ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-DM/09 ޤަޟިއްޔާގެ ޙުކުމް
1
ޝަރީޢަތް ނިމުނު ގޮ
ގޮތުގެ ޚުލާޞާ
2012/HC-DVI/09
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
.ހ 4
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 09/HC
-
DM/2012
• މައްސަލަ ހުށަހެޅި ފަރާތް:
* ނަން: ޢަބްދުލް މުޙުސިން މޫސާ
ދާއިމީ އެޑްރެސް އމހ ދަފްތަރު ނަންބަރު 1339
* އައިޑީކާޑު ނަންބަރު: A053460
މިހާރުގެ އެޑްރެސް: ހ.ހިތިގަސްދޮށުގެ / މާލެ
• މައްސަލަ ރައްދުވާ ފަރާތް
* ނަން: އެޓާރނީ ޖެނެރަލްގެ އޮފީސް (ދައުލަތް)
* ދާއިމީ އެޑްރެސް: ވެލާނާގެ 6 ވަނަ ފަންގިފިލާ / މާލެ
*
މިހާރުގެ އެޑްރެސް
ވެލާނާގެ 6 ވަނަ ފަންގިފިލާ / މާލެ
• މައްސަލައިގައި ތަދައްޚުލްވި ފަރާތް:
* ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
: ދާއިމީ އެޑްރެސް: ޓީބިލްޑިންގ | މާލެ
މިހާރުގެ އެޑްރެސް: ޓީ-ބިލްޑިންގ | މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 އޮކްޓޯބަރު 2012
ނިމުނު ތާރީޚް: 16 ސެޕްޓެމްބަރު 2015
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/09
ދަޢުވާގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 14/2011 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 1 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު) ގެ ދަށުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނެވުނު
ޞްލާޙާ ގުޅިގެން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާއަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
ފިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި 56 ވަނަ މާއްދާއިން ލިބިދޭ
އަސާސީ ޙައްޤުތަކަށް ހުރަސްއަޅާ އަދި އެޙައްޤުތަކާ ތަޢާރުޟުވާ މާއްދާއެއް ކަމަށްބުނެ، ޤާނޫނުއަސާސީގެ 63
ވަނަ މާއްދާގެ ދަށުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާއަކީ
ރެވޭނެ ބާޠިލް މާއްދާއެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
ނަންބަރު 1339! ޢަބްދުލް މުޙުސިން މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ
ދ ހ2 23
2c4
4
2ނކރވާން
މައްސަލައެކެވެ.
މިމައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް) އެވެ.
މިމައްސަލާގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ތަދައްޚުލް
44
ވެފައިވެއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
.1
މި މައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލާގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ
މައްޗަށް ބަލާއިރު އަންނަނިވި ސަބަބުތައް ފާހަގަކޮށް، އެކަންކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭހެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/09
(ހ) ފުރަތަމަ ސަބަބަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި،
އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް މި ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ
މިނިވަންކަމަކާ ތަޢާރުޟްވާނަމަ، އެ ޤާނޫނެއް ނުވަތަ އެޤާނޫނަކުން އެ ޙައްޤަކާ ނުވަތަ އެ މިނިވަންކަމަކާ
ތަޢާރުޝްވާ މިންވަރެއް ވާނީ ބާޠިލް އެއްޗަކަށް ކަމުގައި ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން، ޤާނޫނުއަސާސީގެ
އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބުގައި ހިމެނޭ އެންމެހައި ޙައްޤުތަކާއި މިނިވަންކަން
އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށް ލިބިގެންވާކަން ޤާނޫނުއަސާސީން
ކަށަވަރުކޮށްދޭ ކަމަށާއި، މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ނޫނުއަސާސީއާއި ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށް،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށްބުނެ ހުށަހެޅި ސަބަބު.
(ށދެވަނަ ސަބަބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން
ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް
ހުށަހެޅުމުގެ ޙައްޤު މައްސަލައާއި ގުޅުންހުރި ކޮންމެ މީހަކަށް ކަށަވަރުކޮށްދޭކަމާއި، މީގެ އިތުރުން، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ރ) އިން،
ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް ބެލުމުގެ
އިޚްތިޞާޞް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާތީ އާއި، އެ ޤާނޫނުގެ 39 ވަނަ މާއްދާގައި، ޤާނޫނެއްގެ
ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ ނުވަތަ ނެރެފައިވާ އަމުރެއް
ނެރެފައިވަނީ ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާއި ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދަކާއި
ޚިލާފަށްކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު ލިބިގެންވާ ފަރާތަކުން ހުށަހަޅާ
މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާތީ، ޤާނޫނަކުން އުފައްދާފައިވާ ޓްރައިބިއުނަލްތަކުން
ނިންމާ ނިންމުންތަކާއި އަމުރުތައް އިސްތިއުނާފު ކުރުމަކީވެސް، ޤާނޫނުއަސާސީގެ 56 ވަނަ މައްދާއިން
ހަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2012/HC-DM/09
އިދާރީ ޤާނޫނުއަށް
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ތެރޭގައި ހިމެނޭ ޙައްޤެއްކަން އެނގޭކަމާއި، އަދި ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާއިން މީރާގެ ނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި
އިސްތިއުނާފު ކުރެވޭނެކަމަށް ބަޔާންކޮށްފައިވާއިރު އިސްތިއުނާފުކުރުމަށް ލިބިދެވޭ އެ ޙައްޤުގެ ބޭނުންހިފެންޖެހޭނީ
ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމު
ކުރުމުގެ ޙައްޤުގެ މަޤްޞަދާއި މަފްހޫމާއި
އެއްގޮތަކަމަށްބުނެ ހުށަހެޅި ސަބަބު.
(ނ) ތިންވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 14/2011 (ޓެކްސް ނެގުމާބެހޭ
1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު)ގެ ދަށުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ ޤާނޫނު) އަށް
ގެނެވުނު އިސްލާޙްއާއި ގުޅިގެން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ
މާއްދާގައިވަނީ " މީރާއިން ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޟުކޮށް މީރާއަށް
ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާއިމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް، އެ ނިންމުން
ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ. އަދި މިގޮތުގެމަތިން
އިސްތިއުނާފުކުރިނަމަވެސް، މީރާއިން ޢަދަދެއް ކަނޑައަޅާފައިވާނަމަ، އެގޮތުން ކަނޑައެޅުނު ޢަދަދު މީރާއަށް
ދެއްކުމަކީ ޓެކްސް ދައްކާ ފަރާތުގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެކެވެ. އަދި އެ ފައިސާ
ނުދައްކާހާހިނދަކު، އަދި އެ ފަރާތަކުން އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން އެ ހިނދަށް ދައްކަންޖެހޭ
އެންމެހައި ފައިސާ ފުރިހަމައަށް ދައްކާފައިނުވާހާ ހިނދަކު، ޓެކްސް ދައްކާ ފަރާތަށް އިސްތިއުނާފުކުރުމަށް ލިބިދޭ
2 22 22
x2ހ2
ޙައްޤު އެއީ، އުފަންވެއްޖެ ޙައްޤެއް ކަމުގައެއް ނުބެލެވޭނެއެވެ.'
މިހެންކަމަށް
މަށްބުނެ ހުށަހެޅި
ސަބަބު.
ހހހ0
x2
ކަށަލަ
(ށ) ހަތަރުވަނަ ސަބަބަކީ: ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އިސްތިއުނާފުކުރުމުގެ ޙައްޤު
ވަރުކޮށްދީފައިވާއިރު އެ ޙައްޤު އެއްކޮށް ނިގުޅައިގަނެވޭގޮތަށް ފައިސާ ދެއްކުމަށްފަހު މެނުވީ "އެޙައްޤު އުފަން
ނުވާ ޙައްޤައް" ގެ ގޮތުގައި ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ
މާއްދާގައި ކަނޑައަޅާފައިވުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި ތަޢާރުޟުވާ އަދި ޤާނޫނުއަސާސީގެ 40
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޝަރީޢަތް ނމުން ގޮތުގެ ޚުލާޞާ
2012/HC-DM/09
ވަނަ މައްދާއިން ކަށަވަރުގެ
ވަރުކޮށްދޭ މުދާ ހޯދުމާއި މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް އަދި
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި 63 ވަނަ މާއްދާއާއި ޚިލާފު ކަމަކަށްވާއިރު، އަދި އެކަމަކީ
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ
މަންފާތަށް ލިބިމުގެ ޙައްޤުން މަހްރޫމްކޮށްދޭ އަދި ނުޙައްޤުން އަނިޔާ ލިބުމަށް މަގުފަހިވާނެ ކަމަކަށްވާއިރު، އެ
މާއްދާއަކީ އޭގެ މައްޗަށް ޢަމަލު ނުކުރެވޭނެ ބާޠިލް މާއްދާއެއްކަމުގައި ހުށަހަޅަމެވެ. މިގޮތުން
ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވާއިރު އެ
ހައްޤު އެ ފަދައިން ލިބިދީފައިވަނީ ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލް އަކުންވިޔަސް ނިންމާ ނިންމުމަކީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ފެންނަނަމަ ކަމަށާއި އެފަދައިން
އިސްތިއުނާފުކުރަނީ އެޙުކުމެއް، އަމުރެއް ނުވަތަ ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެން އެއަށް ޢަމަލުކުރުމަށް
ބޭނުންނުވާތީ ކަމަށްވާއިރު މީރާއިން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި
އެ މައްސަލައެއް އިސްތިއުނާފްކުރެވޭނީ މީރާއަށް ދައްކަންޖެހޭ ފައިސާ (ދައްކަން އޮތްނަމަ، އެ ފައިސާއެއް
ދެއްކުމަށްފަހުގައި ކަމަށް އޮންނަ އޮތުމަކީ، އެނިންމުމަކާ މެދު ހިތްހަމަ ނުޖެހުނުކަމުގައި ވީނަމަވެސް އެ
ނިންމުމެއްގެ ސަބަބުން އުފުލަންޖެހޭ ބުރައެއް (އެއީ ނުޙައްޤު ކަމަކަށް ވިޔަސް) އުފުލުމަށްފަހު އިސްތިއުނާފު
ކުރެވުން
ކަމަށްވުމަކީ ޢަދުލު އިންސާފުގެ ހަމަތަކުން އެއްކިބާވެގެންވާ ނިންމުމެއްކަމުގައި
0
042 34ދ
.ހ 0
2&2
2 ހ ޑއ ދވތ 2
2
ބަލަންޖެހޭނެކަމެއްކަމަށެބެން
ފެބުނެ ހުށަހެޅި
ސަބަބު،
ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން
ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤު އެއީ ދަޢުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއްގެ ސަބަބުން
(އެނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށްވިޔަސް) އުފުލަންޖެހޭ އެންމެހާ ޒިންމާތައް އަދާކޮށް ނުނިންމާހާ
ހިނދަކު "އުފަން ނުވާ ޙައްޤައް' " ކަމަށް ޓެކްސް އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި
ކަނޑައަޅާފައިވުމަކީ ބޭއިންސާފުން އެމީހެއްގެ މުދާ ނިގުޅައިގަނެވޭ ކަމަކަށްވުމުން އެއީ ޤާނޫނުއަސާސީއިން
22
2 4ޑޑ
29.3w
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DVI/09
ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤުން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަނެވޭކަ
އ 4 &2ތ 02 ދ ތ 2
4
12vށ2ނ@ނ
ބުނެ ހުށަހެޅި
3- މިމައްސަލަ ހުށަހެޅި ފަރާތުން މައްސަލާގައި ދަޢުވާ ބިނާކުރި ސަބަބުތަކަށާއި، މައްސަލަ
ހުށަހެޅި ފަރާތުންނާއި، މައްސަލައިގެ ދަޢުވާރައްދުވާ ދައުލަތުގެ ފަރާތުންނާއި މި މައްސަލައަށް ތަދައްޚުލްވެފައިވާ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނާއި ދިމިޤްރާތީ
މުޖްތަމަޢުތަކުން ޢަމަލުކުރާ އުޞޫލުތަކަށާއި، މައްސަލައާ ގުޅޭގޮތުން ހުށަހެޅިފައިވާ ލިޔެކިއުންތަކުގެ މައްޗަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
2&2 22
(ހ) ފުރަތަމަ ކަމަކީ: މިމައްސަލައަކީ ޤާނޫނު ނަންބަރު 14/2011 (ޓެކްސް ނެގުމާ ބެހޭ
އިދާރީ ޤާނޫނުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގެ ދަށުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނެވުނު އިސްލާހާ ގުޅިގެން، އެޤާނޫނުގެ 44 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި 56 ވަނަ މާއްދާއިން ލިބިދޭ އަސާސީ
ޙައްޤުތަކަށް ހުރަސްއަޅާ އަދި އެޙައްޤުތަކާ ތަޢާރުޟުވާ މާއްދާއެއްކަމަށް ބުނެ، އެމާއްދާއަކީ ޢަމަލު ނުކުރެވޭނެ
ބާޠިލް މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއްކަން އެނގޭއިރު،
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "މުދާ ހޯދުމާއި، މިލްކުކުރުމާއި،
ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ."
މިފަދައިން ކަމާއި އަދި، ޤާނޫނުއަސާސީގެ 56 ވަނަމާއްދާގައި ބަޔާންކޮށްފައިވަނީ،" ޖިނާއީ މައްސަލަތަކުގައްޔާއި
މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު،
4
1
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/09
56
މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިންކަން އެނގޭކަމާއި، އެމާއްދާތަކުގެ ދަށުން
ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 44 ވަނަ
މާއްދާއިން ހުރަސް އަޅާ އަދި ތަޢާރުޟުވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ދެކެނީ މީރާގެ ނިންމުމަކާ
މެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޝްކޮށް މީރާއަށް ހުށަހެޅުމުން، މީރާއިން ނިންމި ނިންމުމާމެދު
ހިތްހަމަނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ޙައްޤު
އުފަންވަނީ އެފަރާތަކުން ދެއްކުމަށް މީރާއިން ޢަދަދެއް ކަނޑައަޅާފައިވާނަމަ، އެޢަދަދު މީރާއަށް ދެއްކުމުން، އަދި
އެފަރާތަކުން އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން އެހިނދަށް ދައްކަންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް
.ކުމުންކަމަށް އޮތުމުން އެފަރާތުން މައްސަލަ ހުށަހެޅުމަށް ލިބިދޭ ޙައްޤަށް އެމާއްދާއިން ހުރަސްއެޅޭތީކަމަށް
ބުނެކަން މި މައްސަލަ ހުށަހެޅި ޢަބްދުލް މުޙުސިން މޫސާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު،
ޤާނޫނުއަސާސީގެ 56 ވަނަމާއްދާގެ ދަށުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަކީ، ޖިނާއީ
މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް
ލިބިދީފައިވާ ޙައްޤެއްކަން އެނގޭކަމާއި، އެމާއްދާގެ ދަށުން އިސްތިއުނާފުކުރެވެނީ ދިވެހިރާއްޖޭގެ
ހައިކޯޓުގައިކަން އެނގޭކަމާއި، މައްސަލަ ހުށަހެޅި ފަރާތުން ބާޠިލްކަމަށް ކަނޑައަޅައި ދިނުމަށް އެދި
ހުށަހަޅާފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ގެ ދަށުން އިސްތިއުނާފުކުރެވޭނީ، މީރާއިން ޓެކުހާ ގުޅޭ
މީރާއިން ނިންމާ އެފަދަ ނިންމުމަކީ ޙުކުމެއް ނުވަތަ އަމުރެއްކަމުގައި ނުވެފައި،
މީރާގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ފުރަތަމަ މަރުހަލާގައި އެކަމެއް ޗެލެންޖް (ޖަދަލު) ކުރެވޭނީ ޓެކްސް
އެޕީލް ޓްރައިބިއުނަލުގައިކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56
ވަނަމާއްދާގެ ދަށުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު، ބުނެވިދިޔަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ
44 ގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތަށް އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ފުރުޞަތަށްވުރެ ތަނަވަސްކޮށް
ލިބިދީފައިވާ ޙައްޤެއްކަން އެނގެން އޮންނަކަމެވެ.
2ތ 24ދ
ހުށަހެޅުމަށް
ގޮތުން ނިންމާ
ޏ 7
2
0 ވ2
ނިންމުމެއްކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/09
(ށ) ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 62
ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދުގެ 6 ވަނަ މާއްދާގައި ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ އިޚްތިޞާޞް ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިމާއްދާގެ (ހ) ގައި ވަނީ، މީރާއިން ނިންމި
ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޟްކޮށް މީރާއަށް ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާމެދު
ހިތްހަމަނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ޓްރައިބިއުނަލްއަށް
ބެލޭނެކަމާއި، ނަމަވެސް މީރާއިން ނިންމާ ނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅޭނީ ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ
ފުރިހަމައަށް ދެއްކުމަށްފަހުގައި
އާއިކަމަށްކަން އެނގޭކަމާއި، މައްސަލަ ހުށަހެޅުމުގެ ކުރިން ޝަރުތެއް ނުވަތަ
ޝަރުޠުތަކެއް ފުރިހަމަކުރަންޖެހޭނަމަ، އެކަމެއް ފުރިހަމަކުރުމަށްފަހުގައި ނޫނީ މައްސަލަ ހުށަހެޅުމުގެ ޙައްޤު
ނުލިބުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ބަލައިގަނެ ޢަމަލުކުރެވެމުންދާ އުޞޫލެއްކަން އެނގޭކަމާ
މިގޮތުން ކުރިން ޢަމަލުކުރަމުންދިޔަ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު( ޤާނޫނު
ނަންބަރު 31/79) 14ވަނަމާއްދާ އަދި މިހާރު ޢަމަލުކު
ލުކުރެވެމުންދާ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު
(ޤާނޫނު ނަންބަރު 8/2011) ގައިވެސް، އެއުޞޫލު ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެގޮތުން މިހާރު
މަލުކުރެވެމު
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ
95 (ނ) ގައިވަނީ، "މިމާއްދާގެ ދަށުން
ކަސްޓަމްސްއިން ކުރާ ޖޫރިމަނާއަކާމެދު މުދާ އިމްޕޯޓްކުރާ ފަރާތުން ނުވަތަ އެކްސްޕޯޓްކުރާ ފަރާތުން
ހިތްހަމަނުޖެހޭ ކަމެއްވާނަމަ، ޖޫރިމަނާ ފައިސާ ކަސްޓަމްސްއަށް ދެއްކުމަށްފަހު ޖޫރިމަނާކުރި ދުވަހުން ފެށިގެން
(6) މަސްދުވަހުގެ ތެރޭގައި އެމައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު އެ ފަރާތަކަށް ލިބިގެންވެއެވެ."
މިފަދައިން ކަމާއި، އަދި އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަމުންދިޔަ ދިވެހިރާއްޖޭގެ އެކްސްޕޯޓް
އިންޕޯޓުގެ ޤާނޫނު (ޤާނޫނު ނަންބަރު 31179) ގެ 14 ވަނަ މާއްދާގެ (އ) އަށް ބަލާއިރު އެއަކުރުގައިވަނީ،
"މިމާއްދާގެ (ބ) (ޅ) (ށ) ގައިވާ ގޮތުން ކުރެވޭ ޖޫރިމަނާއަކާމެދު ޖޫރިމަނާ ކުރެވުނު ފަރާތުން ގަބޫލުނުކުރާ
މައްސަލައެއް އޮވެއްޖެނަމަ
ނަމަ، އެޖޫރިމަނާއެއް ދެއްކުމަށްފަހު، އެމައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުގެ
އަމަލުކުރެވެމުންދާ
ޢަޢީ
އޭއެ"
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2012/HC-DM/09
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
އެފަރާތަކަށް ލިބިގެންވެއެވެ. މިފަދައިންކަން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2007
103/A ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިންޕޯޓުގެ ޤާނޫނުގެ 14 ވަނަމާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރާ ޖޫރިމަނާއެއް ޤަބޫލުނުކުރާނަމަ އެކަމާގުޅޭ މައްސަލައެއް ޝަރީޢަތަށް
ހުށަހެޅޭނީ އެޖޫރިމަނާގެ ފައިސާ މޯލްޑިވްސް ކަސްޓަމްސްއަށް ދެއްކުމަށްފަހުގައިކަމަށް ކަނޑައަޅާފައިވާކަން
އެނގެން އޮންނަކަމެވެ.
cu o
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި
އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް މިބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާއި ނުވަތަ
މިނިވަންކަމާއި ތަޢާރުޟްވާނަމަ، އެޤާނޫނެއް ނުވަތަ އެޤާނޫނަކުން އެ ޙައްޤަކާ ނުވަތަ އެމިނިވަންކަމަކާ
ތަޢާރުޟްވާ މިންވަރެއް ވާނީ ބާޠިލް އެއްޗެއްކަމަށް ބަޔާންކޮށްފައި އޮންނައިރު، ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ
(އަސާސީ ޙައްޤުތަކާއި މިނިވަންކަން) 16 ވަނަ މާއްދާގެ (ހ) ގައި ވަނީ މި ބާބުގައި ބަޔާންކޮށްފައިވާ
އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ
ލިބިގެންވާކަން މިޤާނޫނުއަސާސީ ކަށަވަރުކޮށްދޭކަމެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިޤާނޫނުއަސާސީއާއި ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން
ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާތީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް
ނުވަތަ މިނިވަންކަމެއް، ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ. މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި،
މިމާއްދާއަށް ބެލުމުން މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އޭގެ ޒާތާއި، ބާވަތަށާއި، މަޤްޞަދަށް ބަލައި
ހަނިކުރެވިދާނެކަން އެނގޭކަމާއި، މިގޮތުން މީރާއިން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭފަރާތަކަށް އެނިންމުން
ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކުރެވޭނީ މީރާއަށް ފައިސާއެއް ދެއްކުމަށް ކަނޑައެޅިފައިވާނަމަ
އެފައިސާއެއް ދެއްކުމުން އަދި އެނޫންވެސް ޓެކުހެއް އެފަރާތުން ދައްކަންޖެހިފައިވާނަމަ އެފައި،
ފާސްކުރާ ޤާނޫނަކުންޏެ
4
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/09
ދެއްކުމުންކަމަށް ކަނޑައަޅައި، އެފަދަ މައްސަލަތައް ހުށަހެޅުމަށް ލިބޭ ފުރުސަތު ހަނިކޮށްފައިވަނީ ރައްޔިތުންގެ
މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުންކަން
އެނގޭކަމާއި، މީގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގައި މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރެވޭ ގޮތަށް
ބަލާއިރު، އިންޑިޔާގެ އިންކަމް ޓެކްސް އެކްޓް 1961 ގެ ސެކްޝަން 249 ގެ 4 ވަނަ މާއްދާގައި، އިންކަމް
ޓެކްސް އެކްޓުގެ ދަށުން ދައްކަންޖެހޭ ޓެކްހަކާއި ގުޅޭގޮތުން އެޕީލް ކޮމިޝަނަރަށް އިސްތިއުނާފުކުރެވޭނީ އިންކަމް
ޓެކްސްގެ ގޮތުގައި އެމީހަކު ދައްކަންޖެހޭ ފައިސާގެ އަދަދު ދެއްކުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވާ ކަމާއި، އަދި
ސިންގަޕޫރުގެ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އެކްޓްގެ 51 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައި،
ކޮންޓްރޯލަރ ނިންމުމާއިމެދު ހިތްހަމަނުޖެހޭނަމަ، އެނިންމުން އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރާ ފަރާތުން
އެޤާނޫނުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކުމަށްފަހުގައިކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުން،
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި، މީރާއިން
ނިންމި ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އުފަންވުމަށްޓަކައި، އެފަރާތަކުން ދެއްކުމަށް
މީރާއިން ފައިސާގެ އަދަދެއް ކަނޑައެޅިފައިވާނަމަ އެޢަދަދެއް އަދި އެނޫންވެސް ޤާނޫނެއްގެ ދަށުން ޓެކުހެއް
ދައްކަން އޮތްނަމަ، އެޓެކްހެއް މީރާއަށް ދެއްކުމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 40 ވަނަމާއްދާގެ (ހ) އާއި 56 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ޙައްޤުތަކަށް ހުރަސްއަޅާ
އަދި އެޙައްޤުތަކާ ތަޢާރުޟުވާ ކަމަށް ނުފެންނަކަމާއި، މީގެ އިތުރުން އެމާއްދާގައި ބަޔާންކޮށްފައިވާ
އުޞޫލަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ބަލައިގަނެ ޢަމަލުކުރެވެމުންދާ އުޞޫލަކަށްވުމުގެ އިތުރުން،
އިންޑިޔާއާއި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ޤާނޫނުގައިވެސް އެކަށައަޅައި ޢަމަލުކުރަމުންދާ އުޞޫލެއްކަން އެނގެން
ކަމެއްކަމަ9
0x
2 2ޑ 4
އަދާކު9•
ހަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
ޝަރީއަތް
ޖެ ޓމުން
2012/HC-DM/09
ގޮތުގެ ޚުލާޞާ
އެހެންކަމުން، ޤާނޫނު ނަންބަރު 14/2011 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުއަށް 1 ވަނަ
އިސްލާހު ގެނައުމުގެ ޤާނޫނު) ގެ ދަށުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރާ ޤާނޫނު) އަށް
ގެނެވުނު އިސްލާޙާއި ގުޅިގެން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ
މާއްދާގައި މީރާއިން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ އެނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް
އިސްތިއުނާފު ކުރެވޭނީ މީރާއަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށްފަހުގައިކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަމާއްދާގެ (ހ) އާއި 56 ވަނަ މާއްދާގެ ދަށުން
ލިބިދީފައިވާ ޙައްޤުތަކަށް ހުރަސްއަޅާ އަދި އެޙައްޤުތަކާ ތަޢާރުޟުވާ ކަމެއް ނޫންކަމަށް މި މައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށްވެސް އިއްތިފާޤު ވެވިފައިވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު، ޤާނޫނު ނަންބަރު
14/2011 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގެ ދަށުން، ޤާނޫނު
ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރާ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާއި ގުޅިގެން، ޤާނޫނު ނަންބަރު
3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި 56 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކަށް ހުރަސް އަޅާ އަދި
އެޙައްޤުތަކާ ތަޢާރުޟުވާ މާއްދާއެއްކަމަށް ބުނެ އެމާއްދާ ބާޠިލްކޮށްދިނުމަށް މި މައްސަލަ ހުށަހެޅި ކމމ ދަފްތަރު
ނަންބަރު 1339، ޢަބްދުލް މުޙުސިން މޫސާގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ދުސްތޫރީ
ޤާނޫނީ ހަމަތަކުގެ މަތިން ބެލިބެލުމުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނުގެ ދެ
OXO
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DVI/09
44 އަކީ ބާޠިލް މާއްދާއެއްކަމަށް ކަނޑައަޅާނެ ސަބަބެއްނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ޑިހިރާއްޖޭގެ
ޢަޢީބް
ޕްރިންޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv