ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/18 ޤަޟިއްޔާގެ ޙުކުމް
2011/HC-I-SH/18
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 18/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މުޙައްމަދު ނަސީމް
* ދާއިމީ އެޑްރެސް: ގދ.ތިނަދޫ ތިބްރޯޒުގެ
އައިޑީކާޑް ނަންބަރު: A058862 މިހާރުގެ އެޑްރެސް: ގދ.ތިނަދޫ ތިބްރޯޒުގެ
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފު ޙުސައިން، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/18
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި
ވާދަކުރި ގދ.ތިނަދޫ ހިންދޫސް މުޙައްމަދު ޙަސަންދީދީ (ކުރީގެ އަތޮޅު ކައުންސިލަރު) އިލެކްޝަންސް
ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިޚާބު އިއުލާން ކުރުމުންވެސް ގދ.އަތޮޅު ހިންގުމުގެ އިސްވެރިޔާގެ
މަޤާމުގައިހުރެ އެމަޤާމުން ދުރުނުވެ އޮފީހުގެ ޒިންމާދާރު އިސްވެރިޔާގެ ގޮތުގައި ސިވިލްސާރވިސްއިން
ކަނޑައަޅާފައިވާ ފަރާތާ އޮފީސް ހަވާލު ނުކޮށް އެމަޤާމުގައި ހުރި ހުރުމަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ
ޤާނޫނުގެ 28 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށާއި އޭނާ އެމަޤާމުގައި ހުރެގެން އިންތިޚާބު
އިއުލާންކޮށްފައިވަނިކޮށް ރަށުން ގޯތި ދިނުމަށް ފޯމު ދޫކޮށް ފޯމު ބަލައިގަނެ ވަކިގޮތަކަށް ރައްޔިތުންގެ ވޯޓު
ބައްޓަން ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެކަމަށް
އިހުމާލުވެ އެފަރާތަށް އެފުރުސަތު ދީފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިންތިޚާބަށް މުޙައްމަދު
ޙަސަންދީދީއާއި އޭނާ އަދާކުރަމުން ދިޔަ މަޤާމުގެ ސަބަބުން އަދި އެފުރުސަތު މުޙައްމަދު ޙަސަންދީދީއަށް
ފަހިވެފައި އޮތުމުގެ ސަބަބުން އިންތިޚާބަށް ނުރަގަޅު އަސަރާއި ނުފޫޒު ފޯރާފައިވާ ކަމަށްބުނެ ގދ.އަތޮޅު
ކައުންސިލް( ތިނަދޫ ދާއިރާ) ގެ އިންތިޚާބު ބާޠިލު ކޮށް އަލުން އެއިންތިޚާބު ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްދެއްވުން އެދި ގދ.ތިނަދޫ ތިބްރޯޒުގެ މުޙައްމަދު ނަސީމް (އައިޑީކާޑުނަންބަރ
A058862) މިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލަ ހުށަހެޅި ފަރާތުން އެފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށާއި
މިމައްސަލާގެ ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބަލާ ނަޒަރުކުރުމުން އަންނަވި ކަންތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) މިމައްސަލާގައި ދަޢުވާކުރާ ފަރާތުން ހެކިންގެ ގޮތުގައި 4 ފަރާތެއްގެ ނަން ހުށަހަޅާފައިވާއިރު
އެހެކިންނަކީ މުޙައްމަދު ޙަސަންދީދީ ގދ.އަތޮޅު ހިންގުމުގެ އިސްވެރިޔާގެ މަޤާމުގައި ހުރިކަން
ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ އެއޮފީހުގެ މުވައްޒަފުންކަމަށް ދަޢުވާކުރާފަރާތުން ބުނެފައިވާއިރު އަދި
އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު އިއުލާންކޮށްފައި ވަނިކޮށް މުޙައްމަދު
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/18
99
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙަސަން އެމަޤާމުގައި ދެމިހުރުމަކީ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޤާނޫނުގެ 28 ވަނަ މާއްދާއާއި
ޚިލާފުކަމެއް ކަމަށް ދަޢުވާކުރާފަރާތުން ބުނެފައިވާއިރު އެއިންތިޚާބަށް އިއުލާންކުރިކަމާއި އެއިއުލާން ކުރިފަހުން
މުޙައްމަދު ޙަސަންދީދީ އެމަޤާމުގައި ދެމިހުރިނަމަ ދެމިހުރިކަމާއި މިކަންކަމަކީ ރަސްމީ ލިޔެކިއުންތަކުން ހުރުން
ލާޒިމް ކަންތައްތައްކަން އެގޭއިރު އަދި އެކަން ކަމުގައި ހެއްކެއް ކަމުގައި ބެލެވޭނީވެސް އެލިޔެކިއުންތައްކަން
އެގޭއިރު އެފަދަ އެއްވެސް ލިޔެކިއުމެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެގެން އޮތުމުން މުޙައްމަދު
ޙަސަންދީދީ ގދ.އަތޮޅު ހިންގުމުގެ އިސްވެރިޔާގެ މަޤާމުގައި ހުރިކަން ސާބިތުކުރުމަށް ހެކިންގެ ގޮތުގައި
ހުށަހަޅާފައިވާ އެއޮފީހުގެ މުވައްޒަފުން ޝަރީޢަތަށް ޙާޟިރުކޮށް ބަޔާންނެގުމަށް ތަނެއް ނެތްކަން އެގެއެވެ.
(ނ) ދަޢުވާކުރާ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި މުޙައްމަދު ޙަސަންދީދީގެ ވާހަކަ
އިލެކްޝަންސް ކޮމިޝަނަށް އެންގުމުންވެސް އެކަމާ އިހުމާލުވި ކަމަށް ބުނެފައިވާއިރު އެގޮތަށް ދަޢުވާ
ކުރާފަރާތުން ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ލިޔެކިޔުމެއް ހުއްޖަތެއް ޝަރީޢަތަށް ހުށަހަޅާފައި
ނުވާކަން އެގެއެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތީން ހުރުމާއެކު ލޯކަލް ކައުންސިލް
އިންތިޚާބު 2011 ގައި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު އިއުލާން ކުރުމުންވެސް ގދ.ތިނަދޫ
ހިންދޫސް މުޙައްމަދު ޙަސަންދީދީ (ކުރީގެ އަތޮޅު ކައުންސިލަރ) ގދ.އަތޮޅު ހިންގުމުގެ އިސްވެރިޔާގެ
މަޤާމުގައި ހުރެ އެމަޤާމުން ދުރުނުވެ އޮފީހުގެ ޒިންމާދާރު އިސްވެރިޔާގެ ގޮތުގައި ސިވިލް ސާރވިސްއިން
ކަނޑައަޅާފައިވާ ފަރާތާއި އޮފީސް ޙަވާލުނުކޮށް އެމަޤާމުގައި ހުރި ހުރުމަކީ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނުގެ 28 ވަނަ މާއްދާއާއި ޚިލާފުކަމެއް ކަމަށާއި މުޙައްމަދު ޙަސަންދީދީ އެމަޤާމުގައި
ހުރުމުގެ ސަބަބުން އިންތިޚާބަށް ނުރަގަޅު އަސަރާއި ނުފޫޒު ފޯރާފާވާ ކަމަށްބުނެ ގދ.އަތޮޅު ކައުންސިލް
(ތިނަދޫ ދާއިރާ)ގެ އިންތިޚާބު ބާޠިލްކޮށް އަލުން އެއިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް
އަމުރުކޮށްދެއްވުން އެދި ގދ.ތިނަދޫއިބްރޯޒުގެ މުޙައްމަދު ނަސީމް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/18
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދު ދ ތ xތ
کریں۔ اسی سلس
02c
3 ه0
ބޭއްވުމަށް
ޝަކުވާގެ މިމައްސަލައާ ގުޅިގެން އިސްވެ ފާހަގަކުރެވުނު ނުކުތާތަކަ ބަލާއިރު މުޙައްމަދު
ނަސީމް ހުށަހަޅާފައިވާ މައްސަލާގައި އެފަރާތުން އެދިފައިވާ ފަދައިން ގދ.އަތޮޅު ކައުންސިލް (ތިނަދޫ
ދާއިރާ)ގެ އިންތިޚާބު ބާޠިލްކޮށް އަލުން އެއިންތިޚާބު އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭފަދަ
އެއްވެސް ކަމެއް ހިގާފައިވާކަން ޝަރީޢަތަށް ސާބިތުވެފައި ނުވާތީ ގދ.އަތޮޅު ކައުންސިލް (ތިނަދޫ ދާއިރާ)
ގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި މައްސަލަ ނިންމީއެވެ.
ދިވެހި8
Y
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv