ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/304 ޤަޟިއްޔާގެ ޙުކުމް
1
2{13/HC-A/304
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.ނޏެ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 304/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް؟
* ޔަން:އަޙުޝަން ޙުސައިން
އައިޑީ ކާޑުނަންބަރު: A324936
* ދާއިމީ އެޑްރެސް: ޢަބްހަރީގެ/ އއ.ރަސްދޫ
މިހާރުގެ އެޑްރެސް: ޢަބްހަރީގެ/ އއ.ރަސްދޫ
• އިސްތިއުނާފް ރައްދުވާ ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 އޮކްޓޯބަރ 2013
ނިމުނު ތާރީޚް: 07 އޮކްޓޯބަރ 2013
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު:2013/8506(J
(
MD-145
• ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ތާރީޚް: 26 ސެޕްޓެމްބަރ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ،
ފަނޑިޔާރު އަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޖުފީ، ދީދީ
2
2{13/HC-A/34
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8506(JMD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ ރަސްދޫ ޢަބްރަރީގެ
އަޙުޝަން ޙުސައިންގެ ފަރާތުން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
l- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8506(J
/
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ، އއ. ރަސްދޫ، ޢަބްރަރީގެ އަޙުޝަން ޙުސައިން މައްޗަށް ތުހުމަތު ކުރެވިފައިވާ ފުލުހުންގެ
ގައިގާ ތަޅާމާރާ މާރީ ހިންގާ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ
ކަންކަމާއި ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާ ރިޢާޔަތްކުރާއިރު މިވަގުތު އަޙުޝަނު ޙުސައިން ދޫކޮށްލުމަކީ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރި ކަމެއް ކަމަށް ނުފެންނާތީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި އަޙުޝަތު ޙުސައިން 2013 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން
2013 އޮކްޓޯބަރ 06 ވަނަ ދުވަހުގެ 16:29 ގެ ނިޔަލަށް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8506(J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވައިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން
އއ.ރަސްދޫ، ޢަބްރަރީގެ އަޙުޝަން ޙުސައިންގެ ފަރާތުން 03 (ތިނެއް) ނުކުތާ ފާހަގަކޮށް، އެ ނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާ އާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ
ބެއްލެވުމެއްނެތި ހަމައެކަނި ފުލުހުން ބުނާބުނުމެއްގެ މައްޗަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ޖުފީ، ދީދީ
3
2{13/HC-A/304
ޘާޝިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ދެވަނަ ނުކުތާއަކީ: ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ
"ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: ބަންދުގައި ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބު ބަޔާންކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03 ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8506(J
(
MD-145 ކޯޓު އަމުރަށާއި،
އެއަމުރު އިސްތިއުނާފު ކުރުމަށް އއ. ރަސްދޫ، ޢަބްހަރީގެ އަޙުޝަން ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ
ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު ކުރެވިފައިމިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/8506(J
/
MD-145 ކޯޓު އަމުރަކީ އއ. ރަސްދޫ . އަބްހާރީގެ އަޙުޝަން ޙުސައިންގެ މައްޗަށް
ތުހުމަތު ކުރެވުނު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި އަދި
ފުލުހުންގެ ގައިގާ މާރާމާރީ ހިންގިކަމުގެ ކުށުގެ މައްސަލައިގައި، 26 ސެޕްޓެމްބަރ 2013 ދުވަހު 16:30
އިން ފެށިގެން 06 އޮކްޓޯބަރ 2013 ދުވަހު 16:29 އަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ
އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި އަޙްޝަން ޙުސައިން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި
ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރު ނެރުއްވި ސަބަބަކީ، އެވަގުތު އޭނާ ދޫކޮށްލުމަ
ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރި ކަމެއްކަމަށް ފެނިވަޑައިނުގަންނަވާތީ، މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި ކަން އެނގެން އޮންނަކަމެވެ.
މުޖުތަމަޢުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޖުފީ، ދީދީ
4
2{13/HC-A/304
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<< O
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި، 49
ވަނަ މާއްދާއާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް، އަދި އަޙްޝަން ޙުސައިންއަކީ
އެމާއްދާތަކަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާބުނުމެއްގެ މައްޗަށް އަޙްޝަން
ޙުސައިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށް ބުނެ އަޙް ޝަން ޙުސައިންގެ ފަރާތުން ހުށަހެޅި
ނުކުތާއަށް ބެލިއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަކީ ކުށެއްގެ ތުހުމަތުގައި މީހަކު
ހައްޔަރު ނުވަތަ ބަންދުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، މި މާއްދާގައި ވަނީ "ހައްޔަރު ކުރާ
މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ އެވަގުތު އެއުޅެނީ ކުށެއް ކުރާން ކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން
ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި
ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ"
މިފަދައިންކަމަށްވާއިރު،
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގިކަމުގެ
ތުހުމަތުގައި، އަޙްޝަން ޙުސައިން ހައްޔަރުކުރުމުގެ އަމުރަކަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް
ކޯޓަށް ހުށަހެޅުމުން، އެކޯޓުގެ ނަންބަރު
2013
/
49/HA
)
UMC
-
B) ކޯޓު އަމުރުން 25 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 23:45 އިން
ފެށިގެން 24 ގަޑިއިރުގެ ތެރޭގައި، އއ. ރަސްދޫ އަބްރަރީގެ އަޙުޝަން ޙުސައިން ހައްޔަރުކުރުމުގެ އަމުރު
ނެރެދެއްވާފައިވާކަން އެއަމުރަށް ބެލުމުން އެނގެން އޮންނަކަމާއި އެހެންކަމުން އަޙްޝަން ޙުސައިން
ހައްޔަރުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ޙާލަތްތަކުންކުރެ ޙާލަތެއްނެތި، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށްކަމަށް
ﷲ 0 ﷲ 0x3
0ވނތނއނޗކެނ
އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ޖުފީ، ދީދީ
5
2{13/HC-A/304
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައި ވާ މީހާ ހައްޔަރުގައި ނުވަތަ
ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ
މާއްދާތަށްކަމާއި، މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ
ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ މީހެއްގެ
ކިބައިގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް ޖިންވަރަށާއި، އަދި އެހާދިސާ ތަޙްޤީޤުކުރުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ފަހ ޤަކރައްވާފައިވާކަން އެނ! 0
x
0 ދމާއި،
6
2{13/HC-A/304
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅެ ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު : TD057372 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ބަންދު ކުރިތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ
ފޯމް" އަށް
އަށް ބަލާއިރު އަޙުޝަން ޙުސައިންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގައިގާ ތަޅައި މާރާމާރީ
ހިންގުމުގެ ކުށްކަން އެފޯމް އަށް ބެލުމުން އެނގެން އޮންނަކަމާއި އަދި އަޙްޝަން ޙުސައިންގެ މައްޗަށް
މިތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަން އެފޯމަށް ބެލުމުން އެނގެން އޮންނަކަމާއި
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެ، އަމަން އަމާންކަން ގެއްލިދާފަދަ ކަމެއްކަމާއި، އަދި މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
ޤަޟިއްޔާ އާއި،
ޤަޟިއްޔާގައިވެސް
2012/HC-A/213
2013/HC-A/120
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި "މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާ ސަބަބެއް
އޮންނަމަ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު
ފަނޑިޔާރަށް ނެރެދެވިދާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ށ) ގައި "އެމީހަކު
ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔަންވާނެއެވެ. މިފަދައިން ބަޔާންކޮށްފައިވާއިރު،
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2{13/HC-A/304
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8506(J(MD-145 ކޯޓު އަމުރުގައި
އއ.ރަސްދޫ، ޢަބްރަރީގެ އަޙުޝަން ޙުސައިން ބަންދުގައި ބަހައްޓަންވީ
މުއްދަތުގެ
ގޮތުގައި
ކަނޑައަޅުއްވާފައިވަނީ 10 (ދިހައެއް) ދުވަހުގެ މުއްދަތުކަން އެ އަމުރަށް ބެލުމުން އެނގެންއޮންނަކަމާއި، އަދި
އެއަމުރުގައި އަޙުޝަން ޙުސައިން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި "މީނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ފުލުހުންގެ ގައިގާ ތަޅާމާރީ ހިންގާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މިމައްސަލައާއި
ގުޅިގެން ހުށަހަޅާފައިވާ ކަންކަމާއި، ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާ ރިޢާޔަތްކުރާއިރު މިވަގުތު މީނާ
ދޫކޮށްލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރިކަމެއްކަމަށް ނުފެންނާތީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި" ކަމަށް ބަޔާންކުރައްވާފައިވާކަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8506(J/MD-145 ކޯޓު
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް ނެރުއްވާފައިވާ
އަމުރެއް ކަމަށް ބެލޭނެ ތަނެއް ނެތްކަމާއި އަދި އަޙްޝަން ޙުސައިން ބަންދުގައި ބެހެއްޓުމަށް ނިންމެވި
ނިންމެވުމަށް ވާޞިލްވި ސަބަބު ބަޔާންނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމުގައި
22
22
22
2 ބ 2
0
04
ބލިނ ތނނތ
ކަންވެސް ފާހަގަކުރެވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8506(J
(
MD-145 ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް
02 ތ 2ތ24
شرمی او کره و
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޖުފީ، ދީދީ
8
2013/HC-A/304
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2013/8506(J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
oxo
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޖުފީ، ދީދީ