ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/165 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{7/HC-A/165
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 165/HC
-
A/2007
• ނަން: ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މ.އާނޫރު
• ކުންފުނީގެ ފަރާތުން : ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރ ،އިބްރާހީމް ޔޫސުފް މ.އާނޫރު
• އިސްތިއުނާފް ރައްދުވި ފަރާތް:
• ނަން: ސްރީލަންކާ އިންޝްއަރެންސް ކޯޕަރޭޝަން ލިމިޓެޑް
ވަކީލު: އޗ. ހަސަން މަޢާޒް ޝަރީފް
7.419
0
ތާރީޚް: 30 އޮގަސްޓް 2007
* ނިމުނު ތާރީޚް: 29 ނޮވެމްބަރ 2012
2003/MC/1377 ޤަޟިއްޔާ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:
• ނިންމެވިކޯޓު: މަދަނީކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 18-08-2003
.
ނިމުނު ތާރީޚް: 04-06-2007
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ޢާއިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{{7/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު
2003/MC/1377 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވަނީ ސްރީލަންކާ އިންޝްއަރެންސް ކޯޕަރޭޝަން ލިމިޓެޑް
އަށެވެ.
33ވގތ
ފާހަގަކުރެވުނު ނުކުތާތައް:
1- މަދަނީކޯޓުގެ ނަންބަރު 2003/MC/1377 ޤަޟިއްޔާއަކީ ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރާއްޖެއިން ބޭރުން ގެންނަން ބޭނުންވި
މުދާތަކެއް، ގެނައުމުގެ ކުރިން، އެމުދާތައް ރާއްޖެއާއި ހަމައަށް އައުމާމެދު އެމުދަލަށް ލިބިދާނެ
ގެއްލުމަކަށްޓަކައި، އެމުދާތައް ސްރީލަންކާ އިންޝްއަރެންސް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު
MB
/
459
/
02
/
IP (19 އޯގަސްޓް 2012 ) ގެ ޕޮލިސީގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތިން
އިންޝުއަރެންސް ކޮށްގެން ގެނައި މުދާތަކުގެ ތެރެއިން ބައެއްމުދާ މަދުވެފައިވާތީ، ގެއްލިފައިވާ މުދަލުގެ
އަގަށްވާ U
$
S141,286.87 (އެއްލައްކަ ސާޅީސް އެއްހާސް ދުއިސައްތަ އަށްޑިހަ ހައެއް ޕޮއިންޓް އަށެއް
ހަތެއް ޔޫ.އެސް ޑޮލަރ) އާއި، މުދަލުގެ އިންޝުއަރެންސް ހޯދުމަށް ޚަރަދު ކުރަންޖެހުނު -/U$S10,000
(ދިހަ ހާސް ޔޫއެސް ޑޮލަރ) އާއި އެކު ޖުމްލަ USS151,286.87 (އެއްލައްކަ ފަންސާސް އެއްހާސް
ދުއިސައްތަ އަށްޑިހަ ހައެއް ޕޮއިންޓް އަށެއް ހަތެއް ޔޫ.އެސް ޑޮލަރ) ހޯދުމަށް އެދި ދަރަމްވީރު ކާރޕެންޓަރީ
ޓްރޭޑް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްރީލަންކާ އިންޝްއަރެންސް
ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް މަދަނީ ކޯޓަށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި
4 22
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2{{7/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OLO
F 250
ou o
ع تر
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، " ވީމާ، ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް
ކޮންސްޓްރަކުޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ، ސްރީލަންކާ އިންޝްއަރެންސް ކޯޕަރޭޝަން
ލިމިޓެޑުގެ މައްޗަށް ހުށަހެޅި މިދަޢުވާއަށް ބެލިއިރު، ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަންގެ ފަރާތުން
އިންޝުއަރެންސް ކޮށްފައިވާ ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ މުދާ ޝިޕްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ހެކި ދަރަމްވީރު ކާރޕެންޓަރީ
އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައި ނުވާތީ، ދަރަމްވީރު
ކާރޕެންޓަރީން މިދަޢުވާގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ ސްރީލަންކާ އިންޝްއަރެންސް
ކޯޕަރޭޝަން ލިމިޓެޑުން ނަގައިދެވޭނެ ބަދަލެއްނޫން ކަމަށާއި، މުދަލުގެ އިންޝުއަރެންސް ހޯދުމަށް
ދަރަމްވީރުން ހަރަދު ކުރަން ޖެހުނު ކަމަށް ބުނާ ފައިސާއަކީ ސްރީލަންކާ އިންޝްއަރެންސް ކޯޕަރޭޝަން
ލިމިޓެޑުގެ ފަރާތުން ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް ކޮންސްޓްރަކުޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ދޭންޖެހޭނެ ފައިސާއެއްނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- މަދަނީކޯޓުގެ ނަންބަރު 2003/MC/1377 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. އެއީ:-
• ފުރަތަމަ ނުކުތާއަކީ، ބެންކޮކްގެ ނިއު ލޮޖިސްޓިކް ކޮމްޕެނީން ދަރަންވީރު ކާޕެންޓްރީ
ޓްރޭޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ގަތް މުދަލުގެ އިންވޮއިސް ޕަރޗޭސް ރިސިޕްޓްގެ
ޑޮކިއުމެންޓްތައް ސްރީލަންކާ އިންސްއަރެންސް ކޯޕަރޭޝަނަށް ހުށަހެޅުމުން އެމުދާ އިންޝުއަރެންސް
ކުރުމަށް ދައްކަންޖެހޭ ޕްރިމިއަރ ފައިސާ ދެއްކުމުން އިންޝުއަރެންސް ޕޮލިސީ އިންޝުއަރެންސުން
ދުރަމްވީރަށް ދޫކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
04 0
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{7/HC-A/165
co ou
OX OO
0.4
x
4 ހ
0
• ދެވަނަ ނުކުތާއަކީ، އެމުދާ ބޭންކްގެ ނަންބަރު 2139518
CRXU ކޮންޓޭނަރގައި
ޝިފްޓްކޮށްފައިވަނީ ސިންގަޕޫރަށެވެ. އަދި ސިންގަޕޫރުން ކޮލަމްބޯއަށެވެ. އަދި ކޮލަމްބޯއިން މިމުދާ
ޑެނަރއަކަށް ބަދަލުކޮށް އެމުދާ ރާއްޖެއަށް ގެނެސްފައިވަނީ 6-103443-JAYU ނަންބަރު
ކޮންޓޭނާރއިންނެވެ. މިބަދަލުވި ބަދަލުވުން މިއީ މިކަމުގައި ދަރަމްވީރަށް އެންމެ ބޮޑަށް ފާހަގަކުރި
ތަންކޮޅު ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، މިމުދާ ކޮލަމްބޯއިން ރާއްޖެ އައިއިރު މަދުވެފައިވަނީ ބޭންކޮކުން
ސިންގަޕޫރުން ކޮލަމްބޯއާއި ހަމައަށް އެމުދާ އައީ އެއްކޮންޓޭނަރއެއް ކަމަށްވެފައި، ކޮލަމްބޯއިން އެމުދާ
އެހެން ކޮންޓޭނަރަކަށް ބަދަލުކުރި ބަދަލުކުރުމެއްކަމަށް ބެލެވޭހިނދު، ޕޯޓްސް އޮތޯރިޓީން 2004
ފެބްރުއަރީ 23 ގައި މަދަނީކޯޓަށް ފޮނުއްވި ނަންބަރު 2004
/
31/113D
/
MISC ސިޓީއާއި،
އަދި އޮތޯރިޓީން އެކޯޓަށް 2006 މާރޗް 05 ގައި ފޮނުއްވި 113/144/2006/01 ނަންބަރު
ސިޓީން މުދާ މަދުވެފައިވާކަމާއި، މުދާމަދުވާން ދިމާވި ސަބަބު އެނގެން އޮތްއިރު، މިސިޓީތަކަށް
ޝަރީޢަތުން ބައްލަވާފައި ނުވާކަން ފާހަގަކުރެވުނު ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، 6-103443-JAYD މިނަންބަރު ކޮންޓޭނާރ ޕޯޓްސް
އޮތޯރިޓީއާއި، ކަސްޓަމްސްއާއި، އެމް.އެން.އެސް.އެލް އާއި ދަރަންވީރުގެ މުވައްޒަފުންގެ ޙާޟިރުގައި
ހުޅުވިއިރު، އެފޮށިތަކުގެ ބިއްތައް ފޭވެފައި ހުރިކަން އިސްވެ އިޝާރާތް ކުރެވުނު ސިޓީގައި ފާހަގަ
ކުރައްވާފައިވަކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، /2002
/
48/REF ACR (16 އޮކްޓޯބަރ 2002) ޑެމޭޖް
ކާގޯ ސާރވޭ ރިޕޯޓްގައި ކޮންޓޭނާރގައިވާ ފޮށިތަކުން މަދުވާ މުދަލާއި ތަކެތި ބަޔާންކޮށްފައިވާ ކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ
.
• ހަވަނަ ކަމަކީ، އެމުދާ މަދުވިކަމަށް ބައްލަވާފައިވަނީ އެމުދަލުގެ ޑިއުޓީ ނެގުމަށްޓަކައި
ކަސްޓަމަށް ހުށަހެޅި އިންވޮއިސްއަށް ބައްލަވައިގެން ކަމަށްވީއިރު، އެކަމަށްވެސް ޝަރީޢަތުން ފާހަގަ
ކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ، ޕޯޓްސް އޮތޯރިތީގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި
ކޮންޓޭނަރ ހުޅުވީ މުދަލުގެ ސާމްޕަލް ބެލުމަށްޓަކައެވެ. އަދި އެފޮށިތައް ހުރިގޮތް ރެކޯޑަށްޓަކައި
ޓީޗަ
¢ ¢ ¢ ¢
ހައިވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{7/HC-A/165
IS
ފާހަގަކުރުމަށް ބައެއް ފޮޓޯތައް ނަގައި އަދި އެކޮންޓޭނާރތައް ހުޅުވި ބަޔާންތައް ފޮނުއްވާފައިވާއިރު،
ޝަރީޢަތުން މިލިޔުންތަކަށް ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• އަށްވަނަ ނުކުތާއަކީ، ޕޯޓްސް އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާއި އެކުގައިވާ
ބަދީޢުއްދީން 21 ފެބްރުއަރީ 2006 ގައި ދީފައިވާ ބަޔާނުގައިވަނީ، 28 ސެޕްޓެމްބަރ 2002
ވަނަ ދުވަހު އުއްމީދު ބޯޓުގެ ބީއެލް ނަންބަރު 0657-BKS INO2 ގެ ދަށުން ދަރަންވީރު ގެނައި
މުދަލުގެ ސާމްޕަލް ބެލުމަށް އެމުދާ ނަގައި 6-103443-JAYU ނަންބަރު ކޮންޓޭނާރ ހުޅުވިއިރު،
އެތާނގައި ތިއްބެވީ މޯލްޑިވްސް ކަސްޓަމްސްއާއި ސިފައިންނާއި އަދި މުދަލުގެ ވެރިފަރާތެވެ. ފޮށިތަކުގެ
އަރިމަތިންނާއި، އެކިއެކި ދިމާލުން ދަށުން ބިއްތައް ފޭވެފައި ހުރިކަމަށާއި، ފޭވެފައި ހުރި ދިމާލުން
މީހެއްގެ އަތް ވަންނަވަރަށް ފޭވެފައި ހުރިކަމަށެވެ. އަދި އެއިން ބައެއްމުދާ މަދުވާތީ، އިންޝުއަރެންސް
ބޭފުޅުންނަށްވެސް ދެއްކެވިކަމަށެވެ." މީނާގެ މިހެކިބަހަށް ޝަރީޢަތުން ނަޒަރު ކުރައްވާފައި
ނުވާކަމަށާއި އިންޝުއަރެންސް ބޭފުޅުންނަކީ ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ގެ
ބޭފުޅުންކަމަށާއި އެބޭފުޅުން ގެނެސް ދެއްކިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ނުވަވަނަ ނުކުތާއަކީ، ކަސްޓަމްސްއިން މަދަނީ ކޯޓަށް 17 ޖެނުއަރީ 2006 ގައި
ފޮނުއްވި 1-551/144/2006-14 ސިޓީގައިވަނީ މުދަލުގެ ޝިޕްމަންޓްގެ ބަރުދަނުގެ ގޮތުގައި
ހަދާފައިވާ ބިލް އޮފް ލޭންޑިންގގައި 1117 ކިލޯގުރާމްގެ މުދާ ފޮނުވިކަމުގައި ހުންނަންޖެހޭ އިރުވެސް
މުދާހުރި ފޮށިތައް ހަލާކު ކޮށްފައި ހުރުމުން މުދާ ސާރވޭކޮށް ބެލިބެލުމަށްފަހު މުދަލުގެ ބަރުދަން
ބެލުމަށް ޕޯޓްސް އޮތޯރިޓީގައި އިންޝުއަރެންސުން އެދިވަޑައި ގަތުމުން އެމުދާ އޮތޯރިޓީން ކުރިއިރު
ހުރީ 600 ކިލޯ ގްރާމްކަމާއި، 517 ކިލޯގްރާމް މަދުވާކަމުގައެވެ. މިކަން ބަޔާންކުރައްވާފައިވަނީ
އޮތޯރިޓީން 16 އޮކްޓޫބަރ 2002 ގައި ދެއްވި ވެއިޓިންގ ނޯޓްގެ ސިޓީން ކަމަށާއި މިކަންކަން
އެނގެން އޮތްއިރު ސަރުކާރުގެ މިދެ މުއައްސަސާގެ އެސިޓީތަކަށް ޝަރީޢަތުން ބައްލަވާފައިނުވާކަން
ފާހަގަކުރެވޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދިހަވަނަ ކަމަކީ، 24 އޮކްޓޫބަރ 2002 ގައި މޯލްޑިވްސް ކަސްޓަމްސް އިން
ފޮނުއްވި ނަންބަރު 2002
/
06/B
-
125L ސާރވޭ ރިޕޯރޓުން މަދުވެފައިވަނީ ކޮން މުދަލެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{7/HC-A/165
އެހެންކަމުން
އެމުދަލުގެ ބާވަތްތައް އެނގެން އޮތްއިރު މިނުކުތާއަށްވެސް ޝަރީޢަތުން ބައްލަވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
• އެގާރަވަނަ ކަމަކީ، ރާއްޖެއިންބޭރުން ގެންނަ އަގުބޮޑު މުދާ އިންޝުއަރެންސްކޮށް
އިންޝުއަރެން ސުން އިންޝުއަރެންސް ޕޮލިސީ ދޫކުރުމުގެ ބޭނުމާއި މަޤްޞަދަކީ އެމުދާ
ޝިފްޓްކުރުމަށްފަހު މުދަލުގެ ވެރިފަރާތަށް މުދާ ލިބުމުގެ ކުރިން ނުވަތަ މުދާލިބޭ އިރު ކަނޑުމަތީގެ
ޙާދިސާއަކުން ނުވަތަ ބަނދަރަކުން ނުވަތަ މުދާހުރި ސަރަޙައްދަކުންވިޔަސް އެމުދާ ގެއްލި
މަދުވެފައިވާނަމަ އެމުދަލުގެ އަގު ނުވަތަ ބަދަލު އެމުދަލުގެ ވެރިފަރާތަށް ދިނުމަށް ޒިއްމާ އުފުލާ
ފަރާތަކީ އިންޝުއަރެންސްކަމަށްވާތީ އެގޮތުން އެކަމަށްވެސް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ބާރަ ވަނަ ކަމަކީ، އިންޝުއަރެންސް ކުރި މުދަލުން އިންޝުއަރެންސް ކުރި މުދާ
އިންވޮއިސް ބަލައިގެން މަދުވާ މުދަލުގެ އަގަކީ، 147288.87 (އެއްލައްކަ ސާޅީސްހަތްހާސް
ދުއިސައްތަ އަށްޑިހަ އަށެއް ޕޮއިންޓް އަށެއް ހަތެއް) ޔޫއެސް ޑޮލަރެވެ.
އިންޝުއަރެންސް ޕޮލިސީގެ ޤަވާޢިދުގައި ބަދަލުދިނުމާއިބެހޭ ބައިގެ 8.01 ގައި ބަޔާންކޮށްފައިވާ
ގޮތުން ކަނޑައަޅާފައިވާ ޝަރުޠުތަކުގައި މަދުވެފައިވާ މުދަލަށް ބަދަލު ދިނުމަށް އިންޝުއަރެންސަށް
ލާޒިމުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތޭރަ ވަނަ ނުކުތާއަކީ، އިންޝުއަރެންސް ޕޮލިސީގެ ނަންބަރު MB
/
459
/
02
/
IP
މިބައިގައިވަނީ މިއެއްބަސްވުމުގައިވާ ގޮތުގެމަތިން ކުރެވޭ ދަޢުވާއަށް ޢަމަލުކުރެވޭނީ އިނގިރޭސި
ޤާނޫނަށްކަމަށާއި އަދި ޕޮލިސީގައިވާގޮތުން އެފަދަކަމެއް ދިމާވެގެން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ
އެމުދަލަކަށް ބަދަލުދެވޭނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ސާދަވަނަ ކަމަކީ، އިންޝުއަރެންސް ޕޮލިސީގައިވާ ގޮތުން އިތުބާރުކުރެވޭ ފަރާތަކުން
މުދަލަށް ގެއްލުން ލިބިއްޖެކަމަށް ބަޔާންކުރާ ޙާލަތެއްގައި ވަގުތުން އެކަން ރިޕޯރޓް ކުރުމަށް އޮތް
އޮތުމުގެ މައްޗަށް މުދާ މަދުވިކަން އެނގުނުވަގުތު ޕޯރޓްސް އޮތޯރިޓީގައި އެމުދާ ހުއްޓައި
އިންޝުއަރެންސަށް އަންގަވައި އިންޝުއަރެންސުން މިސްޓަރ އަމަރުދާސް ޕޯރޓްސް އޮތޯރިޓީއަށް
ޙާޟިރުވެ އެން.އެސް.އެސް ގެ ބޭކަލުންނާއި، ކަސްޓަމާއި، ނެޝަނަލް ޝިޕިންގ ލިމިޓެޑާއި،
އެއްގެ
ހައިވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2{07/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
5 0
ޕޯރޓްސް އޮތޯރިޓީގެ ބޭކަލުންނާއި، ދަރަމްވީރުގެ ބޭކަލުންނާއި، މިއެންމެން އެއް ޙާޟިރުގައި ތިބެ
އެމުދާ ބަލާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ފަނަރަ ވަނަ އަކީ، މިދެންނެވި އިތުބާރުހުރި ފަރާތްތަކުން މުދާ ބެލުމަށްފަހު މުދާ
މަދުވުމުގެ ސާރވޭ ރިޕޯރޓް އެޙާލަތުގައި ބަލާ މުދަލުގެ ތަފްޞީލު ޕޮލިސީގައި ބުނެފައިވާގޮތަށް
މުދަލުގެ އިންވޮއިސް ކަސްޓަމާއި ޕޯރޓްސް އޮތޯރިޓީއަށް ހުށަހެޅުމަށްފަހު މިދެ މުއައްސަސާއިން
ސާރވޭ ރިޕޯރޓް ޝަރީޢަތަށް ހުށަހަޅާފައިވާކަމީ އިތުރުހެއްކަކަށް ބޭނުންނުވާނޭފަދައިން އެނގި
ސާބިތުވާންއޮތް ކަމެއްކަމަށްވާއިރު، ޝަރީޢަތުން އެކަން ފާހަގަކުރައްވާފައި ނުވުމުން ދަރަމްވީރުގެ
ޙައްޤު ގެއްލިގެން ދިޔަކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ސޯޅަ ވަނަ ކަމަކީ، މުދާހުރި ކޮންޓެއިނަރ ހުޅުވާ މުދާ ބަލާ ޗެކްކުރި މީހުންނަކީ
ޕޯރޓްސް އޮތޯރިޓީގެ ބަދީޢުއްދީން ޢަލީއާއި، ކަސްޓަމްސްގެ ޢަބްދުލް ޙަމީދުއާއި، އެން.އެސް.އެސް ގެ
ބޭފުޅުންނާއި، ދަރަމްވީރުގެ މުއައްޒަފުންނާއި، ޕޯރޓްސް އޮތޯރިޓީއާއި، ކަސްޓަމެވެ. މިހެން މިކަން
އޮތް އިރު މިއީ އިތުރު ބެލުންތަކެއް ބަލަންނުޖެހޭވަރަށް ސާބިތުވާކަމަކަށްވީހިނދު ޝަރީޢަތުން
މިކަމަށްވެސް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ސަތާރަ ވަނަ ނުކުތާއަކީ، 26 މެއި 2004 ގައި ޕޯރޓްސް އޮތޯރިޓީން ފޮނުއްވި
ނަންބަރު 2004
/
86/113CC
/
MIS
ސިޓީގައި މުދާ އަޅާފައި ހުރި ފޮށިގަނޑުތައް
ހަލާކުކޮށްފައިވާކަމާއި، މުދާ މަދުވެފައިވާކަން ވަރަށްސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި ދަރަމްވީރު
ކީގޮތުގައި ހުށަހެޅި ލިޔުންތަކަކީ ދަޢުވާ ފޯރމްގެ 5 ވަނަ ނަންބަރުގައިވާ ލިޔުންތަކެވެ. އެހެންކަމުން
އެލިޔުންތަކަށް ފުރިހަމައަށް ރިޢާޔަތްކުރައްވާފައި ނުވާކަން މައްސަލަ ނިމުނު ރިޕޯރޓުން ފާހަގަކުރެވޭ
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
05
ou o
03 މަދަނީކޯޓުގެ ނަންބަރު 2003/MC/1377 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަރަމްވީރު ކާރޕެންޓަރީ ޓްރޭޑް އެންޑް ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، ނުކުތާތަކާއި ގުޅިގެން ދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2{07/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
/
<< O
(ހ) ދަރަމްވީރު ކާޕެންޓްރީން އިންޝުއަރެންސް ކޮށްފައިވާ މުދާތައް،
ބެންކޮކުން މާލެ
ގެނައުމަށްޓަކައި، ބޭންކޮކްގެ ނިއޮލޮޖިސްޓިކް އެންޑް ޝިޕިންގ ލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
ޙަވާލު ކުރެވިފައިވާކަމަށާއި، މިމުދަލަށް ހެދިފައިވާ ނަންބަރު MLE001
/
2002 (29-08-2002) ގެ
އިންވޮއިސްގައިވާ ގޮތުން މުދަލުގެ އަގަކީ U
$
S142,382.92 (އެއްލައްކަ ސާޅީސްދެހާސް ތިންސަތޭކަ
އަށްޑިހަ ދޭއް ޕޮއިންޓް ނުވައެއް ދޭއް، ޔޫ.އެސް ޑޮލަރ) ކަމަށާއި، މިމުދަލުގެ ތެރެއިން ގެއްލިފައިވާ
މުދަލުގެ އަގަކީ U
$
S141,286.87 (އެއްލައްކަ ސާޅީސް އެއްހާސް ދުއިސައްތަ އަށްޑިހަ އެއް
ޕޮއިންޓް އަށެއް ހަތެއް ޔޫ.އެސް ޑޮލަރ) ކަމަށާއި
ހއ 2
2x
22
0
ބަޔާންކޮށްދެމުން
ބެންކޮކުން މުދާ މަލެ އައިސްފައިވާ ގޮތުގެ ތަފްޞީލް
މިމުދާ
ކަނޑުމަގުން އައިސްފައިވަނީ، ބެންކޮކުން، ސިންގަޕޫރުން، ސްރީލަންކާއިން، ދިވެހިރާއްޖެއަށްކަމަށް
ދަރަމްވީރު ކާޕެންޓްރީގެ ފަރާތުން ބުނެފައިވާކަމާއި
މުދާ ކްލިއަރ ކުރުމަށްޓަކައި، މުދަލުގެ އިންވޮއިސްއާއި، ޑެލިވަރީ އޯޑަރ މޯލްޑިވްސް
ކަސްޓަމްސް ސާރވިސްއަށް ހުށަހެޅުމުން، މުދަލުގެ ޑިއުޓީ ނަގަންބޭނުންވާ މިންވަރަށް، އިންވޮއިސްގައި
މުދަލުގެ ތަފްޞީލް ނެތުމުންނާއި، އިންވޮއިސްގައިވާ މުދަލުގެ ބާވަތާއި، ތަކެތީގެ ނަމާއި، މޮޑެލް
ނަންބަރު އިތުރަށް ސާފުކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި، މޯލްޑިވްސް ޕޯރޓްސް
އޮތޯރިޓީއާއި، އެން.އެސް.އެސްގެ ބޭފުޅުންނާއި، ދަރަމްވީރުގެ މުވައްޒަފުން ތިބެގެން، ދަރަމްވީރުގެ
މުދާހުރި ކޮންޓެއިނަރ ނަންބަރ 4436
103
JAY ކޮންޓެއިނަރ ހުޅުވާބެލިއިރު، ކޮންޓެއިނަރުގައި
ހައިވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2{07/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުރި ދަރަމްވީރުގެ 04 ފޮށިގަނޑު ހަލާކުވެފައިވުމުން، މުދާ ގެއްލިފައިވާކަން ސާބިތުވާކަމަށް
ދަރަމްވީރުން ބުނާކަމާއި
ބެންކޮކްގެ ނިއޮލޮޖިސްޓިކް އެންޑް ޝިޕިންގ ލައިން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ނަންބަރު MLE001
/
2002 (2002-08-29) ގެ އިންވޮއިސްގައި ހިމެނޭ މުދަލުގެ
އޮރިޖިނަލް ބިލް އޮފް ލޭޑިންގގެ ބަރުދަނަކީ 1117 ކިލޯ ކަމަށާއި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ
ފަރާތުން މުދަލުގެ ބަރުދަން ބެލިއިރު، ބަރުދަނުގައި ހުރީ 600 ކިލޯކަމަށާއި، މިމުދަލުގެ ތެރެއިން
517 ކިލޯ ގެއްލިފައިވާކަން މިކަމުން ސާބިތުވާކަމަށް ދަރަމްވީރު ކާޕެންޓްރީގެ ފަރާތުން
0 0
ފާހަގަކޮށްފައިވާކަމާއި
ބެންކޮކުން މުދާ މާލެއައިއިރު މުދަލުގެ ޕެކިންގލިސްޓެއް ދަރަމްވީރު
ކާރޕެންޓްރީއަށް ލިބިފައިނުވާކަމަށާއި، މުދަލުގެ ޕެކިންގ ލިސްޓް ވަނީ މޯލްޑިވްސް ކަސްޓަމްސް
ސަރވިސް ގައިކަމަށާއި، ދަރަމްވީރު ކާރޕެންޓްރީއަށް ލިބުނީ އިންވޮއިސްކަމަށާއި، މުދާ މާލެއާއި
ހަމައަށް އައިއިރު މުދާ މަދުވެފައިވާކަމަށް ދަރަމްވީރު ކާރޕެންޓްރީން ބުނެފައިވަނީ، އިންވޮއިސްގައި
ހިމެނޭ މުދަލުން ބައެއްމަދުވެ، އިންވޮއިސްގައި ހިމެނޭ މުދާ ދަރަމްވީރު ކާޕެންޓްރީއަށް ލިބިފައި
ނުވާތީކަމަށް ބުނާކަންވެސް ބަޔާންތަކުންނާއި ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެގެއެވެ.
ސްރީލަންކާ އިންޝްއަރެންސްގެ ފަރާތުން މިދަޢުވާއަށް އިންކާރުކޮށް ދަރަމްވީރު
ކާޕެންޓްރީގެ މުދާހުރި ކޮންޓެއިނަރ، މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީ އާއި . މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއާއި، އެން.އެސް. އެސް ގެ ބޭފުޅުން ވަޑިގެން ބެއްލެވިއިރު، މިކޮންޓެއިނަރުގައި ހުރި
ދަރަމްވީރު ކާރޕެންޓްރީގެ 04 ފޮށިގަނޑަށް ގެއްލުން ލިބުނުކަމުގައި ރަމްވީރު ކާރޕެންޓްރީން
ބުނިނަމަވެސް، 04 ފޮށިގަނޑު ހުޅުވައިގެން އިންސްޕެކްޓް ކުރުމުގެ ކުރިން 04 ފޮށިގަނޑުގެ
ހައިވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{{7/HC-A/165
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެންމެފަހުގެ ޙާލަތު ބަޔާންކޮށްދިނުމަށް އެދި، ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަންގެ ފަރާތުން
މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގައި އެދުނު އެދުމެއްގެ ޖަވާބުގައި، މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ
ނަންބަރު 2002
/
164/CC
/
MIS-113 (21 ނޮވެމްބަރު 2002) ގައި ސްރީލަންކާ އިންޝުއަރެންސް
ކޯޕަރޭޝަންއަށް ފޮނުވި ސިޓީގައި،04 ފޮށިގަނޑުގެ ބޭރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ފާހަގަ
ކުރައްވާފައިވާކަމަށާއި، މުދާހުރި ފޮށިގަނޑަށް ގެއްލުމެއް ނުލިބޭކަން މިސިޓީން ސާބިތުވާ ކަމަށާއި
0 0 2
ދަރަމްވީރު ކާރޕެންޓްރީގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްއާއި، ބިލް އޮފް ލޭޑިންގއަކީ،
ޞައްޙަ ލިޔުންތަކެއްނޫން ކަމަށާއި، މިކަން ސާބިތުކުރުމަށްޓަކައި، ބެންކޮކްގައި ހުންނަ ލޮއިޑްސް އޮފް
ލަންޑަންގެ ރާއްޖޭގެ ލޯކަލް އެޖެންޓެއް ކަމަށްވާ އެލައިޑް ސަރވެއަރސް އެންޑް އެޖަސްޓަރސް
ލިމިޓެޑުން ތަޙުޤީޤުކޮށް ހުށަހަޅާފައިވާ ތަހުޤީޤު ރިޕޯރޓް ނަންބަރު 304/51A ހުށަހަޅާ ކަމަށާއި،
މިރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، ލޮއިޑްސް އޮފް ލަންޑަންގެ ރާއްޖޭގެ ލޯކަލް އެޖެންޓެއް
ކަމުގައިވާ އެއިޓް ކެން ސްޕެންސް އެންޑް ކޮމްޕެނީ ލިމިޓެޑްގެ އެދުމުގެ މަތިން 02 އެޕްރީލް 2004
ގައި، ނިއޮލޮޖިސްޓިކް އެންޑް ޝިޕިންގް ކޮމްޕެނީ، ޖެ
ރަސަކް ސިޓިސް ޕްރޮޗުކާ
ބައްދަލުކުރުމުން، ދަރަމްވީރު ކާރޕެންޓްރީން ހުށަހަޅާފައިވާ އިންވޮއިސް ނަންބަރު 001/2002
MLE
އާއި، މުދާ ގަތްކަމުގެ ރަސީދަކީ ނިއުލޮޖިސްޓިކުން ދޫކޮށްފައިވާ ލިޔުމެއް ނޫންކަމަށް
ބުނެފައިވާކަމަށާއި، މިލިޔުމުގެ ބްލޭންކް ޑޮކިއުމަންޓްސް ފްރެއިޓް މާސްޓާރސް ކޮމްޕެނީ ލިމިޓެޑަށް
-/1000 ބާތަށް ވިއްކާފައިވާ ކަމަށާއި ނިއޮލޮޖިސްޓިކް އެންޑް ޝިޕިންގް ކޮމްޕެނީން ދޫކުރާ ބިލް އޮފް
ލޭޑިންގއާއި ރަދުގެ ސާމްޕަލް ތަފާތުކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައި އޮންނަކަމަށް ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަނުން ބުނާ ކަމާއި
ﷲ0
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11
2{{7/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
Coxx
މުދަލުގެ އިންވޮއިސްއަކީ، މުދާ ބޯޓަށް އެރިވިކަން ސާބިތުކުރެވޭފަދަ
ހެއްކެއްނޫންކަމަށާއި، މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީންނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން
ދޫކޮށްފައިވާ ލިޔުންތަކުގައި މުދާ މަދުވިކަމަށް ފާހަގަކުރައްވާފައިވަނީ، އިންވޮއިސްއަށް
ބެލިގެންކަމަށާއި ވީމާ، މިރިޕޯރޓްތަކުން ބެންކޮކުން މާލެ އައި ޝިޕްމަންޓް މާލެ އައި އިރު މުދާ
މަދުކަމުގައި ސާބިތު ހެއްކެއް ނުލިބޭކަމަށް ބުނާ ކަމާއި
މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑުން 16 އޮކްޓޯބަރ 2002 ގައި ދަރަމްވީރު
ކާރޕެންޓްރީއަށް ފޮނުވި ސިޓީގައި ދަރަމްވީރުގެ 4 ފޮށިގަނޑު ހުރީ، ކޮންޓެއިނަރ ނަންބަރު
103443-6-JAYU ކޮލޮމްބޯއިން މާލެ ގެނައުމަށްޓަކައި، އެމް.ވީ އުންމީދަށް ލިބުނުއިރު، ހުރީ
ޤަވާޢިދުން ތަޅުވާ ބަންދުކޮށްފައިކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި އުޅަނދުން ކޮންޓެއިނަރ
ބޭލީވެސް އެޙާލަތުގައި ކަމަށް ބަޔާންކޮށްފައިވާތީ، އެހެންގޮތަކަށް ހެއްކާއި، ދަލީލް ލިބިފައި ނުވާކަމުން،
04 ފޮށިގަނޑަށް ގެއްލުން ނުލިބޭކަމަށް ފާހަގަކުރާ ކަމަށާއި
ސްރީލަންކާ އިންޝުއަރެންސްގެ ފަރާތުން ދަރަމްވީރު ކާރޕެންޓްރީން ހޯދުމަށް
އެދިފައިވާ ލިޔުންތަކުގެ ތެރެއިން:-
ބެންކޮކުން މާލެއައި ޝިޕްމަންޓްގެ ހުރިހާ ބީ.އެލް ތަކުގެ އޮރިޖިނަލްއާއި،
މުދަލުގެ ޕެކިންގ ލިސްޓާއި،
ބެންކްކޮކް ސިންގަޕޯރ ސެކްޓަރާއި، ސިންގަޕޯރ ކޮލަމްބޯ ސެކްޓަރާއި، ކޮލަމްބޯ މާލެ
ސެކްޓަރުތަކުގެ މާސްޓަރ ބީ.އެލް ނުލިބޭކަމަށާއި، ބެންކޮކުން މުދާގަތްކަމުގެ ރަސީދުގެ ކޮޕީ ހުށަހަޅާފައި
ވަނީ، 29 ފެބްރުއަރީ 2004 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިސްގައި ކަމަށާއި އެރަސީދުގެ ޞައްޙަ
ކަމާމެދު ސުވާލު އުފެދޭ ކަމަށާއި އެއީ، ރަސީދު ހުށަހެޅުމަށް 26 ނޮވެމްބަރު 2002 ގައި ސްރީލަންކާ
4
ހައިވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{7/HC-A/165
އިންޝުއަރެންސް އިން އެދިފައިވީ ނަމަވެސް، އެހާދުވަސް ވަންދެން ރަސީދު ހުށަހަޅާފައި ނުވާތީ
ކަމަށާއި
މުޅި ޝިޕްމަންޓްގައި އައުމަށް ހަމަޖެހިފައިވާ ހުރިހާ މުދަލެއް 04 ފޮށިގަނޑުގައި ހުރިކަމަށް
ދަރަމްވީރު ކާރޕެންޓްރީން ބުނާއިރު ، ގެއްލުން ކަމަށް ބުނާ ބުރުމާ ތަކާއި، ކަރަންޓް
ވައިބްރޭޓަރުތަކާއި، ޕްލާސްޓިކް ގޮނޑިތަކާއި، މީހުރިހާ މުދަލެއް 04 ފޮށި ގަނޑުގައި ބަންދު
ނުކުރެވޭނެ ކަމަށާއި މިކަން މި 04 ފޮށިގަޑުގެ ފޮޓޯތަކުންވެސް އެނގޭ ކަމަށާއި، ފޮށިގަނޑުތައް ހުރީ
އެއަށް އިތުރަށް އެއްޗެއް ލެވޭވަރަށްވުރެ ބޮޑަށް ފުރިފައިކަން، ފޮޓޯތަކަށް ބެލުމުން އެނގޭކަމަށް
ވާތީއާއި، ގެއްލުނު ކަމަށް ބުނާ މުދާ 04 ފޮށިގަނޑަށް އަޅާފައިވަނިކޮށް ނަގާނަމަ، ފޮށިގަނޑުތައް
ހަލާކު ކޮށްލަންޖެހޭނެ ކަމަށާއި، ނަމަވެސް މިފަދަ ބޮޑު ގެއްލުމެއް ނުވަތަ ހަލާކެއް ފޮށްޓަށް ލިބިފައި
ނުވާކަމަށާއި، މަދުވާކަމަށް ބުނާ މުދަލުގެ ތެރެއިން އިލެކްޓްރޯނި ތަކެއްޗާއި، ޓޭބަލް ސޯއާއި،
ޕްލާސްޓިކް ގޮނޑިފަދަ ތަކެތި ހުރުމުން މިފަދަ ތަކެއްޗަކީ ކުޑަ ޖާގައަކުން ނެރެވޭނެ ތަކެއްޗެއް
ނޫން
ކަމަށްވެސް ސްރީލަންކާ އިންޝުއަރެންސް ގެފަރާތުން ބުނެފައިވާކަން މަދަނީ ކޯޓަށާއި މިކޯޓަށް
ދީފައިވާ ބަޔާންތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ.
ހ 04
(ނ) އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރާއި
އަދި 8 ވަނަ ނަންބަރާއި 10 ވަނަ ނަންބަރުގައި އިސްތިއުނާފު ކުރި ފަރާތުން ބަޔާންކޮށްފައިވާ
ކަންތައް ތަކަށް މަދަނީ ކޯޓުން މައްސަލަ ބެލިއިރު ނަޒަރު ކުރައްވާ ފައި ނުވާކަމަށް އިސްތިއުނާފު
ކުރިފަރާތުން އެނުކުތާތަކުގައި ބަޔާންކޮށްފައިވާއިރު މަދަނީ ކޯޓުން އެމައްސަލަ ބައްލަވާ ނިންމެވިއިރު
އެކަންކަމުގެ މައްޗަށް ނަޒަރު ކުރައްވާ ރިޢާޔަތް ކުރައްވާފައިވާ ކަން އެކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލުމުން ވަރަށް ރަގަޅަށް އެނގޭ ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{{7/HC-A/165
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މުދަލުގެ އިންވޮއިސް އަކީ، ބެންކޮކުން މާލެއައި މުދާހުރިކަން ސާބިތުކޮށްދޭ ފަދަ ލިޔުމެއް
ނޫންކަމާއި، ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަންގެ ސާރގޭ ރިޕޯޓު ހެދިފައިވަނީ މޯލްޑިވްސް
ޕޯޓްސް އޮތޯރިޓީއާއި، ނޭޝަނަލް ސެކިއުރިޓީ ސާރވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
ބޭފުޅުން ވަޑައިގެން މުދާތައް އިންސްޕެކްޓް ކުރުމަށް ފަހުގައިކަން މިސާރވޭ ރިޕޯޓުންނާއި، މައްސަލައާއި
ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކުން އެނގޭކަމާއި، މިސާރވޭ ރިޕޯރޓްގައި ފޮށިގަނޑުތަކުގެ
މަތިނައްޓާފައި ހުރި ކަމަށާއި، ބިތްތައް ފޭވެފައި ހުރިކަމަށް ފާހަގަކޮށް ފައިވަނީ، ސްރީލަންކާ
އިންޝުއަރެންސްގެ ފަރާތުން ބެއްލެވިއިރު ފޮށިގަނޑުތައް ހުރި ގޮތުގެ ހާލަތު ބަޔާން ކުރެއްވުމަށް
ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމާއި އަދި މިސަރވޭ ރިޕޯޓަކީ މުދާ ގެއްލުނު ކަމަށް ސްރީލަންކާ
އިންޝުއަރެންސްގެ ފަރާތުން ވެފައިވާ އިޢުތިރާފެއް ކަމުގައި ބެލެވޭނެ ހަމައެއްނެތް ކަމާއި،
23 ފެބްރުއަރީ 2004 ގައި ފޮނުވި މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ ނަންބަރު
ގެ ސިޓީން، ދަރަމްވީރު ކަރޕެންޓްރީގެ މުދަލަށް .އްލުން
ލިބިފައިވާކަމަށް އިޝާރާތްކޮށްފައިވާތީ، މިއީ، މުދަލަށް ގެއްލުން ލިބުނުކަން ސާބިތުވާ ހެއްކެއްކަމުގައި
ދަރަމްވީރު ކާރޕެންޓްރީގެ ފަރާތުން ބުނެފައިވާއިރު، މިސިޓީގައި މުދަލަށް ގެއްލުން ލިބުނުކަމަށް
އިޝާރާތްކޮށްފައިނުވާކަމާއި، މިސިޓީގައި ފާހަގަކުރައްވާފައިވަނީ ފޮށިތަކުގެ ތެރެއިން ބައެއް ފޮށިތަކުގެ
ބިތްގަނޑުތަކުގައި ޖަހާފައިވާ މޮހޮރުތައް ހިސާބަކަށް ދޫވެ، ދެބިތްގަނޑުގެ ތެރެއިން ކޮންމެވެސް
ވަރަކަށް ދުރުވެފައިވާ ވާހަކަ ކަމާއި، ނަމަވެސް ސްރީލަންކާ އިންޝުއަރެންސްއިން ދަރަމްވީރު
ކާރޕެންޓްރީގެ ފޮށިތައް މާލެއައިރު ހުރި ޙާލަތު ބަޔާންކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯރޓްސް
އޮތޯރިޓީގައި އެދުމުން، މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ ނަންބަރ
(21 ނޮވެމްބަރ 2002) ގެ ސިޓީން ދަރަމްވީރު ކާރޕެންޓްރީގެ މުދާހުރި ފޮށިގަނޑަށް އެއްވެސް
ގެއްލުމެއް ލިބިފައިނުވާކަމުގައި ބަޔާންކޮށްފައި އޮންނަކަމާއި، އަދި ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވުނު
113-MD/MISC/2004/31
113-CCMIS!2002/164
2 22 22
އެއްގެ
ހައިވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{7/HC-A/165
OX OX
މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ ސާރވެއަރ މުޙައްމަދު ނަބީލުގެ ހެކިބަހުން، ފޮށިގަނޑުތަކަށް އެއްވެސް
ގެއްލުމެއް، ޑެމޭޖެއްވެފައި ހުރިކަމުގައި ފާހަގަކުރެވިފައި ނުވާކަމަށް ބުނެފައި އޮންނަކަމާއި، މިހެކި
ބަހާއި މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ 21 ނޮވެމްބަރު 2002 ގެ ސިޓީގައި ބަޔާންކޮށްފައިވާ
ފޮށިގަނޑަށް ގެއްލުން ނުލިބޭކަމަށް ބުނެފައިވާ ބުނުމާއި އެއްގޮތްކަމާއި، މޯލްޑިވްސް ޕޯރޓްސް
އޮތޯރިޓީން 02 ފަހަރު ދެގޮތަށް ބުނެފައިވާތީ މިގޮތަށް ބުނެފައިވަނީ ކީއްވެގެންތޯ ޝަރީޢަތުގެ ފަރާތުން
އޮޅުންފިލުވުމުން މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީން މަދަނީ ކޯޓަށް ފޮނުވީ ނަންބަރު
113/144/2006/01 ސިޓީން ބުނެފައިވަނީ، މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ 21 ނޮވެމްބަރު
2002 ގެ ސިޓީ ބާޠިލް ކޮށްފައިވަނީ ދަރަމްވީރު ކާރޕެންޓްރީން އެމައްސަލަ އަލުން ބަލައިދިނުމަށް
އެނދުމުން އެމައްސަލަ ހިނގާފައިވާގޮތް އެއޮފީހުން ބެލުމަށްފަހުގައި ކަމަށާއި، ނަމަވެސް އެމައްސަލަ
ހިނގާފައި އޮތްގޮތް ބަލާފައިވަނީ ކިހިނެތްކަން މިސިޓީގައި ބަޔާންކޮށްފައި ނޯންނަ ކަމާއި، މައްސަލާއާއި
ގުޅިގެން މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީން އެކަމުގައި ބައިވެރިވި މުވައްޒަފުންގެ ބަޔާނެއް އެދުވަސް
ވަރު ނެގިފައިވާކަން އެނގެން ނެތްކަމާއި އެކަމުގައި ބައިވެރިވި މުވައްޒަފުންގެ ބަޔާނެއްކަމުގައިބުނެ
މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ އެސިސްޓެންޓް ކްލިއަރެންސް އޮފިސަރގެ ބަޔާނެއް ފޮނުވާފައިވާއިރު،
މިބަޔާން ނެގިފައިވަނީ، 21 ފެބުރުއަރީ 2006 ގައިކަން މިބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި
ވީމާ، 21 ނޮވެމްބަރު 2002 ގައި ދަރަމްވީރު ކާރޕެންޓްރީގެ ފޮށިތަކަށް އެއްވެސް ގެއްލުމެއް
ނުލިބޭކަމަށް ބަޔާންކޮށް މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީން ސްރީލަންކާ އިންޝުއަރެންސްއަށް ފޮނުވި
ސިޓީ ބާޠިލްކޮށް، ފުރަތަމަ ސިޓީ ފޮނުވިތާ ގާތްގަނޑަކަށް 02 އަހަރުފަހުން 26 މެއި 2006ގައި
ސްރީލަންކާ އިންޝުއަރެންސްއަށް، މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީން ފޮނުވި ނަންބަރު ނަންބަރު
2004
/
86/CC
/
MIS-113 ސިޓީއަކީ މުދަލަށް ގެއްލުން ލިބުނުކަން ސާބިތުވާފަދަ، އެސިޓީގެ
މައްޗަށް ޝަރީޢަތުގެ ފަރާތުން ބުރަދަނެއް ދެވޭފަދަ ހެއްކެއްނޫން ކަމާއި، ދަރަމްވީރު ކާރޕެންޓްރީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{07/HC-A/165
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މުދާ އައިސްފައިހުރި ފޮށިތަކުގެ ފޮޓޯތަކަށް ބަލާއިރު، އެފޮށިތަކުގެ ތެރެއަށް އިތުރު އެއްޗެއް ލެވޭނެ
ޖާގައެއް އެފޮށިތަކުގައި ނެތްކަމާއި، މިފޮށިތަކުގެ މިންތަކަށާއި، ދަރަމްވީރު ކާރޕެންޓްރީގެ
ގެއްލުންކަމަށްބުނާ މުދަލުގެ ޢަދަދުތަކަށް ބެލުމުން، މަދުވިކަމަށްބުނާ މުދަލަކީ، އެފޮށިގަނޑުތަކަށްލައި
ބަންދުކުރެވޭނެ މުދަލެއް ނޫންކަން ބުއްދީގެ ހަމަތަކުން އެނގޭކަމާއި، އަދި ފޮށިތަކަށް ގެއްލުން ލިބިފައި
ނުވާކަން އެނގޭއިރު، ފޮށިތަކުން މުދާ ނެގޭނެ ގޮތެއްވެސް ނޯންނާނެކަން އެނގޭކަމާއި
ދަޢުވާ ސާބިތުކުރުމަށް ދަރަމްވީރު ކާރޕެންޓްރީގެ ފަރާތުން ހުށަހެޅި 02 ހެކިން ކަމަށްވާ
މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ ކްލިއަރެންސް ބައިގައި އުޅުއްވާ މ.ރޮކެޓްގޭ ބަދީޢުއްޒަމާނުއާއި،
ކަސްޓަމްސްގައި އުޅޭ ގ.ޕްރެސައިޑް ޢަބްދުލް ޙަމީދުގެ ހެކިބަސް ނަގައިދިނުމަށް ދަރަމްވީރު
ކާރޕެންޓްރީން އެދިފައިވީނަމަވެސް މި 02 (ދޭއް) މީހުންގެ ހެކިބަސް މަދަނީ ކޯޓުން ނަގާފައިނުވަނީ
މިއީ، ދަރަމްވީރުގެ މުދާ ގެއްލުނުކަމާއި، ފޮށިތައް ހަލާކުވިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ
ހެކިންނަށްނުވުމާއި، މިދެމީހުންނަށް މުދާ ގެއްލުނުކަމަށްބުނެ ހެކިބަސްދެވޭނީ، މުދާ އެރުވިކަން
މިދެމީހުންނަށް އެނގިގެން ކަމަށްވާއިރު، މިދެމީހުންނަކީ މުދާ ޝިޕް ކުރިކަން ދެނެތިބޭނެ ބައެއްނޫން
ކަމުގައިވާތީ ކަމަށްވެސް މަދަނީ ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގެއެވެ.
(ރ) މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ ނަންބަރު 2004
/
31/MD
/
MISC-113 ސިޓީއަށް
މަދަނީ ކޯޓުން ބައްލަވާފައިނުވާކަމަށް އިސްތިއުނާފުކުރިފަރާތުން ފާހަގަކޮށްފައިވާއިރު އެސިޓީއަށް މަދަނީ
ކޯޓުން ބައްލަވާ ރިޢާޔަތް ކުރައްވާފައިވާކަން އެކޯޓުން ޝަރީޢަތް ނިންމެވި ގޮތުގެ ރިޕޯޓުގެ 6 ވަނަ
ނުކުތާއަށް ބެލުމުން އެނގޭކަމާއި އެސިޓީގައި މުދަލަށް ގެއްލުން ލިބުނުކަން އިޝާރާތް
ކޮށްފައިނުވާކަމާއި އަދި މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ ސާރވެއަރ މުޙައްމަދު ނަބީލުގެ ހެކިބަހުގައި
ފޮށިގަނޑުތަކަށް އެއްވެސް ގެއްލުމެއް ޑެމޭޖެއްވެފައި ހުރިކަމުގައި ފާހަގަ ކުރެވިފައިނުވާކަމަށް
މަދަނީކޯޓުގައި ދީފައިވާ ބަޔާނަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ދަރަމްވީރު ކާރޕެންޓްރީގެ
99
އެއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{07/HC-A/165
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މުދަލަށް ގެއްލުން ލިބުނުކަން ޝަރީޢަތަށް ސާބިތު ކުރެވޭވަރުގެ ހުއްޖަތެއް ހުށަހެޅިފައިނުވާކަން
އެނގެއެވެ.
03x ތ
(ބ) އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ 11 ވަނަ ނުކުތާއިން ފެށިގެން 14 ވަނަ ނުކުތާގެ
ނިޔަލަށް ހުށަހަޅާފައިވާ ކަންކަމަކީ ސްރީލަންކާ އިންޝުއަރެންސްގެ ފަރާތުން ދަރަމްވީރު ކާރޕެންޓްރީގެ
މުދަލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމާ ގުޅޭގޮތުން ބަޔާންކުރެވިފައިވާ ނުކުތާތަކެއް ކަމަށްވާއިރު
ދަރަމްވީރު ކާރޕެންޓްރީގެ މުދާ ޝިޕްކުރި ކަމަށް ސްރީލަންކާ އިންޝުއަރެންސުން އިންކާރު
ކޮށްފައިވާކަމާއި އަދި ޝިޕް ނުކުރާ މުދަލަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެކަމަށް އެފަރާތުން ބުނެފައި
ވާއިރު މުދާ ޝިޕް ކުރި ކަމާއި އެމުދަލަށް ގެއްލުން ލިބިފައިވާނަމަ އެކަންވެސް ސާބިތުކޮށްދިނުމަކީ
ގެއްލުން ލިބުނުކަމަށްބުނެ ދަޢުވާކުރާފަރާތުން ކުރަން ޖެހޭކަމެއް ކަމާއި، ބެންކޮކުން މާލެއައި ދަރަމްވީރު
ކާރޕެންޓްރީގެ ޝިޕްމަންޓް މާލެއައިރު މުދާ މަދުވެފައި ވާނަމަ ބަދަލެއް ނަގައި ދެވޭނީ އެކަން ޝަރުޢީ
ހަމަތަކުގެ މަތީން ޝަރީޢަތަށް ސާބިތުކުރެވިގެންކަން އެނގޭކަމެވެ.
(ޅ) އިސްތިއުނާފު ކުރި ފަރާތުން ހުށަހަޅާފައިވާ 17,16,15 މިތިން ނުކުތާގައި
ބަޔާންކުރައްވާފައިވާ ކަންތައްތަކަކީ އިސްވެ ގޮސްފައިވާ ނުކުތާތަކުގައިވެސް ޝާމިލުވެ ހިމެނިފައިވާ
ކަންތައް ތަކަކަށް ވުމާއެކު އެނުކުތާތަކުގައި އެކަންކަމާމެދު ވަނީ ނަޒަރުކުރެވި ރިޢާޔަތްކުރެވިފައެވެ.
0 04
ވީމާ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު މަދަނީކޯޓުގެ ނަންބަރު
2003/MC/1377 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާ
ނަޒަރުކުރުމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ
ވިއަސް ސަބަބެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނުދެކެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{07/HC-A/165
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
3322 0ތ
ގއނކުރުމަށް
ދެންފަހެ އިސްވެ ބަޔާން ކުރެވިދިޔަ ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު
މަދަނީކޯޓުގެ ނަންބަރު 2003/MC/1377 ޤަޟިއްޔާ އިސްތިއުނާ ދަރަމްވީރު ކާރޕެންޓަރީ
ޓްރޭ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ
ތަކުގެ މައްޗަށް ބަލާ އެމައްސަލާގެ ހުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިއަސް
ސަބަބެއް ފެންނަން ނެތުމުން މަދަނީކޯޓުގެ ނަންބަރު 2003/MC/1377 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ހުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
.