ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/321 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 321/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރ:
" ދާއިމީ އެޑްރެސް: .
މިހާރުގެ އެޑްގެ
އައިޑީ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ސިހާނު
ކާޑު ނަންބަރ A003772
* ދާއިމީ އެޑްރެސް: ޏ.ފުވައްމުލައް ( ވަލީގެ
މިހާރުގެ އެޑްރެސް:ޏ.ފުވައްމުލައް | ވަލިގެ
އައިޑީ
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޛުލްޤައިދާ 1430 * ނިމުނު ތާރީޚް: 05 ޛުލްޙިއްޖާ 1432
01 ނޮވެމްބަރ 2009
01 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/512
• ނިންމެވި ފަރާތް: ޖިނާއީ ކޯޓު ( ކްރިމިނަލް ކޯޓު)
.ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން.
• ހުށަހެޅި ތާރީޚް: 19 ފެބްރުއަރީ 2009
، ނިމުނުތާރީޚް: 29 ޖުލައި 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އްޖޭގެ އިސްފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާދު ޔޫސުފު ޙުސައިން، ފަނޑިޔާދު ޢައްބާސް ޝަރީފު
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓާ www.highcourt.gov.mv
2
2009/HC-A/321
.
.9ގ 3 *
دور اس سروس میموی مرمرعي
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/512 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުއީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޏ. ފުވައްމުލައް | ވަލިގެ އިބްރާހިމް
ނިހާނު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A003772) އެވެ.
→ ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/512 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުއީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/512 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ
25 މެއި 2008 ވަނަ ދުވަހުގެ 11:00 އެހާކަންހާއިރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށް
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށް ކުޑަކަމުދާތަކެތި
ދީފައިނުވާތީކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އިބްރާހިމް ސިހާނުގެ
މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން ޖިނާއީ ކޯޓުން ބައްލަވައި ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ،
!ދެންފަހެ، ޏ.ފުވައްމުލައްވަލިގެ އިބްރާހިމް ޝިހާންގެ މައްޗަށް ދައުލަތުން ދަޢުވާކުރި
އަމުރަށްނުކިޔަމަންތެރިވުމުގެ ކުނުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، އިބްރާހީމް ސިހާން
ނުކިޔަމަންތެރިވި އަމުރަކީ ކޮބައިކަން އެނގެން ނެތުމުންނާއި، ކުޑަކަމުދާތަކެތި ދިނުމަކީ ކުށެއްކަން
ބަޔާންކޮށްފައިވާ ޤާނޫނީ ނައްސެއް ނެތުމުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޏ.ފުވައްމުލައްވަލީގެ
ދިވެހި2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/321
ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިބްރާޙީމް ޝިހާންގެ މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީމެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އިނގެން އޮވެއެވެ.
3. ޖިނާއީ ކޯޓުން އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން 03 ނުކުތާއެއް ހުށަހަޅައި އެއާއި
ބެހޭގޮތުން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ކުށް ކުރާމީހުން ހިފާ ހައްޔަރު ކުރުމާއި ކުށް ސާބިތު
ކުރުމަށްޓަކައި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމާއި ހެއްކާއި ޤަރީނާ އެއްކުރުމާއި މިފަދަ
ތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމުގެ ޤާނޫނީ ބާރާއި އިޙްތިޔާރު
ލިބިދީފައިވާ އެއްފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް ކަމަށްވީހިނދު މަނާކުރެވިފައިވާ މަސްތުވާ
އެއްޗެއް ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރުމަށްފަހު ތަޙްޤީޤަށް އޭނަގެ ކުޑަކަމުދާތަކެތި
ތަޙްލީލްކުރުމަށް ބޭނުންވާތީއާއި ޤާނޫނު ނަންބަރު 17/77 މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 18 ވަނަ
މާއްދާގައި މަސްތުވާ އެއްޗެއް ބޭނުން ކޮށްފައިވާކަން ނުވަތަ ބޭނުން ކޮށްފައިވަނީ ކޮންބާވަތެއްގެ
މަސްތުވާ އެއްޗެއްކަން ޘާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމީ ފާހާ ތަޖްރިބާ ލިބިފައިވާ މީހަކު
ޝަރީޢަތުގެ މަޖިލީހުގައި އަދާކުރާ ހެކިބަހަކީ ކުށްޘާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް
އޮންނައިރު މިފަދަ މަސްއަލަތައް ޘާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތި ތަޙްލީލް ރިޕޯރޓަކީ މުހިއްމު
އެއްޗަކަށްވީއިރު ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުގެ ނުވަތަ އަމުރު ކުރުމުގެ ބާރު ތަޙްޤީޤްކުރާ
ފަރާތަށް ލިބިގެންނުވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީގޮތުން ރަނގަޅު ނިންމެވުމެއްނޫންކަމަށް
ބުނެ ހުށަހެޅި ނުކުތާ،
• ދެވަނަ ނުކުތާއަކީ، މިމަސްއަލަ ޖިނާއީކޯޓުން ޘާބިތުނުވާކަމަށް ނިންމަވާފައިވަނީ،
ހުށަހެޅިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އައު ޤާނޫނުއަސާސީ ތަސްދީޤުކުރެވުމުގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން މާވެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
.ޖީ"
2009/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
03/1
ކުރިންކަމަށާއި، އެޤާނޫނުއަސާސީގެ ދަށުން ކުޑަކަމުދާތަކެތި ދިނުމަށް އެންގެވުމުގެ ޤާނޫނީ ޞަރީޙަ
ޢަމުރަކީ ކޮބައިކަން ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާކަމަށް ބުނެ މަސްއަލު
ޘާބިތުނުވާކަމަށް ނިންމަވާފައިވާއިރު އައު ޤާނޫނުއަސާސީ ތަސްދީޤްކުރެވިފައިވަނީ 07 އޮގަސްޓް 2010
ދުވަހު ކަމަށްވާއިރު މިޙާދިޘާ ހިނގާފައިވަނީ 25 މެއި 2008 ދުވަހުކަމަށްވުމުން މިމައްސަލައިގެ
މައްޗަށް ހިނގާނީ ކުރީގެ ޤާނޫނުއަސާސީގެ ދަށުން ޢަމަލުކުރަމުން ގޮސްފައިވާ އުޞޫލުތައްކަމަށްވެފައި
އެޤާނޫނުއަސާސީގެ 116 ވަނަ މާއްދާގައި ޤާނޫނު މާނަކޮށްފައިވާގޮތުން ޤާނޫނުގެ މާނައިގެތެރޭގައި
ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާ ޤާނޫނުތަކާއި، އޭގެ ދަށުން ހެދޭ ޤަވާޢިދުތަކާއި، ސަރުކާރުން
ޢަމަލުކުރަމުންގެންދާ އުޞޫލުތައް ހިމެނިފައިވާއިރު، ކުރީގެ ޤާނޫނުއަސާސީގެ ދަށުން މިފަދަ އެތައް
މަސްއަލަތަކެއް ޖިނާއީކޯޓުން ޘާބިތުވެފައިވާހިނދު، އެމަސްއަލަތަކުގައި އެނޫންގޮތަކަށް ދިވެހިރާއްޖޭގެ
ހައިކޯޓުން އަދި ސުޕްރީމްކޯޓުން ވެސް ގޮތެއް ނިންމަވާފައިނުވުމާއެކު މިމަސްއަލައިގައި މިކަންތައްތަކަށް
ނުބައްލަވާ މަސްއަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ،
• ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
4. ޖިނާއީ
ކޯޓުގެ ނަންބަރު 2009/JC/512 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އިބްރާހިމް
ސިދާނުގެ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ޏ. ފުވައްމުލައް ( ވަލީގެ އިބްރާހިމް ސިދާނުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ
އޮފީހުގެ ފަރާތުން ޖިނާއީ ކޯޓުގައި ދަޢުވާކޮށްފައިވަނީ، ތަޙްޤީޤުކުރާ ފަރާތްތަކުން، ތަޙްޤީޤުކުރުމުގެ
އިބްރާހިމް ސިހާނުގެ ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން އިބްރާހިމް ސިހާނު އެކަމަށް
44
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
t
.
5
2009/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިންކާރުކޮށްފައިވާ ކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88 ގެ (ހ) ގެ ދަށުން އިބްރާހިމް ސިހާނު އަމުރަށް
ނުކިޔަމަންތެރިވީ ކަމުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި، ތަޙުޤީޤް ކުރާ ފަރާތަށް އެއްބާރުލުންދީ
އެފަރާތުގެ ވާޖިބު އަދާކުރުމަށް އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތަކަށް
ނުވަތަ ނުބައިކަމަކަށްނުވާ ކޮންމެ ކަމެއްގައި އަދާކުރަންޖެހޭ ޒިންމާއެއްކަމާއި، ހެކިނުފޮރުވުމަށާއި
އަމިއްލަ ނަފުސާ ދެކޮޅަށް ކަމުގައިވިޔަސް ހެކިބަސް ދިނުމަށާއި ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި
އަންގަވާ އަމުރުކުރެވިފައިވާކަމާއި، ޝަރުޢީގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި
މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު ދެވިފައިވާކަމާއި، ޝަރުޢީ ނުވަތަ
ޤާނޫނީ ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން ކަޑައަޅަނީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާކަމާއި، އެމާއްދާގައި ކަނޑައެޅިފައިވާ މަފުމަށް ބަދަލެއް އައިސްފައި ނުވާކަން އެނގެން އޮތުމުން
ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އަށް އެކަނި ނަޒަރުކޮށް ޢަމަލުތައް ތަޖުރީމު (ޕީނަލައިޒް)
ކުރުމުގެ ޤާއިދާއެއް އެކަށައެޅުމަކީ ޤާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އަރާނެކަމެއް ކަމާއި
ތަޖްރީމްކުރުމުގެ މަޞްދަރުތައް އޮޅިދާނެ ކަމެއްކަމަށް ބެލެވިގެން ހިނގާދާނެކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 113/HC
-
A/2009 ގައި ބަޔާންކޮށްފައިވާކަމާއި، މި ބާވަތުގެ މައްސަލަތަކުގައި
ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން.
(ށ) ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގައިވެސް މަނާ ކަންތައް
ތަކެއްގެ ގޮތުގައިމެނުވީ، އުޞޫލެއްގެގޮތުން ބެލެވޭނެ އެއްވެސް ހަމައެއްނެތްކަމަށާއި، ޝަރީޢަތުގައި
މަނާކުރެވިފައިވާ ކަންތައްތަކަށް ނަހަމަގޮތުގައި އަރައިގަނެވޭ ހިނދު، އެފަދަ ފަރާތްތަކުގެ ނުރައްކަލުން
ދިވެހިމުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ޖިނާއީ ދަޢުވާ އުފުލަންޖެހިއްޖެ ޙާލަތެއްގައި ދަޢުވާ އުފުލުމާއި
ޢުޤޫބާތް ކަނޑައެޅުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމްގެ ތެރެއިން ފަހިކޮށްދެވިފައި
އޮތުމަކީވެސް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 މާއްދާއިން ލާޒިމްވާކަމެއް ކަމަށާއި، ޝަރުޢީ
ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވު
ންތެރިވުމަކީ ކުށެއްކަމަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
ގައި ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމަކުން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009/HC-A/32]
ޤަޙޟިއްޔާ ނިލުން ގތގެ ރިޕޯޓް
44 0 2
مرنے ک
4
2
4
2
2 ހދ 4
އެންގއންކެނޑި
އެއްކިބާވުމަށް އިސްލާމީ ޝަރީޢަތުގައި އަމުރުކުރެވިފައިވާ ކޮންމެކަމަކަށް ނަހަމަގޮތުގައި އަރައިގަތުމަކީ
ކުށުގެ ޢަމަލެއްކަން ކަނޑައަޅާ މާއްދާއަކަށްވެފައި، ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ޢަމުރު ކުރުމާއި
މަނާކުރުމުގެ ބާރު ލިބިގެންވާ ފަރާތަކުންކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމަކީވެސް ކުށްވެރި
ޢަމަލެއްކަމަށާއި، އެފަދަކުށެއް ކޮށްފި މީހެއްގެ މައްޗަށް ކަނޑައަޅަން ޖެހޭނޭ ޢުޤޫބާތްވެސް އެމާއްދާގެ
(ހ) (ހ) އަދި (ށ) ގައި ކަނޑައެޅި ބަޔާންވެފައި އޮތުމާއެކު، ޤާނޫނަކުން ބާރުލިބިގެންކުރެވޭ
ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމާއި އެފަދަކަންކަމަށް ޙައްޤަކާނުލާ ހުރަސްއެޅުމަކީވެސް
ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއް ކަމަށް ބެލެވޭނެކަމެއްކަމަށް
ހައިކޯޓުގެ ނަންބަރު
310/HC
-
A/2009 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން
(ނ) މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު
މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާ އެއްޗެއްކަން
ސާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި އަދާކުރާ
ދެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތްއިރު، މަސްތުވާތަކެތީގެ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޢުލީމު ރިޕޯޓަކީ ވަރަށް މުހިއްމު އެއްޗެއްކަމުގައި
ބެލެވޭކަމާއި، މިފަދަ ރިޕޯޓެއް ހެދުމާއި ނުހެދުން ބިނާވެގެން ވަނީ ތުހުމަތު ކުރެވޭ މީހާ ދޭ
ކުޑަކަމުދާތަކެތީގެ މައްޗަށް ބުރަވެހުރެކަން އެނގެން އޮންނާތީއާއި، ބޭނުންކޮށްފައިވާ މަސްތުވާއެއްޗެއްގެ
ބާވަތުން ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ތަފާތުތަކެއް ހުންނާތީއާއި، މަސްތުވާއެއްޗެއް
ބޭނުންކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ މަސްތުވާއެއްޗެއްކަން
ދެނެގަނެވޭނެ ވަސީލަތަކީ ލެބޯޓްރީން ކުރާ ޓެސްޓު ކަމަށްވުމުން، ތަޙްޤީޤުގެ ބޭނުމަށްޓަކައި
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ނުދިނުމަކީ ތުހުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި
އޮތްކަމެއްކަމުގައިވަނީނަމަ، އެކަމަކީ ޤާނޫނުގެ ބާރު ކަނޑުވާލައި، ޤާނޫނަކުން ބާރުލިބިގެންކުރެވޭ
ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމަށްޓަކައި ކުރެވޭ ޢަމަލެއްކަމުގައި ނޫނީ
44 ޑ ވ 94
9
ލިވަންތަކަން.
k e
bu
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
se+
.
1
2009/HC-A/32]
.32 މި
ޤަފޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
404
(ޅ) ޤާނޫނަކާއި ނުވަތަ ޤަވާއިދަކާވިޔަސް ޚިލާފުނުވާގޮތަށް ކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ
ސާމްޕަލްފަދަ ތަކެތި ނުދީ ހިފެހެއްޓުމަކީ ކުށެއްކަމަށް ޖިނާއީ ޤާނޫނެއްގައި ނައްސުން ކަނޑައެޅިފައި
ނެތަސް، އިސްލާމީ ޝަރީޢަތުގައި މަނާކަންތައްތަކެއް ކަމަށް ބެލެވެންޖެހޭ އެފަދަ އެންމެހާ ޢަމަލުތަކަކީ
ކުށުގެ ޢަމަލުތަކެއްކަމަށް ބެލުމަށް ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19
ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ ދަށުން ލާޒިމު ކުރާކަމަށާއި އަދި ޤާނޫނުގައި ނައްސުން ބަޔާންވެފައި
ނުވާ އެފަދަ ކަންކަން ޝަރީޢަތުގެ ފަރާތުން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއްގެ ޙުކުމް
އޮންނަ ގޮތެއްގެ މައްޗަށް ކޯޓުތަކުގެ ފަނޑިޔާރުން ރިޢާޔަތްކުރަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ 142
ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާތީއާއި މިފަދަ މައްސަލަ ތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން
ޢަމަލުކުރަންޖެހޭ އުޞޫލު އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާއާއި ނަންބަރު 113/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅި ނިމިފައިވާކަމާއި، އިސްވެ
ދެންނެވުނު ދެ ޤަޟިއްޔާގައި ކަނޑައަޅާފައި އުސޫލުގެ މައްޗަށް ބަލާ ރިޢާޔަތްކުރުމުން ތަޙްޤީޤަށް
ބޭނުންވާ ކުޑަކަމުދާތަކެތި ޤަސްދުގައި ނުދިނުމަކީ ޝަރުޢީގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވީ
ކަމުގައި ބެލެވެން އޮތްކަން.
ޖެހިރާއްޖޭގެ
.ޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2009/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޙުކުމް
ވީމާ 25 މެއި 2008 ވަނަ ދުވަހުގެ 11:00 އެހާކަންހާއިރު ފުވައްމުލަކު ޕޮލިސް
ސްޓޭޝަނަށް ޏ. ފުވައްމުލައް ވަލީގެ، އިބްރާޙީމް ޝިހާނު ޙާޟިރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް
އެންގުމުން، ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށް ކުޑަކަމުދާތަކެތި ދީފައިނުވާކަމަށްބުނެ ޕްރޮސެކިއުޓަރ
ޖެނެރަލްގެ ފަރާތުން ދައުވާކުރުމުން ބެލުނު ޖިނާއީކޯޓުގެ ނަންބަރު 2009/JC/512 ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވަނީ، އެފަދަ ޢަމަލު ތަޖްރީމުކުރުމުގެ އިތުރަށް އެޢަމަލުތަކަށް ކަނޑައަޅާ
ޢުޤޫބާތްވެސް ބަޔާންކުރެވިފައިވާ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމަކާއިނުލާ އަދި
ޤާނޫނު އަސާސީގެ 2 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ
(ހ) އާއި 142 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް
ނުވާތީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/512 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލުކުރަންޖެހޭ
ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފަނޑިޔާރުންގެ މަޖިލީހަށް ފެނުނުހިނދު، ޖިނާއީ
ކޯޓުގެ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ
ދަޢުވާ އަލުން ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 310/HC
-
A/2009 ޤަޟިއްޔާ
އާއި، ހައިކޯޓުގެ ނަންބަރު: 113/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ
އަލީގައި ޖިނާއީ ކޯޓުން (ކްރިމިނަލް ކޯޓުން) އަލުން ބައްލަވައި، އެ މައްސަލައިގެ މައުޟޫޢާމެދު
ފައިސަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
"8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv