ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/147 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 147/HC-A/2014
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރީ ނަންބަރު: 13
/
83-C
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ރިޝްވާން
* ދާއިމީ އެޑްރެސް: ސ.ފޭދޫ ތަރިޖެހިގެ
* އައި. ޖީ. ނަންބަރު: A015940
• ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ރަޖަބު 1435
28 މެއި 2014
ނިމުނު ތާރީޚް:
16 މުޙައްރަމް 1436
09 ނޮވެމްބަރ 2014
• އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2017/VTR/191
، މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޝުއައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/191 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރީ
ނަންބަރު 13
/
83-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ޢަބްދުﷲ ރިޝްވާން، ތަރިޖެހިގެ ސ.ފޭދޫ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A015940) އެވެ.
CU O
→→4ފގ
. 4-
1. އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/191 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ،
ސ.ފޭދޫ (ތަރިޖެހިގެ، ޢަބްދު
ރިޝްވާން، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުން ފެށިގެން ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (13/83-C) ގެ ދަށުން ހިންގާ މަޑޫގަލި އައިލަންޑް ރިސޯޓްގެ
ރޫމް އެޓެންޑެންޓްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް، 2013
ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އޭނާ އަދާކުރަމުން ގެންދިޔަ މަޤާމުގެ ވަޒީފާއިން
ވަކިކޮށްފައިވާތީ، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް، 2013 ވަނަ
އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢަބްދުﷲ ރިޝްވާން
ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި، މިމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމުގައިވަނީ،
ދިވެހިރާއްޖޭގެ
9، ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
"ދެންފަހެ، މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ
ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި ސ.ފޭދޫ، ތަރިޖެހިގެ/ ޢަބްދު
ރިޝްވާން (A015940)، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ
މަޑޫގަލި އައިލަންޑް ރިސޯޓުގައި ރޫމް އެޓެންޑެންޓްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، 27
އޮކްޓޯބަރު 2013 ގައި، ވަޒީފާއިން ވަކިކޮށްފައިވަނީ، ޢަބްދުﷲ ރިޝްވާންގެ ފަރާތުން ކުންފުނީގެ
ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް ފެނިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުންދާއިރު،
ޢަބްދުﷲ ރިޝްވާން މަޑޫގަލި އައިލަންޑް ރިސޯޓުގައި ހުރުމުން އެމައްސަލަ ބެލުމަށް ދަތިވާތީ، އެމައްސަލަ
ބަލައި، އެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނިމެންދެން، މަޑޫގަލި އައިލަންޑު ރިސޯޓުން
ފުރައިގެން ދިއުމަށް އެންގި އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވުމުން، ޢަބްދުﷲ ރިޝްވާންގެ ވަޒީފާގެ
އަޚްލާޤު އެކަށީގެން ނުވާކަން ސާފުކޮށް އެނގޭތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ
23 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ފުރިހަމަވާންޖެހޭ މަޢުޟޫއީ ޢަދުލުވެރިކަމާއި، އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން ސާބިތުވާ
މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުﷲ ރިޝްވާން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުން އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ
29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢަބްދުﷲ ރިޝްވާން ކުރިން
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި ބްލޫ
ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި،
ޢަބްދުﷲ ރިޝްވާން ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ
ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި ޢަބްދުﷲ ރިޟްވާނަށް ލިބެންޖެހޭ ފައިސާ، 2014 ވަނަ
އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، ޢަބްދުﷲ ރިޟްވާނަށް
އެކީއެއްފަހަރާ ދިނުމަށްފަހު، އެކަން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކުރަމެވެ"
މިފަދައިންކަން އެމައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
In 32
CCX
191/VTR/2013
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ލޫ
ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން،
އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން، ހުށަހަޅާފައިވާ؟
ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާގެ އެއްބަސްވުމުގެ 17
އަދި 20 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ
· · 4 33
ކުeއވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ނުވާކަމަށްބުނޭ
5
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ނޯޓިސް
ނުދީ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކަށް މައްސަލަ ނިންމިއިރު ރިޢާޔަތްކޮށްފައި
ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 134/HC
-
A/2011 ނަންބަރު
ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފުރިހަމަކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖްރާއީ އަދުލްވެރިކަމަކީ
ނޯޓިސް ދިނުމަށްފަހު ވަކިކުރާނަމަ ފުރިހަމަ ކުރަންޖެހޭ މައުޟޫޢީ އަދި އިޖްރާއަތް ތަކެއްކަމުގައިވާއިރު
މިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
0
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/191 މައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު
ކުރަމުން ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޢަބްދުﷲ ރިޝްވާންގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
CUO
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013/VTR/191 މައްސަލައަށް ބަލާއިރު އެމައްސަލައަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ
އަސާސީ އުސޫލުތައް ކަނޑައަޅައި އެކުލަވާލެވިފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާގުޅިގެން
ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެންއޮތްއިރު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029ކްސް، މިއެއް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނަރުވެ
6
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގެ
ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް
އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް
ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ
މަސައްކަތުގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ހއ 2
4
3
22 ހ ޑ 8 *
1. އެމުވައްޒަފެއްގެ
ކުއެ
4 4ދ ޏ ސ ހ އދ
ރުވޭނޭކަމެއްކަމަށް
ވަޒީފާދޭ ފަރާތަށް ނުފެނުން؛
ކަން އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު
ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު
ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)
އަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
r-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކް&33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
s24އ
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ
އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ
ފަރާތުން ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ
ފެންނަ ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ
ދެވަނަ ޝަރުޠުކަމަށްވާ، "އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި
އިތުރަށް
ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ
ހަމައަކަށް ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ
27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ
ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ
އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ބަލަންޖެހޭކަމެވެ.
44
ހއPPe
ކެފޭނޭކުމެއެކަމަށް
މިs
&
s
sޝަދ8
22 ހއ
« ދވ
ދ
cocco
CUO
(ށ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
އައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް+30T
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު
ރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ
ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން މީގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިބާވަތުގެ
މައްސަލަތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ އަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
އިޖްރާއާތަކަށްވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލުތައް، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤުކުރުމުން، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ޢަބްދު
ރިޝްވާން ވަޒީފާއިން ވަކިކުރުމުގައި ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ މަޑޫގަލި އައިލަންޑް
ރިޒޯޓުގައި ޢަބްދުﷲ ރިޝްވާން އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 27 އޮކްޓޫބަރު 2013 ގައި އޭނާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
2014/HC-A/147
24 ޑ
އިން
ދިވެހިރާއްޖޭގެ ހައިކޯa
ނިމުނު ގޮތުގެ ޚުލާޞާ
ވަކިކޮށްފައިވަނީ، ޢަބްދުﷲ ރިޝްވާން އެރިސޯޓުގައި ވަޒީފާ އަދާކުރަމުން ދިޔުމުގެ ތެރޭގައި
ފަރާތުން ކުންފުނީގެ ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް ފެނިފައިވާކަމަށް ތުހުމަތުކުރެވުމާ ގުޅިގެން
އެމައްސަލަ ބަލަމުންދާއިރު، އޭނާ އެރިޒޯޓުގައި ހުރުމުން އެމައްސަލަ ބެލުމަށް ދަތިވާތީ، އެމައްސަލަ
ބަލައި އެމައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނިމެންދެން ޢަބްދުﷲ ރިޝްވާން އެރިސޯޓުން
ފޭބުމަށް އަންގައި އެކަމަށް ބޭނުންވާ ދަތުރުގެ ކަންތައްތައް ހަމަޖައްސައިދީފައިވަނިކޮށް، ކުންފުނިން
އަންގާފައިވާ ގޮތާ އެއްގޮތަށް ޢަމަލު ކޮށްފައިނުވާތީ، ޢަބްދުﷲ ރިޝްވާންގެ ވަޒީފާގެ އަޚްލާޤު
އެކަށީގެންނުވާކަމަށް ބަލައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ
(ހ) ގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައިކަން، ޢަބްދުﷲ ރިޝްވާން ވަޒީފާއިން ވަކިކުރިކަން އަންގާ ބުލޮ
ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން އޭނާއަށް ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގެން
އޮތްއިރު، ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަބްދުﷲ ރިޝްވާން
ވަކިކުރުމުގައި ޤާއިމުވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބެލެވޭނީ، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވެފައިވާނަމަކަމާއި،
މިގޮތުން، ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން
ޢަބްދުﷲ ރިޝްވާން ވަކިކޮށްފައިވަނީ އެކުންފުންޏާ އޭނާއާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ
20.1 ވަނަ މާއްދާގެ ދަށުން އޭނާއަށް އެކުންފުނީގެ ފަރާތުން އަންގާފައިވާ އެންގުމެއް، އޭނާއަށް
ލިޔުމުން ލިބި، އެއެންގުމަށް އޭނާ ކިޔަމަންވެފައި ނުވާތީކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮންނައިރު، އެކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން އޭނާގެ މައްސައްކަތު އަޚްލާޤު އެކަށީގެން ނުވާކަމަށާއި އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ
ucc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
މ ޑ 4 هلދޑ 8 އ ދވ
ކުރެވޭނޭކަމެއްކަމ
ޖެހިޔެއްގެ ހައި
އެކަމަށް އެކަށީގެންވާ ހަމަތަކުގެމަތިން ވަޒީފާދޭ ފަރާތަށް ކަނޑައެޅިދާނެތޯ ބަލާއިރު،
މުވައްޒަފަކާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާ ވަގުތު އެމުވައްޒަފަކު ހުރެއްޖެނަމަ
އިތުރު މައްސަލަތަކެއް އުފެދިދާނެކަމަށް ފެނިއްޖެ ޙާލަތެއްގައި މުވައްޒަފަކު ވަޒީފާއަށް ނުނިކުމެ ހުރުމަށް
ވަޒީފާދޭ ފަރާތުން އެންގިދާނެކަމަށް ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދު
ރިޝްވާނާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
ވަޒީފާއަދާކުރާ ފަރާތް އެ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ލިޔުމަކުން އެކަން އެމީހަކަށް އެންގުމަށްފަހު
އެމީހަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް އެއެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އެހެންނަމަވެސް، އާންމު އުސޫލެއްގެ ގޮތުން، ވަޒީފާދޭ ފަރާތަކާއި ވަޒީފާ އަދާކުރާ
ފަރާތަކާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި ހިމެނޭ މާއްދާއަކާ ޚިލާފުވާ ކޮންމެ ފަހަރަކީ
އެފަދަ މުވައްޒަފަކު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއް
ނޫންކަމާއި، ވަޒީފާގެ
އެއްބަސްވުމާ
ޚިލާފުވެގެން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެމުވައްޒަފަކު ޚިލާފުވެފައިވާ މައްދާގެ
މަޤްޞަދަށާއި، އެމާއްދާއާ އެމުވައްޒަފަކު ޚިލާފުވެފައިވާ މިންވަރަށާއި ޙާލަތަށާއި، މައްސަލާގެ ވަށައިގެންވާ
އެހެނިހެން އެންމެހާ ކަންތައްތަކަށް ބަލާއިރު، އެމާއްދާއަކާ އެމުވައްޒަފަކު ޚިލާފުވި ޚިލާފުވުމުގެ ސަބަބުން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޝަރުތުތައް، އިސްވެދެންނެވިފައިވާ ޤާނޫނީ ހަމަތަކުގެ
މަތިން ފުރިހަމަވާ ޙާލަތުތަކުގައި އެކަނިކަމާއި،
މިގޮތުން ބަލާއިރު، އިސްވެ މިނަންގަނެވުނު، ބުދޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ރިޝްވާނާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ
މާއްދާގެ މަޤްޞަދަކީ، އެއެއްބަސްވުމުގެ ދަށުން ޢަބްދުﷲ ރިޝްވާން ވަޒީފާއަދާކުރާ ތަނާއި މާޙައުލުގެ
etc >
ބަހުރުވައަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
ސަބަބުން، އޭނާއާމެދު ތުހުމަތުކުރެވޭ މައްސަލައެއް ކުންފުނިން ތަޙްޤީޤެއް ކުރަންޖެހޭ ޙާލަތުގައި އޭނާ
8 28
کو مد مرسي
ވަޒީފާއަދާކުރާ ތަނުގައި (ރިސޯޓުގައި) ހުރެއްޖެނަމަ އެ ތަޙްޤީޤަކަށް އެކިއެކި ހުރަސްއަޅައި
ދަތިކުރުންފަދަ ކަންތައްތައްކުރުމުގެ ފުރުޞަތު އޭނާއަށް އޮންނާނެތީ އެފަދަ ކަންތައްތަކުތޯ
އްތަކުން އޭނާ
އެއްކިބާކޮށް، އެޙާލަތު ނައްތާލައި، އޭނާއާމެދު ކުންފުނިންކުރާ ތަޙްޤީޤުތައް، އޭނާގެ ފަރާތުން ކުރިމަތި
ކުރުވަފާނެ ދައްޗަކުން ނުވަތަ ފޯރުވާފާނެ ނުފޫޒަކުން އެއްކިބާކޮށް، އެކަށީގެންވާ ގޮތެއްގައި ހިންގުމަށް
މަގުފަހިކުރުންކަމަށް ޤަބޫލުކުރެވޭކަމާއި،
ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ރިޝްވާނާ ދެމެދު
ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ، އިސްވެމިދެންނެވުނު މަޤްޞަދުގެ އިތުރުން
އެކުންފުނީގައި ޢަބްދުﷲ ރިޝްވާން އަދާކުރަމުން ގެންދާ ވަޒީފާގެ ޒާތާއި، އޭނާގެ މަޤާމުގެ ފެންވަރާއި،
ވަޒީފާ އަދާކުރާ ތަނާއި، ޢަބްދުﷲ ރިޝްވާން ވަޒީފާއިން ވަކިކުރުމާ ހަމައަށް އެރިސޯޓުގައި ކަންތައް
ހިނގާފައިވާ ގޮތާއި، އޭނާގެ މައްޗަށް އަސްލު ތުހުމަތުކުރެވިފައިވާ މައްސަލާގެ ބާވަތް ފަދަ މިމައްސަލާގެ
ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ޖުމްލަގޮތެއްގައި ބަލާއިރު، ޢަބްދުﷲ ރިޝްވާނާއި ބުލޫ ލެގޫން
އިންވެ.
ހެވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ
މާއްދާގެ ދަށުން ކުންފުނީގެ ފަރާތުން އޭނާއަށް
އަންގާ އެންގުންތަކަ
އޭނާ ތަބާ ނުވުމަކީ، އޭނާގެ
މައްސައްކަތު އަޚްލާޤު އެކަށީގެން ނުވާކަމަށާއި، އަދި އޭނާ އަދާކުރަމުން ދިޔަ ވަޒީފާގައި އިތުރަށް
ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށް،
އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅިދާނޭ ސަބަބެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤާބުލުކުރެވޭކަމާއި،
އެހެނީ ޢަބްދުﷲ ރިޝްވާންގެ މައްޗަށް އެމާއްދާ ތަންފީޛު ނުކުރެވުމަކީ އޭގެ
20.1 ވަނަ
*
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސްieهa
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12
2014/HC-A/147
އޭނަގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްޗަށް ތުހުމަތު ކުރެވިފައިވާ އަސްލު މައްސަލަ ބެލުމުގައި ކުންފުންޏަށް
ސަބަބުން
ހުރަސްތަކެއް
އިތުރުން، ކުންފުނީގެ މުވައްޒަފުންނާމެ
ފެނާމެދު ތުހުމަތުކުރެވޭ ކަންކަމުގައި
އަޅެމެޤް
ކުންފުނިންކުރާ ތަޙްޤީޤުތައް އެކަށީގެންވާ މާޙައުލެއްގައި ކުރުމަށް ހުރަސްއެޅިގެން ދިޔުމާއި، އަދި އެފަދަ
މަޤާމެއްގައި ހުރި މުވައްޒަފެއްގެ މައްޗަށް އެއްބަސްވުމުގެ އެފަދަ މާއްދާއެއް ނުވަތަ މާއްދާތަކެއް ތަންފީޛު
ނުކުރެވޭ ގޮތްވުމަކީ އެކުންފުނީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އޭގެން ހިއްވަރު ލިބި،
އެއްބަސްވުމުގެ މާއްދާތަކާ ޚިލާފުވުމުގެ ޙާދިސާތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު ހުޅުވިގެން
ހިގައިދާނޭކަމެއްކަމަށް ވާތީކަމާއި، އަދި މިފަދަ ކަންކަމަކީ، ކުންފުނީގެ މުވައްޒަފުންނާއި ކުންފުންޏާ
ދެމެދު އޮންނަޖެހޭ ގުޅުންތަކަށް ބުރޫއަރާ، މަސައްކަތުގެ މާޙައުލު ނުތަނަވަސްވެ، ކުންފުނީގެ މުވައްޒަފުން
ކުންފުނީގެ މައްޗަށް ނުޙައްޤުން އެކިއެކި ޒާތުގެ ނުފޫޒާއި ބާރު ފޯރުވުމަށް މަގުފަހިވުމުގެ ސަބަބުން
ކުންފުނީގެ ވިޔަފާރިއަށް ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމެއްކަމަށްވާތީކަމާއި،
ހެންކަމުން،
މިދެންނެވުނު ކަންކަމުގެ
މައްޗަށް
ޖުމްލަގޮތެއްގައި ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލާގައި، ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާއިން ޢަބްދުﷲ ރިޝްވާން ވަކިކުރުމުގައި އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ޤަބޫލުކުރެ
;333 ޑ 14 ޑ ޒ
މިކުރެވޭކަމެވެ.
(ދ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013/VTR/191 މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ
ދިވެހިރާއްޖޭގެ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ
ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު އުސޫލެއްގެ ގޮތުން ބެލެވޭނީ،
ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ޢަބްދުﷲ ރިޝްވާން ވަކިކުރުމުގެ
ކުރިން، ޢަބްދުﷲ ރިޝްވާންގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަންކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން
ހުންނަ ހުރިހާ ތަފްސީލަކާއެކު) ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ޢަބްދުﷲ ރިޟްވާނަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އޭނާއަށް
ދިނުމަށްފަހު، އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިފައިވުމުގެ އިތުރުން ޢަބްދު
ރިޝްވާނަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ، އޭނާ ކަނޑައެޅި މީހެއްގެ
އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޭނާއަށް
ސަތުވެސް އޭނާއަށް ދެވިފައިވާނަމަކަމާއި،
މިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން ބުލޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ޢަބްދުﷲ ރިޝްވާން ވަކިކުރެވިފައިވަނީ، އެކުންފުންޏާ އޭނާއާ ދެމެދު
ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ ދަށުން އޭނާއަށް އެކުންފުނީގެ ފަރާތުން
އަންގާފައިވާ އެންގުމެއް، 27 އޮކްޓޫބަރު 2013 ގެ ތާރީޚުގައި އެކުންފުނީން އޭނާއަށް ފޮނުވާފައިވާ
ސިޓީން އޭނާއަށް
އެއެންގުމަށް
ކިޔަމަންވެފައި ނުވާތީކަން މިމައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮންނައިރު، މިނަންގަނެވުނު 27 އޮކްޓޫބަރު 2013
ގެ ސިޓީއަށް ބަލާއިރު، އެސިޓީގެ ޒަރިއްޔާއިން އޭނާއަށް އަންގާފައިވާ އެންގުން އެންގިފައިވަނީ
CCO
24
ލި6
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
14
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
OCCO
މއ ތ ދދވ
އަޅުނޭކަމަށް
އެއްގޮތެވެ
44
ކީއްވެގެންކަމާއި، އަދި އެ އެންގުމާ އެއްގޮތަށް ޢަމަލު ނުކޮށް ފިނަމަ ކުންފުނީގެ ފަރާތުން އޭނާއާމެދު
ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަމާއި، އަދި މިދެންނެވުނު ސިޓީ
ޢަބްދުﷲ ރިޟްވާނަށް ލިބިފައިވާކަން އެސިޓީން އެނގެން ނެތްކަމުގައި ވީނަމަވެސް، އެސިޓީގައި އޭނާ
ރަށުން ފޭބުމަށް ތައްޔާރުވުމަށް އަންގާފައިވާ ވަގުތުގެ ކުރިން އެސިޓީ އޭނާއަށް ލިބިފައިވާކަން
މިމައްސަލައާ ގުޅިގެން ޢަބްދުﷲ ރިޝްވާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން ސާފުކޮށް އެނގޭކަމާއި، އަދި އެސިޓީގައި ބުލޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަބްދުﷲ ރިޟްވާނަށް އަންގާފައިވާ ކަންތަކުގެ ޒާތަށް ބަލާއިރު،
އެއެންގުމާ ގޮތްވާ ގޮތުގެމަތިން އޭނާ ޢަމަލުކޮށްފައިވާކަން ނުވަތަ ނޫންކަން ވަރަށް
ފާޅުކަންބޮޑުގޮތެއްގައި ފެންނަން ހުންނާނެކަމަށްޓަކައި، އެމުވައްޒަފަކު ކޮށްފައިވާކަމަކީ ނުވަތަ ނުކޮށް
ދޫކޮށްލާފައިވާކަމަކީ އެކަމުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
ނޯޓިހެއް ދިނުމަކާނުލައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ބާވަތުގެކަމެއްކަމަށްވާނަމަ، މިފަދަ
މައްސަލަތަކުގައި ވަޒީފާދޭ ފަރާތުން ޤާނޫނީ ފިޔަވަޅުއެޅުމުގެ ކުރިން (އާންމު އުސޫލާ އެއްގޮތްވާ
ގޮތުގެމަތިން) އިތުރު ތަޙްޤީޤުތަކެއްކޮށް، އެކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުސަތުތަކެއް
އެމުވައްޒަފަކަށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ކޮންމެހެން ލާޒިމުކަމެއް ނޫންކަމާއި،
އެހެންކަމުން، ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދު
ރިޝްވާނާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ ދަށުން، 27 އޮކްޓޫބަރު
2013 ގެ ތާރީޚުގައި އެކުންފުނީން އޭނާއަށް ފޮނުވާފައިވާ ސިޓީގައި، އެ ސިޓީގެ ޒަރިއްޔާއިން އޭނާއަށް
އެކުންފުނީގެ ފަރާތުން އަންގާފައިވާ އެންގުން އަންގަންޖެހުނު ސަބަބާއި އެއެންގުމާ
ގޮތުގެމަތިން އޭނާ ޢަމަލުނުކޮށްފިނަމަ އެޅޭނެ ފިޔަވަޅު ސާފުކޮށް ބަޔާންކޮށްފައި އޮއްވާ، އެސިޓީގެ
އެ858 4
އެއޮޤީeވ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325c29، ފެ/ ދިވެހި
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
15
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
އަންގާފައިވާ އެންގުމާ އެއްގޮތަށް
ޒަރިއްޔާއިން ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަބްދުﷲ ރިޟްވާނަށް
އެންގުމާ އެއްގޮތަށް އޭނާ އަމަލުކޮށްފައިނުވާކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތުމުން،
އަދި ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ހެދޭ ވަޒީފާގެ އެއްބަސްވުންތަކުގައި ހިމެނޭ،
މިމައްސަލަ އެމައްޗަށް ބިނާވެފައިވާފަދަ މާއްދާތަކާ މުވައްޒަފަކު ޚިލާފުވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ ދަށުން އެފަދަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމެއްކަމަށްވުމާއެކު، އެމައްސަލައާ
ގުޅިގެން ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު ތަޙްޤީޤެއްކޮށް، އޭނާގެ
ފަރާތުން ޢަމަލުކޮށްފައިވާ ގޮތާމެދު ޖަވާބުދާރީވުމަށް އިތުރު ފުރުސަތުތަކެއް ދީފައިނުވިނަމަވެސް، ބްލޫ
ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަބްދުﷲ ރިޝްވާން ވަކިކޮށްފައިވަނީ
މިބާވަތުގެ މައްސަލަތަކުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރުމަށްފަހުގައިކަމަށް ބަލަންޖެހޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގައި ޢަބްދުﷲ ރިޝްވާން އަދާކުރަމުންދިޔަ ވަޒީފާއިން، 27
އޮކްޓޫބަރު 2013 ގައި އޭނާ ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި އެ އެކުންފުނީގެ ފަރާތުން
ޤާއިމުކުރަންޖެހޭ މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން އެނގެން
އޮތުމުން، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/191 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/147
ޙުކުމް
ދެންފަހެ،
އިސްވެފާހަގަކުރެވުނު
ނުކުތާތަކުގައި
ހ2 28
@
1ނ
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގައި،
ފޭދޫތަރިޖެހިގެ، ޢަބްދުﷲ ރިޟްވާން، އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، މިބާވަތުގެ
މައްސަލަތަކުގައި އެ އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި ކަމަށްވުމާއެކު،
އެކު، ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް
ލިމިޓެޑުގައި . ފޭދޫ ތަރިޖެހިގެ، ޢަބްދުﷲ ރިޝްވާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގައި
އެކުންފުނިން އަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ އެއްގޮތަށްކަމަށް،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/191 މައްސަލާގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުން މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
CUO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv