވުމަށްފަހު، މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ޝަރީޢަތަށް ސާބިތުކޮށްދިނުމަށް އެއްވެސް ހެތްކެއް ހުށަހަޅާފައިނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1452 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާއިރު، މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް
ގެ ފަރާތުން ހުށަހަޅާފައިވާ އިންޑިޔާގެ ޓުޓިކޮރިން އޭ.އެމް.ވީ. ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ ރިޕޯޓަކީ
ދޑ 8
UOCOX
0 އވ އގ 4
442
ންތައްތަކެއްކަމަށް
مو سره مرس
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
،ބުގެ
11
2013/HC-A/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން
އެއްގޮތަށްކަމަށް
އެކުންފުނީގެ އެބުނުން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެކިކަން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި
އެލިޔުމަކީ ސިވިލްކޯޓުގެ އެޤަޟިއްޔާއާއި ގުޅިގެން ހުށަހެޅުނު ލިޔުމެއްކަން، އެލިޔުން އެރިޕޯޓުގައި
ހިމެނިފައިވުމުން އަދި އޭގައި ސިވިލް ކޯޓުގައި ތައްގަޑު ޖަހާފައިވުމުން ސާފުކޮށް އެނގިގެންދާކަމާއި،
އެހެންކަމުން މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނާބުނުން ސާބިތުކޮށްދިނުމަށްޓަކައި
އެކުންފުނީގެ
އެއްވެސް ހެތްކެއް ހުށަހަޅާފައިނުވާކަމަށް ސިވިލް ކޯޓުގެ
ނަންބަރު: 2012/Cv
-
C/1452 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ޙަޤީޤަތާއި
ކަމަށް ނުވާތީއާއި،
އަދި އެލިޔުމާއި މެދު ޝަރީޢަތުން ނިންމެވިގޮތެއް ރިޕޯޓުގެ އެއްވެސް ހިސާބެއްގައި ބަޔާންކޮށްފައިވާކަން
އެނގެން ނެތަތީ، މިމައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު:
2012/Cv-C/1452 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއަށް މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން އިންކާރުކޮށް، އެކުންފުނީގެ އެ އިންކާރު އެގޮތުގައި ސާބިތުކޮށްދިނުމަށްޓަކައި ހުށަހެޅި ކިތާބީ ހެއްކާއި
ބެހޭގޮތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތުން ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށްފަހު،
އެލިޔުމާއި ބެހޭގޮތުން ޝަރީޢަތުން ނިންމެވިގޮތެއް ސާފުކޮށް ބަޔާންކުރެވިފައި އޮންނަން
މިނަންޖެހޭނެ ކަމަށެވެ. އަދި
ލިޔުމާއި މެދު ޝަރީޢަތުން ދެކޭގޮތެއް ކުރިން ހުށަހެޅިފައިވާ ދަޢުވާއާއި މެދު ފައިޞަލާ
ކުރެވިގެން ނުވާނެ ކަމުގައެވެ.
ވީމާ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތައް
މަތިން ހުރުމާއެކު، މިޤަޟިއްޔާ ބަލާ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާ ގައި ހުށަހަޅާފައިވާ
އިންޑިޔާގެ ޓުޓިކޮރިން އޭ.އެމް.ވީ. ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ ރިޕޯޓް އާއި ބެހޭގޮތުން ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ އެހެންމެހައި ކަންތައް ބަލާ އެލިޔުމާއިމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން
ހުށަހެޅިފައިވާ ދަޢުވާއާއި މެދު ގޮތެއް ކަނޑައެޅުމަކީ ރަގަޅުގޮތެއް ނޫންކަމާއި، އަދި އެކަންތައްތައް
ސާފުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހައިކޯޓުގެ މިމަރުޙަލާގައި ކޮށްފިނަމަ، އެކަންކަމާގުޅޭ
ނިންމާ ނިންމުމެއްގެ ސަބަބުން އިސްތިއުނާފުގެ އެއްމަރުޙަލާ
އެއްޚަޞްމަކަށް
ގެއްލިގެންދާނެކަން އެނގޭތީއާއި، އެކަމަކީ އިސްތިއުންފީ އުޞޫލުތަކާއި ޚިލާފު ކަމެއްކަމުގައިވާތީ، މިމައްސަލަ
ބަލާ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު
4 3 2 3 4 22
02ނހރހުޤީ
22
03ނ
ކެންމެފަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/05
ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާ އަލުން
ބެލުމަށް އެކޯޓަށް ތަޙްލީލް ންޖެހޭނެ ކަމަށެވެ.
8 ދ ތ 4
-ފާލިޅރންޖް
އެކުމް.
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް
ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާގައި ބައްލަވާ ނިންމަވާފައިވާ
ނިންމެވުމުގައި އިތުރަށް ސާފުވާންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ހައިކޯޓުގައި މިޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ރިޢާޔަތްކޮށް،
އެޤަޟިއްޔާ އަލުން ބަލާ ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް
އިއްތިފާޤު ވެވިފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ
މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1452 ޤަޟިއްޔާ އަލުން ބެލުމަށް އެކޯޓަށް
ތަޙްލީލުކޮށް މިޤަޟިއްޔާ ނިންމީއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv