ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/209 ޤަޟިއްޔާގެ ޙުކުމް
1
2{12/HC-A/239
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރ: 209/HC-A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޒުލައިޚާ މަނިކެ
ސޯސަންފްލާވަރ / މާލެ
އައިޑެންޓިޓީކާޑު ނަންބަރު: A061795
މިހާރުގެ އެޑްރެސް:
ސޯސަންފްލާވަރ / މާލެ
ދާއިމީ އެޑްރެސް:
1/
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
ދާއިމީ އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް
ބޮޑުތަކުރުފާނު މަގު | މާލެ
މިހާރުގެ އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް
ބޮޑުތަކުރުފާނު މަގު / މާލެ
* ހުށަހެޅުނު ތާރީޚް: 24 ޖުލައި 2012
، ނިމުނު ތާރީޚް: 14 އޮކްޓޯބަރު 2012
• އިސްތިއުނާފުކުރެވުނު ޤާޟީއްޔާ:
4 ނަންބަރު، 2011/Cv-C/2403
* ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 11 ޖޫން 2012
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަބްދުﷲ ޙަމީދު ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{12/HC-A/239
ޖެހިރާއްޖާގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ
މިއީ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/2403 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހ.
ސޯސަންފްލާވަރ، ޒުލައިޚާ މަނިކްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އެވެ.
ފާހަގަކުރެވުނު ނުކުތާތައް
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2403 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހ. ސޯސަންފުލާވަރ
ޒުލައިޚާ މަނިކެގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2403 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/209 ޤަޟިއްޔާގެ ޙުކުމާއި
އެއްގޮތަށް ހ. ސޯސަންފްލާވަރ، ޝަރުމީލާ އިބްރާހީމާއި ޒުލައިޚާ މަނިކެއާއި، ޚަދީޖާ އިބްރާހީމް ބޭންކް އޮފް
މޯލްޑިވްސް ޕލކ އަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެޤަޟިއްޔާގެ ޙުކުމް ތަންފީޛު
އެދި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދަޢުވާކުރުމުން ބެލެވުނު ޤާޟިއްޔާއެއްކަމާއި،
02 02 0x
ކށްދެއްވާނީ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{12/HC-A/239
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 ތތ
را که
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ މަދަނީ ކޯޓުގެ 2010/MC/209 ޤަޟިއްޔާގެ
ޙުކުމާއި
ސޯސަންފްލާވަރ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން،
ސޯސަންފްލާވަރ
ޝަރުމީލާ އިބްރާހީމާއި އޭގެ ޒުލައިޚާ މަނިކެ އާއި، އެގޭ ޚަދީޖާ އިބްރާހީމުގެ މައްޗަށް ކޮށްފައިވާ ދަޢުވާ
ޝަރީޢަތުން ބެލިއިރު، ޙުކުމާއި އެއްގޮތަށް ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް ފައިސާ
ދައްކާފައިނުވާކަން ދެފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީއާއި،
ދި
ތަންފީޒުކުރަންޖެހޭ ޙުކުމުގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ (ރަޖިސްޓްރރީ ނަންބަރު ބ.9066) ސޯސަންފްލާވަރ އެވެ ކިޔާ ގޯތި
ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރަހުނުކޮށްފައިވާކަން ޙުކުމުން އެގެން އޮތުމާއި، ފައިސާ ދެއްކުމަށް
ދަޢުވާލިބޭ ފަރާތްތަކުން ދެވުނު ފުރުޞަތުގައި ފައިސާ ދައްކާފައި ނުވާތީ ރަހުނު ވިއްކާލުމުގެ ހުއްދަދިނުމަށް
ބޭންކް އޮފް މޯލްޑިވްސް ޕލކ އިން އެދިފައިވުމާއި،
މިމުޢާމަލާތަކީ ރަހުނެއް ހިމެނޭ މުޢާމަލާތެއް ކަމުގައިވާއިރު ޙުކުމާއި އެއްގޮތަށް ފައިސާ
ދައްކާފައި ނެތް ޙާލުގައި ދެން އޮތީ ރަހުނުކުރެވިފައިވާ މުދާ ވިއްކާލައިގެން މިދަރަނި އަދާކުރުމަށް
ކަމުގައިވާތީ، ޤާނޫނު ނަންބަރު 9/93 (ރަހުނާއިބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާއަށް ރިއާޔަތްކޮށް،
މިމުޢާމަލާތާއި ގުޅިގެން ރަހުނު ކޮށްފައިވާ ސޯސަންފްލާވަރ އެވެ ކިޔާ ގޯތި ވިއްކުމުގެ ހުއްދަ ބޭންކް
އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ކަނޑައަޅުއްވައި، މަދަނީ ކޯޓުގެ ނަންބަރު
2010/MC/209 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް ހ. ސޯސަން ފްލާވަރ، ޝަރުމީލާ
އިބްރާހީމާއި، އެ ޒުލައިޚާ މަނިކެ އާއި، ޚަދީޖާ އިބްރާހީމަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{012/HC-A2!39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3. ސިވިލް ކޯޓު ނަންބަރު 2011/Cv-C/2403 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ސޯސަން ފްލާވަރ، ޒުލައިޚާ މަނިކެގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި އެނުކުތާތަކާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03x
کر مرسی
03x
މިގޮތުން ހުށަހެޅި ނުކުތާއަކީ ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/2403 ޤަޟިއްޔާގެ
ޙުކުމުގައި ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާއަށް ހަވާލާ ދެއްވާފައިވާއިރު
އެޤާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ގޮތުން ރަހުނުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ނުވަތަ ދަރަނި ދެއްކޭނެ
އެއްވެސް ގޮތެއް ނެތިގެން ދަރަނި އަދާކުރަންޖެހޭ މީހުންގެ ތެރެއިން މީހަކު އެދިގެންކަމަށް ވީހިނދު އަދި
ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 09 ވަނަ މާއްދާއަށް ބަލާއިރު 12 ވަނަ މާއްދާއަށް
ޢަމަލުކުރުމުގެ ކުރިން 09 ވަނަ މާއްދާގައިވާ ގޮތަށް ޢަމަލު ކުރަންޖެހޭ ހިނދު ޝަރީޢަތުން މިކަންކަމުގެ
މައްޗަށް ނުބައްލަވައި ހަމަ އެކަނި ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާއަށް
އެކަނި ރިޢާޔަތްކޮށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
.4
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2403 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ސޯސަން ފްލާވަރ، ޒުލައިޚާ މަނިކެގެ ފަރާތުން ހުށަހެޅު ނުކުތާއަށާއި އެނުކުތާއާ ގުޅޭ ގޮތުން ޒުލައިޚާ
މަނިކެގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2403 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިއަކީ
ceco
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2012/HC-A/239
4 20 0 3 2
ދޭންޖެހޭ ފީއާއި ދަޢުވާލިބޭ ފަރާތްތަކުން ނަގާފައިވާ ލޯނާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދެއްކިން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ހ. ސޯސަންފްލާވަރ ޒުލައިޚާ މަނިކެއާއި އެގޭ ޝަރުމީލާ އިބްރާހީމާއި،
ޚަދީޖާ އިބްރާހިމުގެ އެދުމުގެ މަތިން، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން އެކިފަހަރުމަތިން ޖުމްލަ
2,481,000.00ރ (ދެމިލިޔަން ހަތަރުލައްކަ އަށްޑިހަ އެއްހާސް ރުފިޔާ) ގެ ޑިމާންޑް ލޯނެއް
ދޫކުރެވިފައިވާކަމާއި، އެލޯނާއި ގުޅިގެން ސޯސަން ފްލާވަރ (ރަޖިސްޓްރޭޝަން ނަންބަރ 9066) ކިޔާ
ބަންޑާރަ ގޯތި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރަހުނުކޮށްފައިވާ ކަމާއި، އެލޯނަށް ފައިސާ ދެއްކުމަށް
އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ އެލޯނަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ އިން ހ. ސޯސަންފްލާވަރ، ޝަރުމީލާ އިބްރާހީމާއި، އެގޭ ޒުލައިޚާ މަނިކެ އާއި، ޚަދީޖާ
އިބްރާހީމުގެ މައްޗަށް ދަޢުވާކޮށްފައިވާކަމާއި، އެމައްސަލަ މަދަނީ ކޯޓުގެ ނަންބަރު 2010/MC/209
ޤަޟިއްޔާގައި ބައްލަވައި، ޙުކުމްކުރައްވާފައިވަނީ، އެޑިމާންޑް ލޯނަށް އެއްބަސްވެފައިވާ ގޮތުގެމަތިން ފައިސާ
ނުދެއްކުމުގެ ސަބަބުން 08 ސެޕްޓެމްބަރު 2010 ދެ ނިޔަލަށް 2,382,457.55ރ (ދެމިލިޔަން ތިންސަތޭކަ
އަށްޑިހަދެހާސް ހަތަރުސަތޭކަ ފަންސާސްހަތްރުފިޔާ ފަންސާސްފަސްލާރި) ދައްކަންޖެހި ނުދައްކާވާކަން
ޝަރީޢަތަށް ސާބިތުވާކަމަށާއި، އެފައިސާއާއި އެފައިސާ ދައްކާ ޚަލާސްކުރެވެންދެން ދެފަރާތުގެ ދެމެދު
އެއްބަސްވެފައިވާ ގޮތުގެމަތީން އަރާ އިންޓަރެސްޓާއި ސަރވިސް ޗާޖަކީ އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ
އިން އެތިން މީހުންނަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާއާއި، ސަރވިސް ޗާޖާއި ޖޫރިމަނާ ފައިސާއާއެކުގައި
އަދާކޮށް ލޯން އެކައުންޓަށް ދައްކަންޖެހޭ އެންމެހައިފައިސާ ދައްކައި ލޯން އެކައުންޓް ބަންދުކުރެވެންދެން
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާދެމެދު އެއްބަސްވެފައިވާ ގޮތުގެމަތިން ސެންކްޝަން ސިޓީތަކުގައިވާ
ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމާގުޅިގެން ހިނގާ ހުރިހާ ޚަރަދުތަކާއި
28
0
40ދهއ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
2{12/HC-A/239
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަހުނުކުރެވިފައިވާ ބަންޑާރަ ގޯތީގައިވާ އިމާރާތް ވިއްކާލަން ޖެހިއްޖެ ހާލަތެއްގައި ވިއްކާލުމަށްޓަކައި ބޭންކް އޮފް
މޯލްޑިވްސް ޕލކ އިން ކުރަންޖެހޭ އެންމެހައި ޚަރަދުތަކަކީ މިތިންމީހުންގެ ފަރާތުން ބޭންކަށް ދައްކަންޖެހޭ
ފައިސާ ކަމުގައާއި، މިތިން މީހުންނަށް ދޫކުރި ލޯނުގެ ފައިސާއާއި ސަރވިސް ޗާޖާއި ޖޫރިމަނާ ފައިސާއާއެކުގައި
އަދާކޮށް ލޯނު އެކައުންޓަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ލޯނު އެކައުންޓް ބަންދުކުރެވެންދެން
ރަހުނު އެގްރީމަންޓް ބާޠިލުނުވެ ދެމި އޮންނާނެކަމަށް ކަނޑައަޅުއްވައި، އެފައިސާ އަދާކުރުމުގެ ގޮތުން
އެމުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓަރެސްޓާއި ސަރވިސް ޗާޖާއެކު، އެފައިސާ 13 ސެޕްޓެމްބަރު
2010 ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެބަހަކަށްޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކައި ޚަލާސްކުރުމަށް ސޯސަންފްލާވަރ
ޒުލައިޚާ މަނިކެއާއި އެގޭ ޝަރުމީލާ އިބްރާހީމާއި، ޚަދީޖާ އިބްރާހިމަށް އަންގަވައިކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
ހ-
(ށ) ދެވަނަ ކަމަކީ: ސޯސަންފްލާވަރ (ރަޖިސްޓްރޭޝަން ނަންބަރ 9066) ކިޔާ
ބަންޑާރަ ގޯތި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރަހުނުކޮށްފައިވަނީ، ހ. ސޯސަންފްލާވަރ، ޝަރުމީލާ
އިބްރާހީމާއި، އެގޭ ޒުލައިޚާ މަނިކެ އާއި، ޚަދީޖާ އިބްރާހީމަށް ދޫކުރެވުނު ޑިމާންޑް ލޯންގުޅިގެން ކަމާއި،
އެލޯނު ދޫކުރެވުނު އެއްބަސްވުމުގައި، ސޯސަން ފްލާވަރ ކިޔާ ގޯތީގައި ހިމެނޭ ޖުމްލަ 1150 އަކަފޫޓު
ބަންޑާރަ ބިމުގައިވާ އެންމެހައި އިމާރާތްތައް އެބޭންކުގައި ރަހުނުކުރެވިފައިވާ ކަމަށާއި، އެއިމާރާތުގެ
ރަޖިސްޓްރީގެ އަސްލު، އެއިމާރާތުގެ މައްޗަށް ދަރަނި ނަގާ ފަރާތްތަކަށް ލިބިގެންވާ މިލްކްވެރިކަމުގެ
ޙައްޤުތަކާއި މަސްލަހަތު
ބެލަހަތުތަކާއެކު ބޭންކާ ހަވާލުކުރިކަމަށާއި، ބޭންކުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި
ދަރަނިތައް އަދާކުރުމަށް ދަރަނި ނަގާ ފަރާތްތަކަށް އެންގުމުން އެކަމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި ރަހުނު
ފަރާތުން ވިއްކާލުމުގެ ނުވަތަ ކުއްޔަށްދިނުމުގެ ހުއްދަ އެއްވެސް ޝަރުޠަކާ ނުލައި ދިނުމަވެއްޖޭގެ ހައި
4 3 22
همسر میل کی
+
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2{12/HC-A/239
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަހުނުކުރާ ފަރާތުން އެއްބަސްވާ ކަމަށާއި، އެގޮތުން ރަހުނު ވިއްކައިގެން ނުވަތަ ކުއްޔަށްދީގެން ދަރަނިތަކުގެ
ޢަދަދު އަދާނުކުރެވިއްޖެނަމަ އެމަދުވާ ޢަދަދެއްގެ ފައިސާ އަދާކޮށް ދިނުމަށް ދަރަނި ނަގާ ފަރާތްތަކުން
އެއްބަސްވާކަން ރަހުނު އެއްބަސްވުމުގެ 1.1 އަދި 5 އަށް ބެލުމުން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ
ނަންބަރު 2010/MC/209 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ފައިސާ
ދެއްކިފައިނުވާކަމަށާއި، ކޮންމެ މަހަކު 60,000.00ރ (ފަސްދޮޅަސްހާސް ރުފިޔާ) ދައްކަމުން ދާނެކަމަށާއި،
އަދި ކުރިއަށްއޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެލޯނު އެއްކޮށް ދައްކައި ޚަލާސް ކުރާނެކަމަށް
ހ. ސޯސަންފްލާވަރ، ޝަރުމީލާ އިބްރާހީމާއި، އެގޭ ޒުލައިޚާ މަނިކެ އާއި، ޚަދީޖާ އިބްރާހީމުގެ ފަރާތުން ދަށު
ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 09 މެއި 2012 ގައި ދީފައިވާ ބަޔާނުގައި ބުނެފައިވީނަމަވެސް،
އެގޮތަށް ފައިސާ ދައްކާނެކަމުގެ އެއްވެސް ޔަޤީންކަމެއް އެފަރާތްތަކުން ބޭންކަށް ދީފައިނުވާތީ ރަހުނު
ވިއްކާލުމުގެ ހުއްދަ ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން އެދިފައިވާކަން އެނގެން އޮންނަކަމާއި،
ރަހުނު ވިއްކާލުމުގެ ހުއްދަ ދެއްވައި ޙުކުމްކުރި ތާރީޚުގެ ފަހުން އެއްވެސް ފައިސާއެއް ދައްކާފައިނުވާކަމާއި،
އެލޯނާ ގުޅިގެން އެންމެ ފަހުން ފައިސާ ދައްކާފައިވަނީ 2012 އޭޕްރީލްގައި 45000.00ރ (ސާޅީސް
ފަސްހާސްރުފިޔާ) ކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަ
ތަކުން އެނގެން އޮންނަކަމެވެ.
02 92
(ނ) ތިންވަނަ ކަމަކީ: ބެހެއްޓުމަށްފަހު ރަހުނުގެ ޝަރުތަކާ ރަހުނު ބެހެއްޓިމީހާ
ޚިލާފުވުމުން ރަހުނު ހިފިމީހާ ދައުވާކޮށްފިނަމަ ރަހުނު ހަވާލުކުރުމަށް އެންގުމާއި، ރަހުނުން ލިބޭކުލި ރަހުނު
ބެހެއްޓިމީހާއަށް ދިނުމަށް ކޯޓުން އެންގިދާނެކަމަށް ޤާނޫނު ނަންބަރު 9/91 (ރަހުނާބެހޭ ޤާނޫނު) ގެ 8 ވަނަ
މާއްދާ އަދި 9 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި، ހަމަ އެޤާނޫނުގެ 12 ވަނަ މާއްދާގައި ވަނީ
ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދަލެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެމުދާ ވިއްކަން ކޯޓުން%9ދު ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ވެހިރާއްޖޭގެ ހައިކޯ
8
2{12/HC-A/239
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޙުކުމާ
428ނ
ކުރެވޭނީ ރަހުނު ބެހެއްޓި މީހާގެ ހުއްދަ ލިބިގެން، ނުވަތަ ރަހުނު ބެހެއްޓިމީހާ ނަގާފައިވާ ދަރަނި އަދާކުރެވޭނެ
އެހެން އެއްވެސް ގޮތެއް ނެތިގެން، ދަރަނި ލިބެންވާ މީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެދިއްޖެ
ހިނދެއްގައިކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2010/MC/209 ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވަނީ 13 ސެޕްޓެމްބަރު 2010 އިން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދަރަނި
ހަލާސްކުރުމަށް ކަމަށްވާއިރު،
އެއްގޮތަށް ފައިސާ ދެއްކިފައިނުވާކަން
ހ. ސޯސަންފްލާވަރ، ޝަރުމީލާ އިބްރާހީމާއި، އެގޭ ޒުލައިޚާ މަނިކެ އާއި، ޚަދީޖާ އިބްރާހީމުގެ ފަރާތުން ދަށު
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، އެލޯނަށް ދައްކަންޖެހޭ ފައިސާ
ނުދެއްކިއްޖެ ހާލަތެއްގައި ރަހުނު ކުރެވުނު އިމާރާތް ވިއްކާލައިގެން އެފައިސާ ހޯދުމުގައި އެއްވެސް އިޢުތިރާޒެއް
ނުކުރާނެކަމަށް ލޯނުނެގިފަރާތްތަކުން އެއްބަސްވެފައިވާކަން އެނގޭތީ، އިސްވެ އިޝާރާތްކުރެވުނު ޤާނޫނުގެ 12
ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައި، ރަހުނު ބެހެއްޓިމީހާ ނަގާފައިވާ ދަރިނި އަދާކުރެވޭނެ އެހެން އެއްވެސް
ގޮތެއް ނެތްކަމަށް ބައްލަވައި، ރަހުނު ކުރެވިފައިވާ މުދާ ވިއްކާލައިގެން އެލޯނާ ގުޅިގެން ބޭންކަން ލިބެންޖެހޭ
ފައިސާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ހުއްދަދެއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ޤަބޫލެއްނުކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{12/HC-A/239
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކުވެ
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/2403 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv