ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/135 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/135
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 135/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އިބްރާހީމް ޢީސާ
އައިޑީ
ކާޑު ނަންބަރު: A255086
*
ދާއިމީ އެޑްރެސް: ކާނިމާގެ/ ރ.މަޑުއްވަރީ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ވެލާނާ ބިލްޑިންގ! ކ.މާލެ
ތަދައްޚުލްވާ ފަރާތް:
* ނަން: އާމިނަތު އާދަމް
އައިޑީ
ކާޑު ނަންބަރު: A255990
* ދާއިމީ އެޑްރެސް: ހިތިލާގެ! ރ.މަޑުއްވަރީ
0
ސްޓްރީކުރެވުނު ތާރީޚް: 18 ޖުމާދަލްއާޚިރާ 1436
އޭޕްރީލް 2015
ނިމުނު ތާރީޚް: 16 ޖުމާދަލްއޫލާ 1437
25 ފެބްރުއަރީ 2016
07
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/E12C/39
ނިންމެވި ކޯޓް: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: ރަޖިސްޓްރީ ބާޠިލްކުރުން
މައްސަލަ ހުށަހެޅުނު ތާރީޚް: 18 މެއި 2014 *މައްސަލަ ނިމުނު ތާރީޚް: 12 ފެބްރުއަރީ 2015
• މައްސަލަ ބެލިފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު: ޢަބްދުﷲ ދީދީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 816471/
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިރާއްޖެ
2015/HC-A/135
2 ޤަޟިއްޔާ ނިމުނު
کی عمری
• ދަޢުވާގެ ޚުލާޞާ
މިއީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/E12C/39 ޤާޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަ
ވާކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ރ.މަޑުއްވަރީ ކާނިމާގެ އިބްރާހީމް އީސާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެޓަރނީ ޖެނެރަލްގެ އޮފީހެވެ. އަދި
މިމައްސަލައަށް ރ.މަޑުއްވަރީ ހިތިވާގެ އާމިނަތު އާދަމް ވަނީ ތަދައްޚުލްވެފައެވެ.
ފާހަގަކުރެވުނު
01- މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/E12C/39 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،
ރ.މަޑުއްވަރީ ކާނިމާގެ އާދަމް ޙުސައިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާނިމާގެ ކިޔާ ބަންޑާރަ
ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އާދަމް ޙުސައިންގެ މިލްކުން ކަނޑައި އާދަމް ޙުސައިންގެ
ކާފަދަރިފުޅު ކާނިމާގެ އިބްރާހީމް ޢީސާއަށް ހިބައިން ދިނުމަށް ހުށަހެޅި މައްސަލަ ރ. މަޑުއްވަރީ ކޯޓުގެ
ނަންބަރު 88/E12C/7 ޤަޟިއްޔާއިން ބަލައި ނިންމައި ކާނިމާގެ ކިޔާ ބަންޑާރަ ގޯތި ދެބައިކޮށް
އުތުރުބައިގައިވާ އެންމެހައި ތަންތަން އިބްރާހީމް ޢީސާއަށް މިލްކުވެއްޖެ ކަމަށް ޙުކުމް ކޮށްފައިވަނިކޮށް
އެޙުކުމާއި ޚިލާފަސް ކާނިމާގެ ކިޔާބަންޑާރަ ގޯތި އެއްކޮށް އިބްރާހީމް ޢީސާގެ ނަމުގައި ރަޖިސްޓްރީ
ކޮށްދެއްވާފައިވާތީ އެރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް ކަނޑައަޅައިދިނުންއެދި އަލްމަރްޙޫމް
އާދަމް ޙުސައިންގެ ދަރިފުޅު ހިތިލާގެ އާމިނަތު އާދަމް ހުށަހެޅުމުންބެލި މައްސަލައެއްކަން އެނގޭކަމާއި،
OxO
07
2
00 ދު
އެމައްސަލައިގައި ކުރައްވާފައިވަނީ، "ދެންފަހެ، ފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށް ރިޢާޔަތްކޮށް، ރ.މަޑުއްވަރީ ކާނިމާގެ އާދަމް ޙުސައިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
ކާނިމާގެ އާދަމް ޙުސައިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާނިމާގެ ކިޔާ ބަންޑާރަ ގޯތީގައިވާ
ޢިމާރާތްތަކާއި
ތަކާއި ވަޅުފަދަ ތަންތަން އާދަމް ޙުސައިންގެ މިލްކުން ކަނޑައި އާދަމްޙުސައިންގެ ކާފަދަރިފުޅު
ކާނިމާގެ އިބްރާހީމް ޢީސާއަށް ހިބައިން ދިނުމަށް ހުށަހެޅި މައްސަލަ ރ.މަޑުއްވަރީ ކޯޓުގެ
88/E12C/7 ޤަޟިއްޔާއިން ބަލައި ނިންމައި ކާނިމާގެ ކިޔާ ބަންޑާރަ ގޯތި ދެބައިކޮށް އުތުރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2015/HC-A/135
3 ޤަޟިއްޔާ ނިމުނު ގޮ
کرم محترمب
އެންމެހައި ތަންތަން އިބްރާހީމް ޢީސާއަށް މިލްކުވެއްޖެ ކަމަށް ޙުކުމް ކޮށްފައިވަނިކޮށް އެ ޙުކުމާއި ޚިލާފަށް
ކާނިމާގެ ކިޔާ ބަންޑާރަ ގޯތި އެއްކޮށް އިބްރާހީމް ޢީސާގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާތީ
އެރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރިއެއްކަމަށް ކަނޑައަޅައި ދިނުންއެދި އަލްމަރްޙޫމް އާދަމް ޙުސައިންގެ
ދަރިފުޅު ހިތިލާގެ އާމިނަތު އާދަމް ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ މައްޗަށް
މިމައްސަލާގައި، ރ.އަތޮޅު އޮފީހުގެ ނަންބަރު 2
/
2011
/
11-R ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ
ހަދާފައިވަނީ މިކޯޓުގެ ނަންބަރު 88/7
/
12C ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި ޚިލާފަށްކަން ދަޢުވާކުރާ
ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަހުންނާއި މިމައްސަލައާއި އެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް
ޘާބިތުވާކަމަށާއި، ރ. މަޑުއްވަރީ ކާނިމާގެ އަލްމަރްޙޫމް އާދަމް ޙުސައިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
ކާނިމާގެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އާދަމް ޙުސައިންގެ
މިލްކުން ކަނޑައި އާދަމް ޙުސައިން ކާފަ ދަރިފުޅަށް ހިބައިން ދިނުމަށް ހުށަހެޅިއިރު ކާނިމާގެ ކިޔާ
ބަންޑާރަ ގޯތި ބައިކޮށް ވަކިބައެއް ދިނުމަށް ކަނޑައަޅާފައި ނުވިނަމަވެސް މި ބާވަތުގެ މުޢާމަލާތު ތަކުގައި
އޭރު ޢަމަލު ކުރަމުން ދިޔަ ޤާނޫނު ތަކާއި ޤަވާޢިދާއި އެއްގޮތަށް މި ކޯޓުގެ ނަންބަރު: 88/E12C/7
ޤަޟިއްޔާއިން ޙުކުމް ކޮށްފައިވަނިކޮށް އެ ޙުކުމް މަތީ މަރުޙަލާއެއްގެ ކޯޓެއްގައި އެއްވެސް ޙަޞްމަކު
އިސްތިއުނާފުކޮށް ޙުކުމަށް ބަދަލެއް ގެނެސްފައި ނުވާހިނދު، ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމަކާއި
ޚިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ބާޠިލު ނިންމުމެއްކަމަށްވާތީ
ކުރީގެ ރ.އަތޮޅު އޮފީހުން ރ.މަޑުއްވަރީ ކާނިމާގެއަށް ހައްދަވާ ދެއްވާފައިވާ ނަންބަރު 2
/
2001
/
121-R
ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު
2014/E12C/39 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ކާނިމާގެ ރ.މަޑުއްވަރީ އިބްރާހީމް ޢީސާގެ ފަރާތުން 02 (ދޭއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
2 20
(ހ) ފުރަތަމަ ނުކުތާއަކީ، ރ.މަޑުއްވަރީ ކާނިމާ އެވެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އިބްރާހީމް ޢީސާއަށް ހިބައިން ދީފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި
ކަމަށްވެފައި، ޝަރީޢަތުގެ މަޖިލީހުގައި ހިބަކުރިއިރު ދީފައިވަނީ ގޯތީގެ ވަކިތަނެއް ނުވަތަ ބައެއް
އިސްތިސްނާ ނުކޮށް ގޯތީގެ އެންމެހައި ޢިމާރާތާއި ވަޅުފަދަ ތަންތަން ކަމުގައި ވާހިނދު، ރ.މަޑުއްވަރީ
އޮފީހުން އެގޯތި ދެބައިކޮށް ފާހަގަ ޖަހާފައިވާކަމަށް ބުނިބުނުމުގެ މައްޗަށް ބިނާކޮށް، ރ.މަޑުއްވަރީ އޮފީހުންގެ ޚައި
ބުނިގޮތަށް ގޯތީގެ އުތުބައިގައިވާ އެންމެހައި ތަކެއްޗަކީ ކާނިމާގޭ އިބްރާހީމް ޢީސާއަށް މިލްކުވެފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
=32
, 2
2015/HC-A/135
کی عمری
ރ.މަޑުއްވަރީ ކާނިމާގެއެވެ ކިޔާގޯތީގެ އުތުރުބައިގައި ކާނިމާގެއެވެ ކިޔާ ޢިމާރާތްހުރި ބައިގައިވާ އެންޓްgއހައި
ޤަޟިއްޔާ ނިމުނު ގޮތު
ތަކެތިކަމަށް ބުނެ ރ.މަޑުއްވަރީ ކޯޓުގެ ނަންބަރު 88/E12C/7 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ
މައްޗަށް ބުރަވެ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ 2014/39
/
12C ނަންބަރު
ޤަޟިއްޔާގައި ޙުކުމްކުރަށްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، އަލްމަރްޙޫމް އާދަމް ޙުސައިން ހިބަ ކުޅައީ ރ.މަޑުއްވަރީ
ކާނިމާގެ އެވެ ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތާއި ވަޅުފަދަ ތަންތަން ކަމަށްވެފައި އެމައްސަލަ
ހުށަހެޅިއިރު ހިބަކޮށްފައިވާ ތަކެތީގެ ތެރެއިން ގޭގެ އިމާރާތް ހުރީ ގޯތީގެ މެދުގައި ކަމަށްވެފައިމެ، ބަދިގެ
ހުރީ ގޯތީގެ ދެކުނު ބައިގައި ކަމަށްވެފައި އަދި ވަޅު ހުރީ ގޯތީގެ އުތުރުބައިގައި ކަމުގައިވެފައި، ބަދިގެ ހުރީ
ގޯތީގެ ދެކުނު ބައިގައި ކަމަށްވެފައި އަދި ވަޅު ހުރީ ގޯތީގެ މެދުގައި ކަމަށްވެފައިމެ އާދަމް ޙުސައިން
ކުޅަހިބައަކީ ޞައްޙަ ހިބައެއް ކަމަށް ޙުކުމުގައި އޮތްއޮތުމުގެ މައްޗަށް ބިނާކޮށް ރ.އަތޮޅު އޮފީހުން
ރ.މަޑުއްވަރީ ކާނިމާގެއަށް ހައްދަވާދެއްވާފައިވާ ރަޖިސްޓްރީއަކީ ބާޠިލު ރަޖިސްޓްރީ އެއްކަމަށް
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ 2014/E12C/39 ނަންބަރު ޤަޟިއްޔާ
ނިންމަވާފައިވަނީ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްވުނެ ކަމަށް ބުނެހުށަހެޅި ނުކުތާ
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް
ނަންބަރު
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ކާނިމާގެ ރ.މަޑުއްވަރީ އިބްރާހީމް ޢީސާގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ރ.މަޑުއްވަރީ ކާނިމާގެ އާދަމް ޙުސައިންގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ އެރަށު ކާނިމާއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަން އާދަމް ޙުސައިންގެ ކާފަ ދަރިފުޅު ރ.މަޑުއްވަރީ ކާނިމާގެ އިބްރާހީމް ޢީސާއަށް ހިބައިން ދިނުމަށް
16 ފެބްރުއަރީ 1988 ވަނަ ދުވަހު ރ. މަޑުއްވަރީ ކޯޓަށް ހުށަހެޅުމުން އެކޯޓުގެ ނަންބަރު 88/E12C/7
ޤަޟިއްޔާއިން އެމައްސަލަ ބައްލަވާފައިވާކަން އެނގެން އޮންނައިރު، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ،
-03
39}E12C/2014
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 13103471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2015/HC-A/135
5 ޤަޟިއްޔާ ނިމުނު "
4 *3
=32
مری
ތަކެއްޗަކީ ކާނިމާގޭ އިބްރާހީމް ޢީސާއަށް މިލްކުވެފައިވާ ތަންތަނާއި ތަކެތިކަމުގައި ކަނޑައަޅައި
އެފަދައިންކަން އެނގޭކަމެވެ.
އެކަމަށް
(ށ) ދެވަނަކަމަކީ، އަލްމަރްޙޫމް އާދަމް ޙުސައިންގެ ދުނިޔޭގައި އޭނާގެ ނަމުގައި
ރަޖިސްޓްރީ އޮތް ކާނިމާގެ ކިބައިން ދިނުމަށް ހުށަހެޅި ދުވަސްވަރު މިފަދަ މައްސަލަތަކުގައި
ޢަމަލުކުރެވެމުންދިޔަ، ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ
މާއްދާގެ (ށ) ގައި، މީސްމީހުންގެ އަމިއްލަ ބިމާއި އެބިމުގައި ހުންނަ ޢިމާރަތްތައް ފިޔަވައި
ރަޖިސްޓްރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލު ކުރަނީނަމަ ރަޖިސްޓްރީ
ދިންފަރާތުގެ އިޢުތިރާޟް
ނެތްކަމުގެ
ރަސްމީ ލިޔުމެއް އޮންނަންޖެހޭނެކަމަށް
ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިމައްސަލަ ރ.މަޑުއްވަރީ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، މިގޯތީގެ
ރަޖިސްޓަރީ ދިންފަރާތްކަމުގައިވާ ރ.މަޑުއްވަރީ އޮފީހުގެ އިޢުތިރާޚެއް އޮތްތޯ ބެއްލެވުމަށް ރ.މަޑުއްވަރީ
ކޯޓުން އެއޮފީހަށް ސިޓީއެއް ފޮނުއްވިކަމާއި، އަދި މިސިޓީގެ ޖަވާބުގައި، އެއޮފީހުން ފޮނުވި މެސެޖުގައި
ބަޔާންކޮށްފައިވަނީ، ކާނިމާގެ ގޯތި ދެބައިކޮށް ފާހަގަޖެހިފައިވާ ކަމަށާއި އެގޭ އުތުރުބައިގައި ކާނިމާގެއެވެ
ކިޔުނު ޢިމާރާތް ހުރިބައިގައިވާ އެންމެހައި ތަކެތި ހިބަކޮށްދީ އެކަމުގެ ޝަރުޢީ ލިޔުން ދޫކުރެއްވުމާމެދު
އެއޮފީހުން އިޢުތިރާޝް ނެތްކަމުގައި ބުނެކަން އެނގެން އޮތުމުން، އެގޯތީގެ އުތުރު ބައިގައިވާ ޢިމާރާތް
ހުރި ބައި ފިޔަވައި ދެން ހުރި ބައިތައް ދިނުމަށް އެއޮފީހުން އިޢުތިރާޟުކުރީ ކަމުގައި ބެލެވެން
އޮންނަކަމާއި، މިސިޓީގެ މައްޗަށް ރިޢާޔަތްކޮށް ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ގޮތެއްކަނޑައަޅުއްވާ
ރ.މަޑުއްވަރީ! ކާނިމާގެ އިބްރާހީމް ޢީސާއަށް މިލްކުވެފައިވާކަމަށް ޙުކުމް ކުރައްވާފައިވަނީ
އިޝާރާ
ޝާރާތްކުރެވުނު ފަދައިން އެގޯތީގެ އުތުރުބައިގައި ކާނިމާގެއެވެ ކިޔާ ޢިމާރާތްހުރިބައި އެކަނިކަން އެނގެން
އޮންނަކަމާއި، މަޑުއްވަރީ ކޯޓުގެ ނަންބަރު 88/E12C/7 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް މަތީމަރުޙަލާގެ ކޯޓަކުން މިހާތަނަށް ބަދަލެއް ގެނެސްފައިވާކަން އެނގެން ނެތްކަމާއި، މިހެންކަމުން
އެޙުކުމަ ބާރު އެގޮތުގައި ދެމިއޮތް ނިހާއީ
ޑއާ
2 8322
k
4ހކުމުގެ
މީމިއްކަން އެނގޭކަމެވެ.
39/12C/2014
(ބ) ތިންވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ
މެޖިސްޓްރޭޓް
ނަންބަރު
ޤަޟިއްޔާއަކީ، އިޝާރާތްކުރެވުނު
ރ.މަޑުއްވަރީ ކޯޓުގެ ނަންބަރު 88/E12C/7 ޤަޟިއްޔާއިންބަލައި އެރަށު ކާނިމާގެއެވެކިޔާ ބަންޑާރަ
ގޯތީގެ ދެބައިގެ ތެރެއިން އުތުރުބައިގައިވާ އެންމެހައި ތަންތަން އިބްރާހީމް ޢީސާއަށް މިލްކުވެއްޖެކަޓަލް އައިޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332.5029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮ
¢ ¢ 3
=32
2015/HC-A/135
کی عمر
އެޤަޟިއްޔާގައި ޙުކުމްކޮށްފައިވަނިކޮށް، އެޙުކުމާއި ޚިލާފަށް ކާނިވާގެއެވެ ކިޔާބަންޑާރަގޯތި އެއްކޮށް
އިބްރާހީމް ޢީސާގެ ނަމުގައި ރަޖިސްޓްރީ ހަދާދީފައިވާތީ، އެރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް
ކަނޑައަޅައިދިނުންއެދި އަލްމަރްޙޫމް އާދަމް ޙުސައިންގެ ދަރިފުޅު ރ.މަޑުއްވަރީ ހިތިލާގެ އާމިނަތު އާދަމް
ހުށަހެޅި މައްސަލަކަމާއި، އެމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ، ރ.އަތޮޅު އޮފީހުގެ ނަންބަރު
2
/
2001
/
121-R ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވަނީ ރ.މަޑުއްވަރީ ކޯޓުގެ ނަންބަރު
88/E12C/7 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި ޚިލާފަށްކަން ދަޢުވާކުރާފަރާތާއި ދަޢުވާލިބޭފަރާތުގެ
ބަހުންނާއި މިމައްސަލައާއިއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، އެރަޖިސްޓްރީ
ބާޠިލްކަމަށް ކަނޑައަޅައި އެގޮތުގެ މަތީންކަމާއި،
2
8
xދ
އެއްޤަ3
އަލްމަރްޙޫމް އާދަމް ޙުސައިންގެ ނަމުގައި އޮތް ބަންޑާރަ ގޯތީގައި ހުރި ޢިމާރާތްތަކުގެ މިލްކުވެރިކަމުގެ
ޙައްޤު އިބްރާހިމް ޢީސާއަށް މިޙާލަތުގައި ނަޤުލުވާނީ ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
88/7
/
12C ޤަޟިއްޔާގައި ކަނޑައަޅައިފައިވާ މިންވަރުގެ މައްޗަށް އެކަނިކަމާއި، އެހެންނަމަވެސް
ރ.އަތޮޅު އޮފީހުގެ ނަންބަރު 2
/
2001
/
121-R ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވަނީ ރ.މަޑުއްވަރީ
ކޯޓުގެ ނަންބަރު 88/E12C/7 ޤަޟިއްޔާގައި ކަނޑައަޅާފައިވާ މިންވަރަށްނޫންކަން ދެފަރާތުގެ ބަހުންނާއި
ލިޔުންތަކުން އެނގޭއިރު، އެރަޖިސްޓަރީ އެގޮތުގައި ހެއްދިފައިވަނީ ރ.މަޑުއްވަރީ ކޯޓުގެ ނަންބަރު
88/E12C/7 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އެގޮތަށްކަން ސާބިތުކުރުމަށް ފުދޭ އެއްވެސް ހެއް
ހެއްކެއް
ޤަރީނާއެއްވިޔަސް އިބްރާހީމް ޢީސާގެ ފަރާތުން ދަށުކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް
ފާހަގަކޮށްދެވިފައިނެތްކަމާއި، މިހެންކަމުން ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓުން، މިމައްސަލަ ނިންމަވަމުން
ރ.މަޑުއްވަރީ ކޯޓުގެ ނަންބަރު 88/E12C/7 ޤަޟިއްޔާއާއި ޙަވާލާދެއްވާ، އެޤަޟިއްޔާގައި ވަކިގޮތަކަށް
ޙުކުމް ކޮށްފައިވަނިކޮށް އެޙުކުމް މަތީ މަރުޙަލާއެއްގެ ކޯޓެއްގައި އެއްވެސް ޙަޞްމަކު އިސްތިއުނާފުކޮށް
ޙުކުމަށް ބަދަލެއް ގެނެސްފައި ނުވާކަމަށް އަދި ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމަކާއި ޚިލާފަށް ނިންމާ
ކޮންމެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ބާޠިލް ނިންމުމެއްކަމަށް ފާހަގަކުރައްވާ،
ރ.އަތޮޅު އޮފީހުން ރ.މަޑުއްވަރީ ކާނިމާ ގެއަށް ހައްދަވާ ދެއްވާފައިވާ ނަންބަރު 2
/
2001
/
121-R
ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމަށް ކަނޑައަޅައިކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމުގައި ބެލެވެންނެތްކަމެވެ.
ދިވެހިރާއްޖޭ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: hi/5316
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/135
کی مرکی
3)
ޤަޟިއްޔާ ނިމުނު 1
އިސްވެބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/E12C/39 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް
ނެތްކަމުގައެވެ"
ޙުކުމް
OU OO
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، މާޅޮސްމަޑުލު އުތުރުބުރީ
މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/39 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމް އިސްތިއުނާފު ކުރުމަށްޓަކައި ރ.މަޑުއްވަރީ ކާނިމާގެ އިބްރާހީމް ޢީސާގެ ފަރާތުން ހުށަހަޅާފައިވާ
.ކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް
މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv