ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/257 ޤަޟިއްޔާގެ ޙުކުމް
]
":007/HC-A/257
ދިވެހިރާ
ދިވެހރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 257/HC-A/2007
އިސްތިއުނާފު ކުރިފަރާތް:
މިނަން. މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
"ވަކީލު: އޖ.ޢަދުނާނު ޔޫސުފް
އައިޑީ ކާޑު ނަންބަރު: 152576-A
Oc
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ވަކީލު: އޖ.އަޙުމަދު މުރްދު
ކާޑު ނަންބަރު: 03310-A
ދާއިމީ އެޑްރެސް:
1432
2011
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޛުލްޙިއްޖާ T425 * ނިމުނު ތާރީޚް: 18 ރަޖަބު
24 ޑިސެމްބަރު 2007
)2 ޖޫން
އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: ސިވިލް ކޯޓު (މަދަނީ ކޯޓު) ގެ ނަންބަރު: 2007/MC/1132
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ނިންމެވި ކޯޓް: ސިވިލް ކޯޓު (މަދަނީ ކޯޓު)
ހުށަހެޅުނު ތާރީޚް: 15 ޖުލައި 2007
ނިމުނު ތާރީޚް: 25 ސެޕްޓެމްބަރު 2007
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
s ޖީ
ދިވެހިރާއްޖޭގެ ހަޢިކޯޓް،އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.liglcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ހިތަސް
201;HC-A/57
ދަޢުވާގެ ޚުލާސާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1132 ގެ ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވާ ގޮތާމެދު
ހިތްހަމަނުޖެހޭކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފް ކޮށްދެއްވުން އެދި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕީވޓ ލޓޑ ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރަމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
• ފާހަގަކުރެވުނު ނުކު
-01
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1132 ގެ ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވާ ގޮތްމެދު
ހިތްހަމަނުޖެހޭކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފް ކޮށްދެއްވުން އެދި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕީވޓ ލޓޑ ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރަމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
hay e i3- 4 = 33-3 : 1132/MC/2007 12: 12 55 -02
އެޤަޟިއްޔާއަކީ، އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން، މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަގްރޯ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އިން ކޮށްފައިވާ ދަޢުވާއަކީ، އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ގަސްކާނާ ގެނައުމަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެ ފަހަރެއްގެ މަތިން
ޙަވާލުކުރެވިފައިވާ، 26,569169.ރ (ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ފަސްދޮޅަސް ނުވަލާރި) އާއި،
-/12850ރ. ( ބާރަ ހާސް އަށް ސަތޭކަ ފަންސާސް ރުފިޔާ) އާއި އެކު ޖުމްލަ 39419
/
69ރ. (ތިރީސް ނުވަހާސް
ހަތަރުސަތޭކަ ނަވާރަ ރުފިޔާ!ފަސްދޮޅަސް ނުވަލާރި) އަށް ގަސްކާނާ ހޯދައިދީފައިނުވާކަމަށް ބުނެ، މިފައިސާ ހޯދުމަށް އެދި
އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ ދަޢުވާއެއްކަމާއި،
I
އެޤަޟިއްޔާ ނިންމަވާފައިވަނީ، އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގަސްކާނާ ގަތުމަށް،
މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 39419
/
69ރ. (ތިރީސް ނުވަހާސް ހަތަރުސަތޭކަ
ނަވާރު ރުފިޔާ ފަސްދޮޅަސް ނުވަލާރި) ދައްކާފައިވާކަން ހުށަހެޅުނު ލިޔެކިޔުމުން ޝަރީޢަތަށް ސާބިތުވާ ހިނދު އެފައިޞާއަށްވާ
މާޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325,029، ފެކްސް:3316471
އީމެއިލް: [email protected] ވެޖް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2007/HC-A257
ގަސްކާނާ ޙަވާލުކޮށްފައި ނުވާކަމަށްޓަކައި ގަސްކާނާ ގަތުމަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދަށްކާފައިވާ 39419
/
69ރ. (ތިރީސް ނުވަހާސް ހަތަރުސަތޭކަ ނަވާރަ ރުފިޔާ1ފަސްދޮޅަސް ނުލާރި)
އަކީ އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމަށް ކަނޑުއަޅުއްވައި، މިފައިސާ އަގްރޯ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، 2007 ސެޕްޓެމްބަރ 25 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ
ތެރޭގައި މުދަނީ ކޯޓަށް ދައްކާ 39419169ރ. (ތިރީސް ނުވަހާސް ހަތަރުސަތޭކަ ނަވާރަ ރުފިޔާ(ފަސްދޮޅަސް ނުވަލާރި)
މިދަރަނި ޚަލާސްކުރުމަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ޙުކުމް
ކޮށްފީމެވެ." މިފަދައިން ކަން އެނގެންއޮވެއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1132 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތްމެދު
ހިތްހަމަނުޖެހޭކަމަށް ބުނެ މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 03 (ތިން) ނުކުތާއެއް ހުށަހަޅައި އެކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެ
ތެރެއިން:
Eޑ
(ހ) ފުރަތަމަ ނުކުތާއަކީ: 2007 އެޕްރީލް 10 ގައި އަގްރޯ ސަރވިސަސް ޕވޓ
މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތްކުރި ބޭރުމީހަކަށް އެޑްރެސްކޮށް
ފޮނުވި ސިޓީއަކީ، މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީއަކަށް ނުވެފައި،
އަދި އެސިޓީއަށް ޖަވާބުދީފައިވަނީވެސް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ކަމަށް
ނުވާހިނދު، އަދި އެސިޓީއަށް ޖަވާބުދީފައިވަނީ، ރާއްޖެއިން ބޭރުގެ ކުންފުންޏެއްކަމަށްވާ ރަޒްނަޔަކާ ކުންފުނިންކަމަށްވެފައި،
އަދި ތަކެތި ހޯދުމަށް އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސީދާ މުޢާމަލާތްކޮށްފައިވަނީވެސް ރަޗްނަޔަކާ ކަމަށް
ވީހިނދު، މުދާ ގެނައުމަށްޓަކައި އަގްރޯ ސަރވިސަސް ޕވޓ ލޓޑ ގެ ފަރާތުން އެޑްވާންސްކޮށް ދެއްކި ފައިސާއަކީ،
އަގްރޯ ސަރވިސަސް ޕވޓ ލޓޑ
އަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން
ދައްކަންޖެހޭ ފައިސާއެއްކަމަށް މުދަނީ ކޯޓުގެ 2007/MC/1132 ނަންބަރު ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާ ކަމަށް
ފާހަގަކޮށް ހުނައެޅި
$432
ކުތެވެ-
(ނ) ދެވަނަ ނުކުތާއަކީ: ޢަގްރޯ ސަރވިސަސް ޕވޓ.ލޓޑ އިން ދިން ފައިސާ ލިބިއްޖެކަމަށާއި އެފައިސާ
ދައްކާނެ ކަމަށް ރަޗްނުޔަކާ އިން ބުނެ އަޕްރޯއަށް ސިޓީއަކުން އަންގާފައިވާއިރުވެސް މުދާ ގެނައުމަށް އެޑްވާންސްކޮށް ދެއްކި
ފައިސާއަކީ، އަގްރޯ ސަރވިސަސް ޕވޓ.ލޓޑ އަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑް އިން ދައްކަންޖެހޭ ފައިސާއެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު: 2007/MC/132 ޤަޟިއްޔާގައި ޙުކުމް ކުރެއްވުން
ފާހަގަކޮށްފައިވާ ނުކުތާއެވެ.
ކަމަސeން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
www.highcourt.gov.lv
4
2{{7/H-:257
(ނ) ތިންވަނަ ނުކުތާއަކީ: މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި އަގްރޯ
ސަރވިސަސް ޕވ.ލިޓޑ އާ ދެމެދު މުދާ ގެނެސްދިނުމުގެ އެއްވެސް އެއްބަސްވުމެއްވެފައި ނެތްއިރު، ރަޗްނަޔަކާއިން
އަގްރޯއަށް ފޮނުވި ކޯޓޭޝަނަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
މުވައްޒަފެއްކަމަށްވާ މުއްޒައްމިލު ފައިސާނަގާފައި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ދޫކޮށްފައިވާތީ، މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ފައިސާ
ދައްކާފައިވާކަން ސާބިތުވާކަމަށް ވިދާޅުވެ މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން
ފައިސާ ދެއްކުމަށް ޙުކުމްކޮށް މައްސަލަ ނިންމެވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
A64
-04
ހހ3ނeއ
ކަމަށްބުނެ
މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1132 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު
މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އިސްތިއުނާފްކުރި ނުކުތްތަކާއިމެދު ހައިކޯޓުގެ މިޤަޟިއްޔާގައި ދަޢުވާލިބޭ އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި ބުނެފައިވަނީ، އަގްރޯ ސަރވިސަސްގެ ފަރާތުން ގަސްކާނާ ގެނައުމަށް މޯލްޑިވްސް
ރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެފަހަރެއްގެ މަތިން ޙަވާލުކުރެވިފައިވާ، 26,569
/
69.ރ
(ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޕަސް ނުވަ ރުފިޔާ ފަސްދޮޅަސް ނުވަލާރި) އަކާއި، އަދި -/12850ރ ( ބާރަ ހާސް
އަށް ސަތޭކަ ފަންސާސް ރުފިޔާ) އަގްރޯއަން ލިބެންޖެހޭ އަޞްލު ސަބަބަކީ، ދެފަހަރުމަތިންވެސް ފައިސާ ޙަވާލުކޮށްފައިވަނީ،
މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި، މޯލްޑިވްސް ޓްރެވަލްސް އެންޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މިފައިސާއް ޙަވާލުވެ އެފަރާތުގެ މުވައްޒަފެއް ސޮއިކުރައްވައި ފައިސާ ލިބުނުކަމަށް
ސިއްކަ ޖައްސަވާފައިވާކަމަށާއި އެސަބަބުތައް މިގޮތަށް ހުރުމުން އަގްރޯ ސަރވިސަސް ޕވޓ.ލޓޑ އިން ދަޢުވާގައިވާ
ފައިސާއަކީ ލިބެންޖެހޭ ފައިސާއެއްކަމަށާއި، ފައިސާލިބުނު ލިޔުމުގައި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ސިއްކަ ޖަހާފައި ފައިސާއާ ޙަވާލުވުމަކީ، މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ޒިންމާ ނަގަންޖެހޭނެކަމެއް ކަމަށް އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު
،މިދަޢުވާގެ ޖަވާބުގައި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ
އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ގަސްކާނާ ގެނެސްދިނުމަށް އެއްވެސް އެއްބަސްވުމެއް ހަދައި، އެއްބަސްވެފައެއް
ނުވާނެކަމަށާއި، އަދި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަގްރޯ ސަރވިސަސް
ޕްރައިވެޓް ލިމިޓެޑްއާއެކު ވިޔަފާރީގެ މުޢާމަލާތެއް ކޮށްފައެއް ނުވާނެކަމަށާއި، ކުންފުނީގައި އުޅޭ މުވައްޒަފަކު ކުންފުނީގެ
ވެރިންގެ އެންގުމަކާނުވާ ކުރާކުމަކަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ޒިންމާވާން
ނުޖެހޭކަމަށެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: ]331647
އީލެއިލް [email protected] ޓެބް ސައިޓް: www.higlcourt.gov.iny
5
ޤަޟިއްޔޭ ނިމުނު ގޮތުއް ޝާ
2{007IHC-A!?57
05- މިމައްސަލައާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، މަދަނީ
ކޯޓުގެ ނަންބަރު: 2007/MC/1132 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި މިމައްސަލައާއި
ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ބަޔާންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އަންނަނިވި އްތައް ފާހަގަކުރެވިފައިވެއެވެ.
ކަންތައްތައް
(ހ) ފުރަތަމަ ކަމަކީ، މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށައެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ދެފަރާތުގެ
ދެމެދުގައި ވާހަކަދެއްކުމަށްފަހު، ގަސްކާނާގެ ކޯޓޭޝަނަކާއި އަދި މި ގަސްކާނާތައް ޑެލިވަރކޮށްދެވިދާނެ މުއްދަތެއް
ހޯދުމަށްޓަކައި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ
މުވައްޒަފެއްކަމަށްވާ (މުއްޒައްމިލު ، އެމް.ޓީ.ޑީ.ސީ ) އަށް އެޑްރެސްކޮށް 10 އެޕްރީލް 2007 ވަނަ ދުވަހު، އަގްރޯ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަން އެނގެންއޮތްއިރު، އެއާ ޖެހިގެން އައި ދުވަހު، 1i
އެޕްރީލް 2007 ދުވަހު އަގްރޯސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 07
/
137/voy
-
NO
-
AGR
-
VO ގެ
ޕްމަންޓް ވައުޗަރއިން، 26،569
/
69.ރ (ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ފަސްދޮޅަސް ނުވަލާރި)
އާއި އަދި 18 އެޕްރީލް 2007 ދުވަހު ނަންބަރު 07
/
142/0V
-
NO
-
AGR
-
VO ގެ ވައުޗަރ އިން -/
12850ރ (
ބާރަ ހާސް އަށް ސަތޭކަ ފަންސާސް ރުފިޔާ) އާއި އެކު ޖުމްލަ 39419
/
69ރ. (ތިރީސް ނުވަހާސް ހަތަރުސަތޭކަ ނަވާރަ
ރުފިޔާ ފަސްދޮޅުސް ނުވަލާރި) މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސިއްކަ ޖަހައި
މުއްޒައްމިލު ކިޔާ މީހަކު ސޮއިކޮށް އެކުންފުނީގެ (މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
) ފަރާތުން ބަލައިގަނެ ޙަވާލުވެފައިވާކަން މިބުނެވުނު ދެ ޕޭމަންޓް ވައުޗަރ އިން އެނގެން އޮންނަކަމާއި، މިމުޒައްމިވަކީ،
މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއްކަމަށާއި، އަދި މީނާއަކީ އެކުންފުނީގެ
އެކައުންޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ފައިސާ ބަލައިގަންނަން ހުންނަ މުވައްޒަފުކަމަށް މޯލްޑިވްސް ޓްރެވަލްސް އެންޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވާއިރު،މި ވައުޗަރުތަކުގައި ފައިސާލިބެންޖެހޭ ފަރާތުގެ ގޮތުގައި
އޮންނަނީ އެމް.ޓީ.ޓީ.ސީ (މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް) ކަން އެނގޭކަމާއި، މި
ގަސްކާނާގަތުމުގެ މުޢާމަލާތަކާއި ގުޅިގެން ދޭއެއްޗެއްކަން އެނގެންއޮންނަކަމާއި، އަދި މި
ޕޭމަންޓް ވައުޗަރުތަކާއި ޙަވާލުވުމަށްފަހު މޯލްޑިވްސް ޓްރެވަލްސް އެންޑް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެކުންފުނީގެ ފައިސާބަލައިގަތުމާއި ޙަވާލުވެހުރި މުވައްޒަފު ( މުއްޒައްމިލް ސޮއިކޮށް، ކުންފުނީގެ ސިއްކަ
ޖަހާފައިވާކަން އެނގެންއޮތުމުން އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ބުނާ، މިދައުވާގައިވާ ގަސްކާނާ ގަތުމުގެ
މުޢާމަލާތް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، އަގްރޯ ސަރވިސަސް ޕްރައިވެޓް
ލިމިޓެޑް އާއި ދެމެދު ހިނގާފައިވާކަން އެނގެންއޮންނަ ކަމެވެ.
ޕޭމަންޓް
މަންތް ވައުޗަރ ތަކުގައި މިއީ
¢ ¢
ދިވެހިރޯއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން. މްވެ، ދިވެހިރާއްޖެ، ފޯން: 332502.9 ، ފެކްސް: 3316471
އީޣައިވާ! [email protected] ވެބް ސައިޓް: www.highourt.gov.mv
6
ފަތިޢުޔާ ނިމުނު ގޮތުގެ ޚުލާސާ
2007;H-/257
(ނ) ދެވަނަކަމަކީ: މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފައިސާ
ބަލައިގަތުމުގެ މަސައްކަތުގައި އުޅުނު އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ މުއްޒައްމިލު މި މުޢާމަލާތް ކޮށްފައިވަނީ މޯލްޑިވްސް
ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެނގުމަކާއި ނުލާ ކަމަށާއި ކުންފުނީގައި އުޅޭ މުވައްޒަފަކު
ކުންފުނީގެ ވެރިންގެ އެންގުމަކާނުލާ ކުރާކަމަކަން މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު
ޒިންމާވާން ނުޖެހޭކަމަށް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓުގައި
(މަދަނީކޯޓު) ބުނެފައިވާކަން އެނގެންއޮތް އިރު މިމުއްޒައްމިލު މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ މުވައްޒަފަކަށްވެހުރެ ކޮށްފައިވާ މިމުޢާމަލާތަކީ މީންގެ އަމިއްލަ ޙައިސިއްޔަތުން ކުންފުންޏަށް ނޭނގި ކުރި
މުޢާމަލާތެއްކަމުގައި ބުނާބުނުން ސާބިތު ކުރުމުގެ ޒިންމާއޮތީ މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ކަމާއި، ނަމަވެސް މިކަން ސާބިތުކުރުމަށްޓަކައި ކާފީ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް މޯލްޑިވްސް ޓްރެވަލްސް
އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށައަޅާފައިނުވާކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ: އަގްރޯ ސަރވިސް ޕްރައިވެޓް ލިމިޓެޑުން މިކުޅަ މުޢާމަލާތަކީ އަގްރޯ ސަރވިސް ޕްރައިވެޓް
ލިމިޓެޑާއި އިންޑިޔާގެ ރަޗްނާ އެންޓަރ ޕްރައިސަސް އާއި ދެމެދު ކޮށްފައިވާ މުޢާމަލާތެއްކަމަށް ހުށައެޅުނު ލިޔުންތަކާއި
ޙަވާލާދީ މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިނަމަވެސް ، މޯލްޑިވްސް
ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ޗްނާ އެންޓަރ ޕްރައިސަސްގެ އެޖެންޓުކަން
ކުރާފަރާތެއްކަމުގައި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާކަން އެނގެން
އޮންނަކަމާއި، އަދި ރަޗްނާ އެންޓަރ ޕްރައިސަސްއިން އަގްރޯ ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ލިޔުންތަކުގައި
މިކަން ފާހަގަ ކޮށްފައިވާކަން އެނގެންއޮތް އިރު ، ރަޗްނާ އެންޓަރ ޕްރައިސަސުން މި މުޢާމަލާތާއި ގުޅިގެން އަގްރޯ
ސަރވިސް ޕްރައިވެޓް ލިމިޓެޑަށް 10 އެޕްރީލް 2007 ގެ ތާރީޚުގައި ފޮނުވި ލިޔުމުގައި ޙަވާލާދީފައިވަނީވެސް އަގްރޯ
ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ގަސްކާނާ ގަތުމުގެ ބޭނުމުގައި މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީ އަށް ކަން އެނގެން އޮތް އޮތުމަށާއި، އިސްވެ އިޝާރާތްކުރެވުނު ގޮތަށް މި މުޢާމަލާތާއި
ގުޅިގެން ބަލައިގަންފައިވާ ފައިސާ 02 ފަހަރު މަތިންވެސް ލިބިގެންފައިވަނީ މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމުން ގޮސްކާނާ ގަތުމުގެ މިމުޢާމަލާތް ހިނގާފައިވަނީ އަގްރޯ ސަރވިސް ޕްރައިވެޓް
ލިމިޓެޑާއި އިންޑިޔާގެ ރަޗްނާ އެންޓަރ ޕްރައިސަސް އާއި އެކު ނޫންކަމުގައި ބެލެވޭކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ: އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގަސްކާނާ ގަތުމަށް މޯލްޑިވްސް
ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެފަހަރެއްގެ މަތިން 39,419
/
69 ( ތިރީސްނުވަހާސް
ހަތަރުސަތޭކަ ނަވާރަރުފިޔާ ފަސްދޮޅަސްނުވަލާރި) ދައްކާފައިވާކަން އެނގެންއޮތްއިރު، އަދި މި ފައިސާ އާއި ޙަވާލުވެފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒު ހިނގުން، މެލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ޖެޓް ސައިޓް WWW.highcourt.gov.mv
1
2007HC-25
މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފައިސާ ބަލައިގަތުމުގެ މަސައްކަތުގައި އުޅޭ
މުވައްޒަފުގެ ފަރާތުން މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ސިއްކަ ޖެހުމަށްފަހުގައި
ކަން އެނގެންއޮތް އިރު، މިދެންނެވި މުވައްޒަފު މި މުއާމަލާތްކޮށްފައިވަނީ އޭނާ އަމިއްލަ ޙައިސިއްޔަތުން ( ކުންފުނީގެ
ވެރިންގެ ހުއްދަނެތި) ކަން ސާބިތުކުރެވޭ ފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ފެންނަންނެތުމުން އަދި މިފައިސާ
ކުންފުންޏަށް ލިބިގަތުމަށްފަހު އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްދޭންޖެހޭ ގަސްކާނާ ގެނެސްދީފައިވާކަން
އެނގެންނެތްއިރު، ގަސްކާނާ ގަތުމަށް އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދެފަހަރެއްގެ މަތިން މޯލްޑިވްސް
ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރި 39,419169 · ( ތިރީސްނުވަހާސް
ހަތަރުސަތޭކަ ނަވާރަރުފިޔާ ފަސްދޮޅަސްނުވަލާރި) އަކީ މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އަގްރޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާ އެއްކަމަށް މަދަނީ ކޯޓުގެ ނަންބަހ
2007/MC/1132 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
މޯލްޑިވްސް ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނެތުމުން މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވެނީ މަދަނީކޯޓުގެ ނަންބަރު 2007/MC/1132 ޤަޟިއްޔާއިން
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަން ނުޖެހޭނެކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: (332502، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.g
&
JV
-
mv
8
ޤަޟިއްޔާ ނިމުނު ގޮތަގެ ޚުލާސާ
2{{7:HC-A257
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިންހުރުމާއެކު މަދަނީކޯޓުގެ ނަންބަރު 2007/MC/1132
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލޭނެ
ސަބަބެއްނެތްކަމަށް މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެފައިވާތީ، މަދަނީކޯޓުގެ
ނަންބަރު 2007/MC/1132 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މައްސަލަބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުދީ
ޢަލީ ސަމީރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
،ފަނޑިޔާރު)
(ފަނޑިޔާރު)
*
*
ދިވެހިރާއްޖޭގެ ހައިކޯޓް، ބުދުމީ ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3323029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.In