ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/361 ޤަޟިއްޔާގެ ޙުކުމް
T
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞް
2009HC-A36
t
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
މި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޟިއްޔާ ނަންބަރ: 361/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
ނަން: ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާ
ރަޖިސްޓްރީ ނަނބަރ. 94
/
23/A.10
ވަކީލު: އގ. އަޙްމަދު މުރާދު، ގ. ފެހިވާދީ
ދާއިމީ އެޑްރެސް: ގ.
ވިޔަފާރިހިޔާ،
މިހާރުގެ އެޑްރެސް:.
ވިޔަފާރިހިޔާ،
*
އިސްތިއުނާފު ރައްދުވި ފަރާތް.
* ނަން: މުޙައްމަދު ޒުބައިރު
އައިޑީ ކާޑު ނަންބަރ: A007423
ވަކީލު: އޖ. މޫސާ ޤާޞިމް، މ. ވޭވަރ
ދާއިމީ އެޑްރެސް: މމ ޅ ދަފްތަރު ނަންބަރު 1704
މިހާރުގެ އެޑްރެސް: މއ. އަޅިފަށުވިގެ
*
• ހުށަހެޅުނު ތާރީޚް: 22 ޑިސެމްބަރު 2009
ނިމުނު ތާރީޚް: 02 ޖޫން 2011
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހުއިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009H-A:36]
ނިމުނު ގޮތުގެ
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1230 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަން އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ﷲ ދަފްތަރު ނަންބަރު 1704
މުޙައްމަދު ޒުބައިރު އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2009/MC/1230 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ދިވެހި ވިޔަފާރިވެރިންގެ ޤައުމީ
ޖަމުޢިއްޔާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލާއި، މާލޭ
މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 1704 (މއ. އަޅިފަށުވިގޭ) މުޙައްމަދު ޒުބައިރުއާއި ދެމެދު 22 މެއި
2008 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް
ކައުންސިލްގެ ދަށުން ހިންގަމުންދާ ލޭންޑް ޓްރާންސްޕޯޓުގެ ކިޔު ޕޫލްގައި، މުޙައްމަދު ޒުބައިރު އޭނަގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު C2A1655 ލޮރީ ބައިވެރި ކޮށްފައިވާކަން އެނގެން
އޮތްއިރު، އިޝާރާތް ކުރެވުނު އެއްބަސްވުމުގެ 01 ވަނަ މާއްދާގެ ދަށުން މާލޭ ކޮމާޝަލް ހާބަރ
ސަރަޙައްދުގައި ލޮރީ ކިޔު އޮޕަރޭޓް ކުރުމަށްޓަކައި ކައުންސިލުން ހަދާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް
ހިތައި، ޕޯޓްސް އޮތޯރިޓީ ސަރަޙައްދުގައި ޢަމަލުކުރުމަށް ކަމާބެހޭ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ
ޤަވާއިދުތަކާއި، ޕޯރޓްސް އޮތޯރިޓީގެ ޤަވާއިދުތަކަށް ހުރުމަތް ތެރިކޮށް ހިތުމަށް އުޅަނދުގެ ވެރިފަރާތް
ކަމުގައިވާ މުޙައްމަދު ޒުބައިރު އެއްބަސްވެފައިވާ ކަމާއި؛
E
.ޓީ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުމުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ލޯން: 3325029، ފެކްސް: [331
:
47
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov
=
JIN
3
2009HC-A:361
ނިމުނު ގޮތުގެ އުދާޞާ
މާލޭ ކޮމާޝަލް ހާބަރ ސަރަހައްދުން މުދާ ނެރޭ ކުލީ ލޮރީ ދަތުރުތަކުގެ ޤަވާއިދު އަށް ބަލާއިރު
އެޤަވާޢިދުގެ 7 ވަނަ މާއްދާގައި އެޤަވާއިދާއި ޚިލާފުވުމުން، އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަމާއި،
އެގޮތުން ޤަވާއިދާއި ޚިލާފުވާ
ފަރާތްތަކަށް ކަނޑައެޅޭ މުއްދަތަކަށް ދަތުރު ނުދޭގޮތަށް
ހަމަޖެއްސުމާއި، ޤަވާޢިދާއި ޚިލާފުވި މައްސަލައިގެ ޒާތާއި މިންވަރަށް ބަލައި -/100ރ (އެއްސަތޭކަ
ރުފިޔާ) އާއި -/500ރ (ފައްސަތޭކަ ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމާއި، ތަކުރާރުކޮށް
ޤަވާޢިދާއި ޚިލާފުވާ ފަރާތްތަކަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއިން ދޫކޮށްފައިވާ "މާލޭ ވިޔަފާރި
ބަދަރު ސަރަހައްދުން މުދާ އުފުލުމުގެ ހުއްދަ“ ބާތިލު ކުރުމުގެ އިޚްތިޔާރު ދިވެހި ވިޔަފާރިވެރިންގެ ޤައުމީ
ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލަށް ލިބިގެންވާކަމަށް އިސްވެ އިޝާރާތް ކުރެވުނު ޤަވާއިދުގައި
ބަޔާންކޮށްފައިވާ އެނގެން އޮވެއެވެ.
(ނ) ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލާއި، މުޙައްމަދު
ޒުބައިރާއި ދެމެދު 22 މެއި 2008 ގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން، މުޙައްމަދު ޒުބައިރުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު ލޮރީ މާލޭ ވިޔަފާރި ބަނދަރުގައި ކުރަމުން ދިޔަ
މަސައްކަތް، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލުން ހުއްޓުވައި، ލޭންޑް
ޓްރާންސްޕޯޓް ކިޔު ޕޫލުން ވަކިކޮށްފައިވަނީ، ކިޔު ޕޫލް މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާ
ޚިލާފަށް ކަންތައްތަކެއް ކޮށްފައިވުމުންނާއި، އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ޢަމަލުތަކެއް ހިންގާފައިވާތީ
ކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއިން ބުނާކަމާއި،
އެގޮތުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ލޭންޑް
ޓްރާންސްޕޯޓް ކައުންސިލުން މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ ކިޔާ ޕޫލާއިބެހޭ މަޢުލޫމާތު، ޢާންމުކުރުމުގެ
މަޤްޞަދުގައި 09 އޭޕްރީލް 2009 ވަނަ ދުވަހު ބޭއްވި ނިއުސްކޮންފަރެންސް ހިނގަމުންދިޔަ ވަގުތު
އެނިއުސް ކޮންފަރެންސަށް ހުރަސް އެޅުމުގެ ގޮތުން އެތާނގައި އަޑުގަދަކޮށް ހުތުރުބަހުން މުޙައްމަދު
ޒުބައިރު ވާހަކަދައްކާ ހަޅޭލެވުމުގެ ސަބަބުން ކޮންފަރެންސް ހުއްޓާލަން ޖެހުނުކަމަށާއި،
އަދި 11 އޭޕްރީލް 2009 ވަނަ ދުވަހު ޕޯޓްސް އޮތޯރިޓީގެ ޤަވާޢިދާ ޚިލާފަށް ކާގޯ ޑިސްޕެޗް
ސްލިޕް“ ނެތި ބަނދަރު ސަރަޙައްދަށް ވަދެ މުދާ ބަރުކުރި ކުރުމަކީ، ދެފަރާތުގެ ދެމެދު ވެފައިވާ
- 4 ca
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުތުޒު ހިނގުން، ތީޘްގޭ 3 ނަންބަރު ދޭރްނީ، މާލެ، ދިވެހިރާއްޖެ، ފޯން: 337029. ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: WWA-highcourt.gov.mv
.ސީ
4
2019H-A361
8 92 ) 39
ދެތިންބަހެއް
އެއްބަސްވުމާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކުމަށާއި، މުޙައްމަދު ޒުބައިރުގެ މިޢަމަލުތަކުގެ ސަބަބުން
މާލޭ ކޮމާޝަލް ހާބަރ ސަރަހައްދުން މުދާ ނެރޭ ކުލީ ފޮރީ ދަތުރުތަކުގެ ޤަވާއިދު އާއި އެއްގޮތްވާ ގޮތުގެ
މަތިން ފިޔަވަޅު އަޅައި، 12 އޭޕްރީލް 2009 ވަނަ ދުވަހު ލޭންޑް ޓްރާންސްޕޯޓް ކިޔު ޕޫލުން މުޙައްމަދު
ޒުބައިރުގެ ލޮރީ ވަކިކުރެވުނީ ކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުއިއްޔާގެ ފަރާތުން ބުނެފައިވާކަން
އެނގެން އޮވެއެވެ.
(ނ) މުޙައްމަދު ޒުބައިރު ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު ލޮރީ، މާލޭ
ވިޔަފާރި ބަނދަރުގައި ކުރަމުން ދިޔަ މަސައްކަތް، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ
ޓްރާންސްޕޯޓް ކައުންސިލުން ހުއްޓުވައި، ލޭންޑް ޓްރާންސްޕޯޓް ޑިޔު ޕޫލުން ވަކިކޮށްފައިވަނީ ޤަވާޢިދާ
ޚިލާފަށްކަމަށާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން 09 އޭޕްރީލް
2009 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސް ހިނގަމުންދިޔަ ވަގުތު އެނިއުސް ކޮންފަރެންސަށް
އެޅުމުގެ ގޮތުން އެތާނގައި އަޑުގަދަކޮށް
ވާހަކަދައްކާ ހަޅޭލަވައި
ހަދާފައިނުވާނެކަމަށާއި،
އަދި 11 އޭޕްރީލް 2009 ވަނަ ދުވަހު ޕޯޓްސް އޮތޯރިޓީގެ ޤަވާއިދާ ޚިލާފަށް ކާގޯ ޑިސްޕެޗް
ސްލިޕް ނެތި ބަނދަރު ސަރަޙައްދަށް ވަދެ މުދާ ބަރުކޮށްފައި ނުވާނެކަމަށް، މަދަނީ ކޯޓުގެ ޝަރީޢަތުގެ
މަޖްލީހުގައި މުޙައްމަދު ޒުބައިރު ބުނެފައިވާކަން އެނގެން އޮވެއެވެ.
(ށ) ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު، މުޙައްމަދު ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ C2A1655 ނަންބަރު ލޮރީ މާލޭ ވިޔަފާރި ބަނދަރުގައި ކުރަމުން ދިޔަ މަސައްކަތް، ދިވެހި
ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލުން ހުއްޓުވައި، ލޭންޑް ޓްރާންސްޕޯޓް
ކިޔޫޕޫލް އިން ވަކިކޮށްފައިވަނީ، ކިޔޫ ޕޫލް މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާ ޚިލާފަށް
ކަންތައްތަކެއް ކޮށްފައިވުމުންނާއި، އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ޢަމަލުތަކެއް ހިންގާފައިވާތީ ކަމަށް
ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއިން ބުނާ ބުނުން، ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ދިވެހި
ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ކަމެއްކަމަށްވީ ހިނދު، ޤަވާއިދާ ޚިލާފަށް މުޙައްމަދު ޒުބައިރު
ކޮށްފައިވާ ކަމަށްބުނާ ޢަމަލުތައް ސާބިތުކުރުމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއިން ޝަރީޢަތަށް
އި
E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންނީ، މާލެ: ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2009;HC-Aij
ނިމުނު
:
COLO
ޖީބީ 294
ހއދުގެ
ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، މުޙައްމަދު ޒުބައިރުގެ ޝަކުވާ ލޭންޑް ޓްރާންސްޕޯޓް ކޮމެޓީއަށް
ހުށަހެޅި، ލޭންޑް ޓްރާންސްޕޯޓް ކޮމެޓީގެ ރައީސް މުޙައްމަދު ޝަފީޤުކަމާއި، އޭގެ އިތުރުން އިތުރު ހެއްކެއް
ނުވަތަ ޤަރީނާއެއް ވިޔަސް ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން ނެތް އިރު،
މުޙައްމަދު ޝަފީޤު ޝަރީޢަތަށް ޙާޒިރުވެފައިވަނީ ހެއްކެއްގެ ގޮތުގައި ނޫންކަމަށާއި،
ޝަރީޢަތަށް ޙާޒިރުވެ ބަޔާންދީފައިވަނީ ޖަމުއިއްޔާގެ ޤާނޫނީ ވަކީލާއެކު ޖަމުޢިއްޔާ ތަމްސީލު ކުރާމީހެއްގެ
ގޮތުންކަމަށް، 09 ފެބްރުއަރީ 2010 ވަނަ ދުވަހު ބޭއްވުނު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދިވެހި
ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
(ބ) ޝަރުޢީ އަދި ޤާނޫނީ ހަމަތަކުންބަލާއިރު، ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ މަޖްލީހުގައިދޭ
ބަޔާނަކީ ނުވަތަ ހަމައެކަނި ބުނާބުނުމަކީ ދަޢުވާ ސާބިތުކުރުމަށް އޮތް ކާފީ ހެއްކެއް ކަމުގައި ނުވާއިރު،
ޤަވާއިދާ ޚިލާފަށް މުޙައްމަދު ޒުބައިރު ކޮށްފައިވާ ކަމަށްބުނާ ޢަމަލުތައް ސާބިތުކުރުމަށް ދިވެހި
ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއިން ޝަރީޢަތަށް ގޮތުގައި ޙާޟިރުވެ މުޙައްމަދު ޝަފީޤު
ދީފައިވާ ބަޔާނަކީ، ޖަމުޢިއްޔާގެ ޤާނޫނީ ވަކީލާއެކު ޖަމުޢިއްޔާ ތަމްސީލު ކުރާމީހެއްގެ ގޮތުން ޝަރީޢަތަށް
ޙާޟިރުވެ، ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނެއްކަން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެގެން އޮންނާތީ، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ
ޓްރާންސްޕޯޓް ކައުންސިލާއި، މުޙައްމަދު ޒުބައިރާއި ދެމެދު 22 މެއި 2008 ގައި ވެވިފައިވާ
އެއްބަސްވުމުގެ ދަށުން، މުޙައްމަދު ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A3655 ނަންބަރު
ލޮރީ މާލޭ ވިޔަފާރި ބަނދަރުގައި ކުރަމުން ދިޔަ މަސައްކަތް، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ
ޓްރާންސްޕޯޓް ކައުންސިލުން ހުއްޓުވައި، ލޭންޑް ޓްރާންސްޕޯޓް ކިޔު ޕޫލުން ވަކިކޮށްފައިވަނީ، ކިޔު ޕޫލް
މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާ ޚިލާފަށް ކަންތައްތަކެއް ކޮށްފައިވުމުންނާއި، އަޚްލާޤީ ގޮތުން
ދަށް ފެންވަރުގެ ޢަމަލުތަކެއް ހިންގާފައިވާތީ ކަމަށް، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއިން
ބުނާބުނުން ސާބިތުކުރުމަށްޓަކައި، ޝަރުޢީ އަދި ޤާނޫނީ ގޮތުން ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރަށް ކާފި
ހެކި ދެއްކިފައިނުވާތީ، މުޙައްމަދު ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު
ލޮރީ މާލޭ ވިޔަފާރި ބަނދަރުގައި ކުރަމުން ދިޔަ މަސައްކަތް، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ
A+
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާވެ، ދިވެހިރާއްޖެ، ފޯން: 33254429، ފެކްސް: 3.316472
އީމެއިލް: [email protected] ފޯމް ސުއިޓްގެ "www.highcourt.gov.alk
ޖީންގެ
209;HC-A:56[
ޓްރާންސްޕޯޓް ކައުންސިލުން ހުއްޓުވައި، ލޭންޑް ޓްރާންސްޕޯޓް ކިޔު ޕޫލުން ވަކިކޮށްފައިވަނީ، ކިޔު ޕޫލް
މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާ އެއްގޮތައްކަމަށް ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
ނެތްކަން އެނގެއެވެ.
(ފ) ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢީއްޔާގެ ޓްރާންސްޕޯޓް ކައުންސިލާއި، މުޙައްމަދު
ޒުބައިރާއި ދެމެދު 22 މެއި 2008 ގައި ވެވިފައިވާ އެއްބަސްވުމަކީ، ޓްރާންސްޕޯޓް ކައުންސިލުން
އިންތިޒާމުކޮށްގެން މާލޭ ކޮމާޝަލް ހާބަރު ސަރަޙައްދުގައި ހިންގާ ލޮރީ ކިޔުގައި މުޙައްމަދު ޒުބައިރުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު ލޮރީ ބައިވެރިކުރަން ވެފައިވާ
އެއްބަސްވުމެއްކަމާއި، ކިޔު ޕޫލު މެނޭޖުކޮށް ހިންގުމަށް ޓްރާންސްޕޯޓް ކައުންސިލުން ހަދާފައިވާ، [މާލޭ
ކޮމާޝަލް ހާބަރ ސަރަހައްދުން މުދާ ނެރޭ ކުލީ ދޮށީ ދަތުރުތަކުގެ ޤަވާއިދު، އަކީ، އިސްވެ އިޝާރާތް
ކުރެވުނު އެއްބަސްވުން އެއެއްޗެއްގެ މައްޗަށް ބިނާވެފައިވާ މައިގަނޑު އަސާސް ކަމަށްވީ ހިނދުގެ
ބަޔާންކުރެވިދިޔަ ގަވާއިދުގެ 4.] ގެ (ހ) ގައި އެ ޤަވާއިދުގެ ދަށުން ހުއްދަ ދޫކުރެވޭނީ ހުއްދަ
ދޫކުރާ ތާރީޚުން ފެށިގެން މީލާދީގޮތުން 01 އަހަރުގެ މުއްދަތައް ކަމަށް ބަޔާން ކުރެވިފައި އޮތުމުން،
ޓްރާންސްޕޯޓް ކައުންސިލާއި، މުޙައްމަދު ޒުބައިރާއި ދެމެދު 22 މެއި 2008 ގައި ވެވިފައިވާ
އެއްބަސްވުމުގެ ދަށުން، މުޙައްމަދު ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު
ލޮރީ ކިޔާ ޕޫލުގައި ބައިވެރި ކުރުމަށް ދެވިފައިވާ ހުއްދަ ދެމި އޮންނާނީ، 22 މެއި 2008 ދުވަހުން
ފެށިގެން މީލާދީ 101 އަހަރު ދުވަހުގެ މުއްދަތައް ކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެއެވެ.
(ކ) މުޙައްމަދު ޒުބައިރު ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު ލޮރީ، ލޭންޑް
ޓްރާންސްޕޯޓްގެ ކިޔު ޕޫލުން 12 އޭޕްރީލް 2009 ވަނަ ދުވަހު ވަކިކުރުމުން، އެކަމުގެ ސަބަބުން
މުޙައްމަދު ޒުބައިރު އާމްދަނީ ހޯދުމަށް ކުރަމުންއައި މަސައްކަތް ހުއްޓި، ލިބެމުންދިޔަ އާމްދަނީ
ގެއްލިފައިވާއިރު، 12 އޭޕްރީލް 2009 ވަނަ ދުވަހު މުޙައްމަދު ޒުބައިރު ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
C2A1655 ނަންބަރު ލޮރީ، ލޭންޑް ޓްރާންސްޕޯޓް ކިޔު ޕޫލުން ވަކިކުރެވިފައިވަނީ، ކިޔު ޕޫލު
މެނޭޖުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ހަދާފައިވާ ޤަވާއިދުތަކާ އެއްގޮތަށްކަން ދިވެހި ވިޔަފާރިވެރިންގެ
ޤައުމީ ޖަމުޢިއްޔާއަށް ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީ، އެކަމުގެ ސަބަބުން މުޙައްމަދު ޒުބައިރަށް
ގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެޢިފެ: [email protected] ވެބް ސައިޓް:
www.highcourt.gov.my
ޤަޟިއްވާ ނިމުނު ގޮތުގެ ޚުލާ
2,HC-A:361
888
މާލީގޮތުން ލިބިޕައިވާ ގެއްލުމުގެ ޢަދުލުވެރި ބަދަލެއް މުޙައްމަދު ޒުބައިރަށް ލިބިދޭންޖެހޭކަން ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުން އެނގެއެވެ.
(އ) އިސްވެ އިޝާރާތް ކުރެވުނު ފަދައިން، ކިޔޫ ޕޫލު މެނޭޖުކޮށް ހިންގުމަށް ޓްރާންސްޕޯޓް
ކައުންސިލުން ހަދާފައިވާ "މާލޭ ކޮމާޝަލް ހާބަރ ސަރަހައްދުން މުދާ ނެރޭ ކުލީ ލޮރީ ދަތުރުތަކުގެ
ޤަވާއިދު ގެ 1.4 ގެ (ހ) ގައި އެޤަވާއިދުގެ ދަށުން ހުއްދަ ދޫކުރެވޭނީ ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން
މީލާދީގޮތުން 01 އަހަރުގެ މުއްދަތަށް ކަމަށް ބަޔާން ކުރެވިފައި އޮތުމުން،
ޓްރާންސްޕޯޓް ކައުންސިލާއި، މުޙައްމަދު ޒުބައިރާއި ދެމެދު 22 މެއި 2008 ގައި ވެވިފައިވާ
އެއްބަސްވުމުގެ ދަށުން، މުޙައްމަދު ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު
ލޮރީ ކިޔު ޕޫލުގައި ބައިވެރި ކުރުމަށް ދެވިފައިވާ ހުއްދަ ދެމި އޮންނާނީ، 22 މެއި 2008 ދުވަހުން
ފެށިގެން މީލާދީ 01 އަހަރު ދުވަހުގެ މުއްދަތައްކަމާއި، ލޭންޑް ޓްރާންސްޕޯޓް ކިޔު ޕޫލުން މުޙައްމަދު
ޒުބައިރު ވަކިކުރެވިފައިވަނީ 12 އޭޕްރީލް 2009 ވަނަ ދުވަހު ކަމަށްވެފައި!
އިޝާރާތްކުރެވު އެއްބަސްވުމުގެ ދަށުން އިތުރު 01 (އެކެއް) މަހާއި 10 (ދިހައެއް) ދުވަހުގެ
މުއްދަތައް، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލުން އިންތިޒާމުކޮށްގެން
މާލޭ ކޮމާޝަލް ހާބަރު ސަރަޙައްދުގައި ހިންގާ ލޮރީ ކިޔު ޕޫލުގައި، މުޙައްމަދު ޒުބައިރުގެ ނަމުގައި
ރަޖިސްޓްރީ ކުރެވިފައިވާ C2A1655 ނަންބަރު ލޮރީ ބައިވެރި ކުރުމަށް ދެވިފައިވާ ހުއްދަ ދެމި
ހުންނާނެކަން އެނގެއެވެ.
(ވ) މުޙައްމަދު ޒުބައިރުގެ ދަޢުވާގައި، ގެއްލުމުގެ ބަދަލެއްގެ ގޮތުން ދުވާލަކަށް -/800ރ
އަށްސަތޭކަ ރުފިޔާ) ގެ މަގުން ހޯދުމަށް އެދިފައިވާ ބަދަލުގެ މައްޗަށް ޝަރީޢަތުން ނުޒަރުކޮށް ބަލާއިރު،
މުޙައްމަދު ޒުބައިރު ހުށަހަޅާފައިވާ ހިސާބުތަކުން އެވްރެޖުކޮށް ދުވާލަކަށް -/800ރ އަށްސަތޭކަ ރުފިޔާ)
އަށްވުރެ ބޮޑު ޢަދަދެއް ޖެހޭކަމާއި، އަދި އެއީ އެފަދަ މަސައްކަތެއްކުރާ ފަރާތަކަށް ލިބޭ އުޖޫރައަށްވުރެ ބޮޑު
އޫޖޫރައެއް ކަމަށް ނުބެލެވޭއިރު، އެއީ މިސްލީ އުޖޫރައެއް ކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވޭކަމާއި،
a
އެކި
i
ދިވެހިރާއްޖޭގެ ހައިކޯޓް، އާޢުޙުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ. ދިވެހިރާއްޖެ: ފޯން: 332592، ފެކްސް: 3316471
އީމެއިލް info
(
@
highcourt.gov.mv ވެބް ސައިޓް WWW.highcourt.gov.mv
8
2009-; i
,
މުޙައްމަދު ޒުބައިރުގެ ދަޢުވާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުން ދުވާލަކަށް -/800ރ (އަށްސަތޭކަ
ރުފިޔާ) މަގުން ލިބިދިނުމަށް އެދިފައިވާއިރު، އެޢަދަދަކީ އިންސާފުވެރި ޢަދުލުވެރި ޢަދަދެއްކަމަށް މުޙައްމަދު
ޒުބައިރު ދެކޭކަމާއި،
އިސްވެ އިޝާރާތް ކުރެވުނު އެއްބަސްވުމުގެ ދަށުން މުޙައްމަދު ޒުބައިރަށް ދޫކުރެވިފައިވާ ހުއްދަ
ދެމިއޮންނާނީ، 22 މެއި 2008 ދުވަހުން ފެށިގެން މީލާދީ އެއް އަހަރަށް ކަމަށް ވެފައި، މުޙައްމަދު
ޒުބައިރުގެ ލޮރީ ކިޔު ޕުލުން ވަކި ކުރެވުނު ތާރީޚު ކަމަށްވާ 12 އޭޕްރީލް 2009 ވަނަ ދުވަހުން ފެށިގެން
22 މެއި 2009 ދުވަހުގެ ނިޔަލަށް ހިނގާފައިވާ ދުވަސްތަކުގައި އިޝާރާތް ކުރެވުނު ހުއްދައިގެ ދަށުން
މަންފާ ޙާޞިލު ކުރުމުގެ ފުރުޞަތު މުޙައްމަދު ޒުބައިރަށް ގެއްލިފައިވާތީ، ހުއްދައިގެ މުއްދަތު ނިމުމަކަށް
އަންނަ ތާރީޚާއި، މުޙައްމަދު ޒުބައިރުގެ ލޮރީ، ކިޔު ޕޫލުން ވަކި ކުރެވުނު ތާރީޚް ދެމެދު ހިނގާފައިވާ، 40
(ސާޅީސް) ދުވަހުގެ މުއްދަތަށް ދުވާލަކަށް -/800ރ (އަށްސަތޭކަ ރުފިޔާ) ގެ މަގުން ޖުމްލަ -/32,000ރ
(ބައްތިރީސް ހާސް ރުފިޔާ) ޖެހޭކަން އެނގެން އޮތުމުން، މިޢަދަދަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި
މުޙައްމަދު ޒުބައިރަށް ލިބިދޭންޖެހޭ ޢަދަދަކުން އެނގޭކަމާއި، 22 މެއި 2009 ދުވަހުގެ ނިޔަލަށް މުޙައްމަދު
ޒުބައިރަށް ދޫކުރެވިފައިވާ ހުއްދައިގެ މުއްދަތު އޭގެ ޒާތުން ނިމުމަކަށް އައިސްފައިވާ ކަމަށްޓަކައި، ހުއްދައިގެ
މުއްދަތު ނިމުމުކަން އައިސްފައި ޤުރީޚުން ފެށިގެން ހިނގާފައިވް ދުވަސްތަކާއިމެދު ދިވެހި ވިޔަފާރިވެރިންގެ
ގައުމީ ޖަމުޢިއްޔާ ޒިންމާ ކުރެވޭނެ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަކަށް އެއްބަހެއް ނުވެވުނެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ މަދަނީކޯޓުގެ ނަންބަރު
2009/MC/1230 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ފ ތ هلا 2
3
ބަޔާންކޮ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރާއިރު،
ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ
.ގައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ނީމްގެ 3 ނަންބަރު ދޮރާސީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: ]331647
އީމެއިލް: [email protected] ވެބް ސައިޓް:
www-highcourt-gov.my
،ދިވެޒި14 ޖު
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚަޒާޏާ
2009;TIC-A/36
ދަފްތަރު 1704 (މއ. އަޅިފަށުވިގޭ) މުޙައްމަދު ޒުބައިރުއާއި ދެމެދު 22 މެއި 2008 ދުވަހު ވެފައިވާ
އެއްބަސްވުމުގެ ދަށުން، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލްގެ ދަށުން
ހިންގަމުންދާ ލޭންޑް ޓްރާންސްޕޯޓުގެ ކިޔު ޕޫލުގައި، މުޙައްމަދު ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ ނަންބަރު C21655 ވޮރީ ބުއިވެރި ކުރުމަށް ދެވިފައިވާ ހުއްދަ ބާތިލުކޮށް، ކިޔު ޕޫލުން
ވަކިކުރެވިފައިވަނީ، ކިޔު ޕޫލު މެނޭޖުކުރުމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އެއްގޮތަށް
ކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުއިއްޔާއިން ބުނާ ބުނުން ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރަށް
ކާފީ ހެކި ދެއްކިފައިނުވާތީ އާއި، ކިޔާ ޕޫލު މެނޭޖުކޮށް ހިންގުމަށް ޓްރާންސްޕޯޓް ކައުންސިލުން ހަދާފައިވާ،
"މާލޭ ކޮމާޝަލް ހާބަރ ސަރަހައްދުން މުދާ ނެރޭ ކުލީ ފެރީ ދަތުރުތަކުގެ ޤަވާއިދު" ގެ ދަށުން ހުއްދަ
ދޫކުރެވޭނީ ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން މީލާދީގޮތުން 01 އަހަރުގެ މުއްދަތަށްކަން އެޤަވާއިދުގެ 1.4
ގެ (ހ) ގެ ސާފު ޢިބާރާތުން އެނގެން އޮންނާތީ އާއި، އެއްބަސް
ބަސްވުމުގެ ދަށުން މުޙައްމަދު ޒުބައިރަށް
ދޫކުރެވިފައިވާ ހުއްދަ ދެމިއޮންނާނީ، 22 މެއި 2008 ދުވަހުން ފެށިގެން މީލާދީ އެއް އަހަރަށް ކަމަށް
ވެފައި، މުޙައްމަދު ޒުބައިރު ލޮރީ ކިޔު ޕޫލުން ވަކި ކުރެވުނު ތާރީޚު ކަމަށްވާ 12 އޭޕްރީލް 2009 ވަނަ
ދުވަހުން ފެށިގެން 22 މެއި 2009 ދުވަހުގެ ނިޔަލަށް ހިނގާފައިވާ ދުވަސްތަކުގައި އިޝާރާތް ކުރެވުނު
ހުއްދައިގެ ދަށުން މަންފާ ޙާޞިލު ކުރުމުގެ ފުރުޞަތު މުޙައްމަދު ޒުބައިރަށް ގެއްލިފައިވާތީ، ހުއްދައިގެ
މުއްދަތު ނިމުމަކަށް އަންނަ ތާރީޚާއި، މުޙައްމަދު ޒުބައިރުގެ ލޮރީ، ކިޔު ޕޫލުން ވަކި ކުރެވުނު ތާރީޚް
ދެމެދު ހިނގާފައިވާ، 40 (ސާޅީސް) ދުވަހުގެ މުއްދަތަށް ދުވާލަކަށް -/800ރ (އަށްސަތޭކަ ރުފިޔާ) ގެ
މަގުން ޖުމްލަ -/32,000ރ (ބައްތިރީސް ހާސް ރުފިޔާ) ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޙައްމަދު
ޒުބައިރަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅައި، މިފައިސާ މުޙައްމަދު ޒުބައިރަށް ލިބިދިނުމުގެ ގޮތުން މިއަދު
(2011 ޖޫން 02 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދެއްކުމަށް
ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއަށް އަންގާ، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ
ޓްރާންސްޕޯޓް ކައުންސިލާއި، މުޙައްމަދު ޒުބައިރުއާއި ދެމެދު 22 މެއި 2008 ދުވަހު ވެފައިވާ
އެއްބަސްވުމުގެ ދަށުން، ދޫކުރެވިފައިވާ ހުއްދަ އޭގެ ޒާތުން ނިމުމަކަށް އައިސްފައިވާތީ، ދިވެހި
ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ޓްރާންސްޕޯޓް ކައުންސިލްގެ ދަށުން ހިންގަމުންދާ ލޭންޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނޤުން. ތީމްގޭ 3 ނަންބަދު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް:
ވެބް :
[email protected]
www.highcourt-gov.my 24
1)
2{009HC-A:36
ނނގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޓްރާންސްޕޯޓުގެ ކިޔު ޕޫލްގައި، މުޙައްމަދު ޒުބައިރު ނުމުގައި ރަޖިސްޓްރީ ކުރެވިފައިވާ C2A1655
ޙަބަރު ލޮރީ ބައިވެރި ކުރުމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއޔާއަށް މިހާރު އަންގާނެ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މަދަނީކޯޓުގެ ނަންބަރު 2009/MC/1230 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބްތިލްކޮށްފީމެވެ.
ޓީ
މީއުމުވެ
.
ގައި
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޫދާށީ، ޕާވެ، ދިވެހިރާއްޖެ، ޕޯން: 3325020، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcg
!
urt.gov.ISIY