ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/226 ޤަޟިއްޔާގެ ޙުކުމް
1
2:1:/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ:226/HC
-
A/2010
އިސްތިއުނާފް ކުރިފަރާތް:
* ނަން ޒާހިދާ އިބްރާހީމް
އެޑްރެސް:
އަސުރުމާގެ / ޏ.
އައިޑީކާޑު ނަންބަރު، 057895-A
މިހާރުގެ އެޑްރެސް: އަސުރުމާގެ / ޏ. . ފުވައްމުލަކު
ފުވައްމުލަ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: 1- އަޙްމަދު ސާލިޙް ޙުސައިން * އައިޑީކާޑު ނަންބަރު: 010169-A
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 974 މިހާރުގެ އެޑްރެސް: ދޭލިޔާ / ޏ. ފުވައްމުލަކު
* ނަން: 2- ފުވައްމުލަކު މާދަނޑު އަވަށު ކައުން
ކައުންސިލް އިދާރާ
ދާއިމީ އެޑްރެސް: މާދަނޑު އަވަށް | ޏ. ފުވައްމުލަކު
*
* ހުށަހެޅުނު ތާރީޚް: 25 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 27 ޖޫން 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ.
4 ނަންބަރު312010-R1C/41
* ކޯޓު: ފުވައްމުލަކު ކޯޓު
ނިންމެވި ތާރީޚް: 31 މާރޗް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
0
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2:1:/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ފުވައްމުލަކު ކޯޓުގެ ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޏ.ފުވައްމުލަކު، އަސުރުމާގޭ ޒާހިދާ އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތްތަކަކީ، ދަފްތަރު 974 އަޙްމަދު ޞާލިޙު ޙުސައިނާއި،
ޏ. ފުވައްމުލަކު މާދަނޑު އަވަށު ކައުންސިލް އިދާރާ އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް
-0
ފުވައްމުލަކު ކޯޓުގެ ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޏ.
ފުވައްމުލަކު އަސުރުމާގޭ ޒާހިދާ އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ފުވައްމުލަކު ކޯޓުގެ ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ފުވައްމުލަކު މާދަނޑު އަސުރުމާގެ ހުރި ގޯތީގެ ދެކުނުންނާއި އިރު
ދެކުނުން ފުވައްމުލަކު އޯކިޑުމާގޭ ޒާހިދާ އިބްރާހީމް ދީދީ އަށާއި، ދޭލިޔާގޭ އަޙްމަދު ޞާލިޙު ޙުސައިނަށް
ނަންގަވާދެއްވި ރަޖިސްޓްރީވެފައިވާ ދެ ގޯތީގެ ރަޖިސްޓްރީ ޤަވާއިދާ ޚިލާފަށްކޮށްފައިވާތީ އެދެގޯތީގެ ރަޖިސްޓްރީ
ބާޠިލްކޮށް ދިނުމަށްއެދި ފުވައްމުލަކު އޮފީހުގެ މައްޗަށް ފުވައްމުލަކު، ދޭލިޔާ އަޙްމަދު ޞާލިޙު ޙުސައިން
ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ޏ. ފުވައްމުލަކު މާދަޑު އަސުރުމާގެ ކިޔާ ގޯތީގެ
ދެކުނުން ޏ. ފުވައްމުލަކު އޯކިޑުމާގެ ޒާހިދާ އިބްރާހިމްދީދީ އަށް ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ
ނަންބަރު 44/99(
4-1999-08-26R) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ފުވައްމުލަކު އަސުރުމާގެ
އިރުދެކުނުން ޏ. ފުވައްމުލަކު ދޭލިޔާ އަޙްމަދު ސާލިޙު ޙުސައިނަށް ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓޭލްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{013/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04
ax
ہرا کر علي
ނަންބަރު 08/2002(R4)(2002-01-03) ގޯތީގެ ރަޖިސްޓްރީއަކީ ހަމަޖެހިފައިވާ ޤަވާޢިދާ
ކުރެވިފައިވާ ރަޖިސްޓްރީއެއް ނޫންކަން ދައުލަތުން ފާހަގަކުރެވުމާއި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ބަޔާންކުރެވުނު
ދެގޯތީގެ ރަޖިސްޓްރީ އަލުން ހަދާ ދިނުމަށް ފުވައްމުލަކު އޮފީހަށް އަމުރުކުރައްވައި، 26 އޯގަސްޓް 1999 ގައި
ފުވައްމުލަކު އޯކިޑުމާގެ ޒާހިދާ އިބްރާހިމް ދީދީއަށް ފުވައްމުލަކު އަސުރުމާގެ ގޯތީގެ ދެކުނުން ރަޖިސްޓްރީ
ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު 44/99(4-R)(1999-08-26) ރަޖިސްޓްރީއާއި އަސުރުމާގޭ ގޯތީގެ
އިރުދެކުނުން ފުވައްމުލަކު ދޭލިޔާ އަޙްމަދު ސާލިޙް ޙުސައިނަށް 13 ޖެނުއަރީ 2002 ގައި ރަޖިސްޓްރީ
ވެފައިވާ ގޯތީގެ ނަންބަރު 08/2002(4-R)(2002-01-13) ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް
ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
03_ ފުވައްމުލަކު ކޯޓުގެ ނަންބަރު 3
/
2010-R1C/1 ޤަޟިއްޔާ އެކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޏ.ފުވައްމުލަކު އަސުރުމާގެ ޒާހިދާ އިބްރާހީމްގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ހައްދަވައި ދެއްވާފައިވާ، ފުވައްމުލަކު އަސުރުމާގެ އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ (ނަންބަރު
44/99(4-R)(1999-08-26) ރަޖިސްޓްރީ) ފުވައްމުލަކު ކޯޓު ނަންބަރ 312010-R1C/41
ޤަޟިއްޔާގައި ބާޠިލް ކުރައްވާފައިވަނީ، އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ޒާހިދާ އިބްރާހީމް ޙާޟިރު
ނުކޮށް އަދި ޒާހިދާ އިބްރާހީމުގެ ބަހެއް އެކަމުގައި ޝަރީޢަތުން ހޯއްދެވުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޒާހިދާ އިބްރާހީމުގެ ނަމުގައި އަސުރުމާގެ ކިޔާގޯތި ރަޖިސްޓްރީކޮށް
ދެއްވާފައިވަނީ، އޮފީހުން ހުށަހެޅުއްވި ނަންބަރު 97/376 (1998-9-21) ޢިމާރާތާއި ގޯތި ރަޖިސްޓަރީ
ކޮށްދޭ ފޯމާއި، އެ އޮފީހުގެ ނަންބަރު 99
/
1361/B
-
RI
/
R(1999-8-23) ސިޓީއާއެކު ހުށަހެޅުއްވި
މަޢުލޫމާތުގެ މައްޗަށް ކަމަށް މިދެންނެވި ރަޖިސްޓްރީގައި "އިތުރު ބަޔާން" މިހެން ލިޔެފައިވާ ޞަފްޙާގެ އެންމެ
ފަހު ޕެރެގްރާފުގައި ބަޔާންކޮށްފައިވާއިރު، ޒާހިދާ އިބްރާހިމްގެ ނަމުގައި، ފުވައްމުލަކު އަސުރުމާގެ އެވެ ކިޔާ
ގޯއްޗަށް ހައްދަވައި ދެއްވާފައިވާ ރަޖިސްޓްރީ ހައްދަވައި ދެއްވާފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ނޫންކަމަށް
ބައްލަވައިގެން، މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ރައްޖޭގެ
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2{013/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04
xދ0
یہ کی
(ނ) ތިންވަނަ ނުކުތާއަކީ: ޒާހިދާ އިބްރާހީމުގެ ނަމުގައި ޏ. ފުވައްމުލަކު އަސުރުމާގެ އެވެ
ކިޔާ ގޯއްޗަށް، ފުވައްމުލަކު އަތޮޅު އޮފީހުން ހައްދަވައި ދެއްވާފައިވާ ނަންބަރު 44/99(4-R(1999-08-26)
ރަޖިސްޓަރީއަކީ، "ހަމަޖެހިފައިވާ ޤަވާއިދާ ކުރެވިފައިވާ ރަޖިސްޓަރީއެއް ނޫންކަމަށް ދައުލަތުން
ފާހަގަކުރައްވާތީ މިރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް ފުވައްމުލަކު ކޯޓުން ކަނޑައަޅުއްވާފައިވާއިރު،
ދައުލަތުގެ ފަރާތުން އެފާހަގަ ކުރައްވާ "ހަމަޖެހިފައިވާ ޤަވާޢިދު" އަކީ ކޮބައިކަމާއި، އެޤަވާއިދުގައި ބުނާ
ބެއްލެވުމެއްނެތި، ރަޖިސްޓްރީ ކުރެވިފައިވަނީ ޤަވާޢިދާ އެއްގޮތަށް ނޫންކަމަށް ދައުލަތުގެ ފަރާތުން
ހަމައެކަނި ބުނި ބުނުމެއް
މެއްގެ މައްޗަށް ބައްލަވައިގެން، މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
04ތ04
އެއްޗަކަށް
+ ފުވައްމުލަކު ކޯޓުގެ ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޏ. ފުވައްމުލަކު އަސުރުމާގެ ޒާހިދާ އިބްރާހީމުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާގުޅޭ ގޮތުން
ޒާހިދާ އިބްރާހީމްގެ ފަރާތުންނާއި، މިއިސްތިއުނާ ދަޢުވާ ރައްދުވާ އަޙްމަދު ޞާލިޙު ޙުސައިނާއި ފުވައްމުލަކު
މާދަޑު އަވަށު ކައުންސިލް އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ފުވައްމުލަކު ކޯޓުގެ ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
<
(ހ) ފުރަތަމަ ކަމަކީ: ޏ. ފުވައްމުލަކު އަސުރުމާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ،
ޏ. ފުވައްމުލަކު އަސުރުމާގޭ ޚަދީޖާ އިބްރާހިމުގެ ނަމުގައި ރަޖިސްޓްރީކޮށް ދެއްވާފައިވާ ގޯއްޗެއްކަމާއި، މިގޯތި
ޚަދީޖާ އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީކޮށް ދެއްވާފައިވަނިކޮށް، އެގޯތީގައިވާ ނަމާދުގެ އާއި ފާޚާނާ އާއެކު
ހުރި ވަޅުކޮޓަރިއާއި މިތަންތާގެ ފުރާޅުގައިވާ ޓިނުތަކާއި ވަލިމަގާއި ދިމާމަގުގެ އަނެއް ފަޅީގައި އޮތް ޙަދީޖާ
އިބްރާހީމްގެ އަލަ އޮޅުގައިހުރި އަލަގަސްތަކާއި އެއޮޅާއި މަގާއި ދޭތެރޭގައިހުރި ފޯދިފައިވާ 03 (ތިނެއް) ދިވެހި
ރުކާއި 1 (އެކެއް) ގޮދަޑިއާއި 3 (ތިނެއް) ބާލީހާއި އިސްވެ ދެންނެވި ޢިމާރާތްތަށް ހުރި ބިމުގައިހުރި
ރުއްގަސްތަކާއި ގޯތީގައިވާ 02 (ދޭއް) ލުބޯގަހާއި 01 (އެކެއް) އަނބުގަހާއި، ނުފޯދޭ 02 (ދޭއް)
ތާރިގުގަހާއި ފޯދިފައިވާ 01 (އެކެއް) ޔޫސުފް އަފަންދީ ގަސް ޚަދީޖާ އިބްރާހީމްގެ މިލްކުން ކަނޑައި
ޏ. ފުވައްމުލަކު އޯކިޑްމާގޭ ޒާހިދާ އިބްރާހިމަށް ހިބައިން ދީ، އަދި އެހިބަ ޤަބޫލު ކޮށްފައިވާކަން ޏ.ފުވައްމުޑަމްގެ އައި
ކޯޓުގެ ނަންބަރު 3191-R1C/190 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކާމާ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
21{/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި ޏ. ފުވައްމުލަކު އަސްރުމާގޭ ޙަދީޖާ އިބްރާހީމް އޭނާގެ މިލްކުގައިވާ ޏ.ފުވައްމުލަކު އަސްރުމާގެ ބަދިގެ
ފިރާނާ ޓިނުން ހިޔާކޮށްފައިވާ ބަދިގެ) އާއި އަސްރުމާގެ ގޯތީގެ އިރުމަތީ ފަޅީގައިވާ 06 (ހައެއް) ދިވެހިރުއް
ފޯދިފައިވާ، 03 (ތިނެއް) ދިވެހިރުއް ނުފޯދޭ، 02 (ދޭއް) އަނބުގަސް ނުފޯދޭ، 02 (ދޭއް) ބަނބުކެޔޮގަސް
ފޯދިފައިވާ 01 (އެކެއް) ބިލަމަގުގަސް، 04 (ހަތަރެއް) ފެންފޯއްރުއް ފޯދިފައިވާ، 01 (އެކެއް) އަފަންދީގަސް،
01 (އެކެއް) ފޭރުގަސް، 01 (އެކެއް) ވަޅު ސިމެންތިން ރާނާފައިވާ މި ޢިމާރާތާއި ރުއްގަސް ޚަދީޖާ
އިބްރާހީމްގެ އެއްބަޑު އެއްބަފާ އުޚުތު ސިއްތިފާނުގެ ދަރިފުޅު ދޭލިޔާ އަޙްމަދު ސާލިޙު ޙުސައިނަށް ޚަދީޖާ
އިބްރާހީމުގެ މިލްކުން ކަނޑައި ހިބައިން ދީފައިވާ ކަމާއި، އަދި އެހިބަ އަޙްމަދު ސާލިޙު ޙުސައިން
ޤަބޫލްކޮށްފައިވާކަމާއި، މިހިބު އަކީ ސައްހަ ހިބައެއްކަމާއި، މި ހިބައިގައި ހިމެނޭ އިމާރާތްތަކާއި ރުއްގަހުގެ
މިލްކުވެރިޔަކީ ފުވައްމުލަކު ދޭލިޔާ އަޙްމަދު ސާލިޙު ޙުސައިން ކަމަށް ފުވައްމުލަކު ކޯޓުގެ ނަންބަރު
R1C41
/
94/583 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމެވެ.
2
(ނ) ދެވަނަ ކަމަކީ: ޏ. ފުވައްމުލަކު އަތޮޅު އޮފީހުން 26 އޯގަސްޓް 1999 ގައި
ފުވައްމުލަކު އޯކިޑްމާގެ ޒާހިދާ އިބްރާހިމް އަށް ފުވައްމުލަކު އަސުރުމާގެ ގޯތީގެ ދެކުނުން ރަޖިސްޓްރީ
ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު 44/99(4-1999-08-26R ރަޖިސްޓްރީ އާއި އަސުރުމާގޭ ގޯތީގެ
އިރުދެކުނުން ޏ.ފުވައްމުލަކު ދޭލިޔާ އަޙްމަދު ސާލިޙް ޙުސައިން އަށް 13 ޖެނުއަރީ 2002 ގައި ރަޖިސްޓްރީ
ވެފައިވާ ގޯތީގެ ނަންބަރު 08/2002(4-R)(2002-01-13) ރަޖިސްޓްރީ ހަދާދީފައިވަނީ، އެދެމީހުންނަށް
އެގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަތަންތަނާއި ރުށްގަހާއީ ތަކެތި މިލްކްވާކަމަށް ފުވައްމުލަކު ކޯޓުގެ ނަންބަރު
3191-R1C/190 ޤަޟިއްޔާގައާއި، ނަންބަރު R1C41
/
94/583 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ވާތީކަން
އެދެމީހުންގެ ނަމުގައި އެގޯތި ރަޖިސްޓްރީކުރެވުނު ރަޖިސްޓްރީއަށް ބެލުމުން އެނގެން އޮންނައިރު، ފުވައްމުލަކު
ކޯޓު ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާގައި، އެދެމީހުގެ ނަމުގައި އެގޯތި ރަޖިސްޓްރީކުރެވިފައިވަނީ،
ހަމަޖެހިފައިވާ ޤަވާއިދާ ޚިލާފަށްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވީނަމަވެސް، އެޤަވާޢިދަކީ ކޮށް
ޤަވާއިދެއްކަމެއް އަދި އެޤަވާޢިދުގައި ބުނާއެއްޗެއް އަދި އެގޯތި ރަޖިސްޓްރީކޮށް ދިނުމުގައި އެޤަވާޢިދަކާއި
ޚިލާފުވެފައިވާ ގޮތެއް އަދި މިންވަރެއް އެރިޕޯޓުގައި ބަޔާންކޮށްފައިނުވާއިރު، ޒާހިދާ އިބްރާހީމާއި އަޙްމަދު
ޞާލިޙު ޙުސައިންގެ ނަމުގައި ފުވައްމުލަކު އަތޮޅު އޮފީހުން އެދެގޯތި ރަޖިސްޓްރީކޮށް ދީފައިވަނީ ޤާނޫނާއި
ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، އެދެމީހުންގެ ނަމުގައި އެގޯތި ރަޖިސްޓްރީކުރުމުގައި ޤާނޫނާއި
ޤަވާޢިދާ ޚިލާފަށް ކަމެއްކޮށްފައިނުވާކަމަށް ޏ. ފުވައްމުލަކު މާދަނޑު ކައުންސިލުގެ ފަރާތުން ދިވެހިރާއްޖޭޓެގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
04 0 0
2 20
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
21{/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢާންމުކޮށް
2 049474
ICO
(ނ) ތިންވަނަ ކަމަކީ: ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތަށް ކަނޑައެޅުމުގައި
ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި
މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި،
ހުޅުވައިލައިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ކޮންމެ މީހަކަށް
ލިބިގެންވާކަމަށާއި، އަދި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު
ވަކިފަރާތަކަށް ނުޖެހި ހާމަކަމާއެކުގައި ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ
މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާއިރު، ވަކިފަރާތަކަށް ނުޖެހި ހާމަކަމާއި ޢަދުލުވެރިކަމާއެކު
ޝަރީޢަތްކުރުމުގައި އެޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން ހާޒިރުކޮށް ނުވަތަ ޚަސްމުންގެ ފަރާތުން މީހަކު
ޙާޟިރުވެ، ހުށަހެޅިފައިވާ މައްސަލައިގައި އެފަރާތުގެ ބަސް ބުނުމުގެ ފުރުސަތު ލިބިދޭންޖެހޭއިރު،
.. ފުވައްމުލަކު އޯކިޑްމާގެ ޒާހިދާ އިބްރާހީމަށް
މަށް ޏ. ފުވައްމުލަކު އަސުރުމާގެ ގޯތީގެ ދެކުނުން ލިބިފައިވާ
ހައްދަވާ ދެއްވާފައިވާ، ނަންބަރު 44/99(4-R(1999-08-26 ރަޖިސްޓްރީ އަލުން ހަދައިދިނުމަށް
އަންގަވައި، އެރަޖިސްޓްރީ ބާޠިލްކަމަށް ފުވައްމުލަކު ކޯޓުގެ ނަންބަރު 3
/
2010-R1C/41 ޤާޟިއްޔާގައި
ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވަނީ، އެގޯތި ރަޖިސްޓްރީކޮށް ދީފައިވާ ޒާހިދު އިބްރާހީމުގެ ބަހެއް
ޝަރީޢަތުން ހޯދުމަކާ ނުލައި އޭނާގެ ޣައިރު ޙާޟިރުގައިކަން އެނގެން އޮންނަކަމެވެ.
ހ
ބަޔަށް
އެހެންކަމުން، ފުވައްމުލަކު ކޯޓު ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާގައި ފުވައްމުލަކު
އަސުރުމާގެ ޒާހިދާ އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 44/9(4-R)(1999-08-26
ރަޖިސްޓްރީ އަލުން ހަދައި ދިނުމަށް އަންގަވައި އެރަޖިސްޓްރީ ބާޠިލްކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޝިފަށްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވިފައިވާތީ، ފުވައްމުލަކު ކޯޓު ނަންބަރު 2010;3-R1C;41 ޤަޟިއްޔާގައި ކުރައްވާފައިވާ
މީ ބީނަންޖެހޭކަމަށް ޤަބޫލުކުރެވެއެވެ.
22 ހތ
به ما م ترک رستے سے اس
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2:1:/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ފުވައްމުލަކު ކޯޓު
ނަންބަރު 3
/
2010-R1C/41 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް އަޙްމަދު ސާލިހް ޙުސައިނާއި
ފުވައްމުލަކު މާދަނޑު އަވަށު ކައުންސިލް އިދާރާގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv