ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/189 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/189
ދިވެހިރާއްޖޭގެ ހައިކޯޓް
މާލެ، ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 189/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
ނަން: އެޓާރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މޫސާ ހަމްދީ
' می ކާޑު ނަންބަރ:A134991
ދާއިމީ އެޑްރެސް:ވެލާނާގެ 6 ވަނުފްލޯ
މިހާރުގެ އެޑްރެސް: ވެލާނާގެ 6 ވަނަފްލޯ
* ދާއިމީ އެޑްރެސް:ދޮރާމާގެ ލ.ކަޅައިދޫ
* މިހާރުގެ އެޑްރެސްހިތަށްފިނިވާގެލ.ކަޅައިދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ރަމަޟާން 1431 ނިމުނު ތާރީޚް: 30 ޝައްވާލު 1432
15 އޮގަސްޓް 2010
28 ސެޕްޓެމްބަރ 2011
އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ: ލ.ކަޅައިދޫ ކޯޓުގެ ނަންބަރު 2009/O
-
5
-
C/41 ޤަޟިއްޔާ
• ޤަޟިއްޔާގެ ބާވަތް ގެދޮރުގެ ހިޔާވަހިކަން ހޯދުން
• ނިންމެވިބޯޓް:ލ.ކަޅައިދޫ ކޯޓް
ތާރީޚް: 18 ޖެނުއަރީ 2010
6
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފު ޙުސައިން، އިސްފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ޢަޖިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މްވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov
،
ITIv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/189
ދަޢުވާގެ ޚުލާޞާ
މިއީ ލ.ކަޅައިދޫ ކޯޓުގެ ނަންބަރު 2009/O
-
5
-
C/41 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން ދައުލަތުގެ ބަންޑާރަނާއިބުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ
ލ.ކަޅައިދޫ/ ދޮރާމާގެ (އައިޑީކާޑުނަންބަރު 134991-A) މޫސާ ހަމްދީއެވެ.
nއ
984 4
ފާހަގަކުރެވުނު ނުކުތާތައް:
1-ލ.ކަޅައިދޫ ކޯޓުގެ ނަންބަރު 2009/O
-
5
-
C/41 ޤަޟިއްޔާއަށް ބަލާއިރު އެޤަޟިއްޔާއަކީ
26 ޑިސެމްބަރ 2004 ވަނައަހަރުގައި ކުރިމަތިވި ސުނާމީ ކާރިސާގައި ޙާލުގައިޖެހުނު ފަރާތްތަކަށް
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ފްރެންޗް ރެޑް ކުރޮސްއިން ލ.ގަމުގައި ޢިމާރާތް ކޮށްފައިވާ ގެތަކުގެ
ތެރެއިން ލ.ކަޅައިދޫ ދޮރާމާގޭގެ ބަދަލު ގެއެއްދެއްވާގޮތަށް ފްރެންޗް ރެޑް ކްރޮސްއާއި ސަރުކާރުން
ހަމަޖައްސާފައިވާއިރު ހައްދުންމަތީ އަތޮޅުއޮފީހުން ދޮރާމާގޭގެ ބަދަލުގައި ގެއެއްދެއްވާފައިނުވާތީ ލ.ކަޅައިދޫ
ދޮރާމާގެ މޫސާ ހަމްދީ ހައްދުންމަތީ އަތޮޅު އޮފީހުގެ މައްޗަށް ދަޢުވާ ކުރުމުން ބެލިފައިވާ ޤަޟިއްޔާ ކަމާއި
އަދި އެޤަޟިއްޔާގެ ޙުކުމުގައިވަނީ ދެންފަހެ 26 ޑިސެމްބަރ 2004 ވަނައަހަރު
ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ޙާލުގައިޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ
ގޮތުން ފްރެންޗް ރެޑް ކުރޮސްގެ އެހީގައި ލ.ގަމުގައި އަޅުއްވާފައިވާގެތަކުގެ ތެރެއިން އެއް ލ.ކަޅައިދޫ
ދޮރާމާގޭގެ ބަދަލުގައި ދެއްވާގޮތަށް ފްރެންޗް ރެޑްކްރޮސްއާއި، މިނިސްޓްރީ އޮފް އެޓޯލްސްއާއި، އަދި
ހައްދުންމަތީ އަތޮޅު އޮފީހުން ހަމަޖައްސަވާ އެފަރާތްތަކުން އާންމުކުރައްވާފައިވާ ލިސްޓުގައި އެގެހިމަނާފައި
ވީނަމަވެސް އެގެތަށްދޫކުރިއިރު ދޮރާމާގޭގެބަދަލުގައި ގެއެއް ދެއްވާފައި ނުވާތީ ލ.ކަޅައިދޫ ދޮރާމާގޭގެ ބަދަލުގައި
ހައްދުންމަތީ ގަމުން ގެއެއްހޯދުމަށްއެދި ލ.ކަޅައިދޫ ހިތަށްފިނިވާގޭ މޫސާ ހަމްދީ ހައްދުންމަތީ އަތޮޅުއޮފީހުގެ
މައްޗަށް ދަޢުވާ ކުރި މިޤަޟިއްޔާގައި ދެފަރާތުގެ ވާހަކަތަކަށް ބަލާއިރު ފްރެންޗް ރެޑްކްރޮސްއާއި، މިނިސްޓްރީ
އޮފް އެޓޯލްސްއާއި، ހައްދުންމަތީ އަތޮޅު އޮފީހުން ލ.ކަޅައިދޫ ދޮރާމާގޭގެ ބަދަލުގައި ގެއެއް ދެއްވާގޮތަށް އޭރު
ހަމަޖައްސާފައިވަނީ ގެތަށްދިނުމާބެހޭގޮތުން ސާރވޭކުރިއިރު ބޭރުކަނޑައަޅުއްވާފައިވާ މިންގަނޑަށް އެގެ
ފެތޭތީކަމަށާއި، ނަމަވެސް އޭގެފަހުން ދޮރާމާގެ ކެންސަލް ކޮށްފައިވަނީ ލ.ކަޅައިދޫ ދޮރާމާގޭގެ ވެރިފަރާތުންކުރެ
އެއްފަރާތް ކަމުގައިވާ އެގޭ މުޙައްމަދު ޢަލީ ނިޔާވެފައިވާތީއާއި އަދި އެގޭގެ އަނެއްވެރިފަރާތްކަމުގައިވާ މޫސާ
ހަމްދީއަކީ ލ.ކަޅައިދޫ ހިތަށްފިނިވާގޭގައި އުޅޭމީހަކަށްވެފައި ލ.ކަޅައިދޫ ހިތަށްފިނިވާގެއަށް ދެގެލިބިފައިވާތީ
ހިތަށްފިނިވާގެއިން މޫސާ ހަމްދީ އަށާއި، އޭނާގެ ދަރިފުޅު މުޙައްމަދު ޔާމީންއަށް ބޯހިޔާވަހިކަންލިބޭނެތީ ކަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2010/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
444
ދައުލަތުން ބުނެފައިވާއިރު އެގޭ މުޙައްމަދު ޢަލީ ނިޔާވެފައިވަނީ މިގޮތަށްދޫކުރުމާއި ބެހޭގޮތުން ފްރެންޗް
ރެޑްކްރޮސްއާއި ސަރުކާރުންކުރި އެންމެހާ ސާރވޭތަކާއި ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމާފައިވަނި
ކޮށްކަމަށްވެފައި މުޙައްމަދު ޢަލީ ނިޔާވިކަމުގައި ވީނަމަވެސް ލ.ކަޅައިދޫ ދޮރާމާގޭގެ މުޅިމުދަލުގެ 2/3 ބައިގެ
މިލްކުވެރިފަރާތަކީ ލ.ކަޅައިދޫ މޫސާ ހަމްދީ ކަމަށްވެފައި، އޭނާ ދުނިޔޭގައިހުރުމާއި، އަދި މަރްޙޫމް މުޙައްމަދު
ޢަލީއަށް ދޮރާމާގެއިން މިލްކުވެގެންވާ 1
/
3ގެ ތަރިކައިގެ ހައްޤުވެރިޔާ ކަމަށްވާ އޭނާގެ ފިރިހެން ދަރިފުޅު
ލ.އިސްދޫ ލާލުމާގޭ އަޙުމަދު ހަމްދީ ދުނިޔޭގައި ހުރެފައި، ދޮރާމާގެއިން އެނާގެ ބައްޕައަށްވާ އެއްވެސް ޙައްޤެއް
އުނިވާން ނޭދޭކަމަށާއި، އޭނާގެ އަނތްބަކާއި ދަރިޔަކު ހުރެފައި އޭނާގެ ނަމުގައި އެއްވެސް ތަނެއްގައި ގޯއްޗެއް
ނުވަތަ ގޯއްޗަކުން ބައެއްވިއަސް ރަޖިސްޓްރީ ކުރެވިފައި ނުވާތީ ލ.ކަޅައިދޫ ދޮރާމާގޭގެ ބަދަލުގައި ގެއެއް ލިބުން
އެދޭކަމުގައި އަޙްމަދު ހަމްދީ ޝަރީޢަތުގައި ބުނެފައިވާތީއާއި، ދޮރާމާގޭގެ ބަދަލު ގެއެއްދޭން ނުޖެހޭނެކަމުގައި
ބުނެ ދައުލަތުން ފާހަގަކުރައްވާފައިވާ ދެވަނަ ކަމަކީ، ލ.ކަޅައިދޫ ހިތަށްފިނިވާގެއަށް 2) ގެ ލިބިފައިވުމާއި،
އެގެއަކީ މޫސާ ހަވާދީގެ ބައްޕަ ގެކަމުން މޫސާ ހަމްދީއާއި، އޭނާގެ ދަރިފުޅު މުޙައްމަދު ޔާމީނަށް އެގެއިން
ބޯހިޔާވަހިކަން ލިބޭނެތީކަމުގައި ވިދާޅުވާއިރު މުސާ ތަމްދީ 16-07-2006 ގައި، އަދި އޭނާގެ ދަރިފުޅު
2007-03-12 ދުވަހުން ފެށިގެން ހިތަށްފިނިވާގޭގެ މީހުންގެ ރަޖިސްޓްރީއިން އުނިކޮށް ދޮރާމާގެއަށް
ބަދަލުކޮށްފައިވާކަމާއި، ހިތަށް ފިނިވާގެއަށް 02ގެ ދީފައިވަނީ މޫސާ ރަމްދީއާއި އޭނާގެ ދަރިފުޅު އެގޭގައި
ހިމަނައިގެންނޫންކަން ޝަރީޢަތަށް ޘާބިތުވާހިނދު ލ.ކަޅައިދޫ ދޮރާމާގޭ މުޙައްމަދު ޢަލީ ނިޔާވުމަކުން ނުވަތަ
މޫސާ ހަމްދީގެ ބައްޕައަށް 02ގެ ލިބުމަކުން އެއަކީ، މޫސާ ހަމްދީއަށް ނުވަތަ މަރްޙޫމް މުޙައްމަދު ޢަލީގެ
ވާރުތަވެރީންނަށް ލިބޭންޖެހޭ ޙައްޤަކުން އެމީހުން މަހްރޫމް ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެއްކަމަށް
ނުފެންނާތީ، 26 ޑިސެމްބަރ 2004 ސުނާމީ ކާރިޘާގައި ޙާލުގައި ޖެހުނު ފަތާތަކަށް ބޯހިޔާވަހިކަން
ފޯރުކޮށްދިނުމުގެ ގޮތުން ފްރެންޗް ރެޑް ކުރޮސްގެ އެހީގައި ހައްދުންމަތީ ގަމުގައި ޢިމާރާތް ކޮށްފައިވާ ގެތަކުގެ
ތެރެއިން ގެއެއް، ލ.ކަޅައިދޫ ދޮރާމާގޭގެ ބަދަލުގައި ދިނުމަށް ހައްދުންމަތީ އަތޮޅު އޮފީހަށާއި، މިގޮތަށް
ދޫކުރުމުގެ ކަންކަން ބަލަހައްޓާ އެންމެހައި ފަރާތްތަކަށް އަންގައި މިގޮތުގެ މަތީން
މިފަދައިންކަން އެގެއެވެ.
02- ލ.ކަޅައިދޫ ކޯޓުގެ ނަންބަރު 2009/O
-
5
-
C/41 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުއީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މައްސަލަ އިސްތިއުނާފުކުރި ފަރާތްކަމަށްވާ ދައުލަތުގެ
ބަންޑާރަނާއިބުގެ ފަރާތުން 6 (ހައެއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކުގެ މައްޗަށް މިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
453 <
ޑމެކޮށް
ށްފީމެވެ."
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކޮންމެހެން
ފަރާތްތަކަށް
3
އިދެއްވުމެވެ
ކަމަށްބުނެ ހުށަހަޅާ
¢ ¢ * އދ
ފުރަތަމަ ނުކުތާއަކީ: ފްރެންޗް ރެޑްކްރޮސްއާއި ސަރުކާރުގެ ސިޔާސަތަކީ ސުނާމީ ކާރިޘާގައި
ހާލުގައި ޖެހުނު ފަރާތްތަކަށް ޒަރޫރީބޭނުމަށް ބޯހިޔާވަހިކަން ދޭންޖެހޭ
އެކަންހަމަޖައްސަ އެއްވެސް ޙާލެއްގައި ގެއަކަށް ގެއެއްދިނުމުގެ އުޞޫލުން އެކަން ކުރުމެއްނޫން
ހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ފްރެންޗް ރެޑްކްރޮސްއާއި މިނިސްޓްރީ އޮފް އެޓޯލްސްއާއި އަދި
ހައްދުންމަތީ އަތޮޅު އޮފީހުން ލ.ކަޅައިދޫ ދޮރާމާގޭގެ ބަދަލުގައި ލ.ގަމުން ގެއެއް
ދެއްވާގޮތަށް އޭރު
ހަމަޖައްސާފައިވީ ނަމަވެސް، ގެތަށް ޢިމާރާތްކޮށް ނިމުނުއިރު ދޮރާމާގޭގެ މިލްކުވެރިކަން ނިސްބަތްވާ އެފަރާތް
ކަމަށްވާ އެގޭ މުޙައްމަދު ޢަލީ ވަނީ ނިޔާވެފައެވެ. މުޙައްމަދު ޢަލީ ނިޔާވުމާއެކީ، ދެން އެގޭގައި ދިރިއުޅެންތިބީ
މޫސާ ހަމްރީއާއި އޭނާގެ ދަރިފުޅު މުޙައްމަދު ޔާމީނު އެކަނިކަމުން ފްރެންޗް ރެޑްކްރޮސްއިން ގެއެއްދޭ
މިންގަނޑަކަށް އެގެ ނުފެތޭތީ ސަރުކާރުން އެގެއަށް ގެއެއް ނުދިނުމަށް ނިންމެވިއިރު ޙަވާލާދެވުނު ޤަޟިއްޔާގައި
މައްސަލަ ބެއްލެވިއިރު ލ.ކަޅައިދޫ ކޯޓުން އިސްވެދެންނެވުނު ކަންތައްތަކަށް ރިޢާޔަތް ކޮށްފައި ނުވާކަން ފާހަގަ
ކުރެވޭ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ މޫސާ ހަމްދީގެ އަނބިމީހާ ލ.ކަޅައިދޫ އަޅިވިލާގެއާގެ އައިމިނަތު
ވަސީމާއަކީ އަޅިވިލާގެއާގޭގެ 1/3 މިލްކު ވެރިފަރާތް ކަމަށްވެފައި އެގެއަށް ގެއެއް ޙަވާލުކޮށްފައިވުމާ އަދި މޫސާ
ހަމްދީ އާއި އޭނާގެ ދަރިފުޅު މުޙައްމަދު ޔާމީން ކުރިން ރަޖިސްޓްރީކޮށްފައިވާ މޫސާ ހަމްދީގެ ބައްޕަގެ
ގެކަމުގައިވާ ލ.ކަޅައިދޫ ހިތަށްފިނިވާގެއަށް ހައްދުންމަތީ ކަޅައިދޫ ކޯޓުގެ ނަންބަރު 2008/O-5-C/17
ޤަޟިއްޔާއިން ނިންމާފައިވާ ގޮތުގެ މަތީން ދެ ޤު ލިބިފައިވާތީ، މޫސް ހަމްދީ އާއި އޭނާގެ ދަރިފުޅު މުޙައްމަދު
ޔާމީނަށް މިދެގެއިން ބޯހިޔާވަހިކަން ލިބޭނެތީ، އިސްވެދެންނެވި ފަދައިން މިކަމަށްވެސް ދަށުކޯޓުން ރިޢާޔަތް
ކޮށްފައި ނުވާކަންވެސް ފާހަގަކުރެވޭ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ހަމައެހެންމެ ދޮރާމާ
ދޮރާމާގެއަކީ،ވޭތުވެދިޔަ 15 ވަރަކަށް އަހަރު ވަންދެން
އެއްވެސް ބަޔަކު ދިރިއުޅެފައިވާ ގެއެއް ނޫންކަން ދައުލަތުން ފާހަގަކުރަމެވެ. އެހެންކަމުން މިހާ ދިގު
މުއްދަތެއްވަންދެން އެއްވެސްބަޔަކު ދިރިނޫޅޭ އަދި ފަޅަށް ހުރިގެއަކަށް ގެއެއް ދިނުމަކީ ސަރުކާރުން ގެ
ދިނުމުގައި ގެންގުޅުނު އުޞޫލާ ފުށުއަރާކަމަކަށްވާތީ މިގެއަށް ގެއެއް ނުދިނުމަށް ސަރުކާރުން ނިންމެވީކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: އަލްމަރުޙޫމް މުޙައްމަދު ޢަލީގެ ތަރިކައިގެ ޙައްޤުވެރިޔާ ކަމަށްވާ
ލ.އިސްދޫ ލާލުމާގެ އަޙްމަދު ހަމްދީގެ މުޅިދިރިއުޅުން ބިނާކޮށްފައިވަނީ ލ.އިސްދޫގައި ކަމަށްވެފައި އަދި އަޙުމަދު
44
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުދުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
.
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/189
OX
ރެޑްކްރޮސްއިން
+ + + + + +
ހަމްދީއަށް އޭނާގެ ބައްޕަގެ ތަރިކައިން އޭނާއަށް ލިބެންޖެހޭ އެއްޗެއް އޭނާ ބޭނުންކަމަށް މިހާރު
ބުނިކަމުގައިވިޔަސް، ފްރެންޗް ރެޑްކްރޮސްގެ ގެ މިންގަނޑަށްބަލާއިރު، ގެ ދޫކުރާއިރު ތަރިކައިގެ މައްސަލަ
ނިމިފައި އޮންނަންޖެހޭއިރު އެމައްސަލަ ނިމިފައި ނުވާކަން އެނގެން އޮތް އިރު ކުރިން ދެންނެވިފަދައިން
ދަށުކޯޓުން މިކަމަށް ރިޢާޔަތް ކޮށްފައި ނުވާކަންވެހ
ހެވެސް ދައުލަތުން ފާހަގަ ކުރާކަމަށް ބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ލ.ކަޅައިދޫ! ހިތަށްފިނަވާގެ މޫސާ ހަމްދީ 16-07-2006 ގައި އަދި،
އޭނާގެ ދަރިފުޅު މުޙައްމަދު ޔާމީނު 12-03-2007 ދުވަހުން ފެށިގެން ހިތަށްފިނިވާގޭގެ ރަޖިސްޓްރީއިން
އުނިކޮށް ދޮރާމާގޭގެ ރަޖިސްޓްރިއަށް ބަދަލްކޮށްފައިވެއެވެ. ފްރެންޗް
ދޮރާމާގެ
ސާރވޭކޮށްފައިވަނީ 14-08-2007 ގައެވެ. މިދެބަފައިން މިށްފަހުގެ ތާރީޅުތަކެއްގައި ދޮރާމާގޭގެ
ރަޖިސްޓްރީގައި ހިމަނާފައިވުމުން އެއީ ދޮރާމާގެއަށް ގެއެއް ހޯދުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްކަމަށް
ދެކެމެވެ.އެހެނީ، މޫނާ ހަމްދީގެ ދެންތިބި ކުދިން ހިތަށްފިނިވާގޭގެ ރަޖިސްޓްރީގައި
ބޭތިއްބުމަށްފަހު، ހަމައެކަނި މޫސާ ރަމްދީ އާއި އޭނާގެ ދަރިފުޅު މުޙައްމަދު ޔާމީނު ދޮރާމްގޭގައި
ހިމަނާފައިވުންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
03- މިމައްސަލާގައި ދަޢުވާލިބޭ ފަރާތްކަމަށްވާ ލ.ކަޅައިދޫ ދޮރާމާގެ މޫސާ ހަމްދީގެ ފަރާތުން
ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރު މިމައްސަލައާގުޅިގެން ދައުލަތުގެފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ
ކަންހިގާފައިވާ ގޮތް ރަގަޅަށް ބަލަންވީވަރަށް ނުބަލާ ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށާއި، ލ.ކަޅައިދޫ ދޮރާމާގެ
މުޙައްމަދު އަލީގެ ނަމުގައިވާގެއަށް ގެއެއް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހަތަރު އަހަރު ދުވަހުގެ
ތެރޭގައި ބެލި ބެލުމަކަށް ކަމަށާއި އެހެންކަމުން މިހާރު ކުއްލިއަކަށް ޝަރުތުތައް ފުރިހަމަނުވާކަމަށް ދައުލަތުގެ
ފަރާތުން ބުނާބުނުމަކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫންކަމަށާއި
އަދި ދަޢުވާ ކުރާ ފަރާތުގެ ބަޔާނުގައި ގެ ދޫކުރަން ބެލިއިރުގައި، މިހާރު ގޭގައި
ދިރިއުޅެންތިބީ ދެމީހުންކަމަށް ބުނެފައިވާއިރު ގެ ދިނުމަށް ނިންމިއިރު 3 (ތިނެއް) މީހުންތިބެފައި އެކަކު
އެތަނުން ނިޔާވުމަކީ އެއީ ދެންތިބި ދެމީހުންގެ ޙައްޤު ނިގުޅައިގަނެވޭނެ ކަމެއްކަމަށް ޤަބޫލު ނުކުރާ ކަމަށާއި
އަދި ލ.ކަޅައިދޫ ހިތަށްފިނިވާގޭގެ ބަދަލުގައި ލިބިފައިވާ 2 (ދޭއް) ގޭގައި މޫސާ ހަމްދީއަށްވެސް
ދިރިއުޅުމުގެ ފުރުޞަތު އޮތްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރުގައި އެދެގޭގައި ދިރިއުޅެންތިބީ
ކިތައްމީހުންތޯ އެއްވެސް ވަރަކަށް ދައުލަތުން ބެލިފައިނެތްކަން ފާހަގަކުރެވޭ ކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/189
އަދި ސުނާމީގެ ކުރީގައި ދޮރާމާގޭގައި މީހުންދިރިނޫޅޭކަމަށް ބުނެފައިވާއިރު މިއީ ހަތަރު އަހަރު
ފަހުން އެކަން އެގުނީމާ އެއީ އުފެދޭ ސުވާލެއް ކަމަށާއި ކަންމިހެންއޮތުމާއެކު ދަށުކޯޓުން މިމައްސަލަ
ނިންމާފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަމަށް ބުނެފައިވާކަންވެސް އެގެއެވެ.
04- މިމައްސަލައާ ގުޅިގެން ލ.ކަޅައިދޫ ކޯޓުގެ ނަންބަރު 2009/O
-
5
-
C/1 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި
މިމައްސަލައިގައި ހިމެނޭ ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ ލިއުންތަކަށް ބަލައި
ނަޒަރު ކުރުމުން އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފްރެންޗް ރެޑްކްރޮސްގެ އެހީގައި ލ.ގަމުގައި ޢިމާރާތްކޮށްފައިވާ ގޭތަކަކީ 26 ޑިސެމްބަރ
2004 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ޙާލުގައި ޖެހުން ފަރާތްތަކަށް ބޯހިޔާވަހިކަން
ދިނުމުގެ މަޤްޞަދުގައި ޢިމާރާތްކުރެވިފައިވާ ތަންތަންކަން ސާފުކޮށް އެގޭކަމާއި އަދި އެގެތަށް ދޫކުރުމުގައި
01 ގެ ދޫކުރުމަށް ބަލާމިންގަޑުގެ 1 ވަނަ ނަންބަރުގައި މަދުވެގެން ތިންމީހުން ހިމެނިފައިވާ ގެއެއްކަމުގައި
ވާންޖެހޭނެކަމަށާއި އަދި އެމިންގަޑުގެ 2 ވަނަ ނަންބަރުގައި ސުނާމީގެ ކުރިން ދިރިއުޅެފައިވާ ގެއެއްކަމުގައި
ވާންޖެހޭނެކަމަށް ކަނޑައަޅާފައިތްކަމާއި
ސުނާމީގެ ކުރިން ލ.ކަޅައިދޫ ދޮރާމާގޭގެ ރަޖިސްޓްރީގައި ތިންމީހުދް ހިމެނިފައިނުވާކަން
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ރަގަޅަށް އެގެންއޮތް ކަމާއި އަދި ސުނާމީ ކާރިސާ ހިގިތް އެތައް
މަސްތަކެއްފަހުން ދޮރާމާގޭ ރައްވެހިންގެ ރަޖިސްޓްރީގައި ޖައްސާފައިވާ މޫސާ ހަމްދީއާއި އަދި އޭނާގެ ދެކުދިން
މުޙައްމަދު ޔާމީތްއާއި އަޙުމަދު ޔާނިޢު ދޮރާމާގޭގެ ރަޖިސްޓްރީގައި ޖެއްސުމުގެ ކުރިން އެމީހުން ރަޖިސިޓްރީ
ކުރެވިފައިވަނީ މޫސާ ހަމްދީގެ ބައްޕަގެ ގެއެއް ކަމަށްވާ ލ.ކަޅައިދޫ ހިތަށްފިނިވާގެ ރަޖިސްޓްރީގައި ކަންވެސް
އެގެން އޮތްއިރު
ހިތަށްފިނިވާގެއަށް މިމަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ ގެތަކުން 2 (ދޭއް) ގެ
ލިބިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ބަޔާންތަކުން އެގެއެވެ.
(ށ) ފްރެންޗް ރެޑްކްރޮސްގެ އެހީގައި ލ.ގަމުގައި ޢިމާރާތްކޮށްފައިވާ ގެތަށް ދޫކުރުމުގައި
01 ގެ ދޫކުރުމަށް ބަލާމިންގަޑުގެ 1 ވަނަ ނަންބަރުގައި "މަދުވެގެން 3 (ތިނެއް) މީހުން ހިމެނިފައިވާ ގެއެއް
ކަމުގައި ވުމެވެ." މިފަދައިން ބަޔާންކޮށް އަދި 2 ވަނަ ނަންބަރުގައި ސުނާމީގެ ކުރިން ދިރިއުޅެފައިވާ
ގެއެއްކަމުގައިވުން" މިފަދައިން ބަޔާންކޮށްފައިވާއިރު
II
މިރާއްޖޭގެ އި
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
1
2010/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
44 *
ދިވެހިރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވެފައިވަނީ 26 ޑިސެމްބަރ 2004 ގައި ކަމަށްވާއިރު
އޭރު ދޮރާމާގެ ރަޖިސްޓްރީގައި ތިންފަރާތް ނެތްކަން ވަރަށް ސާފުކޮށް އެގޭއިރު އަދި މިމައްސަލާގައި ހިމެނޭ
މޫސާ ހަމްދީއާއި އޭނާގެ ދަރިފުޅު މުޙައްމަދު ޔާމީން ،ލ.ކަޅައިދޫ ދޮރާމާގޭގެ ރަށްވެހިންގެ ރަޖިސްޓްގައި
ޖައްސާފައިވަނީ 16 ޖުލައި 2006 ގައިކަން ލިޔުންތަކުން އެގޭކަމާއި އަދި މޫސާ ހަމްގެ ދަރިފުޅު
މުޙައްމަދު ޔާމީން ދޮރާމާގޭ ރަޖިސްރީގައި ދެފަހަރު ޖައްސާފައިވާކަމާއި ދެވަނަ ފަހަރަށް ޖައްސާފައިވަނީ 12
މާރޗް 2001 ގައި ކަންވެސް ލިޔުންތަކުން އެގޭކަމާއި، އަދި މިފަރާތްތައް ދޮރާމާގޭ ރަޖިސްޓްރީގައި
ޖެއްސުމުގެ ކުރިން، ރަޖިސްޓްރީކުރެވިފައިވަނީ ލ.ކަޅައިދޫ ހިތަށްފިނިވާގޭގައި ކަންވެސް ލިޔުންތަކުން
އެގޭކަމާއި އަދި ފްރެންޗް ރެޑްކްރޮސްގެ ފަރާތުން ދޮރާމާގެ ސާވޭކޮށްފައިވަނީ
14 އޯގަސްޓް 2007
ގައި ކަންވެސް ހުށަހެޅިފައިވާ ލިޔުންތަކުން އެގޭކަމާއި އަދި ސުނާމީ ކާރިސާގެ ކުރިން ދޮރާމާގޭގައި
ރަޖިސްޓްރީ ކޮށްފައިވަނީ ހަމައެކަނީ މުޙައްމަދު އަލިކަން އެގޭކަމާއި
އަދި ހައްދުންމަތީ އަތޮޅު އޮފީހުން، އެފް.އާރު. ސީގެ އެހީގައި ލ.ގަމުގައި ޢިމާރާތް ކޮށްފައިވާ
ގެތަށްދޫކުރުމުގައި 01 ގެ ދޫކުރުމަށް ބެލުމަށް ކަނޑައަޅާފައިވާ މިންގަޑުގެ 1 ވަނަ ނަންބަރުގައި
މަދުވެގެން ތިންމީހުން ހިމެނިފައިވާ ގެއެއް ކަމުގައިވުން" މިގޮތަށް ބަޔާންކޮށް 2 ވަނަ ނަންބަރުގައި
"ސުނާމީގެ ކުރިން ދިރިއުޅެފައިވާގެއެއް ކަމުގައިވުން" މިގޮތަށް ބަޔާންކޮށްފައި އޮތްއިރު ލ.ކަޅައިދޫ
ދޮރާމާގެއަކީ ސުނާމީ ކާރިސާ ހިގިއިރު އެގޭގެ ރަޖިސްޓްރީގައި ތިންމީހުން ޖައްސާފައިވާ ގެއެއް ނޫންކަން
އެގޭކަމާއި އުދި އެގެއަކީ ސުނާމީ ކާރިސާ ހިގިއިރު ދިރިއުޅެމުން އައިސްފައިވާ ގެއެއްކަން އެގެންނެތްކަމާއި
އަދި އެގެއަކީ އެތައް ޒަމާނެއްވާންދެން ގާތްގަޑަކަށް 15 ވަރަކަށް އަހަރުވާންދެން ބަޔަކު ދިރިނޫޅޭ ގެއެއްގެ
ގޮތުގައިހުރި ގެއެއް ކަމަށް ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވާއިރު ދަޢުވާލިބޭ މޫސާ ހަމްދީގެ ފަރާތުން
އެކަމަށް އިންކާރުކޮށްފައި ނުވާކަންވެސް އެގެއެވެ.
(ބ) ސުނާމީ ކްރިއާއްގުޅިގެން ފްރެންޗް ރެޑްކްރޮސްގެ އެހީގައި ލ.ގަމުގައި ޢިމާރާތްކޮށްފައިވާ
ގެތަކުން ސުނާމީ ކާރިސާއާ ގުޅިގެން ލ.ގަމަށް ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ ތެރެއިން 3 ވަނަ
ފިޔަވަހީގައި ލިބޭ ފަރާތްތަކުގެ ލިސްޓްގައި ލ.ކަޅައިދޫ ދޮރާމާގޭ މުޙައްމަދު ޢަލީގެ ނަން ހިމެނިފައިވުމަކީ
އޭގެ ތެރެއިން ގެއެއް މުޙައްމަދު ޢަލީއަށް ލިބި މިލްކުވީކަމުގައި ބެލެވޭނޭ ކަމެއްނޫންކަމާއި އެގެތަކުގެ
ތެރެއިން ގެއެއް މުޙައްމަދު ޢަލީއަށް ޙަވާލު ކުރުމުގެ ނުވަތަ ދިނުމުގެ ކުރިން މުޙައްމަދު ޢަލީ
ނިޔާވެފައިވުމުން އެތަނުން ގެއެއް މުޙައްމަދު ޢަލީއަށް ލިބި މިލްކުވެފައިވާކަން އެގެންނެތްއިރު އެއީ ތަރިކައެއް
43444
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2010/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކަމުގައި ނުބެލެވޭނެ ކަމާއި ތަރިކައެއް ކަމުގައި ނުވާތަނެއް ނުވަތަ އެއްޗެއްގައި ވާރުތަވެރިންގެ ޙައްޤު
އުފެދިގެން ނުދާނެކަން އެގޭކަމާއި ވާރުތަވެރިންގެ ޙައްޤު އުފެދިފައިނުވާ ތަނެއް ނުވަތަ އެއްޗެއްގައި
އެފަރާތްތަކުގެ ޙައްޤު ހިމެނިފައި ނުވާއިރު އެހައްޤުން އެފަރާތްތައް މަޙުރޫމް ކުރެވިފައި ވާކަމަށް ނުބެލެވޭނެ
ކަންވެސް އެގެއެވެ.
މިކަންކަން މިހެންހުރުމާއެކު ލ.ކަޅައިދޫ ކޯޓުގެ ނަންބަރު 2009/O
-
5
-
C/41 ޤަޟިއްޔާގައި
26 ޑިސެމްބަރ 2004 ވަނަދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފްރެންޗް ރެޑްކްރޮސްގެ އެހީގައި ހައްދުންމަތީ ގަމުގައި
ޢިމާރާތްކޮށްފައިވާ ގޭތަކުގެ ތެރެއިން ގެއެއް ލ.ކަޅައިދޫ ދޮރާމާގޭ ގެ ބަދަލުގައި ދިނުމަށް ހައްދުންމަތީ
އަތޮޅުއޮފީހަށާއި މިގޮތަށްދޫކުރުމުގެ ކަންކަން ބަލަހައްޓާ އެންމެހާ ފަރާތްތަކަށް އަންގާ ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ބެލެވޭކަށް ނެތެވެ.
ޑ30
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު ލ.ކަޅައިދޫ ކޯޓުގެ
ނަންބަރު 2009/O
-
5
-
C/41 ޤަޟިއްޔާގައި 26 ޑިސެމްބަރ 2004 ސުނާމީ ކާރިސާގައި ޙާލުގައި ޖެހުނު
ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފްރެންޗް ރެޑްކްރޮސްގެ އެހީގައި ހައްދުންމަތީ ގަމުގައި
ޢިމާރާތްކޮށްފައިވާ ގޭތަކުގެ ތެރެއިން ގެއެއް ލ.ކަޅައިދޫ ދޮރާމާގޭގެ ބަދަލުގައި ދިނުމަށް ހައްދުންމަތީ
ތޮޅުއޮފީހަށާއި މިގެތަށްދޫކުރުމުގެ ކަންކަން ބަލަހައްޓާ އެންމެހާ ފަރާތްތަކަށް އަންގާ ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ނުފެންނާތީ ލ.ކަޅައިދޫ ކޯޓުގެ ނަންބަރު 2009/O
-
5
-
C/41 ޤަޟިއްޔާގެ ޙުކުމް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް ވިޤަޟިއްޔާ ނިންމީއެވެ.
އަތޮޅު
434
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv