ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/106 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/106
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 106/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޠާރިޤު ޢަލީ ލުޠުފީ
ކާޑުނަންބަރު: A039965
* ދާއިމީ އެޑްރެސް: އެވަރގްރީން ހިތަދޫ
މިހާރުގެ އެޑްރެސް: އެއްގަމުގެ އާގެ| މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުލެ 22000
މިހާރުގެ އެޑްރެސް: މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުލެ 22000
• ރަޖިސްޓްރީ ތާރީޚް: 20 ޖުމާދަލްއޫލާ 1431
މެއި 2010
ނިމުނު ތާރީޚް: 07 ޛުލްޙިއްޖާ 1433
23 އޮކްޓޯބަރ 2012
05
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/140
ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުމަށް އެދި
ހުށަހެޅި ތާރީޚް: 21.10.2009
' ނިމުނު ތާރީޚް: 04.03.2010
T
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2013/HC-A/106
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140 މައްސަލަ، އެޓްރައިބިއުނަލްއިން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސ.ހިތަދޫ އެވަރގްރީން ޠާރިޤު ޢަލީ ލުޠުފީގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
l) އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140
މައްސަލައަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި 03 އޭޕްރީލް 205 ން ފެށިގެން
ޠާރިޤް ޢަލީ ލުޠުފީ ވަޒީފާ އަދާކުރަމުން އައިސްފައިވަނިކޮށް، 22 ޖުލައި 2009 ގައި އޭނާ ވަޒީފާއިން
ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ނޯޓިހެއް ދިނުމަކާއި ނުލައި، ބަލަންޖެހޭ ކަންކަން
ނުބަލައިކަމަށްވުމުން އޭގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި 21 އޮކްޓޯބަރ 2009 ގައި
ޠާރިޤް ޢަލީ ލުޠުފީ ހުށަހަޅާފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެއްލެވި މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ "..މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން
ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ޠާރިޤް ޢަލީ
ލުޠުފީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗީފް ޕާސަނަލް އޮފިސަރގެ މަޤާމުން 22 ޖުލައި 2009
ގައި ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ
ޒިންމާއަކަށްވާ ހިނދު، އެކަން މައްސަލަ ރައްދުވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް ސާބިތު
ކޮށްދެވިފައި ނުވާތީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،
ޠާރިޤް ޢަލީ ލުޠުފީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާއާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު: 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާއަށް ޙަވާލާދީ ޚިދުމަތުގެ މުއްދަތަށް
ބަލައި، 01 މަސް ދުވަހުގެ ނޯޓިހަށްވާ ފައިސާ (ބޭސިކް މުސާރައާއި އެލަވަންސް) 34000 (ތިރީސް ހަތަރު
ހާސް) ރުފިޔާއާއި، ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) ގެ.
ބަދަލުގެ ގޮތުގައި ދެ މަސްދުވަހުގެ ބޭސިކް މުސާރައަށްވާ މިންވަރު، 50000 (ފަންސާސް ހާސް) ރުފި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ހައިކޯޓް
3
2010/HC-A/106
އެނެގުމަށް،
ޖުމްލަ 84000 (އައްޑިހަ ހަތަރު ހާސް) ރުފިޔާ 04 މާރޗް 2010 ން ފެށިގެން 07 ދުވަހުގެ ތެރޭގައި އެކީ
އެއްފަހަރާ ޠާރިޤް ޢަލީ ލުތުފީއަށް ދިނުމަށާއި އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމަކުން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް އަންގާ" އެމައްސަލަ ނިންމަވާފައިވާކަން އެމައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
CCCX
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140 މައްސަލަ އެ ޓްރައިބިއުނަލްއިން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސ.ހިތަދޫ އެވަރގްރީން ޠާރިޤު ޢަލީ ލުޠުފީގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން މައިގަނޑު 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ccc
ފުރަތަމަ ނުކުތާއަކީ، އެއްވެސް އަސްލެއް ނެތް ކަންތައްތަކެއްގެ އިލްޒާމް ޠާރިޤު ޢަލީ ލުޠުފީގެ
ބޮލުގައި އަޅުވައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސްވެސް ނުދީ ކަމަށްވާއިރު، ޤާނޫނު ނަންބަރު 02/2008
(ވަޒާފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގެ ގޮތުގައި ނަންގަވައި ދެއްވާފައިވާއިރު
މިންވަރަކީ ޠާރިޤު ޢަލީ ލުޠުފީ ގެއްލިގެން ދިޔަ އެމްޕްލޯއިބިލިޓީއަށް ބަލާއިރު އަދުލުވެރި ބަދަލަކަށް ނުވުންކަމަށް
ބުނެ ހުށަހެޅި ނުކުތާ.
2
• ދެވަނަ ނުކުތާއަކީ، ޠާރިޤް ޢަލީ ލުޠުފީގެ ވަޒީފާއަކީ ކުންފުނި ހިންގުމުގެ އިސްމަގާމަކަށްވެފައި،
އޭނާ އަދާކުރަމުން އައިފަދަ ވަޒީފާ ދެވޭފަދަ މަދު ކުންފުންޏެއް ނޫނީ ދިވެހި ޤައުމުގައި ނެތިފައި އަދި ޠާރިޤު ޢަލީ
ލުޠުފީ އަދާކުރަމުންއައި މިމަޤާމުގެ މުސާރައާއި ޢިނާޔަތް ދޭ މިފެންވަރުގެ ވަޒީފާތަކަކީ ޢާންމުކޮށް ޤައުމުގައި
ވަރަށް މަދު ވަޒީފާ އެއްކަމަށްވާތީ، ޠާރިޤު ޢަލީ ލުޠުފީ ހުރި މަޤާމުން އޭނާގެ އަބުރާއި ޢިއްޒަތަށް ހުތުރުވާގޮތަށް
ވަކިކުރުމުން ޤައުމުގައި އަމުދުންވެސް މަދު ވަޒީފާއެއް ލިބުމަކީ ވުންދުރު ކަމަކަށްވެފައިވާއިރުވެސް ޠާރިޤު ޢަލީ
ލުޠުފީގެ ވަޒީފާގެ ޕްރޮފެޝަނަލް ކަމަށް ބެއްލެވުމެއް ނެތި އަދި ޠާރިޤު ޢަލީ ލުޠުފީ މިފަދަ ވަޒީފާއެއް ލިބުން
ދަތިވާނެ މިންވަރަށާއި، ޠާރިޤު ޢަލީ ލުޠުފީއަށް ލިބުނު ގެއްލުމަށް ރިޢާޔަތް ކުރެއްވުމެއް ނެތި ބަދަލުގެ ގޮތުގައި
ޠާރިޤް ޢަލީ ލުޠުފީ ހޯދުމަށް އެދިފައިވާ މިންވަރު ކަމުގައިވާ 12000000.00 (ބާރަމިލިއަން) ދިވެހިރުފިޔާ
ނުލައްވައި މައްސަލަ ނިންމެވުންކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް info
[
@
highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
4
201/HC-A/106
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140 މައްސަލައިގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140 މައްސަލަ އިސްތިއުނާފުކުރިކަމާއި، އަދި އެމައްސަލަ
ބެލުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 110/HC-A/2010 ޤަޟިއްޔާއިންކަމާއި، އިސްވެ ބުނެވުނު
ޤަޟިއްޔާއާއި މިހާރު ބަލަމުން މިގެންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC-A/2010 ޤަޟިއްޔާގެ
އަޑުއެހުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގީ އެއްކޮށްކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ހިމެނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 110/HC-A/2010
ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅިއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140 މައްސަލަ އިސްތިއުނާފު ކުރަމުން
ހުށަހަޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލަ އެ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް އެމައްސަލަބެލި ފަނޑިޔާރުންނަށް ފެންނާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/140 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ ބާޠިލު ނިންމެވުމެއްކަމަށް
ޙުކުމްކޮށްފައިވާކަމެވެ.
cu o
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 110/HC
-
A/2010 ޤަޟިއްޔާގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140 މައްސަލަ ބާޠިލުކަމަށް ކަނޑައަޅާފައިވާތީ، މިހާރު
ބަލަމުން މިގެންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC-A/2010 ޤަޟިއްޔާގެ މައްސަލަ މި ކޯޓުން
އިތުރަށް ބަލާނެ ތަނެއް ނެތްކަމާއި، އަދި ޠާރިޤު ޢަލީ ލުޠުފީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގައި ވަޒީފާ އަދާކުރަމުންދަނިކޮށް އެތަނުން ވަޒީފާއިން ވަކިކޮށްފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
110/HC
-
A/2010 ޤަޟިއްޔާގައިވާ ފަދައިން ޠާރިޤު ޢަލީ ލުޠުފީގެ ގެއްލިފައިވާ ޙައްޤެއްވާނަމަ އެ ޙައްޤު
ހޯދުމަށްޓަކައި ޠާރިޤު ޢަލީ ލުތުފީއަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިދާނެކަން ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް info
[
@
highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
5
2013/HC-A/16
ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 110/HC
-
A/2010 ޤަޟިއްޔާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/140
މައްސަލަ ބާޠިލުކަމަށް ކަނޑައަޅާފައިވާތީ، ޠާރިޤް ޢަލީ ލުޠުފީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އިތުރަށް ބަލާނެ
ތަނެއްނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
[
@
highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv