ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/161 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/16]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 161/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޒަކަރިއްޔާ
އައިޑީކާޑު ނަންބަރު: A008743
* ދާއިމީ އެޑްރެސް: ގުލްބަހާރުގެ/ އއ.
* މިހާރުގެ އެޑްރެސް، ގުލްބަހާރުގެ/ އއ.
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (އއ.ފެރިދޫ ކައުންސިލްގެ އިދާރާ)
* ދާއިމީ އެޑްރެސް: އޭޖީ އޮފީސް މާލެ
މިހާރުގެ އެޑްރެސް: އޭޖީ އޮފީސް މާލެ
L
* ނިމުނު ތާރީޚް: 30 އޮކްޓޯބަރު 2016
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 މެއި 2015
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2014/U-7-C/31
ނިންމި ކޯޓް:
t
ފެރިދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޒުކުރުން
ހުށަހެޅި ތާރީޚް: 10 ޑިސެންބަރު 2014
= ނިމުނު ތާރީޚް: 19 ޖަނަވަރީ 2015
ދިވެހިރާއްޖެ
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދު
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2015/HC-A/16]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
0
މިއީ، އއ.
ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U-7-C/31 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެމައްސަލަ އިސްތިއުނާފު
ފެރިދޫ ގުލްބަހާރުގެ، އަޙްމަދު ޒަކަރިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ކުރުމަށް އއ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ އއ.ފެރިދޫ ކައުންސިލްގެ އިދާރާ (އެޓަރނީ
ޖެނެރަލްގެ އޮފީސް) އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U-7-C/31 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އއ.ފެރިދޫ/ ގުލްބަހާރުގެ، އަޙްމަދު ޒަކަރިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ccc
2- އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U
-
7
-
C/31 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އއ.ފެރިދޫ ގުލްބަހާރުގެ، އަޙްމަދު ޒަކަރިއްޔާ
ދިރިއުޅުމަށް އއ.ފެރިދޫން ނަންގަވައި ދެއްވާފައިވާ ނަންބަރު 7798
/
29-U
/
U (23-06-1998)
އއ.ފެރިދޫ ގުލްބަހާރު ގޯތީގެ އުތުރު ފަރާތު މީގެ ދެ އަހަރު ކުރިން ޢިމާރާތެއް ކޮށްފައިވަނީ ކައުންސިލުން
ހުއްދަ ހޯދުމަކާއި ނުލާ އަދި ކައުންސިލުން އިންވެސް ޖަހައި ނުދެނީސް ކަމަށްވެފައި، މިގޯތީގެ އުތުރު ފަރާތުން
ރާނާފައިވާ ޢިމާރާތުގެ ފެންޑާގެ ފާރު ގޯތީގެ ޢިމުން ނެއްޓި ނޫމަރާ ގޯޅިއަށް އަރާފައިވާތީ، އެކަން ރަނގަޅު
ކުރުމަށް ކައުންސިލުން އެންގުމުން ތަފާތު ބަހަނާ ދައްކައި އަޙްމަދު ޒަކަރިއްޔާގެ ގޯތި އެ
ގޯތިތަކާ އެއްވަރު ނުކޮށްދޭކަމަށްވާ ނަމަ، އެގޯތީގެ އިން ވަކިކުރަން ކައުންސިލުން އުޅޭނެކަމެއް
Odcle >
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j5/HC-A/16]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބުނުމުން ލިޔުމުން އެކަން ރަނގަޅު ކުރުމަށް އެންގުމުން ވެސް އެކަން ރަނގަޅުކޮށްފައި ނުވާތީ، އެކަމުގެ
ސަބަބުން ރަށުގައި ހެދޭ ޢާއްމު ޤަވާޢިދުތަކަށް ރައްޔިތުން ބޯލެނބުން ކުޑަވަމުންދާތީ، ގުލްބަހާރުގެ ގޯތީގެ
އުތުރު ފަރާތު ރާނާފައިވާ ޢިމާރާތުން ނޫމަރާ ގޯޅިއަށް އަރާފައިވާ ބައި ޝަރީޢަތް މެދުވެރިކޮށް ނެގުމަށް އެދި
އއ.ފެރިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު
ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު އއ.ފެރިދޫ ގުލްބަހާރުގެ، އަޙްމަދު ޒަކަރިއްޔާއަށް ދިރިއުޅެން އއ.ފެރިދޫން
ދޫކުރެވިފައިވާ ގުލްބަހާރު ގޯތީގެ އުތުރުފަރާތު ފެންޑާ ފާރު ރާނާފައިވަނީ ރަށު ކައުންސިލުގެ ހުއްދަ ހޯދުމަކާ
ނުލާ އަދި ކައުންސިލުން އިންޖަހައި ވެސް ނުދެނީސް ކަމަށާއި، މިގޯތީގެ އުތުރު ފަރާތު ރާނާފައިވާ ޢިމާރާތުގެ
ފެންޑާ ފާރު ގޯތީގެ އިމަށް ވުރެ ބޭރަށް ނޫމަރާ ގޯޅިއަށް މިގޯތީގެ ހުޅަނގު ކޮޅުން 06 (ހައެއް) އިންޗި
އިރުމަތީކޮޅުން 9/2 (ނުވައެއް ބައި) އިންޗި އަރާފައިވާކަން ޙާޟިރު ކުރެވުނު ހެކިންނާއި ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، އއ.ފެރިދޫ ރަޖިސްޓްރީ ނަންބަރު 7198
/
29-U
/
U (23-06-1998)
ގުލްބަހާރު ގޯތީގެ އުތުރުން ރާނާފައިވާ ފެންޑާގެ އުތުރު ފާރު ނޫމަރާ ގޯޅިއަށް އަރުވާ ރާނާފައިވާ ފާރުތަކާއި
އެފާރުތަކާ ގުޅިގެން ބިމަށް ހަރުކުރެވިފައިވާ ތަކެތި މިއަދު (2015-01-19) އިން ފެށިގެން 30 (ތިރީސް)
ދުވަހުގެ ތެރޭ ނަގާ ނިންމުމަށް އއ.ފެރިދޫ ގުލްބަހާރުގޭ އަޙްމަދު ޒަކަރިއްޔާ އަށް އަންގަވައި ޙުކުމް
ކުރައްވައިކަން އެނގެން އޮންނަކަމެވެ.
3- އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U-7-C/31 ޤަޟިއްޔާ އެ ކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އއ.ފެރިދޫ ގުލްބަހާރުގެ، އަޙްމަދު ޒަކަރިއްޔާގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާ
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20j5/HC-A/16]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ހ) ފުރަތަމަ ނުކުތާއަކީ: އއ.ފެރިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އަޙްމަދު ޒަކަރިއްޔާގެ
މައްޗަށް އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގައި ހިންގަވާފައިވާ ދަޢުވާ އެ ކޯޓުން ބައްލަވާފައިވަނީ މައްސަލަތަކުގައި
ދަޢުވާކުރުމުގައި ކޯޓުތަކުން ޢަމަލުކުރަމުންދާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތުން ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ
ދަޢުވާ އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ މިންގަނޑަކުން ދަޢުވާ ރައްދުވާ ފަރާތަށް
ދަޢުވާއިން ސަލާމަތްވުމަށްޓަކައި ހުށަހެޅުމަށް ބޭނުންވި ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުމެއް ނެތި ޝަރުޢީ
މިންގަނޑުން ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: އއ.ފެރިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އަޙްމަދު ޒަކަރިއްޔާގެ
މައްޗަށް ކޮށްފައިވާ ދަޢުވާ އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގައި ގޯތި ދިނުމާއި
ގޯތީގެ އިން ވަކިކުރުމާއި ގޯތީގައި އިމާރާތް ކުރުމުގައި ޢަމަލުކުރާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ނުކެނ.
4- އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U-7-C/31 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އއ.ފެރިދޫ ގުލްބަހާރުގެ، އަޙްމަދު ޒަކަރިއްޔާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅޭގޮތުން އަޙްމަދު ޒަކަރިއްޔާއާއި މިއިސްތިއުނާފް ދަޢުވާރައްދުވާ އއ.ފެރިދޫ ކައުންސިލްގެ އިދާރާ (އެޓަރނީ
ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ބުނެވިދިޔަ އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/16]
(ހ) ފުރަތަމަ ކަމަކީ: އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U-7-C/31
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އއ.ފެރިދޫ ގުލްބަހާރުގެ، އަޙްމަދު
ޒަކަރިއްޔާ ދިރިއުޅުމަށް ފެރިދޫން ނަންގަވައި ދެއްވާފައިވާ ނަންބަރު 7198
/
29-U
/
U (23-06-1998)
އއ.ފެރިދޫ، ގުލްބަހާރު ގޯތީގެ އުތުރުފަރާތު މީގެ ދެ އަހަރު ކުރިން ޢިމާރާތެއް ކޮށްފައިވަނީ ކައުންސިލުން
ހުއްދަ ހޯދުމަކާއި ނުލާ އަދި ކައުންސިލުން އިންވެސް ޖަހައި ނުދެނީސް ކަމަށްވެފައި، މިގޯތި އުތުރު ފަރާތުން
ރާނާފައިވާ ޢިމާރާތުގެ ފެންޑާގެ ފާރު ގޯތީގެ އިމުން ނެއްޓި ނޫމަރާ ގޯޅިއަށް އަރާފައިވާތީ، އެކަން ރަނގަޅު
ކުރުމަށް ކައުންސިލުން އެންގުމުން ތަފާތު ބަހަނާ ދައްކައި އަޙްމަދު ޒަކަރިއްޔާގެ ގޯތި އެ ކޮށީގެ އެހެން
ގޯތިތަކާ އެއްވަރު ނުކޮށްދޭކަމަށްވާނަމަ، އެގޯތީގެ އިން ވަކިކުރަން ކައުންސިލުން އުޅޭނެކަމެއް ނެތްކަމަށް
ބުނުމުން ލިޔުމުން އެކަން ރަނގަޅު ކުރުމަށް އެންގުމުން ވެސް އެކަން ރަނގަޅުކޮށްފައިނުވާތީ، އެކަމުގެ
ސަބަބުން ރަށުގައި ހެދޭ ޢާއްމު ޤަވާޢިދުތަކަށް ރައްޔިތުން ބޯލެނބުން ކުޑަވަމުންދާތީ، ގުލްބަހާރުގެ ގޯތީގެ
އުތުރު ފަރާތު ރާނާފައިވާ ޢިމާރާތުން ނޫމަރާ ގޯޅިއަށް އަރާފައިވާ ބައި ޝަރީޢަތް މެދުވެރިކޮށް ނެގުމަށް
އއ.ފެރިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެނގެން
އޮންނަކަމެވެ.
= 2 ހދ5 $
މައްޗަށް އއ.
(ނ) ދެވަނަ ކަމަކީ: އއ.ފެރިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އަޙްމަދު ޒަކަރިއްޔާގެ
ފެރިދޫ މެޖިސްޓްރޭޓް ކޯޓުގައި ހިންގަވާފައިވާ ދަޢުވާ އެކޯޓުން ބަލާފައިވަނީ މައްސަލަތަކުގައި
ދަޢުވާކުރުމުގައި ކޯޓުތަކުން ޢަމަލުކުރަމުންދާ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އަޙްމަދު ޒަކަރިއްޔާގެ ފަރާތުން
އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އެ މައްސަލަ އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓަށް
ހުށަހަޅާފައިވަނީ 10 ޑިސެންބަރު 2014 ގައި ކަމާއި، އއ.ފެރިދޫ ކައުންސިލްގެ ފަރާތުން އއ.ފެރިދޫ
ގުލްބަހާރު ގޯތީގެ އިމުގެ މައްސަލައިގައި ސުލްޙަވެރިކަމާއެކު ވާހަކަދައްކައި އެކަމަށް ހައްލެއް ހޯދިފައިނުވާތީ އެ
މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެމައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށާ
މައްސަލާގައި ފެރިދޫ ކައުންސިލްގެ ފަރާތުން ވަކާލާތުކުރުމަށް އއ.ފެރިދޫ ކައުންސިލްގެ ނައިބު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j5/HC-A/16]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އއ.ފެރިދޫ އެވަރެސްޓް އަޙްމަދު ރިޔާޝް ޢައްޔަންކޮށްފައިވާކަން އއ.ފެރިދޫ ކައުނސިލްގެ ނަންބަރު
344
/
2014
/
02/A (02 ނޮވެންބަރު 2014) ގެ ކައުންސިލްގެ ޤަރާރަށް ބެލުމުން އެނގެން އޮންނާތީ ދަށު
ކޯޓުގެ ޤަޟިއްޔާގައި އއ.ފެރިދޫ ކައުންސިލް ތަމްސީލްކޮށްފައިވަނީ އެ ކައުންސިލް ތަމްސީލްކުރުމަށް
އެކައުންސިލުގެ ފަރާތުން ބާރު ދީފައިވާ ފަރާތަކުންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: މުޖުތަމަޢުގެ ޢާންމު މަސްލަޙަތާއި ނިޒާމު ޢާއްމު (ޕަބްލިކް އޯރޑަރ)
ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި، ކަމާބެހޭ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި އެޤާނޫނުތަކުގެ ދަށުން
ހެދިފައިވާ ޤަވާޢިދުތަކުގެ ދަށުން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް އެވަގުތަކަށް ލިބިދީފައިވާ ދައުލަތުގެ
ޙައްޤުތަކާއި ބާރުތައް ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޙުދޫދުގެ ތެރެއިން ޕްރެކްޓިސްކޮށް ތަންފީޛުކުރުމަށް
ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް މީހަކު ޢަމަލުކުރުމަކީ، ހުއްދަ ކުރެވިގެންވާނެ
ޢަމަލެއްނޫންކަން
އެނގޭކަމާއި،
މިގޮތުން މީހަކަށް ދޫކޮށްފައިވާ ގޯއްޗެއްގެ އިމުގައި ފާރު ރާނަންވާނީ ނުވަތަ ޢިމާރާތެއް
ކުރަންވާނީ އިން ވަކިކުރުމަށް ދަމާފައިވާ ރޯނު ނުވަތަ ޖަހާފައިވާ އޮލަނބު ރަށު އޮފީހުން ބަލައި ޗެކު ކުރުމަށް
ފަހު ރޭނުމުގެ ހުއްދަ ދިނުމުން ކަމަށާއި އަދި އެއްވެސް ގޯއްޗެއްގެ ނުވަތަ ބިމެއްގެ އިމާ ޖެހިގެން ޢިމާރާތެއް
ނުވަތަ ތަނެއް ހަދަންވާނީ އެ އިމެއް ވަކި ކުރުމުގެ ގޮތުން ޖަހާފައިވާ މުޑި ނުވަތަ ދަމާފައިވާ ރޯނު ރަށު
އޮފީހުން ބަލައި ޗެކު ކުރުމަށް ފަހު ހުއްދަ ދިނުމުން ކަމަށާއި އަދި ކޯރު ކޮނެ ބިންގާ އަޅަންވާނީ ވެސް ރަށު
އޮފީހުން ހުއްދަ ދިނުމުންކަމަށް "ރާއްޖެތެރޭ ރަށްރަށުގެ ގޯތި ގޯއްޗާއި ބިންބިމުގެ އިން ވަކި ކުރުމާއި މަގަށް
ދޮރު ކެނޑުމާއި އިމުގައި ނުވަތަ ތިމާ ކައިރީގައި ޢިމާރާތްކޮށް ތަންތަން ހެދުމާއި ގޯތީގައި ގެދޮރު އަޅާއިރު،
ޢިމާރާތް ނުކޮށް ހުސްތަން ބޭއްވުމާބެހޭ ޤަވާޢިދު" 1996 ގެ 3 އަދި 4 ވަނަ މާއްދާއަށް ބެލުމުން އެނގޭއިރު،
ފެރިދޫ ގުލްބަހާރުގެ އެވެ ކިޔާ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި ޑަޔާން
އިމަށްވުރެ ބޭރަށް ނޫމަރާ ގޯޅިއަށް އެގޯޅީގެ ހުޅަނގުން 06 އިންޗި އަދި އިރުމަތީ ކޮޅުން 9.5
އިތުރުވާ ގޮތަށް އެގޯތީގައި އިމާރާތް ކޮށްފައިވަނީ އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ހުއްދައެއް
ހައިކޯޓް
4e0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/16]
سرسراسر
ޚި
މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން
އެނގޭއިރު، އެކަން އެނޫން ގޮތަކަށް ހިނގާފައިވާކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުކޮށް ދެވޭ ފަދަ
ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް އަޙްމަދު ޒަކަރިއްޔާގެ ފަރާތުން ހުށަހެޅިފައި ނުވާތީ،
ގުލްބަހާރުގެ އެވެ ކިޔާ ގޯތީގެ އިމަށްވުރެ ބޭރަށް ނޫމަރާ ގޯޅިއަށް އެގޯޅީގެ ހުޅަނގުން 06 އިންޗި އަދި
އިރުމަތީ ކޮޅުން 9.5 އިންޗި އިތުރުވާ ގޮތަށް އިމާރާތް ކޮށްފައިވަނީ އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން
ހުއްދަ ހޯދައިގެން ނޫންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމެވެ.
އެހެންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އއ.ފެރިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U-7-C/31 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަން
ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
4
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އއ.ފެރިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/U-7-C/31 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްa
،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv