ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/254 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 254/HC-A/2013
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
0
*
އިސްތިއުނާފު ރައްދުވި ފަރާތް:
(1) * ނަން: އަޙްމަދު އަރީޝް
އައި ޖެ
ކާޑު ނަންބަރު:A278025
(2) * ނަން: ޢާފިރު މުޙައްމަދު
އައިޑީ ކާޑު ނަންބަރު:A298254
(3) * ނަން: ވާފިރު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A097214
ދާއިމީ އެޑްރެސް: މ. ގުލްސަންޕާގެ/ މާލެ
މިހާރުގެ އެޑްރެސް: ހ.ލައިޓްރޯސް މާލެ
ދާއިމީ އެޑްރެސް: އައްސޭރިވިލާ ގދ. ރަތަފަންދޫ
މިހާރުގެ އެޑްރެސް: ޑެއިލީވޯރކް މާލެ
ދާއިމީ އެޑްރެސް: އައްސޭރިވިލާ ގދ. ރަތަފަންދޫ
މިހާރުގެ އެޑްރެސް: ގ. ޑެއިލީވޯރކް/ މާލެ
**
.1
*
*
• ހުށަހެޅުނު ތާރީޚް: 13 އޮގަސްޓް 2013
ނިމުނު ތާރީޚް: 24 ނޮވެންބަރު 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/425
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ވައްކަންކުރުން
ހުށަހެޅުނުތާރީޚް: 11 ޖުލައި 2012
ނިމުނު ތާރީޚް: 15 މާރޗް 2013
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/425 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ، މ.ގުލްސަންޕާގެ/ މާލެ އަޙްމަދު އަރީޝްއަށާއި،
އައްސޭރިވިލާ/ ގދ. ރަތަފަންދޫ ޢާފިރު މުޙައްމަދު އަށާއި، އައްސޭރިވިލާ/ ގދ. ރަތަފަންދޫ ވާފިރު މުޙައްމަދު
އަށެވެ.
CCCO
CC
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/425 ޤަޟިއްޔާގައި، އަޙްމަދު އަރީޝްއާއި ޢާފިރު
މުޙައްމަދު އާއި ވާފިރު މުޙައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، 27 މެއި 2012 ދުވަހު
13:18 އެހައިކަންހާއިރު، މ.ޗަންޕާހެވަން ކުރިމަތީ އޮން ޕާކިންގ ޒޯނުގައި ޕާކްކޮށްފައިހުރި ރަޖިސްޓްރީ
ނަންބަރު
AA0D
/
P7416 ސައިކަލުގެ މަޑިދަށުގައި އޮތް -/
200460ރ. (ދެލައްކަ ހަތަރުސަތޭކަ
ފަސްދޮޅަސްރުފިޔާ) ވަގަށް ނަގާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ
މާއްދާއާއި 136 ވަނަ މާއްދާގެ ދަށުން އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދުއާއި ވާފިރު މުޙައްމަދުގެ
މައްޗަށް ޖަމާޢަތް ހަދައިގެން ދިހަހާސް ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ ކުށުގެ
ދަޢުވާ ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، 27 މެއި 2012 ދުވަހު 13:15 ހާއިރު،
މ.ޗަންޕާހެވަން ކުރިމަތީ އޮންނަ ޕާކިންޒޯނުގައި ޕާރކްކޮށްފައިހުރި ރަޖިސްޓްރީ ނަންބަރު AA0D
/
P7416
ސައިކަލު މަޑިދަށުގައި އޮތް -/
200460ރ. (ދެލައްކަ ހަތަރުސަތޭކަ ފަސްދޮޅަސްރުފިޔާ) ވަގަށް ނަގާފައިވާތީ
ކަމަށް ބުނެ، މ.ގުލްސަންޕާގެ އަޙްމަދު އަރީޝްއާއި ގދ. ރަތަފަންދޫ އައްސޭރިވިލާ، ޢާފިރު މުޙައްމަދުއާއި
ގދ. ރަތަފަންދޫ އައްސޭރިވިލާ ވާފިރު މުޙައްމަދުގެ މައްޗަށް ދައުލަތުން ކުޑަ ވައްކަން ކުރުމުގެ ކުށުގެ މިދަޢުވާ
ޝަރީޢަތުން ބެލިބެލުމުން، އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދު އާއި ވާފިރު މުޙައްމަދު ދައުލަތުގެ
ދަޢުވާއަށް އިންކާރުކޮށްފައިވުމާއި، ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖަށް ބެލުމުން ތިން މީހަކު ސައިކަލެއްގެ
#
ޒާއިދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖީ"
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
ކައިރީގައި މަޑުކޮށްގެން ތިބިކަމާއި، މިތިންމީހުން މަޑުކޮށްގެން ތިބި ތަނުގައި ހުރި ސައިކަލުގެ މަޑިއާއި
ދިމާއަށް ތިރިވެހަދާ މަންޒަރާއި އެއްޗެއް ނަގައިގެން ދާކަން ހުށަހަޅާފައިވާ ސީސީ ކެމެރާގެ
ފުޓޭޖަށްބެލުމުން އެނގެން އޮތްނަމަވެސް މިތިން މީހުން ނަގާފައިވަނީ ކޮން އެއްޗެއްކަން ސާފުކޮށް އެނގެން
ނެތުމާއި، ސައިކަލުގެ މަޑިދަށަކީ އަގުބޮޑެތި މުދާ ރައްކާތެރިކަމާއެކު ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނެއްކަމަށް
ބެލެވޭނެ ހަމައެއް ނެތުމާއި، ދައުލަތުގެ ދަޢުވާގައި ބުނެފައިވާ ފައިސާ ދައުލަތުގެ ދަޢުވާގައި ބުނެފައިވާ
ސައިކަލުގެ މަޑިދަށުގައި ހުރިކަމަށް ބުނާ ބުނުންފިޔަވާ އިތުރު ހެއްކެއް ޤަރީނާއެއް ހުށަހަޅާފައި ނެތުމުން،
އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދު އާއި ވާފިރު މުޙައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ
ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ލިބިފައިނުވާތީ، ދައުލަތުންކުޅަ ވައްކަން
ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅާ މައްސަލަ ނިންމީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
02 ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/425 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް 04
(ހަތަރެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި،
”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ“
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 16/SC-A/2009 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2011
94/A ޤަޟިއްޔާއާއި، 14/HC-A/2012 ޤަޟިއްޔާއިން ކަނޑައަޅުއްވާފައި ވަނިކޮށް ކްރިމިނަލް ކޯޓުން
އެއުޞޫލަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ވައްކަން ކުރިކަމަށް އަޙްމަދު އަރީޝްއާއި، ޢާފިރު މުޙައްމަދު އިޢުތިރާފުވެ އަދި
މިވައްކަމުގައި މިދެމީހުންނާއެކު ގދ. ރަތަފަންދޫ އައްސޭރިވިލާ ވާފިރު މުޙައްމަދުވެސް ބައިވެރިވިކަމަށް
ތަޙުޤީގުގައި އިޢުތިރާފުވެފައި، ވަގަށްނެގި ފައިސާތަކުގެ ތެރެއިން ބައެއް ފައިސާ އަޙްމަދު އަރީޝްއާއި، ޢާފިރު
0
0
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
މުޙައްމަދު ދެއްކި ކަމަށާއި، އަދި އެފައިސާ ތަކަކީ މިވައްކަންކޮށްގެން ހޯދި ފައިސާތަކެއްކަމަށް އަޙްމަދު
އަރީޝްއާއި، ޢާފިރު މުޙައްމަދު ބުނިކަމަށް ފުލުހުން ހެކިބަސްދީފައިވާއިރު، މިހެކިންގެ ހެކިބަހަށާއި، ދައުލަތުން
ހުށަހެޅި ޤަރީނާތަކަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި
ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، މައްސަލައިގައި ދައުލަތުން ހުށަހެޅި ސީ.ސީ.ޓީވީ ފުޓޭޖުން ސާފުކޮށް
ސައިކަލެއްގެ މަޑިދަށުން ތިން މީހަކު ބައިވެރިވެގެން ވައްކަންކުރާތަން ފެންނައިރު، އަދި މި ފްޓޭޖުން ފެންނަނީ،
އަޙްމަދު އަރީޝްއާއި، ޢާފިރު މުޙައްމަދާއި، ވާފިރު މުޙައްމަދުކަމަށް ޚަބީރަކު ޝަރީޢަތުގެ މަޖިލީހުގައި
ހެކިބަސްދީފައިވާއިރު، މިކަންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
31/SC
-
A/2011 ޤަޟިއްޔާއަށް ރިޢާޔަތް ކުރެއްވު
ކުރެއްވުމަކާނުލައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތް ނޫން އެހެން
ގޮތަކަށް ވައްކަން މާނަކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
0
ޑ 23 ހ2
8 21 422
03- މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/425 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 136 ވަނަ މާއްދާގެ
ދަށުން ދައުލަތުން އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދުއާއި ވާފިރު މުޙައްމަދު އާއި މިތިން މީހުންގެ މައްޗަށް
ޖަމާޢަތް ހަދައިގެން -/10000ރ. (ދިހަހާސްރުފިޔާ) އަށްވުރެ މަތީ އަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ
ކުށުގެ ދަޢުވާ ކޮށްފައިވަނީ، މި ތިންމީހުން ވެގެން 2012 މެއި 27 ވަނަ ދުވަހުގެ 13:18
އެހައިކަންހާއިރު، މ. ޗަންޕާހެވަން ކުރިމަތީ އޮންނަ ޕާކިންގ ޒޯނުގައި ޕާކްކޮށްފައިހުރި ރަޖިސްޓްރީ ނަންބަރު
AA0D
/
P7416ސައިކަލުގެ މަޑިދަށުގައި އޮތް -/
200460ރ. (ދެލައްކަ ހަތަރުސަތޭކަ ފަސްދޮޅަސްރުފިޔާ)
އެހިރާއްޖޭގެ
ހައިކަކީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/254
ވަގަށް ނަގާފައިވާކަމަށް އަޙްމަދު އަރީޝް އާއި ޢާފިރު މުޙައްމަދު މިމައްސަލައިގެ ތަޙްޤީގުގައި
އިޢްތިރާފުވެފައިވާތީއާއި، ވާފިރު މުޙައްމަދު އެކަމުގައި ބައިވެރިކަމަށް ތަޙްޤީޤުގައި އިޢްތިރާފުވެފައިވާތީއާއި،
މިމައްސަލައާ ގުޅިގެން ލިބިފައިވާ ސީސީޓީވީ ފުޓޭޖުތަކާއި، މިމައްސަލައިގާ ތުހުމަތުކުރެވިފައިވާ ތިން މީހުން
ބަލާ ފާސްކުރުމުން އެމީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވާތީ،
އެކަންކަމުގެ މައްޗަށް ބިނާކޮށްގެންކަމާއިގެ
ދައުލަތުން ކުރި ދަޢުވާ ސާބިތުކުރުމުގެ ގޮތުން މިމައްސަލައިގާ ތުހުމަތުކުރެވިފައިވާ ތިން މީހުން ބަލާ
ފާސްކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް މުޙައްމަދު ލަޠީފުއާއި، ކޯޕްރަލް މުޙައްމަދު އަދުހަމް
އާއި، ކޯޕްރަލް ބިލާލު ޢަބްދުލްހާދީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާކަމާއި، އޭގެ އިތުރުން ކްރައިމް ސީން
އެގްޒަމިން ރިޕޯޓްތަކާއި، ސީސީޓީވީ ފުޓޭޖާއި، ވީޑިއޯ އެނަލައިސިސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތް
ހެކީގެ ގޮތުގައި ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
(ނ) މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ
ތެރެއިން ދަފްތަރު ނަންބަރު 3355 ޚާތިމް އިބްރާހީމް (އައިޑީ ކާޑު ނަންބަރު A034361) 15 ޖޫން 2012
ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާނުގައި، 2012 މެއި 27 ވަނަ ދުވަހުގެ
11:45 ހާއިރު
ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗުން -/
200460ރ. (ދެލައްކަ ހަތަރުސަތޭކަ
ފަސްދޮޅަސްރުފިޔާ) ޚާތިމް އިބްރާހީމް ނެގިކަމަށާއި، އެފައިސާ
ހިމެނެނީ
-/500ރ. (ފަސްސަތޭކަރުފިޔާ) ގެ ނޫޓުގެ 4 ބޮނޑި (ބޮނޑިއެއްގައި 100 ގަނޑު) އާއި -/100 ރ.
(އެއްސަތޭކަރުފިޔާ) ގެ 4 ނޫޓާއި -/50ރ. (ފަންސާސްރުފިޔާ) ގެ 01 ނޫޓާއި، -/10ރ. (ދިހަރުފިޔާ) ގެ
01 ނޫޓު ކަމަށާއި، އެފައިސާ ނޫކުލައިގެ ޕްލާސްޓިކް ކޮތަޅަކަށް ލުމަށްފަހު ބޭންކުން ނުކުމެ ޚާތިމް
އިބްރާހީމްގެ ރަޖިސްޓްރީ ނަންބަރު AA0D
/
P7416 ވޭވް 125 އެސް ސައިކަލު ކައިރިއަށް ގޮސް
ސައިކަލުގެ މަޑިހުޅުވާ އެފައިސާ ބޮނޑި މަޑިދަށަށް ލާކަމަށާއި، މ. ޗަންޕާހެވަން ކުރިމަތީ ޕާކިންގ ޒޯނުގައި
ސައިކަލް ޕާކްކޮށްފައި ހުއްޓާ އިސްވެ އިޝާރާތްކުރެވުނު ފައިސާތައް ކޮތަކާއެކު ވަގަށް ގެންގޮސްފައިވާކަމަށާއި،
ސައިކަލު ޕާކްކޮށްފައި ފައިސާއާއެކު ބެހެއްޓިފައިވަނީ ސައިކަލުގެ މަޑިދަށުގައި ބެހެއްޓިކަން ހަނދާނުން
ބުނެފައިވާއިރު،
ތަކުގެ
0ތ 3
2
6 ދދވ
سرع سراح سر
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/254
6 24
އިން 3
ورع سموم
ޑ 8
4
2
2
4
އެއެރޯލިން.ދި
ޚާތިމް އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށްދީފައިވާ ބަޔާނުގައި ފައިސާގެ ނޫޓުތަކާ
.ހޭގޮތުން ހާމަކޮށްފައިވާ ތަފްޞީލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ތާރީޚުގައި ބޭންކް މޯލްޑިވްސް އިން އެ
ޢަދަދަށް ޚާތިމް އިބްރާހީމް ފައިސާ ނަގާފައިވާކަން މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ
ބޭންކް އޮފް މޯލްޑިވްސްގެ ޗެކުންނާއި، ބޭންކް އޮފް މޯލްޑިވްސްގެ މަޖީދީމަގު ބްރާންޗުގެ ޗެކް ވިންޑް ރޯވަލް
ސްލިފުން ޝަރީޢަތަށް ސާބިތުވެއެވެ.
(ށ) މިމައްސަލައާ ގުޅިގެން ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން
މޯލްޑިވްސް ޕޮލިސްސަރވިސްގެ ޕޮލިސް ސަރޖަންޓް މުޙައްމަދު ލަތީފުގެ ހެކިބަހުގައި، މިތިންމީހުންވެސް
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ ވީޑިއޯއިން ފެންނާތީ ކަމަށާއި، ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެވުނީ ވާފިރު މުޙައްމަދު ކަމަށާއި، ވާފިރު މުޙައްމަދު ހިފެހެއްޓިއިރު
ފައިސާ
ފެނިފައިވާ ކަމަށާއި،
އަޙްމަދު އަރީޝް ތަޙުޤީގަށް މިވައްކަން ކުރިއިރު މީނާ ލައިގެންހުރި އަންނައުނުވެސް
ދައްކާފައިވާ ކަމަށާއި، އަޙްމަދު އަރީޝްގެ އެއްބާރުލުން ލިބިގެން ޢާފިރު މުޙައްމަދުވެސް ފުލުހުންގެ ބެލުމުގެ
ދަށަށް ގެނެވުނު ކަމަށާއި،
ޢާފިރު މުޙައްމަދު ހުރި ކޮޓަރި ހުޅުވުމުން އެވައްކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވައްކަން ކުރި
ކަމަށް އިޢުތިރާފުވެ ވަގަށްނެގި ބައެއްފައިސާ ވައިގޮޅިއަށް ވައްޓާލި ކަމަށް އަޙްމަދު އަރީޝްއާ، ޢާފިރު
މުޙައްމަދާ ދެމީހުން ބުނުމުން އެތަން ބަލާ ފާސްކުރިއިރު ގިނަ ޢަދަދެއްގެ ފައިސާ ފެނުނު ކަމަށާއި، އަދި
ޢާފިރު މުޙައްމަދުގެ ވޮލެޓުންވެސް ބައެއްފައިސާ ފެނުނު ކަމަށާއި، މި ފެނުނު ހުރިހާ ފައިސާއަކީ މިހާދިސާގައި
ވަގަށްނެގި ފައިސާކަމަށް އިޢުތިރާފުވި ކަމަށާއި،
އަޙްމަދު އަރީޝްއާ، ޢާފިރު މުޙައްމަދު ސައިކަލުގެ މަޑި ހަލާކުކޮށްލާ މަޑިދަށުގައިހުރި ފައިސާ
ނެގުމުން ވާފިރު މުޙައްމަދު އެދެމީހުންނާއެކު ބާރު ސްޕީޑްގައި ދުއްވާފައިދާ މަންޒަރުވެސް
ފެންނަކަމަށާއި، ވާފިރު މުޙައްމަދުގެ ޢަމަލުތައް ހުރި ގޮތުން ދައުލަތުގެ ދަޢުވާގައިވާ ކަންކަން އޭނާއަށްވެސް
އެނގޭކަން ފާހަގަކުރެވޭ ކަމަށްބުނެފައިވާކަމާއި؛
COCX
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
އަދި ޕޮލިސް ކޯޕްރަލް މުޙައްމަދު އަދުހަމުގެ ހެކިބަހުގައި ތިންމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެވުނީ ވީޑިއޯއިން ފެންނާތީ ކަމަށާއި، ފުރަތަމަ ބެލުމުގެ ދަށަށް ގެނެވުނީ ވާފިރު މުޙައްމަދުކަމަށާއި، ވާފިރު
މުޙައްމަދު ހިފެހެއްޓިއިރު އޭނާގެ ވޮލެޓުންވެސް ފައިސާ ފެނިފައިވާ ކަމަށާއި، އަޙްމަދު އަރީޝް ތަޙުޤީގަށް
އެއްބާރުލުންދީ މިވައްކަންކުރިއިރު މީނާ ލައިގެންހުރި އަންނައުނުވެސް ދައްކާފައިވާ ކަމަށާއި،
އަޙްމަދު އަރީޝްގެ އެއްބާރުލުން ލިބިގެން ޢާފިރު މުޙައްމަދުވެސް ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެވުނު ކަމަށާއި، ޢާފިރު މުޙައްމަދު ހުރި ކޮޓަރި ހުޅުވުމުން އެވައްކަމާ
ކަމާބެހޭ ގޮތުން ސުވާލުކުރުމުން ވައްކަން
ކުރިކަމަށް އިޢުތިރާފުވެ ވަގަށްނެގި ފައިސާ ކަމަށް އިޢުތިރާފުވާ ކަމަށާއި، އަދި ވާފިރު މުޙައްމަދުގެ ޢަމަލުތައް
ހުރިގޮތުން ދައުލަތުން ދަޢުވާގައިވާ ކަންކަން އޭނާއަށްވެސް އެނގޭކަން ފާހަގަކުރެވޭކަމަށް ބުނެފައިވާކަމާއިގެ
ބިލާލް ޢަބްދުލްޙާދީގެ ހެކި ބަހުގައި އަޙްމަދު އަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ މައްސަލައާ
ގުޅިގެން ހުށަހެޅުނު ވީޑިއޯއިން ފެންނާތީކަމަށާއި، އަޙްމަދު އަރީޝް ސައިކަލުގެ މަޑިދަށުން ފައިސާ ނެގިކަމަށް
އިޢުތިރާފުވެ ބައެއް ފައިސާ ދެއްކުމަށްފަހު އެއީ މިވައްކަން ކޮށްގެން ލިބުނު ފައިސާކަމަށް ބުނިކަމަށާއި،
މައްސަލައިގައި ހިމެނޭ ޢާފިރު މުޙައްމަދު އުޅޭ ކޮޓަރިން ޢާފިރު މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސް އޭނަ އުޅޭ ކޮޓަރި ބަލާ ފާސްކުރިއިރު މައްސަލައާ ގުޅުންހުރި ފައިސާއާ މޯބައިލް ފޯނު
ފެނިފައިވާކަމަށާއި، އަދި ވައިގޮޅިއަށް ފައިސާތަކެއް ވައްޓާލި ކަމަށް ޢާފިރު މުޙައްމަދު ބުނުމުން އެތަން ބަލާ
ފާސްކުރިއިރު ގިނަޢަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި، އަދި ޢާފިރު މުޙައްމަދުގެ ވޮލެޓުންވެސް ފައިސާ
ފެނުނު ކަމަށާއި، އަދި މިފެނުނު ހުރިހާ ފައިސާއަކީ ސައިކަލުގެ މަޑިދަށުން ނެގި ފައިސާ ކަމަށް ޢާފިރު
މުޙައްމަދު އިޢުތިރާފުވި ކަމަށް ބުނެފައިވެއެވެ.
(ރ) މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ
މަންޒަރަށް ބަލާއިރު، މީހަކު ސައިކަލެއްގައި މަޑުމަޑުން ދުއްވާފައި އައިސް މަގުގެ އެއްފަރާތުގައި މަޑުކޮށްލާއިރު
އޭނާގެ ފަހަތުން ހިނގާފައި އައި މީހަކު އެ ސައިކަލުގެ ފަހަތަށް އެރުމަށް އެތަނުގައި ޕާކްކޮށްފައިހުރި
ސައިކަލްތަކާ ދިމާލަށް ބަލާކަމާއި، އަދި ސައިކަލު ދުއްވަން އިން މީހާ މަގުގެ ދެކޮޅުބަލާކަމާއި އަދި ފަހަތު އިން
މީހާ މަގުގެ އަނެއް ފަރާތް ބަލާކަމާއި، އަދި ސައިކަލު މަތީގައި ސައިކަލުގެ ފަހަތުގައި އިން މީހާ 45 ވަރަކަށް
ސިކުންތު އިނުމަށްފަހު ސައިކަލުން ފައިބާ ސައިކަލު ކައިރީ މަޑުކުރި ވަގުތު ސައިކަލެއްގައި އައިސް
ޑޑ 8
R
ހައިކް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
މީހަކު މަޑުކޮށްލާކަމާއި، އެވަގުތު އެމަގުން ކާރެއް އަންނާތީ އެސައިކަލު ޕާކިން ޒޯނަށް ވެއްދުމަށްފަހު ކާރު
ދިއުމުން ސައިކަލު ފަހަތަށް ފަހަތަށް ނެރުމަށްފަހު ޕާކު ކޮށްފައި ހުރި ފުރަތަމަ ސައިކަލާ ހަމައިގާ ސައިކަލު
ހަރު ޖައްސާފައި ސައިކަލުން ފައިބާއިރު ސައިކަލުގެ ފަހަތުގައި އިން މީހާ ޕާކިން ޒޯނުގައި ހުރި ދެވަނަ
ސައިކަލު ކައިރިއަށް އައިސް ހުއްޓޭތަން ފެންނަކަމާއި، އަދި ޕާކިން ޒޯނުގައި ހުރި ފުރަތަމަ ސައިކަލާ ހަމައިގާ
ހަރުޖައްސާފައި ބެހެއްޓި ސައިކަލު، އެސައިކަލު ދުއްވަން އިންނަމީހާ ޕާކިން ޒޯނުގައި ދެވަނައަށް ހުރި
ސައިކަލާ އެއް ހަމައެއްގައި ހަރުޖައްސާފައި މަޑުކޮށްލާކަމާއި، ދެވަނަ ސައިކަލު ކައިރީގައި ހުރި މީހާ
އެސައިކަލުގެ މަޑީގެ އެއްފަރާތުގައި ދެއަތުން ހިފާ ގަދަކަމުން މަޑި ހިއްލާލުމުން ދެން ހުންނަމީހާ އެސައިކަލުގެ
މަޑިދަށުން އެއްޗެއް ނެގުމަށްފަހު އޭތި މަޑި ހިއްލިމީހާއާ ޙަވާލު ކުރުމަށްފަހު އެސައިކަލާ އެއްހަމައިގައި ބެހެއްޓި
ސައިކަލަށް އެދެމީހުން އަރައިގެންދާ ކަމާއި، އަދި ކުރިން ޕާކިން ޒޯނުގައި ސައިކަލުގައި އިން މީހާވެސް
އެދެމީހުންނާ އެކު ބާރަށް ދުއްވާފައިދާ ކަމާއި، އިޝާރާތްކުރެވުނު ތިން މީހުން އެސައިކަލުގެ މަޑިދަށުގައި އޮތް
އެއްޗެއް ނެގުމުގެ ކުރިން ހިނގާ ކަންތައްތަކާއި އެކަންކޮށްފައިވާ ގޮތަށްބަލާއިރު އިޝާރާތްކުރެވުނު ތިން މީހުން
މި ޢަމަލުގައި ބައިވެރިވެފައިވާކަން އެނގޭކަމާއިގެ
މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ހިމެނޭ ވައްކަން ކުރުމުގައި ޝާމިލްވެފައިވަނީ އަޙްމަދު އަރީޝް
އާއި، ޢާފިރު މުޙައްމަދާއި، ވާފިރު މުޙައްމަދާއި މި ތިން މީހުންކަން މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ
ނަންބަރު 2012
/
0010/K
(
b
)
/
VAR (19 ޖޫން 2012) ”ވީޑިއޯ އެނާލިސިސް ރިޕޯޓް، ން އެނގެން
އޮންނައިރު، އެރިޕޯޓު ތައްޔާރުކުރި ޕޮލިސް ކޯޕްރަލް އަޙްމަދު މުޙައްމަދު ޚަބީރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރެވިފައިވާކަމާއި، އަޙްމަދު މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދީފައިވާ ބަޔާނުގައި، މިމައްސަލައާ ގުޅިގެން ލިބިފައިވާ ވީޑިއޯ އެނާލިސިސް ރިޕޯޓަކީ ޢަހްމަދު މުޙައްމަދު
ތައްޔާރުކުރި ރިޕޯޓެއް ކަމަށާއި އެރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ކަމަށް ބުނެފައިވުމުގެ އިތުރުން؛
މިމައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ވީޑިއޯއިން ފެންނަ 3 މީހުންނަކީ މިމައްސަލައިގެ ދަޢުވާލިބޭ
އަޙްމަދު ޢަރީޝް އާއި، ޢާފިރު މުޙައްމަދާއި، ވާފިރު މުޙައްމަދުކަން އެނގޭކަމަށް މިއިސްތިއުނާފުކުރެވޭ
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/425 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ބަޔާންކުރައްވާފައިވާކަން އެނގެން އޮވެއެވެ.
އްޖޭގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
(ބ) ތަޙުޤީގު މަރުޙަލާގައި ކުށަށް އިޢުތިރާފު ވުމަށްފަހު ޝަރީޢަތުގެ މަޖިލީހުގައި އެއިޢްތިރާފުން
ރުޖޫޢަވެއްޖެނަމަ ނުވަތަ އެކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތްތަކުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ
އެހެނިހެން ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލާ، އެމީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން އެމީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި އެމީހަކު
ތަޙުޤީގުގައި ދީފައިވާ ބަޔާނުގެ މައްޗަށް ބާރުލިއްބައިދޭ ފަދަ ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައިވާނަމަ
އެހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށްސާބިތުކުރެވިދާނެކަމާއި، އަދި
ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ އެޢިތިރާފުން ރުޖޫޢަވުމާއި، އެރުޖޫޢަވުން ބިނާކުރި
ސަބަބުތައް ވަޒަންކޮށް ތަޤްރީމު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމަށްވާއިރު،
ތަޙުޤީގުގެ މަރުޙަލާގައި މުއްތަހަމް މަޖްބޫރު ކަމެއްނެތި ދޭ ބަޔާނެއްގައި ކުށަކާމެދުވާ އިޢުތިރާފު ނުވަތަ
އެކުށެއްގެ ޢަމަލު ހިންގިގޮތް ބަޔާންކޮށްދީފައިވާ ގޮތާއި، އެކަމުގެ މައްޗަށް ބާރު ލިއްބައިދޭ ގުޅިފައިވާ އިތުރު
އެހެނިހެން ހެކިތަކާއި ޤަރީނާތަކެއް ހުރެއްޖެނަމަ ތަޙުޤީގު މަރުޙަލާގައި ކުށްކުރި ކަމުގެ މައްޗަށް ވެވޭ
އިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ލިބޭ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ބަލައިގަނެވިދާނެކަން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 16/SC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއިން އެނގެން
އޮންނަކަމާއިގެ
އަރީޝްއާއި ޢާފިރު މުޙައްމަދު އާއި ވާފިރު މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން
ކޮށްފައިވާ ދަޢުވާއަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވީނަމަވެސް، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް އަޙްމަދު އަރީޝް 2012 ޖޫން 02 ވަނަ ދުވަހުގެ ތާރީޚުގައި ދީފައިވާ
ބަޔާނުގައި، މިމައްސަލައިގާ ބުނެފައިވާ ސައިކަލުގެ މަޑީގެ އެއްފަރާތުގައި ޢާފިރު މުޙައްމަދުގެ ދެއަތުން ހިފާ
ހިއްލާލުމުން، އެމަޑި ދަށުގައި އޮތް ނޫކުލައިގެ ބާޒާރު ކޮތަޅެއްގެ
ތަޅެއްގެ ތެރޭގައި ކަރުދާސް އޮޅާފައިވާ އެއްޗެއް
ގުމަށްފަހު ޢާފިރު މުޙައްމަދުގެ އަތަށް އަޙްމަދު އަރީޝް ދިންކަމަށާއި، އެކޮތަޅުގައި ފައިސާ ހުރިކަން އެނގޭ
ކަމަށާއި، އެކޮތަޅުގައި ހުރި ފައިސާގެ ތެރެއިން -/
15,000ރ. (ފަނަރަހާސްރުފިޔާ) ޢާފިރު މުޙައްމަދު،
އަޙްމަދު އަރީޝްއަށް ދިންކަމަށާއި، މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އަޙްމަދު އަރީޝް
ގެންދިޔައިރު އަޙްމަދު އަރީޝް ލައިގެންހުރި ގަމީހުގެ ޖީބުގައިހުރި -/1,720ރ. (އެއްހާސް ހަތްސަތޭކަ
އަޙްމަދު
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
44
33
ވިހިރުފިޔާ) އަކީ އަޙްމަދު އަރީޝް އަށް ދިން ފައިސާގެ ތެރެއިން އަޙްމަދު އަރީޝްގެ އަމިއްލަ ބޭނުންތަކަށް
ޚަރަދުކުރުމަށްފަހު ބާކީ ހުރި ފައިސާ ކަމަށާއި، އެފައިސާވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައިކަމަށް
ބުނެފައިވާކަމާއި؛
މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ޢާފިރު މުޙައްމަދު 2012 ޖޫން
03 ވަނަ ދުވަހުގެ ތާރީޚުގައި ދީފައިވާ ބަޔާނުގައި، މިމައްސަލައިގާ ބުނެފައިވާ ސައިކަލުގެ މަޑީގެ
އެއްފަރާތުގައި ޢާފިރު މުޙައްމަދުގެ ދެއަތުން ހިފާ ހިއްލާލުމަށްފަހު އެސައިކަލުގެ މަޑި ދަށުގައި އޮތް ފައިސާ
ބޮނޑި ނެގުމަށް އަޙްމަދު އަރީޝް ގާތުގައި ޢާފިރު މުޙައްމަދު ބުނިކަމަށާއި، އަޙްމަދު އަރީޝް އެސައިކަލުގެ
މަޑިދަށުން ކަރުދާސް އޮޅާފައިއޮތް ފައިސާ ބޮނޑި ނެގުމަށްފަހު އެފައިސާ ބޮނޑި ޢާފިރު މުޙައްމަދުގެ އަތަށް
އަޙްމަދު އަރީޝް ދިންކަމަށާއި، އެފައިސާ ބޮނޑީގައި ހުރި ފައިސާ ނުގުނާ އޭގެ ތެރެއިން -/
15,000ރ.
(ފަނަރަހާސްރުފިޔާ) ނެގުމަށްފަހު އަޙްމަދު އަރީޝާއަށް ޢާފިރު މުޙައްމަދު ދިންކަމަށް ބުނެފައިވާކަމާއި،
ސައިކަލު މަޑި ދަށުން ނެގި ފައިސާގެ ތެރެއިން -/15,000 ރ. (ފަނަރަހާސްރުފިޔާ) ޢާފިރު މުޙައްމަދުގެ
ވާފިރު މުޙައްމަދަށް ދިންކަމަށް ބުނެފައިވާކަމާއިގެ
ބާކީ ހުރި ފައިސާއިން އެވަގުތަކު ބޭނުންވާކަމެއް
ކުރުމަށްޓަކައި ޚަރަދުކުރަމުން ގެންދިޔަކަމަށާއި،
އެގޮތުން 2012 މެއި 28 ވަނަ ދުވަހު ޗެކްމާރކް މޯބައިލް ފިހާރައިން -/15,000ރ. (ފަނަރަހާސްރުފިޔާ) ގެ
ސަމްސަންގ ގެލެކްސީ އެސް ޓޫ ބްރޭންޑްގެ މޮބައިލް ފޯނަކާއި، ގާތްގަނޑަކަށް -/
13,000ރ.
(ތޭރަހާސްރުފިޔާ) ދިނުމަށްފަހު ސޮނީ އެރިކްސަން އެކްސްޕީރިއާ ފޯނަކާއި، ނޮކިޔާ އީ.72 ބްރޭންޑްގެ ފޯނެއް
ގަތްކަމަށާއި؟
އަދި 2012 މެއި 30 ވަނަ ދުވަހުގެ 19:30 ހާއިރު ނައިޓްވިއު ގެއިން ޢާފިރު މުޙައްމަދު
ކުއްޔަށް ހިފައިގެންއުޅޭ ކޮޓަރީގައި ސަން ޙަސަން އާއި އޭނަގެ ރައްޓެއްސެއްކަމުގައިވާ ޒާހިރާއާއި އަޙްމަދު
އަރީޝް އާއި ހަތަރު މީހުން ތިއްބާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހަން ފެށުމުން ފުލުހުން ކަމަށް
ޝައްކުވެގެން ސައިކަލުގެ މަޑިދަށުން ވަގަށް ނެގި ފައިސާ ބޮޑިން ޢާފިރު މުޙައްމަދުގެ އަތުގައި އެވަގުތުހުރި
ފައިސާގެ ތެރެއިން ފައިސާ ބޮނޑިއެއް އެ ކޮޓަރީގެ ވައިގޮޅިން ތިރިއަށް ޢާފިރު މުޙައްމަދު ވައްޓާލިކަމަށާއި،
އެއަށްފަހު ކޮޓަރީގެ ދޮރު ހުޅުވުމުން ފުލުހުން ކޮޓަރި ތެރެއަށް ވަދެ ޢާފިރު މުޙައްމަދު ފުލުހުންގެ ބެލުމުގެ
.1
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
ދަށަށް ގެންދިޔަކަމަށާއި، އަދި އެކޮޓަރި ފުލުހުން ބަލާ ފާސްކުރިކަމަށާއި، އެގޮތުން ޢާފިރު މުޙައްމަދުގެ
ވޮލެޓުގައި ހުއްޓާ ފުލުހުންނަށް ފެނުނު -/11,030ރ. (އެގާރަހާސް ތިރީސްރުފިޔާ) އަކީ ސައިކަލުގެ މަޑި
ދަށުން ވަގަންނެގި ފައިސާ ބޮނޑީގައި ހިމެނޭ ފައިސާކަމަށް ބުނެފައިވާކަމާއި، އަދި ސަނާ ޙަސަންގެ ވޮލެޓުގައި
ހުރި -/
6,500ރ. (ހަހާސްފަސްސަތޭކުރުފިޔާ) އަކީވެސް އެފައިސާ ބޮނޑީގައި ހިމެނޭ ފައިސާ ކަމަށް
ބުނެފައިވާކަމާއި، އަދި ވައި ގޮޅިން ތިރިއަށް ވައްޓާލި ފައިސާ ބޮނޑި ފުލުހުންނަށް ޢާފިރު މުޙައްމަދު ދެއްކި
ކަމަށާއި، އެފައިސާ ބޮނޑި ޢާފިރު މުޙައްމަދުގެ ޙާޒިރުގައި ފުލުހުން ގުނާފައިވާކަމަށާއި، އެފައިސާ ބޮނޑީގައި
-/
38,000ރ. (ތިރީސްއަށްހާސްރުފިޔާ) ހުރިކަމަށް ބުނެފައިވާކަމާއި؟
އެހެންކަމުން މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް އަޙްމަދު އަރީޝް
އާއި ޢާފިރު މުޙައްމަދު ދީފައިވާ ބަޔާނުގައި މިމައްސަލައިގައި ތުހުމަތުކުރެވިފައިވާ ކުށަށް އަމަލީ ގޮތުން
އަރާގަނެފައިވާކަމަށް އިޢްތިރާފުވެފައިވާކަން އެނގެން އޮންނަކަމާއި؛
އަދި މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ވާފިރު މުޙައްމަދު 2012
ޖޫން 03 ވަނަ ދުވަހުގެ ތާރީޚުގައި ދީފައިވާ ބަޔާނުގައި، 2012 މެއި 27 ވަނަ ދުވަހުގެ އެއްވެސް
ވަގުތެއްގައި ވާފިރު މުޙައްމަދު އެއްވެސް ބަޔަކާ ބައިވެރިވެގެން އެއްވެސް ތަނަކުން ވައްކަމެއް ނުކުރާކަމަށާއި،
އަދި އެދުވަހު އެއްވެސް މީހަކު ވާފިރު މުޙައްމަދަށް އެއްވެސް ފައިސާއެއް ޙަވާލުކޮށްފައި ނުވާކަމަށާއި، އަދި
އެއްވެސް މީހެއްގެ އަތަށް ރައްކާކުރުމަށްޓަކައި އެއްވެސް ފައިސާއެއް ދީފައިނުވާނެކަމަށް ބުނެ މިމައްސަލައިގާ
ހުމަތުކުރެވިފައިވާ ކުށަށް ތަޙްޤީޤުގައިވެސް ވާފިރު މުޙައްމަދު އިންކާރުކޮށްފައިވާކަން އެނގެން އޮންނައިރު،
ސައިކަލުގެ މަޑި ދަށުން ނެގި ފައިސާގެ ތެރެއިން -/15,000ރ. (ފަނަރަހާސްރުފިޔާ) ވާފިރު މުޙައްމަދަށް
ދިންކަމަށް މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ޢާފިރު މުޙައްމަދު 2012 ޖޫން
03 ވަނަ ދުވަހުގެ ތާރީޚުގައި ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
(ޅ) މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ
ތެރެއިން ގދ. ވާދޫ ބީޗްވިލާ (ޅ. ކްރީމް) އިރުފާ ޙުސައިން (އައިޑީ ކާޑު ނަންބަރު A300165) 05 ޖޫން
2012 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާނުގައި، ވާފިރު މުޙައްމަދަކީ އިރުފާ
ޙުސައިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ކަމަށާއި، 2012 މެއި 27 ވަނަ ދުވަހުގެ 14:00 ހާއިރު ވާފިރު
eހ2#
z
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
މުޙައްމަދު، އިރުފާ ޙުސައިން ދިރިއުޅޭ ކްރީމް ގެއަށް އައި ކަމަށާއި، އެވަގުތު ވާފިރު މުޙައްމަދު
ލައިގެންހުރީ ރަތްކުލައިގެ އަތްދިގު ގަމީހެއް ކަމަށާއި، އެދުވަހު ގެޔަށް އައިސް އޭނާ އެއައީ އެޕާ
އެޕާރޓްމަންޓެއް
ކުއްޔަށް ހިފަންވެގެން އޭނާގެ އެކައުންޓުން -/15000ރ. (ފަނަރަހާސްރުފިޔާ) ނަގައިގެން ކަމަށާއި، އޭނަގެ
ކޮއްކޮ ޢާފިރު މުޙައްމަދުވެސް ބެންކުން އެއަދަދަށް ފައިސާ ނެގި ކަމަށް އިރުފާ ޙުސައިންގެ ގާތުގައި ވާފިރު
މުޙައްމަދު ބުނިކަމަށާއި، އެދުވަހުގެރޭ 18:15 ހާއިރު އިރުފާ ޙުސައިން ގޮވައިގެން ވާފިރު މުޙައްމަދު
ކްލާހަށްދިޔަ މަގުމަތިން ވާފިރު މުޙައްމަދު ގާތުގައި އޭނާ ބޭންކުން ނެގި ފައިސާ އިރުފާ ޙުސައިންގެ އަތަށް
ފޮރުވަން ދިނުމަށް ބުނުމުން އެފައިސާގެ ތެރެއިން -/10000ރ. (ދިހަހާސްރުފިޔާ) ވާފިރު މުޙައްމަދު އިރުފާ
ޙުސައިންގެ އަތަށް ދިންކަމަށާއި،
2012 މެއި 28 ވަނަ ދުވަހުގެ 14:00 ހާއިރު ވާފިރު މުޙައްމަދުގެ ކޮއްކޮ ޢާފިރު މުޙައްމަދާއި އޭނާ
ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސަނާ އިރުފާ ޙުސައިންގެ ގެއަށް އައި ކަމަށާއި، އޭރު ޢާފިރު މުޙައްމަދުގެ
އަތުގައި ސެމްސަންގ ގެލެކްސީ ފޯނެއް އޮތް ކަމަށާއި، އަދި ސަނާ އަތުގައި ފިޔާތޮށި ކުލައިގެ ސޮނީ
އެރިކްސަން ފޯނެއް އޮއްވާ ދުށްކަމަށާއި، އަދި އިރުފާ ޙުސައިންގެ ގޭގައި ޢާފިރު މުޙައްމަދު އިނދެގެން އޭނާ
އައިއޭ އިން ސައިކަލެއް ގަންނަންވެގެން އުޅޭކަމުގެ ވާހަކަ ދެއްކި ކަމަށާއި،
2012 މެއި 30 ވަނަ ދުވަހުގެ 23:00 ހާއިރު ޢާފިރު މުޙައްމަދު އިރުފާ ޙުސައިން އަށް ފޯނުކޮށް
ވާފިރު މުޙައްމަދު އެއްވެސް ފައިސާއެއް ފޮރުވަން ދީފައިވޭތޯ އެހި ކަމަށާއި، އެހެން އެހުމުން ވާފިރު މުޙައްމަދު
ދީފައިހުރި -/10000ރ. (ދިހަހާސްރުފިޔާ) ގެ ތެރެއިން އިރުފާ ޙުސައިންގެ ދައްތައަށް -/500ރ.
(ފަސްސަތޭކަރުފިޔާ) ދިނުމަށްފަހު ބާކީހުރި -/9500ރ. (ނުވަހާސް ފަސްސަތޭކަރުފިޔާ) އިރުފާ ޙުސައިންގެ
އަތުގައި ހުރިކަމަށް ބުނިކަމަށާއި، ވާފިރު މުޙައްމަދުގެ ވަކީލަށް ދިނުމަށް ފައިސާ ބޭނުންވާތީ އެފައިސާ ޢާފިރު
މުޙައްމަދާ ޙަވާލުކުރުމަށް ޢާފިރު މުޙައްމަދު ބުނިކަމަށާއި، އެހެން ބުނެފައި ”ތިމަންނަ ތިގޭ ކައިރިއަށް ގޮސް
ފޯނުކުރުމުން ފައިސާތައް މަތިން ވައްޓާލާށޭ“
ވައްޓާލާނޭ،، އޭނާ ބުނިކަމަށާއި، ކުޑައިރުކޮޅެއްފަހުން ޢާފިރު މުޙައްމަދު
އައިސް ފޯނުކުރުމުން -/9500ރ. (ނުވަހާސް ފަސްސަތޭކަރުފިޔާ) ކަރުދާސް ގަނޑަކަށްލައި ބަންދުކުރުމަށްފަހު
އޭނަ ބުނިގޮތަށް މަގުމައްޗަށް ވައްޓާލިކަމަށް ބުނެފައިކަމާއިގެ
54
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
4
އަދި މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ
ތެރެއިން ހުޅުދޫ އޮސްޓްރޭލިޔާ ސަނާ ޙަސަން (އައިޑީ ކާޑު ނަންބަރު A279306) 05 ޖޫން 2012
ގައި މޯލްޑިވްސް ޕޮލިސްސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާނުގައި ޢާފިރު މުޙައްމަދަކީ ސަނާ ޙަސަން ލޯބީގެ
ގޮތުން ގުޅިގެން އުޅޭ މީހާ ކަމަށާއި، 2012 މެއި 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސަން ޙަސަންއާއި
ޢާފިރު މުޙައްމަދު އާއި ދެމީހުން ދިރިއުޅުމަށްޓަކައި ނައިޓްވިޔުއިން ދުވަހު ކުއްޔަށް ކޮޓަރިއެއް ހިފިކަމަށާއި،
2012 މެއި 27 ވަނަ ދުވަހުގެ 14:00 ހާއިރު ޢާފިރު މުޙައްމަދު އާއި އޭނަގެ
ރައްޓެއްސެއްކަމުގައިވާ އަޙްމަދު އަރީޝް އާއި ދެމީހުން ކޮޓަރިއަށް އައި އިރު އަޙްމަދު އަރީޝްގެ އަތުގައި
ކަޅުކުލަ އާއި ހުދުކުލައިން ހުރި ކަރުދާސް ކޮތަޅެއް އޮތްކަމަށާއި، އެދެމީހުން ކޮޓަރިއަށްވަދެ ފެން ބޮއެގެން
ނިކުމެގެން ދިޔަކަމަށާއި، އޭގެ އިރުކޮޅެއް ފަހުން ސަނާ ޙަސަން ފިހާރައަކަށް ދާންވެގެން ތިރިއަށް ފޭބިއިރު
މަގުމަތީގައި ފިރު މުޙައްމަދުގެ ބޭބެ ވާފިރު މުޙައްމަދު ހުއްޓާ ފެނުނުކަމަށާއި، ސަން ޙަސަން ފިހާރައިން
އައިސް ކުޑައިރުކޮޅެއްގެ ތެރޭގައި ޢާފިރު މުޙައްމަދު ކޮޓަރިއަށް އައިކަމަށާއި، ޢާފިރު މުޙައްމަދު ކޮޓަރިއަށް އައި
އިރު އޭނަގެ އަތުގައި ގިނަ ޢަދަދެއްގެ ފައިސާ ހުއްޓާ ފެނުނުކަމަށާއި؛
އެގޮތުން ވަށައިގެން ރަބަރު އޮޅާފައި -/500ރ. (ފަސްސަތޭކަ ރުފިޔާ) ގެ ނޫޓުން ހުރި ދެ ބޮނޑި
ފައިސާ އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ނެގިތަން ދުށްކަމަށާއި، އޭގެ ފަހުން 2012 މެއި 27 ވަނަ
ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސަން ޙަސަން އާއި ޢާފިރު މުޙައްމަދު އާއި ސަން ޙަސަންގެ ރައްޓެއްސެއް
ކަމުގައިވާ ޒަހީރާ އާއި ތިން މީހުން އެކީގައި މަޖީދީމަގުގައި ހުންނަ ޗެކްމާރކް މޮބައިލް ފިހާރައަށް
ދިޔަކަމަށާއި؛
އެފިހާރައިން ޢާފިރު މުޙައްމަދު ސެމްސަންގ ގެލެކްސީ އެސް ޓޫ ބްރޭންޑްގެ ފޯނެއް ގަތްކަމަށާއި، އަދި
ޒަހީރާއަށް ނޮކިޔާ އީ.72 ބްރޭންޑްގެ ފޯނެއް ޢާފިރު މުޙައްމަދު ގަނެދިން ކަމަށާއި، ސަން ޙަސަންގެ ސޮނީ
އެރިކްސަން އެކްސްޕީރިއާ ފޯނު އެތަނުން ގަނެފައިވާނީ ސަން ޙަސަންގެ -/4500ރ. (ހަތަރުހާސް
ފަސްސަތޭކަރުފިޔާ) ގެ އިތުރުން ޢާފިރު މުޙައްމަދުގެ އަތުން ކޮންމެވެސް ވަރަކަށް ފައިސާ ދީގެން ކަމަށާއި،
2012 މެއި 30 ވަނަ ދުވަހުގެ ރޭ 19:30 ހާއިރު ސަނާ ޙަސަން އާއި އަޙްމަދު އަރީޝް އާއި
ޢާފިރު މުޙައްމަދު އާއި ޒަހީރާ އާއި ހަތަރު މީހުން ހ. ނައިޓްވިޔު ގޭ ހަތަރުވަނަ ފަންގިފިލާގެ ރޫމް ނަންބަރު
COOUO
4 2 2 4 8
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
04 ގައި ތިއްބާ އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހަން ފެށުމުން އަޙްމަދު އަރީޝް ސަނާ ޙަސަން މެން
ގާތު ޓަކި ޖަހަނީ ފުލުހުން ކަމަށް ބުނިކަމަށާއި، އެވަގުތު ޢާފިރު މުޙައްމަދު އެކޮޓަރީގައިހުރި އެނދުގެ ގޮދަޑި
ހިއްލާލިތަން ސަނާ ޙަސަން ދުށްކަމަށާއި، އެއަށްފަހު ސަނާ ޙަސަން ފާޚާނާއަށް ވަދެފައި ނިކުތްއިރު ޢާފިރުގެ
އަތުގައިއޮތް ކޮންމެވެސް އެއްޗެއް ކޮޓަރީގެ ވައި ގޮޅިއާ ދިމާލު ކުޑަދޮރުން ބޭރަށް އެއްލާލިތަން ދުށްކަމަށާއި،
އެއަށްފަހު ޢާފިރު މުޙައްމަދު ކޮޓަރި ދޮރު ހުޅުވިކަމަށް ބުނެފައިވެއެވެ.
() ޤާނޫނުލްޢުޤޫބާތުގެ ބޭނުމަށްޓަކައި، ”ވައްކަމަކީ، އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ
މިލްކު އެއްޗެއް އެމީހާއަށް ނުވަތަ އެފަރާތަށް ނޭނގި، އެއާ ޙަވާލުވެގެންހު
ޙަވާލުވެގެންހުރި މީހާ ނޫން މީހަކު ސިއްރުން
ނެގުން.“ ކަމަށް ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާކަމާއިގެ
މިމާއްދާގެ ނައް ޞަށް ބަލާއިރު ޤާނޫނީ ގޮތުން ވައްކަން ވައްކަމަކަށް ވުމަށްޓަކައި ވަގަށް ނެގޭ
މުދަލަކީ ތަޅުލެވޭ ތަނެއްގައި ފޮރުވާ ރައްކާކޮށްފައިހުރި މުދަލަކަށްވުން ލާޒިމުނުވާކަމާއި، ލާޒިމްވަނީ؛
މުދަލުގެ ވެރިފަރާތަށް އެނގުމަކާ ނުލައި؟
އެމުދަލެއް ޙަވާލުވެގެން ހުރިމީހާ ނޫން އެހެން މީހަކުގެ
ސިއްރުން
ނެގުންކަން އެނގޭކަމާއި،
އެމުދަލެއް ބަހައްޓާފައިހުރި ތަނަކީ ޤާނޫނުލްޢުޤޫބާތުގެ ބޭނުމަށްޓަކައި ޤާނޫނީގޮތުން ވައްކަން
ވައްކަމެއްގެ ގޮތުގައި މާނަކުރުމުގައި ޢުންޞުރެއްގެ ގޮތުގައި ބެލޭނެ ކަމެއް ނޫންކަމާއި،
މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ހިމެނޭ ހާދިޘާގައި ވަގަށްނެގި ފައިސާހުރީ ތަޅުލާފައިހުރި
ސައިކަލެއްގެ ތަޅުލާފައިހުރި މަޑިދަށުގައި ކަމާއި، އެފައިސާތައް މަޑިދަށަށް ލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް
ޕީލކ އިން ފައިސާ ނަގައިގެން އައިއިރު ކަމާއި، އެފައިސާތައް މައިދަށަށްލީ ފައިސާ ރައްކާކޮށްފައި ބެހެއްޓުމުގެ
ގޮތުންނޫންކަމާއި، މަޑިދަށުގައި ފައިސާ ބެހެއްޓިފައިވަނީ ހަނދާން ނެތިގެންކަން މި މައްސަލައާ ގުޅިގެން
ފައިސާތަކުގެ ވެރިފަރާތްކަމުގައިވާ، މާލެ މުނިސިޕަލްޓީގެ ދަފްތަރު ނަންބަރު 3355 ޚާތިމު އިބްރާހީމް 15
ޖޫން 2012 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާނުން އެނގެން އޮންނަކަމާއިގެ
މިމައްސަލައިގާ ތުހުމަތުކުރެވިފައިވާ ފަރާތްތަކުން އެފައިސާ ނަގާފައިވަނީ ސައިކަލުގެ މައި ގަދަކަމުން
ހުޅުވައިގެންކަން މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ވީޑިއޯއިން ސާފުކޮށް ފެންނައިރު،
32
2 ހއ
R
ހައިކަޓް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
އެފައިސާ ނަގާފައިވަނީ އެފައިސާގެ ވެރިފަރާތަށް އެނގުމަކާ ނުލައި އެފަރާތަށް ސިއްރުންކަމީ ދެބަސްވެވެން
ނެތް ޙަޤީޤަތެއްކަމަށް ވުމާއެކު، މިމައްސަލައިގާ އެބައެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ދަޢުވާކުރެވިފައިވާ
ޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ހ) ގެ ތަރަހައިގެ ތެރޭގައި ހިމެނޭ ޢަމަލެއްކަމަށް
ޤާނޫނީގޮތުން ބަލަންޖެހޭކަން އެނގެއެވެ.
(އ) މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/425 ޤަޟިއްޔާ އެކޯޓަށް
ހުށަހެޅިފައިވަނީ، 11 ޖުލައި 2012 ގައި ކަމާއި، އަދި އެ މައްސަލަ ނިމިފައިވަނީ 13 މާރިޗް 2013 ގައި
ކަމާއި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދަނިކޮށް 16 ޖުލައި 2015 ގައި ޤާނޫނު ނަންބަރު
09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ޢަމަލުކުރަން ފެށުމާއެކު، މިއިސްތިއުނާފުކުރެވޭ
މައްސަލައިގައި އެޤާނޫނެއްގެ
ދަށުން ދަޢުވާކުރެވިފައިވާ ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) އުވާލެވިފައިވާކަން އެނގެން އޮންނަކަމާއިގެ
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/425 ޤަޟިއްޔާގެ ދަށުން ޕްރޮސިކިއުޓަރ ޖެނަރަލްގެ
ފަރާތުން އަޙްމަދު އަރީޝް އާއި ޢާފިރު މުޙައްމަދާއި ވާފިރު މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ،
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 136 ވަނަ މާއްދާގެ ދަށުން
ވައްކަން ކުރުމުގެ ކުށުގެ ދަޢުވާކަން އެނގެން އޮންނައިރު، އަދި އެޤާނޫނެއްގެ ދަށުން ދަޢުވާކުރެވިފައިވާ ޤާނޫނު
އުވާލެވިފައިވާއިރު، މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ހިމެނޭ ކަމަކީ މިހާރު ޢަމަލުކުރެވެމުންދާ، ޤާނޫނު
ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ތަޖްރީމް ކުރެވޭ އަދި އަދަބު ކަނޑައެޅިދާނެ
ޢަމަލެއްތޯ ބަލާއިރު،
އެހެން މީހެއްގެ މުދަލެއް އެމީހަކަށް ނޭނގި ސިއްރުން ނެގުން ނުވަތަ؛
އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި އަނެކާއަށް އޮތް އަތުގެ ވެރިކަމުން، އެމުދާ
ދާއިމަށް ނިގުޅައިގަތުމުގެ މަޤްޞަދުގައި ތިމާގެ އަމިއްލަ ބާރު ހިންގުން؛
އެއީ، ކުށެއްކަމަށް ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާއިރު، މިމައްސަލައިގާ އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދުއާއި ވާފިރު މުޙައްމަދު
އާއި މިތިން މީހުންގެ ދައުލަތުގެ ފަރާތުން ދަޢުވާކޮށްފައިވަނީ ޖަމާޢަތް ހަދައިގެން
މައްޗަށް
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
-/10000ރ.
(ދިހަހާސްރުފިޔާ) އަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާކަމާއި،
އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދުއާއި ވާފިރު މުޙައްމަދު އާއި މިތިން މީހުންގެ މައްޗަށް
ތުހުމަތުކުރެވިފައިވާ އެޢަމަލަކީ މިހާރު ޢަމަލުކުރެވެމުންދާ، ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ
ކުށެއްކަން އެނގެން އޮންނަކަމާއި،
އަދި އެކުށުގެ އަދަބަކީ، ޤާނޫނު ނަންބަރު 6/2015 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ފުރަތަމަ
އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1001
މާއްދާއަށް އިތުރުކުރެވިފައިވާ (ރ) އަށް ރިޢާޔަތްކޮށް އެޤާނޫނުގެ 63 ވަނަ މާއްދާއިން އިޞްލާޙްކުރެވިފައިވާ
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ތާވަލުގައިވާ ގޮތުގެ
މަތީން، 02 (ދޭއް) އަހަރާއި، 09 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުންކަމާއި،
ޖަމާޢަތްހަދައިގެން -/10000ރ. (ދިހަހާސްރުފިޔާ) އަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން ވައްކަން
ކުރުމުގެ ކުށަށް އިސްތިއުނާފު މިކުރެވޭ މައްސަލައިގެ ހާދިސާ ހިނގިއިރު އަދި މައްސަލައިގެ
ދަޢުވާކުރެވުނުއިރުވެސް ޢަމަލުކުރެވެމުންދިޔަ، ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ
ދަށުން ކަނޑައެޅޭނެ އަދަބަކީ، މިހާރު ޢަމަލުކުރަމުންދާ، ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ކަނޑައެޅޭ އަދަބަށްވުރެ ބޮޑު އަދަބެއްކަން އެނގެން އޮންނަކަމާއިގެ
ޖިނާއި ކުށް ސާބިތުކުރުމާއި އަދަބު ކަނޑައެޅުމުގައި އިސްތިޤްރާރުވެފައިވާ މަޞްދައުތަކަށް ބަލާއިރު،
ޢާންމު އުޞޫލެއްގެ ގޮތުން އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ޤާނޫނެއް އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން
ހިނގާފައިވާ ވާޤިޢާއެއްގެ މައްޗަށް ނުހިންގޭނެކަމާއި، އެގޮތުގެ މަތީން ޢަމަލުކުރެވޭނީ އަލަށް ޢަމަލުކުރަން ފެށޭ
ޖިނާއީ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަޞްހަލަތު ގޯސް ޤާނޫނަކަށް ވެއްޖެކަމާއި، އެއާޚިލާފަށް އަލަށް
ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމުގެ ޙައްޤުގައި އޭނައަށް ބޮޑަށް ފަހިވާ ޤާނޫނެއްކަމުގައިވާނަމަ އެޤާނޫނު
މާޟީގައި ހިނގާފައިވާ ވާޤިޢާއަކަށް ހިންގިދާނެކަން އެނގޭކަމާއި، މުއްތަހަމަށް ބޮޑަށް މަޞްލަހަތު ރަނގަޅު
ނުވަތަ ބޮޑަށް ފަހިވާ ޤާނޫނު ތަޠްބީޤްކުރުމުގެ މަޞްދައުއަކީ، ފައިޞަލާކުރުވަނިވި ނިހާއީ ޙުކުމެއް
ކަނޑައެޅިފައިނުވާ ނުވަތަ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ރެސްޖުޑިކާޓާ ޙުކުމަކަށްނު
ކޮންމެ ވާޤިޢާއެއްގެ
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A254
cccc
މައްޗަށް ރަޖްޢީ (retrospective) ކޮށް ތަޠްބީޤްކުރެވިދާނެ މައްދައު އެއްކަމާއި، މިމަބްދައު ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ޝާމިލްވެ ބަޔާންވެގެންވާކަމާއި،
އެގޮތުން ބަލާއިރު، އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދުއާއި ވާފިރު މުޙައްމަދު އާއި މިތިން
މީހުންގެ މައްޗަށް ކުރެވިފައިވާ ކުށުގެ މިދަޢުވާ އެތިންމީހުންގެ މައްޗަށް އުފުލުނު ފަހުން އެ ދަޢުވާގެ މައްޗަށް
ތަޠުބީޤުކުރެވޭ ޤާނޫނު އުވާލާފައިވުމާއި އެޤާނޫނުގެ ދަށުން ތަޖްރީމްކުރެވިފައިވާ އެކުށުގެ މައްޗަށް އަދަބު
ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ފަހުން ޢަމަލުކުރަން ފެށިފައިވާ ޤާނޫނުގެ ދަށުން އައިސްފައިވާ
ބަދަލާއި މިއެންމެހައި ކަންކަމަށް ބަލާއިރު، އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދުއާއި ވާފިރު މުޙައްމަދު އާއި
މިތިން މީހުންގެ މައްޗަށްކޮށްފައިވާ ކުށުގެ ދަޢުވާގައި އަދަބު ކަނޑައެޅުމުގައި އަޙްމަދު އަރީޝްއާއި ޢާފިރު
މުޙައްމަދުއާއި ވާފިރު މުޙައްމަދަށް ބޮޑަށް ފަހިވަނީ ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ ދަށުން އަދަބު ކަނޑައެޅުންކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުން ދެކެއެވެ.
ވީމާ، އިސްވެފާހަގަކުރެވުނު އެންމެހައި ކަންކަމަށް ބަލާއިރު، މ.ގުލްސަންޕާގެ އަޙްމަދު އަރީޝްއާއި
ގދ. ރަތަފަންދޫ އައްސޭރިވިލާ، ޢާފިރު މުޙައްމަދުއާއި ގދ. ރަތަފަންދޫ އައްސޭރިވިލާ ވާފިރު މުޙައްމަދުގެ
މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަމާއި،
2012 މެއި 27 ވަނަ ދުވަހުގެ 11:45 ހާއިރު އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗުން
/
200460ރ. (ދެލައްކަ ހަތަރުސަތޭކަ ފަސްދޮޅަސްރުފިޔާ) ޚާތިމް އިބްރާހީމް ނެގިކަމާއި، އެފައިސާ
ނޫކުލައިގެ ޕްލާސްޓިކް ކޮތަޅަކަށް ލުމަށްފަހު ބޭންކުން ނުކުމެ ޚާތިމް އިބްރާހީމްގެ ރަޖިސްޓްރީ ނަންބަރު
AA0D
/
P7416 ވޭވް 125 އެސް ސައިކަލު ކައިރިއަށް ގޮސް ސައިކަލުގެ މަޑިހުޅުވާ އެފައިސާ ބޮނޑި
މަޑިދަށަށް ލީކަމާއި، މ.ޗަންޕާހެވަން ކުރިމަތީ ޕާކިންގ ޒޯނުގައި ސައިކަލް ޕާކްކޮށްފައިހުއްޓާ އެފައިސާތައް
ކޮތަކާއެކު ވަގަށް ގެންގޮސްފައިވާކަމާއި، އެފައިސާތައް މަޑިދަށަށްލީ ފައިސާ ރައްކާކޮށްފައި ބެހެއްޓުމުގެ
ގޮތުންނޫންކަމާއި، ސައިކަލު ޕާކްކޮށްފައި ފައިސާއާއެކު ބެހެއްޓިފައިވަނީ ސައިކަލު މަޑިދަށުގައި ބެހެއްޓިކަން
ހަނދާނުން ނަށްޓާލުމުންކަން ޚާތިމް އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީގަށް ދީފައިވާ ބަޔާނުން
އެނގެން އޮންނައިރު، ޚާތިމް އިބްރާހީމް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ފައިސާގެ ނޫޓުތަކާ ބެހޭގޮތުން
404
aވ
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/254
ހާމަކޮށްފައިވާ ތަފްޞީލުތަކާ ހަމަ އެއްފަދައިން އެ ތާރީޚުގައި ބޭންކް މޯލްޑިވްސް އިން އެ ޢަދަދަށް ޚާތިމް
އިބްރާހީމް ފައިސާ ނަގާފައިވާކަން މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބޭންކް އޮފް
މޯލްޑިވްސްގެ ޗެކުންނާއި، ބޭންކް އޮފް މޯލްޑިވްސްގެ މަޖީދީމަގު ބްރާންޗުގެ ޗެޓް ވިތުޑްރޯވަލް ސްލިޕުން
ޝަރީޢަތަށް ސާބިތުވާކަމާއިގެ
މ. ޗަންޕާހެވަން ކުރިމަތީ އޮންނަ ޕާކިންގ ޒޯނުގައި ޕާކްކޮށްފައިހުރި ރަޖިސްޓްރީ ނަންބަރު
AA0D
/
P7416 ސައިކަލުގެ މަޑިދަށުގައި އޮތް -/
200460ރ. (ދެލައްކަ ހަތަރުސަތޭކަ ފަސްދޮޅަސްރުފިޔާ)
އަޙްމަދު އަރީޝް އާއި ޢާފިރު މުޙައްމަދު އާއި ވާފިރު މުޙައްމަދު ބައިވެރިވެގެން ވަގަށްނެގި ކަމަށް އަޙްމަދު
އަރީޝާ އާއި ޢާފިރު މުޙައްމަދު މިމައްސަލައިގެ ތަޙްޤީގުގައި އިޢްތިރާފުވެފައިވާކަމާއި،
މިމައްސަލައިގާ ބުނެފައިވާ ސައިކަލުގެ މަޑީގެ އެއްފަރާތުގައި ޢާފިރު މުޙައްމަދުގެ ދެއަތުން ހިފާ
ހިއްލާލުމުން، އެމަޑި ދަށުގައި އޮތް ނޫކުލައިގެ ބާޒާރު ކޮތަޅެއްގެ ތެރޭގައި ކަރުދާސް އޮޅާފައިވާ އެއްޗެއް
ނެގުމަށްފަހު ޢާފިރު މުޙައްމަދުގެ އަތަށް އަޙްމަދު އަރީޝް ދިންކަން އަޙްމަދު އަރީޝް ތަޙްޤީޤަށް ދީފައިވާ
ބަޔާނުން އެނގެން އޮންނައިރު، ހަމަ އެފަދައިން ސައިކަލުގެ މަޑީގެ އެއްފަރާތުގައި ޢާފިރު މުޙައްމަދުގެ ދެއަތުން
ހިފާ ހިއްލާލުމަށްފަހު އެސައިކަލުގެ މަޑި ދަށުގައި އޮތް ފައިސާ ބޮނޑި ނެގުމަށް އަޙްމަދު އަރީޝް ގާތުގައި
ޢާފިރު މުޙައްމަދު ބުނިކަމާއި އަޙްމަދު އަރީޝް ސައިކަލުގެ މަޑިދަށުން ކަރުދާސް އޮޅާފައިއޮތް ފައިސާ ބޮނ،
ނެގުމަށްފަހު އެފައިސާ ބޮނޑި ޢާފިރު މުޙައްމަދުގެ އަތަށް އަޙްމަދު އަރީޝް ދިންކަން ޢާފިރު މުޙައްމަދު
ތަޙްޤީޤުގަށް ދީފައިވާ ބަޔާނުން އެނގޭކަމާއި؛
ސައިކަލު މަޑިދަށުން ނެގި ކޮތަޅުގައި ފައިސާ ހުރިކަން އަޙްމަދު އަރީޝްއަށް އެނގޭ ކަމާއި،
އެކޮތަޅުގައި ހުރި ފައިސާގެ ތެރެއިން -/15,000 ރ. (ފަނަރަހާސްރުފިޔާ) ޢާފިރު މުޙައްމަދު، އަޙްމަދު
އަރީޝާއަށް ދިންކަން އަޙްމަދު އަރީޝް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، ފައިސާ ބޮނޑީގައި
ހުރި ފައިސާގެ ތެރެއިން -/
15,000ރ. (ފަނަރަހާސްރުފިޔާ) ނެގުމަށްފަހު އަޙްމަދު އަރީޝްއަށް ޢާފިރު
މުޙައްމަދު ދިންކަން ޢާފިރު މުޙައްމަދު ތަޙްޤީޤުގަށް ދީފައިވާ ބަޔާނުން އެނގޭކަމާއި؛
2012 މެއި 27 ވަނަ ދުވަހުގެ 14:00 ހާއިރު ޢާފިރު މުޙައްމަދު އާއި އަޙްމަދު އަރީޝް އާއި
ދެމީހުން ކޮޓަރިއަށް އައި އިރު އަޙްމަދު އަރީޝްގެ އަތުގައި ކަޅުކުލަ އާއި ހުދުކުލައިން ހުރި ކަރުދާސް ކޮތަޅެއް
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
ޗ ( 48 ދޑ 2
.ނަންވާކަމެއް
އޮތްކަމާއި، އެދެމީހުން ކޮޓަރިއަށްވަދެ ފެން ބޮއެގެން ދިޔުމަށްފަހު އިރުކޮޅެއް ފަހުން ކާފިރު މުޙައްމަދު
ކޮޓަރިއަށް އައި އިރު އޭނަގެ އަތުގައި ގިނަ ޢަދަދެއްގެ ފައިސާ ހުއްޓާ ސަނާ ޙަސަނަށް ފެނިފައިވާކަމާއި،
އެގޮތުން ވަށައިގެން ރަބަރު އޮޅާފައި -/500ރ. (ފަސްސަތޭކަ ރުފިޔާ) ގެ ނޫޓުން ހުރި ދެ ބޮނޑި ފައިސާ
ޢާފިރު މުޙައްމަދު ލައިގެން ހުރި ޖިންސުގެ ޖީބުން ނެގިތަން ސަނާ ޙަސަނަށް ފެނިފައިވާކަން ސަނާ ޙަސަން
ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއިގެ
ވަގަން ނެގި ފައިސާއިން އެވަގުތަކު ބޭނުން ކުރުމަށްޓަކައި ޢާފިރު މުޙައްމަދު ޚަރަދުކުރަމުން
ގެންދިޔަކަމާއި، އެގޮތުން 2012 މެއި 28 ވަނަ ދުވަހު ޗެކްމާރކް މޯބައިލް ފިހާރައިން -/15,000ރ.
(ފަނަރަހާސްރުފިޔާ) ގެ ސަމްސަންގ ގެލެކްސީ އެސް ޓޫ ބްރޭންޑްގެ މޮބައިލް ފޯނަކާއި، ގާތްގަނޑަކަށް
-/
13,000ރ. (ތޭރަހާސްރުފިޔާ) ދިނުމަށްފަހު ސޮނީ އެރިކްސަން އެކްސްޕީރިއާ ފޯނަކާއި، ނޮކިޔާ އީ.72
ބްރޭންޑްގެ ފޯނެއް ގަތްކަން ޢާފިރު މުޙައްމަދުގެ ތަޙްޤީޤު ބަޔާނުން އެނގެން އޮންނައިރު،
އެ ދުވަހު (2012 މެއި 28 ވަނަ ދުވަހު) ގެ ހަވީރުގެ ވަގުތެއްގައި ސަން ޙަސަން އާއި ޢާފިރު
މުޙައްމަދު އާއި ޒަހީރާ އާއި ތިން މީހުން އެކީގައި ޗެކްމާރކް މޮބައިލް ފިހާރައަށް ގޮސް އެފިހާރައިން ޢާފިރު
މުޙައްމަދު ސެމްސަންގ ގެލެކްސީ އެސް ޓޫ ބްރޭންޑްގެ ފޯނެއް ގަތްކަމާއި، އަދި ޒަހިރާއަށް ނޮކިޔާ އީ.72
ބްރޭންޑްގެ ފޯނެއް ޢާފިރު މުޙައްމަދު ގަނެދިން ކަމާއި، ސަނާ ޙަސަން ސޮނީ އެރިކްސަން އެކްސްޕީރިއާ ފޯނެއް
އޭނަ އަތުން -/4500ރ. (ހަތަރުހާސް ފަސްސަތޭކަރުފިޔާ) ލުމަށްފަހު ބާކީ ޢާފިރު މުޙައްމަދުގެ އަތުން ފައިސާ
ދީގެން ގަތްކަން ސަނާ ޙަސަން ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެނގެން އޮންނަ
އޮންނަކަމާއި؛
2012 މެއި 28 ވަނަ ދުވަހުގެ 14:00 ހާއިރު ޢާފިރު މުޙައްމަދާއި ސަނާ، އިރުފާ ޙުސައިންގެ
ގެއަށް އައިއިރު ޢާފިރު މުޙައްމަދުގެ އަތުގައި ސެމްސަންގ ގެލެކްސީ ފޯނެއް އޮތް ކަމާއި، އަދި ސަނާ އަތުގައި
ފިޔާތޮށި ކުލައިގެ ސޮނީ އެރިކްސަން ފޯނެއް އޮތް ކަން އިރުފާ ޙުސައިން ތަޙްޤީޤަށް ދީފައިވާ ބަޔާނުން
އެނގެން އޮންނަކަމާއި؟
ސައިކަލުގެ މަޑި ދަށުން ނެގި ފައިސާގެ ތެރެއިން -/15,000ރ. (ފަނަރަހާސްރުފިޔާ) ޢާފިރު
މުޙައްމަދުގެ ބޭބެ ވާފިރު މުޙައްމަދަށް ދިންކަމަށް އާފިރު މުޙައްމަދު ތަޙްޤީޤުގައި ބުނެފައިވާއިރު،
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
-/
10000ރ.
-/10000ރ.
ގެ
އެޕާރޓްމަންޓެއް ކުއްޔަށް ހިފަންވެގެން -/15000ރ. (ފަނަރަހާސްރުފިޔާ) ވާފިރު މުޙައްމަދުގެ
އެކައުންޓުން ނެގި ކަމަށާއި، އަދި އޭނަގެ ކޮއްކޮ ޢާފިރު މުޙައްމަދުވެސް ބެންކުން އެޢަދަދަށް ފައިސާ ނެގި
ކަމަށް އިރުފާ ޙުސައިންގެ ގާތުގައި ވާފިރު މުޙައްމަދު ބުނެފައިވާކަމަށާއި، ވާފިރު މުޙައްމަދު ގާތުގައި އޭނާ
ބޭންކުން ނެގި ފައިސާ އިރުފާ ޙުސައިންގެ އަތަށް ފޮރުވަން ދިނުމަށް ބުނުމުން އެފައިސާގެ ތެރެއިން
(ދިހަހާސްރުފިޔާ) ވާފިރު މުޙައްމަދު އިރުފާ ޙުސައިންގެ އަތަށް ދިންކަމަށް މޯލްޑިވްސް
ޕޮލިސްސަރވިސްގެ ތަޙްޤީޤުގައި އިރުފާ ޙުސައިން ބުނެފައިވާކަން އެނގެން އޮންނައިރު، ވާފިރު މުޙައްމަދު
ދީފައިހުރި
(ދިހަހާސްރުފިޔާ) ތެރެއިން އިރުފާ ޙުސައިންގެ ދައްތައަށް
-/500ރ. (ފަސްސަތޭކަރުފިޔާ) ދިނުމަށްފަހު ބާކީހުރި -/9500ރ. (ނުވަހާސް ފަސްސަތޭކަރުފިޔާ) ޢާފިރު
މުޙައްމަދު އިރުފާ ޙުސައިން ޙަވާލުކުރިކަން އިރުފާ ޙުސައިން ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެނގެން
އޮންނަކަމާއި،
2012 މެއި 30 ވަނަ ދުވަހުގެ ރޭ 19:30 ހާއިރު ސަނާ ޙަސަން އާއި އަޙްމަދު އަރީޝް އާއި
ޢާފިރު މުޙައްމަދު އާއި ޒަހީރާ އާއި ހަތަރު މީހުން ހ. ނައިޓުވިޔު ގޭ ހަތަރުވަނަ ފަންގިފިލާގެ ރޫމް ނަންބަރު
04 ގައި ތިއްބާ ޢާފިރުގެ އަތުގައިއޮތް ކޮންމެވެސް އެއްޗެއް ކޮޓަރީގެ ވައި ގޮޅިއާ ދިމާލު ކުޑަދޮރުން ބޭރަށް
އެއްލާލިތަން ސަނާ ޙަސަނަށް ފެނިފައިވާކަން ސަނާ ޙަސަން ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެނގެން
އޮންނައިރު، ޢާފިރު މުޙައްމަދު އޭނަގެ ވޮލެޓު ތެރެއިން -/500ރ. (ފަސްސަތޭކަރުފިޔާ) ގެ ނޫޓުން ހުރި
ފައިސާ ބޮނޑިއެއް ނަގާ ކޮޓަރީގެ ވައިގޮޅިއާ ދިމާލު ކުޑަދޮރުން ބޭރަށް ވައްޓާލިތަން އަޙްމަދު އަރީޝާއަށް
ފެނިފައިވާކަން އަޙްމަދު އަރީޝް ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއިގެ
2012 މެއި 30 ވަނަ ދުވަހުގެ 19:30 ހާއިރު ނައިޓްވިއު ގެއިން ޢާފިރު މުޙައްމަދު ކުއްޔަށް
ހިފައިގެންއުޅޭ ކޮޓަރީގައި ސަން ޙަސަން އާއި ޒަހީރާއާއި އަޙްމަދު އަރީޝް އާއި ހަތަރު މީހުން ތިއްބާ ކޮޓަރީގެ
ދޮރުގައި މީހަކު ޓަކިޖަހަން ފެށުމުން ފުލުހުން ކަމަށް ޝައްކުވެގެން ސައިކަލުގެ މަޑިދަށުން ވަގަށް ނެގި
ފައިސާ ބޮޑިން ޢާފިރު މުޙައްމަދުގެ އަތުގައި އެވަގުތުހުރި ފައިސާގެ ތެރެއިން ފައިސާ ބޮނޑިއެއް އެ ކޮޓަރީގެ
ވައިގޮޅިން ތިރިއަށް ޢާފިރު މުޙައްމަދު ވައްޓާލިކަމާއިގެ
.1
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
21 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
އަދި ވައި ގޮޅިން ތިރިއަށް ވައްޓާލި ފައިސާ ބޮނޑި ފުލުހުންނަށް ޢާފިރު މުޙައްމަދު ދެއްކި ކަމާއި،
އެފައިސާ ބޮނޑީގައި -/
38,000ރ. (ތިރީސްއަށްހާސްރުފިޔާ) ހުރިކަން ޢާފިރު މުޙައްމަދު ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާކަމާއިގެ
އަދި އެކޮޓަރި ފުލުހުން ބަލާ ފާސްކުރިކަމާއި، އެގޮތުން ޢާފިރު މުޙައްމަދުގެ ވޮލެޓުގައި ހުއްޓާ
ފުލުހުންނަށް ފެނުނު -/11,030ރ. (އެގާރަހާސް ތިރީސްރުފިޔާ) އަކީ ސައިކަލުގެ މަޑި ދަށުން ވަގަންނެގި
ފައިސާ ބޮނޑީގައި ހިމެނޭ ފައިސާކަމަށް ބުނެފައިވާކަމާއި، އަދި ސަނާ ޙަސަންގެ ވޮލެޓުގައި ހުރި -/
6,500ރ.
(ހަހާސްފަސްސަތޭކަރުފިޔާ) އަކީވެސް އެފައިސާ ބޮނޑީގައި ހިމެނޭ ފައިސާ ކަމަށް ޢާފިރު މުޙައްމަދު
ތަޙްޤީޤުގައި ބުނެފައިވާކަމާއި،
ވައްކަން ކުރިކަމަށް އަޙްމަދު އަރީޝްއާއި، ޢާފިރު މުޙައްމަދު އިޢުތިރާފުވެ އަދި އެވައްކަމުގައި
އެދެމީހުންނާއެކު ވާފިރު މުޙައްމަދުވެސް ބައިވެރިވިކަމަށް ތަޙުޤީގުގައި އިޢުތިރާފުވެ، ވަގަށްނެގި ފައިސާތަކުގެ
ތެރެއިން ބައެއްފައިސާ އަޙްމަދު އަރީޝްއާއި، ޢާފިރު މުޙައްމަދު ދައްކާފައިވާކަމާއި އެފައިސާއިން ހޯދާފައިވާ
ބައެއް ތަކެއްޗާއި އެފައިސާ ތަކަކީ ވައްކަންކޮށްގެން ހޯދި ފައިސާތަކެއްކަމަށް އަޙްމަދު އަރީޝްއާއި، ޢާފިރު
މުޙައްމަދު އިޢުތިރާފުވެފައިވާކަން މިމައްސަލައާ ގުޅިގެން ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖަންޓް މުޙައްމަދު ލަތީފް އާއި ޕޮލިސް ކޯޕްރަލް މުޙައްމަދު
އަދުހަމް އާއި ޕޮލިސް ކޯޕްރަލް ބިލާލް ޢަބްދުލްޙާދީގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމާއިގެ
ސައިކަލެއްގެ މަޑިދަށުން ތިން މީހަކު ބައިވެރިގެން އެއްޗެއް ނަގާތަން މިމައްސަލައާ ގުޅިގެން
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ވީޑިއޯއިން ފެންނައިރު، އެ ވީޑިއޯ ފުޓޭޖުން ފެންނަނީ އަޙްމަދު އަރީޝް
އާއި، ޢާފިރު މުޙައްމަދާއި، ވާފިރު މުޙައްމަދާއި މި ތިން މީހުންކަން މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ
ނަންބަރު 2012
/
0010/K
(
b
)
/
VAR (19 ޖޫން 2012) ”ވީޑިއޯ އެނާލިސިސް ރިޕޯޓް، ން އެނގެން
އޮންނަކަމާއި، އެރިޕޯޓު ތައްޔާރުކުރި ޕޮލިސް ކޯޕްރަލް އަޙްމަދު މުޙައްމަދު ޚަބީރެއްގެ ގޮތުގައި ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރެވިފައިވާއިރު، އެރިޕޯޓަކީ ޢަހްމަދު މުޙައްމަދު ތައްޔާރުކުރި ރިޕޯޓެއް
ކަމަށާއި އެރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ކަމަށް އަޙްމަދު މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
ދީފައިވާ ބަޔާނުގައި ބުނެފައިވުމުން، މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ހިމެނޭ ވައްކަންކުރުމުގައި އަޙްމަދު
އަރީޝާ އާއި ޢާފިރު މުޙައްމަދު އާއި ވާފިރު މުޙައްމަދު ޝާމިލްވާކަން ޝަރީޢަތަށް ސާބިތުވާކަމާއި؛
ޝަރީޢަތުގެ މަޖިލީހުގައި ހެކިން ދީފައިވާ ހެކިބަހަށާއި ހުށަހެޅިފައިވާ ވިޑިއޯ ފޫޓޭޖާއި އެވީޑިއޯ ފޫޓޭޖް
ގުޅިގެން ލިބިފައިވާ ޚަބީރުގެ ހެކިބަހަށާއި، މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތްތަކުން ތަޙްޤީޤުގައި ވެފައިވާ
އިޢްތިރާފާއި، އެއިޢްތިރާފްތަކާ ގުޅުވާލެވޭ ޤަރީނާތަކުގެ މައްޗަށް ބަލާއިރު ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/425 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުން އިއްތިފާޤްވެއެވެ.
etc.
0
ޙުކުމް:
މާއްދާއާއި
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު-Cr/425
2012/C ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މި މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކުރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr-C/425 ޤަޟިއްޔާގައި ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ
136 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ފަރާތުން އަޙްމަދު އަރީޝްއާއި ޢާފިރު މުޙައްމަދު އާއި
ވާފިރު މުޙައްމަދާއި މިތިން މީހުންގެ މައްޗަށް ކޮށްފައިވާ ޖަމާޢަތް ހަދައިގެން ދިހަހާސް ރުފިޔާއަށްވުރެ މަތީ
ޢަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ ކުށް، ޝަރީޢަތަށް ހާޒިރުކުރެވިފައިވާ ހެކިންގެ ހެކިބަހުންނާއި،
ޝަރީޢަތަށް ހުށަހެޅިފައިވާ ވީޑިއޯ ފުޓޭޖާއި، އެވީޑިއޯ ފުޓޭޖާގުޅޭ ގޮތުން ޝަރީޢަތަށް ހެކިބަސް ދީފައިވާ
ޚަބަރުގެ ހެކިބަހުންނާއި، ދަޢުވާލިބޭ ފަރާތްތަކުން ތަޙްޤީޤުގައި ވެފައިވާ އިއްތިރާފާއި، ދަޢުވާލިބޭ ފަރާތްތަކުގެ
އަތުންނާއި ދިރިއުޅޭތަނުން ފެނިފައިވާ ފައިސާއާއި، މިހުރިހާ ކަންކަމެއް ގުޅުވާލުމުން ލިބޭ ޤަރީނާތަކުން
ޝަރީޢަތަށް ސާބިތުވާކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59
ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 21 ވަނަ
R
ހައިކަޓް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/254
މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 1001 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީ، އެޤާނޫނުގެ 1002 ވަނަ
މާއްދާގެ (ހ) ގެ ދަށުން، މ.ގުލްސަންޕާގެ މާލެ އަޙްމަދު އަރީޝްއާއި، ގދ. ރަތަފަންދޫ އައްސޭރިވިލާ ޢާފިރު
މުޙައްމަދުއާއި، ގދ. ރަތަފަންދޫ އައްސޭރިވިލާ ވާފިރު މުޙައްމަދު، 02 (ދޭއް) އަހަރާއި، 09 (ނުވައެއް)
މަހާއި، 18 (އަށާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
P;
ޕްލެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ