ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/52 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/52
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 52/HC-A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) * ދާއިމީ އެޑްރެސް: ގ. ބެމްބޫ މާލެ
* އައި.ޑީ.ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް: ބ. ޝަރާޝާ މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އަލްހާން ފަހުމީ
އައި.ޑީ.ކާޑު ނަންބަރު: A044813
* ދާއިމީ އެޑްރެސް: މ. ފިނިވާގެ/ މާލެ
މިހާރުގެ އެޑްރެސް: މއ. ފްލޮރިފާ މާލެ
*
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް:
04 ޖުމާދަލްއޫލާ 1435
05 މާރޗް 2014
ނިމުނު ތާރީޚް: 15 ޖުމާދަލްއޫލާ 1435
16 މާރޗް 2014
0
އިސްތިއުނާފް ކުރެވުނު ނިންމުން ނަންބަރު: 2014
/
08/B
-
CR
-
3
/
IN
• ނިންމެވި ކޯޓު: ސިވިލް ކޯޓު
، ޤަޟިއްޔާގެ ބާވަތް: އިޖުރާއީ ނުކުތާއާއިމެދު ނިންމިގޮތް
އިޖުރާއީ ނިންމުން ނިންމި ތާރީޚް: 03 މާރޗް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރުން ޢައްބާސް ޝަރީފް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2014/HC-A/52
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014
/
08/B
-
CR
-
3
/
IN އިޖުރާއީ ނިންމެވުން
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެނިންމެވުން
އިސްތިއުނާފުކޮށްދިނުމަށް އެދި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ފިނިވާގެ އަލްހާން ފަހުމީއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
ނީ ބރ
އެއްގޮތަށް
22
4 އދ38 ޑ
ނޫންކަމަށްބުނެ،
1. ސިވިލް ކޯޓުގެ
2014
/
08/B
-
CR
-
3
/
IN އިޖުރާއީ ނިންމެވުން
އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެނިންމެވުން
އިސްތިއުނާފުކޮށްދިނުމަށް އެދި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ce O
2. ސިވިލް ކޯޓުގެ ނަންބަރު
ޚަބަރު 2014
/
08/B
-
CR
-
3
/
IN އިޖުރާއީ ނިންމެވުމަށް ބެލިއިރު،
އެނިންމެވުމަކީ، މ. ފިނިވާގެ އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 2014/Cv-C/485
ޤަޟިއްޔާއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ
ގޮތުގެމަތީން ހައްލު ހޯދުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަނުކޮށް ހުށަހަޅާފައިވާ
މައްސަލައަކަށް ވާތީ، މިމައްސަލައަކީ ސިވިލް ކޯޓުގައި މިހިނދަށް ކުރިޔަށް ގެންދެވޭނެ މައްސަލައެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/52
ނޫންކަމަށް ކަނޑައަޅައި ދިނުމަށްއެދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ފާހަގަކުރި އިޖުރާއީ
ނުކުތާއާގުޅޭ ގޮތުން އެކޯޓުން ނިންމަވާފައިވާ ނިންމެވުމެއްކަމާއި،
މިނިންމެވުން ނިންމަވާފައިވަނީ "..ދެފަރާތުގެ ވާހަކަ ތަކަށާއިހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް
ޝަރީޢަތުން ވިސްނާ ނަޒަރުކޮށް ބެލިއިރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ޤަވާޢިދުގެ 101 ވަނަ
މާއްދާގެ 02 ވަނަ ނަންބަރުގެ ދަށުން އުފައްދާފައިވާ އެޕާޓީގެ އިންތިޚާބާއިބެހޭ ކޮމެޓީގެ ފަރާތުން އެޕާޓީގެ
އަސާސީ ޤަވާޢިދުގެ 22 ވަނަ މާއްދާއިން ލިބިގެންވާ އިޚްތިޔާރުގެ ދަށުން އެކޮމެޓީން އެކުލަވާލާފައިވާ އެމް.ޑީ.ޕީ
ގެ އިންތިޚާބު ތަކާއި ބެހޭ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގައި އެމް.ޑީ.ޕީ ގެ އިންތިޚާބަކާއި ގުޅިގެން
ޝަކުވާ ހުށަހަޅަންވާނީ އިންތިޚާބާއި ބެހޭ ކޮންޕްލެއިންސް ބިއުރޯ އަށް ކަމަށް ބަޔާންކޮށްފައި ވަކަމާއި،
އެމާއްދާގެ (ށ) ގައި އިންތިޚާބާއިބެހޭ ޝަކުވާ ހުށަހަޅާނަމަ އެޝަކުވާގެ ތަފްޞީލު ހެއްކާއި ޤަރީނާ އާއިއެކު
އިންތިޚާބު ބޭއްވިދުވަހުން ފެށިގެން ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ
ކަމާއި، އެޤަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގައި އެޤަވާޢިދާއި ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް
ކޮށްގެން ކޮމްޕްލެއިންޓްސް ކޮމެޓީއަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެން އެކޮމެޓީން ނިންމިގޮތާއި މެދު ހިތް
ހަމަނުޖެހޭނަމަ އެމް.ޑީ.ޕީ ގެ އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައި އޮންނަ
ކަމާއި، މިމާއްދާގެ ދަށުން އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާނަމަ ސަބަބާއި
ތަފްޞީލާއި ހެއްކާއިއެކު، ކޮމްޕްލެއިންޓްސް ކޮމެޓީން މައްސަލަނިންމާތާ ލަސްވެގެން 48 ގަޑި އިރުގެ ތެރޭގައި
OC
COOX
ހުށަހަޅަންވާނެ ކަމަށް އެމާއްދާގެ (ށ) ގައި ބަޔާންވެގެންވާކަމާއި،
އެމް.ޑީ.ޕީ ގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީ 2014 ގެ ފޭދޫ ދާއިރާގެ ވޯޓުގެ ނަތީޖާ
އިއުލާނުކުރި ރޭގައި އަލްހާން ފަހުމީ އަށް ތޫނުއެއްޗަކުން ބަޔަކު ދިންނުރައްކާތެރި ޙަމަލާއަކާއި ގުޅިގެން
އަލްހާން ފަހުމީގެ ޞިއްޙީ ޙާލަތު ސީރިއަސް ވުމުގެ ސަބަބުން އެމް.ޑީ.ޕީ ގެ އިންތިޚާބު ތަކާއި ބެހޭ
ޤަވާޢިދުގައި ވާގޮތުގެ މަތީން އެޕާޓީގެ ކޮމްޕްލެއިންޓްސް ކޮމެޓީއަށް ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތު ގައި
ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަލްހާން ފަހުމީއަށް ގެއްލިފައިވާ ކަން އަލްހާން ފަހުމީގެ ބަހުން އެނގެން
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/52
އޮތްއިރު އެފަދަ ޝަކުވާއެއް އަލްހާން ފަހުމީއަށް މިހާރު އެމް.ޑީ.ޕީ ގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހަށް
ހުށަހެޅިދާނެ ކަމަށް އެމް.ޑީ.ޕީ ގެ ފަރާތުން ވެސް ޤަބޫލު ނުކުރާކަމަށް އެމް.ޑީ.ޕީ ގެ ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު،
އެމް.ޑީ.ޕީ ގެ އިންތިޚާބު ތަކާއި ބެހޭ ޤަވާޢިދުގައި ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތު މިހާރު
ހަމަވެފައިވާތީ އަލްހާން ފަހުމީއަށް އެފަދަ ޝަކުވާއެއް އެޕާޓީގެ ކަމާބެހޭ ގުނަވަންތަކަށް ހުށަހެޅުމުގެ ފުރުޞަތު
މިހާރު ނެތްހިނދު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ
ގޮތުގެ މަތީން މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި އަލްހާން ފަހުމީގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ
އިޖްރާއާތުތައް ފުރިހަމަ ކޮށްފައިނުވާކަމަށްޓަކައި މިމައްސަލަ މިހިނދަށް ސިވިލްކޯޓުން ނުބެލޭނެ ކަމަށް
ކަނޑައެޅުމަކީ ޤާނޫނު އަސާސީގެ 42 މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ ޝަރީޢަތް ކުރެވުމުގެ ޙައްޤު
މިމައްސަލައިގައި އަލްހާން ފަހުމީއަށް ގެއްލިގެން ހިގައިދާނެ ކަމެއްކަމުގައިވާތީ، އަލްހާން ފަހުމީގެ ފަރާތުން
ހުށަހެޅި މައްސަލައިގެ މައުޟޫއުގައި ބަލައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން އެމް.ޑީ.ޕީ ގެ
ފަރާތުން އިޖުރާއީ ނުކުތާގައި އެދިފައިވާ ގޮތުގެ މަތިން މިމައްސަލަ އަކީ މިހިނދަށް ސިވިލްކޯޓުގައި ކުރިއަށް
ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް އިޖުރާއީ ގޮތުން ކަނޑައެޅެން ނެތްކަމަށް ނިންމައިފީމެވެ" މިފައިންނެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2014
/
08/B
-
CR
-
3
/
IN އިޖުރާއީ ނިންމެވުން އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
: ,
ފުރަތަމަ ނުކުތާއަކީ، އަލްހާން ފަހުމީގެ ފަރާތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ
ޤަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކޮށްފައިނުވަނީ ދިމާވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/52
ކަމުގައި ފާހަގަކުރައްވައި، އެއީ އެކަށީގެންވާ ސަބަބެއްކަމުގައި ފާހަގަކުރައްވާފައިވާއިރު، އިންތިޚާބާބެހޭ ޝަކުވާ
ސީދާ ކެންޑިޑޭޓުގެ ފަރާތުން ހުށަހެޅުން އެމް.ޑީ.ޕީ ގެ އިންތިޚާބާބެހޭ ޤަވާއިދުގެ 48 ވަނަ މާއްދާއިން
ލާޒިމުނުކުރާކަމާއި، އެ މާއްދާގެ (ށ) އިން އިންތިޚާބުގައި ވޯޓުލާ މެންބަރުންނަށާއި އަދި ކެންޑިޑޭޓުގެ
މަންދޫބުންނާއި ކެންޑިޑޭޓްގެ އިންތިޚާބީ އެޖެންޓަށްވެސް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮތްކަން އެނގޭއިރު،
އަލްހާން ފަހުމީއަށް ދިމާވި ހާދިސާގެ ސަބަބުން ޝަކުވާ ހުށަހެޅުމުގެ އެފުރުޞަތު ގެއްލިފައިވާކަމުގައި
ބައްލަވާފައިވުމާއި، އެއީ ޝަކުވާ ހުށަނާޅައި އޮތް އޮތުމަށް އެކަށީގެންވާ އުޒުރެއްކަމުގައި ބައްލަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC-A/2013 ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
OX OC
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2014
/
08/B
-
CR
-
3
/
IN އިޖުރާއީ ނިންމެވުން އެކޯޓުން
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހީއެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޕްތ 85
x
4 ކާ
ވާދ، ދިވެކީލެއް
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/52
8*5 4
2ކށް
(ހ) ފުރަތަމަ ކަމަކީ، ކޮންމެ މީހަކަށްމެ އެމީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި
ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީ، އެޙައްޤު ކަށަވަރުކޮށްދީފައިވާކަމާއި،
އަދި އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް
ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަމާއި، އަދި އިންސާފު
ހޯދުމަށްޓަކައި ޝަރީޢަތަށް ދިއުމުގެ ޙައްޤު، އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ
(ނ) އިން ކަށަވަރުކޮށްދީފައިވާކަމާއި،
އަދި މިފަދަ ޙައްޤުތަކުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި
ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަންވެސް ޤަނޫނުއަސާސީން
ހަކަމާއި، އެހެންނަމަވެސް، އެމީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް
ކޯޓަށް ހުށަހެޅުމުގެ ޙައްޤަކީ އެޙައްޤުގެ ވެރިފަރާތުން އަމިއްލައަށް ހަނިނުކުރެވޭގޮތަށް ލިބިދެވިފައިވާ
ޙައްޤެއްނޫންކަމާއި، އެހެންކަމުން، ވަކި ކަމަކާ ގުޅޭގޮތުން މީހަކަށް ލިބިފައިވާ ޙައްޤު ހޯދުމަށް ކޯޓަށް
ހުށަހެޅުމުގެ ޙައްޤު އެމީހާއަށް އިޚްތިޔާރު އޮންނާނެކަމާއި، އަދި އެޙައްޤު ހަނިކުރުމަކީވެސް
އެޙައްޤު ލިބިދެވިފައިވާ ފަރާތުގެ އިޚްތިޔާރުގައި އޮތް ކަމެއްކަމަށްވެސް ޤަބޫލުކުރެވޭކަމެވެ.
ހދ 0ތ
ބަޔާންވެގެންވާ
4 23 29
ދޫކޮށްލުމެ
COOC
(ށ) ދެވަނަ ކަމަކީ، ސިޔާސީ ޕާޓީތަކަށް ވަނުމަށް ރައްޔިތުންނަށް ލިބިފައިވާ ޙައްޤާއި
މިނިވަންކަމުގެ ތެރެއިން، ސިޔާސީ ޕާޓީއަކަށް ވަންނަ މީހާ އެޕާޓީއަށް އެވަންނަނީ އެޕާޓީގެ އަސާސީ ގަވާއިދާއި
އެޕާޓީގެ ހިންގާ ގަވާއިދު ޤަބޫލުކޮށް އެއަށް ޢަމަލުކުރުމަށް ރުހި ޤަބޫލުވެގެންކަމުގައި ބަލަންޖެހޭކަމާއި،
އެއަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންކަމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކުން މަނާކުރާ
ކަންކަންކަމުގައި ނުވާނަމަ އެގަވާއިދުތަކަށް ޢަމަލުކޮށް އެގަވާއިދުތަކަށް ތަބާވުމަކީ އެމެންބަރުގެ މައްޗަށް
ލާޒިމްވާނެކަމެއްކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/52
4
ޝަކުވާއާއި
އެމް.ޑީ.ޕީގެ އިންތިޚާބުތަކާބެހޭ ޤަވާއިދަކީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 22 ވަނަ މާއްދާއިން
ބާރުލިބިގެން ހެދިފައިވާ ޤަވާއިދެއްކަމާއި، އެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ)، (ކ) އަދި (ނ) އަށް
ބަލާއިރު، އެމް.ޑީ.ޕީގެ އިންތިޚާބުތަކާ ގުޅިގެން ޝަކުވާ ހުށަހަޅަންވާނީ އިންތިޚާބާބެހޭ ކޮމްޕްލެއިންޓްސް
ކޮމެޓީއަށް ކަމާއި، އެކޮމެޓީ ޤާއިމުކުރުމުގެ ކުރިންނަމަ އިންތިޚާބާބެހޭ ކޮމެޓީއަށްކަމާއި، ކޮންމެ އިންތިޚާބެއްގައި
ވޯޓުލާ މެންބަރުންނަށާއި، އެއިންތިޚާބުގައި ވާދަކުރާ އެންމެހައި ކެންޑިޑޭޓުންނަށް އެ އިންތިޚާބަކާ ގުޅޭ ޝަކުވާ
ހުށަހެޅުމުގެ ޙައްޤު ލިބިދީފައިވާކަމާއި، އަދި އެފަދަ އިންތިޚާބާބެހޭ ޝަކުވާއެއް ހުށަހަޅާނަމަ، އެ އިންތިޚާބު
ބޭއްވި ދުވަހުން ފެށިގެން ގިނަވެގެން 24 ގަޑިއިރު ތެރޭގައި، އެޝަކުވާގެ ތަފްޞީލާއި، ހެއްކާއި، ޤަރީނާއާއެކު
ހުށަހަޅަންވާނެކަމާއި،
އަދި އެމް.ޑީ.ޕީގެ އިންތިޚާބަކާ ގުޅިގެން އިންތިޚާބާބެހޭ ކޮމްޕްލެއިންޓްސް ކޮމެޓީއަށް ހުށަހެޅުނު
އެކޮމެޓީއިން ނިންމި ގޮތާމެދު ހިތްހަމަނުޖެހޭނަމަ އެމް.ޑީ.ޕީގެ އިސްތިއުނާފް ފަނޑިޔާރުގެ
މަޖިލީހަށް، ސަބަބާއި، ތަފްޞީލާއި، ހެއްކާއެކު، ޝަކުވާ ހުށަހަޅަންވާނީ އިންތިޚާބާބެހޭ ކޮމްޕްލެއިންޓްސް
ކޮމެޓީއިން ނިންމިތާ ގިނަވެގެން 48 ގަޑިއިރު ތެރޭގައިކަމަށް އެމް.ޑީ.ޕީގެ އިންތިޚާބުތަކާބެހޭ ޤަވާއިދުގެ 49
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
މިމާއްދާތަކަށް ބަލާއިރު، މިމާއްދާތަކުގެ ބޭނުމަކީ އެމް.ޑީ.ޕީގެ އިންތިޚާބުތަކާ ގުޅިގެން އުފެދޭ
ޝަކުވާތަކަށް، އެޕާޓީގެ ތެރެއިން ޙައްލު ހޯދައިދިނުންކަމާއި، އަދި އެފަދަ ޝަކުވާތައް ޙައްލުކުރުމުގެ ނިޒާމެއް
ޕާޓީގެ ތެރޭގައި ޤާއިމުކުރުން ކަމާއި،
އެހެންކަމުން، ބަޔާންކުރެވިދިޔަފަދަ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއްގެ މައްސަލަ ފުރަތަމަ
ބެލެވެން ޖެހޭނީ އެޝަކުވާ ބެލުމަށް ޕާޓީގެ ތެރޭގައި ޤާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިންކަމާއި، އެމައްސަލަ
ބެލުމަށް ޕާޓީގެ ތެރޭގައި ހަމަޖެހިފައިވާ އިޖްރާއާތު ފުރިހަމަކުރުމަށްފަހުގައި މެނުވީ އެމައްސަލަ ޝަރީޢަތަށް
ހުށަހެޅިގެން ނުވާނެކަމާއި، އަދި އެކަން އެގޮތަށް އޮތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި
ޤާނޫނުއަ
43 ވަނަ މާއްދާގެ (ނ) އާއި ފުށުއަރާކަމެއްކަމުގައި ނުބެލެވޭނެކަމާއި، އަދި އެއީ
ގެ
2 ޑ ޓ ޏ ސ ހދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/52
އިންސާފުހޯދުމަށް ޝަރީޢަތަށް ދިއުމުގެ ޙައްޤު މުޅިން ގެއްލިގެންދާ ކަމެއްކަމުގައިވެސް ނުބެލެވޭނެކަމާއި، އަދި
އެފަދަ އުޞޫލެއް ނުވަތަ އިޖްރާއާތެއް، ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި ކަނޑައެޅިފައިވާނަމަ އެއުޞޫލުން
ކަންކުރުމަކީ އެޤާނޫނެއް ނުވަތަ އެޤަވާއިދެއް ހިނގާ ބައެއްގެ މައްޗަށް ލާޒިމުވާނެކަމެއްކަމާއި، މިކަން މިގޮތަށް
މިކޯޓުގެ ނަންބަރު 165/HC-A/2011 ޤަޟިއްޔާގެ ޢަޣުލަބިއްޔަތު ރައުޔުން ފާހަގަކުރެއްވި ތިންވަނަ
ނުކުތާގައިވެސް ބަޔާންކުރައްވާފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC-A/2013 ޤަޟިއްޔާއަށާއި،
އެޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ doctrine of exhaution of remedies އަށް ބަލާއިރު، ކޯޓަށް
މައްސަލައެއް ހުށަހެޅުމުގެ ކުރިން އެމައްސަލައެއް ޙައްލުކުރުމަށްޓަކައި ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި ވަކި
އިޖްރާއާތެއް ނުވަތަ ވަކި ނިޒާމެއް ކަނޑައަޅައި ބަޔާންކޮށްފައިވާނަމަ އެމައްސަލައެއް ކޯޓަށް ހުށަ
ހުށަހެޅުމުގެ
ކުރިން، ކަނޑައެޅިފައިވާ އެއިޖްރާއާތާ އެއްގޮތަށް، އެނިޒާމުގެ ތެރެއިން އެމައްސަލައެއްގެ ޙައްލު ހޯދުމަށް
މަސައްކަތްކުރުމަކީ ލާޒިމްކަމެއްކަމާއި، އަދި އެމައްސަލައެއް ޙައްލުކުރުމަށް ކަނޑައެޅިފައިވާ އެއިޖްރާއާތާ
އެއްގޮތަށް ޢަމަލުނުކޮށް، އެމައްސަލައެއް ޝަރީޢަތަށް ހުށަހެޅިގެން ނުވާނެކަން އެނގޭކަމެވެ.
3b4
(ރ) ހަތަރުވަނަ ކަމަކީ، އެމް.ޑީ.ޕީގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީ 2014 ގެ
ދާއިރާގެ ވޯޓުގެ ނަތީޖާ އިއުލާނުކުރިތާ 24 ގަޑިއިރުގެ ތެރޭގައި އެއިންތިޚާބާގުޅޭ ޝަކުވާ ހުށަހެޅުމުގެ ޙައްޤާއި
ފުރުޞަތު އެމް.ޑީ.ޕީގެ އިންތިޚާބުތަކާބެހޭ ޤަވާއިދުގެ 48 ވަނަ މާއްދާއިން ލިބިދީފައިވާއިރު، އެނަތީޖާ
އިއުލާނުކުރިތާ 24 ގަޑިއިރު ނުވަނީސް، އެނަތީޖާ އިއުލާނުކުރިތާ ގާތްގަނޑަކަށް 18 ގަޑިއިރުގެ ތެރޭގައި
ބަޔަކު އަލްހާން ފަހުމީއަށް ތޫނުއެއްޗަކުން ޙަމަލާދީ އަލްހާން ފަހުމީ ޒަޚަމްކޮށްލުމާ ގުޅިގެން އަލްހާން ފަހުމީގެ
ޞިއްޙީ ޙާލަތު ސީރިއަސްވެ، އަލްހާން ފަހުމީ އެޑްމިޓްކޮށް އެކަމުގައި އަލްހާން ފަހުމީއަށް ބާރުނުފޯރާފަދަ
ގޮތަކަށް ކަން ދިމާވުމުގެ ސަބަބުން އެމް.ޑީ.ޕީގެ އިންތިޚާބުތަކާއި ބެހޭ ޤަވާއިދުގައި ވާގޮތުގެ
ވާގޮތުގެ މަތީން އެޕާޓީގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/52
ކޮމްޕްލެއިންޓްސް ކޮމެޓީއަށް ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތުގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަލްހާން
ފަހުމީއަށް ގެއްލިފައިވަނީކަމާއި، އަދި އެޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާގޮތަށް، ކަނޑައެޅިފައިވާ
މުއްދަތުގައި ހުށަނާޅައި އަލްހާން ފަހުމީ އެފުރުޞަތު ދޫކޮށްލާފައިވާކަމުގައި، މިމައްސަލާގައި ކަން ހިނގާފައިވާ
ގޮތުގެ މައްޗަށް ބަލާއިރު ބެލެވިގެން ނުވާނެކަމާއި، އެހެންކަމުން، އިސްވެ ފާހަގަކުރެވިފައިވާ ނުކުތާތަކުގައި
ބަޔާންކުރެވިފައިވާ އުޞޫލުތައް މިމައްސަލައިގެ މައްޗަށް، މިހާލަތުގައި ތަޠުބީޤުނުކުރެވޭނެކަމާއި،
އެމް.ޑީ.ޕީގެ އިންތިޚާބުތަކާއިބެހޭ ޤަވާއިދުގައި ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތު މިހާރު
ހަމަވެފައިވާތީ އެ ޝަކުވާ މިހާރު ހުށަހެޅިދާނެ ކަމަށް އެމް.ޑީ.ޕީގެ ފަރާތުން ޤަބޫލު ނުކުރާކަމަށް އެޕާޓީގެ
ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާއިރު، އަލްހާން ފަހުމީއަށް އެފަދަ ޝަކުވާއެއް އެޕާޓީގެ ކަމާބެހޭ
ގުނަވަންތަކަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ނެތްހިނދު، އެކަންކަމުގެ މައްޗަށް ބައްލަވައި، އަދި
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ ޝަރީޢަތް ކުރެވުމުގެ ޙައްޤަށް
ރިޢާޔަތްކުރައްވައި، އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 2014/Cv-C/485
ޤަޟިއްޔާއަކީ އެކޯޓުން ބެލޭނެ މައްސަލައެއްނޫންކަމަށް ކަނޑައަޅައިދެވެން ނެތްކަމަށް، އިސްތިއުނާފުކުރެވިފައި
މިވާ ސިވިލް ކޯޓުގެ އިޖްރާއީ ނިންމެވުމުގައި އެކޯޓުން ނިންމަވާފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާއަށާއި، އެޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ
doctrine of exhaution of remedies މިޤާޢިދާއަށް ރިޢާޔަތް ނުކުރައްވައި، އެޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
މ 4 ވ 3
46 ހދ
2013HC-A/260
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/485 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން
ނިންމަވާފައިވާ ނަންބަރު 2014
/
08/B
-
CR
-
3
/
IN "އިޖްރާއީ ނުކުތާއާއިމެދު ނިންމިގޮތް" ރަނގަޅު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/5 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ނޫންކަމަށް ބެލެވެން ނެތްކަމަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/485 ޤަޟިއްޔާއަކީ
އެކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސައެއް ނޫންކަމުގައި ކަނޑައަޅައިދެވެން ނެތްކަމުގައެވެ.
އެވެ-
485/Cv-C/2014
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަކީ
އެކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމުގައި
ކަނޑައަޅައިދެވެން ނެތްކަމަށް، އެކޯޓުގެ ނަންބަރު 2014
/
08/B
-
CR
-
3
/
IN "އިޖްރާއީ ނުކުތާއާއިމެދު
ނިންމިގޮތް” ގައި ނިންމަވާފައިވާ ނިންމެވުމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން
ތާއީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv