ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/76 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 76/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަލީ ނޫޙް
އައި
ދާއިމީ އެޑްރެސް: މުސްތަރީގެ(ނ.މިލަދޫ
މިހާރުގެ އެޑްރެސް: މުސްތަރީގެ ނ.މިލަދޫ
ކާޑު ނަންބަރ: A144515
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މިލަދުންމަޑުލު ދެކުނުބު
ރުބުރީ މިލަދޫ ކައުންސިލް
*
33 34
އެޑްރެސް: މިލަދުންމަޑުލު ދެކު.
ދެމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލް
އައިޑީ ކާޑު ނަންބަރު.
* މިހާރުގެ އެޑްރެސް: މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލް
ރަޖިސްޓްރީކުރެވުނު ތާރީޚް: 20 މާރޗް 2014
19 ޖުމާދަލްއޫލާ 1435
* ނިމުނު ތާރީލް 5 ޖޫން 2014
27 ޝަޢުބާން 1435
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/D
-
10
-
C/28
ނިންމެވިކޯޓް: މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ބަދަލު ހޯދުން
ހުށަހެޅި ތާރީޚް: 2012-07-02
* ނިމުނު ތާރީޚް: 2017-12-01
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/16
• ދަޢުވާގެ ޚުލާޞާ
ތަ؟
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް
ނަންބަރު:
2012/D-10-C/28 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް
ބުނެ، ނ.މިލަދޫމުސްތަރީގެ ޢަލީ ނޫޙްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ
ކައުންސިލް އިދާރާ އެވެ.
pl- އިސްތިއުނާފް މިކުރެވޭ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު:2012/D-10-C/28 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ
ނ.މިލަދޫ މުސްތަރީގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ ޢިމާރާތެއްގައި ރެސްޓޯރަންޓެއް ހިންގުމަށް
ބޭނުންވެގެން ރެސްޓޯރެންޓް ކެފޭ ހިންގުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި ނ.މިލަދޫ ކައުންސިލް އިދާރާއަށް
ހުށަހެޅުމުން އެހުއްދަ ނުލިބި 10 މަހާއި 12 ދުވަހުގެ މުއްދަތެއް ދިގުލައި ގޮސްފައިވާކަމަށާއި، އެކަމުގެ
ސަބަބުން ހުއްދައަށް އެދި ހުށަހެޅި ފަރާތަށް -/890866.66 (އަށްލައްކަ ނުވަދިހަހާސް އަށްސަތޭކަ
ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ގެ ގެއްލުންވެފައިވާ ކަމަށްބުނެ އެފައިސާ ހޯދުމަށް ނ.މިލަދޫ
ކައުންސިލް އިދާރާގެ މައްޗަށް ނ.މިލަދޫ މުސްތަރީގެ އަލި ނޫޙް ދަޢުވާކުރުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ދެންފަހެ، ފާހަގަ ކުރެވުނު ނުކުތާތަކަށް
ބަލާއިރު ނ.މިލަދޫ، މުޝްތަރީގެއޭކިޔާ ބަންޑާރަ ގޯތީގައި ޢިމާރާތްކޮށްފައިވާ ރެސްޓޯރެންޓް ކެފޭ ހިންގުމަށް
ބޭނުންވާ ހުއްދަދިނުން ދިގުލައިގެންގޮސް މިހުއްދަ ނުދީ ހިގާފައިވާ 10 މަހާއި 22 ދުވަހުގައި މިޢިމާރާތުގެ
ވެރިފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގަ ސީދާ ގެއްލުންކަމަށް އެތަނުގެ މުވައްޒަފުން
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/16
ދ 78
6 މ
ބަޔާންކުރެވުން
މުސާރައާއި އެހެނިހެން ޚަރަދުގެ ގޮތުގައި ހިގާފައިވާ -/890866.66 ( އައްލައްކަ ނުވަދިހަހާސް އަށްސަތޭކަ
ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ރުފިޔާ ހޯދުމަށް އެދިފައިވީނަމަވެސް މިބާވަތުގެ ސީދާ ގެއްލުމަކީ
ޤާނޫނީ ގޮތުން ކުރުން އެފަރާތެއްގެ މައްޗަށް ލާޒިމްވާ ކަމެއް ނުކުރުމުގެ ސަބަބުން ނުވަތަ ލިބިފައިވާ ޤާނޫނީ
އިޚްތިޔާރުތަކެއް ނާޖާއިޒް ގޮތުގައި ބޭނުންކޮށް، ކަމެއް ލަސްކުރި ދަސްކުރުމުގެ ބަދަލުގައި ނަގައިދެވޭނެ
ބަދަލެއްނޫންކަން އެގެން އޮންނާތީއާއި، މި ހުއްދަ ދޫކުރުމަކީ ކައުންސިލްގެ އިދާރާގެ ޤާނޫނީ
މަސްއޫލިއްޔަތެއްކަން އެގެން ނެތުމުން އެދިފައިވާ ފަދައިން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި -/890866.66
( އަށްލައްކަ ނުވަދިހަހާސް އަށްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ރުފިޔާ ނަގައިދޭނެ
ތަނެއްނެތްކަމަށް
ކަނޑައަޅައި، މިގޮތުގެމަތީން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިން
ބަޔާންކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ރެވުނު ގޮތުގެ މަތީން މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް
ކޯޓްގެ ނަންބަރު:2012/D
-
10
-
C/28 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމާއި ގުޅިގެން ނ.މިލަދޫ!މުސްތަރީގެ، ޢަލީ
ނޫޙްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/D-10-C/28 ޤަޟިއްޔާގައި، ކެފޭ ރެސްޓޯރެންޓް ހިންގުމުގެ ހުއްދަ ދިނުމަކީ ޤާނޫނީ ގޮތުން
ކައުންސިލަށް ލިބިގެންވާ ބާރެއް ނޫންކަމުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ، ޤާނޫނު ނަންބަރު 7/2010
(ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އާއި "ވިޔަފާރި ހުއްދަ
ރަށުއޮފީހުން ދޫކުރުމުގެ ޤަވާއިދު 2005" އާއި ފުށުއަރާ ގޮތަށް ނުވަތަ ތަޢާރަޝްވާ ގޮތަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަން
2012/D-10-C/28 ޤަޟިއްޔާގައި، ސީދާ ގެއްލުމަކީ ޤާނޫނީ ގޮތުން ކުރުން އެފަރާތެއްގެ
aދ 8 އ ހވ
42094ތކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/16
އެކަމުގެ ސަބަބުން
ލާޒިމްވާކަމެއް ނުކުރުމުގެ ސަބަބުން ނުވަތަ ޤާނޫނީ އިޚްތިޔާރުތަކެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށް ކަމެއް
ލަސްކުރި ލަސްކުރުމުގެ ބަދަލުގައި ނަގައިދެވޭނެ ބަދަލެއް ނޫންކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި
ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލާއި، އަދި ތަހުޒީބީ މުޖުތަމަޢުތަކުން
ދެކުން މިފަދަ ގެއްލުމުގެ ބަދަލު
ނަގައިދިނުމުގައި ޢަމަލުކުރަމުން އަންނަ ގޮތާއި ޚިލާފަށްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުން މިމައްސަލަ
ބެއްލެވުމުގައި ފާހަގަކުރެވޭ ނުކުތާތަކުގެ ދެވަނަ ނުކުތާގައި ފެށި ގައި)، ޤާނޫނީ ޙައްޤަކަށް އަރައިގެންފައިވާނަމަ
ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވެނީ ހަމައެކަނި ޤާނޫނީ ޙައްޤަކަށް އަރައިގަނެވުނުކަން
ދަޢުވާލިބޭ ފަރާތަށް އިޙުސާސް ކޮށްދިނުން ކަމުގައި ބަޔާންކޮށްފައި ވަނީ ޤާނޫނީ އެއްވެސް އަސާސެއްގެ
މައްޗަށް ބިނާކޮށްގެން ނޫންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/D-10-C/28 ޤަޟިއްޔާ ބައްލަވައި ނިންމެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެންމެ ފުރިހަމަ ގޮތުގައި މައްސަލާގައި އިންސާފު
ޤާއިމުކޮށްދެވިފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
403 މިމައްސަލައާއި ގުޅިގެން މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: 2012/D-10-C/28 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ
ނުޖެހޭކަމަށް ބުނެ ށ.މިލަދޫ މުސްތަރީގެ ޢަލީ ނޫޙް އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތްތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ނ.މިލަދޫ މުސްތަރީގެ ޢަލީ ނޫޙުގެ ފަރާތުން މިލަދުންމަޑުލު ދެކުނުބުރީ
މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/D-10-C/28 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ
ނ.މިލަދޫ/މުސްތަރީގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ ޢިމާރާތެއްގައި ރެސްޓޯރަންޓެއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/16
ބޭނުންވެގެން ރެސްޓޯރެންޓް ކެފޭ ހިންގުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި ނ.މިލަދޫ ކައުންސިލް އިދާރާއަށް
ޢަލީ ނޫޙުގެ ފަރާތުން ހުށަހެޅުމުން އެހުއްދަ ނުދެއްވައި 10 މަހާއި 12 ދުވަހުގެ މުއްދަތެއް ހޭދަވެގެން
ގޮސްފައިވާކަމަށާއި، އެކަމުގެ ސަބަބުން -/890866.66 (އަށްލައްކަ ނުވަދިހަހާސް އަށްސަތޭކަ ފަސްދޮޅަސް
ހަރުފިޔާ ފަސްދޮޅަސް ހަލާރި) ގެ ގެއްލުން ޢަލީ ރޫޙަށް ލިބިފައިވާކަމަށްބުނެ، އެފައިސާ ހޯދުމަށް ނ.މިލަދޫ
ކައުންސިލް އިދާރާގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އެޤަޟިއްޔާގެ ރިޕޯޓަށް ބެލުމުން އެނގެން
އަންންކަމެވެ.
-3.2
ދެވަނަ ކަމަކީ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް
ނަންބަރު: 2012/D
-
10
-
C/28 ޤަޟިއްޔާގައި ޢަލީ ނޫޙުގެ ފަރާތުން ހުށަހަޅާފައިވަނީ ޤާނޫނީ
މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ ފަރާތަކުން އެމަސްއޫލިއްޔަތު އަދާކުރަންޖެހޭގޮތަށް އަދާނުކުރުމުގެ ސަބަބުން
ލުންވެފައިވާކަމަށްބުނެ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައަކަށް ވާއިރު، އެ މައްސަލާގައި ޝަރީޢަތުން
ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޤާނޫނީ މަސްއޫލިއްޔަތު އަދާނުކުރި ކަމަށް ބުނާ އިދާރާގެ ޤާނޫނީ
މަސްއޫލިއްޔަތަކީ ކޮބައިކަން ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޢަމަލުކުރަމުންދާ އުޞޫލުތަކުގެ ޢަލީގައި ދެނެގަތުމާއި،
އެ އިދާރާއިން އަދާނުކުރި މަސްއޫލިއްޔަތުކަމަށް ޢަލީ ނޫޙު ބުނާ މަސްއޫލިއްޔަތަކީ އެއިދާރާއަށް ޤާނޫނީގޮތުން
މަތިކުރެވިފައިވާ މަސްއޫލިއްޔަތެއްތޯ ބެލުމާއި، އަދާނުކުރި ކަމަށް ބުނާ ޤާނޫނީ މަސްއޫލިއްޔަތު އެ އިދާރާއިން
އަދާކޮށްފައިވާކަން ނުވަތަ ނޫންކަން ދެނެގަތުމާއި، އަދާނުކުރި މަސްއޫލިއްޔަތު އަދާކޮށްފައިނުވަނީ
ނުބައިނިޔަތުގައިކަން ނުވަތަ އެމަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަން ދެނެގަތުމާއި، މިކަންކަން
ހިމެނޭކަމާއި،
އަދި މިކަންކަން ޝަރީޢަތުން ބެލުމުގައި، ނ.މިލަދޫ ކައުންސިލް އިދާރާއަށް ޢަލީ ނޫޙުގެ
ފަރާތުން ވަކި ޚިދުމަތެއް ހޯދުމަށް ހުށަހެޅުމުން އެ އިދާރާގެ ފަރާތުން އެފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާ
ކުރުމުގެ ގޮތުން ޢަމަލުކޮށްފައިވާގޮތުގެ ތަފްޞީލު ހޯދައި، އެމަޢުލޫމާތުގެ އަލީގައި އެ އިދާރާއިން އެކަމުގަ
އެއްވެސް ވަރެއްގެ ނުބައި ނިޔަތެއް ނުވަތަ އިހުމާލުވުމެއް ވެފައިވޭތޯ ބެލުމާއި، ލިބިފައިވާކަމަށް
,ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2014/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކޮށްފައިވާ ގެއްލުމަކީ ޙަޤީޤަތުގައިވެސް ލިބިފައިވާ ގެއްލުމެއްކަން ނުވަތަ ލިބުނުކަމަށް ބުނާ ގެއްލުމަކީ
ޚިޔާލީ ތަޞައްވުރެއްގެ މައްޗަށް ބުނާ ބުނުމެއްކަން ދެނެގަތުމާއި، އަދި އެގެއްލުން ލިބިފައިވަނީ ނ.މިލަދޫ
ކައުންސިލް އިދާރާގެ ފަރާތުން ޢަމަލުކުރި ގޮތެއްގެ ސަބަބުންކަން ނުވަތަ ނޫންކަން ދެނެގަތުމާއި، ޢަލީ
ލިބެމުން ދިޔަކަމަށް ބުނާ ގެއްލުން ކުޑަކުރުމަށް އޭނާ ޢަމަލުކޮށްފައިވާގޮތް ދެނެގަތުން ހިމެނޭކަން ފާހަގަ
ނޫހަށް
3.3- ތިންވަނަ ކަމަކީ: މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: 2012/D-10-C/28 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ޢަލީ ނޫޙުގެ ފަރާތުން އެކޯޓަށް
ހުށަހެޅި މައްސަލައާއި ގުޅިގެން، ޢަލީ ނޫޙު ނ.މިލަދޫ ކައުންސިލް އިދާރާއަށް ރެސްޓޯރަންޓް ކެފޭ ހިންގުމުގެ
ހުއްދަ ހޯދުމަށް ހުށަހަޅާފައިވަނީ ކޮންއިރަކު ކަމެއް، އަދި އެހުށަހެޅުމާ ގުޅިގެން އެއިދާރާގެ ފަރާތުން ޢަލީ
ނޫހަށް އެއްވެސް ޖަވާބެއް ދީފައިވާކަމެއް ނުވަތަ ނޫންކަމެއް، އަދި ޖަވާބެއް ދީފައިވާނަމަ ދީފައިވަނީ ކޮން
ތާރީޚެއްގައިކަމެއް، އަދި އެއީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދީފައިވާ ޖަވާބެއްކަމެއް، އަދި އެޖަވާބުގެ
ޤާނޫނީ ނަތީޖާއަކީ ކޮބައިކަމެއް، މިއިން އެއްވެސް ކަމަކާ ގުޅޭގޮތުން އެއްވެސް މިންވަރަކަށް ބައްލަވައި،
އެކަންކަމާ ގުޅިގެން ޝަރީޢަތުން ދެކޭގޮތް ފާހަގަކުރައްވާފައިވާކަން އެނގެން ނެތްކަމާއި،
އަދި ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/D-10-C/28 ޤަޟިއްޔާގެ ރިޕޯޓުގެ
3 ވަނަ ނަންބަރުގެ (ށ) ގައި، ޤާނޫނީ މުފައްކިރުންނާއި ފަލްސަފާވެރިންނާ ޙަވާލާދެއްވައި، މިބާވަތުގެ ބަދަލު
ނަގައިދެވޭނީ މުއްތަހަމްގެ ފުށުން ފިޢުލީގޮތުން ކުރާކަމަކުން މީހެއްގެ ޤާނޫނީ ޙައްޤެއް ގެއްލިއްޖެ ޙާލަތުގައި
ކަމަށް ބަޔާންކޮށްފައި އޮތް އޮތުމާއި، އެރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ނ) ގައި، މިބާވަތުގެ ގެއްލުމުގެ
ތެރޭގައި ބަދަލު ނަގައިދެވޭ މާއްދީ އަސްލު ގެއްލުމެއް ނުހިމެނޭނެކަމާއި، މިބާވަތުގެ ގެއްލުމަކީ ހަމައެކަނި
ޞިއްޙީ ގެއްލުން ކަމުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ، ޢަލީ ނޫޙުގެ ފަރާތުން ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅި މައްސަލާގެ މައުޟޫޢާ ގުޅުންހުރި ވާހަކައެއްކަމުގައި، މިޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރިންނަށްވީ
ޤަބޫލު ނުކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/16
24
ey
އެހެންކަމުން މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/D-10-C/28 ޤަޟިއްޔާގައި
ނިންމަވާފައިވަނީ، ހުށަހެޅުނު ދަޢުވާގެ މައުޟޫޢަށް ރަނގަޅަށް އިންޞާފުކުރެވިގެންކަމަށް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ނުފެނުނުހިނދު، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/D-10-C/28 ޤަޟިއްޔާއަކީ އެޤަޟިއްޔާގެ މައުޟޫޢާމެދު ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށްފަހު ޙުކުމްކުރުމަށްޓަކައި އެކޯޓަށް
ތަޙްވިލްކުރަންޖެހޭ ޤަޟިއްޔާއެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ހުރިހާ ފަނޑިޔާރުންނަށް
ވެސް އެއްބަސްވެވިފައި ވެއެވެ.
ދެންފަހެ، ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/D-10-C/28 ޤަޟިއްޔާގައި
ނ.މިލަދޫ/މުސްތަރީގެ ޢަލީ ނޫޙު ހުށަހެޅި މައްސަލަ ބައްލަވައި ނިންމަވާފައިވަނީ، އެމައްސަލާގެ މައުޟޫޢާ މެދު
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށްފަހުގައި ކަމަށް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ނުފެނުނުހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި
ފާހަގަކުރެވުނު އެންމެހައި ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާ މައުޟޫޢީ ގޮތުން އަލުންބަލާ
ފައިޞަލާ ކުރުމަށްޓަކައި، ޤާނޫނު ނަންބަރު 010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ
މާއްދާގެ (ށ) ގެ ދަށުން މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/D
-
10
-
C/28 ޤަle،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
20j4/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙްލީލުކުރުމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv