ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/155 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/155
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 155/HC-A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ވަލީކު: އޗ.އަޙްމަދު އުޝާމް
*
ދާއިމީ އެޑްރެސް: ވެލާނާގެ/8 ވަނަ ފަންގިފިލާ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
* ވަކީލުން އޏ. އަޙްމަދު ޢަބްދުﷲ ޢަފީފް
* ދާއިމީ އެޑްރެސް:
ސަރާޝާމާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 ރަޖަބް 1433
23 މެއި 2012
ނިމުނު ތާރީޚް: 01 ޒުލްޤަޢިދާ 1433
17 ސެޕްޓެމްބަރ 2012
• އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު.
މައްސަލައިގެ ބާވަތް: ސިވިލް ކޯޓުގެ އިޖްރާއީ ނިންމުން
ނިންމެވި ކޯޓު: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 13 މެއި 2012
ނިމުނު ތާރީޚް: 16 މެއި 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/155
މިއީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ދައުލަތަށް ދަޢުވާ ލިބޭގޮތަށް
ސިވިލް ކޯޓަށް ހުށަހެޅުމުން، އެކޯޓުގައި ބައްލަވަން ފައްޓަވާފައިވާ އެކޯޓުގެ ނަންބަރު 2012/Cv-C/691
ޤަޟިއްޔާއާ ގުޅިގެން، 16 މެއި 2012 ގައި އިޖްރާއީ ގޮތުން އެކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެވެ.
....
އިބްރާހިމް ދީދީ
އިބްރާހިމް ދީދީ
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ "އިޖްރާއީގޮތުން ނިންމިގޮތް" އަށް
ބަލާއިރު، އެ ނިންމުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ކޯޓުގައި ތަމްސީލުކުރާނެ ފަރާތެއް
ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ އެޕާޓީގެ ރައީސްއަށާއި، ޗެއަރޕަރސަންގެ މަޤާމުގައި ތިއްބަވާ
ބޭފުޅުންނަށް ކަމަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ ނިންމުމުން އެނގެން އޮތްހިނދު، ޑރ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްގެ މަޤާމަށް އިންތިޚާބު ކުރެވިފައިވަނީ އިލެކްޝަން
ކޮމިޝަންގެ ބެލުމުގެ ދަށުގައިވާ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނިފައިނުވާ އެޕާޓީގެ އަސާސީ
ޤަވާއިދަށް ގެނެވިފައިވާ އިޞްލާހެއްގެ ދަށުން ކަމުގައިވާތީ، ޑރ. އިބްރާހިމް ދީދި އެޕާޓީގެ ރައީސްގެ
މަޤާމަށް އިންތިޚާބު ކުރެވިފައިވާ ގޮތާމެދު ދައުލަތުން ސުވާލުކޮށް، އެހައިޘިއްޔަތުން ޑރ.
ސޮއިކޮށް ހުށަހަޅާފައިވާ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ ގައި ހިމެނޭ
މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން
އިޖްރާއީ ނުކުތާއެއް ހުށަހެޅުމުން، ސިވިލް ކޯޓުން އެކަން ބައްލަވައި ނިންމަވާފައިވާ ނިންމެވުމެއްކަމާއި،
ސިވިލް ކޯޓުގެ އެނިންމެވުމުގައިވަނީ، "ޤާނޫނު ނަންބަރު 6/2008
ޢާންމު
ޤަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ބާރުލިބިފައިވާ ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގެ 11 ވަނަ މާއްދާގެ
(ހ) ގެ ދަށުން ސިޔާސީ ޕާޓީގެ ދަފުތަރެއް އިލެކްޝަންސް ކޮމިޝަނުން
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަންޖެހޭ އެދަފްތަރުގައި ހިމަނަންޖެހޭ މަޢުލޫމާތުތައް އެމާއްދާގެ
ގައި ބަޔާންކޮށްފައިވީހިނދު، އެމާއްދާގެ (ށ) ގެ 9 ވަނަ ނަންބަ
އިންބަރުގައި ބަޔާންކޮށްފައިވަނީ "ޕާޓީގެ
691/Cv-C/2012
ހއ ފ ދ 214c6
ބޮލހއ
.هހކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 13316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ނިމުނު ގޮތުގެ ޚުލާޞާ
2012HC-A/155
މައްޗަށް
މ އމ 33 ސމ ކ އ ދވ
924ނކރފާނެކަމަށް
އަސާސީ ޤަވާއިދަށް ނުވަތަ މެނިފެސްޓޯއަށް ބަދަލެއް އައިސްފައިވާނަމަ އެތަފްސީލު" މިހެން
މިފަދައިންކަމާއި، އެޤަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، އަސާސީ ޤަވާއިދަށް
ބަދަލެއް އަތުވެއްޖެނަމަ، އެބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން އިލެކްޝަންސް
ކޮމިޝަނަށް އަންގަންޖެހޭނެކަމަށް ކަމުގައިވިޔަސް އެމާއްދާތަކުގައި ބަޔާންކޮށްފައިވާފަދައިން ސިޔާސީ
ޕާޓީއަކުން އެޕާޓީގެ އަސާސީ ޤަވާއިދަށް ގެންނަ ބަދަލެއް އިލެކްޝަންސް ކޮމިޝަނަށް އަންގާފައިނުވާނަމަ
ނުވަތަ އެބަދަލު ސިޔާސީ ޕާޓީގެ ދަފްތަރުގައި އިލެކްޝަންސް ކޮމިޝަނުން ހިމަނާފައިނުވާނަމަ، ސިޔާސީ
ޕާޓީގެ ދަފްތަރުގައި އެމަޢުލޫމާތު ހިމެނިފައި ނެތުމުގެ ނަތީޖާއަކީ އެޕާޓީގެ އަސާސީ ޤަވާއިދަށް އެގެނައި
ބަދަލު ނެތިދިއުންކަމަށް ނުވަތަ އެބަދަލުގެ
އެޤަވާއިދުގައި
ބަޔާންކޮށްފައިނުވާތީއާއި،
އެ ޤަވާއިދުގެ 15 ވަނަ މާއްދާގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕާޓީއެއް ރަޖިސްޓްރީ
ކޮށްދިނުމަށް އެދި ހުށަހަޅިފައިވާ ޙާލަތުގައި އެޕާޓީ ރަޖިސްޓްރީ ކޮށްދީފިކަން ނުވަތަ ރަޖިސްޓްރީކޮށް
ނުދޭކަން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެޕާޓީ ތަމްސީލް ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ
މީހާއަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިނުވާނަމަ، އެޕާޓީ އަކީ ރަޖިސްޓްރީ ކުރެވިފައިވާ
ޕާޓީއެއްކަމުގައި ބެލުމަށް އެމާއްދާގެ (ށ) ބަޔާންކޮށްފައި ވީހިނދު، އެމާއްދާ ތަންފީޛު ކުރުމުގައި
އެޕާޓީއަކީ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީއަކަށްވުން ޝަރުތުކޮށްފައި
ނެތުމުންނާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ބަލާއިރުގައި،
އެމާއްދާގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވަނީ، އެބިލެއް
ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާ ކޮންމެ ބިލެއް
އެބިލެއް ތަސްދީޤުކުރާ ދުވަހު ސަރުކާރު ގެޒެޓްގައި ޝާއިޢުކުރަންވާނެކަމަށާއި އަދި އެޤާނޫނަކަށް
ޢަމަލުކުރަން ފަށާނީ، އެޤާނޫނެއް ގެޒެޓުގައި ޝާއިޢުކުރުމަށްފަހުގައި ކަމަށް އެމާއްދާގައި ސާފު ޞަރީޙަ
ޢިބާރާތުން ބަޔާންކޮށްފައިވާއިރު، ސިޔާސީ ޕާޓީގެ ޤަވާޢިދުގައި އެފަދަ މާއްދާއެއް ނެތުމުންނާއި،
އަދި އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 144
/
2012
/
01/DA-38 (15 މެއި
2012) ސިޓީގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސްމަޤާމުތަކަށް ބަދަލު ގެނެސްފައިވާކަމަށް
30 އޭޕްރީލް 2011 ވަނަ ދުވަހު އެޕާޓީން އަންގާފައިވާކަމަށާއި، އަދި އެބަދަލުތައް ސިޔާސީ ޕާޓީގެ
ދަފްތަރުގައި ހިމެނިފައިވާކަމަށާއި، އެގޮތުން އެދަފްތަރުން ދައްކާގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/155
8 349
ޕީޕީތން
ޕާޓީގެ ރައީސްއަކީ އިބްރާހިމް ދީދީ ކަމަށާއި، އެ ޕާޓީގެ ޤައުމީ މަޖިލީހުން އެމަޤާމާއި
އިތުރު ނިންމުމެއް ނިންމާފައިވަނީ 30 އޭޕްރީލް 2012 ވަނަ ދުވަހުގައި ކަމަށާއި، އެ ނިންމުމަށް
އިލެކްޝަންސް ކޮމިޝަނުން މިހާރު ބަލަމުންދާކަމަށް އެސިޓީން އެނގެންއޮތްހިނދު، އިބްރާހިމް
ދީދީގެ ސޮއިއާއެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ހުށަހަޅާފައިވާ މިމައްސަލަ މިކޯޓުގައި
ރަޖިސްޓްރީ ކުރެވިފައިވަނީ 16 އޭޕްރީލް 2012 ވަނަ ދުވަހު ކަމުގައިވާތީ،
ދައުލަތުން ނަންގަވާފައިވާ އިޖުރާއީ ނުކުތާއަކީ މިމައްސަލަ މިކޯޓުގައި ކުރިއަށް
ގެންދިއުމަށް އޮތް ހުރަހެއް ނޫންކަމަށް ކަނޑައަޅައި، އެކަން އެންގީމެވެ" މިފަދައިންކަން އެ
"އިޖްރާއީގޮތުން ނިންމިގޮތް" އިން އެ
CCCX
2، ސިވިލް ކޯޓުގެ އިސްވެދެންނެވިފައިވާ، އިޖްރާއީ ނިންމުން އެކޯޓުން
ނިންމާފައިވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން
އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާއަކީ:
ސިޔާސީ ޕާޓީތަކުގެ 11 ވަނަ މާއްދާގެ (ށ) ގެ 9 ވަނަ ނަންބަރާއި އެޤަވާޢިދުގެ
17 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކުރާއިރު، ސިޔާސީ ޕާޓީއެއްގެ އަސާސީ ޤަވާއިދަށް
އެއްވެސް ބަދަލެއް އައިސްފިނަމަ، އެބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިލެކްޝަންސް
ކޮމިޝަނަށް އަންގަންވާނެކަމަށް ޞަރީޙަކޮށް އެނގެން އޮންނަ ހިނދު، ސިވިލް ކޯޓުގެ ނިންމެވުމަކީ،
ސިޔާސީ ޕާޓީގެ ޤަވާޢިދުގެ މާއްދާތަކުގެ މަޤްސަދު ގެއްލި، އެމާއްދާގެ ރޫޙާ ކަނޑައެޅިގެން ޚިލާފުވާ
ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ
ނަރ 8އވެ.
3. މިމައްސަލައާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/691
ޤަޟިއްޔާއާ ގުޅިގެން، 16 މެއި 2012 އެކޯޓުން ނެރުއްވާފައިވާ "އިޖްރާއީގޮތުން ނިންމިގޮތް" އަށާއި،
އެމައްސަލަ އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ، ދިވެހިރާއްޖެ
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/155
ބަލާއިރު، މިމައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަހަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ
މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ
ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ހިންގާ ސިޔާސީ ޕާޓީތައް،
އުފެއްދުމާއި، ހިންގުމާއި، އަދި ސިޔާސީ ޕާޓީތައް ހިންގުމުގެ އުޞޫލުތަކާއި، ޕާޓީތަކަށް ފައިސާ ހޯދުމާއި،
ޚަރަދުކުރުމުގެ އުޞޫލުތައް ކަނޑައަޅައި، ސިޔާސީ ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކޮށްފައިވަނީ،
ޤާނޫނު ނަންބަރު 6/2008 (ޢާންމު ޤަވާއިދުތަކާބެހޭ ޤާނޫނު) ގެ ދަށުން ބާރުލިބިފައިވާ ސިޔާސީ ޕާޓީގެ
ޤަވާއިދު 2005 ގައިކަމާއި،
ސިޔާސީ ޕާޓީގެ ޤަވާއިދު 2005 އަށް ބަލާއިރު، ސިޔާސީ ޕާޓީގެ ދަފްތަރެއް
އިލެކްޝަންސް ކޮމިޝަނުން ލިޔެ ބަލަހައްޓަންޖެހޭނެކަމަށް އެޤަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި
ދެންކޮށްފައިވާކަމާއި، މިގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަފްތަރުގައި ޕާޓީ
ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެސް އަދި ޕާޓީގެ އަސާސީ
ޤަވާއިދުވެސް ހިމެނިފައި އޮންނަންވާނެކަން އެޤަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ 6 އަދި 7 ވަނަ
ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި، މީގެއިތުރުން، ސިޔާސީ ޕާޓީއެއްގެ ނަމަށް ނުވަތަ އެޑްރެހަށް
ނުވަތަ އަސާސީ ޤަވާއިދަށް ނުވަތަ މެނިފެސްޓޯއަށް ނުވަތަ ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު
ހަވާލުކޮށްފައިވާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެބަދަލެއް
އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެކަމަށް
އެޤަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ ދަށުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ މަޢުލޫމާތު އެކޮމިޝަނަށް ލިބުމުން، ގިނަވެގެން 15 (ފަނަރަ)
ދުވަހުގެ ތެރޭގައި އެބަދަލެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނަންވާނެކަމަށް އެމާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާކަމާއި،
ސިޔާސީ ޕާޓީގެ ދަފްތަރާ ބެހޭގޮތުން، ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގައި
ހިމެނިފައިވާ، އިސްވެދެންނެވުނު މާއްދާތައް ފަރުމާކުރެވިފައިވާ ގޮތަށް ބަލާއިރު، އެޤަވާއިދުގެ 11 ވަނަ
ބަޔާންކޮށްފައިވާ، އިލެކްޝަންސް ކޮމިޝަނުން ލިޔެބަލަހައްޓަންޖެހޭ ސިޔާސީ ޕާޓީގެ ދަފްތަރު
ބެލެހެއްޓުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި އުފައްދާ ހިންގާ ސިޔާސީ ޕާޓީތަކާބެހޭ މުހިއްމު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/155
6/240
އެއަށްއަންނަ ބަދަލުތަކާ އެކު، އެއްތާކުން ފެންނާނޭ ނިޒާމެއް ޤާއިމުކުރުންކަމާއި، އަދި
ސިޔާސީ ޕާޓީގެ ދަފްތަރު ލިޔެބެލެހެއްޓުމުގެ ބޭނުމަކީ، އަދި އެދަފްތަރުގައި ވަކިބާވަތެއްގެ މަޢުލޫމާތު
ވަކިމުއްދަތެއްގެ ތެރޭގައި ހިމަނަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތުމަކީ، އެއްވެސް ޙާލެއްގައި ސިޔާސީ
ޕާޓީތަކުގެ ނިންމުންތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުންނޫންކަމެވެ.
(ނ) ދެވަނަ ކަމަކީ، ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ފަރުމާކުރެވިފައިވާ ގޮތަށް
ބަލާއިރު، ދިވެހިރާއްޖޭގައި އުފައްދާ ހިންގާ ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުމުގައި ޢަމަލުކުރަންޖެހޭ
މައިގަނޑު އުޞޫލުތަކެއް އެޤަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް، އެޤަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި
އުފައްދާ ހިންގާ ކޮންމެ ސިޔާސީ ޕާޓީއަކީވެސް، ރައްޔިތުންގެ ބަޔަކު އެބައިމީހުންގެ އަމިއްލަ އިޚްތިޔާރާއި
މިނިވަންކަމުގައި، ދީމިޤްރާޠީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ މައިދާނުގައި ސުލްޙަވެރިކަމާއެކު
ޙަރަކާތްތެރިވެ، ބައިވެރިވެ އުޅުމުގެ މަޤްޞަދުގައި އުފައްދާ ހިންގާ، ޤާނޫނީ ވަކި ޝަޚް ޞައްގެ
ހައިސިއްޔަތު ލިބިގެންވާ ޖަމްޢިއްޔާއެއް (ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގެ 2 ވަނަ މާއްދާގެ (ހ)
އަދި (ނ)) ކަމުން، އެޕާޓީއެއް ހިންގޭނީ އެޕާޓީއެއްގެ މެންބަރުންގެ މެދުގައި އެއްބަސްވެވޭ، ޤާނޫނާ
ޤަވާއިދާ ޚިލާފުނުވާ، ގޮތްތަކެއްގެ މަތިންކަމާއި، މިގޮތުން އެޕާޓީއެއްގެ މެންބަރުންގެ މެދުގައި ޕާޓީގެ
ކަންކަން ހިންގުމަށް އެއްބަސްވެވޭ ގޮތްތައް ހިމެނޭނީ އެޕާޓީއެއްގެ އަސާސީ ޤަވާއިދުގައިކަމާއި،
ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގެ 9 ވަނަ މާއްދާއަށް ބަލާއިރު، ކޮންމެ
ޕާޓީއެއްގައިވެސް، އެޕާޓީގެ ހިންގުމާގުޅޭ އެންމެހާ ކަންކަން އެކުލެވޭ ޕާޓީގެ އަސާސީ ޤަވާއިދެއް
އޮންނަވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިމާއްދާއަށް ބަލާއިރު، ޕާޓީގެ އަސާސީ ޤަވާއިދުގައި
ހިމެނެންޖެހޭނެ ކަންތައްތަކުގެ ތެރޭގައި، ޕާޓީގެ މެންބަރުންގެ ޙައްޤުތަކާއި ވާޖިބުތަކާއި، ޕާޓީގެ ޢާންމު
ޖަލްސާތަކާއި، އެޖަލްސާތައް ބޭއްވުމާއި، އެޖަލްސާތަކުގެ ޤާނޫނީ އަދަދާއި، އެޖަލްސާތަކުގެ ރިޔާސަތު
ބެލެހެއްޓުމާއި، އެޖަލްސާތަކުގެ ޔައުމިއްޔާ ލިޔެބެލެހެއްޓުމުގެ ޤަވާއިދާއި، ޕާޓީގެ އާންމު ޖަލްސާތަކާއި
އެހެނިހެން ޖަލްސާތަކުގައި ވޯޓުދޭނެގޮތާއި، އެޖަލްސާތަކުގައި ކަންކަން ފާސްކުރެވޭނެ ގޮތާއި، ޕާޓީގެ
އެކިއެކި މަޤާމުތަކަށް މީހުން އިންތިޚާބު ނުވަތަ ޢައްޔަންކުރެވޭނެ ގޮތާއި ޒިންމާ ހަވާލު ކުރެވޭނެގޮތާއި،
ހަވާލުކުރެވޭ ޒިންމާގެ މުއްދަތާއި، ޕާޓީގެ އެކިއެކި ނިންމުންތައް ނިންމުމުގައި ޢަމަލުކުރާނެ ގޮތާއި،
އަސާސީ ޤަވާއިދަށް ބަދަލުގެންނާނެ ގޮތް ހިމެނެންޖެހޭނެކަން، އެމާއްދާގެ (ޅ)، (ކ)، (ރ)، (ބ)، އަދި
(ފ) އަށް ބެލުމުން އެނގެން އޮންނަކަމާއި، ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، ސިޔާސީ
ޕާޓީގެ ޤަވާއިދު 2005 ގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ހިންގާ ސިޔާސީ ޕާޓީތަކުގެ
ނަނ0ނeކށް
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029 ، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނީ ޙައިސިއްޔަތު ލިބިދެނީ އެޕާޓީއެއްގެ ހިންގާ ޤަވާއިދުންކަމާއި، އެޕާޓީއެއްގެ ހިންގާ ޤަވާއިދާ
އެއްގޮތްވާ ގޮތުގެމަތިން އެޕާޓީއަކުން ނިންމާ، ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ އިމުގެ ތެރޭގައި
ހިމެނޭ ކޮންމެ ނިންމުމަކީ އެނިންމުމަކަށް ޤާނޫނީ ޙައިސިއްޔަތު ލިބިގެންވާ ނިންމުމެއްކަމެވެ.
އެއެނވެ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ އިޖްރާއީ
ނިންމުމާގުޅޭ، 9 އެޕްރީލް 2012 ގެ ތާރީޚުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މަދަނީ މައްސަލަ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމުގައި އެޕާޓީގެ ފަރާތުން
އެޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސޮއިކޮށްފައިވާ ޑޮކްޓަރ އިބްރާހިމް ދީދީ، އެޕާޓީގެ ރައީސްކަމަށް
އިންތިޚާބުވެފައިވަނީ، 2005 ވަނަ އަހަރު އެޕާޓީން ފާސްކޮށް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާފައިވާ
އެޕާޓީގެ އަސާސީ ޤަވާއިދަށް 2010 ވަނަ އަހަރު ގެނެވުނު ބަދަލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމާއި،
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ޤަވާއިދަށް 2010 ވަނަ އަހަރުގެ
ތެރޭގައި ގެނެވުނު ބަދަލު، ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގެ 17 ވަނަ މާއްދާގެ (ހ) ގައިވާ
ގޮތުގެމަތިން ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް، އަސާސީ ޤަވާއިދަށް ބަދަލުގެނެވެނުތާ 15
(ފަނަރަ) ދުވަހުގެ ތެރޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް
ހުށަހަޅާފައިނުވާކަމާއި، އަދި 2010 ވަނަ އަހަރު އިސްލާޙުކުރެވުނު އަސާސީ ޤަވާއިދާ
ގޮތުގެމަތިން ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް އަލުން އިންތިޚާބުކޮށްފައި
ވީނަމަވެސް، އެކަންވެސް ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގެ 17 ވަނަ މާއްދާގެ (ހ) ގައިވާ
ގޮތުގެމަތިން ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް، އެފަރާތްތަކަށް ބަދަލުގެނެވެނުތާ 15 (ފަނަރަ)
ދުވަހުގެ ތެރޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް
ހުށަހަޅާފައިނުވާކަމާއި، ނަމަވެސް ޕާޓީގެ އިސްމަޤާމުތަކަށް ބަދަލުގެނެސްފައިވާކަމަށް 30 އެޕްރީލް 2011
ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަމާއި،
އަދި އެބަދަލުތައް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާކަމާއި، އެދަފްރަތުން ދައްކާގޮތުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްއަކީ ޑޮކްޓަރ އިބްރާހިމް ދީދީކަން، 15 މެއި 2012 ގެ
ތާރީޚުގައި އިލެކްޝަންސް ކޮމިޝަނުން ސިވިލް ކޯޓަށް ފޮނުވާފައިވާ އެކޮމިޝަންގެ ނަންބަރު
144
/
2012
/
1/DA-38 ސިޓީ އަށް ބެލުމުން އެނގެން އޮންނަކަމާއި،
މީގެ އިތުރުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ޤަވާއިދަށް 2010
ވަނަ އަހަރު ބަދަލުގެނެސްފައިވަނީ، އޭރު އެޕާޓީން ޢަމަލުކުރަމުންގެންދިޔަ، އެޕާޓީން 2005 ވަނަ އަހަރު
ދިވެހިރާއް2
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
، ވެހީ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/155
COCCO
އ ހ އ ސ ޑ
ހިމަނަންޖެހޭ
ފާސްކޮށްފައިވާ އަސާސީ ޤަވާއިދާ އެއްގޮތަށް ކަމާއި، އަދި ޑޮކްޓަރ އިބްރާހިމް ދީދީ އެޕާޓީގެ ރައީސްގެ
މަޤާމަށް އިންތިޚާބުކޮށްފައިވަނީ، އޭރު އެޕާޓީން ޢަމަލުކުރަމުންދިޔަ އެޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާ
ގޮތުގެމަތިން 2010 ވަނަ އަހަރު އެއަސާސީ ޤަވާއިދަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށްކަމާއި،
މިކަންކަމަށް ދައުލަތުގެ ފަރާތުންވެސް އިންކާރުކޮށްފައިނުވާކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ފަދައިން، ސިޔާސީ ޕާޓީގެ ޤަވާއިދު 2005
ފަރުމާކުރެވިފައިވާ ގޮތުން، އެޤަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން
ލިޔެބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި، އެޤަވާއިދުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން
ކަމެއް، އެމާއްދާގައިވާ ގޮތުގެމަތިން ހިމެނުމަށްޓަކައި ސިޔާސީ ޕާޓީއަކުން އިލެކްޝަންސް
ކޮމިޝަނަށް ފޮނުވާފައިނުވުމަކީ، އެކަމުގެ ސަބަބުން އެޕާޓީއަކުން ނިންމާ އެފަދަ ނިންމުމެއްގެ ޤާނޫނީ
ޙައިސިއްޔަތު ގެއްލިގެންދާނޭ ކަމެއްނޫންކަމަށް ވުމާއި، އަދި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ
ފަރާތުން ދަޢުވާ އުފުލާ މައްސަލަތަކުގައާއި، އެޕާޓީގެ މައްޗަށް ދަޢުވާ ލިބޭ މައްސަލަތަކުގައާއި، އަދި
ހިނގަމުންދާ މައްސަލައެއްގައި އެޕާޓީގެ ފަރާތުން ތަދައްޚުލުވުމަށް ބޭނުންވާ ޙާލަތްތަކުގައާއި އަދި
މިނޫންވެސް ކަންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އެހެނިހެން ހުރިހާ ޝަރުޢީ ކޯޓުތަކާއި
މިނޫންވެސް ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި، ޤާނޫނީ ޝަޚުޞްތަކާއި، އަމިއްލަ ފަރާތްތަކުގައި
އެޕާޓީ ތަމްސީލުކުރާނެ ފަރާތްތަކާއި އެކިއެކި ލިޔެކިޔުންތަކުގައި ސޮއިކުރާނެ ފަރާތްތައް ކަނޑައެޅުމުގެ
ބާރާއި އިޚްތިޔާރު އެޕާޓީގެ ޗެއަރޕަރސަންއަށާއި، އެޕާޓީގެ ރައީސްއަށާއި، ނައިބުރައީސްއަށް
ލިބިގެންވާކަމަށް، އެޕާޓީގެ އަސާސީ ޤަވާއިދު އޮތްގޮތްވާ ގޮތުގެމަތިން 26 އޮކްޓުބަރ 2010 ގައި
އެޕާޓީގެ ޤައުމީ މަޖިލީހުގެ ޤަރާރަކުން ނިންމާފައިވުމުން، 9 އެޕްރީލް 2012 ގެ ތާރީޚުގައި،
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މަދަނީ މައްސަލަ ނުވަތަ
ދަޢުވާ ހުށަހަޅާ ފޯމުގައި އެޕާޓީގެ ފަރާތުން އެޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ސޮއިކޮށްފައިވާ ޑޮކްޓަރ
އިބްރާހިމް ދީދީއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ
މައްސަލަތަކުގައި އެޕާޓީގެ ފަރާތުން ސޮއިކުރުމުގެ ޤާނޫނީ ޙައިސިއްޔަތު ލިބިގެންވާކަން އެނގޭކަމެވެ.
CO)
1 2
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/691 ޤަޟިއްޔާއާ ގުޅިގެން، 16 މެއި 2012 އެކޯޓުން ނެރުއްވާފައިވާ އިޖްރާއީ
ނިންމުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަކަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ވީހިރާއްޖޭގެ ހައި
:42 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 2/16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/155
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/691 ޤަޟިއްޔާއާ ގުޅިގެން،
16 މެއި 2012 ގައި އެކޯޓުން ނެރުއްވާފައިވާ "އިޖްރާއީގޮތުން ނިންމިގޮތް" އަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
އަލީ ސަމީރު
(ފަނޑިޔާރު)
ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv