ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/02 ޤަޟިއްޔާގެ ޙުކުމް
1 އިޖްރާއީ ނިންމުން
2014/HC-A/02
m
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
- ed e;
ރާއްޖޭގެ
އިޖްރާއީ ނިންމުން
• ޤަޟިއްޔާ ނަންބަރު: 02/HC
-
A/2014
• މައްސަލަ ހުށަހެޅި ފަރާތް: ޙުސައިން ޝަރީފް
*
އައި.ޑީ. ކާޑު ނަންބަރު: A058888
ދާއިމީ އެޑްރެސް: ހ. މިރިހިމާލެ
*
• މައްސަލަ ރައްދުވާ ފަރާތް: ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު: 13
/
83-C * ދާއިމީ އެޑްރެސް: ގ. ފަނަސް (6 ވަނަ ފަންގިފިލާ) މާލެ
އިޖްރާއީ މައްސަލަ ހުށަހެޅި ފަރާތް: ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
އިޖުރާއީ ނިންމުން ނިންމި ތާރީޚް: 22 ރަޖަބު 1435
21 މެއި 2014
ފާހަގަކުރެވުނު ނުކުތާތައް:
-1
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/683
ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޙުސައިން ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ 2 (ދޭއް) ނުކުތާއަކީ، އެމައްސަލައާ ގުޅިގެން ސިވިލް ކޯޓަށް
ހުށަހެޅުނު 2 (ދޭއް) އިޖްރާއީ މައްސަލައާ ބެހޭގޮތުން، 27 މާޗް 2013 ގައި އެ ކޯޓުން ނިންމަވާފައިވާ
"އިޖްރާއީ ގޮތުން ނިންމިގޮތް" ގައި ހިމެނޭ 2 (ދޭއް) ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2014/HC-A/02
2 އިޖްރާއީ ނިންމުން
ޚިލާފަށް އެކޯޓުން ނިންމަވާފައިވާ ނިންމެވުންތަކެއްކަމަށް ބުނެ ހުށަހަޅާފައިވާ 2 (ދޭއް) ނުކުތާކަމަށާއި،
ސިވިލް ކޯޓުން އެ އިޖްރާއީ ނިންމުން ނިންމެވި ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހަށްވުރެ
ގިނަދުވަސް ވެފައިވުމާއެކު، އެ 2 (ދޭއް) ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަނެވޭނެ 2
(ދޭއް) ނުކުތާކަމަށް ބުނެ، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ އިޖްރާއީ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު،
72 22
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ
މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލައަކީ މާލޭގައި
ޤާއިމުވެފައިވާ ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއްނަމަ، އެމައްސަލައެއް ނިންމި ދުވަހުން ފެށިގެން
90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެމައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަޖެހޭނެކަމަށް،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
މާލޭގައި ޤާއިމުވެފައިވާ ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް (އެޤާނޫނުގެ 42 ވަނަ މާއްދާގެ (ރ)
ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ޙާލަތުގައި ފިޔަވައި) ޢާންމު އުސޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ބަލައިގަނެވޭނީ އެމައްސަލައެއް ނިމުނު ދުވަހުންފެށިގެން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ
42 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، 90 (ނުވަދިހަ) ދުވަސް ހަމަވުމުގެ ކުރިން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅިފައިވާނަމަކަމާއި، އަދި މިފަދަ މައްސަލަތަކުގެ ތެރޭގައި ދަށުކޯޓަށް ހުށަހެޅިފައިވާ
މައްސަލައެއްގައި އެކޯޓަކުން ނިންމާ އިޖްރާއީ ނިންމުންތައްވެސް ހިމެނޭކަމާއި، އެހެންނަމަވެސް،
ދަށުކޯޓަކުން ނިންމާ ނިންމުމެއް ޢާންމު އުސޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް
ހުށަހެޅެނީ އެނިންމުމެއްގެ ލިޔުމާއެކުކަމަށްވުމާއެކު، ދަށުކޯޓަކުން ނިންމާ އިޖްރާއީ ނިންމުންތަކުގެ ތެރެއިން
އެނިންމުމެއް ނިންމިތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހޭނީ،
އެނިންމެއް، ލިޔުމުން އެމައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް ލިބިދެވިފައިވާ ނިންމުންތައް އެކަނިކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/02
3 އިޖްރާއީ ނިންމުން
އެނޫން އެފަދަ ނިންމުންތައް، އެ ނިންމުމެއް ނިސްބަތްވީ މައްސަލައެއްގެ ޙުކުމްކުރާ ތާރީޚުން ފެށިގެން،
ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، 90 (ނުވަދިހަ ދުވަހުގެ ތެރޭގައި ހުށަހެޅިދާނެކަމާއި،
ޖުމްލަ 3 (ތިނެއް) އިސްތިއުނާފް ނުކުތާގެ މައްޗަށް ބިނާކޮށް ޙުސައިން ޝަރީފުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
02/HC
-
A/2014 ޤަޟިއްޔާގައި ހިމެނޭ ފުރަތަމަ 2 (ދޭއް) ނުކުތާއަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނުގެ އިސްވެމިދެންނެވުނު މާއްދާތަކުގެ އަލީގައި ބަލާއިރު، އެ 2 (ދޭއް) ނުކުތާވެސް ބިނާކޮށްފައިވަނީ،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/683 ޤަޟިއްޔާއާ ގުޅިގެން
ސިވިލް ކޯޓަށް ހުށަހެޅުނު 2 (ދޭއް) އިޖްރާއީ މައްސަލައަކާ ބެހޭގޮތުން، 27 މާޗް 2013 ގައި އެ
ކޯޓުން ނިންމަވާ، މައްސަލާގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްފައިވާ "އިޖްރާއީ ގޮތުން ނިންމިގޮތް" ގައި
ހިމެނޭ 2 (ދޭއް) ނިންމުމުގެ މައްޗަށްކަން އެނގެން އޮތްއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވަނީ، އެނިންމުންތައް ސިވިލް ކޯޓުން ނިންމިތާ 90 (ނުވަދިހަ)
ދުވަހަށްވުރެ ފަހުގެ ތާރީޚެއްކަމަށްވާ، 1 ޑިސެމްބަރު 2013 ގައިކަން އެންގެން އޮތުމުން، ޙުސައިން
ޝަރީފުގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
02/HC
-
A/2014 ޤަޟިއްޔާގައި ހިމެނޭ މައްސަލާގެ ތެރޭގައި، އެ 2 (ދޭއް) ނުކުތާ ދިވެހިރާއްޖޭގެ
ހައިކޯޓަށް ބަލައިނުގަނެވޭނެކަމަށް، މިމައްސަލަ ބެލުމުގައި
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވެއެވެ.
<
ޤަޟިއްޔާގައި ޙުސައިން ޝަރީފުގެ ފަރާތުން ރައްކާތެރިކުރުމަށް އެދިފައިވާ މަސްލަޙަތު، އޭނާ އަމިއްލައަށް
ދޫކޮށްލާފައިވާތީއާއި، ކުންފުނީގެ ކަންކަން ވަކި ގޮތަކަށް ހިންގަން ބޭނުންވާކަމަށްވާނަމަ، ޤާނޫނު ނަންބަރު
10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 73 ވަނަ މާއްދާގެ ދަށުން، އެކަމެއް ސިވިލް ކޯޓަށް
2 /
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 އިޖްރާއީ ނިންމުން
2014/HC-A/02
ހުށަހެޅުމުގެ ޙައްޤު ޙުސައިން ޝަރީފަށް ލިބިގެންވާތީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ މިހާރު
ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނަކަމަށްބުނެ، ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިޖްރާއީ ނުކުތާއަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިއިރު،
OOOO < 0
0 2
<< O
Couc
ޙުސައިން ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/683 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ބްލޫލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރ ހޯލްޑަރެއްގެ ގޮތުގައި ހުރެ، އެކުންފުންޏަށް
އެނގުމަކާނުލައި، އެކުންފުނީގެ ފަރާތުން ހިންގަމުންގެންދާ އއ. މަޑޫގަލި ރިސޯޓަށް ޙުސައިން ޝަރީފް
އަރައި، ރިސޯޓު ޓޭކްއޯވަރ ކުރީކަމުގައި އެކުންފުންޏަށް އަންގާފައިވާކަމަށާއި، މިފަދަ އެއްވެސް
މައްސަލައެއް އޮތްނަމަ އެމައްސަލައެއް ޙައްލުކުރުމަށް އިޚްތިޔާރު ކުރަންވާނީ ޝަރުޢީ މަރުހަލާ ކަމުގައާއި،
އެކުންފުނީގެ އެއްވެސް މުދަލެއް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާނުލައި، ޓޭކްއޯވަރ
ނުކުރެވޭނެ ކަމުގައި ކަނޑައަޅައިދިނުން އެދި އެކުންފުނީގެ ފަރާތުން ޙުސައިން ޝަރީފްގެ މައްޗަށް
ކޮށްފައިވާ ދަޢުވާއަކަށް ވީއިރު، މަޑޫގަލި ރިސޯޓަށް އަރައި، އެރިސޯޓުގައި ހުރެގެން ޙުސައިން
ޝަރީފް ކުރަމުން ގޮސްފައިވާ
އޭނާގެ އަމިއްލަ އިޚްތިޔާރުގައި، ނިމުމަކަށް
ގެނެސްފައިވާކަން، މިމައްސަލައާ ގުޅިގެން ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ބްލޮލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް
އެޑްރެސްކޮށް، 29 ސެޕްޓެމްބަރު 2013 ގެ ތާރީޚުގައި ޙުސައިން ޝަރީފް ފޮނުވާފައިވާ ސިޓީއަށް
ބެލުމުން އެގެން އޮންނަކަމާއި،
ސަޚި0 (0
مرمرمر مر
އަދި މީގެއިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޙުސައިން
ޝަރީފްގެ ޒާތީ މަސްލަޙަތަކަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް ސިވިލް ކޯޓުން ނިންމަވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [1331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
45ހރުމާއެކު،
2014/HC-A/02
5 އިޖްރާއީ ނިންމުން
ނިންމެވުމެއް، ނުވަތަ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގައިގެން ހިމާޔަތްކުރެވޭނެ ޙުސައިން
ޝަރީފްގެ ޒާތީ މަސްލަޙަތެއް، ޙުސައިން ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދެއްކިފައިނުވާކަމާއި، އަދި މަގަލި ރިސޯޓު ހިންގުމުގައި ނުވަތަ އެރިސޯޓާ ގުޅުންހުރި
އެހެންކަމެއްގައި ވިއަސް، ޙުސައިން ޝަރީފްގެ ޒާތީ މަސްލަޙަތަކަށް ނުވަތަ ކުންފުނީގެ މަސްލަޙަތަކަށް
އުނިކަމެއް އައިސްފައިވާކަމަށް ނުވަތަ އަތުވެދާނެކަމަށް ޙުސައިން ޝަރީފަށް ޤަބޫލުކުރެވޭނަމަ، ޝަރީޢަތް
މެދުވެރިކޮށް އެމަސްލަޙަތެއް ހިމާޔަތްކުރުމުގެ ޙައްޤު ޙުސައިން ޝަރީފަށް ލިބިގެންވާކަމަށް، މިމައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ނިންމުން:
404 40
ދެންފަހެ، އިސްވެދެންނެވިފައިވާ ކަންކަން
މިރިހިމާލެ،
ޙުސައިން ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިމިވާ ސިވިލް ކޯޓުގެ
ނަންބަރު 2013/Cv
-
C/683 ޤަޟިއްޔާގައި ހިމެނޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލެމުންދިޔަ،
މިކޯޓުގެ ނަންބަރު 02/HC
-
A/2014 ޤަޟިއްޔާ، މިކޯޓުގައި އިތުރަށް ކުރިއަށް ގެންދާނެތަނެއް
ނެތްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވީ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv