ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/191 ޤަޟިއްޔާގެ ޙުކުމް
1
2{10/HC-A/191
ޤަޟިއްޔާ ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 191/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް
* ރެޖިސްޓްރީ ނަންބަރު: 186
/
2001-C * ދާއިމީ އެޑްރެސް: އެސް.ޓީ.އޯ. ބިލްޑިންގ
*
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުޞްޠަފާ މުޙައްމަދު
* އައި. ޖީ. ނަންބަރު: A071274
* .އުމީ އެޑްރެސް:
ޖިސްޓްރީކުރެވުނު ތާރީޚް: 05 ރަމަޟާން 1431
15 އޮގަސްޓް 2010
ނިމުނު ތާރީޚް: 06 ރަބީޢުލްއާޚިރު 1433
28 ފެބްރުއަރީ 2012
• އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2010/VTR/97
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނު ތާރީޚް: 16 މާޗް 2010
* ނިމުނު ތާރީޚް: 31 މެއި (2f31
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{10/HC-A/191
ޤަޟިއްޔާ ނިމުނު ގޮ
کی عمر
އުވާގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/97 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި، ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން ޕްބްލިކް ލިމިޓެޑް (ރެޖިސްޓްރީ
ނަންބަރު
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މުޞްޠަފާ މުޙައްމަދު، ގްރީންގެ/ ގއ.
ވިލިނގިލި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A071274) އެވެ.
(C-186/2001
9
• ފާހަގަކުރެވުނު ނުކުތާތައް:
2&2 22
ހކު
1. އިސްތިއުނާފުކުރެވިފައިމިވާ
ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/97 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ވިލިނގިލީގައި ހުންނަ ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.) ގެ 163 ނަންބަރު ފިހާރަ 2009 ވަނަ
އަހަރު މާޗް މަހު އޮޑިޓްކުރުމުން، ފާހަގަކުރެވުނު މައްސަލަތަކަކާއި ގުޅިގެން އެއިރު އެ ފިހާރައާ ޙަވާލުވެ
މެނޭޖަރެއްގެ މަޤާމުގައި ހުރި މުޞްޠަފާ މުޙައްމަދުގެ އިހުމާލުތަކެއް ހުރިކަމަށް އެސް.ޓީ.އޯ. އަށް
ގަކުރެވިގެން އޭނާއާމެދު އަޅާ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން އޭނާހުރި މެނޭޖަރެއްގެ މަޤާމުން ސޭލްސް
ރެޕްރެޒެންޓޭޓިވް ގްރޭޑް 5 ގެ މަޤާމަށް ވަޒީފާ ދަށްކޮށް، ސ. މަރަދޫފޭދޫގައި ހުންނަ އެސް.ޓީ.އޯ. ގެ
159 ފިހާރައަށް ތިންމަސްދުވަހުގެ ޓްރޭނިންގއަކަށް ފޮނުވުމަށް އެސް.ޓީ.އޯ. ގެ މެނޭޖްމަންޓުން
ނިންމިކަން 19 މެއި 2009 ގައި އަންގައި، އެގޮތުގެމަތިން ޢަމަލުކުރުމަށްފަހު، މުޞްޠަފާ މުޙައްމަދުއާ
ޙަވާލުކޮށްފައިވާ ވަޒީފާގެ ޒިންމާ އަދާކުރެވިފައި ނުވާކަމަށް ބަޔާންކޮށް،
16 ޑިސެމްބަރު 2009 ގައި
އޭނާހުރި ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، މުޞްޠަފާ މުޙައްމަދުއާ މެދު އެސް.ޓީ.އޯ. އިން
ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލާއި، އޭނާ ހުރި ވަޒީފާ އަލުން
އަނބުރާ ހޯދައިދިނުމަށް އެދި އެސް.ޓީ.އޯ. ގެ މައްޗަށް 16 މާރޗް 2010 ގައި މުޞްޠަފާ މުޙައްމަދު،
ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލަ ނިންމާފައިވަނީ، "2009 މާރޗްގައި
މައްސަލަ ރައްދުވާ ކުންފުނީގެ އެސް.ޓީ.އޯ 163 ވިލިނގިލީ ފިހާރައިގައި ކުރެވުނު އޮޑިޓުން
9944
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު 1
4 * * *
=32
2013/HC-A/191
کی مرکی
2*47 ލ 0
کر مردمرسی
4 22
برتر
މައްސަލަ ހުށަހެޅި ފަރާތުން އިޙުމާލުތަކެއް ވެފައިވާކަމަށް ފާހަގަކުރެވޭތީ، އެކަންކަމާއި ގުޅިގެން މައްސަލަ
ހުށަހެޅި ފަރާތާއިމެދު އެޅޭ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން އޭނާ އޭރުހުރި ސޭލްސް މެނޭޖަރު ގްރޭޑް 1 ގެ
މަޤާމު ސޭލްސް ރެޕްރެޒެންޓެޓިވް ގްރޭޑް 5 ގެ މަޤާމަށް ދަށްކޮށް، އޭނާ މައްސަލަ ރައްދުވާ ކުންފުނީގެ
އެސް.ޓީ.އޯ 159 ސ. މަރަދޫ ފޭދޫ ފިހާރައަށް 3 މަސް ދުވަހުގެ ޓްރޭނިންގ އަކަށް ފޮނުވަން މައްސަލަ
ރައްދުވާ ކުންފުނީގެ މެނޭޖްމަންޓުން 19 މެއި 2009 ތާރީޚުގައި ނިންމާ،
ޢަމަލުކުރުމަށްފަހު، 16 ޑިސެމްބަރ 2009 ތާރީޚުގައި މައްސަލަ ހުށަހެޅި ފަރާތް އޭނާހުރި ސޭލްސް
ރެޕްރެޒެންޓެޓިވް ގްރޭޑް 5 ގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއާ ހަވާލުކުރެވިފައިވާ ވަޒީފާގެ ޒިންމާ
އަދާކުރެވިފައިނުވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކަމަށް
މައްސަލަ ރައްދުވާ ފަރާތުން ބުނިނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވާ ކުންފުނީގެ
ރެޒެންޓެޓިވް ގްރޭޑް 5 ގެ މަޤާމުން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ހ) އަދި (ށ) ގައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން ކަމަށް މައްސަލަ ރައްދުވާ ފަރާތުން
ސާބިތުކޮށްދީފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތް އަލުން އަނބުރާ ސޭލްސް ރެޕްރެޒެންޓެޓިވް ގްރޭޑް 5
ގެ މަޤާމުގައި ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މީހެއްގެ ގޮތުގައި
16 ޑިސެމްބަރު 2009 ން ފެށިގެން އޭނާއަށް ލިބެންޖެހޭ އެންމެހާ މުސާރައާއި
ޢިނާޔަތްތައް އޭނާއަށް ލިބެންޖެހޭނެކަމަށް މައްސަލަބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ
ހުށަހެޅި ފަރާތް ކަމުގައިވާ، މުޞްތަފާ މުޙައްމަދު، ގްރީންގެ، ގއ. ވިލިނގިލި (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A071274) ގެ ވަޒީފާއާގުޅޭ އެންމެހާ ކަންކަން، މިއަދު 31 މެއި 2010
ން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް މައްސަލަ ރައްދުވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (ކުންފުނި
ރަޖިސްޓްރޭޝަން ނަންބަރު: 186
/
2001-C) ގެމައްޗަށް އަންގާ" އެގޮތުގެމަތިންކަން އެމައްސަލައިގެ
"މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ
OX 2
247ދތު
c 0 0
91/VTR/2010
02c 0
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.) ގެ ފަރާތުން އެމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
44
2{10/HC-A/191
ޤަޟިއްޔާ ނިމުނު
ދެވެ
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް،
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު މުޞްތަފާ ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނި
އޮޑިޓް ކުރުމަށްފަހު މުޙައްމަދު މުޞްތަފާގެ މައްސަލަތަކެއް އުޅޭތީ މުޙައްމަދު މުޞްތަފާ ވަޒީފާގައި
ބެހެއްޓުމުން ކުންފުންޏަށް ގެއްލުންތަކެއް ލިބޭނެކަމަށް ފެންނާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
(ހ) އަދި (ށ) ގެ ދަށުން ކަމަށްވީއިރުވެސް އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މުޙައްމަދު މުޞްތަފާ ޓްރައިބިއުނަލަށް ހުށަހަޅައިގެން ބެލުނު
މައްސަލާގައި ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ރިޢާޔައްނުކޮށް މައްސަލަ
ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/97
މައްސަލަގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.) ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ މުޞްޠަފާ މުޙައްމަދުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރިހަމަ ކަމަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް
ކަނޑައަޅައި އެކުލަވާލެވިފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެ
ޤާނޫނަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި
ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި
އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް
ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހަމަޚިވ
ކަ44 2 ބޑތ ތދވ
2{10/HC-A/191
=32
ކުރެވޭނެ
4 މކ އހ2
2. އެމުވައްޒަފަކު
2
2&2 24ދ 2ތ މ ގތ
ކުރެވޭނޭކަމެއްކަމަށް
5 ޤަޟިއްޔާ ނިމުނު
ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ
(ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް
ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުޠެއް ފުރިހަމަވެގެންކަމާއި، އެއީ:
1. އެމުވައްޒަފެއްގެ މަސައްކަތު ގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ
ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުން
ކަން އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު
ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު
ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)
އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ
އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ
ފަރާތުން ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ
ފެންނަ ފެނުމެއްގެ މައްޗަށްއެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ
ދެވަނަ ޝަރުޠުކަމަށްވާ،
އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ ކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ
ހަމައަކަށް ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ
އުސޫލަށާއި، މުޅި ޤާނޫނުގެ ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން
ހިރާއްޖޭގެ
ގައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{10/HC-A/191
6 ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެވެ
ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ
އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ބަލަންޖެހޭކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު
ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ
ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް،
އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމާއުތަކުން ބަލައިގަނެ،
އެޤައުމުތަކުގެ ޤާނޫނުތަކުގައި ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެގޮތުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަން (substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness)
ޤާއިމުކުރުމަށް ފަހުގައިކަމާއި، މިއުސޫލަކީ އިންޓަނޭޓަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ
ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން
(ނަންބަރު
ގައިވެސް ކަނޑައެޅި
1982
(166
ހދު 0
2
2
0
2 ހއކ ފ
ބަޔާންވެގެންވާކަމެއްކަމާއި،
2c22
)
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އިސްވެދެންނެވުނު އުސޫލަކީ
އެޤާނޫނުގައިވެސް އެކުލެވިފައިވާ އުސޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި
ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މަޢުޞޫއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި
އިޖްރާޢާތަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްa.
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{010HC-A/191
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2010/VTR/97 މައްސަލައިގައި މުޞްޠަފާ މުޙައްމަދު އެސް.ޓީ.އޯ. ގެ ވަޒީފާއިން
ވަކިކުރެވުނު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ، އެސް.ޓީ.އޯ. ގެ ސޭލްސް މެނޭޖަރ ގްރޭޑް 1 ގެ
މަޤާމުގައި މުޞްޠަފާ މުޙައްމަދު ހުރިއިރު ކުރެވުނު، އޭނާ މަސައްކަތް ކުރަމުންދިޔަ އެސް.ޓީ.އޯ. 163
ނަންބަރު ފިހާރައިގެ އޮޑިޓުން ފެނިފައިވާ މައްސަލަތަކަކާ ގުޅިގެންކަމަށް އެސް.ޓީ.އޯ. ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް، މިމައްސަލައިގައި ކަންހިގާފައިވާ ގޮތަށް ބަލާއިރު،
އެސް.ޓީ.އޯ. ގެ ސޭލްސް މެނޭޖަރ ގްރޭޑް 1 ގެ މަޤާމުގައި މުޞްޠަފާ މުޙައްމަދު ހުރިއިރު އޭނާ
މަސައްކަތް ކުރަމުންދިޔަ އެސް.ޓީ.އޯ. 163 ނަންބަރު ފިހާރައިގެ އޮޑިޓްކުރެވުނުއިރު ފެނިފައިވާ
މައްސަލަތަކަކާ ގުޅިގެން، އެކަމުގެ އަދަބެއްގެ ގޮތުގައި މުޞްޠަފާ މުޙައްމަދު އޭރު އަދާކުރަމުންދިޔަ
އެސް.ޓީ.އޯ. ގެ ސޭލްސް މެނޭޖަރ ގްރޭޑް 1 ގެ މަޤާމުން އެސް.ޓީ.އޯ. ގެ ސޭލްސް ރެޕްރެޒެންޓޭޓިވް
ގްރޭޑް 5 ގެ މަޤާމަށް ޑީމޯޓް ކުރެވިފައިވާކަން، 19 މެއި 2009 ގެ ތާރީޚުގައި އެސް.ޓީ.އޯ. ގެ
ހިއުމަން ރިސޯސް ޑިޕާޓްމަންޓުން މުޞްޠަފާ މުޙައްމަދަށް ފޮނުވާފައިވާ އެޑިޕާޓްމަންޓްގެ ނަންބަރު
2009
/
388/HRD ސިޓީއަށް ބެލުމުން އެނގޭކަމާއި، އަދި މިގޮތުގެމަތިން މުޞްޠަފާ މުޙައްމަދު
ޑީމޯޓުކުރުމަށްފަހު އޭނާ މަސައްކަތް ކުރަމުންދާ ފިހާރަ ބަދަލުކޮށް، ތިން މަސްދުވަހުގެ ޓްރޭނިންގ އަކަށް
ފޮނުވާފައިވާކަންވެސް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި،
މުޞްޠަފާ މުޙައްމަދު އެސް.ޓީ.އޯ. ގެ މަޤާމުން ވަކިކޮށްފައިވަނީ، އިސްވެ
އިޝާރާތްކުރެވުނު ޑީމޯޝަން މުޞްޠަފާ މުޙައްމަދަށް ދިން ދުވަހުން ފެށިގެން ގާތްގަނޑަކަށް 7 (ހަތެއް)
މަސްދުވަސް ފަހުން، 16 ޑިސެމްބަރ 2009 ގެ ތާރީޚުގައިކަން، މުޞްޠަފާ މުޙައްމަދު އެސް.ޓީ.އޯ. ގެ
ސޭލްސް ރެޕްރެޒެންޓޭޓިވް
5 ގެ ވަޒީފާއިން ވަކިކޮށް އެސް.ޓީ.އޯ އިން މުޞްޠަފާ މުޙައްމަދަށް
ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 150/2009(2) "ލެޓަރ އޮފް ޑިސްމިސަން" އަށް ބެލުމުން
އެނގެން އޮންނަކަމާއި، މިދެންނެވި "ލެޓަރ އޮފް ޑިސްމިސަލް" ގައި މުޞްޠަފާ މުޙައްމަދު އެސް.ޓީ.އޯ.
ގެ ވަޒީފާއިން ވަކިކޮށްފައިވަނީ "އެސް.ޓީ.އޯ. އިން ހަވާލުކުރެވިފައިވާ ވަޒީފާގެ ޒިންމާ
އަދަކުރެވިފައިނުވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ ގެ 1) ގެ ދަށުން" ކަމަށް
ބަޔާންކޮށްފައިވާކަމާއި،
އެސް.ޓީ.އޯ. ގެ ވަޒީފާއިން ވަކިކުރެވުނުއިރު އެކުންފުނީގައި މުޞްޠަފާ މުޙައްމަދު
އަދާކުރަމުން ގެންދިޔަ ވަޒީފާއަކީ އެސް.ޓީ.އޯ. ގެ ސޭލްސް ރެޕްރެޒެންޓޭޓިވް ގްރޭޑް 5 ގެ ވަޒީފާކަމާއި،
އިސްވެދެންނެވިފައިވާ ފަދައިން އެސް.ޓީ.އޯ. ގެ ވަޒީފާއިން މުޞްޠަފާ މުޙައްމަދު ވަކިކުރެވިފައިވަނީ
22
OLO
کرت
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
3,2
2{010/HC-A/191
8 ޤަޟިއްޔާ ނިމުނު 1
7 ންކުމެ
22 ޏ ސ ޑ 2
24 2 2
4 3
3
2 ތ 8
4
442
"އެސް.ޓީ.އޯ. އިން ހަވާލުކުރެވިފައިވާ ވަޒީފާގެ ޒިންމާ އަދަކުރެވިފައިނުވާތީ" ކަމަށްވެފައި، މުޞްޠަފާ
މުޙައްމަދު ވަޒީފާއިން ވަކިކުރެވުނުއިރު އޭނާ ހުރި ވަޒީފާގެ ޙައިސިއްޔަތުން އެސް.ޓީ.އޯ. ގައި
އޭނާކުރަމުން ގޮސްފައިވާ މަސައްކަތާއި، އިސްވެދެންނެވިފައިވާ އޯޑިޓްކުރެވުނުއިރު އޭނާކުރަމުން ގެންދިޔަ
މަސައްކަތަކީ ތަފާތު ދެމަސައްކަތެއްކަމުން، އެސް.ޓީ.އޯ. ގެ ސޭލްސް ރެޕްރެޒެންޓޭޓިވް ގްރޭޑް 5 ގެ
ވަޒީފާއިން މުޞްޠަފާ މުޙައްމަދު ވަކިކުރެވިފައިވަނީ، އިސްވެދެންނެވިފައިވާ އޮޑިޓްއާ ގުޅިގެންކަމަށް
ޝަރީޢަތަށް ބެލެވޭންނެތްކަމާއި، އެހެންކަމުން އެސް.ޓީ.އޯ. ގެ ސޭލްސް މެނޭޖަރ ގްރޭޑް 1 ގެ
މަޤާމުގައި މުޞްޠަފާ މުޙައްމަދު ހުރިއިރު ކުރެވުނު އޮޑިޓްއާބެހޭގޮތުން އެސް.ޓީ.އޯ. އިން ހުށަހަޅާފައިވާ
ލިޔެކިޔުންތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައި ނުވުމަކީ އެކަމުގެ ސަބަބުން
(ނ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2010/VTR/97 މައްސަލައިގައި މުޞްޠަފާ މުޙައްމަދު އެސް.ޓީ.އޯ. ގެ ވަޒީފާއިން
ވަކިކުރެވުނު ސަބަބުތަކުގެ ތެރެއިން ދެވަނަ ސަބަބަކީ، އެސް.ޓީ.އޯ. ގެ މުވައްޒަފަކު ޝަރުޢީ ބަންދެއްގައި
ހުންނަތާ 14 (ސާދަ) ދުވަހަށްވުރެ އިތުރުވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެކަމަށް އެސް.ޓީ.އޯ. ގެ
މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވަނިކޮށް، މުޞްޠަފާ މުޙައްމަދު އެސް.ޓީ.އޯ. ގެ
މުވައްޒަފެއްގެ ގޮތުގައި ހުރެ ޝަރުޢީ ބަންދެއްގައި ހުންނަތާ (ސާދަ) ދުވަހަށްވުރެ
އިތުރުވެފައިވުންކަމަށް އެސް.ޓީ.އޯ. ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާ ބުނުމަށް
ބަލާއިރު،
އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/97VTR
މައްސަލައާ ގުޅިގެން، އެސް.ޓީ.އޯ. ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ
ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާ އެސް.ޓީ.އޯ. ގެ މުވައްޒަފުންގެ އަތްމަތީ ފޮތް (ވަރޝަން
2010.01.10) އަށް ބަލާއިރު، އެފޮތުގެ 14 ވަނަ ނަންބަރުގައި "އެސްޓީއޯ ގެ މުވައްޒަފަކު
ސަރުކާރުގެ ބަންދެއްގައި ހުރުން" މިސުރުޚީގެ ދަށުގައި، އެސް.ޓީ.އޯ. ގެ މުވައްޒަފަކު ޝަރުޢީ
ބަންދެއްގައި ހުންނަތާ 14 (ސާދަ) ދުވަސްވެއްޖެނަމަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެކަމަށް
ބަޔާންކޮށްފައި އޮންނަކަމާއި، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްވެދެންނެވިފައިވާ
އެސް.ޓީ.އޯ. ގެ 163 ނަންބަރު ފިހާރައިގެ އޮޑިޓްކުރެވުނުއިރު ފެނިފައިވާ މައްސަލަތަކަކާ ގުޅިގެން
އެސް.ޓީ.އޯ. އިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެމައްސަލައިގެ
14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{10/HC-A/191
ޤަޟިއްޔާ ނިމުނު "
کی مرگ
ދެވެ
ތަޙްޤީޤުގެ މަރުޙަލާގައި، މުޞްޠަފާ މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަންދުގައި 45
(ސާޅީސްފަހެއް) ދުވަހު ހުރެފައިވާކަން، މުޞްޠަފާ މުޙައްމަދުގެ ބަހުން އެނގެން އޮންނަކަމާއި،
އެހެންނަމަވެސް، އެސް.ޓީ.އޯ. ގެ މުވައްޒަފުންގެ އަތްމަތީ ފޮތަކީ ވަރަށް ކުރިންސުރެ
އޮންނަ ފޮތެއްކަމާއި، އެފޮތަށް އެކިފަހަރުމަތިން ބަދަލުތަށް ގެނެސްފައިވާކަމާއި،އެގޮތުން މިމައްސަލައާ
ގުޅިގެން ހުށަހެޅިފައިވަނީ އެންމެފަހުން އިސްލާޙުކުރެވުނު ފޮތްކަމަށް އެސް.ޓީ.އޯ. ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާ ބުނުމަށާއި، މިމައްސަލައާ ގުޅިގެން ހުށަހަޅިފައިވާ މުވައްޒަފުންގެ
އަތްމަތީ ފޮތަކީ، މުޞްޠަފާ މުޙައްމަދު އެސް.ޓީ.އޯ. ގެ ވަޒީފާގައި ހުރިއިރު ބޭނުންކުރަމުން ދިޔަ ފޮތް
ނޫންކަމަށާއި، މިއީ ކުރިން ބޭނުންކުރި ފޮތް ވަރަށް ބޮޑަށް އިސްލާޙުކުރެވިގެން އެކުލަވާލެވިފައިވާ
ފޮތެއްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މުޞްޠަފާ މުޙައްމަދު ބުނެފައިވާ ބުނުމަށާއި، އިސްވެ
އިޝާރާތްކުރެވިފައިވާ އެސް.ޓީ.އޯ. ގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ ވަރޝަން ނަންބަރު
(2010.01.10) އަށް ބަލާއިރު، އެފޮތަކީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކުލަފާލެވިފައިވާ
ފޮތެއްކަން އެނގެން އޮންނަ އޮތުމާއި، މިފޮތާބެހޭގޮތުން އެސްޓީއޯއިން ދައްކާފައިވާ ވާހަކަތަކަށް
ރިޢާޔަތްކުރާއިރު މިމައްސަލައާ ގުޅިގެން އެސް.ޓީ.އޯ. ގެ ފަރާތުން ހުށަހަޅާފައިވާ އެސް.ޓީ.އޯ. ގެ
މުވައްޒަފުންގެ އަތްމަތީ ފޮތް (ވަރޝަން 2010.01.10) އަކީ، 11 ސެޕްޓެމްބަރ 2009 ގައި
މުޞްޠަފާ މުޙައްމަދު ބަންދުކުރެވުނުއިރު އެސް.ޓީ.އޯ. ގައި ބޭނުންކުރަމުންދިޔަ މުވައްޒަފުންގެ އަތްމަތީ
ފޮތްކަން އެސް.ޓީ.އޯ. އަށް ސާބިތުކޮށްދެވިފައިނުވާކަމާއި، އެހެންކަމުން އެފޮތުގައި ބަޔާންކޮށްފައިވާ
އުސޫލަކަށް ޙަވާލާދީ މުޞްޠަފާ މުޙައްމަދު ވަޒީފާއިން ވަކިނުކުރެވޭނެކަމާއި،
އަދި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ، އިސްވެ އިޝާރާތްކުރެވުނު، އެސް.ޓީ.އޯ.
ގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ 14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލަކީ، 11 ސެޕްޓެމްބަރ
2009 ގައި މުޞްޠަފާ މުޙައްމަދު ބަންދުކުރެވުނުއިރުވެސް އެސް.ޓީ.އޯ. ގައި ޢަމަލުކުރެވެމުން އައި
އުސޫލުކަމަށް ޝަރީޢަތުން ބެލި (assume) ކުރިކަމުގައި ވީނަމަވެސް، އެއުސޫލާ ޙަވާލާދީ، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ،
އެއުސޫލުގައި ބަޔާންކޮށްފައިވާ ކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ،
ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނޭ ޙާލަތެއްކަމަށްވާނަމަ އެކަނިކަމާއި،
މިގޮތުން ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ށ) ގެ (1) ގެދަށުން، މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ
ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ
2 203
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471(
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/191
گمرکی
ދެވެ
OX
020 0 2 04
ޗ 04 ދ ތތ
ﷲއަކުމަށް
މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް
ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭހިނދު، ޝަރުޢީ ޙުކުމަކާ
ނުލައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަންދުގައި މުވައްޒަފަކު ހުރުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް
ބިނާކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ، ވަޒީފާގައި
އިތުރަށް ބެހެއްޓު
ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ލިބިދާނެކަމެއްކަމަށް، އެކަށީގެންވާ ހަމަތަކުގެ މަތިން، ވަޒީފާދޭ ފަރާތަށް ކަނޑައެޅޭ
ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ، އެސް.ޓީ.އޯ. ގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ
14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލަކީ، 11 ސެޕްޓެމްބަރ
މެބަރ 2009 ގައި މުޞްޠަފާ މުޙައްމަދު
ންދުކުރެވުނުއިރުވެސް އެސް.ޓީ.އޯ. ގައި ޢަމަލުކުރެވެމުންދިއަ އުސޫލުކަމަށް ޝަރީޢަތުން
ބެލިކަމުގައިވީނަމަވެސް، އެ އުސޫލުގައި ބަޔާންކޮށްފައިވާ ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ހ) އާއި (ށ) ގެ (1) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއް ނޫންކަމުން،
އެސް.ޓީ.އޯ. ގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ 14 ވަނަ ނަންބަރަށް ޙަވާލާދީ، ޤާނޫނުގެ 23 ވަނަ
މާއްދާގެ (ހ) އާއި (ށ) ގެ (1) ގެ ދަށުން މުޞްޠަފާ މުޙައްމަދު ވަޒީފާއިން ވަކިނުކުރެވޭނޭކަމެވެ.
ހުރުމުން،
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް
ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/97 މައްސަލަ އިސްތިއުނާފުކުރުމަށް އެސް.ޓީ.އޯ. ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/97VTR
މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ޙުކުމް
ހދ 30
22
2
ބަޔާންކު)
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ފެކުރެވުނު
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/97 މައްސަލަ
އިސްތިއުނާފުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.) ގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/91
ox
ދިވެހިރާއްޖޭގެ
މައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471+
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހީ
2{10/HC-A/191
0 0
މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2010/VTR/97 މައްސަލަގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާޢީދުކޮށް،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
2c 0 /
ވިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަބްދުއްރައޫފް އިބްރާހީމް
ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv