ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/230 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/230
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 230/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޣައްސާން ޝާކިރު
އައި.ޑީ.ކާޑު ނަންބަރު: A256833
ދާއިމީ އެޑްރެސް: ފަސްމީރު ބ.އޭދަފުށި
* މިހާރުގެ އެޑްރެސް:
0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު.
، ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 ޝަޢުބާން 1436
10 ޖޫން 2015
ނިމުނު ތާރީޚް: 19 ޝައްވާލު 1437
24 ޖުލައި 2016
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/F 10C/56
ނިންމިކޯޓު: މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވައްކަންކުރުން
ހުށަހެޅުނު ތާރީޚް: 24 ނޮވެމްބަރ 2014
ނިމުނު ތާރީޚް: 14 ފެބްރުއަރީ 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A123
ދަޢުވާގެ ޚުލާޞާ
މިއީ، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F 10C/56
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ބ.އޭދަފުށި ފަސްމީރު ޣައްސާން ޝާކިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް) އެވެ.
...
ގަކުރެވުނު ނުކުތާތައް:
» 0 =ހ8
އެއެeyށް
2
8 ހދ38 &
ނޫންކަމަށްބުނޭ،
1. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F10C/56 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ބ.އޭދަފުށި ފަސްމީރު ޣައްސާން ޝާކިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F10C/56 ޤަޟިއްޔާ
ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ބ.އޭދަފުށި އުފާ
ނާޝިޒް އަޙްމަދު ރަޝީދުއާއި، ބ.އޭދަފުށި މަލަސް ޢީޝާން ޢަބްދުލްޢަޒީޒް އާއި ބ.އޭދަފުށި ފަސްމީރު
ޣައްސާން ޝާކިރު، 31 އޮކްޓޯބަރ 2014 ދުވަހުގެ ވަގުތެއްގައި (ގަޑި ނޭނގޭ) ބ. އޭދަފުށި ޔޫއެލް ކެފޭގައި
ސައިބޯންތިބެގެން ބ.އޭދަފުށި ސްޓޯން ފިހާރައިން ވައްކަން ކުރުމަށްރާވާ، މީގެތެރެއިން ނާޝިކް އަޙްމަދު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2015/HC-A/230
ރަޝީދުއާއި، ޢީޝާން ޢަބްދުލްޢަޒީޒު 01 ނޮވެމްބަރ 2014 ވަނަ ދުވަހުގެ 13:00 އެހާކަށްހާއިރު،
ބ.އޭދަފުށި ދިގަލި ގޭގައި ހުންނަ ސްޓޯން ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން އެފިހާރައަށްވަދެ
އެފިހާރައިން ގިނަ އަދަދެއްގެ ފައިސާއާއި ސިނގިރޭޓްއާއި -/14946 (ސާދަހާސް ނުވަސަތޭކަ ސާޅީސް
ހައެއް) ރުފިޔާގެ އަގުހުރި ފޯނުކޯޑު ވަގަށްނަގާފައިވާތީ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި
132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި 137 ވަނަ މާއްދާއާއި 138 ވަނަ މާއްދާގެ ދަށުން ނާޝިކް
އަޙްމަދު ރަޝީދުއާއި އީޝާން ޢަބްދުލްޢަޒީޒުގެ މައްޗަށް ޖަމާޢަތްހަދައިގެން ތަނެއްހަލާކުކޮށްލައިގެން
ފިހާރައަކުން ދިހަހާސް ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއިން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި
ޤާނޫނުއުޤޫބާތުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ 131 ވަނަ މާއްދާގެ (ހ)
އާއި 132 ވަނަ މާއްދާއާއި 136 ވަނަ މާއްދާއާއި 137 ވަނަ މާއްދާއާއި 138 ވަނަ މާއްދާގެ ދަށުން
ޣައްސާން ޝާކިރުގެ މައްޗަށް ޖަމާޢަތްހަދައިގެން ތަނެއްހަލާކުކޮށްލައިގެން ފިހާރައަކުން -/10000 (ދިހަހާސް
ރުފިޔާ) އަށްވުރެ ގިނަ އަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ ކުށުގެ މައްޗަށް ދައުލަތުން ދަޢުވާކުރުމުން
ބަލާފައިވާ މައްސަލައެކެވެ.
3. މިޤަޟިއްޔާއާ ގުޅިގެން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/F10C/56 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރަ
ކުރައްވާފައިވަނީ،
"ދެންފަހެ، ބ.އޭދަފުށީ "މަލަސް" ޢީޝާން ޢަބްދުލްޢަޒީޒު އާއި، ބ.އޭދަފުށީ "ފަސްމީރު" ޣައްސާން
ޝާކިރުއާއި، ބ.އޭދަފުށީ "އުފާ" ނާޝިކް އަޙްމަދު ރަޝީދުގެ މައްޗަށް ދައުލަތުން ކުޅަ ޖަމާޢަތް ހަދައިގެން
ތަނެއް ހަލާކުކޮށްލައިގެން ފިހާރައަކުން -/10000 (ދިހަހާސް) ރުފިޔާއަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާއިން
ވައްކަންކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިއިރު ނާޝިކް އަޙްމަދު ރަޝީދުއާއި، ޣައްސާން ޝާކިރު
މިވައްކަން ކުރިކަމަށް އިންކާރުކުރި ނަމަވެސް މިމައްސަލައިގައި ތުހުމަތުކުރެވޭ ޢީޝާން ޢަބްދުލްޢަޒީޒު
ޝަރީޢަތުގައި މިވައްކަން ކުރިކަމަށް އިޢުތިރާފް ވެފައިވާތީ އާއި، އަދި މިވައްކަން ކޮށްފައިވަނީ ނާޝިކް
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
އަޙްމަދު ރަޝީދުއާއި، ޣައްސާން ޝާކިރުއާއި، ޢީޝާން ޢަބްދުލްޢަޒީޒުއާއި 03 (ތިނެއް) މީހުން ބައިވެރިވެގެން
ސްޓޯން" ފިހާރަ ފަޅައިލައިގެން ކަމަށާއި، އަދި "ސްޓޯން" ފިހާރައިން ވަގަށް ނަގާފައިވާ ފައިސާއާއި ތަކެތި
03 (ތިނެއް) މީހުންގެ މެދުގައި ބަހައިފައިވާ ކަމަށް ބުނެ ޢީޝާން ޢަބްދުލްޢަޒީޒު، ނާޝިކް އަޙްމަދު
ރަޝީދު އާއި ޣައްސާން ޝާކިރު އާއި ދެކޮޅަށް ހެކިބަސް ދީފައިވާތީއާއި، މިމައްސަލައިގެ ތަޙްޤީޤުގައި
ޣައްސާން ޝާކިރުއާއި ނާޝިކް އަޙްމަދު ރަޝީދު އެއްބަސްވެފައިވާތީއާއި، މިމައްސަލަ ޘާބިތު ކުރުމަށްޓަކައި
ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ބ.އޭދަފުށީ "ސްޓޯން" ފިހާރަ ފަޅާލައި ވަގަށް ނަގާފައިވާ ފައިސާ
ނާޝިކް އަޙްމަދު ރަޝީދު ދިރިއުޅޭ ބ.އޭދަފުށީ "އުފާ" ގެއިންނާއި، ޣައްސާން ޝާކިރު ދިރިއުޅޭ ބ.އޭދަފުށީ
"ފަސްމީރު ގެއިން ފެނިފައިވާކަމަށް ބުނެ ޝަރީޢަތުގައި ހެކިބަސް ދީފައިވާތީ ދަޢުލަތުން ހުށަހެޅި ހެކިންގެ
ހެކިބަހުންނާއި މައްސަލައިގައި ފެންނަންހުރި ގުޅިފައިވާ ޤަރީނާތަކުން ނާޝިކް އަޙްމަދު ރަޝީދުއާއި، ޣައްސާން
ޝާކިރުއާއި، އީނާޝް ޢަބްދުލްޢަޒީޒް ބ.އޭދަފުށި "ސްޓޯން" ފިހާރައިގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅާލައިގެން
އެފިހާރައިން ވައްކަން ކޮށްފައިވާކަން ޝަރީޢަތަށް ޘާބިތުވާތީ ވައްކަން ކުރުމުގެ ކުށުން ނާޝިކް އަޙްމަދު
ރަޝީދުއާއި، ޢީޝާން ޢަބްދުލްޢަޒީޒް އާއި ޣައްސާން ޝާކިރުއާއި 03 (ތިނެއް) މީހުން ކުށްވެރި ވެއްޖެކަމަށް
ކަނޑައަޅައި، އަދި މިއީ މިފަދަ ކުށެއް ޢީޝާން ޢަބްދުލްޢަޒީޒުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ،
ޢީޝާން ޢަބްދުލްޢަޒީޒުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 (ހައެއް)
މަސް ދުވަހަށް އަދި މިވައްކަން ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ތަނެއް ހަލާކުކޮށްލައިގެން ފިހާރައަކުން
-/10000 (ދިހަހާސް) ރުފިޔާއަށް ވުރެ މަތީ ޢަދަދެއްގެ ފައިސާއިން ކަމަށްވާތީ ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ
މާއްދާގެ ދަށުން 04 (ހަތަރެއް) މަސް ދުވަހަށް، ޤާނޫނުލްޢުޤޫބާތުގެ 136 ވަނަ މާއްދާގެ ދަށުން 06 (ހައެއް)
މަސް ދުވަހަށް، ޤާނޫނުލްޢުޤޫބާތުގެ 137 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރު ދުވަހަށް،
ޤާނޫނުލްޢުޤޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 06 (ހައެއް) މަސް ދުވަހަށް، އެކު ޖުމްލަ 02 (ދޭއް)
އަހަރާއި 10 (ދިހައެއް) މަސް ދުވަހުގެ މުއްދަތަށް ޢީޝާން ޢަބްދުލްޢަޒީޒް ޖަލަށް ލުމަށާއި، އަދި މިއީ
ޣައްސާން ޝާކިރުގެ މައްޗަށް މިފަދަ ވައްކަމުގެ ކުށެއް ޘާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، ޣައްސާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
5
2015/HC-A/230
ޝާކިރުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 10 (ދިހައެއް) މަސް ދުވަހަށް،
މިވައްކަން ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ތަނެއް ހަލާކުކޮށްލައިގެން ފިހާރައަކުން -/10000 (ދިހަހާސް)
ރުފިޔާއަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާއިން ކަމަށްވާތީ ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 04
(ހަތަރެއް) މަސް ދުވަހަށް، ޤާނޫނުލްޢުޤޫބާތުގެ 136 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރު ދުވަހަށް،
ޤާނޫނުލްޢުޤޫބާތުގެ 137 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރު ދުވަހަށް، ޤާނޫނުލްޢުޤޫބާތުގެ 138 ވަނަ
މިއީ
04
މާއްދާގެ ދަށުން 01 (އެކެއް) އަހަރު ދުވަހަށް، އެކު ޖުމްލަ 05 (ފަހެއް) އަހަރާއި 2 (ދޭއް)މަސް ދުވަހުގެ
މުއްދަތަށް ޣައްސާން ޝާކިރު ޖަލަށް ލުމަށާއި، ނާޝިކް އަޙްމަދު ރަޝީދުގެ މައްޗަށް މިފަދަ ވައްކަމެއް
ޘާބިތުވި ދެވަނަ ފަހަރު ކަމަށްވާތީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 02 (ދޭއް) އަހަރު
ދުވަހަށް، އަދި މީނާ މިވައްކަން ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ތަނެއް ހަލާކުކޮށްލައިގެން ފިހާރައަކުން
-/10000 (ދިހަހާސް) ރުފިޔާއަށް ވުރެ މަތީ ޢަދަދެއްގެ ފައިސާއިން ކަމަށްވާތީ ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ
މާއްދާގެ ދަށުން 04 (ހަތަރެއް) މަސް ދުވަހަށް، ޤާނޫނުލްޢުޤޫބާތުގެ 136 ވަނަ މާއްދާގެ ދަށުން 1 (އެކެއް)
އަހަރު ދުވަހަށް، ޤާނޫނުލްޢުޤޫބާތުގެ 137
ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރު ދުވަހަށް،
ޤާނޫނުލްޢުޤޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 1 (އެކެއް) އަހަރު ދުވަހަށް، އެކު ޖުމްލަ 06 (ހައެއް)
އަހަރާއި 04 (ހަތަރެއް) މަސް ދުވަހުގެ މުއްދަތަށް ނާޝިކް އަޙްމަދު ރަޝީދު ޖަލަށް ލުމަށް ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީމެވެ" މިފަދައިންނެވެ.
4. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F10C/56 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ،
ބުނެ، ބ.އޭދަފުށި ފަސްމީރު ޣައްސާން
ޝާކިރުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
0
ވައްކަމެއްކަމަށް
• ފުރަތަމަ ނުކުތާއަކީ: މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/F10C/56 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ 3 މީހުން ބައިވެރިވެގެން ކުރި
ކަނޑައަޅައި ޢުޤޫބާތްދިނުމުގައި ވައްކަންކުރި މީހާއަށްވުރެ މިކަމަށް އިންކާރުކުރާ ދެމީހުންގެ ޢުޤޫބާތް ބޮޑުވެފައި
އަދި އިންކާރުކުރި ދެމީހުންގެ ތެރެއިން އެކެއްގެ އަދަބު ބޮޑުވެފައިވާކަމުން އަދަބު ކަނޑައެޅުމުގައި
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިބުނާ ޤާނޫނީ ހަމަހަމަކަމުގެ މައްޗަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ޣައްސާން ޝާކިރުގެ ތަޙުޤީޤު ބަޔާނަށް ޝަރީޢަތުގައި އިންކާރުކޮށްފައިވާއިރު
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގައި ވާ އިޢުތިރާފް ފިޔަވައި އެހެން
އިޢުތިރާފެއް ވިއްކަމުގައި ނުބެލެވޭނެ
ޣައްސާން ޝާކިރުގެ މައްޗަށް ކުށްސާބިތުކޮށްފައިވަނީ
ތަހުޤީޤުގައިވެފައިވާ އިޢުތިރާފުގެ މައްޗަށްކަން އެނގެންއޮތްއިރު މިމާއްދާއަށް ފުށުއަރާފަދައަކުން އެކަމަށް
ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
2ޑޑ 4
4 ކމ އ
در سراسر
ންކުeއވެ
• ތިންވަނަ ނުކުތާއަކީ: ޣައްސާން ޝާކިރުގެ މައްޗަށް ކުށް ސާބިތުކުރުމުގައި އެކުށްކުރި މީހާގެ
ހެކިބަސް ބަލައިގަނެފައިވާއިރު އެކަމަކީ ޖިނާއީ ޢަދުލުގެ މިންގަނޑުތަކަށް ބަލާނަމަ ކުށްކުރި މީހާގެ ހެކިބަސް
ޤަބޫލުކުރެވޭނެ ޝަރުޢީ އެއްވެސް ހަމައެއް ނެތްކަމާއި އަދި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި
ބުނެފައިވާފަދައިން އެމާއްދާއާއި ޚިލާފަށް ހެކިހޯދުމަކީ އެއްވެސް ފަރާތަކުން
ކުށްގެންނުވާނެ ކަމެއްކަމާއި
އެގޮތަށް ބަޔާންތަކާއި ހެކިތައް
ނުވާހިނދު
ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހ28ތ
a332
4
ޤްބޫލުކޮށްގެން
މިވއދއށް
ޑ 8
4
2 ހއދވ
އއ00ކށް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ށްނަ!ތ ޝި0
2015/HC-A/230
· 44
އެ ގެ
• ހަތަރުވަނަ ނުކުތާއަކީ: ޣައްސާން ޝާކިރުގެ ގޭގައި ހުރިކަމަށް ބުނާ ފައިސާއަކީ އޭނާއާއި
ރައްޓެހި ކުއްޖެއްކަމަށްވާ އީޝާން އޭނާއާއި ޙަވާލުކޮށްފައިވާ ފައިސާއެއްކަން ބަޔާންތަކުން އެނގެންއޮތްއިރު
މިފައިސާގެ އެއްވެސް ބޭނުމެއް ޣައްސާން ޝާކިރު ކޮށްފައިނުވާކަމުން މިކަމަށް ރިޢާޔަތްކުރެއްވުމެއްނެ
އެނެތި އޭނާގެ
މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމުގައި ބަޔާންކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F10C/56
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ބ.އޭދަފުށި ފަސްމީރު
ޣައްސާން ޝާކިރުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014/F10C/56 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު އެމައްސަލައަކީ،01
ނޮވެމްބަރ 2014 ވަނަ ދުވަހުގެ 13:00 އެހާކަށްހާއިރު، ބ.އޭދަފުށި ދިގަލި ގޭގައި ހުންނަ ސްޓޯން
ފިހާރައިގެ ދޮރުގެ ބިއްލޫރި ގަނޑު ތަޅާލައިގެން އެފިހާރައަށްވަދެ އެފިހާރައިން ގިނަ އަދަދެއްގެ ފައިސާއާއި
ސިނގިރޭޓްއާއި
-/14946 (ސާދަހާސް ނުވަސަތޭކަ ސާޅީސް ހައެއް) ރުފިޔާގެ އަގުހުރި ފޯނުކޯޑު، ބ.އޭދަފުށީ
ފަސްމީރު ޣައްސާން ޝާކިރުއާއި ބ.އޭދަފުށީ އުފާ ނާޝިކް އަޙްމަދު ރަޝީދުއާއި ބ.އޭދަފުށި މަލަސް ޢީޝާން
ޢަބްދުލްޢަޒީޒް ވަގަށް ނަގާފައިވާތީ، އެތިން މީހުންގެ މައްޗަށް ޖަމާޢަތް ހަދައިގެން ތަނެއް ހަލާކުކޮށްލައިގެން
ފިހާރައަކުން -/10000 (ދިހަހާސް) ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ ކުށުގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެވެމްގަފިއެހެfން 3325029، ފެކްސް 3316471
އީމެއިލް nfo
:
highcourt.gov.mvގެ ވެބްސައިޓް:www.highcourt.gov.mv
8
2015/HC-A/230
ދަޢުވާ ދައުލަތުން ކުރުމުން ބަލާފައިވާ މައްސަލައެއްކަމާއި، އެދަޢުވާއަށް ޣައްސާން ޝާކިރު ޝަރީޢަތުގެ
މަޖިލީހުގައި އިންކާރުކޮށްފައިވާކަމެވެ.
(ށ) ދެވަނަ ކަމަކީ، ތަޙްޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގައި އެކުށުގެ
ޢަމަލަށް އިންކާރުކުރާ ޙާލަތްތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭނެ ގޮތްތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި
ދިވެހިރާއްޖޭގެ ހައިކޯޓުން މީގެކުރިން ކަނޑައަޅުއްވާފައިވާކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ތަޙްޤީޤު
މަރުޙަލާއެއްގައި މުއްތަހަމު މީހާ މަޖުބޫރުކަމެއް ނެތި ދޭ ބަޔާނެއްގައި، ކުށަކާމެދު ވާ އިޢުތިރާފަށް ބާރު
ލިއްބައިދޭ ގުޅިފައިވާ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތަކެއް ހުރެއްޖެނަމަ، ތަޙްޤީޤު މަރުޙަލާގައި
ކުށްކުރިކަމުގެ މައްޗަށް ވެވޭ އެއިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި
ބަލައިގަނެވިދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 16/SC-A/2009 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވުމުގެ އިތުރުން، ތަޙްޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގައި އެކުށުގެ
ޢަމަލަށް އިންކާރުކުރާ ޙާލަތްތަކުގައި، އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެނިހެން ހެކިތަކާ ޤަރީނާތަކުގެ
މައްޗަށް ބަލައި، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ގައިވާ މިންގަނޑުން، އެމީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި އެމީހަކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ މައްޗަށް
ބާރުލިއްބައިދޭފަދަ ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ، އެ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް
އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުކުރެވިދާނެކަމަށާއި، އަދި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި
މުއްތަހަމު މީހާ ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގެ މަޖިލީހުގައި އެއިޢުތިރާފުން ރުޖޫޢަވެއްޖެނަމަ،
އިޢުތިރާފުން ރުޖޫޢަވުމާއި އެރުޖޫޢަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ތަޤްރީމުކުރުމުގެ ބާރު މައްސަލަ ބަލާ
ފަނޑިޔާރަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
14/HC-A/2012 އަދި 274/HC-A/2009 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާކަމާއި،
2011/HC-A/94
އަދި
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2015/HC-A/230
cu COCCO
އެހެންކަމުން، އިޢުތިރާފުގެ މައްޗަށް ބިނާކޮށް، ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ
މައްސަލަތަކުގައި، ތަޙްޤީޤުގައިވާ އިޢުތިރާފުން ޝަރީޢަތުގައި ރުޖޫޢަވާ މައްސަލަތަކުގައި ޝަރީޢަތުން ޙުކުމް
ކުރުމުގައި، އެމީހަކު ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ އިތުރުން އެމީހަކާ އިދިކޮޅަށް ހުރި ހެތިކަތާއި
ޤަރީނާތަކަކީ ކޮބައިތޯ ބަލާ އެކަންކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް އެ ހެކިތަކާއި ޤަރީނާތައް
ވަޒަންކުރެވެންޖެހޭނެކަމާއި، އަދި އެމީހަކު ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ އިތުރުން، އެމީހެއްގެ މައްޗަށް
ހުށަހެޅިފައިވާ އެހެނިހެން ހެކިތަކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް އެ ހެކިތަކާއި ޤަރީނާތައް ވަޒަންކުރުމުގައި،
އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ
މިންގަނޑުން، އެމީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި އެމީހަކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ މައްޗަށް
ބާރުލިއްބައިދޭފަދަ ހަރުދަނާ ހެކި ޤަރީނާ ހުރިކަމަށް މައްސަލަ ބަލާ ފަނޑިޔާރަކަށް ޤަބޫލުކުރެވޭނަމަ، އެ
ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުކުރެވިދާނެކަން
44ހ2 4
އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދައުލަތުން ޣައްސާން ޝާކިރުގެ މައްޗަށް ކުރި ޖަމާޢަތްހަދައިގެން
ތަނެއްހަލާކުކޮށްލައިގެން ފިހާރައަކުން -/10000 (ދިހަހާސް) ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާއިން
ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ޣައްސާން ޝާކިރު ޝަރީޢަތުގައި އިންކާރުކުރުމާ ގުޅިގެން އެދަޢުވާ
ސާބިތުކުރުމުގެ ގޮތުން ދައުލަތުން، ޣައްސާން ޝާކިރުއާއި ނާޝިކު އަޙްމަދު ރަޝީދާއި ޢީޝާން ޢަބްދުލްޢަޒީޒު
ތަޙުޤީޤަށް ދީފައިވާ ބަޔާނާއި، ހެކިންގެ ގޮތުގައި ޕޮލިސް ސަރޖަންޓް ސިމާން ސަޢީދާއި، ޕޮލިސް ކޯޕްރަލް
މުޙައްމަދު އިމްޔާންއާއި، ޕޮލިސް ކޯޕްރަލް ޝާމް ޢުމަރާއި، ޕޮލިސް ލާންސް ކޯޕްރަލް މަމްނޫން މުޙައްމަދާއި،
ޕޮލިސް ކޯޕްރަލް އިބްރާހީމް މުޙައްމަދާއި، ޕޮލިސް ކޮންސްޓަބަލް ޢަބްދުﷲ ރަޝީދުއާއި، ޕޮލިސް
ލާންސްކޯޕްރަލް ޙުސައިން ފާސިރުއާއި ޕޮލިސް ކޯޕްރަލް ޢަލީ މުސްތަފާއާއި ބ. އޭދަފުށީ ދޭދަރުގެ ޢަލީ ޝަކީބް
ހުށަހަޅާފައިވާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2015/HC-A/230
ދައުލަތުން ހުށަހެޅި މިދެންނެވުނު ހެކިންގެ ހެކިބަސްތަކަށް ބަލާއިރު، ޕޮލިސް ސަރޖަންޓް ސިމާން
ސަޢީދާއި ޕޮލިސް ކޯޕްރަލް މުޙައްމަދު އިމްޔާން ދިން ހެކިބަހުގައި، ޣައްސާން ޝާކިރުގެ ގެއިން، އެވައްކަމުގައި
ގެއްލިފައިވާ ތަކެތީގެ ތެރެއިން އޭނާގެ މަންމައާއި ބައްޕަ ނިދާ ކޮޓަރީގެ ތެރޭގައި ހުރި އަލަމާރިއެއްގެ
މަތީގައިހުރި ކުޝަންތަކެއްގެ ތެރެއިން 10 (ދިހައެއް) ރުފިޔާގެ ނޫޓްތަކެއް ފެނިފައިވާކަމަށް ބުނެފައިވާކަމާއި،
20 8
ޕޮލިސް ކޯޕްރަލް ޝާމް ޢުމަރު ދިން ހެކިބަހުގައި، 30 އޮކްޓޯބަރ 2014 ވަނަ ދުވަހު ބ.އޭދަފުށީ
ޔޫއެލް ކެފޭގައި ސައިބޮންތިބެ ބ.އޭދަފުށި އުފާ ނާޝިކް އަޙްމަދު ރަޝީދާއި، ބ.އޭދަފުށި ފަސްމީރު ޣައްސާން
ޝާކިރާއި، ބ.އޭދަފުށީ މަލަސް ޢީޝާން ޢަބްދުލްޢަޒީޒު އާ 03 (ތިނެއް) މީހުންވެގެން އެވައްކަން ރާވައި
ހިންގާފައިވާކަން ފުލުހުން ހޯދި ހޯދުމުގެ މައްޗަށް ތަޙުޤީޤަށް އެނގިފައިވާކަމަށާއި، އަދި ސްޓޯން ފިހާރައިން
ގެއްލިފައިވާ ތަކެތި ފެނުނު ތަންތަން ބަޔާންކުރަމުން، އެތަނުން އެއްބައި ފައިސާ އެރަށު ފަސްމީރު ޣައްސާން
ޝާކިރުމެންގެ ގޭގައި ހުރި އޭނާގެ މަންމަ ނިދާ ކޮޓަރީގައިހުރި ކަބަޑެއްގެ މަތީގައި ހުރި ކުޝަންތަކުގެ
ތެރެއިން ފެނުނުކަމަށް ބުނެފައިވާކަމާއި،
ޕޮލިސް ލާންސް ކޯޕްރަލް މަމްނޫން މުޙައްމަދު ދީފައިވާ ހެކިބަހުގައި، އެވައްކަމަކީ ރާވައިގެން
ހިންގުނު ވައްކަމެއްކަން ފާހަގަކުރެވުނު ކަމަށާއި، އެކަން ފާހަގަކުރެވިފައިވަނީ އެވައްކަން ހިންގުމުގެ އެއް
ދުވަސް ކުރިން އެރަށު ޔޫއެލް ޕޮއިންޓްގައި ތިބެ އެވައްކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާތީ ކަމަށާއި،
ތަޙުޤީޤަށް އެނގުނު ގޮތުގައި އެވައްކަން ރާވައި ހިންގުމުގައި ބައިވެރިވެފައިވަނީ 03 (ތިނެއް) މީހުން ކަމަށާއި،
ނަމަވެސް އެވައްކަމުގެ ޢަމަލު ސީދާ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވަނީ ނާޝިކް އަޙްމަދު
ރަޝީދުއާއި ޢީޝާން ޢަބްދުލްއަޒީޒުކަމަށާއި، އެފިހާރައިން ގެއްލުނު ބައެއް ތަކެތި އެމީހުން ދިރިއުޅޭ ތަންތަނުން
ފެނިފައިވާއިރު ބައެއްތަކެތި ފަޅުގެއަކުން ފެނިފައިވާކަމަށާއި، އަދި ފިހާރައިގެ ވެރިފަރާތުން ވައްކަމުގައި ގެއްލުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
އެއެވަރުގެ
ޢަދަދެއް ފެނިފައިވާކަމަށް ބުނެފައިވާކަން
ފައިސާގެ ޢަދަދުކަމަށް ބުނެފައިވާ ޢަދަދާއި
ފާހަގަކުރެވޭކަމާއި،
ޕޮލިސް ކޮންސްޓަބަލް ޢަބްދުﷲ ރަޝީދު ދީފައިވާ ހެކިބަހަށް ބަލާއިރު، އެމައްސަލައާ ގުޅިގެން
ނާޝިކް އަޙްމަދު ރަޝީދާއި ޣައްސާން ޝާކިރުގެ މައްޗަށް އެވައްކަން ކުރިކަމަށް ތުހުމަތުކުރެވުނީ އެމީހުންގެ
އަތުން ހެއްކާ ޤަރީނާ ފެނިގެން ތަޙްޤީޤުގައި ސުވާލުކުރުމުން އެއްބަސްވެފައިވާތީކަމަށާއި، ނާޝިކް އަޙްމަދު
ރަޝީދުމެންގެ ގޭގެ ބޭރުން އެތެރެއަށް ވަންނަ މައިދޮރުގެ ބިއްދޮށް ފަރާތުގައި ވަޅުލާފައިވާ ފައިސާތަކެއް
ފެނިފައިވާކަމަށާއި، ޢަބްދުﷲ ރަޝީދު ދިޔައީ ހަމައެކަނި ނާޝިކް އަޙްމަދު ރަޝީދުމެންގެ ގެ
ބަލާފާސްކުރަންކަމުން އެހެންތަނަކުން
އެހެން
ފެނިފައިވާކަމެއް
4922 84
ފާއެކާމާގުޅޭ
އެއްޗެއް
4 4ދ 01
ނޭނގޭކަށް
ބުނެފައިވާކަމާއި،
ޕޮލިސް ލާންސްކޯޕްރަލް ޙުސައިން ފާސިރުގެ ހެކިބަހަށް ބަލާއިރު އެހެކިބަހުގައި، އެހާދިސާ
ހިނގާފައިވާ ސަރަޙައްދުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އެފިހާރައިގެ ބިއްލޫރިގަނޑު ވަރަށް ބޮޑަށް
ތަޅާލާފައިވާކަމަށާއި، ވަތްގަނޑުގައި ހުރި ފައިސާތައް މަދުވެފައިވާކަން ފާހަގަކުރެވުނު ކަމަށާއި، ބިއްލޫރި
ގަނޑު ތަޅާލާފައިވަނީ އެއްޗަކުން ޖަހައިގެންކަމަށާއި، ބިއްލޫރިގަނޑު ތަޅާލުމަށް ބޭނުންކޮށްފައިވާ ދަގަނޑެއް
އެސަރަޙައްދުގައި ހުރި ޖޯއްޔެއްގެ ކައިރިން ފެނިފައިވާކަމަށާއި، އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމުގެ އިތުރުން
އެފިހާރަ ހުންނަ ގޭގެ ކޮޓަރިއެއްގެ ދޮރެއް ވަރަށް ބޮޑަށް މަތާލައި، އެގޭގެ ދެކުނު ފަރާތުގައި ހުންނަ ގުދަނުގައި
ހުރި ތަޅުވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައިކަމަށް ބުނެފައިވާކަމާއި،
ޕޮލިސް ކޯޕްރަލް ޢަލީ މުސްތަފާގެ ހެކިބަހުގައި، އެވައްކަމުގައި 03 (ތިނެއް) ފަރާތެއްގެ މައްޗަށް
ތުހުމަތުކުރެވުނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތާއި އަދި އެރޭގެ ދަންވަރު އެފަރާތްތަކުން ހޭލާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
އުޅެފައިވާކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން ކަމަށާއި، ތަޙްޤީޤުގައި ސުވާލުކުރުމުން ޢީޝާން ޢަބްދުލްޢަޒީޒު ގެ
އަތުގައި އެފިހާރައިން ވަގަށް ނަގާފައިވާ ބައެއް ތަކެތި ހުރިކަމަށް ބުނެ އެއްބަސްވެފައިވާ ކަމަށާއި،
އެވައްކަމުގައި ނަގާފައިވާ ތަކެތީގެ ތެރެއިން ދަނާލް ކައިރި ސަރަޙައްދެއްގައި ކޮތަޅަކަށްލައި ވަޅުލާފައިވާ
ފައިސާތައް ޢީޝާން ޢަބްދުލްޢަޒީޒު ދެއްކުމުން ނަގާފައިވާނެކަމަށާއި، އަދި ބ.އޭދަފުށި އުފާ ގެއަށް ވަންނަ
މައި ދޮރު ކައިރިން ފައިސާތަކެއް ވަޅުލާފައި ހުއްޓައި ނާޝިކް އަޙްމަދު ރަޝީދުގެ ހާޒިރުގައި
ނަގާފައިވާނެކަމަށާއި، ޢަލީ މުޞްތަފާ ޣައްސާން ޝާކިރުގެ ގެ ބަލާ ފާސްކުރަން ނުދާކަމަށް ބުނެ
ހެކިބަސްދީފައިވާކަމާއި،
އަދި އެމައްސަލާގައި ހެއްކެއްގެ ގޮތުގައި ހާޒިރުކުރެވުނު އޭދަފުށީ ދޭދަރުގެ ޢަލީ ޝަކީބްގެ
ހެކިބަހުގައި، އޭނާގެ ބެލުމުގެ ދަށުގައި ހުރި އެރަށު ފަހިދޫގެ ބަލާފާސްކުރެވިފައިވަނީ އޭނާގެ ހާޒިރުގައި
ކަމަށާއި، އެގެ ބަލާފާސްކުރަން ދިޔައިރު އޭނާއާއި ފުލުހުންގެ އިތުރުން ޢީޝާން ޢަބްދުލްޢަޒީޒުވެސް
ހުރިކަމަށާއި، ވައްކަން ކޮށްގެން ގެނައި ތަކެތި ވީ ކޮންތާކުތޯ ފުލުހުން ޢީޝާން ޢަބްދުލްޢަޒީޒާ ސުވާލުކުރުމުން
ޢީޝާން ޢަބްދުލްޢަޒީޒު ޖީބުން ތަޅުދަނޑިއެއް ނަގައި އެގޭގެ ކޮޓަރިއެއްގައި ހުރި ކަބަޑެއް ހުޅުވައި 03
(ތިނެއް) ފޮށި ސިނގިރޭޓް ކާޓޫން ދެއްކުމުން ފުލުހުން އެ ނެގިކަމަށާއި، އަދި އެގޭގެ ގޯތި ތެރޭގައި ހުރި ގަސް
އިންދަން ހަދާފައިވާ ބާލިދީއެއް އޮއްސާލުމަށް ފުލުހުން އެދުމުން ޢަލީ ޝަކީބާ އެކަމަށް ހުއްދަދިނުމުން އެ
ބާލިދީ ފުލުހުން އޮއްސާލިއިރު އޭގައި ފޯނު ކާޑުތަކެއް ވަޅުލާފައި ހުއްޓައި ފެނިފައިވާކަމަށް ބުނެފައިވާކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ތަޙުޤީޤަށް ޣައްސާން
ޝާކިރު ދީފައިވާ ބަޔާނުގައި، 31 އޮކްޓޯބަރ 2014 ވަނަ ދުވަހުގެ 17:40 ހާއިރު ބ.އޭދަފުށި ޔޫއެލް
ޕޮއިންޓް ކެފޭއަށް ސައިބޯން ޣައްސާން ޝާކިރުއާއި ނާޝިކް އާއި ޢީޝާން ދިޔަކަމަށާއި، އެތަނުގައި ސައިބޯން
ތިބެ ޣައްސާން ޝާކިރުއާއި އިޝާން ކައިރީގައި ނާޝިކް، މިރޭ "ދިގަލި" ފިހާރަ ފަޅާލުން އެބައޮތްކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެއް%2
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
ދާންވާނެކަމަށް ބުނިކަމަށާއި، 2014 ނޮވެމްބަރ 01 ވަނަ ދުވަހު 00:30 ހާއިރު ޣައްސާން ޝާކިރުއާއި
އީޝާން ބ.އޭދަފުށި ގޯލްޑަން ބްރައުން ކެފޭއިން ކޮފީ ބޮއިގެން ގެއަށް ދާން އުޅެނިކޮށް އީޝާން ޣައްސާން
ޝާކިރު ގާތު ސައިކަލް ދިނުމަށް ބުނުމުން އީޝާން އަށް ސައިކަލް ދިނުމަށްފަހު ހިނގާފައި ގެއަށް
ދިޔަކަމަށާއި، އޭގެ ފަހުން ގެއިން ބޭރަށް ނުނުކުންނަކަމަށާއި، ގާތްގަނޑަކަށް 02:00 ހާއިރު އީޝާން އަށް
ގުޅައި ކޮންތާކުހޭ އެހުމުން، ދޮންބިލެއްމެން ގޭކައިރީގައި ދިގަލި ފިހާރަ ފަޅާލުމުގެ ކަންތަކުގަ ނާޝިކް އާ
އެކީގަ ކަމަށާއި ކުޑައިރުކޮޅަކުން ގުޅާނެކަމަށް ބުނެ އީޝާން ފޯނު ކަނޑާލީކަމަށާއި، ގާތްގަނޑަކަށް 03:00
ހާއިރު އީޝާން ޣައްސާން ޝާކިރުއަށް ގުޅައި ކޮންތާކުހޭ އެހުމުން ގޭގައި ކަމުގައި ބުނިކަމަށާއި، އަދި
ޣައްސާން ޝާކިރު ޢީޝާން ގާތު ސައިކަލް ފަތިހު ބޭނުންވާނެއޭ ބުނުމުން ޢީޝާން އޭނާގެ ރިސޯޓް މީހަކު
އަންނާތީ ސައިކް ފަތިހަށް ބޭނުމޭ ބުނިކަމަށާއި، އޭގެ ކުޑައިރުކޮޅެއް ފަހުން އީޝާން ޣައްސާން ޝާކިރުގެ
ގެއަށް ވަދެ ޣައްސާން ޝާކިރުގެ އަތަށް 10 (ދިހަ ރުފިޔާ) ގެ 01 (އެކެއް) ބަންޑެލިއާއި 05 (ފަސްރުފިޔާ)
ގެ 04 (ހަތަރެއް) ބަންޑެލި ދިނުމަށް ފަހު ހެނދުނު ބަލާ އަންނާނޭކަމަށް ބުނެ އޭނާ ގެއިން ނުކުމެގެން
ދިޔަކަމަށާއި، އަދި އެވަގުތު ޣައްސާން ޝާކިރު އީޝާން އަށް ގުޅައި އެފައިސާތަށް ބަލާ އަންނާށޭ
ބުނިންކަމަށާއި، އިޝާން އައިސް ޣައްސާން ޝާކިރު އަތަށް ދިން ފައިސާގެ ތެރެއިން އެއްބައި 05
(ފަސްރުފިޔާ) ގެ 04 (ހަތަރެއް) ބަންޑެތި ގެންދިޔަކަމަށާއި، އަދި ފަތިހު ހޭލާފައި ބާކީބައި ބަލާ
އަންނާނެކަމަށް ބުނިކަމަށާއި، އެފައިސާއަކީ ބ.އޭދަފުށި ސްޓޯން ފިހާރަ ފަޅާލައިގެން ނަގާފައިވާ ފައިސާކަން
ޣައްސާން ޝާކިރަށް އެނގޭކަމަށާއި، އެފިހާރަ ފަޅާލައި ފައިސާ ނަގާފައިވަނީ ނާޝިކާ އާއި އިޝާން ކަން
އެނގޭކަމަށާއި އެކަން އެނގެނީ 31 އޮކްޓޯބަރ 2014 ވަނަ ދުވަހު 17:30 ހާއިރު ބ.އޭދަފުށި ޔޫއެލް
ޕޮއިންޓް ކެފޭ ތެރޭގައި 3 (ތިނެއް) މީހުން ތިބެ ރާވާފައި ވާތީ ކަމަށާއި، އަދި 2014 ނޮވެމްބަރ 01 ވަނަ
ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ޣައްސާން ޝާކިރު ގެންގޮސް، ފުލުހުންނާއެކު ޣައްސާން ޝާކިރު ދިރިއުޅޭ
ގެއަށް ގޮސް އީޝާން ޙަވާލުކޮށްފައިހުރި 10 (ދިހައެއް) ރުފިޔާ ގެ 1 (އެކެއް) ބަންޑެލި ޣައްސާން
ޝާކިރުގެ ބައްޕަ ނިދާ ކޮޓަރި އަލަމާރި މަތީގައި ހުރި ކުޝަން ތަކުގެތެރެއިން ނަގައި ފުލުހުންނާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
ޙަވާލުކުރިކަމަށް ބުނެ ޣައްސާން ޝާކިރު ތަޙުޤީޤަށް ބަޔާންދީފައިވާއިރު، އެބަޔާނަށް ޣައްސާން ޝާކިރު
ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވީނަމަވެސް، ޝަރީޢަތަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބެއް،
އެކަމަށް އޭނާއަށް
ދެއްކިފައިނުވާކަން ފާހަގަކުރެވޭކަމާއި،
ހ8 994ތ4
އއސކރމަށް
ޣައްސާން ޝާކިރު ޝަރީޢަތަށް ދިން ބަޔާނުގައި 01 ނޮވެމްބަރ 2014 ވަނަ ދުވަހުގެރޭ
ޣައްސާން ޝާކިރު ދުއްވާ ސައިކަލު ދުއްވުމަށްޓަކައި ޢީޝާން ޢަބްދުލްޢަޒީޒަށް ދިންކަމަށާއި، އެރޭގެ ދަންވަރު
5:00 ކަންހާއިރު ޢީޝާން ޢަބްދުލްޢަޒީޒް ޣައްސާން ޝާކިރުގެ ގެއަށް އައިސް -/10 (ދިހައެއް) ރުފިޔާގެ
ބަންޑެލި ނޫޓް ޙަވާލުކުރިކަމަށާއި، އެފައިސާތައް ޣައްސާން ޝާކިރު ދިރިއުޅޭ ކޮޓަރީގެ އަލަމާރިމަތީގައި ހުރި
ކުޝަންތަކުގެ ތެރެއަށްލާ ރައްކާކޮށްފައި ބެހެއްޓިކަމަށާއި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޢީޝާން އައިސް
އެފައިސާތަކުން ބައެއް ފައިން ގެންދިޔަކަމަށާއި، ގެންދިޔައީ ކިހާ ފައިސާއެއްކަމެއް ނޭންގޭކަމަށާއި އަދި
ދިނީ ކިހާ ފައިސާއެއްކަމެއްވެސް ބުނަން ނޭންގޭކަމަށްބުނެ ޣައްސާން ޝާކިރު ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވާކަން ފާހަގަކުރެވޭއިރު، ދައުލަތުން ކުރި ވައްކަމުގެ މިދަޢުވާއަށް ތަޙުޤީޤުގައާއި
ޝަރީޢަތުގައި އިޢުތިރާފުވެފައިވާ ބ.އޭދަފުށީ މަލަސް ޢީޝާން ޢަބްދުލްޢަޒީޒު ދައްކާފައިވާ ވާހަކަތަކުގައި
ޣައްސާން ޝާކިރު ތަޙުޤީޤުގައާއި ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާ އެއްގޮތަށް ވާހަކަދައްކާފައިވާކަން
ފާހަގަކުރެވޭކަމާއި، އެގޮތުން ބ.އޭދަފުށީ ޔޫ އެލް ޕޮއިންޓުގައި ޢީޝާން ޢަބްދުލްޢަޒީޒާއި ނާޝިކް އަޙްމަދު
ރަޝީދުއާއި ޣައްސާން ޝާކިރުއާ 03 (ތިނެއް) މީހުން ތިބެ ވައްކަން ރާވާފައިވާކަމާއި، އަދި ޣައްސާން
ޝާކިރުގެ ބަޔާނުގައި ބުނެފައިވާ ފަދައިން ޣައްސާން ޝާކިރުގެ ސައިކަލް އެރޭ ޢީޝާން ޢަބްދުލްޢަޒީޒު
ދުއްވުމަށް ދީފައިވާކަމާއި، އަދި އެވައްކަމުން ނެގި ފައިސާގެ ބައެއް ޣައްސާން ޝާކިރުއާ ޙަވާލުކުރިކަން
ޢީޝާން ޢަބްދުލްޢަޒީޒުގެ ބަހުން އެނގެންއޮންނަކަމާއި،
ه4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
1 2 3
އެހެންކަމުން، މިދެންނެވުނު ކަންކަމުގެ މައްޗަށް ބަލާއިރު، ޣައްސާން ޝާކިރުގެ މައްޗަށް ދައުލަތުން
ކޮށްފައިވާ ދަޢުވާއަށް ޝަރީޢަތުގައި އޭނާ އިންކާރުކޮށްފައިވީނަމަވެސް، ޣައްސާން ޝާކިރު ތަޙުޤީޤަށް ދީފައިވާ
ބަޔާނަށް ބާރުލިއްބައިދޭ ކަންކަން، މިމައްސަލާގައި ހުށަހެޅިފައިވާ ހެކިންގެ ހެކިބަހުންނާއި، ޣައްސާން ޝާކިރު
ޝަރީޢަތަށް ދީފައިވާ ބަޔާނުންނާއި، ދައުލަތުން ކުރި މިދަޢުވާއަށް އިޢުތިރާފުވެފައިވާ ބ.އޭދަފުށީ މަލަސް
ޢީޝާން ޢަބްދުލްޢަޒީޒުގެ ބަހުން އެނގެންއޮތުމުން، މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) ގައި ވާ މިންގަނޑުން ޣައްސާން ޝާކިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/F10C/56 ޤަޟިއްޔާގައި ދައުލަތުން އުފުލާފައިވާ ދަޢުވާ ނާޝިކް އަޙްމަދު ރަޝީދުއާއި ޣައްސާން
ޝާކިރުއާއި ޢީޝާން ޢަބްދުލްޢަޒީޒުގެ މައްޗަށް ޘާބިތުވާކަމަށް ކަނޑައަޅުއްވައި، އެއީ އެފަދަ ކުށެއް ޢީޝާން
ޢަބްދުލްޢަޒީޒުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
އާއި، 132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި، 137 އަދި 138 ވަނަ މާއްދާއާ ޙަވާލާދީ ޢީޝާން
ޢަބްދުލްޢަޒީޒު 02 (ދޭއް) އަހަރާއި 10 (ދިހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، އަދި މިއީ
ޣައްސާން ޝާކިރުގެ މައްޗަށް މިފަދަ ވައްކަމެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 131
ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި، 137 އަދި 138 ވަނަ މާއްދާގެ
ދަށުން ޖުމްލަ 05 (ފަހެއް) އަހަރާއި 02 (ދޭއް) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މިއީ ނާޝިކް
އަޙްމަދު ރަޝީދުގެ މައްޗަށް މިފަދަ ވައްކަމެއް ސާބިތުވި ދެވަނަ ފަހަރު ކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 131
ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި، 137 އަދި 138 ވަނަ މާއްދާގެ
ދަށުން ޖުމްލަ 06 (ހައެއް) އަހަރާއި 04 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް
ޙުކުމްކޮށްފައިވާކަން އެނގެންއޮންނައިރު، އެޤަޟިއްޔާގައި ޢުޤޫބާތް ކަނޑައެޅުއްވުމުގައި ވައްކަންކުރި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާޑްގެ
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
މީހާއަށްވުރެ މިކަމަށް އިންކާރުކުރާ ދެމީހުންގެ އުޤޫބާތް ބޮޑުވެފައި އަދި އިންކާރުކުރި ދެމީހުންގެ ތެރެއިން
އެކެއްގެ އަދަބު ބޮޑުވެފައިވާކަމުން އަދަބު ކަނޑައެޅުމުގައި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިބުނާ ޤާނޫނީ
ހަމަހަމަކަމުގެ މައްޗަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ޣައްސާން ޝާކިރުގެ ފަރާތުން ހުށަހެޅި ނުކުތާއަށް
ބަލާއިރު،
ޣައްސާން ޝާކިރުއެކޭ އެއްފަދައިން މިވައްކަމަކީ ޢީޝާން ޢަބްދުލްޢަޒީޒުގެ މައްޗަށް ވައްކަމުގެ ކުށް
ސާބިތުވި ފުރަތަމަ ފަހަރުކަމާއި، ނަމަވެސް ޢީޝާން ޢަބްދުލްޢަޒީޒަކީ މިވައްކަމުގެ ޢަމަލަށް ތަޙުޤީޤާއި
ޝަރީޢަތުގައި އިޢުތިރާފުވެފައިވާ ފަރާތްކަމަށްވާއިރު މިދެފަރާތުގެ މައްޗަށް ޢުޤޫބާތް ކަނޑައެޅުއްވުމުގައި
ތަފާތުކޮށް، ވައްކަމުގެ ޢަމަލަށް އިޢުތިރާފުވި ޢީޝާން ޢަބްދުލްޢަޒީޒުގެ މައްޗަށް ކަނޑައެޅުއްވި އަދަބަށްވުރެ
އަދަބެއް އެވައްކަމުގައި ބައިވެރިވި ކަމަށް ސާބިތުވެފައިވާ ޣައްސާން ޝާކިރުގެ
ކަނޑައަޅުއްވާފައިވުމަކީ ޢަދުލުއިންސާފުގެ ހަމަތަކުން ބަލާއިރު އެންމެ އަދުލުވެރިގޮތް ނޫންކަމަށް މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި، އެހެންކަމުން އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި
ޣައްސާން ޝާކިރުގެ މައްޗަށް 05 (ފަހެއް) އަހަރާއި 02 (ދޭއް) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް
މައްޗަށް
CCU COOC
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މާޅޮސްމަޑުލު ދެކުނުބުރީ
އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F10C/56 ޤަޟިއްޔާގެ ނިންމެވުމުގައި ބ.އޭދަފުށީ ފަސްމީރު
ޣައްސާން ޝާކިރުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 10 (ދިހައެއް)
މަސްދުވަހަށް، 132 ވަނަ މާއްދާގެ ދަށުން 04 (ހަތަރެއް) މަސްދުވަހަށް، 136 ވަނަ މާއްދާގެ ދަށުން 01
(އެކެއް) އަހަރު ދުވަހަށް، 137 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރު ދުވަހަށް، 138 ވަނަ މާއްދާގެ
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/230
ދަށުން 01 (އެކެއް) އަހަރު ދުވަހަށް، އެކު ޖުމްލަ 05 (ފަހެއް) އަހަރާއި 02 (ދޭއް) މަސްދުވަހުގެ
މުއްދަތަށް ޖަލަށް ލުމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ބާޠިލުކޮށް، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ
މާއްދާގެ (ހ) ގެ ދަށުން 06 (ހައެއް) މަސްދުވަހަށް، 132 ވަނަ މާއްދާގެ ދަށުން 04 (ހަތަރެއް)
މަސްދުވަހަށް، 136 ވަނަ މާއްދާގެ ދަށުން 06 (ހައެއް) މަސްދުވަހަށް، 137 ވަނަ މާއްދާގެ ދަށުން 01
(އެކެއް) އަހަރު ދުވަހަށް، 138 ވަނަ މާއްދާގެ ދަށުން 06 (ހައެއް) މަސްދުވަހަށް، އެކު ޖުމްލަ 02 (ދޭއް)
އަހަރާއި 10 (ދިހައެއް) މަސްދުވަހުގެ މުއްދަތަށް ޣައްސާން ޝާކިރު ޖަލަށް ލުމަށް މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv