ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/02 ޤަޟިއްޔާގެ ޙުކުމް
1
ޤަޝީޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
200;HC-I-SH;02
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 02/HC
-
I
-
SH/2009
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް
* ދާއިމީ އެޑްރެސް އަޅިވިލާގެ ޅ.ހިންނަވަރު
އައިޑީ ކާޑު ނަންބަރ 040926
A
* މިހާރުގެ އެޑްރެސް: މ. ކާރނޭޝަންގެ
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވާފަރާތް
* ނަން: އިލެކްޝަންސް ކޮމިޝަން
، މިހާރުގެ އެޑްރެސް: އެމް.ޕީ.އޭ ބިލްޑިންގ މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޖުމާދަލްއޫލާ 1430
14 މެއި 2009
ނިމުނު ތާރީޚް: 17 ޖުމާދަލްއާޚިރާ 1439
11 ޖޫން
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ. ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އިމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިރޯޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HCI-SI.{(2
ފިހުރިސްތު
ޞަފްޙާ ނަންބަރ: 03-03
03-09
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު
ރެވުނު ނުކުތާތައް:
03- ޙުކުމް:
04- މަޙްޝަރު ބަޔާންތައް:
I
I,
09-10
04.1 އިންތިޚާބީ ޝަކުވާ ހުށަހެޅި ފަރާތުގެ މަޙުޝަރު ބަޔާންތައް:
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފު ޅ.ހިންވަރު/ އަޅިވިލާގެ
ވަކީލު: އދއ ފާޠިމަތު މިންޙަތު ގ. ގޮފިމާލެގެ ފަރާތުން ދެއްކި ވާހަކަތައް:
މަޙުޝަރު ނަންބަރ: 07-01 :HC
-
I
-
SH
-
02 Mpg-2009
މަޙުޝަރު ނަންބަރ: 15-12 :HC
-
I
-
SH
-
02_Mpg-2009
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަހުޝަރު ބަޔާންތައް:
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ވަކީލު: އޏ. މުޙައްމަދު އިބްރާހީމްގެ ވާހަކަތައް:
ވަކީލު: އަޒީ. ޙުސަން މަޢާޒް ޝަރީފް ގ. ޝިޕްމަންގެ ވާހަކަތައް:
މަޙުޝަރު ނަންބަރ: 12-07:HC-I-SH-02Mpg-2009
މަޙުޝަރު ނަންބަރ: 17-15:HC-I-SH-02Mpg-2009
05- މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
06- ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 29
ދިވެހިރާއްޖޭގެ ހައިކޯޓް، ދޫންރައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިޢްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HC-I-SFI!j2
20 8
• ދަޢުވާގެ ޚުލާޞާ
މިއީ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބާ ގުޅިގެން ހިންނަވަރު ދާއިރާގައި
ބަހައްޓާފައިވާ ނަންބަރ: G01.1.3 ގެ ވޯޓް ފޮއްޓަށް ޤާނޫނު ނަންބަރ: 11/2008 (އިންތިޚާބާބެހޭ ޢާއްމު
ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތާޚިލާފަށް
ޅ.ހިންނަވަރު މާބަގީޗާގެ ޢަލީ ޙަސަންގެ އަތުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ވޯޓް ނަގާފައިވާކަމަށާއި،
ހަމައެފަދައިން އެޤާނޫނުގެ 74 ވަނަ މާއްދާގެ 15 ނަންބަރުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތާޚިލާފަށް
ޅ.ހިންނަވަރު އަތިރިމަތީގެ ޔޫސުފް އާދަމްގެ ނަމުގައި އޭނާ ނޫން އެހެން މީހަކު ވޯޓްލާފައިވާކަމަށާއި، އަދި
ޅ.ފެލިވަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، މިޝަކުވާ އުފުލާފައިވާ ފަރާތް ކަމުގައިވާ
ޅ.ހިންނަވަރު އަލިވިލާގެ، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ސަޕޯޓަރުންނަށް ހިންނަވަރު ދާއިރާގައި
ބަހައްޓާފައިވާ ނަންބަރ: G01.1.3 ވޯޓް ފޮއްޓަށް ވޯޓްނުލެވޭގޮތަށް ވޯޓްލާމީހުންގެ ނަންލިސްޓް ބަދަލު
ކޮށްފައިވަކަމަށްބުނެ، ހިންނަވަރު ދާއިރާގެ އިންތިޚާބް ބާޠިލް ކޮށްދެއްވައި އަލުން އެދާއިރާގައި ވޯޓްލުން ބާއްވައި
ދިނުން އެދި ޅ.ހިންނަވަރު އަލިވިލާގެ، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ގެ ފަރާތުން
އިލެކްޝަންސް ކޮމިޝަން ގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
-l
ފާހަގަކުރެވުނު ނުކުތާތައް:
މިއީ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބާ ގުޅިގެން ހިންނަވަރު
ދާއިރާގައި ބަހައްޓާފައިވާ ނަންބަރ G01.1.3 ގެ ވޯޓް ފޮއްޓަށް ޤާނޫނު ނަންބަރ: 11/2008
(އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ކަނޑައެޅި ބަޔާން
ވެގެންވާ ގޮތާޚިލާފަށް ޅ.ހިންނަވަރު މާބަގީޗާގެ ޢަލީ ޙަސަންގެ އަތުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ވޯޓް
ނަގާފައިވާކަމަށާއި، ހަމައެފަދައިން އެޤާނޫނުގެ 74 ވަނަ މާއްދާގެ 15 ނަންބަރުގައި ކަނޑައެޅި ބަޔާން
ވެގެންވާ ގޮތާޚިލާފަށް ޅ.ހިންނަވަރު އަތިރިމަތީގެ ޔޫސުފް އާދަމް ރާއްޖޭން ބޭރަށް ބޯޓުދަތުރު ކުރަން ގޮސް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަސިތިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
20/09/HC-I-SH02
ހުއްޓައި އޭނާގެ ނަމުގައި އޭނާނޫން އެހެން މީހަކު ވޯޓްލާފައިވާކަމަށާއި، އަދި ޅ.ފެލިވަރުގައި ވަޒީފާ އަދާކުރާ
މުވައްޒަފުންގެ ތެރެއިން، މިޝަކުވާ އުފުލާފައިވާ ފަރާތް ކަމުގައިވާ ޅ.ހިންނަވަރު އަލިވިލާގެ، އަޙްމަދު
ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ސަޕޯޓަރުންނަށް ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ ނަންބަރ:
G01.1.3 ވޯޓް ފޮއްޓަށް ވޯޓްނުލެވޭގޮތަށް ވޯޓްލާމީހުންގެ ނަންލިސްޓް ބަދަލު ކޮށްފައިވަކަމަށްބުނެ، ހިންނަވަރު
ދާއިރާގެ އިންތިޚާބް ބާޠިލް ކޮށްދެއްވައި އަލުން އެދާއިރާގައި ވޯޓްލުން ބާއްވައި ދިނުން އެދި ޅ.ހިންނަވަރު
އަލިވިލާގެ، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ގެ ފަރާތުން އިލެކްޝަންސް ކޮމިޝަން ގެ މައްޗަށް
ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކަން ފާހަގަކުރެވެއެ
02- އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ކުޅަ ދަޢުވާގައި ބަޔާން ކޮށްފައިވާ 3
ކަންތަކަށް ޖަވާބު ދާރީވަމުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، އޭގެ ތެރެއިން ހިންނަވަރު ދާއިރާގައި
ބަހައްޓާފައިވާ ނަންބަރ: G01.1.3 ވޯޓް ފޮއްޓަށް ޅ.ހިންނަވަރު/ މާބަގީޗާގެ، ޢަލީ ޙަސަނުގެ ނަމުގައި
ދެފަހަރު ވޯޓްލާފައިވާކަމަށް އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ބުނާ ބުނުމާއި އެގޮތަށް އެކަން
ހިގާފައިވާކަމުގެ މަޢުލޫމާތު އެކޮމިޝަނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެއްބަސްވާ ކަމާއި،
ނަމަވެސް އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ޝަކުވާ ބިނާކޮށްފައިވާ ދެވަނަ
ސަބަބާއި މެދު އެކޮމިޝަނުގެ ފަރާތުން އިންކާރުކޮށް ޅ.ހިންނަވަރު އަތިރިމަތީގެ، އާދަމް ޔޫސުފްގެ ނަމުގައި
އެހެން މީހަކު ވޯޓްލާފައިވާކަން އެދާއިރާގެ އިންތިޚާބާބެހޭ ލިޔެކިއުންތަކުން ނުދައްކާ ކަމަށާއި، އަދި އެފަދަ
ކަމެއްގެ މަޢުލޫމާތުވެސް އެކޮމިޝަނަށް ލިބިނުވާކަމަށާއި،
އަދި ހަމަ އެފަދައިން ޅ.ފެލިވަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، މި ޝަކުވާ
އުފުލާ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ސަޕޯޓަރުންނަށް ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ
ނަންބަރ: G01.1.3 ވޯޓް ފޮއްޓަށް ވޯޓްނުލެވޭގޮތަށް ވޯޓްލާމީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން
ބަދަލު ކޮށްފައިވަކަމަށް އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ބުނާ ބުނުމާއި އެކޮމިޝަނުން އިންކާރުކޮށް
އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ކެންޑިޑޭޓަކާމެދު އެކޮމިޝަނުގެ ފަރާތުން ހިންގާފައި ނުވާނެކަމަށާއި،
ނަމަވެސް ފެލިވަރު ހިމެނޭގޮތަށް ހިންވަރުވަރު ދާއިރާގެ ވޯޓްލާމީހުންގެ ރަޖިސްޓްރީގެ މައްސަލަތަކެއް ވޯޓް
ލުމުގެ ކުރިން ދިމާވި ކަމަށާއި، އެކަމަކީ އެކޮމިޝަނުގެ ފަރާތުން ހިންގާފައިވާ ޢަމަލެއްގެ ސަބަބުން މެދުވެރި
ކަމެއް ނޫންކަމަށާއި، އެއީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެ ޢަމަލު ހިންގި ފަރާތުގެ ސަބަބުން ދިމާވި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޘައޯޔާ ނިމުނު ގޮތުގެ ރިޕޯޓް
2{{09/HC-I-SH/2
4
ކަމެއްކަމަށާއި، އެފަރާތް ހޯދުމުގެ މައްސަކަތް ކަމާއި ބެހޭ ފަރާތުން މިހާރުވެސް ކުރަމުން ގެންދާކަމަށާއި،
އެދާއިރާގެ ރަޖިސްޓްރީގެ މައްސަލަ ދިމާވުމާއި ގުޅިގެން އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ގެ ފަރާތުން
27 މީހެއްގެ މައްސަލަ ހުށަހެޅުމުން، އެ 27 މީހުންގެ މައްސަލަ ވަނީ ހަމަ އެއްފަހަރާ ޙައްލު
ކޮށްދެވިފައިކަމަށާއި، ހިންނަވަރު ދާއިރާގެ ކޮމްޕްލެއިންޓްސް ބިއުރޯގެ ފަރާތުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު،
ވޯޓް ލަމުން ދިޔައިރު ރަޖިސްޓްރީގެ މައްސަލަ ދިމާވެގެން ޝަކުވާ ކޮށްފައިވަނީ 4 މީހެއްކަން އެނގެން
އޮންނަކަމާއި، އެ 4 މީހުންގެ މައްސަލަވެސް އެވަގުތު ޙައްލު ވެފައިވާކަން އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން
ޔޫސުފްގެ ބަހުން އެގޭކަމަށާއި،
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ހުށަހަޅާފައިވާ ޝަކުވާގައި ބަޔާން ކޮށްފައިވާ
ނަންބަރ: G01.1.3 ވޯޓް ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެފޮށީން އިބްރާހީމް މުހައްމަދު ޞާލިއަށް
336 ވޯޓް ލިބިފައިވާއިރު، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފަށް ލިބިފައިވަނީ 220 ވޯޓް ކަމަށާއި،
މިގޮތުން އެފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެފޮށީން އެންމެ ގިނަ ވޯޓް ލިބުނު ފަރާތާއި އަޙްމަދު ޝަރީފް
އަބްދުއްރަޙްމާން ޔޫސުފާއި ދެމެދު 111 ވޯޓްގެ ތަފާތު އެބަހުރިކަމަށާއި،
ހަމައެފަދައިން މުޅި ހިންނަވަރު ދާއިރާގެ ދާއިމީ ނަތީޖާއަށް ބަލާއިރު، އިބްރާހީމް މުޙައްމަދު
ޞާލިޙަށް 1413 ވޯޓް ލިބިފައިވާއިރު، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފަށް ލިބިފައިވަނީ 1317 ވޯޓް
ކަމަށާއި، މިދެމީހުންގެ ދެމެދުގައި 96 ވޯޓުގެ ތަފާތު އެބަހުރި ކަމަށާއި،
ވީމާ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ހުށަހަޅާފައިވާ ސަބަބުތަކަށާއި، ވޯޓްގެ
ނަތީޖާއަށް ބަލާއިރު، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ޝަކުވާގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ
ތެރެއިން އެކެއްގެ ނަމުގައި ދެފަހަރު ވޯޓް ލާފައިވާތީއާއި، އަދި ރާއްޖޭގައި ނެތް މީހެއްގެ ނަމުގައި
ވޯޓްލާފައިވާކަމަށް ބެލި ކަމުގައިވިޔަސް، އެއީ މުޅި ދާއިރާގެ ނަތީޖާއަށް އަސަރު ފޯރާފަދަ ކަމެއްކަމުގައި
ނުވާތީ، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ގެ ޝަކުވާގައި އެދިފައިވާ ފަދައިން އެދާއިރާގެ ނަތީޖާ
ބާޠިލްކޮށް އަލުން އިންތިޚާބު ބަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00158 "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ހުށަހަޅާފައިވާ ފޯމް” އިން، ޅ.ހިނަވަރު އަޅިވިލާގެ، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ހުށަހަޅާފައިވާ
i
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަސިއޯޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/02
މައްސަލައަށާއި، އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 20 މެއި 2009 ދުވަހު
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފާއި ކުރެވުނު ސުވާލުތަކާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00158 "އިންތިޚާބާބެހޭ
ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން ޅ.ހިންނަވަރު އަޅިވިލާގެ، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން
ޔޫސުފް ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، ހިންނަވަރު ދާއިރާގެ އިންތިޚާބް ބާޠިލްކޮށް، އަލުން އެދާއިރާގެ
ވޯޓުލުން ބާއްވައިދިނުމަށް އެދިފައިވަނީ ތިން ސަބަބަކާއިހުރެ ކަމާއި،
އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ، ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ ނަންބަރ:
G01.1.3 ވޯޓް ފޮއްޓަށް، ޤާނޫނު ނަންބަރ: 11/2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 74 ވަނަ
މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި ޚިލާފަށް އެކަކު ދެފަހަރު ވޯޓްލާފައިވާކަމަށް ބުނެ ފަހަގަކުރި ސަބަބު
ކަމާއި، އިންތިޚާބެއްގެ އެއްބުރެއްގައި އެކަކު އެއްފަހަރަށްވުރެ ގިނަފަހަރު ވޯޓު ލުމަކީ ޤާނޫނު ނަންބަރ:
11/2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން
އިންތިޚާބީ ކުށެއްކަން ފާހަގަވާން އޮތްއިރު،
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ޝަކުވާ ބިނާކޮށްފައިވާ ފުރަތަމަ ސަބަބުގައި
ބުނެފައިވާފަދައިން ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ ނަންބަރ: G01.1.3 ވޯޓް ފޮއްޓަށް އެކަކު ދެފަހަރު
ވޯޓްލާފައިވާކަމުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް ބުނެފައިވާކަމާއި، ނަމަވެސް އޭގެ
ބަބުން ބާޠިލްވެގެން ދާނީ 1 ވޯޓް ކަމަށްވާތީ، އެއީ އެދާއިރާގެ ނަތީޖާއަށް ބަދަލު އަންނަފަދަ ކަމެއްކަމަށް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނުދެކޭކަން ފާހަގަކުރެވެއެވެ.
(ނ) އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ
މައްސަލަ ބިނާކޮށްފައިވާ ދެވަނަ ސަބަބަކީ، ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ ނަންބަރ: G01.1.3 ވޯޓް
ފޮއްޓަށް، ރާއްޖޭން ބޭރުގައި ބޯޓް ދަތުރު ކުރަން ގޮސް އުޅޭ ޅ.ހިންނަވަރު އަތިރިމަތީގެ އާދަމް ޔޫސުފްގެ
ނަމުގައި ވޯޓްލާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބުކަމާއި، މިކަމަކީ ހިގާފައިވާ ކަމެއްކަން އިލެކްޝަންސް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން ވާނެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/02
ކޮމިޝަނުގެ ލިޔުންތަކުން އެނގެން ނެތްކަމަށް ބުނެ އެކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ޖަވާބު ދީފައިވާއިރު،
އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފް އެބުނާފަދައިން އެކަން ހިގާފައިވާކަން ސާބިތު
ކޮށްދިނުމަށްޓަކައި ހުށަހަޅާފައިވަނީ ފަސް މީހެއްގެ ނަންކަމާއި، ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ ނަންބަރ
G01.1.3 ވޯޓް ފޮއްޓަށް ރާއްޖޭގައި ނެތް މީހެއްގެ ނަމުގައި ވޯޓްލާފައިވާކަމަށް އަޙްމަދު ޝަރީފް
ޢަބްދުއްރަޙްމާން ޔޫސުފްގެ ފަރާތުން ބުނެފައިވާއިރު، އެފަދައިން އެކަން ހިގާފައިވާކަމަށް ބުނެ އިލެކްޝަންސް
ކޮމިޝަނަށް ނުވަތަ އެނޫންވެސް ކޮމްޕްލެއިންޓްސް ބިއުރޯއަކަށް އެމައްސަލަ ހުށަހެޅިކަމުގެ ލިޔުމެއް އަޙްމަދު
ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފަށް ހުށަހެޅިފައި ނުވާކަމާއި،
އަދި މިއީ ހިގާފައިވާކަމެއްކަމަށް ބެލިކަމުގައި ވިޔަސް، މީގެ ސަބަބުންވެސް ބާތިލްވެގެން ދާނީ
އެފޮށީގެ 01 ވޯޓް ކަމަށްވާތީ، އެއީ އެދާއިރާގެ ނަތީޖާއަށް ބަދަލު އަންނަފަދަ ކަމެއްކަމަށް އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ނުދެކޭކަން ފާހަގަކުރެވެއެވެ.
(ނ) އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ
ޝަކުވާގެ މައްސަލަ ބިނާކޮށްފައިވާ ތިންވަނަ ސަބަބަކީ، ޅ.ފެލިވަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ
ތެރެއިން އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފަށް ތާއީދުކުރާ މީހުންނަށް ހިންނަވަރު ދާއިރާގައި
ބަހައްޓާފައިވާ ނަންބަރ: G01.1.3 ވޯޓް ފޮއްޓަށް ވޯޓް ނުލެވޭގޮތަށް ވޯޓްލާމީހުންގެ ނަން ލިސްޓް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބަދަލު ކޮށްފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބު ކަމާއި، މިފަދަ
އެއްވެސް ޢަމަލެއް އެކޮމިޝަނުގެ ފަރާތުން ހިންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިންކާރު
ކުރުމަށްފަހު، ފެލިވަރާއި ހިންނަވަރު ދާއިރާއާއި ގުޅުން ހުރި ރަޖިސްޓްރޭޝަނުގެ މައްސަލައެއް ވޯޓްލުމުގެ
ކުރިން ދިމާވެ އެކަން އެއްކޮށް ޙައްލު ކުރެވިފައިވާކަމަށާއި، ވޯޓްލީ ދުވަހު އެދާއިރާގެ ރަޖިސްޓްރޭޝަނާއި
ގުޅުންހުރި 4 މައްސަލަ އެއް ހުށަހެޅި އެކަންވެސް ޙައްލު ކޮށްދެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ބުނެފައިވާއިރު،
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް އެބުނާފަދަ ޢަމަލެއް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ހިންގާފައިވާކަމާއި، އަދި ވޯޓްލާ ދުވަހާއި ހަމައަށް އެރަޖިސްޓްރޭޝަން މައްސަލަ ޙައްލުވެފައިނުވާކަން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
2009/HC-1-SI}{}2
ސާބިތު ކޮށްދިނުމަށްޓަކައި އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ފަރާތުން އެއްވެސް ބާވަތެއްގެ ހެއްކެތް
ހުށަހަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
(ހ) ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ ނަންބަރ: G01.1.3 ވޯޓް ފޮށިގެ ވަގުތީ
ނަތީޖާއަށް ބަލާއިރު، އެވޯޓް ފޮށިން އެންމެ ގިނަ ވޯޓް ލިބުނު ކެޑިޑޭޓަށް ލިބިފައިވަނީ 336 ވޯޓްކަމާއި،
ދެވަނައަށް އެންމެ ގިނަ ވޯޓް ލިބުނު ކެޑިޑޭޓް ކަމަށްވާ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފަށް
ލިބިފައިވަނީ 220 ވޯޓްކަން އެނގެން އޮންނަކަމާއި،
އަދި އެދާއިރާގެ ރަސްމީ ނަތީޖާއަށް ބަލާއިރު، އެދާއިރާގެ އިންތިޚާބު ކާމިޔާބް ކޮށްފައިވާ
ކެޑިޑޭޓަށް 1413 ވޯޓް ލިބިފައިވާއިރު، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފަށް ލިބިފައިވަނީ 1317
ވޯޓްކަން އެނގެން އޮންނާތީ، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ޝަކުވާގެ މައްސަލަ ބިނާކޮށްފައިވާ
ފުރަތަމަ ސަބަބާއި، ދެވަނަ ސަބަބަކީވެސް ހިގާފައިވާ ދެކަމެއް ކަމުގައި ބެލިކަމުގައިވިޔަސް، އޭގެ ސަބަބުން
ބާޠިލްވެގެންދާނީ 2 ވޯޓް ކަމުގައިވާތީ، އެދެވޯޓް އުނިކޮށްގެން ބެލިކަމުގައިވިޔަސް، ހިންނަވަރު ދާއިރާގެ
އިންތިޚާބު ކާމިޔާބު ކުރި ފަރާތާއި، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފާއި ދެމެދު، 94 ވޯޓުގެ ބޮޑު
ތަފާތެއް ހުންނާނެކަން ފާހަގަކުރެވެއެވެ.
(ބ) އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ހުށަހަޅާފައިވާ އިސްވެ މިބަޔާން ކުރެވުނު
ޝަކުވާގެ މައްސަލަ 24 މެއި 2009 ގައި ރަޖިސްޓްރީ ކުރެވުމާއި ގުޅިގެން، އިދާރީ ގޮތުން ފުރިހަމަ
ރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، މިމައްސަލާގެ އަޑުއެހުމެއް ބޭއްވިފައިވަނީ 20 މެއި 2009
ގައި ކަމާއި، އެދުވަހު އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ގެ ފަރާތުން ހަމަޖައްސާފައިވާ ޤާނޫނީ ވަކީލު
ބަލިވެ އުޅޭކަމަށްބުނެ، އެދުވަހުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާކަމާއި، ނަމަވެސް ހައިކޯޓް ޤަވާޢިދާއި
އެއްގޮތަށް އެފަދަ ހާލަތުގައި ހައިކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ސަޓިފިކެޓް އަދި މިހާތަނަށްވެސް އެވަކީލާގެ
ފަރާތުން ހުށަހަޅާފައި ނުވާކަމާއި، ވަކީލު ހާޒިރު ނުވާތީ ޤާނޫނުގެ މާއްދާތަކާއި ހަވާލާދީ ވާހަކަ ދެއްކުމަށް
ޢުޛުރުވެރިވާކަމަށް އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ބުނުމާއި ގުޅިގެން، އެއަޑުއެހުމުގައި އަޙްމަދު
ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފާއި ކުރެވުނު ހުރިހާ ސުވާލުތަކެއްވެސް ބިނާކުރެވިފައިވަނީ، މައްސަލަ
ބިނާކޮށްފައިވާ ސަބަބުތައް ޝަރީޢަތަށް ސާފް ކުރުމުގެ ގޮތުން ކަންހިގާ ދިޔަ ގޮތް ސާފް ކުރުމަށްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2(009,IHC-I-SH/02
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ގެ ފަރާތުން ވަކީލެއްގެ ޙާޒިރުގައި ވާހަކަ
ދެއްކުމަށްޓަކައި މިމައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވައި ދެއްވުމަށް އެދިފައިވާތީ، މިމައްސަލާގެ އިތުރު
އަޑުއެހުމެއް 07 ޖޫން 2009 ދުވަހު 9:00 އަށް އިންތިޒާމްކޮށް ޝަރީޢަތުގެ މަޖިލީހެއް ބޭއްވުމުން، އަޙްމަދު
ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ ފަރާތުން އޭނާއާއެކު ގ.ގޮފި! އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތާއި،
ހ.ރަދުވާނިޔާ އަލްއުސްތާޛް ޖަޢުފަރު ރަޝީދު ހާޒިރުވެފައިވާއިރު، އެ ޝަރީޢަތުގެ މަޖިލީހުގައި،
މިމައްސަލައާއި ގުޅިގެން ބޭއްވުނު ފުރަތަމަ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ އިތުރަށް
މައްސަލައާއި ގުޅުންހުރި ގޮތެއްގައި އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާކަން އެނގެއެވެ.
ޙުކުމް
. 7
ދެންފަހެ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބުގެ ހިންނަވަރު ދާއިރާގެ
އިންތިޚާބް ބާޠިލް ކޮށްދެއްވައި އަލުން އެދާއިރާގައި ވޯޓްލުން ބާއްވައި ދިނުން އެދި ޅ.ހިންނަވަރު އަލިވިލާގެ،
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ގެ ފަރާތުން އިލެކްޝަންސް ކޮމިޝަން ގެ މައްޗަށް ހުށަހެޅި
އިންތިޚާބީ ޝަކުވާގެ މައްސަލައާއި ގުޅިގެން ހައިކޯޓުން ބެލިބެލުމުން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާން ކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް ބަލާއިރު، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ބުނެފައިވާ
ފަދައިން ޅ.ފެލިވަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްގެ
ސަޕޯޓަރުންނަށް ހިންނަވަރު ދާއިރާގައި ބަހައްޓާފައިވާ ނަންބަރ: G01.1.3 ވޯޓް ފޮއްޓަށް ވޯޓްނުލެވޭގޮތަށް
ވޯޓްލާމީހުންގެ ނަންލިސްޓް އިލެކްޝަންސް ކޮމިޝަނުން ބަދަލު ކޮށްފައިވާކަން އެނގެން ނެތުމާއި، އެދާއިރާގެ
ވޯޓްލާ މީހުންގެ ރަޖިސްޓްރީއަށް ދިމާވި މައްސަލަ ވޯޓްލުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ޙައްލު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{}}I
HC
-
I
-
S;2009
ކޮށްދީފައިވާކަން އެނގެން އޮންނާތީއާއި، ޅ.ހިންނަވަރު މާބަގީޗާގެ ޢަލީ ޙަސަން ދެފަހަރު ވޯޓްލާފައިވާކަމަށާއި
ޅ.ހިންނަވަރުގެ އަތިރިމަތީގެ ޔޫސުފް އާދަމްގެ ނަމުގައި އޭނާ ނޫން އެހެން މީހަކު ވޯޓްލާފައިވާކަމަށް އަޙްމަދު
ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ބުނާ ބުނުމަކީ ހިގާފައިވާ ދެކަމެއް ކަމަށް ބެލިކަމުގައި ވިޔަސް، އޭގެ
ސަބަބުން އަސަރު ފޯރާނެކަމަށް ބަލަންޖެހޭ 2 ވޯޓް އުނިކޮށްގެން ބެލުމުން ނުކުންނަ ނަތީޖާއަކީ، ނަންބަރ:
G01.1.3 ވޯޓް ފޮއްޓާއި، މުޅި ހިންނަވަރު ދާއިރާގެ އިންތިޚާބު ކާމިޔާބު ކޮށްފައިވާ ކެންޑިޑޭޓް ހޯދާފައިވާ
ނަތީޖާއަށް އަސަރު ފޯރާފަދަ ޢަދަދަކަށް ނުވާތީ، ހިންނަވަރު ދާއިރާގެ ވޯޓުގެ ނަތީޖާ ބާޠިލްކޮށް އަލުން
އެދާއިރާގެ ވޯޓްލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭ އެއްވެސް ސަބަބެއް ނެތްކަށް
މިމައްސަލަ ބެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތީން ޙުކުމް
ކޮށްފީމެވެ.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ:
އި)
އާދަމް މުޙައްމަދު ޢަބްދު
އަޙްމަދު ޝަރީފް ޢަލީ
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
ފަނޑިޔާރު)
ފަނޑިޔާރު)
ޓައިޕްކުރީ: ފާތިމަތު ނީޝާ
ޗެކްކުރީ: އައިމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv