ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/19 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-I-SH/19
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 19/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ ދަޢުވާކުރާ ފަރާތް:
*ނަން. ދިވެހިރައްޔިތުންގެ ޕާޓީ
*ވަކީލު: އޗ.އަޙްމަދު ފާއިޒު ގ.މަތިހުރާ
އައިޑީ ކާޑު ނަންބަރު: A062039
• އިންތިޚާބީ ޝަކުވާގެ ދައުވާރައްދުވާ ފަރާތް:
*ނަން: އިލެކްޝަންސް ކޮމިޝަން
*ވަކީލު: އގ. ޝާހީން ޙަމީދު މ.ލަކްސްލޮޖް
އައިޑީ ކާޑު ނަންބަރު: A034430
*ވަކީލު: މޒ. ޙަސަން މަޢާޒު ޝަރީފު މ.ލަކްސްލޮޖް
އައިޑީ ކާޑު ނަންބަރު: A010611
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޝަޢުބާން 1432
19 ޖުލައި 2011
، ނިމުނު ތާރީޚް: 11 ރަމަޟާން 1432
11 އޯގަސްޓް 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ ހައިކޯޓު، ތީވުރެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-I-SH/09
ދަޢުވާގެ ޚުލާޞާ
443
44
އެއްވެސް
60 9 84
.. ތުޅާދޫ ކައުންސިލްގެ މެންބަރު ޢުމައިރާ އަބޫބަކުރު، އަތޮޅު ތުޅާދޫ ކައުންސިލްގެ
މެންބަރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުންވެސް އަދި އެއްވެ
އިދާރާއަކުންވެސް ކަނޑައަޅާފައިނުވަނީސް އެކައުންސިލްގެ މެންބަރުކަމުގެ މަޤާމުން އޭނާ ވަކިވެއްޖެކަމަށް
ތުހުމަތުކޮށް، އެމަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް އަތޮޅު ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަނެއް
އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަންބަރު
134
/
2011-A
)
DB) އިޢްލާނުން އިޢުލާނުކޮށް، މިބައި-އިލެކްޝަން ބޭއްވުމުގެ ކަންތައް އިލެކްޝަން
ކޮމިޝަނުން ކުރިއަށް ގެންދާތީ، އިލެކްޝަންސް ކޮމިޝަންގެ މިނިންމުމަކީ ޞައްޙަ ނިންމުމެއް ނޫންކަމަށް
ކަނޑައަޅުއްވާދެއްވައި، އަތޮޅު ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަން ކުރިއަށް ގެންދިއުން ހުއްޓުމަށް
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދެއްވުމަށް އެދި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށައެޅުމުން ބެލުނު އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
1. އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން މިމައްސަލަ ހުށައަޅާ
ސަބަބާއި އޭގެ ތަފްސީލް ހާމަކުރަމުން ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ބުނެފައިވަނީ ބ. އަތޮޅު ތުޅާދޫ
ރަށު ކައުންސިލަށް އިންތިޚާބުވެފައިވާ، މައިރާ އަބޫބަކުރަކީ އަތޮޅު ތުޅާދޫ ރަށު ކައުންސިލްގައި
ދިވެހިރައްޔިތުންގެ ޕާޓީ ތަމްސީލުކޮށްދޭ މެންބަރުކަމަށާއި، ތުޅާދޫ ރަށު ކައުންސިލުގެ
މުންބަރުކަމުގައި މައިރާ އަބޫބަކުރު މަސައްކަތް ކުރަމުން ގެންދަނިކޮށް ދިވެހިރާއްޖޭގެ ޝަރުޢީ
ކޯޓަކުންވެސް އަދި އެއްވެސް އިދާރާއަކުން، ޢުމައިރާ އަބޫބަކުރު އަތޮޅު ތުޅާދޫ ކައުންސިލްގެ
މެންބަރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ނިންމާފައި ނުވަނީސް އިލެކްޝަން ކޮމިޝަނުން ބ. އަތޮޅު
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޢަބުރުޒު ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީލެއިލް [email protected] ވެބް ސައިޓާ: www.highcourt.gov.mv
3
2011/HC-I-SH/19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަނެއް ބޭއްވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37
ވަނަ މާއްދާއިން ޢުމައިރާ އަބޫބަކުރަށް ލިބިގެންވާ މަސައްކަތްކުރުމުގެ ޙައްޤު ނިގުޅައިގަތުންކަމަށް ޢުމައިރާ
އަބޫބަކުރު ދެކޭ ކަމަށާއި، ބ. އަތޮޅު ތުޅާދޫ ކައުންސިލުން ޢުމައިރާ އަބޫބަކުރު ވަކިވެފައިވާކަމަށް އެއްވެސް
ޝަރުޢީ ކޯޓަކުން ކަނޑައަޅާފައިނުވާ ޙާލަތުގައި އެކައުންސިލަށް މެންބަރަކު އަލުން އިންތިޚާބުކުރަން
ނުޖެހޭނެތީ، އެކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބޭއްވުމަކީ ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ޚިލާފު ކަމެއްކަމަށެވެ.
8 26
.2
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުނައެޅި އިންތިޚާބީ ޝަކުވާގެ މިމައްސަލައާއި ގުޅިގެން
މިމައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ އަތޮޅު ތުޅާދޫ
ރަށުކައުންސިލްގެ ބައި-އިލެކްޝަންގެ ކަންތައް ކުރިއަށް ގެންދަނީ ބ. އަތޮޅު ތުޅާދޫ ކައުންސިލް މެންބަރު
ޢުމެއިރާ އަބޫބަކުރު މެންބަރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ބ. އަތޮޅު ތުޅާދޫ ކައުންސިލްގެ އިދާރާއިން
އިލެކްޝަންސް ކޮމިޝަނަށް އެންގެވުމާ ގުޅިގެން ކަމަށާއި، އަތޮޅު ތުޅާދޫ ކައުންސިލް މެންބަރުކަމުން
ޢުމެއިރާ އަބޫބަކުރު ވަކިވީކަން ނުވަތަ ނޫންކަން ނިންމުމަކީ އިލެކްޝަންސް ކޮމިޝަނުން
ނިންމާފައިވާކަމެއް ނޫންކަމަށާއި، އަދި އެފަދަ ނިންމުމެއް ނިންމުމަކީ އެކޮމިޝަނުގެ އިޚްތިސާސްގެ
ތެރޭގައި ހިމެނޭކަމެއް ނޫންކަމަށާއި، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ
ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން، ރަށު ކައުންސިލެއްގެ މެންބަރުކަމުގެ ގޮނޑި
ހުސްވެއްޖެނަމަ (ފަނަރަ) 15 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނަކަށް އިޢުލާންކޮށް، އެކަން
އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަންޖެހޭކަމަށާއި، އަދި އޭގެއިތުރުން ޤާނޫނު ނަންބަރު 7/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ
ދަށުން، ގޮނޑި ހުސްވުމާ ގުޅިގެން 45 ދުވަހުގެ ތެރޭގައި އެގޮނޑިއަށް މެންބަރަކު އިންތިޚާބު
ދިވެހިރާއްޖޭގެ ހައިކޯޓު، ތީލުގެ، އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
813
4هއހ#
4
2011/IC-I-SH/19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
.3
ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި
ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުގެ
ތެރޭގައި ހިމެނޭކަމެއްކަމަށާއި، އަތޮޅު ތުޅާދޫ ކައުންސިލްގެ އިދާރާއިން ނިންމާފައި އޮތް ނިންމުމުގެ
މައްޗަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަ
ނިންމާފައިވަނީ
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުންކަމަށެވެ.
ޝަނައއ
2 ހ4
3944ނ
.4
މިމައްސަލައާއި ގުޅިގެން ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެވި ހިނދު، މިމައްސަލަ ބެލި ފަނޑިޔާރުންގެ ތެރެއިން،
ފަނޑިޔާރު ޢަބްދުރައޫފު އިބްރާހީމް އަންނަނިވި ނުކުތާތަށް ފާހަގަކޮށްފައިވެއެވެ.
..
*2
249
(ހ) ފުރަތަމަ ނުކުތާއަކީ، އަތޮޅު ތުޅާދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި
އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަނެއް ބޭއްވުމަށް ނިންމައި އިޢުލާންކުރީ،
ކައުންސިލުގެ މެންބަރު ޢުމައިރާ އަބޫބަކުރު، މަޤްބޫލު އުޒުރެއްނެތި ވިދިވިދިގެން ކައުންސިލުގެ 7 (ހަތެއް)
ޖަލްސާއަށް ހާޒިރުވެފައިނުވާތީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ މަޤާމުން
ވަކިވެފައިވާކަމަށްބުނެ ބައި-އިލެކްޝަނެއް ބާއްވައި ދިނުމަށްއެދި އަތޮޅު ތުޅާދޫ ކައުންސިލު އިދާރާގެ
ނަންބަރު 321
/
2011
/
01-A (05 ޖުލައި 2011) ސިޓީން އިލެކްޝަންސް ކޮމިޝަނުގައި އެދުމުން
އެސިޓީގައި ބަޔާންކޮށްފައިވާ ސަބަބަށްޓަކައި އަތޮޅު ތުޅާދޫ ކައުންސިލުގެ މެންބަރުކަމުން ޢުމައިރާ
އަބޫބަކުރު ވަކިވެފައިވާކަމަށް ދެކިގެންކަން އެނގެއެވެ.
24;
ދިވެހިރާއްޖޭގެ ހައިކޯޓު، ތީރުގެ، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2(11/HC-I-SH/09
9
(ނ) ދެވަނަ ނުކުތާއަކީ، 21 މެއި 2011 ގައި ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދިޔަދިއުމާއި،
ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދިޔަ ސަބަބަކީ އަތޮޅު ތުޅާދޫ ކައުންސިލުން ޤަބޫލުކުރާ ސަބަބެއްތޯ
ބެލުމަށްޓަކައި، 12 ޖޫން 2011 ވަނަ ދުވަހު ބޭއްވި ބ.އަތޮޅު ތުޅާދޫ ކައުންސިލުގެ 34 ވަނަ ޖަލްސާ
(ކުއްލި ޖަލްސާ) އިން ނިންމާފައިވާ ނިންމުމުގައިވަނީ، "ޢުމައިރު އަބޫބަކުރު ރަށުން ބޭރަށް ދުރުވީ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިޔުމުން
ކައުންސިލުގެ ރައީސަށް އެންގުމަކާ ނުލައި ކަމަށްވާތީ އަދި ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދުރުވި
ސަބަބު އެއީ މަޤްބޫލު އުޒުރެއް ނޫންކަމަށް ކައުންސިލުންވަނީ ނިންމާފައެވެ" މިފަދައިންކަން އެނގެން
އޮތުމުން، އެނިންމުމުގައި ކަނޑައަޅާފައިވަނީ ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދިޔަ ސަބަބަކީ، މަޤުބޫލު
ސަބަބެއްކަމަށް ބ.އަތޮޅު ތުޅާދޫ ކައުންސިލުން ޤަބޫލުނުކުރާކަންކަމާއި، ޢުމައިރާ އަބޫބަކުރު ކައުންސިލުގެ
ޖަލްސާތަކަށް ޙާޟިރު ނުވި ސަބަބު އެނިންމުމުގައި ބަލާފައިވާކަން އެނގެންނެތްކަމާއި، އަދި ޢުމައިރާ
އަބޫބަކުރު ބ.އަތޮޅު ތުޅާދޫ ކައުންސިލުން ވަކިވީ ދެންނެވި ދިޔަ ނިންމުމުގައިވާ ސަބަބަށްޓަކައިކަން
ޞަރީޙަ ގޮތެއްގައި އެނިންމުމުން އެނގެންނެތްއިރު، ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދިޔައީ
އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓުން 23 މެއި 2011 އިން ފެށިގެން 06 ޖޫން
އަށް ހިންގި ސެޓްފިކެޓް އިން ޑިވެލޮޕްމަންޓް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމަށް
އެއިންސްޓިޓިއުޓުން ދީފައިވާ ދައުވަތަކާ ގުޅިގެން، ޢުމައިރާ އަބޫބަކުރު އެކޯހުގައި ބައިވެރިވުމަށް ބ. އަތޮޅު
ކައުންސިލުގެ އިދާރާއިން އަންގައި ފޮނުވި މެސެޖު އަތޮޅު ތުޅާދޫ ކައުންސިލުގެ އިދާރާއިން ޢުމައިރާ
އަބޫބަކުރާ ހަވާލުކުރުމުން ކަމަށާއި، ކޯހުގައި ދިއުމުގެ ދައުވަތު މައިރާ އަބޫބަކުރާ
އަތޮޅު ތުޅާދޫ
ކައުންސިލުގެ އިދާރާއިން ހަވާލުކުރި އިރު ކޯހަށް ފުރުމާދެމެދު ލިޔުމުން ހުއްދަ ހޯދޭހާ ވަގުތު ނެތުމުން
އަތޮޅު ތުޅާދޫ ކައުންސިލުގެ ރައީސަށް ފޯނުން ދަންނަވައި ކޯހުގައި ދިއުމުގެ ހުއްދަ ހޯދާފައިވާނެކަމަށާއި،
ބ. އަތޮޅު ކައުންސިލަރުންނާއި އަތޮޅު ތުޅާދޫ ކައުންސިލަރުން ރަށުން ބޭރަށް ދަނީ ކައުންސިލުގެ
އިދާރާއަށް ލިޔެ ހުއްދަހޯދައިގެން ނޫންކަމަށާއި، ރަށުން ބޭރަށް ދާނަމަ ދަނީ ރައީސަށް ފޯނުން ނުވަތަ
އަނގަބަހުން ދަންނަވައި ހުއްދަ ހޯދައިގެންކަމަށާއި، ޢުމައިރާ އަބޫބަކުރުވެސް ކޯހުގައި ދިޔައީ މިގޮތުގެމަތިން
2011
**
:އީޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33164T
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20IT/HC-I-SH/19
OXO
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އަތޮޅު ތުޅާދޫ ކައުންސިލުގެ ރައީސަށް ދަންނަވައި ހުއްދަ ހޯދައިގެން ކަމަށާއި، އެކޯހުގައި ޢުމައިރާ
އަބޫބަކުރު ފޮނުވުމުގައި އަތޮޅު ކައުންސިލުން މުއާމަލާތުކޮށްފައިވަނީ ބ. އަތޮޅު ތުޅާދޫ ކައުންސިލާ
ދެމެދުގައި ކަމަށްވާތީ އޭނާ ކޯހުގައި ދިޔައީ ރަސްމީ ހައިސިއްޔަތުންކަމަށާއި، އޭނާ ކޯހުގައި ހުރި
ދުވަސްވަރު ކައުންސިލުގެ ޖަލްސާއަށް ކިޔާފައިނުވާކަމަށާއި އަދި ޖަލްސާގެ އެޖެންޑާވެސް
ފޮނުވާފައިނުވާކަމަށް ބަޔާންކޮށް ޢުމައިރާ އަބޫބަކުރު 06 ޖުލައި 2011 ގައި އިލެކްޝަންސް ކޮމިޝަނަން
ފޮނުވާފައިވާ ސިޓީން، އޭނާ އަތޮޅު ތުޅާދޫ ކައުންސިލުން ވަކިކޮށްފައިވާގޮތް ބަލައިދިނުމަށް
އެދިފައިވާއިރު، އެސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް
އެކޮމިޝަނަށް
ލިބިފައިނުވާކަމަށްބުނެ، އެކަން ބަލައިދެއްވެން ނެތް ކަމަށާއި، ޢުމައިރާއަށް ގެއްލިފައިވާކަމަށް
ފެނިވަޑައިގަންނަވާ ޙައްޤުތައް ހޯއްދެވުމަށް ޤާނޫނީ ގޮތުން އެފަދަ މައްސަލަތައް ބެލުމުގެ ބާރު ލިބިފައިވާ
ފަރާތަކަށް ހުށަހެޅުއްވުން ރަނގަޅުވާނެކަމަށް ފެންނަކަމަށް ބަޔާންކޮށް
ރުގެ ސިޓީއަށް
އިލެކްޝަންސް ކޮމިޝަނުން 07 ޖުލައި 2011 ގައި ޖަވާބު ދީފައިވާކަން އެނގެއެވެ.
ޢުމައިރާ އަބޫބަކުރުގެ
(ނ) ތިންވަނަ ނުކުތާއަކީ، އިލެކްޝަންސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު
މުއައްސަސާއެއްކަމާއި، އެކޮމިޝަނުގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާއެއްގޮތްވާ ގޮތުގެމަތިންކަމަށް ޤާނޫނުއަސާސީގެ 167 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި، އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު
ނެގުމަށް ކުރާންޖެހޭކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި
ބެލެހެއްޓުމާއި، އެކަން
މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް
ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅުނުފޫޒެއް، އަދި
ކޮރަޕްޝަނެއްނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން
ހުވަރުކުރުން އެކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުތައް ބަޔާންކޮށްފައި އޮންނަ ޤާނޫނުއަސާސީގެ 170
0 ހއ ހއބ
برما ميمر مرور
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޢަބުރުޒު ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt-gov.my
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-I-SH/19
ދވ
އކނ އނއ
ވަނަ މާއްދާގެ (ހ) ގައާއި، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 21
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނައިރު، ވަކިކަމެއް ކުރުމުގެ ބާރު ވަކި މީހަކަށް ޤާނޫނުން
ދޭކަމަށްވާނަމަ، އެބާރު ހެޔޮގޮތުގައި ތަންފީޛުކުރުމަށްޓަކައި، އޭނާއަށް ބޭނުންވާ އެންމެހާ ސީދާ ބާރުތަކާއި
ނުސީދާ ބާރުތައް އޭނާއަށް ލިބިގެންވާކަމަށް ބަލަންވާނެކަމަށް ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ
ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، ކައުންސިލް
އިންތިޚާބުތަކުގައި ވޯޓުނެގުމަށްޓަކައި ކުރަންޖެހޭކަންތައްތައް ކުރުމާއި،
ހިންގުމާއި،
ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން ކުރުމަކީ އިލެކްޝަންސް
ކޮމިޝަނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ސީދާ ގޮތެއްގައި ލިބިދީފައިވާ ބާރުތަކެއް ކަމާއި، އަދި މިގޮތުން
ބާއްވާ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަކީވެސް އިލެކްޝަންސް
ކޮމިޝަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއްކަން އެމާއްދާތަކަށް ބެލުމުން އެނގޭކަމާއި، ކައުންސިލެއްގެ
ބައި-އިލެކްޝަނެއް ބޭއްވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ، ކައުންސިލުގެ މެންބަރެއްގެ މަޤާމު
ޤާނޫނުގައިވާ ގޮތުގެމަތިން ހުސްވެފައިވާކަން ކަށަވަރުކުރުންކަމާއި، ކައުންސިލެއްގެ މެންބަރުކަމުގެ މަޤާމު
ހުސްވެފައިވާ ކަމާމެދު ޚިލާފު އުފެދިފައިވާ ޙާލަތެއްގައި އެކަން ވެފައިވާގޮތެއް ބެލުމަކީ ނުސީދާ ގޮތެއްގައި
އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާ ބާރެއްކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ޔަޤީނީ ދަލީލަކުން ސާބިތުވެފައިވާ ކަމެއް ބާޠިލްކުރެވޭނީ ހަމައެފަދަ
ޔަޤީނީ ދަލީލަކުން (ها لهل هلهل 9 ޖY
!
ë لا للهلا) ކަމާއި، އެއަށްވުރެ ދަށް މިންވަރެއްގެ ދަލީލަކުން
އެކަން ބާޠިލް ނުކުރެވޭނޭކަމީ، ކަމެއް ސާބިތުވޭތޯ ބެލުމުގައި ބޭނުންކުރާ ޤާޢިދާއެއްކަމަށްވާއިރު، އަތޮޅު
ތުޅާދޫ ކައުންސިލުގެ މެންބަރުކަމުން މައިރާ އަބޫބަކުރު ވަކިވެފައިވޭތޯ މިޤާޢިދާ ތަޠުބީޤުކޮށް ބަލާއިރު،
އަތޮޅު ތުޅާދޫ ކައުންސިލަށް ޢުމައިރާ އަބޫބަކުރު އިންތިޚާބު ވެފައިވަނީ އެކަމާމެދު ސުވާލު ނޫފެދޭފަދަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމްގެ، އާބުދުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.umv
8
2011/HC-I-SH/09
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
*
ޔަޤީނީ ގޮތެއްގައި ކަމަށްވެފައި، އޭނާ އެމަޤާމުން ވަކިވެފައިވާކަމާމެދު ޚިލާފު އުފެދިފައިވާކަން،
މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދަޢުވާ ކުރާފަރާތުގެ ވާހަކައިން އެނގޭއިރު، ޢުމައިރާ
އަބޫބަކުރު އިންތިޚާބުވެފައިވާ އަތޮޅު ތުޅާދޫ ކައުންސިލުގެ މަޤާމެއް ހުސްވެފައިވާކަން
ކަށަވަރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ޒިންމާދާރުކަމާއެކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް
އަދާނުކޮށް، ބ. އަތޮޅު ތުޅާދޫ ކައުންސިލުގެ ގޮނޑިއެއް ހުސްވެފައިވާކަމަށް ދެކިގެން ބައި-އިލެކްޝަނެއް
ނިންމި ނިންމުމަކީ، އިސްވެ ބަޔާންކުރެވުނު ޤާޢިދާއާ ތައާރުވާ ކަމެއްކަމެވެ.
42
48
2 ހވ
ބޮޑުވަމުނ
(ބ) ފަސްވަނަ ނުކުތާއަކީ، ޤާނޫނުގައިވާ ގޮތުގެމަތިން ބައި-އިލެކްޝަނެއް ބޭއްވުމުގެ ޒިންމާ
އިލެކްޝަންސް ކޮމިޝަނުން އަދާކުރަން ފެށޭނީ، ކައުންސިލުގެ ގޮޑިއެއް ހުސްވެފައިވާކަން
ކަށަވަރުކުރުމަށްފަހުގައި ކަމަށްވާއިރު، ޢުމައިރާ އަބޫބަކުރު އަތޮޅު ތުޅާދޫ ކައުންސިލަރުކަމުން ވަކިވީ،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
ގެ 119 ވަނަ މާއްދާގެ (ނ) ގައި ބުނާ، މަޤްބޫލު ޢުޛުރެއްނެތި ވިދިވިދިގެން (ހަތެއް) ޖަލްސާއަށް
ހާޒިރުނުވާތީކަމަށް ބ. އަތޮޅު ތުޅާދޫ ކައުންސިލުގެ އިދާރާއިން އިލެކްޝަންސް ކޮމިޝަނަށް 09 ޖުލައި
2011 ގައި ފޮނުވާފައިވާ ސިޓީން އެނގެން އޮންނައިރު، އެއާޖެހިގެން އައި، 16 ޖުލައި 2011 ދުވަހުގެ
ހެނދުނު 9:00 އިން ފެށިގެން 20 ޖުލައި 2011 ދުވަހުގެ ހަވީރު 3:00 އާ ހަމައަށް
ކައުންސިލުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، 06 ޖުލައި 2011 ދުވަހު
އިޢުލާންކޮށްފައިވާކަމާއި، ހަމައެދުވަހު، ޢުމައިރާ އަބޫބަކުރު އަތޮޅު ތުޅާދޫ ކައުންސިލުން ވަކިނުވާކަމަށް
ބަޔާންކޮށް ޢުމައިރާ އަބޫބަކުރު އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާއިރު، އަތޮޅު ތުޅާދޫ
ކައުންސިލުގެ ގޮޑިއެއް ހުސްވެފައިވާކަން ކަށަވަރުނުކޮށް، އަތޮޅު ތުޅާދޫ ކައުންސިލުގެ ސިޓީގެ މައްޗަށް
އަތޮޅު ތުޅާދޫ ކައުންސިލުގެ ބައި-އިލެކްޝަން ބޭއްވުމަށް 06 ޖުލައި 2011 ގައި،
އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާކަން އެނގެއެވެ.
އަތޮޅު ތުޅާދޫ
*9
2 ތ
veދ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
201 HC-I-SH/19
*
*
(ޅ) ހަވަނަ ނުކުތާއަކީ، އަތޮޅު ތުޅާދޫ ކައުންސިލުގެ ބައި-އިލެކްޝަންބޭއްވުމަށް 06 ޖުލައި
2011 ގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާންގުޅިގެން، އެކައުންސިލަށް އަމިއްލަގޮތުން
ކުރިމަތިލުމަށް ބ. ތުޅާދޫ އާޒާދު، އަބޫބަކުރު ޙުސައިން ހުށަހަޅާފައިވާ ފޯމުގައި 50 (ފަންސާސް) މީހުންގެ
ތާއީދުއޮތްކަން ބަޔާންކުރާ ލިސްޓުގައި، ތުޅާދޫ އާޒާދު، ޢުމައިރާ އަބޫބަކުރުގެ ނަން އޮތްއޮތުމަކީ،
އަތޮޅު ތުޅާދޫ ކައުންސިލުގެ މެންބަރުކަމުން ޢުމައިރާ
އަބޫބަކުރު ވަކިވެފައިވާކަމަށް އޭނާ ޤަބޫލުކުރާކަން
ދޭހަވާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނާއިރު، ޢުމައިރާ
އެކަމުގައި
ހޯދުމަކާނުލައި، އޭނާގެ ނަން އެފޯމުގައި އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް
ކައުންސިލުގެ މެންބަރުކަމުން ޢުމައިރާ އަބޫބަކުރު ވަކިވެފައިވާކަމަށް އޭނާ ޤަބޫލުކުރާކަމަށް ބެލުމަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމެއްކަމެވެ.
އދ.2
އe@89ގ
ﷲ0x0
އ3
35
(ކ) ހަތްވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި
ޙަރަކާތްތައް ހިނގަމުން ދަނީ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށްތޯ ބެލުމާއި، ކައުންސިލްތަކުގެ
މަސައްކަތްތަކާއި ހަރަކާތްތަކާއި ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއްއުސޫލަކުންތޯ
ބަލައި، ހުރިހާ ކައުންސިލްތަކުން އެއްހަމަތަކަކާ އެއް އުޞޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ،
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން ޤާނޫނު
ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 61
ވަނަ މާއްދާގެ (ހ) އާއި (ރ) އިން އެނގޭކަމާއި، ރަށު ކައުންސިލުން ޖަވާބުދާރީވާ އަދި ރިޕޯޓުކުރާ
ރަސްމީ ފަރާތަކީ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުކަން އެޤާނޫނުގެ 3 ވަނަ މާއްދާގެ (ރ)
އިން އެނގޭކަމާއި، ރަށު ކައުންސިލުން ހިންގާ ޙަރަކާތްތައް ވިލަރެސް ކުރުމާއި، އެކައުންސިލް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2011/HC-I-SH/19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
OX
+5
ހިނގާނުހިނގާގޮތް ބެލުމާއި، ރަށު ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމާއި، އިދާރީ
ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި އެޤާނޫނުގެ ދަށުން ކަންކަން ނިންމުގެ ބާރު އަތޮޅު
ކައުންސިލަށް ލިބިފައިވާކަން އެޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އާއި (ޏ) އާއި (ބ) އިން އެނގޭއިރު،
ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދިޔައީ ރަސްމީ ބޭނުމެއްގައިކަމަށާއި، އަތޮޅު ތުޅާދޫ ކައުންސިލުން
ޢުމައިރާ އަބޫބަކުރު ވަކިކޮށްފައިވާ ގޮތުން ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބެލެވޭތީ،
އެކަންކަން ބަލައި އެއަތޮޅު ކައުންސިލުން ވަކިގޮތަކަށް ނިންމުމުގެ ކުރިން ޢުމައިރާ އަބޫބަކުރަކީ ބ. އަތޮޅު
ތުޅާދޫކައުންސިލުން ވަކިވެފައިވާމީހެއްކަމަށް ނުބެލުމަށް
ތުޅާދޫ ކައުންސިލުގައި
ދަންނަވާފައިވާކަމަށާއި، ޢުމައިރާ އަބޫބަކުރު ބ. ތުޅާދޫ ކައުންސިލުން ވަކިވެފައިވާކަން ކަށަވަރުނުކޮށް ބައި-
އިލެކްޝަންބޭއްވިދާނެ ކަމަށްނުދެކޭކަމަށް ބ. އަތޮޅު ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް 09 ޖުލައި
2011 ގައި ފޮނުވާފައިވާ ސިޓީން އަންގާފައިވާކަމާއި، ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތަކާއި
ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއްއުސޫލަކުންތޯ ބަލައި، ހުރިހާ ކައުންސިލްތަކުން
އެއްހަމަތަކަކާ އެއް އުޞޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ
މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށްވާއިރު، ކައުންސިލަރަކު ރަސްމީ ހައިސިއްޔަތުން ރަށުން
ބޭރަށްދާ ދިއުމަކީ މަޤުބޫލު އުޒުރެއްކަމާމެދު ދެކައުންސިލެއްގެ ދެމެދުގައި ޚިލާފު އުފެދިފައިވާ ޙާލަތުގައި،
އެކަމުގައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިފައިވާ ފަރާތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީކަމާއި،
އެފަދަކަންކަމުގައި ސުލްހަވެރިކަމާއެކު ހައްލެއް ހޯދުމަށް ވީހާ އަވަހަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން
ފިޔަވަ
ޔަވަޅުއަޅަންވާނެކަމަށް އެޤާނޫނުގެ 149 ވަނަ މާއްދާއަށް ބެލުމުން އެނގޭއިރު، ޢުމައިރާ އަބޫބަކުރުގެ
މައްސަލާގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެޓާރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯދާފައިވީނަމަވެސް،
އެލަފާގެ މައްޗަށް ބިނާކޮށް ޢުމައިރާ ޢަބޫބަކުރު އަތޮޅު ތުޅާދޫ ކައުންސިލުގެ މެންބަރުކަމުން
ވަކިވެފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމާފައިވާކަން އެނގެން ނެތްކަމެވެ.
*
އައި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުދު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
201/HC-I-SH/19
49
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(އ) އަށްވަނަ ނުކުތާއަކީ، އަތޮޅު ތުޅާދޫ ކައުންސިލުން ޢުމައިރާ އަބޫބަކުރު ވަކިވެފައިވާކަމަށް
ނިންމަވާފައިވާ ނިންމުމުން ޢުމައިރާ އަބޫބަކުރުގެ ޙައްޤެއް ގެއްލިފައިވާނަމަ، އެޙައްޤެއް ހޯދުމަށްޓަކައި
ދަޢުވާކުރަންޖެހޭނީ އެނިންމުން ނިންމި ފަރާތާ ދެކޮޅަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު،
އެނިންމުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާ ހާލަތުގައި، އެނިންމުމުގެ މައްޗަށް ބުރަވެ ކަމެއް
ކުރުމަށް ނިންމުމުގައި، އެނިންމުމުގެ ޞައްޙަކަން ކަށަވަރުކުރުމަކީ، އެނިންމުމުގެ މައްޗަށް ބުރަވެ ކަމެއް
ކުރުމަށް ނިންމާ ފަރާތަކުންވެސް ކުރަންޖެހޭ ކަމެއްކަމާއި، އެނިންމުމުގެ ޞައްޙަކަން ބެލުމުގެ ބާރު
އެފަރާތަށް ލިބިފައިނުވާކަމަށް ދެކޭނަމަ، އެފަދަކަންކަން ބެލުމުގެ ބާރު ލިބިފައިވާ ފަރާތެއް މެދުވެރިކޮށް
އެނިންމުމުގެ ޞައްޙަކަން ބެލުމަކީ އެނިންމުމުގެ މައްޗަށް ބުރަވެ ކަމެއް ނިންމާ ފަރާތުގެ މަސްއޫލިއްޔަތު،
ޒިންމާދާރުކަމާއެކު އަދާކުރުމަށްޓަކައި އެފަރާތުން ކުރަންޖެހޭކަމެއްކަމާއި، މިޙާލަތުގައި އެނިންމުމުގެ
ޞައްޙަކަން ކަނޑައެޅުމަށްޓަކައި އެނިންމުން ނިންމި ފަރާތާ ދެކޮޅަށް ދަޢުވާ ނުކުރުމަކީ، އަނެއް ފަރާތުން
އަދާކުރަންޖެހޭ ޒިންމާއިން އެފަރާތް ބަރީއަވާނެ
ސަބަބެއް ނޫންކަމެވެ.
22
c
ވީމާ، ބ. އަތޮޅު ތުޅާދޫ ކައުންސިލުގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާންކޮށްފައިވަނީ،
ތުޅާދޫ ކައުންސިލުގެ މެންބަރެއްގެ މަޤާމު ހުސްވެފައިވާކަމާމެދު
ޚިލާފުއުފެދިފައި ވަނިކޮށްކަމަށްވާތީ، އެކައުންސިލުގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާކަން ކަށަވަރުނުކޮށް
އެކައުންސިލުގެ ބައި-އިލެކްޝަނެއް ބޭއްވުމަކީ އިންޞާފުވެރިގޮތެއްކަމަށް ޤަބޫލުނުކުރެވޭތީ، އިލެކްޝަންސް
ކޮމިޝަނުގެ ނަންބަރު 2011
/
13-A
)
CA} (06 ޖުލައި 2011) އިޢުލާނުގެ ދަށުން
ކައުންސިލުގެ ބައި-އިލެކްޝަން ބޭއްވުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެކަމަކަށް ނުފެނެއެވެ.
0=ވ މ 394
ބ. އަތޮޅު ތިޅުދޫ
C
ފަނޑިޔާރު ޢަލީ ސަމީރު އާއި ފަނޑިޔާރު ޢައްބާސް ޝަރީފް އަންނަނިވި ނުކުތާތަށް
ފާހަގަކޮށްފައިވެއެވެ.
9
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޢަބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2011/HC-I-SH/19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
پر مرمری
*9
(ހ) ފުރަތަމަ ނުކުތާއަކީ، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރައްޔިތު
ޕާޓީގެ ފަރާތުން ހުށައަޅާފައިމިވާ އިންތިޚާބީ ޝަކުވާގެ މައިގަނޑު ނުކުތާއެއްގެ ގޮތުގައި ދިވެހިރައްޔިތުންގެ
ޕާޓީގެ ފަރާތުން ފާހަގަކުރާ ނުކުތާއަކީ، އަތޮޅު ތުޅާދޫ ކައުންސިލް މެންބަރު އުމެއިރާ އަބޫބަކުރު
އަތޮޅު ތުޅާދޫ ކައުންސިލް މެންބަރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން އަދި
ދައުލަތުގެ އެއްވެސް އިދާރާއަކުންވެސް ކަނޑައަޅުއްވާފައި ނުވަނީސް، އެކައުންސިލްގެ މެންބަރުކަމުގެ
މަޤާމުން އޭނާ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ތުޙުމަތުކޮށް، ބ. އަތޮޅު ތުޅާދޫ ކައުންސިލްގެ
ބައި-އިލެކްޝަނެއް ބޭއްވުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިއުމަށް ނިންމި
ނިންމުމަކީ ޞައްޙަ ނިންމުމެއްނޫންކަމަށް ބުނެ ހުށައެޅި ނުކުތްކަން، ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން
ހުށައެޅި އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމަށް ބެލުމުން އެނގެން އޮންނަކަން.
ހ 0
4
22
(ށ) ދެވަނަ ނުކުތާއަކީ، އިލެކްޝަންސް ކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް
އަދާކުރާންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ
އެއްގޮތްވާގޮތުގެ މަތިންކަމަށާއި، އެކޮމިޝަން ހިންގަންވާނީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި
ގޮތުގެމަތިންކަން ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) އަދި (ބ) އަށް ބެލުމުން
އެނގެން އޮންނަކަމާއި، ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ނ) އަދި ޤާނޫނު ނަންބަރު 08/2008
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގައި އިލެކްޝަންސް ކޮމިޝަންގެ
ބާރުތަކާއި މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި
ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި އެވޯޓުތަކުގެ ނަތީޖާ އިޢުލާނުކުރުން ހިމެނޭކަމާއި،
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ)
ގައި ލޯކަލް ކައުންސިލެއްގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެގޮނޑިއަށް މެންބަރަކު
+
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން، ވާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2011/HC-I-SH/09
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިންތިޚާބުކުރަން ޖެހޭ ޙާލަތުގައި، އެހުސްވި ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ލޯކަލް
ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވުމަށްޓަކައި އެގޮނޑި ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި އެކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެފުރުޞަތު
ހުޅުވިއްޖެކަން، އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާންކުރަންވާނެކަން އެނގެން އޮންނަކަން.
444
44 44
2 »
(ބ) ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގައި ކައުންސިލްގެ މެންބަރުން
މެންބަރުކަމުން ވަކިވާނެގޮތް ބަޔާންކޮށްފައިވާއިރު، މާއްދާގެ (ށ) ގައި މަޤްބޫލު ޢުޛުރެއްނެތި
ވިދިވިދިގެން 07 (ހަތެއް) ޖަލްސާއަށް މެންބަރަކު ޙާޟިރުނުވެއްޖެނަމަ، އެމެންބަރަކު މެންބަރުކަމުން
.ކިވާނެކަމަށް އޮންނަކަމާއި، މަޤުބޫލު ޢުޛުރެއްކަމުގައި ބެލެވޭނީ ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު
ބަލިވެގެން ނުވަތަ މިނޫންވެސް ކައުންސިލުން ޤަބޫލުކުރާ ސަބަބެއް މެދުވެރިވުމުން ކަމުގައި މިމާއްދާގައި
އޮތުމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 119 ވަނަ
މާއްދާގެ (ށ) އަށް ޙަވާލާދީ ރަށު ކައުންސިލުން މެންބަރަކު ވަކި ވެއްޖެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ
ހަމައެކަނި އެރަށު ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި އޮތް އިޚްތިޔާރީ (discretionary) ބާރެއްކަން
އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭގޮތުން
މިހާތަނަށް ފާސްކުރެވިފައިވާ ޤާނޫނުތައް ބައްޓަންކުރެވިފައިވާގޮތުން، އިސްވެދެންނެވުނު ޤާނޫނުން ރަށު
ކައުންސިލްތަކަށް ދީފައިވާ މިބާރު، އެޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށު ކައުންސިލަކުން ބޭނުންކޮށް،
އެކައުންސިލަކުން ނިންމާ ނިންމުމެއް ބަދަލުކުރެވޭނެ ހަމައެކަނި މުއައްސަސާއަކީ ދިވެހިރާއްޖޭގެ ޝަރުއީ
ކޯޓުތައްކަމާއި އަދި، އިސްވެ ދެންނެވުނު ޤާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، ބ. ތުޅާދޫ
ކައުންސިލަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރުލިބިފައިވާ، އަމިއްލަ ނަމުގައި
ދެމުގެ ވަކިސިއްކައެއް އޮންނަ ޤާނޫނީ ޝަހްޔެއްކަން އެނގެންއޮތުމުން،
ދަ3
t
މީދޫ
$380249
ކައިޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލްގެ [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2011HC-I-SH/19
ރޕޯޓް
ޤަޟިއްޔާ ނިވުނު ގޮތުގެ
ކައުންސިލުން ނިންމާ މިފަދަ ނިންމުންތަކަކީ އެނިންމުންތަކާއިމެދު ހިތްހަމަނުޖެހޭނަމަ، ހިތްހަމަނުޖެހޭ
ފަރާތަކުން އެކަމުގެ މައްޗަށް ޝަރުޢީ ކޯޓުތަކުގައި، އެކައުންސިލެއްގެ މައްޗަށް ދަޢުވާކުރެވޭނެ
މުއައްސަސާއެއްކަން ޤަބޫލުކުރެވޭކަމާއި، ޤާނޫނަކުން ކައުންސިލަކަށް ދީފައިވާ ބާރެއް އެކައުންސިލަކުން
ބޭނުންކޮށްފައިވާގޮތް ތަޙްޤީޤުކޮށް، އެބާރެއް ބޭނުންކުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އިލެކްޝަންސް
ކޮމިޝަނުން ބަލާނަމަ، އެކަން އެކުރެވެނީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން
ދީފައިވާ ބާރުތަކާއި ކަނޑުޢަޅާފައިވާ އިންތަކުގެ ބޭރުންކަމާއި، މިފަދަ ކަންކަން ބަލާ ތަޙްޤީޤުކުރުމަކީ
އިލެކްޝަންސް ކޮމިޝަނުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމުން އެފަދަ ކަންކަން
ކަށަވަރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އިސްވެ ޝަރުޢީ ކޯޓުތަކަށް ނުވަތަ އެނޫންވެސް
އިދާރާއަކަށް ހުށަހެޅުމަކީ ޤާނޫނުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުވާކަމެއް ނޫންކަން
24ދه
(ށ) ހަތަރުވަނަ ނުކުތާއަކީ، ޤާނޫނަކުން ކައުންސިލަކަށް ދީފައިވާ ބާރެއް އެކައުންސިލަކުން
ބޭނުންކޮށްފައިވާގޮތް ތަޙްޤީޤުކޮށް، އެބާރެއް ބޭނުންކުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ
އިލެކްޝަންސް ކޮމިޝަނުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމުގައިވީނަމަވެސް، އެފަދަ
ނިންމުމެއްގެ މައްޗަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަނެއް ބާއްވަން ނިންމުމުގެ
ކުރިން، ކައުންސިލަކުން އެނިންމުންތައް ނިންމުމުގައި ފުރިހަމަކުރަންޖެހޭ އިޖްރާއާތުތައް
ފުރިހަމަކޮށްފައިވޭތޯ ބެލުމަކީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއިންނާއި، ޤާނޫނު ނަންބަރު 08/2008
(އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އިން އިލެކްޝަންސް ކޮމިޝަނަށް މަތިކުރުވާފައިވާ
މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި އެކޮމިޝަނުން ކުރަންޖެހޭނެކަމެއްކަމަށް
ޤަބޫލުކުރެވޭކަމާއި، އެހެންކަމުން ކައުންސިލަކުން ނިންމާ މިފަދަ ނިންމުންތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި
އެކަމާގުޅޭ ހުރިހާ އިޖުރާއާތުތައް އެކައުންސިލަކުން ފުރިހަމަކޮށްފައިވޭތޯ، އިލެކްޝަންސް ކޮމިޝަނުގެ
މަސައްކަތުގެ ނިޒާމުގެ ތެރެއިން، ދިރާސާކޮށް ބަލައި ކަށަވަރުކުރަންޖެހޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީޅުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
15
2011/HC-I-SH/19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހ3
a
4ނވެ
364 ގތ
އވެ2
43
(ބ)
• ފަސްވަނަ ނުކުތާއަކީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، އިލެކްޝަންސް
ކޮމިޝަނުން
ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަނެއް ނިންމާފައިވަނީ،
އެކައުންސިލުގެ މެންބަރެއްކަމަށްވާ ތުޅާދޫ(އާޒާދު މައިރާ އަބޫބަކުރު، މަޤުބޫލު ޢުޛުރެއްނެތި
ވިދިވިދިގެން ކައުންސިލްގެ 7 (ހަތެއް) ޖަލްސާއަށް ހާޒިރުވެފައިނުވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ ކައުންސިލުގެ
މެންބަރުކަމުން ވަކިވެފައިވާތީ ބައި-އިލެކްޝަނެއް ބާއްވައިދިނުމަށް، 5 ޖުލައި 2011 ގައި ކައުންސިލްގެ
ރައީސް އަޙްމަދު ރަޝީދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އެކައުންސިލްގެ ނަންބަރު -A
321/2011/01 ސިޓީން އިލެކްޝަންސް ކޮމިޝަންގައި އެދުމުންކަމުގައި އިލެކްޝަންސް ކޮމިޝަނުން
ބުނެފައިވާކަމާއި،މިޙާލަތުގައި އަތޮޅު ތުޅާދޫގައި ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަނުން ނިންމުމުގެ ކުރިން، ޢުމައިރާ އަބޫބަކުރު ވިދިވިދިގެން ކައުންސިލްގެ 07 (ހަތެއް) ޖަލްސާއަށް
ޙާޟިރުވެފައިނުވާކަމަށް އަދި މިޖަލްސާތަކަށް ޙާޟިރުވެފައިނުވަނީ މަޤުބޫލު ޢުޛުރަކާއި އެކުގައި ނޫންކަން
އެނގޭނޭ ކައުންސިލްގެ ނިންމުމެއް އޮތްތޯއާއި، އަދި މިނިންމުން ނިންމާފައިވަނީ ކައުންސިލަކުން
ކަމެއްނިންމަން ޖެހޭނެ އިޖުރާއާތުތައް ފުރިހަމަ ކޮށްގެންތޯއާއި، އެކަން ކައުންސިލުން ނިންމާ
ޤަރާރުކޮށްފައިވޭތޯ ބެލުމަކީ އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭނެ ކަމެއްކަމަށް ޤަބޫލުކުރެވޭކަން.
(ށ) ހަވަނަ ނުކުތާއަކީ، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށް ބަލާއިރު، އެމައްޗަށް އިލެކްޝަންސް ކޮމިޝަނުން ބަރޯސާވާ، 12 ޖޫން 2011 ގައި •
އަތޮޅު ތުޅާދޫ ކައުންސިލްގެ 34 ވަނަ ޖަލްސާ (ކުއްލި ޖަލްސާ) އިން ނިންމާފައިވާ ނިންމުމަށްބަލާއިރު، އެ
ނިންމުމަކީ، 21 މެއި 2011 ގައި ކައުންސިލަރު ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދުރުވީ އިދާރީ
ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 123 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލިޔުމުން
ކައުންސިލުގެ ރައީސަށް އެންގުމަކާ ނުލައިކަމަށްވާތީ، އަދި ޢުމައިރާ އަބޫބަކުރު އެނބުރި ރަށަށް ދުރުވެ
ދިވެހިރާއްޖޭގެ ހައިކޯޓު، ލީވުޑް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16
20/HC-I-SH/19
ހ3 eޖވ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
12 ޖޫން 2011 ގައި ކައުންސިލް އިދާރާއަށް ފޮނުވި ސިޓީއާ ގުޅިގެން، ޢުމައިރާ އަބޫބަކުރު ރަށުން
ބޭރަށް ދުރުވި ސަބަބަކީ ކައުންސިލުން ޤަބޫލުކުރާ ސަބަބެއްތޯ ބެލުމަށް ބޭއްވި ކުއްލި ޖަލްސާއެއްގައި
ނިންމާފައިވާ ނިންމުމެއްކަށް އެނގޭކަމާއި، އެނިންމުމުގައިވަނީ "ކައުންސިލަރު ޢުމައިރާ އަބޫބަކުރު
ދުރުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 123
ވަނަ މާއްދާގައިވާ ގޮތުގެމަތިން ލިޔުމުން ކައުންސިލުގެ ރައީސަށް އެންގުމަކާ ނުލައިކުމަށްވާތީ، އަދި
ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދުރުވި ސަބަބު އެއީ މަޤުބޫލު ޢުޛުރެއް ނޫންކަމަށް ކައުންސިލުން ވަނީ
ނިންމަވާފައެވެ" މިފަދައިންކަމާއި، މި ނިންމުމަށް ބަލާއިރު، މިނިންމުމުގައިވަނީ އިދާރީ ދާއިރާތަށް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލިޔުމުން ކައުންސިލުގެ
ރައީސަށް އެންގުމަކާ ނުލައި ޢުމައިރާ އަބޫބަކުރު ރަށުން ބޭރަށް ދިޔަ ސަބަބަކީ މަޤްބޫލު ޢުޛުރެއް ނޫންކަން
ކަނޑައަޅާކަމާއި، ލިޔުމުން ކައުންސިލުގެ ރައީސަށް އެންގުމަކާއި ނުލައި ކައުންސިލަރަކު ރަށުން ބޭރަށް
ދިޔުމަކީ މަޤްބޫލު ޢުޛުރެއްނެތި ދިޔަ ދިޔުމެއްކަމުގައިވީ ނަމަވެސް އެކަމަކީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލްގެ މެންބަރަކު
މެންބަރުކަމުން ވަކިވާނޭ ސަބަބެއް ނޫންކަން އެންގެން އޮންނަކަމާއި، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ
(ށ) ގެ ދަށުން މެންބަރަކު މެންބަރުކަމުން ވަކިވާނީ މަޤްބޫލު ޢުޛުރެއްނެތި ވިދިވިދިގެން ކައުންސިލްގެ 7
(ހަތެއް) ޖަލްސާއަށް ހާޒިރުނުވުމުންކަމާއި، އިސްވެ ދެންނެވުނު . އަތޮޅު ތުޅާދޫ ކައުންސިލްގެ ނިންމުމަކީ
ނުވަތަ ޤަރާރަކީ އެ މާއްދާއަށް ޙަވާލާދީ، އެމާއްދާގެ ދަށުން ޢުމައިރާ އަބޫބަކުރު ކައުންސިލުން
ވަކިވެފައިވާކަން ނުވަތަ ޢުމައިރާ އަބޫބަކުރު ޙާޒިރުނުވާކަމަށް ބުނާ ޖަލްސާތަކަށް އޭނާ ހާޒިރުނުވާ ސަބަބަކީ
މަޤްބޫލު ޢުޛުރެއްނޫންކަމަށް އެކައުންސިލުން ނިންމާފައިވާ ނިންމުމެއް
އެނގޭކަމުން،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ނ)
ގައިވާފަދަ ނިންމުމެއް އަތޮޅު ތުޅާދޫ ކައުންސިލުން ނިންމާފައިވާ ކަން އެނގެންނެތްކަމުން 12 ޖޫން
2011 ގައި
އަތޮޅު ތުޅާދޫ ކައުންސިލްގެ 34 ވަނަ ޖަލްސާއިން ނިންމި ނިންމުމުގެ ނުވަތަ ޤަރާރުގެ
ސަބަބުން ޢުމައިރާއަބޫބަކުރު
ބ. އަތޮޅު ތުޅާދޫ ކައުންސިލުން ވަކިވެފައިވާކަމަށް ބަލައިގެން
ބ. އަތޮޅު
ތުޅާދޫގައި ބައި-އިލެކްޝަނެއް ބާއްވަން ނިންމުމުގެ ޖާގަ އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެކަން.
*
ނޫންކަން
ދިވެހިރާއްa
ޣައި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޖު ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
-އާ
17
2011/HC-I-SH/19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ވ މ ފ ދ ތ
.0 332 3 4 &
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، އިސްވެ
ދެންނެވުނުކަންކަން އެހެން
އަތޮޅު ތުޅާދޫ ކައުންސިލުގެ ބައި-އިލެކްޝަން ބޭއްވުމަށް
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫންކަމާއި، އެހެންކަމުން އެ
ބައި-އިލެކްޝަންގެ ކަންތައްތައް އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާ ގެންދިއުން ހުއްޓާލަން
ޖެހޭނެކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤްވެވިފައިވާތީ،
އަތޮޅު ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަން ކުރިއަށް ނުގެންދިއުމަށް އިލެކްޝަންސް ކޮމިޝަންއަށް
އަންގާ ޙުކުމްކޮށްފީމެވެ.
8
ހަޢީކް
*
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv