ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޙުކުމް
2015/HC-A/298
l
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
,އޭޖޭ*
29-
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރު: 298/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢާއިޝަތު ޙުސައިން މަނިކު
އައިޑީ ކާޑު ނަންބަރު: A035046
ދާއިމީ އެޑްރެސް: ހ.ރީދޫކޮކާގެ| މާލެ
މިހާރުގެ އެޑްރެސް: ހ.ރީދޫކޮކާގެ/ މާލެ
*
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ޛުލްޤަޢިދާ 1436 * ނިމުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1438
20 އޮގަސްޓް 2015
25 ޖަނަވަރީ 2017
49789
އެލްފެބެއް
އިސްތި ކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv
-
C/1861
ނިންމެވި ކޯޓު: ސިވިލް ކޯޓު
ހުށަހެޅުނުތާރީޚް: 03 ސެޕްޓެމްބަރ 2014 * ނިމުނު ތާރީޚް: 31 މެއި 2015
l of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އަޢު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/298
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
03-10:
#
10 :
ފިހުރިސްތު
01- ދަޢުވާގެ ޚުލާޞާ
ޞަފްޙާ ނަންބަރ 03
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
04- މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފު ކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން،
ސްޓޭޓް އެޓަރނީ އދއ.ޢާއިޝަތު އިފާދާ ދެއްކި ވާހަކަތައް:
މަޙްޝަރު ނަންބަރު: 08-01 :HC
-
A
-
298_Mpg-2015
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ޢާއިޝަތު ޙުސައިންމަނިކު ހ. ރީދޫކޮކާގެ ދެއްކި ވާހަކަތައް:
މަޙްޝަރު ނަންބަރު: 27-09 :HC
-
A
-
298 Mpg-2015
05-މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1. ސިވިލް ކޯޓުގެ ނަންބަރު:2014/Cv
-
C/1861 ޤަޟިއްޔާ (ރިޕޯޓުގައި ނުހިމަނާ)
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:39
2 of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އިމެއިލް: [email protected] ވެބް ސައިޓް: Www.highcourt.gov.mv
2015/HC-A{298
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0)
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1861 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުއީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން އެމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ހ.ރީދޫކޮކާގެ މާލެ ޢާއިޝަތު ޙުސައިން
މަނިކުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1861 ޤަޟިއްޔާއަކީ، 1995 ވަނަ އަހަރުގެ
ފެބުރުއަރީ 27 ވަނަ ދުވަހު ޅ.މާފިލާފުށިން ހ.ރީދޫކޮކާގެ/ މާލެ، ޢާއިޝަތު ޙުސައިން މަނިކަށް
ދޫކޮށްފައިވާ 5 ހާސް އަކަފޫޓުގެ ބަންޑާރަ ބިމުގައި ޢާއިޝަތު ޙުސައިން މަނިކު 02 (ދޭއް) ބުރީގެ
ޢިމާރާތެއް ހަދައި، ދިރިއުޅެމުން ދަނިކޮށް ދިވެހި ސަރުކާރުން ޅ.މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި
ހަމަޖެއްސުމާ ގުޅިގެން، ޢާއިޝަތު ޙުސައިން މަނިކަށް ޅ.މާފިލާފުށިން ދޫކޮށްފައިވާ 5 ހާސް އަކަފޫޓުގެ
ބިމުގައި ހަދާފައިވާ 2 ބުރި (ދިރިއުޅޭގޮތަށް) ޢިމާރާތާއި، ވަޅާއި، ވަށާފާރު ރާނައި، މިނޫންވެސް މިފަދަ
ހުރިހާ ތަނެއް (އަދި ރުއްގަހާއި) ގެ ފުރިހަމަ ބަދަލު ލިބިގަތުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ
އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް ހ.ރީދޫކޮކާގެ| މާލެ، ޢާއިޝަތު ޙުސައިން މަނިކު ދަޢުވާކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި،
ހުށަހެޅިފައިވާ ބަޔާންތަކަށާއި، ލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، 1995 ވަނަ އަހަރުގެ
ފެބުރުއަރީ 27 ވަނަ ދުވަހުގެ ދަޢުވާކުރާ މ.ރީދޫކޮކާގެ| މާލެ، ޢާއިޝަތު ޙުސައިން މަނިކު
ދިރިއުޅުމަށްޓަކައި ޅ.މާފިލާފުށިން 5000 އަކަފޫޓުގެ ގޯއްޗެއް ސަރުކާރުން ޢާއިޝަތު ޙުސައިން މަނިކަށް
ދޫކޮށްފައިވާކަމާއި، ހަމަޖެހިފައިވާ ޤަވާޢިދުގެ މަތީން، މިގޯތީގެ ވަށާފާރު ރޭނުމުން، މި ގޯތި ޅ.މާފިލާފުށި
ސީވޭލް" މިނަމުގައި ވަކި ގޯއްޗެއްގެ ގޮތުގައި މި ގޯއްޗާއި ޢިމާރާތްތައް، ހ.ރީދޫކޮކާގެ| މާލެ، ޢާއިޝަތު
ޙުސައިން މަނިކުގެ ނަމުގައި ނަންބަރު 2000/03 (18 މާރޗް 2000)، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ،
ޅ.މާފިލާފުށި ޕްރޮޖެކްޓް އޮފީހުން ހައްދަވައިދީފައިވާކަމާއި،
ޅ.މާފިލާފުށި ޕްރޮޖެކްޓް އޮފީހުން ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި މިގޯތި ރަޖިސްޓްރީ
ކޮށްދެއްވުމުން، ޢާއިޝަތު ޙުސައިން މަނިކުގެ އަމިއްލަ ޚަރަދުގައި ގޯތީގައި 02 (ދޭއް) ބުރީގެ ޢިމާރާތެއް
ކޮންކްރީޓްކޮށްގެން ހަދައި ނިންމައި، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް ޢިމާރާތާއި ގޯތީގައި
3 of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
މެއިލް: [email protected] ވެބް ސައިޓް: www.tighcourt.gov.mv
4
2015/HC-A{298
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކުރުމަށްފަހު، ޢާއިޝަތު ޙުސައިން މަނިކު އާއި، ޢާއިޝަތު ޙުސައިން މަނިކުގެ ޢާއިލާ
ޅ.މާފިލާފުށީގައި ދިރިއުޅެމުން ގެންގޮސްފައިވާކަން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަހުން އެނގެން
އޮންނަކަމާއި، ޅ.މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައި ޅ.މާފިލާފުށީގައި
ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި އެޢާއިލާތަކުން ޅ.މާފިލާފުށީގައި
ދިރިއުޅެމުންދިޔަ ޢިމާރާތާއި ގޯތީގެ ބަދަލުގައި، އެ ޢާއިލާތައް ނިސްބަތްވާ ސަރަޙައްދުތަކުން މިހާތަނަށް
ޖުމްލަ 34 ޢާއިލާއަކަށް ފްލެޓް އާއި، ރޯހައުސް ފަދަ ބޯހިޔާވަހިކަން ދައުލަތުގެ ފަރާތުން
ދެއްވާފައިވާކަމާއި، މިގޮތުން ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން
19 ޢާއިލާއަކަށް ހުޅުމާލެއިން ފްލެޓް ދެއްވާފައިވާކަމާއި، އަދި މީގެ އިތުރުން ޅ.މާފިލާފުށީގައި ހުރި މި
ޢާއިލާތަކުގެ ރުއްގަހުގެ ބަދަލުގެ ގޮތުގައާއި، ޢިނާޔަތެއްގެ ގޮތުގައި ބަދަލު ދެވުނު ކޮންމެ ޢާއިލާއަކަށް
-/50,000ރ. (ފަންސާސްހާސް ރުފިޔާ) ދިވެހި ދައުލަތުގެ ފަރާތުން މި ޢާއިލާތަކަށް ދެއްވާފައި އޮންނަކަން
އެނގެން އޮތުމާއި،
ދަޢުވާކުރާ މ.ރީދޫކޮކާގެ މާލެ، ޢާއިޝަތު ޙުސައިން މަނިކު އަކީވެސް ޅ.މާފިލާފުށީގައި
ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން މާލެއަށް ނިސްބަތްވާ ފަރާތެއްކަމާއި، ނަމަވެސް ހ.ރީދޫކޮކާގެ{ މާލެ،
އާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ.މާފިލާފުށި "ސްވޭލް" ނަމަކަށްކިޔާ
ގޯއްޗާއި، މިގޯތީގައިވާ ޢިމާރާތް ނުވަތަ ނުއުފުލޭ މުދަލަށް އޭގެ ޛާތުންވިޔަސް ޢަދުލުވެރި ބަދަލެއް
ދައުލަތުގެ ފަރާތުން އަދި މިހާތަނަށް ދެއްވާފައި ނުވާކަމާއި،
ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަޙައްދުތަކުގައި
ހުރި ރަށްރަށަށް ބަދަލުކޮށް، ޅ.މާފިލާފުށްޓަކީ ފަޅުރަށެއްގެ ގޮތުގައި، ދިވެހި ސަރުކާރުން ހަމަޖައްސަވާފައި
އޮތް އޮތުމަކީ، ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ގޯތިތަކާއި، ދަނޑުފަގު ބިންތައް ދައުލަތަށް
ނެގެވިގެންވާ ގޮތުގައި ޝާމިލުވެގެން ޢާއިޝަތު ޙުސައިން މަނިކު ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ޅ.މާފިލާފުށި "ސްވޭލް" ނަމަކަށްކިޔާ މިގޯތި ދައުލަތަށް ނެގެވިގެންވާ ޢަމަލަކަށްވާތީ، މީހުންގެ މިލްކު
އެއްޗެތި ދައުލަތަށް ބޭނުން ވެގެން ހިފެވި ނެގެވޭނީ ޢަދުލުވެރި ބަދަލު ދިނުމަށްފަހު ނުވަތަ އަގެއް
ކިއުއްވައި އެއަގު ދިނުމަށްފަހުގައި ކަން 07 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފެށިގެން އަންނަ
ދިވެހިރާއްޖޭގެ
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ އާއި، އަދި ޤާނޫނު ނަންބަރު 44
/
68ޖީ.
(ޢާންމު ޤާނޫނުތަކެއް) ގެ 07 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، ޅ.މާފިލާފުށި ފަޅުރަށެއްގެ
ގޮތުގައި ދިވެހި ސަރުކާރުން ހަމަޖައްސައި، ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް
ބަދަލުކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު ކުރުމުގައި ބަދަލުދެއްވި ބީދައިން
ޅ.މާފިލާފުށި "ސީވޭލް" ނަމަކަށްކިޔާ ގޯއްޗާއި ޢިމާރާތުގެ ބަދަލެއްގެ ގޮތުގައި ހުޅުމާލޭގެ ބިމުން ގޯއްޗެއް
4 of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާޢްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ހަކީe
2015/HC-A/298
ޤަޟިއްޔާ ނމުނު
h,
2
ނުވަތަ ފްލެޓެއް، ހ.ރީދޫކޮކާގެ| މާލެ، ޢާއިޝަތު ޙުސައިން މަނިކަށް ލިބިދޭންޖެހޭކަން ހުށަހެޅިފައިވާ
ލިޔުންތަކުންނާއި، ދެފަރާތުގެ ބަހުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް
ނިސްބަތްވާ ސަރަޙައްދުތަކުގައިވާ ރަށްރަށަށް ބަދަލުކުރުމުގައި މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް
ބަދަލުކުރުމުގައި ގޯތި ގެދޮރަށް އޭގެ ޛާތުން ބަދަލުދެއްވާފައިވާ ގޮތާއި، އެއްހަމަވެގެންވާ ގޮތަށް، އެބީދައިން
ހ.ރީދޫކޮކާގެ/ މާލެ، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މާފިލާފުށި ސީވޭވް"
ނަމަކަށްކިޔާ ގެ އާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ 3 (ތިނެއް) ކޮޓަރީގެ ފްލެޓެއް
31 މެއި 2015 ދުވަހުން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ހ.ރީދޫކޮކާގެ/ މާލެ،
ޢާއިޝަތު ޙުސައިން މަނިކު އާއި ޙަވާލުކުރުމަށް ދިވެހި ސަރުކާރަށް އަންގައި،
މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލު، ދަޢުވާކުރާ ފަރާތުން
މިންކޮށްފައިވާ ގޮތުގެ އެއްވެސް ހެއްކެއް ދަޢުވާކުރާ ފަރާތުން މިޝަރީޢަތަށް ހުށަހަޅާފައި ނުވާތީ،
ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާނެ ޝަރުއީ އަދި
ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1861
ޤަޟިއްޔާ ނިންމެވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ކަމަށްބުނެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރުމަށް 03 (ތިނެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: ޅ.މާފިލާފުށީގައި ދިރިއުޅުނު ޢާއިލާތަކަށް ބަދަލުދިނުމުގައި ޢަމަލުކުރުމަށް
ވަޒީރުންގެ މަޖިލީހުން ވަކި އުޞޫލެއް ފާސްކުރައްވައި، އެއުޞޫލުގައި ވަކި ޝަރުތެއް
ކަނޑައެޅިފައިވަނިކޮށް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވަނީ އިސްވެ ދެންނެވުނު މާފިލާފުށީގައި ދިރިއުޅުނު ޢާއިލާތަކަށް ބަދަލުދިނުމުގައި
ޢަމަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި
1861/Cv-C/2014
ތަކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1861 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި، ދިވެހިރާއްޖޭގައި ހިންގާ ޝަރީޢަތްތައް
ހިންގަންވާނީ ޢަދުލުވެރިކަމާ ހާމަކަމާއެކުގައިކަމަށް އޮންނަ އޮތުމާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
5 of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.highcourt
,
gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2015/HC-A/298
ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި، މައްސަލަ ނިންމުމުގައި، މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި
ޤާރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނެކަމަށް އޮންނަ އޮތުމާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި
ނަކުތައވެ.
• ތިންވަނަ ނުކުތާއަކީ: ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި،
ތަކެތީގެ
ޝަރުޢީ އަގެއް ކަނޑައަޅަން ޖެހިއްޖެ ޙާލަތެއްގައި ޢަމަލުކުރަންޖެހޭނެ ގޮތް ”ޝަރުޢީ އަގުކުރުމާބެހޭ
ޤަވާޢިދު ގައި ބަޔާންކުރައްވާފައިވީ ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1861
ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލު ދިނުމަށް ޙުކުމްކުރައްވާފައިވަނީ އިސްވެ ދެންނެވި
ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ކަންތައްތައް
މިއެތައް
1861/Cv-C/2014
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1861 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ޢާއިޝަތު
ޙުސައިން މަނިކުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ފާހަގަކު
(ހ) އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ ރައްދުވާ ގޮތަށް ދިވެހި
ދައުލަތުގެ މައްޗަށް ހ.ރީދޫކޮކާގެ، ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން އުފުލާފައިވާ ދަޢުވާއަށް
ބަލާއިރު، އެދަޢުވާއަކީ ޢާއިޝަތު ޙުސައިން މަނިކަށް ޅ.މާފިލާފުށިން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ
"ސީވޭލް" ނަމަކަށް ކިޔާ 5000 އަކަފޫޓުގެ ގޯތީގައި ޢިމާރާތްކޮށް ދިރިއުޅެމުން ދަނިކޮށް، 2011 ވަނަ
އަހަރު ސަރުކާރުން އެރަށަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމުން، އެގޯއްޗަށް ބަދަލުދެއްވާފައި ނުވާތީ،
އޭގެ ޒާތުން ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއެއްކަން
އެނގެން އޮންނައިރު،
މިދަޢުވާގައި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން އެދިފައިވަނީ ޢާއިޝަތު ޙުސައިން
މަނިކަށް ޅ.މާފިލާފުށިން ލިބިފައިވާ 5000 އަކަފޫޓުގެ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ގެއްލި
ހަލާކުވެދިޔަ ތަކެތީގެ ޖުމްލަ އަގެއްގެ ގޮތުގައި 3.2 (ތިންމިލިޔަން ދެލައްކަ) ރުފިޔާ ދައުލަތުން
ނަގައިދިނުމަށާއި އެ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ބަދަލު އޭގެ ޒާތުން ލިބިގަތުމުގެ ގޮތުން ހުޅުމާލެއިން
ނުވަތަ މާލެއިން ބިމެއް ލިބިދިނުންކަން އެނގެން އޮވެއެވެ.
8234އ
ފްރާތްތަކަށް
32
6 of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އިމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
،
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2015/HC-A/298
c &
(ށ) މިމައްސަލަ ނިންމަވަމުން ސިވިލްކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ މައްޗަށް
ބެލުމުން، ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ މާލީބަދަލު ޝަރީޢަތަށް
ބަދަލު ޝަރީޢަތުން ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނުވާކަމަށް ކަނޑައަޅުއްވައި، ޅ.މާފިލާފުށި
ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސައި އެރަށުގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް
ބަދަލުކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ
ޢާއިލާތަކަށް، އެ ޢާއިލާތަކުގެ ގޯތިގެދޮރާއި ޢިމާރާތްތަކުގެ ބަދަލުގައި ހުޅުމާލެއިން ފްލެޓް ދީފައިވާކަމަށާއި
އެހެންކަމުން އެމީހުންނަށް ހުޅުމާލެއިން ފްލެޓް ދިން ބީދައިން ޢާއިޝަތު ޙުސައިން މަނިކުއަށް ވެސް
ހުޅުމާލެއިން ފްލެޓެއް ދޭންޖެހޭކަން ޝަރުޢީ ހަމަތަކުގެ މަތިން އެނގެން އޮންނަކަމަށް ބަޔާންކޮށް،
ޢާއިޝަތު ޙުސައިން މަނިކު އަށް ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ 03 (ތިނެއް) ކޮޓަރީގެ ފްލެޓެއް
ދިނުމަށް އަންގަވައި އެފަދައިން ޙުކުމް އެވާފައިވާކަން
OLC
18
¢¢ ¢0
މީމިތމި ހިޢީތުގައިވާކަން އެނގެން އޮވެއެވެ.
ކމކރއވ
404
(ނ) ޅ.މާފިލާފުއްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައިވަނީ
2011 އެޕްރީލް 05 ވަނަ ދުވަހު އޮތް ކެބިނެޓްގެ ބައްދަލުވުމަށް
އްދަލުވުމަކުންކަމާއި، އެފަދައިން ސަރުކާރުން
ހަމަޖެއްސުމާ ގުޅިގެން ޅ.މާފިލާފުށީގައި އޭރު ދިރިއުޅެމުން ގެންދިޔަ ޢާއިލާތަކަށް ބޯހިޔާވަހިކަން
ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައި
30 އޭޕްރީލް 2013 ގައި ވަޒީރުންގެ މަޖްލީހުން އުޞޫލެއް ފާސްކޮށްފައިވާކަމާއި،
މިއުޞޫލަށް ބެލުމުން މިއުޞޫލުގައި ބަޔާންކޮށްފައިވަނީ، އެރަށުގައި ދިރިއުޅުނު ފަރާތްތަކުގެ
ތެރެއިން މާލެ ސަރަޙައްދަށް ބަދަލުވުމަށް އެދުނު ޢާއިލާތަކުގެ ތެރޭގައި ހިމެނޭ، މާލޭގެ ރައްޔިތުންގެ
ތެރެއިން އަމިއްލަ ގެދޮރު މާލޭގައި ނެތް ޢާއިލާތަކަށް ހުޅުމާލެއިން ފްލެޓް ދިނުމަށާއި، މާލޭގައި ގެދޮރު ހުރި
މާލޭގެ ރައްޔިތުންގެ ތެރެއިން މާފިލާފުށީގައި ގެދޮރު ޢިމާރާތްކޮށްގެން އޭރު ތިބި ޢާއިލާތަކުގެ ގެތައް
އަގުކޮށް، ޝަރުއީ ބަދަލު އެފަރާތްތަކަށް ދިނުމަށްކަން އެނގެން އޮންނަކަމާއިގެ
މިއުޞޫލުގެ މައްޗަށް ބެލުމުން މާފިލާފުށިން އެފަރާތްތަކަށް ދޫކޮށްފައިވާ ގޯތީގެ ބަދަލުގައި
ހުޅުމާލެއިން ހައުސިންގ ޔުނިޓެއް ލިބެނީ، އެފަރާތަކީ މާލޭ ސަރަޙައްދަށް ނިސްބަތްވާ ފަރާތަކަށްވުމުގެ
އިތުރުން، އެފަރާތުގެ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑުބިމެއް ރަޖިސްޓްރީކުރެވިފައިނުވާ
ފަރާތަކަށްކަމަށާއި، އެފަރާތެއްގެ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑު ބިމެއް
ރަޖިސްޓްރީކުރެވިފައިވާނަމަ ބަދަލުގައި މާލޭގެ ސަރަޙައްދުގައިވާ ރަށްތައް ފިޔަވައި އެހެން ސަރަޙައްދުތަކުން
ގޯއްޗެއް އެފަރާތަކަށް ލިބިގެންދާނެކަމަށް ދައުލަތުގެ ފަރާތުން ބުނާކަން އެނގެން އޮންނައިރު، ޢާއިޝަތު
· 4
04
3 of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2015/HC-A/298
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
42
4
43 32ވ
ޙުސައިން މަނިކަކީ ޢާއިޝަތު ޙުސައިން މަނިކުގެ އަމިއްލަ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑު
ގޯއްޗެއް ރަޖިސްޓްރީވެފައި އޮންނަ ފަރާތަކަށްވާތީ، ޢާއިޝަތު ޙުސައިން މަނިކަށް ހުޅުމާލެއިން ހައުސިންގ
ޔުނިޓެއް ލިބުމުގެ ޝަރުތު ފުރިހަމަނުވާނެކަމަށާއި، އެހެންނަމަވެސް ޢާއިޝަތު ޙުސައިން މަނިކު އެދޭނަމަ
ޢާއިޝަތު ޙުސައިން މަނިކަށް މާލެ ސަރަޙައްދުގައިވާ ރަށްތައް ފިޔަވައި އެހެން ސަރަޙައްދުތަކުން
ލިބުމުގެ ޝަރުތު ފުރިހަމަވާކަމަށް ދައުލަތުގެ ފަރާތުން ބުނާކަން އެނގެން އޮވެއެވެ.
(ރ) ޢާއިޝަތު ޙުސައިން މަނިކުގެ އަމިއްލަ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑު
ގޯއްޗެއް ރަޖިސްޓްރީވެފައި އޮންނަކަމަށް ދައުލަތުގެ ފަރާތުން ބުނާބުނުމަށް ޢާއިޝަތު ޙުސައިން މަނިކުގެ
ފަރާތުން އިންކާރުކޮށްފައިނުވާކަމާއި، އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު ޅ.މާފިލާފުށީގައި އޭރު
ދިރިއުޅެމުން ގެންދިޔަ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް
ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން އަމަލުކުރި އުޞޫލަށް
ބެލުމުން ޢާއިޝަތު ޙުސައިން މަނިކަށް ބޯހިޔާވަހިކަމުގެ ގޮތުގައި ހުޅުމާލެއިން ހައުސިންގ ޔުނިޓެއް
ޙައްޤުނުވާކަން އެނގޭކަމާއި؛
އެހެންނަމަވެސް، އެއުޞޫލުގައި ބަޔާންކުރާގޮތުން އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރުމުން
ޅ.މާފިލާފުށީގައި އޮތް ޢާއިޝަތު ޙުސައިން މަނިކުގެ "ސްވޭލް" ނަމަކަށްކިޔާ ގޯތީގައި ކޮށްފައިވާ
ޢިމާރާތްތަކާއި އެގޯތީގައި ހުރި އެންމެހައި ރުއްގަސްފަދަ އެންމެހައި ތަކެއްޗަށް ޢަދުލުވެރި ޝަރުޢީ ބަދަލެއް
ޢާއިޝަތު ޙުސައިން މަނިކަށް ދިނުން ދައުލަތުގެ މައްޗަށް ލާޒިމްވާނެކަމާއި، އަދި ޢާއިޝަތު ޙުސައިން
މަނިކު އެދޭނަމަ ޢާއިޝަތު ޙުސައިން މަނިކަށް މާލެ ސަރަޙައްދުގައިވާ ރަށްތައް ފިޔަވައި އެހެން
ސަރަޙައްދުތަކުން ގޯއްޗެއް ލިބުމުގެ ފުރުސަތު ދައުލަތުގެ ފަރާތުން ތަނަވަސްކޮށްދޭންޖެހޭކަމާއި، މިކަންއޮތީ
މިބުނެވުނު ގޮތަށްކަމާމެދު ދައުލަތުގެ ފަރާތުންވެސް އިންކާރުނުކުރާކަން އެނގެއެވެ.
(ބ) ޅ.މާފިލާފުށީގައި ދިރިއުޅެމުން ގެންދިޔަ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ
ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި 30 އޭޕްރީލް
2013 ގައި ވަޒީރުންގެ މަޖްލީހުން ފާސްކޮށްފައިވާ އުސޫލާ ޚިލާފަށް މާލޭ ސަރަޙައްދަށް ނިސްބަތްވާ
ފަރާތަކަށް އަދި އެފަރާތުގެ އަމިއްލަ ނަމުގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތް ފަރާތަކަށްވެސް
ހުޅުމާލެއިން ހައުސިންގ ޔުނިޓެއް ދީފައިވާކަމަށް ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ބުނެ މާލެއިން
595 އަކަފޫޓު ލިބިފައިވާކަމަށްބުނާ މ.އީވެ، އިބްރާހިމް ނާޒިމްގެ ނަން ފާހަގަކޮށް އޭނާއަށްވެސް
ހުޅުމާލެއިން ފްލެޓެއް ދިނުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައިވާކަމަށް ޢާއިޝަތު ޙުސައިން މަނިކުގެ
ފަރާތުން ބުނާއިރު، އިޝާރާތްކުރެވުނު އުޞޫލާ ޚިލާފަށް އެއްވެސް ފަރާތަކަށް ހުޅުމާލެއިން ހައުސިންގ
ޔުނިޓެއް ދޫކޮށްފައިނުވާނެކަމަށް ދައުލަތުގެ ފަރާތުންބުނާކަމާއިގެ
*4 ޖީ
8 of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: ww.liighcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ
2015/I-IC-A/298
ނިއްޖޭ
އއ 22 ހއ
އފަރުeއ
3 3 ,
އެގޮތުން ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ފާހަގަކޮށްފައިވާ އިބްރާހިމް ނާޒިމްއާ
ގުޅޭގޮތުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، އިބްރާހިމް ނާޒިމްގެ ރަޖިސްޓްރީކުރެވިފައިވާ
މ.މާކަރީއުތުރުބައި އެވެ ކިޔުނު ބަންޑާރަ ގޯއްޗަކީ އިބްރާހިމް ނާޒިމްގެ އަމިއްލަ ނަމުގައި އޮތް ހަމައެކަނި
އިބްރާހިމް ނާޒިމްގެ ގޯއްޗެއް ނޫންކަމަށާއި، އެގޯއްޗަކީ އިބްރާހިމް ނާޒިލް އާއި ޢަލީ ނާޒިމްއެވެ ކިޔާ
މީހަކާއި ދެމީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގޯއްޗަކަށްވާއިރު، އެގޯތި ބެހެނިވެރިންގެ މެދުގައި
ހަމައަށް ބެހުމުން އިބްރާހިމް ނާޒިމަށް ލިބޭ ބައިގެ ބޮޑުމިން 500 އަކަފޫޓު ހަމަނުވާތީ، ހުޅުމާލެއިން
ފްލެޓް ލިބުމަށް އެފަރާތް ޝަރުތުފުރިހަމަވެފައިވާކަމަށް ބުނާކަމާއި،
މިކަން އޮތީ މިގޮތަށް ނޫންކަން ޢާއިޝަތު ޙުސައިން މަނިކަށް ބުނެދެވިފައިނެތްއިރު،
ހުޅުމާލެއިން ހައުސިންގ ޔުނިޓެއް އިބްރާހިމް ނާޒިމަށް ދިން ދިނުމަކީ ޅ.މާފިލާފުށީގައި ދިރިއުޅެމުން
ގެންދިޔަ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން
އެހެން ރަށްރަށަށް
ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އުސޫލާ ޚިލާފަށް
ދިން ދިނުމެއްކަމުގައި ބެލެވެންނެތްކަމާއި، ޢާއިޝަތު ޙުސައިން މަނިކަކީ ޢާއިޝަތު ޙުސައިން މަނިކުގެ
އަމިއްލަ ނަމުގައި މާލެއިން 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތް ފަރާތެއްކަން އެނގެން އޮތުމުން،
ޢާއިޝަތު ޙުސައިން މަނިކާއި އިބްރާހިމް ނާޒިމް އަކީ އެދެމީހުންގެ މެދުގައި ތަފާތުކަމެއް ހުރި
ދެފަރާތެއްކަން އެނގެއެވެ.
(ޅ) ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1861 ޤަޟިއްޔާގައި އިސްތިއުނާފުކުރުމުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުނު މިޤަޟިއްޔާއާ ގުޅިގެން ބޭއްވުމަށް ތާވަލުކުރެވުނު ޙުކުމްކުރުމުގެ
މަޖިލީހަށް ޙާޟިރުވުމަށް މިޤްޟިއްޔާގައި އިސްތިއުނާފުރައްދުވާ ޢާއިޝަތު ޙުސައިން މަނިކަށް ފޮނުވުނު
މިކޯޓުގެ ނަންބަރު HC
-
B5
/
201723 (23 ޖަނަވަރީ 2017) ކޯޓަށް ހާޒިރުވުމުގެ އަމުރު“ އާ
ޢާއިޝަތު ޙުސައިން މަނިކު ޙަވާލުވެ، މަޤުބޫލު އުޒުރެއްނެތި އައަމުރުގައިވާ ތާރީޚާއި ގަޑިއަށް
ހާޒިރުވެފައިނުވާތީ މިޤަޟިއްޔާގައި ޙުކުމްކުރެވިފައިވަނީ ޢާއިޝަތު ޙުސައިން މަނިކުގެ ޣައިރު ހާޒިރުގައެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންތައްތައް އެހެން ހުރުމާއެކު، މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1861 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމުގައި ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ
ސަރަޙައްދުތަކުގައިވާ ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު
ކުރުމުގައި ގޯތި ގެދޮރަށް އޭގެ ޛާތުން ބަދަލުދީފައިވާ ގޮތާ އެއްހަމަވެގެންވާ ގޮތަށް، އެބީދައިން
ހ.ރީދޫކޮކާގެ} މާލެ، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ.މާފިލާފުށި "ސީވޭވް"
g of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2015/HC-A/298
ނަމަކަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މެއި 31
މިދުވަހުން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ހ.ރީދޫކޮކްގެ} މާލެ، ޢާއިޝަތު ޙުސައިން
މަނިކުއާ ޙަވާލު ކުރުމަށް ދިވެހި ސަރުކާރަށް އަންގަވައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލު
ގެންނަންޖެހޭ ކަމަށެވެ.
ޙުކުމް:
ހރުމާއެކު
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1861 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމުގައި، ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަޙައްދު ތަކުގައިވާ
ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލުކުރުމުގައި ގޯތި ގެދޮރަށް
އޭގެ ޛާތުން ބަދަލުދީފައިވާ ގޮތާ އެއްހަމަވެގެންވާ ގޮތަށް، އެބީދައިން ހ.ރީދޫކޮކާގެ/ މާލެ، ޢާއިޝަތު
ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ.މާފިލާފުށި "ސީވޭލް" ނަމަކަށް ކިޔާ ގެއާއި ގޯތީގެ
ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މެއި 31 މިދުވަހުން ފެށިގެން 07
(ހަތެއް) މަސްދުވަހުގެ ތެރޭގައި ހ.ރީދޫކޮކާގެ| މާލެ، ޢާއިޝަތު ޙުސައިން މަނިކު އާ ޙަވާލު ކުރުމަށް
ދިވެހި ސަރުކާރަށް އަންގަވައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/1861 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމްގެ އެބައި މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، ޢާއިޝަތު ޙުސައިން މަނިކުގެ ޣައިރު ހާޒިރުގައި
ބާޠިލުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢަބްދުދެ
ތު ہ
ޢަލީ ސަމީރު
ފަނޑިޔާރު
ޢަބްދުهلދީދީ
ފަނޑިޔާރެ
އިސްފަނޑިޔާރު
• ރިޕޯޓް އެކުލަވާލީ: މަރީން މުޙައްމަދު
• ޗެކްކުރީ: މުޙައްމަދު ސަލީމް
1g of 3g
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my