ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/157 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/151
بم دفاتر باسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރު: 157/HC
-
A/2010
އިސްތިއުނާފް ކުރިފަރާތް:
* ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ
ދާއިމީ އެޑްރެސް: ހ.ޑޮނޭރިޔާ/ މާލެ
މިހާރުގެ އެޑްރެސް: ފ. ސަންލީޓް، ގަދަގެމުޙައްމަދުފުޅު
ބިލްޑިންގ | މާލެ
އިސްތިއުނާފު ރައްދުވި ފަރާތް
ނަން: ފާޠިމަތު ފަރުޝާ
ދާއިމީ އެޑްރެސް: ހ. މިސްލްޓޯ | މާލެ
އައި.ޑީ.
ކާޑް ނަންބަރު:A055484
* މިހާރުގެ އެޑްރެސް: މިސްލްޓޯ | މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 ޖުލައި 2010 * ނިމުނު ތާރީޚް: 28 މެއި 2014
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރ: 2009/MC/2949
* ކޯޓު: މަދަނީ ކޯޓް
ނިންމެވި ތާރީޚް: 04 އޭޕްރީލް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325429 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2{010/HC-A/157
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ
ކޯޓުގެ ނަންބަރު 2009/MC/2949 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހ. މިސްލްޓޯ، ފާޠިމަތު ފަރުޝާއެވެ.
• ފާހަގަކުރެވުނު
ހގެވަގޮވާ ކުތައް
-01
02 0
މަދަނީ ކޯޓުގެ ނަންބަރު 2009/MC/2949 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ސްޓޭޓް
އޮފް އިންޑިޔާގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2 04
-02
މަދަނީ ކޯޓުގެ ނަންބަރު 2009/MC/2949 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ހ. މިސްލްޓޯ ފާތިމަތު ފަރުޝާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ސްޓާފެއްގެ ގޮތުގައި ހުރެ ފާތިމަތު ފަރުޝާގެ އިހުމާލުން މަދުވެފައިވާ -/250,000ރ (ދެލައްކަ
ފަންސާސްހާސް ރުފިޔާ) ގެ ތެރެއިން މިއަދާއި ހަމައަށް ނުލިބިވާ 221,287
/
60ރ (ދެލައްކަ އެކާވީސްހާސް
ދުއިސައްތަ އަށްޑިހަހަތް ރުފިޔާ ފަސްދޮޅަސް ލާރި) ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަދާކޮށް ނިމުމުގެ
ކުރިން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ވަޒީފާއިން ފާޠިމަތު ފަރުޝާ ވަކިވުމަށް އެދިފައިވާތީ މިފައިސާ
ފާޠިމަތު ފަރުޝާގެ ކިބައިން ލިބިގަތުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދަޢުވާކުރުމުން ބެލެވުނު
އެނގޭކަމާއި،
02 0
ou
2 2ތ ﷲ 0
ޤަޝިލއްޔާއެއްކަން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{010/HC-A/157
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މިސްލްޓޯ ފާޠިމަތު ފަރުޝާ
(ދ.ރ.ކާޑު ނަންބަރު A055484) ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ސްޓާފެއް ގޮތުގައި އުޅެނިކޮށް، ފާތިމަތު
ފަރުޝާގެ އިހުމާލުން މަދުވެފައިވާ -/250,000ރ (ދެލައްކަ ފަންސާސް ހާސް ރުފިޔާ) ގެ ތެރެއިން
ނުލިބިވާ 221,287
/
60ރ (ދެލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ ހަތްރުފިޔާ | ފަސްދޮޅަސް ލާރި)
ހޯދުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ފާޠިމަތު ފަރުޝާގެ މައްޗަށް ކުޅު ދަޢުވާއަށް ބަލައި
ނަޒަރުކުރާއިރު،
x o
ފާޠިމަތު ފަރުޝާގެ ކިބައިން މިފައިސާ ލިބިގަތުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ފަރާތުން ހުށަހަޅާފައިވާ، ފައިސާއަކީ ފާޠިމަތު ފަރުޝާގެ އިހުމާލުން ގެއްލިފައިވާ ފައިސާ ކަމުގައި ބުނެކަން
އެނގޭހިނދު، އަދި ދަޢުވާއަށް ފާޠިމަތު ފަރުޝާ އިންކާރުކުރާ ހިނދު،
ދަޢުވާގައިވާ ފައިސާއަކީ ފާތިމަތު ފަރުޝާގެ އިހުމާލުން ގެއްލިފައިވާ ފައިސާއެއްކަން ނުވަތަ
ނޫންކަމަށް ބަލާއިރު، ދަޢުވާގައިވާ ފައިސާ ގެއްލިފައިވަނީ ފާތިމަތު ފަރުޝާގެ އިހުމާލުންކަން އެނގޭނެ
އިންޑިޔާގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނެތަތީ،
&2 ބ
އެއްވެސް ހެއްކެއް ސްޓޭޓް ބޭންކް އޮފް
02c
ފާޠިމަތު ފަރުޝާގެ ކިބައިން ލިބިދިނުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން
ހުށަހަޅާފައިވާ 221,287
/
60ރ (ދެލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ ހަތްރުފިޔާ | ފަސްދޮޅަސް
ލާރި) ނަގައިދޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން
އޮންނަކަމެވެ.
ތ &02
ސްޓޭޓް
03- މަދަނީ ކޯޓުގެ ނަންބަރު 2009/MC/2949 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް
ޑެންކް އޮފް އިންޑިޔާގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
201{/HC-A/157
(ހ) ފުރަތަމަ ނުކުތާއަކީ: ފާޠިމަތު ފަރުޝާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ސްޓާފެއް
ގޮތުގައި އުޅެނިކޮށް، ފާޠިމަތު ފަރުޟާ އާއި ޙަވާލުކުރި ފައިސާގެ ތެރެއިން މަދުވެފައިވާ -/250,000ރ
(ދެލައްކަ ފަންސާސް ހާސް ރުފިޔާ) ދެއްކުމަށް އެއްބަސްވެ، ބޭންކަށް މިފައިސާ ދެއްކުމަށް ލުއިގޮތެއްހަދާ
ދިނުމަށް އެދި ހުށަހެޅުމުން އެކަން ބޭންކުން ޤަބޫލުކޮށް، ފާޠިމަތު ފަރުޝާގެ މުސާރައިން %50 އުނިކޮށް،
އަދި ބޭންކަށް ފައިސާ ދައްކަމުން އައިސް 221,287
/
60ރ (ދެލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ
ހަތް ރުފިޔާ ފަސްދޮޅަސް ލާރި) ނުދެއްކި ވަނިކޮށް ފާޠިމަތު ފަރުޝާ، ބޭންކުގެ ވަޒީފާއިން ވަކިވުމަށް
އެދިފައިވާތީ، ފާޠިމަތު ފަރުޝާގެ އަތުން ހޯދުމަށް އެދި ހުށަހެޅި ދަޢުވާއަށާއި، ފާޠިމަތު ފަރުޝާ ފޮނުވާފައިވާ
ސިޓީއަށާއި، ބޭންކުން ހުށަހަޅާފައިވާ ޑޮކިއުމަންޓް ހެއްކަށް އެއްވެސް ގޮތަކަށް ނުބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0x
(ށ) ދެވަނަ ނުކުތާއަކީ: ފާޠިމަތު ފަރުޝާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ސްޓާފެއް
ގޮތުގައި އުޅެނިކޮށް، ފާތިމަތު ފަރުޝާގެ އަތުން މަދުވެފައިވާ -/250,000ރ (ދެލައްކަ ފަންސާސް ހާސް
ރުފިޔާ) ދެއްކުމަށް އެއްބަސްވެ، މިފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކަމުން އައިސް ނުދެއްކިވާ
221,287
/
60ރ (ދެލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަހަތް ރުފިޔާ ފަސްދޮޅަސް ލާރި) ފާޠިމަތު
ފަރުޝާ، ދައްކަން ނުޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާ ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
02c0
04- މަދަނީ ކޯޓުގެ ނަންބަރު 2009/MC/2949 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން ސްޓޭޓް ބޭންކް
އޮފް އިންޑިޔާގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފާޠިމަތު ފަރުޝާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅޭގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤާޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{010/HC-A/157
ދ
ކޭޝިއަރެއްގެ
/
0224
(ހ) ފުރަތަމަ ކަމަކީ: މިސްލްޓޯ ފާޠިމަތު ފަރުޝާގެ އަތުން 221,287
/
60ރ
(ދެލައްކަ އެކާވީސްހާސް ދުއިސައްތަ އަށްޑިހަ ހަތްރުފިޔާ ގެ ފަސްދޮޅަސް ލާރި) ހޯދުމަށް ސްޓޭޓް ބޭންކް އޮފް
އިންޑިޔާގެ ފަރާތުން ދަޢުވާކޮށްފައިވަނީ ފާތިމަތު ފަރުޝާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ކްލާކު ކަމް
ވަޒީފާގައި އުޅުނު އިރު، 2008 ވަނަ އަހަރުގެ މެއި މަހުގެ 08 ވަނަ ދުވަހު އެ ބޭންކުގެ
11 ވަނަ ކައުންޓަރ (ކަރަންޓް އެކައުންޓް ރުފިޔާ ޕޭމަންޓް) ގައި ފާޠިމަތު ފަރުޝާ، މަސައްކަތް ކުރިއިރު،
ފާޠިމަތު ފަރުޝާގެ އިހުމާލުން މަދުވެފައިވާ -/250,000ރ (ދެލައްކަ ފަންސާސްހާސް ރުފިޔާ) ގެ ތެރެއިން
އެ ބޭންކުގެ ވަޒީފާއިން ފާޠިމަތު ފަރުޝާ ވަކިވުމަށް އެދި ހުށަހެޅި އިރު، 221,287
/
60ރ (ދެލައްކަ
އެކާވީސްހާސް ދުއިސައްތަ އަށްޑިހަ ހަތްރުފިޔާ | ފަސްދޮޅަސް ލާރި) ފާޠިމަތު ފަރުޝާގެ ފަރާތުން އެ
ބޭންކަށް ނުލިބި އޮންނާތީކަމާއި، ފާތިމަތު ފަރުޝާގެ އިހްމާލުން މަދުވި ފައިސާގެ ތެރެއިން 712,28
/
40ރ
(އަށާވީސްހާސް ހަތްސަތޭކަ ބާރަ ރުފިޔާ ސާޅީސް ލާރި) އެ ބޭންކަށް ދައްކާފައިވަނީ ފާޠިމަތު ފަރުޝާގެ
މުސާރައިން ކަނޑައިގެންކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ފާޠިމަތު ފަރުޝާގެ މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ފަރާތުން ހުށަހެޅި ދަޢުވާގެ ޖަވާބުގައި ފާޠިމަތު ފަރުޝާގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބު
ފޯމަށް ބަލާއިރު ފައިސާ ފާޠިމަތު ފަރުޝާގެ އަތުން ހޯދުމަށް ބޭންކުން އެދިފައިވަނީ ކޮން
ޤާނޫނެއްގެ ދަށުންކަން އެނގެން ނެތުމާއި، ބޭންކުން މިދަޢުވާ ހުށަހަޅާފައިވަނީ ފާޠިމަތު ފަރުޝާ
ބޭންކުގައި އަދާކުރި ވަޒީފާއާއި ގުޅިގެން ބޭންކުން އެޅި އިދާރީ ފިޔަވަޅުތަކެއްގެ މައްޗަށް ކަމަށްވީއިރު،
ދިވެހިރާއްޖޭގެ ވަޒީފާގެ މައްސަލަތައް ބެލުމަށް ޚާއްޞަ ކުރެވިފައިވާ ޓްރައިބިއުނަލްއެއް ޤާއިމްކުރެވިފައިވާތީ،
ވަޒީފާ އަދާކުރުމުގައި އަޅާފައިވާ އިދާރީ ފިޔަވަޅެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއެއް ބެލުމުގެ
އިޚްތިޞާޞްއެއް މަދަނީ ކޯޓަށް ލިބިގެންނުވާތީ، މިދަޢުވާ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ޝަރުޢީ އަދި
ޤާނޫނީ ހަމައެއް ނެތަތީ ދަޢުވާގެ އަސްލަށާއި ދަޢުވާގައި ބޭންކުން އެދިފައިވާ ހުރިހާ ކަންތައްތަކަށް ފާތިމަތު
ފަރުޝާ އިންކާރުކުރާކަމަށް ފާޠިމަތު ފަރުޝާގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމަވެ.
(ނ) ތިންވަނަ ކަމަކީ: 08 މެއި 2008 ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ފާޖަޓުގެ
ފަރުޝާ މަސައްކަތްކުރިއިރު، -/250,000ރ (ދެލައްކަ ފަންސާސް ހާސް ރުފިޔާ) މަދުވެފަ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2014/HC-A/157
ބެހޭގޮތުން އެދުވަހުގެ ރޭގެ 8.20 ގައި ފާޠިމަތު ފަރުޝާ ސޮއިކޮށް ހުށަހަޅާފައިވާ ބަޔާނުގައި ބޭންކަށް
ފައިސާ ނަގަން އައި ބެނީ ކިޔާ މީހަކަށް އިތުރަށް -/250,000ރ (ދެލައްކަ ފަންސާސް ހާސް ރުފިޔާ)
ދެވިފައިވާކަމަށް ބުނެފައިވާކަމާއި، ނަމަވެސް ބެނީ ބޭންކަށް ގެނެސް ސުވާލު ކުރުމުން އޭނާއަށް އިތުރަށް
ފައިސާ ލިބިފައިނުވާކަމަށް ބުނިކަމުގައިވީނަމަވެސް ފާޠިމަތު ފަރުޝާއަށް އިތުރަށް ފައިސާ ދެވިފައިވަނީ
ބެނީއަށް ކަމަށާއި، އެކަން ތަޙްޤީޤްކޮށް ފައިސާ ހޯދަން ޖެހޭކަމަށް ބުނެފައިވާކަން އެނގޭއިރު އެބަޔާނަކީ
ކަންހިނގާ ދިޔަގޮތް ބަޔާންކޮށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ފާޠިމަތު ފަރުޝާގެ ފަރާތުން ދީފައިވާ
ބަޔާނެއްކަމަށް މަދަނީ ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ފަރުޝާގެ
ފަރާތުން ބުނެފައިވާކަން އެނގޭކަމާއި، އަދި މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި
ތަޙްޤީޤަށް 21 ޖުލައި 2008 ގައި ފާޠިމަތު ފަރުޝާ ދީފައިވާ ބަޔާނުގައި، "އަޅުގަނޑު ޗެކަށް ފައިސާ
ނަގަން އައިސް ހުރި މީހާއަށް (ފަހުން އެނގުނު ގޮތުގައި އިންޑިޔާގެ ރައްޔިތެއްކަމަށްވާ މިސްޓަރ ބެނީ)
ދޭންޖެހޭ ފައިސާ ދިނީމެވެ. އެއަށްފަހު، އެދުވަހުގެ މަސައްކަތްނިމި އެދުވަހުގެ ކައުންޓަރ
ބެލެންސް ކުރުމުގެ މަސައްކަތުގައި ފައިސާ ދޫކުރެވުނު މީހުންނަށް ފައިސާ ދޫކުރެވިފައިހުރި ގޮތާއި އަދި
ޗެކުތައް ބެލި ބެލުމަށް އިސްވެދެންނެވުނު ބެނީއަށް އިތުރަށް ފައިސާ ދެވުނު ހަނދާނެއް އަޅުގަނޑަށް ވިއެވެ.
އަދި ހަމަ އެވަގުތު އެކަން އަޅުގަނޑުމެންގެ މައްޗަށް ހުންނަ ފަރާތަށް އެންގީމެވެ. އަދި ބެނީއަށް ގުޅާ
އޭނާވެސް ބޭންކަށް ގެނެސް ސުވާލުކޮށް ހެދިއެވެ. ބެނީ ބުނެފައިވަނީ އޭނާއަށް ދިން ފައިސާ ނުގުނާ
ކަމަށާއި، އަދި އޭނާ ފައިސާ ގެންގޮސް ހަވާލުކޮށްފައިވަނީ އޭނާ އުޅޭ އޮފީހުގެ ކޭޝިއަރާކަމަށެވެ. އޭނާ
އެގޮތަށް ބުނިކަމުގައިވިޔަސް އޭނާއަށް އިތުރަށް ފައިސާ ދެވުނު ހަނދާނެއް އަޅުގަނޑު ވެއެވެ." މިފަދައިން
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
2c / ހދ
އޭނައަށް
f
(ށ) ހަތަރުވަނަ ކަމަކީ: ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި 08 މެއި 2008 ދުވަހު
ފާޠިމަތު ފަރުޝާ މަސައްކަތްކުރި ކައުންޓަރުން މަދުވެފައިވާ -/250,000ރ (ދެލައްކަ ފަންސާސް ހާސް
ރުފިޔާ) އާ ގުޅޭ ގޮތުން އެ ބޭންކުގެ ސީ.އީ.އޯއަށް ފާޠިމަތު ފަރުޝާ 18 މެއި 2008 ގައި ސިޓީއެއް
ފޮނުވާފައިވާ ކަމާއި، އެ ސިޓީގައި ފާޠިމަތު ފަރުނާ މަސައްކަތް ކުރި ކައުންޓަރުން މަދުވެފައިވާ
-/250,000ރ (ދެލައްކަ ފަންސާސް ހާސް ރުފިޔާ) ބޭންކަށް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ މޮތެއް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
"ދިވެހިން186 ހައިކޯޓް
7
2013/HC-A/151
ހަމަޖައްސައި ދިނުމަށް އެދިފައިވާކަން އެނގޭކަމާއި، އެސިޓީއަކީ ފާޠިމަތު ފަރުޝާ، ސްޓޭޓް ބޭންކް އޮފް
އިންޑިޔާއަށް ފޮނުވާފައިވާ ސިޓީއެއްކަމާމެދު އިންކާރުކޮށްފައިނުވާކަން އެނގެން އޮންނައިރު، ފާތިމަތު
ފަރުޝާގެ މުސާރައިން ކޮންމެ މަހަކު 2000.00ރ (ދެހާސް ރުފިޔާ) އާއި %100 އަހަރީ ބޯނަސް ކަނޑާ
ގޮތަށް ހަމަޖައްސާފައިވަނީ އެ ފައިސާ ދެއްކުމުގައި ލުއި ފަސޭހަ ގޮތެއް ހަދައިދިނުމަށް ފާޠިމަތު ފަރުޝާގެ
ފަރާތުން އެދުމުންކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ބުނެފައިވާކަމާއި، އަދި އެގޮތަށް ފާތިމަތު
ފަރުޝާގެ މުސާރައިން ކަނޑާފައިވާކަމާއި، ފާޠިމަތު ފަރުޝާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ވަޒީފާއިން
ވަކިވުމަށް ހުށަހެޅިއިރު، އޭނާގެ މުސާރައިން 28/40 712ރ (އަށާވީސްހާސް ހަތްސަތޭކަ ބާރަ ރުފިޔާ
ސާޅީސް ލާރި) ކަނޑާފައިވާކަން އެނގޭކަމާއި، ފާޠިމަތު ފަރުޝާގެ މުސާރައިން އެފައިސާ ކަނޑަމުންގެންދާތީ
އަދި ފައިސާ ކަނޑަމުން ގެންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ފާތިމަތު ފަރުޝާގެ ފަރާތުން ޝަކުވާއެއްކޮށް
އަދި އިއުތިރާޒްކޮށްފައިވާކަން އެނގެން ނެތްކަމެވެ.
26
އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2949 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ ފާޠިމަތު ފަރުޝާގެ މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހެޅި ދަޢުވާ
ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކިތަކުގެ މައްޗަށް ރިޢާޔަތް ނުކުރައްވައިކަން އެނގެން އޮންނާތީ
އެޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް
މިޤާ އްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ މަދަނީ ކޯޓުގެ ނަންބަރު
2009/MC/2949 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
<<
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2{10/HC-A/157
0
ޙުކުމް:
Ouo
OXO
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ
ކޯޓުގެ ނަންބަރު 2009/MC/2949 ޤަޟިއްޔާގައި، ފާޠިމަތު ފަރުޝާގެ ކިބައިން ލިބިގަތުމަށް އެދި ސްޓޭޓް
ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހަޅާފައިވާ ފައިސާއަކީ ފާތިމަތު ފަރުޝާގެ އިހުމާލުން ގެއްލިފައިވާ
ފައިސާ ކަމުގައި ބުނެކަން އެނގޭ ހިނދު، އެ ދަޢުވާއަށް ފާޠިމަތު ފަރުޝާ އިންކާރުކުރާ ހިނދު ދަޢުވާގައިވާ
ފައިސާއަކީ ފާތިމަތު ފަރުޝާގެ އިހުމާލުން ގެއްލިފައިވާ ފައިސާއެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު،
ދަޢުވާގައިވާ ފައިސާ ގެއްލިފައިވަނީ ފާޠިމަތު ފަރުޝާގެ އިހުމާލުންކަން އެނގޭނެ އެއްވެސް ހެއްކެއް ސްޓޭޓް
ބޭންކް އޮފް އިންޑިޔާގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނެތް ކަމަށް ބަޔާންކުރައްވައި، ފާޠިމަތު ފަރުޝާގެ
ކިބައިން ލިބިދިނުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހަޅާފައިވާ 221,287
/
60ރ
(ދެލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ ހަތްރުފިޔާ | ފަސްދޮޅަސް ލާރި) ނަގައިދޭނެ ތަނެއް
ނެތްކަމުގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، 08 މެއި 2008 ވަނަ ދުވަހު، ފާތިމަތު
ފަރުޟު ސްޓޭޓް
ބޭންކް އޮފް އިންޑިޔާގައި މަސައްކަތް ކުރި ކައުންޓަރުން އިތުރަށް 250 000.00ރ
(ދެލައްކަ ފަންސާސް ހާސް ރުފިޔާ) ދޫކުރެވިފައިވާކަން ފާތިމަތު ފަރުޝާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް
08 މެއި 2008 ގައި ދީފައިވާ ބަޔާނުންނާއި އަދި އެ މައްސަލައާ ގުޅިގެން 21 ޖުލައި 2008 ގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުން އެނގޭތީއާއި، އަދި އެ ފައިސާ ދެވިފައިވަނީ ބެނީ
ކިޔާ އިންޑިޔާގެ ރައްޔިތަކަށްކަމަށް ފާޠިމަތު ފަރުޝާ ބުނެފައިވާތީއާއި، އެ ފައިސާ ސްޓޭޓް ބޭންކް އޮފް
އިންޑިޔާއަށް ދެއްކުމުގައި ލުއިފަސޭހަ ގޮތެއް ހަމަޖައްސައިދިނުމަށްއެދި އެފައިސާ ސްޓޭޓް ބޭންކް އޮފް
އިންޑިޔާއަށް ދެއްކުމުގެ ޒިންމާ ފާޠިމަތު ފަރުޟު ނަގާފައިވާކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް 18 މެއި
2008 ގައި ފާޠިމަތު ފަރުޝާ ފޮނުވި ސިޓީއިން އެނގޭތީއާއި، އަދި ފާތިމަތު ފަރުޝާގެ މުސާރައިން އެ
ބޭންކްގެ ވަޒީފާއިން ވަކިވިތާރީޚާ ހަމައަށް 28/40 712ރ (އަށާވީސްހާސް ހަތްސަތޭކަ ބާރަ ރުފިޔާ ސާޅީސް
ލާރި) ކަނޑާފައިވާކަން އެނގެން އޮތް އިރު، އެކަމާމެދު ހިތްހަމަނުޖެހިގެން އެއްވެސް ޝަކުވާއެއްކޮށް އަދި
އިޢުތިރާޒެއްކޮށްފައިވާކަން އެނގެން ނެތުމުން، އެ ފައިސާ މަދުވެފައިވަނީ ފާޠިމަތު ފަރުޝާގެ އިހްމާލުންކަން
ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، ފާތިމަތު ފަރުޝާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ވަޒީފާއީޗްޑީޖޭގެ
ވަކިވިއިރު، އެ ބޭންކަށް ދައްކަންޖެހި ނުދައްކައިވާ 221,287160ރ (ދެލައްކަ އެކާވީސްހާސް
ހައިކޯޑު
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
2{010/HC-A/157
OLO
އަށްޑިހަ ހަތްރުފިޔާ ގެ ފަސްދޮޅަސް ލާރި) އަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ފާތިމަތު ފަރުޝާ
ދައްކަންޖެހި ނުދައްކައިވާ ފައިސާއެއްކަމަށް ކަނޑައަޅައި، އެ ފައިސާ އެ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް
ދެއްކުމަށްޓަކައި މިއަދު 28 މެއި 2014 ދުވަހުން ފެށިގެން ކޮންމެ މަހަކު 2 000.00ރ (ދެހާސް ރުފިޔާ)
އަށް ވުރެ މަދުނޫން ޢަދަދެއްގެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކައި އެދަރަނި ޚަލާޞްކުރުމަށް
ފާޠިމަތު ފަރުޝާއަށް އަންގައި، މީޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
.ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv