ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/09 ޤަޟިއްޔާގެ ޙުކުމް
1
20]1/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
*N
ޙަތު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރ: 09/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ނިޔާޒް
އިޑީ ކާޑު ނަންބަށ: A043333
ދާއިމީ އެޑްރެސް: ގދ.މާތޮޑާ ގަދަކޯޅިމާގެ
މިހާރުގެ އެޑްރެސް: މއ.ވިޔަނި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ވާރކްސް ކޯޕަރޭޝަން ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 550
/
2009-C
ދާއިމީ އެޑްރެސް: ވާރކްސް ކޯޕަރޭޝަން ލިމިޓެޑް
މިހާރުގެ އެޑްރެސް: ވާރކްސް ކޯޕަރޭޝަން ލިމިޓެޑް
5
ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ޖެނުއަރީ 2011
، ނިމުނު ތާރީޚް: 20 މެއި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/160
ހުށަހެޅި ތާރީޚް: 10 ޖޫން 2010 ފެމުނު ތާރީޚް: 30 ސެޕްޓެމްބަރ 2010
OCOC
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު އިސްފަނޑިޔާރު: އަޙްމަދު ޝަރީފު ފަނޑިޔާރު: ޔޫސުފް ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިންގުން، ރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: ithighcourt.gov.mv، ދިވެހިބަل
www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/09
• ދަޢުވާގެ ޚުލާޞާ
"160/VTR/2010
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ
މައްސަލަ
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ގދ.މާތޮޑާގަދަކޯޅިލާގެ މުޙައްމަދު
ނިޔާޒްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގެ
އިސްތިއުނާފު ރައްދުވާ ފަރާތަކީ ވަރކްސް ކޯޕަރޭޝަން ލިމިޓެޑް އެވެ.
1 އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2010/VTR/160
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ގދ.މާތޮޑާ ގަދަކޯޅިލާގެ މުޙައްމަދު ނިޔާޒް (ދ.ރ.
ކާޑު ނަންބަރު:A043333} ވަރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖަރެއްގެ މަޤާމުގައި 01 ޖުލައި 2009
އިން ފެށިގެން ވަޒީފާ އަދާކުރަމުން ގެންދަނިކޮށް ވަކިސަބަބެއް ނާންގާ 2 (ދޭއް) ހަފްތާގެ ނޯޓިސް ދިނުމަށްފަހު
27 އޭޕްރިލް 2010 ގައި ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، ވަޒީފާއިން ވަކިކުރި ސަބަބު އޮޅުންފިލުވައި
ދިނުމަށް ވަރކްސް ކޯޕަރޭޝަން ލިމިޓެޑަށް އަންގައި ދިނުމަށް އެދިގެންނާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
އެކަށީގެންވާ ސަބަބަކަށްޓަކައިކަން ވަޒީފާދިން ފަރާތަށް ސާބިތުކޮށްނުދެވޭނަމަ، އެކަށީގެންވާ ސަބަބެއް ނެތި
ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވޭތިވެފައިވާ މުއްދަތުގައި ޢާމްދަނީ ލިބުމުގެ މަގު ބަންދުވެފައިވާތީ،
އެކަމުގެ ބަދަލު ނަގައިދިނުމަށް އެދި ވަރކްސް ކޯޕަރޭޝަން ލިމިޓެޑްއަށް ރައްދުވާ ގޮތަށް 10 ޖޫން 2010
ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި
މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކާއި މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި އދ. މާތޮޑާ | ގަނދަކޯޅިލާގެ މުޙައްމަދު ނިޔާޒް
(ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A043333 ) މައްސަލަ ރައްދުވާ ވާރކްސް ކޯޕަރޭޝަން
· 2
.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4،
3
20]1/HC-A/09
ދިވެހިރާއްޖާގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިމިޓެޑްގެ މެނޭޖަރ، ތިލަފުށި (ލެވެލް 15ބޭންޑް4) ގެ މަޤާމުން 2 ހަފްތާގެ ނޯޓިސް މުއްދަތަށްވާ ފައިސާ
ދިނުމަށްފަހު، 11 މެއި 2010 ގައި ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ
27 ވަނަ މާއްދާގައި ލާޒިމުކުރާ އެކަށީގެންވާ ސަބަބަކާއި ލައިގެން، އެޤާނޫނުގެ 21 ވަނަ މާއްދާއާއި، 22
ވަނަ މާއްދާއާއި، މުޙައްމަދު ނިޔާޒާއި ވަރކްސް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވެވިފައިވާ ވަޒީފާގެ
އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ މަތީންކަން މައްސަލަ ރައްދުވާ ވަރކްސް ކޯޕަރޭޝަން ލިމިޓެޑުން
ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި މުޙައްމަދު ނިޔާޒަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ނުވަތަ
ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ނަގައިދިނުމަށް އެދިފައިވާ އެއްވެސް ބަދަލެއް ނަގައިދިނުމަށް މައްސަލަ
ރައްދުވާ ވަރކްސް ކޯޕަރޭޝަން ލިމިޓެޑަށް އަންގާނޭ ޖާގައެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މިމައްސަލަ ނިންމަމެވެ" މިފަދައިން ބަޔާން ކޮށްފައިވާކަން އެމައްސަލަ ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/160 މައްސަލައިގެ ޙުކުމާއި ގުޅިގެން ގދ.މާތޮޑާގަދަކޯޅިލާގެ މުޙައްމަދު ނިޔާޒްގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ
ތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ވަރކްސް ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް
މުޙައްމަދު ނިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާފަދަ ސަބަބެއް އޮވެގެންކަމުގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމުގައިބުނެ ހުށަހެޅި
* ދެވަނަ ނުކުތާއަކީ: މިގޮތަށް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބަކީ ވެރިންކުރާ އަމުރަށް
ނުކިޔަމަންތެރިވުންކަމުގައި ވަޒީފާދިން ފަރާތުން ބުނެފައިވާއިރު ވެރިންކުރާ ކޮންމެ އަމުރަކަށް ކިޔަމަންވާން
ންކުތއ
3325129 ފެކްސް331647
l
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިގުން،"
އީމެއިލް foighcourt.gov.mvލީsވ
www.highcourt.gov.mv
4
20jj/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖެހޭތޯ ނުވަތަ ނޫންތޯ ނުބައްލަވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ އެވެ.
މަޢުލޫމާތު
މ 4 ހދ38 6
ނިކަމަށްބުނޭ
ތަކަށާއި، އެނުކުތާ
އެންކުތަe
ތިންވަނަ ނުކުތާއަކީ: އަދި ޣައިރު ޤާނޫނީ ޢަމަލެއް ކުރިއަށްދާކަމުގެ މަޢުލޫމާތު ކަމާބެހޭ
ފަރާތަށް ދިނުމަކީ ޤާނޫނީގޮތުން މުޙައްމަދު ނިޔާޒު ކުރަންޖެހޭ ކަމަކަށްވާއިރު، ކަމާބެހޭ ފަރާތަށް
ދިނުމަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދިން ފަރާތުން ބުނި ބުނުމުގެ މައްޗަށް
އެއީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
04- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/160
މައްސަލަ ނިމުނު ގޮތުގެ ރިޕޯރޓަށާއި އެމައްސަލަ ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް
ގދ.މާތޮޑާގަދަކޯޅިލާގެ މުޙައްމަދު ނިޔާޒްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/160 މައްސަލަ އިސްތިއުނާފު
ކުރަމުން، ވަރކްސް ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް މުޙައްމަދު ނިޔާޒު ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާފަދަ ސަބަބެއް އޮވެގެންކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމުގައި ބުނެ، މުޙައްމަދު ނިޔާޒުގެ ފަރާތުން އިސްތިއުނާފު
ކޮށްފައިވާ ނުކުތާއާއި ގުޅިގެން ހައިކޯޓުން ބެލިބެލުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަރކްސް ކޯޕަރޭޝަން
ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، މުޙައްމަދު ނިޔާޒު ވަޒީފާއިން ވަކިކުރުމުގެ ކުރީން،
އޭނާއާމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅުތައް އަންގައިދޭ ދެލިޔުމެއް ހުށަހަޅާފައިވާކަމާއި، އޭގެ ތެރެއިން
އެއްލިޔުމަކީ 16 ސެޕްޓެމްބަރ 2009 ގެ ތާރީޚު ލިޔެފައިވާ "އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން
ނަޞޭޙަތްތެރިވުން" މިފަދައިން ސުރުޚީ ލިޔެފައިވާ ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ނަންބަރު 2009
/
01/HT
ލިމިޓެޑް ގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
، ޑީ ޖީ
5
20jj/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4ތ
އޭނަ
ލިޔުންކަމާއި، އެލިޔުމުގައި މުޙައްމަދު ނިޔާޒު ސޮއިކޮށްފައި ނުވިޔަސް، އެން އެލިޔުމުގައި ސޮއިކުރުމަށް އިންކާރު
ކުރިކަމަށް ހެކިވެ، އެކުންފުނީގެ ދެ މުވައްޒަފު ކަމުގައިވާ ނިޢުމަތު މުމްތާޒު އާ ޢާއިޝަތު ޝަމްލާ އެލިޔުމުގައި
އެތާރީޚުގައި ސޮއިކޮށްފައިވާކަން އެނގޭކަމާއި، އެލިޔުމުގައި، އެކުންފުނީގެ ބޯޑު މެންބަރެއް ކަމުގައިވާ މުޙައްމަދު
ޢާރިފް، އެކުންފުނީގެ ޕްރޮޖެކްޓް އެންޑް އޮޕަރޭޝަންސް ޑިޕާރޓްމަންޓާ ތިލަފުށީ ބިޒްނަސް ސެންޓަރ ހިންގުމަށް
އިސްކުރުމާ ގުޅިގެން، މުޙައްމަދު ޢާރިފުގެ ދަށުން މަސައްކަތްކުރުމަށް ބޭނުންނުވާކަމަށްބުނެ، މުޙައްމަދު ޢާރިފަށް
ނިސްބަތްކޮށް އެކަށީގެންނުވާ ޢިބާރާތުން އޮފީހުގެ އެތެރޭގައާ އޮފީހުން ބޭރުގައި ވާހަކަދައްކާ، ނުރުހުން ފާޅުކޮށް
ހަދާފައިވާކަމާއި، އަދި މަސައްކަތުގެ ދާއިރާއިން މުޙައްމަދު ޢާރިފަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން
ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ގެ އަރިހަށް މުޙައްމަދު ނިޔާޒު ހާޒިރުކޮށް ސުވާލުކުރުމުން،
މުޙައްމަދު ޢާރިފްގެ ދަށުން މަސައްކަތް ކުރުމަށް ހިތްހަމަ ނުޖެހޭކަމަށާ، މުޙައްމަދު ޢާރިފް ގެ ޙުރުމަތް
ކެނޑޭގޮތަށް އޮފީސްތެރޭގައި ވާހަކަ ދައްކާ ހަދާފައިވަނީވެސް މުޙައްމަދު ޢާރިފް ބަދުނާމު ކުރުމުގެ
ބޭނުމުގައިކަމަށް މުޙައްމަދު ނިޔާޒު އިޢުތިރާފު ވެފައިވާތީ، މުޙައްމަދު ނިޔާޒުގެ އެޢަމަލަކީ މުވައްޒަފުން
ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލާއި މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް މުޙައްމަދު ނިޔާޒު ތަކުރާރުކޮށް
ކޮށްފައިވާ ކަމުގައިވާތީ، އެފަދައިން ޢަމަލު ނުކުރުމަށް އަންގާ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން
ނަސޭހަތްތެރިވެފައިވާކަމާއި، އެފަދަ ޢަމަލުތައް ތަކުރާރު ކުރަމުންދާނަމަ އިތުރު ފިޔަވަޅުތައް އަޅަމުން
ގެންދާނެކަމަށް ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ގެ އެލިޔުމުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ދެވަނަ ލިޔުމަކީ،
"އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން މެނޭޖަރ މުޙައްމަދު ނިޔާޒަށް
ނަސޭހަތްތެރިވުން" މިސުރުޚީގެ ދަށުން 19 އޭޕްރީލް 2010 ގެ ތާރީޚު ލިޔެފައިވާ ލިޔުމެއްކަމާއި،
އެލިޔުމުގައިވެސް މުޙައްމަދު ނިޔާޒު ސޮއިކުރުމަށް އިންކާރުކުރުމުން ކުރީގެ ލިޔުމުގައި ސޮއިކޮށްފައިވާ
އެކުންފުނީގެ ދެ މުވައްޒަފުން އެކަމަށް ހެކިވެ ސޮއިކޮށްފައިވާކަމާއި،
އެލިޔުމުގައިވާ ޢިބާރާތަށް ބަލާއިރު، ތިލަފުށީ ބިޒިނަސް ސެންޓަރުގައި ވަގުތީގޮތުން
ގެންގުޅުމަށް ޑިޕީ.އާރ.އެސް އިން އެކުންފުންޏާއި ޙަވާލުކޮށްފައިވާ 15 މީހުން، އެކުންފުނީގެ އިސްވެރީންނަށާވީއްޖޭގެ ހައި
ދ ދ8 (4
ކަންބައެބއެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/09
8
7
CCCX
ޑީ.ޕީ.އާރ.އެސް ގެ އިސްވެރީންނަށްވެސް ނޭގި 08 އޭޕްރީލް 2010 ދުވަހު، މުޙައްމަދު ނިޔާޒު މާލެ
ފޮނުވާލާފައިވުމާއި، އަދި ޖެހިގެން އައިދުވަހު އެ 10 މީހުން އެނބުރި ތިލަފުއްޓަށް ދިޔައިރު، އޭގެ ތެރެއިން
މީހުންގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވޭކަމަށްބުނެ
އެކުންފުނީގެ އިސްވެރިންނަށްވެސް އަދި
ޑީ.ޕީ.އާރ.އެސް ގެ އިސްވެރީންނަށްވެސް ނޭގި، މުޙައްމަދު ނިޔާޒު އަމިއްލައަށް މޯލްޑިވްސް ޕޮލިސްސަރވިސަށް
ގުޅައި، އެތަނުގެ ޓީމެއް ތިލަފުއްޓަށް ގެނެސް އެމީހުންނާމެދު ތަޙްޤީޤު ހިންގާފައިވަނީ، ކުންފުނީގައި
ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އޭގެ ފަހުން އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް
ނަސޭހަތްތެރި ވެފައިވާކަން އެނގެން އޮވެއެވެ.
އަދި ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް ގައި
ދައްކާފައިވާ ވާހަކައަށް ބަލާއިރު، އިސްވެ ބަޔާންކުރެވުނު މައްސަލަތަކުގެ އިތުރުންވެސް އެކިފަހަރު މަތީން
މުޙައްމަދު ނިޔާޒުގެ ޢަމަލުތަކާމެދު އެކި މައްސަލަތައް ދިމާވަމުންދާކަމާއި، ނަމަވެސް އޭނާއަކީ އެކޯޕަރޭޝަނުގެ
ސީނިއަރ މުވައްޒަފަކަށްވާތީ، ގިނަފަހަރަށް އެކަންކަމާބެހޭގޮތުން ވާހަކަ ދައްކާ ނަސޭހަތްތެރިވެފައިވާނީ
އެކޯޕަރޭޝަނުގެ އިސްވެރިން އަގަބަހުންކަމުގައި ބުނެފައިވާކަމާއި،
އަދި އެކޯޕަރޭޝަނުގެ ފަރާތުން ބުނެފައި އެވާ ފަދައިން މުޙައްމަދު ނިޔާޒަށް
ނަސޭހަތްތެރިވެފައިވާކަމާމެދު މުޙައްމަދު ނިޔާޒު އިންކާރުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ
އަދި މުޙައްމަދު ނިޔާޒު ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ގެ މެނޭޖަރ ކަމުގެ މަޤާމުން
ވަކިކުރިކަން އަނގާފައިވާ ލިޔުމުގައި، އެނާ އެވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 10 ވަނަ
މާއްދާއާއި ތަކުރާރުކޮށް ޚިލާފުވުމުން، 27 އޭޕްރިލް 2010 އިން ފެށިގެން 2 ހަފުތާގެ ނޯޓިސް އެއް
ދިނުމަށްފަހު، އެ ނޯޓިސްގެ މުއްދަތު ހަމަވުމާ ގުޅިގެންކަމަށް ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) އިސްވެ ބަޔާންކުރެވުނުފަދައިން މުޙައްމަދު ނިޔާޒު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބަކީ
ވެރިންކުރާ އަމުރަށް ނުކިޔަމަންތެރިވުންކަމުގައި ވަޒީފާދިން ފަރާތުން ބުނެފައިވާއިރު ވެރިންކުރާ ކޮންމެ
އަމުރަކަށް ކިޔަމަންވާން ޖެހޭތޯ ނުވަތަ ނޫންތޯ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި ބަލާa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/09
ނުވާކަމަށް ބުނެ މުޙައްމަދު ނިޔާޒުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން މިމައްސަލަ ހައިކޯޓުން
ބެލުމުގެ ތެރެއިން ބެލިބެލުމުން، މުޙައްމަދު ނިޔާޒު ވަޒީފާއިން ވަކިކޮށްފައިވާ މައިގަޑު ސަބަބުތަކުގެ ތެރޭގައި
ވަޒީފާގެ އެއްބަސްވުމުގެ 10.2 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާފަދައިން ކުންފުނީގެ މައްޗަށް ތިއްބަވާ
ވެރީން ކުންފުނި ހިންގުމަށްޓަކައިކުރާ އަމުރުތަކަށާއި، އަންގާ އެންގުންތަކަށް ގަވައިދާ އެއްގޮތްވާގޮތުގެ މަތިން
އިޖާބަ ނުދިނުމާއި، ވަޒީފާގެ އެއްބަސްވުމުގެ 10.3 ވަނަ ނަންބަރުގައި ބުނާ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓާ
ޚިލާފުވުން ހިމެނޭކަމަށް ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް ގައި
ބުނެފައިވާކަން އެނގެން އޮންނާތީ، ޙަވާލާ ދީފައިވާ ވަޒީފާގެ އެއްބަސްވުމަށް ބެލިއިރު، އެއްބަސްވުމުގެ 10
ވަނަ މާއްދާގައި، "ވަޒީފާއިން ވަކިކުރެވިދާނެ ކަންތައްތައް" މިސުރުޚީގެ ދަށުން 10.2 ގައި، "ކުންފުންޏާއި
ކުންފުނީގެ މައްޗަށް ތިއްބަވާ ވެރިން، ކުންފުނި ހިންގުމަށްޓަކައި ކުރާ އަމުރުތަކަށާއި، އަންގާ އެންގުންތަކަށް
ގަވައިދާ އެއްގޮތްވާގޮތުގެ މަތިން އިޖާބަނުދިނުން." މިފަދައިން ބަޔާން ކުރުމަށްފަހު، 10.3 ގައި،
"ދިވެހިރާއްޖޭގެ ޤާނޫނާއި ގަވައިދާ ޚިލާފުވުން އަދި ވަރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ކޯޑް އޮފް ކޮންޑަކްޓާ
ތަކުރާރުކޮށް ޚިލާފުވުން." މިފަދައިން ބަޔާން ކޮށްފައިވާކަމާއި،
މުޙައްމަދު ނިޔާޒު ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކައަށް ބަލާއިރުވެސް، މުޙައްމަދު ނިޔާޒު އަށްވުރެ މަތީ މަޤާމަކަށް ވަކި މީހަކު އިސްކުރުމާ
ގުޅިގެން ވަޒީފާގެ ހައިސިއްޔަތުން ދޭންޖެހޭ އެއްބާރުލުން އޭނާއަށް މުޙައްމަދު ނިޔާޒު ދީފައިނުވާކަމާއި، އަދި
އޭގެ އިތުރުން މުޙައްމަދު ނިޔާޒުގެ މައްޗަށް އިސްކުރެވުނު މީހާ އާއި ގުޅޭގޮތުން އޮފީސްތެރޭގައާއި އޮފީހުން
ބޭރުގައިވެސް ނޭދެވޭ އެކިވާހަކަތައް ދައްކާފައިވާކަން އެނގެން އޮންނަކަމާއި، އަދި ކުންފުނީގެ ޕޮލިސީ ލެވަލް
އިން ނިންމާފައިވާ އެކިއެކި ނިންމުންތަކަށާއި، ކުންފުނި ހިންގުމުގައި ތަބާވާން
ވާންޖެގެ ބެސްޓް ޕްރެކްޓިސްގެ
މައިގަޑު އުޞޫލުތަކަށްވެސް ތަބާވެފައި ނުވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2010/VTR/160 މައްސަލަ އިސްތިއުނާފު
ކުރަމުން މުޙައްމަދު ނިޔާޒުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން ތިންވަނަ ނުކުތާގައި، ޣައިމީޓީޑީ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/09
0 31
ޤާނޫނީ ޢަމަލެއް ކުރިއަށްދާކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތަށް ދިނުމަކީ ޤާނޫނީގޮތުން މުޙައްމަދު ނިޔާޒު
ކުރަންޖެހޭ ކަމަކަށްވާއިރު، ކަމާބެހޭ ފަރާތަށް މަޢުލޫމާތު ދިނުމަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ
ސަބަބެއްކަމުގައި ވަޒީފާދިން ފަރާތުން ބުނި ބުނުމުގެ މައްޗަށް ބުރަވެ، އެއީ ވަޒީފާއިން ވަކިކުރުމަށް
އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ކަމުގައިބުނެ ފާހަގަކޮށްފައިވާ
ނުކުތާއާއި ގުޅިގެން ހައިކޯޓުގައި މިމައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ މަޖިލީހުން މައްސަލަ އިސްތިއުނާފުކުރާ
ފަރާތަށް ކުރިމަތިކުރުވި ސުވާލުގެ ޖަވާބުގައި، މުޙައްމަދު ނިޔާޒުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ތިންވަނަ
ނުކުތާއަކީ، ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމަކަށް، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު
2010/VTR/160 މައްސަލާގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަކާ ގުޅުވައިގެން ފާހަގަކޮށްފައިވާ
ނުކުތާއެއް ނޫންކަމަށްބުނެ މުޙައްމަދު ނިޔާޒުގެ ފަރާތުން ޖަވާބު ދީފައިވާތީ، އެނުކުތާއަކީ މިމައްސަލާގެ
އިސްތިއުނާފް ނުކުތާއެއްގެ ގޮތުގައި ބަލާގަނެވޭނޭ ނުކުތާއެއް ނޫންކަން އެނގެން އޮވެއެވެ.
ވީމާ، ވަރކްސް ކޯޕަރޭޝަން ލިމިޓެޑްގައި މުޙައްމަދު ނިޔާޒު ވަޒީފާ އަދާކުރަމުން ދަނިކޮށް
އެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާފަދަ ސަބަބެއް އޮވެގެންކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމުގައި މުޙައްމަދު ނިޔާޒު ގެ ފަރާތުން
ފާހަގަކޮށްފައިވާ އިސްތިއުނާފް ނުކުތާއާއި، މުޙައްމަދު ނިޔާޒު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބަކީ ވެރިންކުރާ
އަމުރަށް ނުކިޔަމަންތެރިވުންކަމުގައި ވަޒީފާދިން ފަރާތުން ބުނެފައިވާއިރު ވެރިންކުރާ ކޮންމެ އަމުރަކަށް
ކިޔަމަންވާން ޖެހޭތޯ ނުވަތަ ނޫންތޯ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލާ ނިންމުމުގައި ބަލާފައި
ނުވާކަމަށް ބުނެ މުޙައްމަދު ނިޔާޒުގެ ފަރާތުން ފާހަގަކޮށްފައިވާ ދެ ނުކުތާއަކީ، ހަރުދަނާ އަސާސެއްގެ މައްޗަށް
ބިނާކޮށްފައިވާ ދެނުކުތާ ނޫންކަން ޝަރީޢަތަށް ފާހަގަކުރެވޭތީ، އެދެނުކުތާގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ
ޓްރައިބިއުނަލް ނަންބަރު 2010/VTR/160 މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވާ
ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ އޮތްކަމަކަށް މިމައްސަލަ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ސަބަބެއް
CCC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ | ފޯން 3325 9ސް: 3316471
އީމެއިލް [email protected]
www.highcourt govome
=
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/09
ދެންފަހެ، ގދ.މާތޮޑާاގަނދަކޯޅިލާގެ މުޙައްމަދު ނިޔާޒް (ދ.ރ. ކާޑު ނަންބަރު: A043333)
މައްސަލަ ރައްދުވާ ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖަރ، ތިލަފުށި (ލެވެލް 5/ބޭންޑް4) ގެ މަޤާމުން 2
ހަފްތާގެ ނޯޓިސް މުއްދަތަށްވާ ފައިސާ ދިނުމަށްފަހު، 11 މެއި 2010 ގައި ވަކިކޮށްފައިވަނީ، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ލާޒިމުކުރާ އެކަށީގެންވާ ސަބަބަކާއި
ލައިގެން، އެޤާނޫނުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި، މުޙައްމަދު ނިޔާޒާއި، ވަރކްސް
ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ މަތީންކަން ވަރކްސް
ކޯޕަރޭޝަން ލިމިޓެޑުން ސާބިތުކޮށްދީފައިވާތީ، މުޙައްމަދު ނިޔާޒަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ނުވަތަ
ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ނަގައިދިނުމަށް އެދިފައިވާ އެއްވެސް ބަދަލެއް ނަގައިދިނުމަށް ވަރކްސް
ކޯޕަރޭޝަން ލިމިޓެޑަށް އަންގާނޭ
ނެތްކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު
2010/VTR/160 މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ނިންމަވާފައިވާ ނިންމުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ތާޢީދުކޮށް ޙުކުމް
ކޮށްފީމެވެ.
ޖާގައެއް
ce O
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv