ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/92 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/92
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 92/HC-A/2016
• އިސްތިއުނާފު ކުރިފަރާތް؟
* ނަން: މުޙައްމަދު ޔޫސުފް
އައި.ޑީ.ކާޑު ނަންބަރު: A062398
މިހާރުގެ އެޑްރެސް: ފ.އަރިސް ކ.މާލެ
އެޑްރެސް: ހުސްނުހީނާގެ/ ހދ.ވައިކަރަދޫ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޢަލީ ރިޝާ
އައި.ޑީ.ކާޑު ނަންބަރު: A047369
މިހާރުގެ އެޑްރެސް: މ.ލޮނުވެލި ކ.މާލެ
އެޑްރެސް: ދަފްތަރު ނަންބަރު 4901
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ޖުމާދަލްއޫލާ 1437
ނިމުނު ތާރީޚް: 05 ޞަފަރު 1439
25 އޮކްޓޯބަރު 2017
01
2016
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv-C/807
• ނިންމެވި ކޯޓު: ސިވިލް ކޯޓު
، ޤަޟިއްޔާގެ ބާވަތް: މަސައްކަތާއި، މުދަލާއި، ޚިދުމަތުގެ އަގު ހޯދުމަށްއެދި ހުށަހަޅާ މައްސަލަ
• ހުށަހެޅުނު ތާރީޚް: 19 މެއި 2015
ނިމުނު ތާރީޚް: 28 ޑިސެމްބަރު 2015
•މައްސަލަބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 33/6471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ތިޠާހިއްޖޭގެ
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/92
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހުސްނުހީނާގެ
މުޙައްމަދު ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ހަމަތަކާއެއްގޮތް
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 4901 ޢަލީ ރިޝާއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގ.ޒަފްނާ | މާލެ އެވެކިޔާ ގޭގައި ޓީ.ވީ ސްޓޫޑިއޯއެއް ހެދުމަށް
ދަފްތަރު ނަންބަރު 4901 | މާލެ، ޢަލީ ރިޝާ (ދ.ރ. ކާރޑު ނަންބަރު A047369) ގެ ވާރމް
ކާޕެންޓްރީ އިން ކޮށްފައިވާ މަސައްކަތަށް ހުސްނުހީނާގެ | ހދ.ވައިކަރަދޫ، މުޙައްމަދު ޔޫސުފް (ދ.ރ.
ކާރޑް ނަންބަރު A062398} ދައްކަންޖެހޭ -118,7971ރ. (އެއްލައްކަ އަށާރަހާސް ހަތްސަތޭކަ
ނުވަދިހަ ހަތެއް ރުފިޔާ) އެކީއެއްފަހަރާ ލިބިދިނުމަށް މުޙައްމަދު ޔޫސުފްގެ މައްޗަށް ޢަލީ ރިޝާ
ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
04 0
އެޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ގ.ޒަފްނާ މާލެ އެވެކިޔާ
ގޭގައި ޓީ.ވީ ސްޓޫޑިއެއް ހެދުމަށް ދަފްތަރު ނަންބަރު 4901 | މާލެ ޢަލީ ރިޝާ (ދ.ރ. ކާރޑު
ނަންބަރު A047369) ގެ ވާރމް ކާޕެންޓްރީ އިން ކޮށްފައިވާ މަސައްކަތަށް ހުސްނުހީނާގެ
ހދ.ވައިކަރަދޫ، މުޙައްމަދު ޔޫސުފް (ދ.ރ. ކާރޑް ނަންބަރު A062398) ދައްކަންޖެހޭ
-118,7971ރ.
(އެއްލައްކަ އަށާރަހާސް ހަތްސަތޭކަ ނުވަދިހަ ހަތެއް ރުފިޔާ) އެކީއެއްފަހަރާ ލިބިގަތުމަށް މުޙައްމަދު
ޔޫސުފްގެ މައްޗަށް ޢަލީ ރިޝާ ދަޢުވާކޮށް މައްސަލަ ހުށަހަޅާފައި ވާހިނދު،
ދަޢުވާއަށް މުޙައްމަދު ޔޫސުފްގެ ފަރާތުން އިންކާރުކޮށް ޓީ. ވީ ސްޓޫޑިއޯއެއް ހެދުމުގެ
މަސައްކަތް ޢަލީ ރިޝާ އާ ޙަވާލުކޮށްފައި ނުވާނެކަމަށާއި ދަޢުވާ ޘާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤާނޫނީ ހަމަތަކާއި ޖީޑީބްގ
3
2016/HC-A/92
ނިމުނު ގޮތުގެ ޚުލާޞާ
ޖެ.އޯޔާ
ޒިންމާއެއްކަމުގައި ބުނެފައި ވާކަމާއި، ދަޢުވާކުރާ ޢަލީ ރިޝާ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވާރމް
ކާޕެންޓްރީ (ރަޖިސްޓްރީ ނަންބަރު 101
/
2001
/
43/MTI
-
C) ގެ ފައިސާގެ ބިލެއް ޢަލީ ރިޝާ ގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ވާކަމާއި، އެބިލަށް ބަލާއިރު އެއީ ޒަފްނާ ގޭގައި ޓީ.ވީ ސްޓޫޑިއޯއެއް
ހެދުމުގެ މަސައްކަތުގެ ބިލެއްކަމާއި ބިލުގައި ވަޑާމުގެ ތަކެއްޗާއި މަސައްކަތްތަކުގެ އަގާއެކު ޖުމްލަ
-/118,797 ރ. (އެއްލައްކަ އަށާރަހާސް ހަތްސަތޭކަ ނުވަދިހަ ހަތެއް ރުފިޔާ) ބަޔާންކޮށްފައި ވާކަމާއި
ބިލު ރައްދުވާ ފަރާތެއްގެ ގޮތުގައި މުޙައްމަދު ކިޔާ މީހެއްގެ ނަމާއި އެފަރާތުގެ ފޯން ނަންބަރު
ލިޔެފައިވާކަމާއި، ޢަލީ ރިޝާގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު ޢަލީ
ރިޝާ ގ.ޒަފްނާ ގޭގައި ހަދަމުންދިޔަ ޓީ.ވީ ސްޓޫޑިއޯއެއްގެ ވަޑާމުގެ މަސައްކަތް ކުރިކަމާއި، މުޙައްމަދު
ޔޫސުފްގެ ފަރާތުން އެމަސައްކަތް ޢަލީ ރިޝާއާ ޙަވާލުކުރިކަމާއި، ޢަލީ ރިޝާގެ ފަރާތުން ބިމުގެ ކޮޕީ
ހިފައިގެން މުޙައްމަދު ޔޫސުފް ގާތަށް ދިއުމުން ބިލު މުޙައްމަދު ޔޫސުފަށް ލިބިފައިވާކަމަށާއި މިވަގުތު
ފައިސާ ހަމަޖެހެން ނެތްކަމަށް މުޙައްމަދު ޔޫސުފް ބުނެފައިވާކަން އެނގެން އޮން
އޮންނާތީވެ، މިދަޢުވާ މަދަނީ
މިންގަނޑުން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި،
CO
އަވާގައިވާ -/118,797ރ. (އެއްލައްކަ އަށާރަހާސް ހަތްސަތޭކަ ނުވަދިހަ ހަތެއް ރުފިޔާ)
ޢަލީ ރިޝާ އަށް ލިބިދިނުމަށްޓަކައި މިއަދުން (28 ޑިސެމްބަރ 2015) ފެށިގެން 01 (އެކެއް)
މަސްދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ހުސްނުހީނާގެ| ހދ.ވައިކަރަދޫ
މުޙައްމަދު ޔޫސުފް (ދ.ރ. ކާރޑު ނަންބަރު A062398) އަށް އަންގައި ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހުސްނުހީނާގެ
މުޙައްމަދު ޔޫސުފްގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާގެ
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާގައި ޓީވީ ސްޓޫޑިއޯއެއްގެ
މަސައްކަތްކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތާ ޙަވާލުކޮށްފައިވާކަން މަދަނީ
މިންގަނޑުން ސާބިތުވާކަމަށް ނިންމަވާފައިވަނީ ޝަރީޢަތަށް ހުށަހެޅުނު ހެކިންގެ ހެކި ބަހަށް ފުރިހަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3167
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
2016/HC-A/92
ނިމުނު ގޮތުގެ ޚުލާޞާ
އާޔާ
ރ9
ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ
މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާގެ
,ކބއފ.
03- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހުސްނުހީނާގެ
މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
cccc
.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/807 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހދ.ވައިކަރަދޫ ހުސްނުހީނާގެ މުޙައްމަދު
ޔޫސުފުގެ މައްޗަށް ރައްދުވާގޮތަށް ދަފްތަރު ނަންބަރު 4901 | މާލެ، ޢަލީ ރިޝާ ދަޢުވާކޮށް
އިޝާ ދަޢުވާކޮށްފައިވަނީ
މުޙައްމަދު ޔޫސުފުގެ ފަރާތުން ޢަލީ ރިޝާއާއި ޙަވާލުކޮށްގެން ގ.ޒަފްނާ މާލެ އެވެ ކިޔާގޭގައި ޓީ.ވީ
ސްޓޫޑިއޯއެއް ހެދުމަށް ޢަލީ ރިޝާގެ ވާމް ކާޕެންޓްރީ އިން ކޮށްފައިވާ މަސައްކަތަށް މުޙައްމަދު ޔޫސުފު
ދައްކަންޖެހޭކަމަށް ބުނާ -/
118,000ރ. (އެއްލައްކަ އަށާރަހާސްރުފިޔާ) ހޯދުމަށް އެދިގެންކަން އެނގެން
އޮންނަކަމާއި، މިދަޢުވާއަށް މުޙައްމަދު ޔޫސުފް އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، މިދަޢުވާއަށް މުޙައްމަދު ޔޫސުފް އިންކާރުކުރާ ސަބަބު ބަޔާންކޮށްދެމުން
މުޙައްމަދު ޔޫސުފުގެ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި ޢަލީ ރިޝާގެ ފަރާތުން ކުރިކަމަށް ބުނެފައިވާ
މަސައްކަތަކީ މުޙައްމަދު ޔޫސުފުގެ ފަރާތުން ޢަލީ ރިޟާއާއި ޙަވާލުކުރި މަސައްކަތެއް ނޫންކަމަށާއި،
މިހެންކަމުން ޢަލީ ރިޝާ ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާއަކީ މުޙައްމަދު ޔޫސުފުގެ ފަރާތުން ޢަލީ
ރިޝާއަށް ދޭންޖެހޭ ފައިސާއެއް ނޫންކަމަށެވެ.
ucou
(ނ) ތިންވަނަކަމަކީ، ޢަލީ ރިޝާގެ ފަރާތުން ކުރިކަމަށް ބުނެ ހުށަހެޅި މަސައްކަތް ކުރުމަށް
ޢަލީ ރިޝާއާއި މުޙައްމަދު ޔޫސުފުއާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ވެވިފައިނުވާކަން އެނގެން އޮތް
އިރު، ޢަލީ ރިޝާގެ ފަރާތުން ހުށަހެޅި ދަޢުވާއަށް މުޙައްމަދު ޔޫސުފް އިންކާރުކުރާތީ މިދަޢުވާ
ސާބިތުކުރުމަށްޓަކައި ޢަލީ ރިޝާގެ ފަރާތުން ހެކިން ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: lei
13
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016HC-A/92
ޢަލީ ރިޝާގެ
ފަރާތުން ހުށަހެޅި ހެކިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި އެފަރާތްތަކުގެ
ހެކިބަސްނެގިފައިވާއިރު، މިމައްސަލައިގައި ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހަށް ބަލާއިރު،
COCOC
ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވުނު ޙަސަން ފަހީމުގެ ހެކިބަހުގައި ގ.ޒަފްނާ މާލެ އެވެ
ކިޔާގޭގައި ޓީ.ވީ ސްޓޫޑިއޯއެއްގައި މަސައްކަތް ކުރެވުނު އިރު އެތަނުގައި ޢަލީ ރިޝާވެސް މަސައްކަތް
ކުރަމުންދިޔަކަން އެނގޭކަމަށާއި، އެތަނުގައި ކުރަމުންދިޔަ ހުރިހާ މަސައްކަތެއްގެ ކަންކަމާއި ޙަވާލުވެހުރީ
މުޙައްމަދު ޔޫސުފުކަމަށާއި، އެތަނަށް ބޭނުންވާ ތަކެތިވެސް ހޯދައިދީފައިވަނީ މުޙައްމަދު ޔޫސުފުކަމަށް
ބުނެފައިވާކަން އެނގެން އޮންނައިރު، ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވުނު ޢަލީ ނިޔާޒުގެ ހެކިބަހުގައިވެސް
ގ.ޒަފްނާ މާލެ އެވެ ކިޔާގޭގައި ޓީ.ވީ ސްޓޫޑިއޯއެއް ހެދުމުގެ މަސައްކަތްކުރެވުނު އިރު އެތަނުގައި ޢަލީ
ރިޝާގެ ވާރމް ކާޕެންޓްރީގެ ފަރާތުން މަސައްކަތްކުރިކަން އެނގޭކަމަށާއި، ޢަލީ ނިޔާޒްމެންނަށްވެސް
މަސައްކަތް ޙަވާލުކޮށްފައިވަނީ
މުޙައްމަދު ޔޫސުފުކަމަށާއި، އެތާނގައި ކުރެވުނު ހުރިހާ މަސައްކަތެއްގެ
ކަންކަމާއި ޙަވާލުވެހުރީ މުޙައްމަދު ޔޫސުފުކަމަށް ބުނެފައިވާކަން އެނގެން
موسم سرما می
COCOC
މީގެ އިތުރުން ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވުނު ޢަލީ މުޙައްމަދުގެ ހެކިބަހުގައި ގ.ޒަފްނާ
މާލެ އެވެ ކިޔާގޭގައި ޓީ.ވީ ސްޓޫޑިއޯއެއްގައި ޢަލީ ރިޝާ ވަޑާމުގެ މަސައްކަތްތަކެއް ކުރަމުންދިޔަކަން
އެނގިފައިވާކަމަށާއި، ޢަލީ ރިޝާ އެތަނުގައި މަސައްކަތް ކުރަމުންދިޔައީ މުޙައްމަދު ކިޔާ މީހެއް
ބުނިކަން އެނގިފައިވާކަމަށް ބުނެ ހެކިބަސްދީފައިވާކަމާއި،
3 ސ ޑ 8 އ ދވ
ބންގޭނެކަމަށް
64 6 8 2
ހއޓއގ
ގޮތުގައި ޙާޟިރުކުރެވުނު މުޙައްމަދު އަސްލަމްގެ ހެކިބަހުގައި، ޢަލީ ރިޝާގެ
ފަރާތުން މުޙައްމަދު ޔޫސުފުގެ އަތުން ފައިސާ ހޯދުމަށް މުޙައްމަދު ޔޫސުފުއާއި ބައްދަލުކުރިކަމަށާއި،
މިމައްސަލައާއި އެކު ހުށަހަޅާފައިވާ ބިލަކީ މުޙައްމަދު ޔޫސުފުއަށް ލިބިފައިވާ ބިލެއްކަން އެނގޭކަމަށާއި،
އަދި ބިލުގައިވާ ޢަދަދަށް ފައިސާ ދައްކަންޖެ
ންޖެހޭކަމަށާއި، އެފައިސާ ދެއްކިފައިނުވަނީ، ފައިސާގެ ކަންކަން
ހަމަނުޖެހިގެންކަމަށް މުޙައްމަދު ޔޫސުފު ބުނިކަމަށާއި ހަމަ އެގޮތަށް މިމަސައްކަތަކީ އަލީ ޝާއާއި
މުޙައްމަދު ޔޫސުފު ޙަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، އެމަސައްކަތް ޢަލީ ރިޝާކުރިކަން އެނގޭކަމަށް
ބުނެ ހެކިބަސްދީފައިވާކަން އެނގެން އޮންނައިރު، ބަޔާންކުރެވުނު ހެކިންގެ ހެކިބަސްތަކަށް ބެލުމުން
މުޙައްމަދު ޔޫސުފު އެދިގެން ވަޑާމުގެ މަސައްކަތްތަކެއް ޢަލީ ރިޝާކުރިކަމާއި މިމަސައްކަތާއި ގުޅިގެން
ޖެހިއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3
/
25029ޑީފެ-
އީމެއިލް [email protected] ވެބް ސައިޓް ww.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/92
ހޯދަންޖެހޭ ފައިސާ ހޯދުމަށް މުޙައްމަދު ޔޫސުފުއަށް ބިލުކުރެވުނުކަމާއި އަދި ބުނެވުނު ބިލު މުޙައްމަދު
ޔޫސުފުއަށް ލިބުނުކަމާއި މިކަންކަމުގެ މައްޗަށް ހެކިބަސްލިބިފައިވާކަން އެނގެން އޮންނަކަމެވެ.
42 6ޑ 8
ސިބބނނ200އ)
އެއްބަސްވުމެއް
8
(ށ) ހަތަރުވަނަކަމަކީ، އިޝާރާތްކުރެވުނު ހެކިންގެ ހެކިބަހުން މުޙައްމަދު ޔޫސުފުގެ ފަރާތުން
މަސައްކަތްތަކެއް ކުރުމަށް ޙަވާލުކޮށްގެން ޢަލީ ރިޝާ އެމަސައްކަތްކުރަމުންދިޔަކަން މަދަނީ މިންގަނޑުން
ސާބިތުވާން އޮތްނަމަވެސް މުޙައްމަދު ޔޫސުފުގެ ފަރާތުން ޙަވާލުކުރީ ކޮންކޮން މަސައްކަތްތަކެއް ކުރުމަށްކަން
އަދި ޢަލީ ރިޝާގެ ފަރާތުން އެފައިސާއެއް ހޯދުމަށް މުޙައްމަދު ޔޫސުފަށް ބިލުކުރެވިފައިވާ ފައިސާގެ
ޢަދަދަކީ މުޙައްމަދު ޔޫސުފު ޙަވާލުކުރުމުން ޢަލީ ރިޝާގެ ކުރި މަސައްކަތްތަކުގެ ފައިސާގެ ޢަދަދުކަން
ހެކިންގެ ހެކިބަހުން އެކަނި
މުޢާމަލާތް ހިނގާދިޔަ ގޮތުގެ މައްޗަށް ބަލާއިރު މިއީ
މިދެފަރާތުގެ ދެމެދުގައި ލިޔެކިޔުމުން ހެދިގެން ވެވިފައިވާ މުޢާމަލާތަކަށް ނުވާތީ އާއި
މިމުޢާމަލާތް މުޙައްމަދު ޔޫސުފުއާއި ޢަލީ ރިޝާއާ ދެމެދު ހިނގާދިޔަކަން ސާބިތުވާ މިންވަރަށް ހެކިބަސް
ލިބެން އޮތުމުން ޢަލީ ރިޝާގެ ފަރާތުން މުޙައްމަދު ޔޫސުފުގެ އަތުން ހޯދުމަށް ދަޢުވާކުރާ ފައިސާގެ ޢަދަދު
ކަށަވަރުކުރުމަށް އަދި ބިލުކުރެވުނު ފައިސާގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާ ލިބިފައިނެތްކަމަށް
ޢަލީ ރިޝާ
ބުނާބުނުންކަށަވަރުކުރުމަށް ޢަލީ ރިޝާއަށް "އަލް ޔަމީނުލް މުތައްމިމާ" މިހުވާ
އަރުވަންޖެހޭކަމަށް މިޤަހ ދެބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނުކަމާއި، މިގޮތުން ޢަލީ
ހުވާ އެރުވުމުން،
ދަޢުވާގައި ބަޔާންކުރާ ގ.ޒެފްނާއެވެކިޔާ ގޭގައި ކުޅަ ވަޑާމުގެ
މަސައްކަތްތަކަކީ
އެމަސައްކަތްތައް އަހުރެންނާއި މިމައްސަލަ އިސްތިއުނާފުކުރި މުޙައްމަދު ޔޫސުފުގެ
ފަރާތުން ޙަވާލުކުރުމުން ކުރި މަސައްކަތްތަކެއްކަމަށް އަދި މިގޮތުން ކުރެވުނު މަސައްކަތްތަކުގެ އަގުގެ
ގޮތުގައި އަހުރެންގެ ފަރާތުން ހޯދުމަށް ހުށަހެޅި ފައިސާގެ ޢަދަދަކީ ޙަޤީޤަތުގައިވެސް އެމަސައްކަތްތަކުގެ
އަގުގެ ގޮތުގައި މުޙައްމަދު ޔޫސުފުގެ ފަރާތުން ދައްކަންޖެހޭ ފައިސާކަމަށް، އަދި މިފައިސާގެ އެއްވެސް
މިންވަރެއް އަހުރެންނަނށް މުޙައްމަދުނީ ޔޫސުފްގެ އަތުން މިހާތަނަށްވެސް ލިބިފައިނެތްކަމަށް، އަހުރެން
މިބުނާ ބަހުގައި އަހުރެންނަކީ ތެދުވެރިއެއްކަމަށް މާތް ﷲ ގަންދީ ހުވާކުރަމެވެ." ޢިބާރާތުން ޢަލީ
ރިޝާގެ ފަރާތުން ހުވާކޮށްފައިވާކަން އެނގެން އޮތްކަމެވެ.
32ދ 0 + 4ދ ހ4
CCOC
އަ
އހރނގ
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމުގައެވެ.
ޢާއިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 23/164
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/92
• ޙުކުމް:
شرميط مع
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާގައި އެކޯޓުން
ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން
ތެކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/807 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައި ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފިމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv