ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/44 ޤަޟިއްޔާގެ ޙުކުމް
C
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/44
بمتال سراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 44/HC
-
A/2012
އިސްތިއުނާފު ކުރިފަރާތްތައް:
* ނަން: މޫސާ އިބްރާހީމް
އައިޑެންޓިޓީކާޑު ނަންބަރު: A028779
ދާއިމީ އެޑްރެސް: ނަންރީތިމާގެ / އދ. މަހިބަދޫ މިހާރުގެ އެޑްރެސް: ނަންރީތިމާގެ / އދ. މަހިބަދޫ
ވަކީލް އަލްއުސްތާޛު އަބްދުލްޙަކީމް މުޙައްމަދު ރަޝާދު (A052846)، މއ. ކެލާގެއާގެ / މާލެ
*
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް އިދާރާ
ދާއިމީ އެޑްރެސް:އދ. މަހިބަދޫ ކައުންސިލް އިދާރާ * މިހާރުގެ އެޑްރެސް: އދ. މަހިބަދޫ ކައުންސިލް އިދާރާ
ވަކީލް: އަލްއުސްތާޛް ޢަބްދުﷲ ސަޢީދު (A094722) ތްރީލައިންސް / ސ. ހުޅުދޫ
ނިމުނު ތާރީޚް: 08 ޖުލައި 2012
* ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ފެބްރުއަރީ 2012
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
33/I-4-C/2011
ކޯޓު: އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓު
* ނިމުނު ތާރީޚް: 09 ޖެނުއަރީ 2012
09
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{)12/HC-A/44
ދަޢުވާގެ ޚުލާޞާ:
މިއީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/I
-
4
-
C/33
ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އދ. މަހިބަދޫ، ނަންރީތިމާ ގެ މޫސާ އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި ދަޢުވާ ރައްދުވާފަރާތަކީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް
އިދާރާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
401 އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/I
-
4
-
C/33
ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އދ. މަހިބަދޫ، ނަންރީތިމާގެ މޫސާ އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02 0 0
-02
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/I
-
4
-
C/33
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ، އދ. މަހިބަދޫ ދެކުނުފަރާތުގެ
ބަނދަރުމަތީގައި އޮތް 4042 އަކަފޫޓުގެ މަސްވެރިންގެ އައްސޭރި އޭކިޔާ ބިން އދ. މަހިބަދޫ އޮފީހުން ބިޑުގެ
އުސޫލުން ހުޅުވާލުމާއި ގުޅިގެން އދ. މަހިބަދޫ ނަންރީތިމާގެ މޫސާ އިބްރާހީމް (އައިޑީ ކާޑު ނަންބަރު
A028779) އެބިޑު ކާމިޔާބުކޮށް، އެއްވެސް އެއްބަސްވުމެއް ނެތި އދ. މަހިބަދޫ އޮފީހުން މޫސާ އިބްރާހީމާ
އެބިން ޙަވާލުކޮށްފައިވާ ކަމަށާއި، އަދި އެބިމުގައި އަމިއްލަ ޚަރަދުގައި 2.5 (ދޭއް ޕޮއިންޓް ފަހެއް)
މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްތަކެއް ކުރިތާ 1 އަހަރާއި 5 މަސް ފަހުން އދ. މަހިބަދޫ އޮފީހުން
މަޖުބޫރު ޙާލަތެއްގައި އޭނާ ލައްވައި ސޮއިކުރުވި އެގްރިމެންޓް ބާޠިލުކޮށް ދެއްވައި، 2.5 (ދޭއް ޕޮއިންޓް
ފަހެއް) މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ އެޢިމާރާތްތަކުގެ ބަދަލާއި، އަދި ކުލީގެ ގޮތުގައި އޭނައަށް
އޮޅުވާލައިގެން އަތުލާފައިވާ 8 (އަށެއް) މަސް ދުވަހުގެ ކުލި ކަމުގައިވާ 12800.00ރ (ބާރަހާސް އަށްސަ
242&
އަޤު
22
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުނުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{)12/HC-A/44
ރުފިޔާ) އާއި، މިފައިސާ މަހިބަދޫ އޮފީހުގެ ބެލުމުގެ ދަށުގައި 10 (ދިހައެއް) އަހަރު ދުވަސް
ވޭތުވެފައިވުމުގެ ސަބަބުން އެފައިސާގެ ނިސްބަތުން ލިބުނު ގެއްލުމުގެ ބަދަލާއި، މިމައްސަލާގައި ޤާނޫނީ
ވަކީލަކަށް ދިނުމަށް އޭނާ ކަނޑައަޅާފައިވާ ފައިސާ އެކީ އެއްފަހަރާ އދ. މަހިބަދޫ ކައުންސިލުން
ލިބިގަތުމަށްއެދި އދ. މަހިބަދޫ ކައުންސިލުގެ މައްޗަށް މޫސާ އިބްރާހީމް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް
ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުވާކުރާ މޫސާ އިބްރާހީމާއި އދ. މަހިބަދޫ އޮފީހާ
ދެމެދު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައި ކަނޑައަޅުއްވައި، އަދި އެއެއްބަސްވުމަކީ،
އެއެއްބަސްވުމުގެ ދެފަރާތުން ޢަމަލުކޮށް ފުރިހަމަވެފައިވާ އެއްބަސްވުމެއްކަމާއި، ދަޢުވާކުރާ މޫއި
ކުރާ މޫސާ އިބްރާހީމް
އދ. މަހިބަދޫ މަސްވެރިންގެ އައްސޭރީގައި ކޮށްފައިވާ ޢިމާރާތްތަކުގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުވަތަ
ބަދަލެއް ލިބިދޭން ނުޖެހޭނެކަމާއި، މަސްވެރިންގެ އައްސޭރީގެ ކުލީގެ ގޮތުގައި އޮޅުވާލައިގެން އޭނާގެ އަތުން
ނަގާފައިވާކަމަށް ބުނާ 12800.00ރ (ބާރަހާސް އަށްސަތޭކަ ރުފިޔާ) އަކީ އޮޅުވާލައިގެން އދ. މަހިބަދޫ
އޮފީހުން ނަގާފައިވާ ފައިސާއެއްކަން ސާބިތުނުވާކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
03- އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/I
-
4
-
C/33
ޤަޟިއްޔާގެ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އދ. މަހިބަދޫ ނަންރީތިމާގޭ މޫސާ އިބްރާހީމުގެ ފަރާތުން އަންނަނިވި
ނުކުތާ ހުށަހަޅައި، އެނުކުތާއާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި ނުކުތާއަކީ، އދ. މަހިބަދޫ އޮފީހާއި މޫސާ އިބްރާހީމާ ދެމެދު،
އދ. މަހިބަދޫ "މަސްވެރިންގެ އައްސޭރި" އެވެ ކިޔާ ބިން ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމަކީ، ބިން
ކުއްޔަށް ދިނުމަށް ހުޅުވާލި ބިޑުގެ ދަށުން، މޫސާ އިބްރާހީމް ބިޑު ކާމިޔާބު ކުރުމަށްފަހު، އެ ބިމުގައި
ޢިމާރާތުގެ މަސައްކަތްތައްކޮށް ނިމުނު ފަހުން ފަހުގެ ތާރީޚެއް ޖެހުމަށްފަހު ކުރި އެއްބަސްވުމެއްކަމަށްބުނެ މޫސާ
އިބްރާހީމް ހުށަހެޅި ހެކިތަކުގެ މައްޗަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
44 223
61ވ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{)12/HC-A/44
02 0 0
04- އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/I
-
4
-
C/33
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އދ. މަހިބަދޫ، ނަންރީތިމާގޭ މޫސާ އިބްރާހީމުގެ ފަރާތުން ހުށަހެޅި
ނުކުތާއަށާއި، އެނުކުތާއާ ގުޅޭގޮތުން މޫސާ އިބްރާހީމުގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/I
-
4
-
C!33 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އދ. މަހިބަދޫ މަސްވެރިންގެ އައްސޭރި ކިޔާ ބިމުގައި ހޮޓަލެއް
އިމާރާތްކޮށް ހިންގަން ބޭނުންވާ ފަރާތްތައް އެކަމަށްއެދި ބިޑުކުރުމަށް އދ. މަހިބަދޫ އޮފީހުގެ ނަންބަރު
05/2001 (08 ފެބްރުއަރީ 2001) އިޢުލާން ކުރި ކަމާއި، އެއިޢުލާނާ ގުޅިގެން އެބިމުގައި ހޮޓަލެއް
އިމާރާތްކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށް އދ. މަހިބަދޫ ނަންރީތިމާ ގޭ މޫސާ އިބްރާހީމް 25 ފެބްރުއަރީ
2001 ގައި އދ. މަހިބަދޫ އޮފީހަށް ހުށަހެޅުމެއް ހުށަހެޅި ކަމާއި، އެއިޢުލާނާ ގުޅިގެން ބިޑު ކުރި މީހުންގެ
ތެރެއިން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާފައިވަނީ މޫސާ އިބްރާހީމްކަމަށްވާތީ އެބިމުގައި ހޮޓަލެއް އަޅައި
ހިންގުމަށް މޫސާ އިބްރާހީމާ އެބިން ހަވާލުކޮށްފައިވާކަން އެނގޭކަމާއި، އެގޮތަށް އެތަން މޫސާ އިބްރާހީމާ
ވާލުކޮށް، ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއްގައި ސޮއިކުރެވިފައިވަނީ 01 އޮކްޓޯބަރު 2001 ގައި
ކަމާއި، އަދި އެބިން ކުއްޔަށް ދޫކުރެވިފައިވަނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް މަހަކު 1000.00ރ
(ސޯޅަސަތޭކަ ރުފިޔާ) އަށް ކަން އެއެއްބަސްވުމުގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާއަށް ބެލުމުން
އެނގޭކަމާއި، އަދި އެބިމުގައި އިމާރާތްކުރުމަށް 5 (ފަހެއް) މަސްދުވަސް ދީފައިވާކަމާއި އެމުއްދަތުގެ ތެރޭގައި
ކުލި ދައްކަން ނުޖެހޭނެކަ
ނެކަމާއި،
އެއެއްބަސްވުމުގެ
ބަސްވުމުގެ މުއްދަތު ހަމަވެގެން ނުވަތަ ކުއްޔަށްހިފި ފަރާތުން ބޭނުންވެގެން
ނުވަތަ އެއެއްބަސްވުމާ ޚިލާފުވެގެން ކުއްޔަށްހިފި ފަރާތުން ބިން ވަކިކުރެވޭނަމަ ބިމުގައި ދާއިމީ
ކުރެވިފައިވާ ބިނާތައް އެއިރަކު ހުރިގޮތެއްގެ މަތިން އިތުރު ގެއްލުމެއް ވިޔަ ނުދީ މަހިބަދޫ އޮފީހާ
ހަވާލުކުރަންވާނެ ކަމަށާއި، އެތަކެއްޗަށް އަގު ނުވަތަ ބަދަލު ދިނުމެއް ނޯންނާނެކަމަށް އެއެއްބަސްވުމުގެ 4 ވަނަ
މާއްދާގެ (ބ) އާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާ
މަކަމާއި، އަދި ބިން ކުއްޔަށް ދެވޭ 10
(ދިހައެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމު
ވުމުން ތަނުގައި ހެދޭ އިމާރާތާއި ނުއުފުލޭ ތަކެތި ވާނީ ރައްޔިތުންގެ
04
کمیسر
24
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{)12/HC-A/44
(0 ﷲ0
އެއްޗަކަށްކަމަށް
އދ. މަހިބަދޫ މަސްވެރިންގެ އައްސޭރީގައި ހެދުމަށް ހަމަޖެހިފައިވާ ސައިހޮޓާ
ދިނުމާބެހޭ މަޢުލޫމާތު ދިން ގޮތުގެ ލިޔުމުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
2 2x
کور کم
އެންގުމުން އދ.
0402
(ނ) ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގައި ބުނެފައިވާ
މަތިން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލު ކުރުމުން
ކޮންޓްރެކްޓެއް ކުރެވުނީކަމަށް އެޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވުމުން، އދ. މަހިބަދޫ މަސްވެރިންގެ
އައްސޭރި ކިޔާ ބިމުގައި ހޮޓަލެއް ހިންގުމަށް 08 ފެބްރުއަރީ 2001 ގައި އދ. މަހިބަދޫ އޮފީހުން ކުރި
އެއޮފީހުގެ ނަންބަރު 05/2001 އިއުލާނާ ގުޅިގެން މަސްވެރިންގެ އައްސޭރި އޭ ކިޔާ ބިން ކުއްޔަށް
ހިފުމަށްޓަކައި މޫސާ އިބްރާހީމް ހުށަހެޅި ބިޑް ޤަބޫލުކުރާކަން އދ. މަހިބަދޫ އޮފީހުން މޫސާ އިބްރާހީމަށް
މަހިބަދޫ އޮފީހާއި މޫސާ އިބްރާހީމާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް
ވެވިފައިވާ ކަމާއި، ޤާނޫނުގައި
އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެ
ފެޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން
ލާޒިމް ނޫންކަމަށް ޤާނޫނު ނަންބަރު 4/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮންނަކަމާއި، އަދި ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެ ކަމަށާއި ނުވަތަ
ޢަމަލުކުރާ ގޮތަކުން ޤަބޫލުކުރީކަމަށް ބެލެވިދާނެކަމަށް އެޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި
އޮންނައިރު، އދ. މަހިބަދޫ މަސްވެރިންގެ އައްސޭރި ކިޔާ ބިމުގައި ހޮޓަލެއް ހަދައި ހިންގުމަށް މޫސާ އިބްރާހީމާ
ހަވާލުކުރެވިފައިވަނީ އެއްބަސްވުމެއް އޮވެގެންކަން އެނގޭކަމާއި، އަދި ދެފަރާތުގެ ދެމެދު އެއްބަސްވުމެއްގައި
ސޮއިކުރެވިފައިވަނީ 01 އޮކްޓޯބަރު 2001 ގައި ކަމަށް އދ. މަހިބަދޫ ކައުންސިލުގެ ފަރާތުން ބުނާއިރު،
އެބަސްވުމުގައި ސޮއިކުރެވުނީ 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިކަމަށް އަރިއަތޮޅު ދެކުނުބުރީ
މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް މޫސާ އިބްރާހީމުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބެލުމުން އެނގެން
އޮންނަކަމާއި، އަދި އެއެއްބަސްވުމުގައި ސޮއިކުރެވުނީ 15 ނޮވެމްބަރު 2002 ގައި ކަމަށް މޫސާ އިބްރާހީމުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން
އޮންނަކަމާއި،
ބ ޅ ކ އ ވ 23 އ
އއބ
: 0 0
އެއެއްބަސްވުމުގައި މޫސާ އިބްރާހީމް ސޮއިކޮށްފައިވަނީ އެއެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ
މަހިބަދޫ މަސްވެރިންގެ އައްސޭރި އޭ ކިޔާ ބިން އަލުން ބިޑަށްލާނެ ކަމަށްބުނެ އދ. މަހިބަދޫ އޮފީހުން
މަޖްބޫރުކޮށް، ބިރު ދައްކާފައިވާތީކަމަށް މޫސާ އިބްރާހީމުގެ ފަރާތުން ބުނެފައިވާއިރު، އެއެއްބަސްވުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{)12/HC-A/44
02 0 0
ސޮއިކުރުމަށްފަހު، އެމައްސަލަ މޫސާ އިބްރާހީމުގެ ފަރާތުން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާ
ހަމައަށް، އެކަމާބެހޭ މައްސަލައެއް ރަސްމީ އެއްވެސް އިދާރާއަކަށް މޫސާ އިބްރާހީމުގެ ފަރާތުން ހުށަހަޅާފައި
ނުވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މޫސާ އިބްރާހީމުގެ ފަރާތުން ބުނެފައިވާތީއާއި،
އަދި އެއްބަސްވުމުގައި ސޮއިކުރީ މަޖްބޫރުންކަން ސާބިތުކުރުމަށް މޫސާ އިބްރާހީމުގެ ފަރާތުން ހުށަހެޅި ހެކިން
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެއެއްބަސްވުމުގައި މޫސާ
އިބްރާހީމް ސޮއިކުރީ އޭނާއަށް ބިރު ދައްކައި މަޖްބޫރުކޮށްގެންކަން ސާބިތުވާފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް
ލިބިފައިނުވާކަން އެނގެން އޮންނަ
ންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: އދ. މަހިބަދޫ މަސްވެރިންގެ އައްސޭރި އޭކިޔާ ބިމުގައި ސައިހޮޓަލެއް
އަޅައި ހިންގުމަށް އދ. މަހިބަދޫ އޮފީހުން އެރަށު ނަންރީތިމާގޭ މޫސާ އިބްރާހީމާ ހަވާލުކޮށްފައިވަނީ، ދެފަރާތުގެ
ދެމެދުގައިވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަން އެނގޭކަމާއި، އެއެއްބަސްވުމުގައި މޫސާ އިބްރާހީމް
ސޮއިކޮށްފައިވަނީ ބިރު ދައްކައި މަޖްބޫރުކުރުމުންކަމަށް މޫސާ އިބްރާހީމުގެ ފަރާތުން ބުނެފައިވީނަމަވެސް އެކަން
މޫސާ އިބްރާހީމަށް ސާބިތުކޮށް ދެވިފައިނުވާކަމާއި، އަދި އެބިމުގައި ހޮޓާ ހެދުމަށް މޫސާ އިބްރާހީމް ކުރާ
ޚަރަދަކީ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ތަން ދޫކޮށްލާއިރު، އެރަށުގެ ރައްޔިތުންގެ އެއްޗެއްސަށް
ވާނެކަމާއި، އަދި އެތަކެއްޗަށް ނުވަތަ
ދޭން
އެއެއްބަސްވުމުގައި
ބަޔާންކޮށްފައިވާތީ،
0422
02c
2
22 2ތ 00
سر مرمر اس
430
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް
ނަންބަރު
2011/I
-
4
-
C/33 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް ނުފެންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/44
ޙުކުމް
OU OG
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން އަރިއަތޮޅު
ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/I
-
4
-
C/33 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
މިހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv