ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/56 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2013/HC-A/56
21
80
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 56/HC-A/2013
• އިސްތިއުނާފުކުރި ފަރާތް
* ދާއިމީ އެޑްރެސް: މއ.އެވަރގްލޯރީ
ނަން: އަޙްމަދު ޢާރިފް
އައިޑީ ކާޑު ނަންބަރު: A050150
* ވަކީލު: އޏ.އިބްރާހީމް ޢަލީ
އައިޑީ ކާޑު ނަންބަރު: A035999
ދާއިމީ އެޑްރެސް: ގ.ރޭނިސް
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ރަބީޢުލްއާޚިރު 1434
ނިމުނު ތާރީޚް: 08 ރަބީޢުލްއާޚިރު 1434
18 ފެބްރުއަރީ 2013
13 ފެބްރުއަރީ
2013
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2013/1050(J(MD-145
• ނެރުއްވި ފަރާތް: ކްރިމިނަލް ކޯޓް
ބާވަތް: ކޯޓު އަމުރު
• މައްސަލަބެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: އަޙްމަދު ޝަރީފު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2013/HC-A/56
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި މއ.އެވަރގްލޯރީ އަޙްމަދު ޢާރިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
CCCC
....
0
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް މއ.އެވަރގްލޯރީ އަޙްމަދު ޢާރިފްގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J(MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 07 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 20:15 އިން ފެށިގެން 15 ދުވަހުގެ
މުއްދަތަށް މއ.އެވަރގްލޯރީ އަޙްމަދު ޢާރިފް ފުލުހުންގެ ބެލުމުގެ ދަށުގައި މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް
މއ.އެވަރގްލޯރީ އަޙްމަދު ޢާރިފް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ "އަޙްމަދު ޢާރިފްގެ
މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މީނާ
ދޫކޮށްލައިފިނަމަ، ހެކިފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި، މީނާގެ ސަބަބުން މުޖުތަމަޢުގެ
ހަމަޖެހުން ގެއްލި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" ކަމަށް މިއަމުރަށް ބެލުމުން އެނގެން
އޮވެއެވެ.
ހައިކޯޓް
48
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-A/56
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
28
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J
(
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަ
ވާކަމަށްބުނެ މއ.އެވަރގްލޯރީ އަޙްމަދު ޢާރިފްގެ ފަރާތުން 02
(ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
COC
ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J(MD-145 ކޯޓު
އަމުރުން އަޙްމަދު ޢާރިފް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 49
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެއިތިއްބުމާއި
މެދު ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ވަނަ މާއްދާއާއި،
OCX
ދެވަނަ ނުކުތާއަކީ، އަޙްމަދު ޢާރިފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ކްރިމިނަލް
ކޯޓްގެ ނަންބަރު 2013/1050(J(MD-145 ކޯޓު އަމުރުން ބަންދުގައި ބަހައްޓާފައިވަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއާއި،
ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
46
4. މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J(MD-145 ކޯޓު
އަމުރު އިސްތިއުނާފް ކުރުމަށް މއ.އެވަރގްލޯރީ އަޙްމަދު ޢާރިފްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން
ހދޖ ¢
ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ: ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައި
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/56
"ދިވެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ޓަކައި މެނުވީ އެއްވެސް
މީހަކާއި މެދު ޝަރީއަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް
އޮންނަކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
1050
J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
އަޙްމަދު ޢާރިފު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު
ކުރައްވާފައިވަނީ އަޙްމަދު ޢާރިފުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައެއްގައި ފުލުހުން
ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މީނާ ދޫކޮށްލައިފިނަމަ، ހެކި ފޮރުވަން
މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި މީނާގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި މުޖްތަމަޢުގެ
ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، އަޙްމަދު ޢާރިފު ދޫކޮށްފައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް
ބަޔާންކޮށް ކަން ކްރިމިނަލް ކޯޓުގެ އެއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު
2013/1050(J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އަޙްމަދު ޢާރިފު 15 (ފަނަރަ) ދުވަހުގެ
މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާ ސަބަބުތަކުގެ ތެރޭގައި އަޙްމަދު
ޢާރިފުގެ ދޫކޮށްލައިފިނަމަ، ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަ
އެކަމަށް ފެންނަކަމަށް ބެލެވޭކަމަށް
އެއަމުރުގައި ބަޔާންކޮށްފައިވާއިރު،
އަޙްމަދު ޢާރިފުގެ މައްޗަށް ތުހުމަތެއް ކުރެވިގެން ތަޙުޤީޤު ކުރެވެމުންދާ މައްސަލައަކީ 2005،
2006، 2009، 2010 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާކަމަށް ބުނާ މައްސަލައެއްކަން އެނގެން
އޮންނަކަމާއި، މިމައްސަލައިގެ ތަޙްޤީޤު ފުލުހުން ފަށާފައިވަނީ 30 ސެޕްޓެމްބަރ 2012 ގައި ކަން
އެނގެން އޮތް ނަމަވެސް މިމައްސަލައަކީ އޮޑިޓަރ ޖެނެރަލްގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް
ސެންޓަރ އޮޑިޓް ކުރުމުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އަށް ފާހަގަކުރެވިގެން އޮޑިޓަރ ޖެނެރަލްގެ
ރިޕޯޓެއްގައި ފާހަގަކުރައްވާފައިވާ މައްސަލައެއްކަން އެނގޭކަމާއި، މިމައްސަލަ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ތަޙްޤީޤުކުރުމުގެ ކުރިން މިމައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް
ތަޙްޤީޤުތަކެއް ކޮށްފައިވާ މައްސަލައެއްކަމަށް ދެފަރާތުން ދެއްކި ވާހަކަތަކުން އެނގޭކަމާއި، އެހެންކަމުން
މިއީ
އެތަކެއް އަހަރުތަކެއްގެ ކުރިން ހިނގާފައިވާ މައްސަލައަކަށްވެފައި، މިމައްސަލަ ދައުލަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2013/HC-A/56
މުއައްސަސާތަކުން މީގެ ކުރިން ބެލިފައިވާތީ، މިމައްސަލައިގެ ހެކިތަކާއި ލިޔުންތައް ދައުލަތުގެ
މުއައްސަސާތަކުގައި ރިކޯޑު ކުރެވި ބެލެހެއްޓިފައިވާނެ ކަމަށް ޤަބޫލުކުރެވޭކަމާއި، އެހެންކަމުން ދައުލަތުގެ
މުއައްސަސާތަކުގައި ރައްކާކުރެވިފައިވާ ހެކިތަކާއި ޤަރީނާތަކަކީ އެތަކެތި އަޙްމަދު ޢާރިފުގެ ފަރާތުން
ފޮރުވުމުގެ އިޙުތިމާލެއް އޮތް ހެކިތަކާއި ޤަރީނާތަކެއް ކަމުގައި ބެލެވެން ނެތްކަމާއި، މިމައްސަލަ
ހިނގާދިޔަކަމަށް ބުނާތާ އަހަރުތަކެއް ފާއިތުވެފައިވާއިރު، ހެކި ފޮރުވުމަށްޓަކައި އަޙްމަދު އާރިފުގެ ފަރާތުން
މިހާތަނަށް ކުރި ޢަމަލަކީ ކޮބައިކަން ދައުލަތަށް ބަޔާންކޮށްދެވިފާނުވާކަން އެނގޭއިރު، އަޙްމަދު އާރިފުގެ
ފުށުން ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް މިހާތަނަށް ބެލިފައި ނެތި، އެކަން އެގޮތަށް ހިނގާފާނެކަމަށް
މިހާރު ބެލެވެން ޖެހޭ ފަދަ މަޤުބޫލު ސަބަބެއް އަދި އެކަމުގެ މައްޗަށް އޮތް ހަރުދަނާ ޙުއްޖަތެއް ދައުލަތުގެ
ފަރާތުން ހުށަހަޅާފައި ނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
1050/J
(
MD-145 ކޯޓު
އަމުރުގައި އަޙްމަދު ޢާރިފު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ދެވަނަ ސަބަބަކީ އަޙްމަދު ޢާރިފުގެ ސަބަބުން
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން އެނގޭއިރު، އަޙްމަދު ޢާރިފުގެ ކުށުގެ
ރެކޯޑަށާއި މިމައްސަލައިގެ ބާވަތަށާއި، ކަން ހިނގިގޮތް ކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށާއި މުޅި
މައްސަލައިގެ ވަށައިގެންވާ އެހެނިހެންކަންތައްތަކުގެ މައްޗަށް ބެލުމުން އަދި އަޙްމަދު ޢާރިފު ފުށުން އެފަދަ
އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަދި އެފަދަ ކަމެއް މީގެ ކުރިން ހިނގިކަމަށް ޤަބޫލުކުރެވޭ ފަދަ
އެކަށީގެންވާ ޙުއްޖަތްތަކެއް ހުށަހެޅިފައި ނެތުމުން މިހާދިސާ ހިނގާފައިވާކަމަށް ބުނާ ވަގުތާއި ޒަމާނާއި
ހާލަތަށް ބަލާއިރު، މިހާރު އަޙްމަދު ޢާރިފުގެ ފަރާތުން އެފަދަ ނުރައްކަލެއް މުޖްތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށް ކުރިމަތިވެދާނެކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
Occc
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J(MD-145 ކޯޓު އަމުރަށް
ބަދަލުގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
، ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެގޮތުގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2013/HC-A/56
ޙުކުމް
ce O
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތަ މަތިން ހުރުމުން، ކްރިމިނަލް
ކޯޓުގެ ނަންބަރު 2013/1050(J
(
MD-145 ގައި އެކޯޓުން ކުރައްވާފައިވާ އަމުރަށް ބަދަލު ގެންނަން
ޖެހޭކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1050(J(MD-145 ކޯޓު އަމުރު ބާޠިލުކަމަށް
ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv