ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/331 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/331
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 331/HC-A/2014
އިސްތިއުނާފު ކުރިފަރާތް:
ނަން: ހުސައިން ލުހާމް މުޙައްމަދު
* އައިޑީ ކާ
ކާޑު ނަންބަދު: A138245
* ދާއިމީ އެޑްރެސް: ހ.އިރުދޮށުގެ ކ.މާލެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ސްޓްރީކުރެވުނު ތާރީޚް: 18 ޞަފަރު 1436
10 ޑިސެމްބަރު 2014
ނިމުނު ތާރީޚް: 24 ޞަފަރު 1436
16 ޑިސެމްބަރު 2014
O
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2014
/
10445/J
/
MD-145
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އ. ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އގ. އައްބާސް ޝަރީފް
ހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ނިމުނު ގޮތުގެ ޚުލާޞާ
214/HC-A/3 31
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145 ކޯޓުއަމުރު އެކޯޓުން
.ރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި، ހ.އިރުދޮށުގެ ކ.މާލެ، ޙުސައިން ލުހާމް މުޙައްމަދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A138245) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހަގަކުރެވުނު ނުކުތާ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ، ހ.އިރުދޮށުގެ ކ.މާލެ، ޙުސައިން ލުހާމް މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޤަވާޢިދާ
ޚިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލާގައި، ޙުސައިން ލުހާމް މުޙައްމަދުގެ ބަންދު
ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކްރިމިނަން ކޯޓަށް ހުށަހެޅުމާގުޅިގެން، ޙުސައިން ލުހާމް
މުޙައްމަދު "މުޖުތަމަޢުގެ ސަލާމަތަށްޓަކައި" ކަމަށްބުނެ، 02 ޑިސެމްބަރު 2014 ވަނަ ދުވަހުގެ 15:50
އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް، މިނިސްޓްރީ , ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި،
ޙުސައިން ލުހާމް މުޙައްމަދު ބަންދުގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން
އެނގެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ ޙުސައިން ލުހާމް މުޙައްމަދުގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 02 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޙުސައިން ލުހާމް މުޙައްމަދުގެ ފަރާތުން
ހުށަހަޅާފައިވާ؟
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް 3/16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ހިމުނު ގޮތުގެ ޚުލާޞާ
2014/HC-A/331
48 ވަނަ
ޚިލާފަށް
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145
ކޯޓުއަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާގެ (ނ)
ނިންމާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޢާންމު ޤަވާއިދު" ގެ 54
ވަނަ މާއްދާއާ ޚިލާފަށް ފުރިހަމަކޮށްފައިވާ އިޖުރާއަތެއްގެ މައްޗަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ
0
މ ( 4
2
ނމލއވ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145 ކޯޓުއަމުރު އިސްތިއުނާފު
ކުރަމުން ޙުސައިން ލުހާމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
.ކުތާތަކަށާއި، އެނުކުތާތަކާއި
ތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، މައްސަލާގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޤަވާއިދާއި ޚިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި
ކަމުގެ ތުހުމަތުގައި ހ.އިރުދޮށުގެ ޙުސައިން ލުހާމް މުޙައްމަދު ހައްޔަރުކުރެވުމާ ގުޅިގެން އޭނާގެ ފަރާތުން
ޤާނޫނީ ވަކީލެއް ހަމަޖައްސާފައިވާކަމާއި، އަދި އޭނާގެ ފަރާތުން ހަމަޖެއްސި ޤާނޫނީ ވަކީލު، 02 ޑިސެމްބަރު
2014 މިދުވަހުގެ ހެދުނު 10:38 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޤަބޫލުކޮށްފައިވާކަމާއި، އަދި
ހަމަ އެދުވަހުގެ ހެނދުނު 10:53 ހާއިރު، އޭނާގެ ޤާނޫނީ ވަކީލު އޭނާއާ ބައްދަލުކޮށްފައިވާކަން،
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
VR012147 "ޤާނޫނީ ވަކީލުކަން ޤަބޫލުކުރިކަމުގެ ލިޔުން ބަލައިގަތް ސްލިޕް" އާއި، އެސަރވިސްގެ
ނަންބަރު VID049847 "ޖަވާބު ސްލިޕް އަދި މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކައަށް ބެލުމުން ސާފުކޮށް އެނގެން އޮތްއިރު،
ޙުސައިން ލުހާމް މުޙައްމަދު ހައްޔަރުކުރެވުމާ ގުޅިގެން، އިސްވެދެންނެވިފައިވާ
ގޮތުގެމަތިން، އޭނާގެ ފަރާތުން ޤާނޫނީ ވަކީލަކު ހަމަޖައްސައި، އެވަކީލު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ބަލައިގަނެފައި ވީނަމަވެސް، ޙުސައިން ލުހާމް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމައްޓަކައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029 ، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/331
ޝަރީޢަތަށް ޙާޒިރުކުރުމުގެ ކުރިން، އޭނާގެ ފަރާތުން ހަމަޖައްސާފައިވާ ޤާނޫނީ ވަކީލަށް، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އެކަން އަންގާފައިނުވާކަން މިމައްސަލައިގައި ފުލުހުންގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބުނާކަމާއި،
އަދި ޙުސައިން ލުހާމް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވުނު
ޝަރީޢަތުގެ މަޖިލީހަށް އޭނާ ވެއްދުމުގެ ކުރިން، އޭނާގެ ފަރާތުން ޝަރީޢަތަށް ޙާޒިރުވާނޭ ވަކީލަކު
ޢައްޔަންކޮށްފައިވާނޭކަމަށް، ޙަވާލުވެހުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންވެސްޓިގޭޓިން
އޮފިސަރު ކައިރީގައި އޭނާ ބުނެފައިވާކަމާއި، އެހެންނަމަވެސް އެކަމާމެދު އެ އިންވެސްޓިގޭޓިން އޮފިސަރު
އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
އެ
4 2 2 * * *
ترقی نمی رم حتی
(ނ) ދެވަނަ ކަމަކީ، ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު
އެހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން
ފުރުޞަތު އެމީހަކަށް ފަހިކޮށްދެވިފައި އޮތުމަކީ ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ކޮންމެ
މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު،
އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އެމީހަކު
ޝަރީޢަތަށް ޙާޒިރުކުރުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުންކަމަށްވެފައި، އެމީހަކު ޝަރީޢަތަށް ޙާޒިރުކުރުމުގެ ކުރިން، އެކަން އެމީހަކު ޢައްޔަންކޮށްފައިވާ ޤާނޫނީ
ވަކީލަކަށް، އެމީހަކު އަމިއްލައަށް އެނގުމުގެ ފުރުޞަތު ނޯންނާތީ، އެމީހެއްގެ ފަރާތުން ވަކީލަކު
ޢައްޔަންކޮށްފައިވާ ޙާލަތްތަކުގައި، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އެމީހަކު ޝަރީޢަތަށް
ޙާޒިރުކުރުމަށް ހަމަޖެހިފައިވާ ތަނާއި، ގަޑިފަދަ އެންމެހާ މަޢުލޫމާތެއް އެމީހެއްގެ ޤާނޫނީ ވަކީލަކަށް އެންގުމަކީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޒިންމާއެއްކަމާއި، އަދި މިއީ އެސަރވިސްގެ ފަރާތުން މިހާތަނަށް އެކަން
ކުރަމުން ގެންގޮސްފައިވާ ގޮތްކަންވެސް އެނގޭކަމާއި،
އިސްވެމިދެންނެވުނު ޤާނޫނީ އުޞޫލު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ކަންހިނގާފައިވާ ގޮތުގެމައްޗަށް ތަޠުބީޤުކުރާއިރު، ޙުސައިން ލުހާމް މުޙައްމަދު ހައްޔަރުކުރެވުމާ ގުޅިގެން،
އޭނާގެ ފަރާތުން އޭނާ ތަމްސީލުކުރާނެ ޤާނޫނީ ވަކީލަކު ހަމަޖައްސައި، އެކަން މޯލްޑިވްސް ޕޮލިސް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 5316471/
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2014/HC-A/331
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަރވިސް އަށް އަންގައި، އަދި އެ ޤާނޫނީ ވަކީލު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ބަލައިގަނެފައިވާއިރު، ޙުސައިން ލުހާމް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމައްޓަކައި އޭނާ ޝަރީޢަތަށް
ޙާޒިރުކުރުމުގެ ކުރިން، އޭނާގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން އެކަން އަންގާފައިނުވުމަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އިން ޙުސައިން ލުހާމް
މުޙައްމަދަށް ކަށަވަރުކޮށްދީފައިވާ، އިސްވެދެންނެވިފައިވާ ޙައްޤުން އޭނާ މަޙުރޫމުކުރުވުންކަމަށް، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނީ އަސާސީގެ 48 ވަނަ މާއްދާގެ (ށ) އިން ޙުސައިން ލުހާމް
މުޙައްމަދަށް ކަށަވަރު ކޮށްދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤުން ޙުސައިން ލުހާމް
މުޙައްމަދު މަޙްރޫމް ކޮށްފައިވާތީ، ޙުސައިން ލުހާމް މުޙައްމަދުގެ ބަންދާއިމެދު ގޮތެއް ނިންމާފައިވާ ކްރިމިނަލް
ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145 ކޯޓުއަމުރު ބާޠިލުކަމަށް ކަނޑައެޅުމާއި އެކު، އޭގެ ފަހުން
ޙުސައިން ލުހާމް މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ
ނަންބަރު 2014
/
10711/J
/
MD-145 ކޯޓުއަމުރަކީވެސް ބާޠިލު އަމުރެއްކަމަށް ކަނޑައަޅައިދިނުމަށް
ޙުސައިން ލުހާމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ އެދުމަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުގެ ޤަޟިއްޔާގެ ތެރޭގައި ބަލާފައިވާނީ
ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145 ކޯޓުއަމުރާއި ގުޅޭ މައްސަލަ ކަމަށްވެފައި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10711/J
/
MD-145 އަމުރަކީ، ކުރިން އެކޯޓުން ނެރެފައިވާ އެކޯޓުގެ
ނަންބަރު 2014
/
10445/J
/
MD-145 އަމުރުގެ މައްޗަށް ބިނާކޮށް އެއަމުރުގެ ބާރުގެ ދަށުން ނެރުއްވާފައިވާ
ނުވާތީ އާއި އެކޯޓުގެ ނަންބަރު 2014
/
10711/J
/
MD-145 އަމުރަކީ ކުރީގެ އަމުރުގެ މުއްދަތު
ހަމަވާތީ ފުލުހުންގެ ފަރާތުން ހުށަހެޅުމުން އެކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10711/J
/
MD-145
ކޯޓު އަމުރު އިސްތިއުނާފު ކުރުމުގެ ކުރިން އެއަމުރަކީ ބާޠިލު އަމުރެއްކަމަށް މިމައްސަލައިގެ ތެރޭގައި
ކަނޑައެޅިދާނެކަމަށް ނުފެންނަކަމެވެ.
/3ދ ދީه
24/#ނ
އިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް A16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
ހިމުނު ގޮތުގެ ޚުލާޞާ
2014/HC-A/331
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2014
/
10445/J
/
MD-145 ކޯޓުއަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެން
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ދ ވ3، 4 ދ ތ &
، ފޮދުލުގެންނަންޖީ.
އަމުރެއްކަމަށް
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145 ކޯޓުއަމުރަކީ ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލުގެންނަންޖެހޭ އަމުރެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
10445/J
/
MD-145
ކޯޓުއަމުރު ބާތިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv