ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2011/SC-A/47 ޤަޟިއްޔާ
,
ސަފްޙާ13ގެ1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ވެހިރާއްޖޭގެ ސުޕްރީމް ކޯޓް
0
0
• ޤަޟިއްޔާ ނަންބަރު: 47/SC-A/2011
• ދަޢުވާކުރާ ފަރާތް: އިސްމާޢީލް ޢަބްދުލްޙަމީދު، ހުޅުމާލެ 10103
ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• މައްސަލައިގެ ބާވަތް: ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން
• މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 22 ނޮވެމްބަރ 2011
• ނިމުނު ތާރީޚް: 27 ފެބްރުއަރީ 2012
މައްސަލަ ނިންމި ގަޑި: 16:30
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދު
ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ.
64 0 2
0
• ނަންބަރު: 233/HC
-
A/2011
• ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 03 އޮކްޓޯބަރ 2011
ނިމުނު ތާރީޚް: 02 ނޮވެމްބަރ 2011
0
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
،
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv/ފެކްސް: :3008554Fax
960 + | ފޯން:f 960 3009990 Tel، ދިވެހިރޭ
ސަފްޙާ13 2
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 233/HC
-
A/2011 ޤަޟިއްޔާގެ ޙުކުމް
ބިނާވެފައިވަނީ ޤާނޫނާއި ޚިލާފުވާގޮތަށްކަމަށް ބުނެ އިސްމާޢީލް ޢަބުދުލްޙަމީދު، ހުޅުމާލެ 10103 ގެ
ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ މައްސަލައެކެއެވެ. މި
މައްސަލާގައި ދަޢުވާ ރައްދުވާފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 233/HC
-
A/2011 ޤަޟިއްޔާ އަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567
(2009/JC/2334) ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެ
ބަލާފައިވާ ޤަޟިއްޔާއެވެ
( 4 ވ މ ގ ޅ މ 2
ފަ2ނ
܀
ކުރެވުނު ނުކުތާތައް
މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 233/HC
-
A/2011 ޤަޟިއްޔާގެ ރިޕޯޓަށާއި، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/JC
/
2009
)
567
/
Cr
-
C/2334) ޤަޟިއްޔާގެ ރިޕޯޓަށާއި، ޤާނޫނު ނަންބަރު 2/2000
,ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) އަށާއި، ކޮންޓްރެކްޓުގެ ޢާއްމު އުޞޫލުތަކަށާއި، މި
ބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ ޢާއްމު މަބާދިއުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި
ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
އަންނަނިވި ނުކުތާތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްމާޢީލް ޢަބްދުލްޙަމީދު މާލޭ މުނިސިޕަލްޓީގެ ވޭސްޓް
މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރިއިރު، ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ313
ސެކްޝަނަށް ގެނައި
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ވޭސްޓް މެނޭޖްމަންޓް
ލޭންޑިންގ ކްރާފްޓް "އުފުލި 5" ނަމަކަށް ކިޔާ އުޅަނދުގެ އަގު އަދާކުރުމަށްޓަކައި، އެލްސީ ހުޅުވުމާ
ގުޅިގެން ބޭންކަށް ހުށަހަޅަންޖެހޭކަމަށް ބުނެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ
ވެސެލްގައި ސޮއިކޮށްދިނުމަށް އިސްމާޢީލް ޢަބްދުލްޙަމީދުގެ ގާތުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެދުމުން، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ލޭންޑިންގ ކްރާފްޓް "އުފުލި 5"
ލިބުމުގެ ކުރިން، 28 އޭޕްރިލް 2008 ވަނަ ދުވަހު އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ
މަތިން ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި އިސްމާޢީލް ޢަބްދުލްޙަމީދު
ސޮއިކޮށްފައިވަނީ، ލޭންޑިންގ ކްރާފްޓް "އުފުލި 5" ލިބުމުގެ ކުރިން، އެލްސީގެ ފައިސާ އައިލެންޑް
ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ހޯދައި ދިނުމަށްޓަކައިކަމަށް ބެލެވޭތީ އިސްމާޢީލް އަބްދުލްޙަމީދުގެ
މައްޗަށް، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ
މާއްދާގެ (ހ) ގެ ދަށުން ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ
ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
24
(ށ) ދެވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބޭނުންވެގެން
ލޭންޑިންގ ކްރާފްޓެއް ގަތުމުގެ މަސައްކަތް ކުރެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ
މިގެދަށުންކަމާއި، އިންޑޮނޭޝިޔާގައި އެވަގުތު ބަންނަމުންދިއަ ލޭންޑިންގ ކްރާފްޓެއްގެ މަޢުލޫމާތު
ލިބިގެން އެއުޅަނދު ބެލުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ ބޯޑުގެ
ފަރާތުން މީހަކާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން އިސްމާޢީލް
ޢަބްދުލްޙަމީދު ހިމެނޭގޮތަށް ވަފްދެއް އިންޑޮނޭޝިޔާއަށް ގޮސް އެއުޅަނދު ބަލާފައިވާކަމާއި، އުޅަނދު
ބެލުމަށްފަހު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބޭނުންވާ ބަދަލުތަކާއެކު އަގަށް ބަދަލު
ނުގެނެސް ވިއްކުމަށް އޭގެ ވެރިފަރާތުން އެއްބަސްވެފައިވާތީ، ލޭންޑިންގ ކްރާފްޓް ގަތުމުގެ ހުއްދައަކަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
،
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ 13ގެ4
އެދި 31 މެއި 2007 ގައި ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެ ޜަރީގައި އެދިފައިވާކަމާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި ސިންގަޕޫރުގެ
ކުންފުންޏެއްކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެކު ލޭންޑިންގ ކްރާފްޓަށް ގެންނަން
ބޭނުންވާ ބަދަލުތަކާއި އަދި ސްޕެސިފިކޭޝަންއާއެކު ސީ.އައި.އެފް (CIF) އަގު އަންގައި ދިނުމަށް
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުގައި އެދި 05 ޖޫން 2007 ގައި ސިޓީއެއް ފޮނުވާފައިވާކަމާއި،
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ލޭންޑިންގ ކްރާފްޓް ވިއްކުމަށް ހުށަހަޅާފައިވާ ސީ.އައި.އެފް
އަގަކީ -/565,000 (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރުކަމާއި، ލޭންޑިންގ ކްރާފްޓްގެ
ހުރިހާ މަސައްކަތެއް ނިންމާ މާލޭ ބަނދަރުން ހަވާލުކުރާނެ މުއްދަތަކީ 90 ދުވަސްކަމާއި، އެކުންފުނިން
ހުށަހަޅާފައިވާ އަގުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ބޭނުންވާގޮތަށް ލޭންޑިންގ ކްރާފްޓަށް
ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ހިމެނޭކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި
އައިލޭންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް ދެމެދު ވާހަކަ ދެކެވިފައިވާ ގޮތުގެމަތިން ލޭންޑިންގ ކްރާފްޓް
ގަތުމުގެ ހުއްދަ މާލޭ މުނިސިޕަލްޓީއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު
99
/
2007
/
24/K-13 ސިޓީން ދީފައިވާ ކަމާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ އެގްރިމެންޓްގެ 2.1 ގައި ލޭންޑިންގ
ކްރާފްޓްގެ އަގުގެ ގޮތުގައި ވަނީ -/565,000 (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރުކަމާއި
އަދި މިއަގު ކަނޑައެޅިފައިވަނީ ސީ.އައި.އެފް ކޮންޓްރެކްޓްގެ އުޞޫލުން މާލެއަށް އުޅަނދު ފޮނުވުން
ހިމެނޭގޮތަށްކަމާއި، އެގްރިމެންޓްގެ 3.1 ގައި ވަނީ ކޮންޓްރެކްޓް ކުރާތާ 90 ދުވަހުގެ ތެރޭގައި ލޭންޑިންގ
ކްރާފްޓް މާލެއާ ހަމައަށް ގެނެސް ޙަވާލުކުރުމަކީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއް
ގޮތުގައިކަމާއި، އެގްރިމެންޓްގެ 5.6 ގައިވަނީ ލޭންޑިންގ ކްރާފްޓް ޙަވާލުކުރާ ދުވަހުން ފެށިގެން 180
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
،
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv/ފެކްސް: :3008554Fax
960 + | ފޯން:f 960 3009990 Tel، ދިވެހިރޭ
ސަފްޙާ5:
13
ދުވަހަށް ވޮރަންޓީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ދީފައިވާކަމާއި މިކަންކަން ފާހަގަ
CCCUC >
(ނ) ތިންވަނަކަމަކީ، ލޭންޑިންގ ކްރާފްޓް ގަތުމަށް އެއްބަސްވި ކޮންޓްރެކްޓް އަގުގެ
50
% (ފަންސާސް އިންސައްތަ) އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެކައުންޓަށް
ޖަމާކޮށްދިނުމަށް 23 ޖުލައި 2007 ގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކޮށް ވޭސްޓް މެނޭޖްމަންޓް
ސެކްޝަނުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ޜަރީގައި އެދުނުކަމުގައިވިއަސް، އެޑްވާންސަށް
ދެއްކުމަށް ހަމަޖެހުނު %50 (ފަންސާސް އިންސައްތަ) ޓީ.ޓީ (ޓެލެގްރެފިކް ޓްރާންސްފަރ) އަކުން
ޓްރާންސްފަރކުރުމުގެ ބަދަލުގައި އެލްސީއަކުން ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޝަރީ އިން 02 އޮގަސްޓް 2007 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވި ސިޓީއިން
އަންގާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، ލޭންޑިންގ ކްރާފްޓްގެ އަގުގެ ގޮތުގައި އައިލެންޑް ލޮޖިސްޓިކް
ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވި އަގުކަމުގައިވާ -/565,000 (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް)
އެމެރިކާ ޑޮލަރު އަދާކުރާނެ ގޮތަކާމެދު ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް ލޮޖިސްޓިކް
ޕްރައިވެޓް ލިމިޓެޑަށް 2 އޮގަސްޓް 2007 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ އަގުގެ %50 (ފަންސާސް
އިންސައްތަ) އެޑްވާންސްކޮށް ބޭންކް ގެރެންޓީ ދެއްކުމުން އަދާކުރާގޮތަށްކަމާއި، އަދި އަގުގެ ބާކީ %50
(ފަންސާސް އިންސައްތަ) އަދާކުރާނީ ލޭންޑިންގ ކްރާފްޓް މާލެ ގެނެސް ޙަވާލުކުރުމުން ކަމެވެ.
44
(ބ) ފަސްވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް
ސެކްޝަނާ އައިލެންޑް
ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ލޭންޑިންގ ކްރާފްޓް ގަތުމާ ބެހޭގޮތުން އެގްރިމެންޓު ކުރެވުނުކަމާއި
ލޭންޑިންގ ކްރާފްޓަށް ފައިސާ ދައްކާނެ ގޮތާއި، ކޮންޓްރެކްޓުގައި ސޮއިކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ
ތެރޭގައި މާލޭ ބަނދަރަށް ލޭންޑިންގ ކްރާފްޓް ގެނެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ6:
13
ހ/ 2
3 ޅ ކ އޗ
އަފިލިކރ
އަކުން ކަމަށްވާތީ، ޓީ.ޓީ
ކުރާނެކަމާއި، ލޭންޑިންގ ކްރާފްޓް ޙަވާލު ކުރާނީ ޓެކްނިކަލް ސްޕެސިފިކޭޝަންސްގައި ވޭސްޓް
މެނޭޖްމަންޓުން ކަނޑައަޅާ ޝަރުތަކާ އެއްގޮތަށް
ގޮތަށްކަމާއި، އެގްރިމެންޓް ކުރެވޭ ދުވަހުން ފެށިގެން 14
ދުވަހުގެ ތެރޭގައި އަގުގެ 50
% (ފަންސާސް އިންސައްތަ) އެޑްވާންސް ޕޭމަންޓްގެ ގޮތުގައި
އަދާކުރަންވާނެކަމާއި އަދި އަގުގެ ބާކީ ފަންސާސް އިންސައްތަ ލޭންޑިންގ ކްރާފްޓް ޙަވާލުކުރާތާ 14
ދުވަހުގެ ތެރޭގައި އަދާކުރަން ވާނެކަމާއި، ވޮރަންޓީގެ މުއްދަތަކީ ލޭންޑިންގ ކްރާފްޓް ޙަވާލުކުރާ ދުވަހުން
ފެށިގެން 180 ދުވަސްކަމާއި، ނަމަވެސް އެގްރިމެންޓްގެ 2.5 ގައި ފައިސާ ދެއްކުމަށް އެއްބަސްވެފައި ވަނީ
ޓީ.ޓީ
އަކުން ފައިސާ ދެއްކުމުގެ ބަދަލުގައި އެލްސީއަކަށް ބަދަލުކުރަން ފިނޭންސް
މިނިސްޓްރީން އެންގުމާގުޅިގެން، ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް
ލިމިޓެޑާ ދެމެދު އަގަބަހުންނާއި ފެކުހުން ދެފަރާތް ދެމެދުގައި މަޝްވަރާކުރެވި، ފިނޭންސް މިނިސްޓްރީން
އެދިފައިވާ ގޮތުގެ މަތިން ދެފަރާތަށް އެއްބަސްވުމަކަށް އާދެވުނުކަމަށް ވޭސްޓް މެނޭޖްމަންޓްގެ ނަންބަރު
13
/
2008
/
20/F-99 (31 މާރޗް 2008) ގެ ސިޓީއިން އެގޭކަމާއި، މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެޜަރީން ކަނޑައެޅި ގޮތާއި ޚިލާފަށް ފައިސާ އަދާކުރާނެ ގޮތަކާމެދު އެގްރިމެންޓްގައި އޮތް މާއްދާ
ފިނޭންސް މިނިސްޓްރީން ބޭނުންވާގޮތަށް ދެފަރާތުން ފަހުން އެއްބަސްވެފައިވާކަން ލިޔުންތަކުން
އެގޭކަމާއި، ލޭންޑިންގ ކްރާފްޓަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކާއެކު އަގުގެ ގޮތުގައި އެއްބަސްވި
(ފަސްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއަށް -/105,000
(އެއްލައްކަ ފަސްހާސް) އެމެރިކާ ޑޮލަރު ފަހުން އިތުރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީގެ ހުއްދައާއެކު އެގްރިމެންޓްގައި އުޅަނދުގެ އަގުގެ މައްޗަށް އެއްބަސްވި މާއްދާއަށް
ބަދަލުގެނެވިފައިވާކަން ލިޔުންތަކުން އެގޭކަމާއި، އެގްރިމެންޓްގެ 2.1، 2.3، 2.5 ފިޔަވައި އެގްރިމެންޓްގެ
އިތުރު މާއްދާއަކަށް ބަދަލު ގެނެވިފައިވާކަން ލިޔުންތަކުން އެނގެންނެތްކަމާއި އެހެން ނަމަވެސް ދެފަރާތުން
ޢަމަލުކޮށްފައިވާގޮތުން އެގްރިމެންޓްގެ 3.1 އަށް ބަދަލު އައިސްފައިވާކަމާއި، 3.1 އަކީ ލޭންޑިންގ
565,000/-
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ. | ދިވެހިރާއްޖެ
،
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv/ފެކްސް: :3008554Fax
960 + | ފޯން:f 960 3009990 Tel، ދިވެހިރޭ
ސަފްޙާ713
ކްރާފްޓްގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި ލޭންޑިންގ ކްރާފްޓް
ޙަވާލުކުރާނެ މުއްދަތުގެ މައްޗަށް އެއްބަސްވި މާއްދާކަމާއި މިމާއްދާއަށް ބަދަލު އައިސްފައި ވަނީ އުޅަނދުގެ
އަގުގެތެރެއިން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދިނުމަށް އެއްބަސްވި ބަޔަށް ބަދަލުގެނައުމުގައި ފައިސާ
އަދާކުރުން ލަސްވުމުގެ ސަބަބުން އުޅަނދު ޙަވާލުކުރާނެ މުއްދަތަށް ބަދަލު އައިސްފައިވަނީ ކަމަށް
ބެލެވާކަމާއި އެހެންކަމުން އެގްރިމެންޓްގެ ބައެއް މާއްދާތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީގެ ހުއްދަޔާއެކު ބަދަލު ގެނެވިފައިވިއަސް، އެގްރިމެންޓުގެ ދެންހުރި މާއްދާތަކަށް ބަދަލު
ގެނެވިފައިނުވާކަމާއި އަދި އެގްރިމެންޓަށް ޢަމަލުކުރުން ހުއްޓިފައިވެސް ނުވާކަން އެނގެން އޮންނަ އޮތުމެވެ.
COOC
(ޅ) ހަވަނަކަމަކީ، ލޭންޑިން ކްރާފްޓް "އުފުލި " މާލޭ ބަނދަރަށް ގެނެސް ވޭސްޓް
މެނޭޖްމަންޓް ސެކްޝަނާ ޙަވާލުކުރުމަކީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއްކަން
އެގްރިމެންޓްގެ 03 ވަނަ މާއްދާއިން އެނގޭކަމާއި، އެގްރިމެންޓްގެ 02 ވަނަ މާއްދާއިން އެގޭގޮތުގައި
ލޭންޑަން ކްރާފްޓް "އުފުލި 5" ގެ އަގު ކަނޑައެޅުމުގައި ސީ.އައި.އެފް އަގު ކަނޑައެޅާފައި ވަނީ ލޭންޑިން
ކްރާފްޓް "އުފުލި 5" މާލޭ ބަނދަރުން ހަވާލުކުރުމަކީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ
ޒިންމާއެއް ކަމުގައި ހެދުންކަމާއި ވޭސްޓް މެނޭޖްމަންޓު ސެކްޝަންގެ ނަންބަރު 13
/
2008
/
36/F-99
(19 އޭޕްރީލް 2008) ގެ ސިޓީން އެނގޭގޮތުގައި ލޭންޑިންގ ކްރާފްޓްގެ އަގުގެ ތެރެއަށް އިތުރު ކުރެވުނު
/105,000 (އެއްލައްކަ ފަސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއިން %75 (ހަތްދިހަފަހެއް އިންސައްތަ)
އަށްވާ -/78750 (ހަތްދިހަ އަށްހާސް ހަތްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު އައިލެންޑް ލޮޖިސްޓިކް
ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމަށް އެދިފައިވާތީ، ބަޖެޓުން އެމިންވަރަށް ފައިސާ ދޫކޮށްފައިވާކަން ބަޖެޓް
ފައިސާ ދޫކުރާ ލިޔުންތަކުން އެނގޭކަމާއި، ލޭންޑިންގ ކްރާފްޓް ގަތުމާބެހޭ ގޮތުން މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީ އާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވާހަކަ
ދެކެވިފައިވަނީވެސް ލޭންޑިންގ ކްރާފްޓް ޙަވާލުކުރާނީ މާލޭ ބަނދަރުންކަމާއި އެގްރިމެންޓްގެ ކުރިން ހުރި
44
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ8513
ލިޔުންތަކުންވެސް އަދި އެގްރިމެންޓުންވެސް އެނގެނީ ލޭންޑިންގ ކްރާފްޓް "އުފުލި 5" އާ ވޭސްޓް
މެނޭޖްމަންޓް ސެކްޝަނުން ޙަވާލުވާންޖެހޭނީ އެއުޅަނދު މާލެގެނެއުމަށްފަހު މާލޭ ބަނދަރުންކަމާއި މާލޭ
ބަނދަރުން ލޭންޑިންގ ކްރާފްޓް "އުފުލި 5" އާ ޙަވާލު ވުމަށް ކަނޑައެޅިފައި ވަނީ ދިވެހި ދައުލަތުގެ
މަޞްލަޙަތު ހިމާޔަތްކުރުމަށް ކަމަކަށް ވާއިރު، ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް
އިސްމާޢީލް ޢަބްދުލްޙަމީދު އިންޑޮނޭޝިޔާގެ ބަންޖަރ މަސިން އަށް ގޮސް 28 އޭޕްރީލް 2008 ގައި
ޕްރޮޓްކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކުރުމުގެ ސަބަބުން
އެމަޞްލަޙަތު ހިމާޔަތް ކުރެވިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަކަމަކީ، އެންޓި ކޮރޮޕްޝަން ކޮމިޝަނަށް 08 މާރޗް 2009 ގައި އިސްމާޢީލް
ޢަބްދުލްޙަމީދު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ " ކޮޅުވެއްޓީގެ އަގު އަދާކުރުމަށް އެލްސީ ހުޅުވުމާގުޅިގެން
ބޭންކަށް ހުށަހަޅަންޖެހޭކަމަށް ބުނެ ޕްރޮޓްކޯލް އޮފް ޑެލިވަރީގައި ސޮއިކޮށް ދިނުމަށް އައިލެންޑް ލޮޖިސްޓިކް
ޕްރައިވެޓް ލިމިޓެޑް އެދުނީމާ އެލިޔުން ބޭންކަށް ހުށަހެޅި ނަމަވެސް އުޅަނދުގެ ފައިނަލް
އިންސްޕެކްޝަންކޮށް އުޅަނދު ރާއްޖެއަށް ފޮނުވައި ވޭސްޓް މެނޭޖްމަންޓުން ޙަވާލުވުމުން ނޫނީ އެލްސީ
ފައިސާ އެފަރާތަށް ނުލިބޭނެކަން ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ އަޙްމަދު ޙަލީމާއި، މުޙައްމަދު ފިޒާން
އަށް ގުޅައި ޔަޤީން ކުރުމަށްފަހުގައި ސޮއިކޮށް އެލިޔުން ދޫކުރީކަމަށާއި" މިފަދައިން ކަމާއި ވޭސްޓް
މެނޭޖްމަންޓު ސެކްޝަން އާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު އެގްރިމެންޓްގައި
ސޮއިކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ޙައިސިއްޔަތުން އިސްމާޢީލް
ޢަބްދުލްޙަމީދުކަމަށް ވިއަސް، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަކީ މާލޭ މުނިސިޕަލްޓީގެ ސެކްޝަނެއްގޮތުގައި
ހިނގާ ތަނަކަށްވެފައި ލޭންޑިން ކްރާފްޓް "އުފުލި 5" އާ ގުޅިގެން އަމިއްލަ އިޚްތިޔާރުގައި ކަންކަން
ނިންމުގެ ބާރުވެރިކަމާއި ލިބިދެވޭ އިޚުތިޔާރަށް ބަލާއިރު، އެގްރިމެންޓުގައި ކަނޑައެޅިފައިވާގޮތް ނޫންގޮތަކަށް
ޢަމަލުކުރުމުގެ އިޚްތިޔާރު އިސްމާޢީލް ޢަބްދުލްޙަމީދަށް ލިބިދެވިފައިވާކަން އެގޭ އެއްވެސް ލިޔުމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ13ގެ9
ހުށަހަޅާފައިނުވާކަމާއި، އެގްރިމެންޓް ކުރެވިފައިވާ ގޮތަށް ބަލާއިރު، ލޭންޑިންގ ކްރާފްޓް "އުފުލި 5" ދިވެހި
ސަރުކާރާ ހަވާލު ކުރަންޖެހޭނީ މާލޭ ބަނދަރުން ކަމަށްވެފައި، އެއުޅަނދު މާލެ ގެނެއުމުގެ ކުރިން
އިންޑޮނޭޝިޔާގެ ބަންޖަރ މުންކިންގައި ހުރެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ
ވެސެލްގައި ސޮއިކުރުމަކީ، މަޤާމުގެ ހައިސިއްޔަތުން އިސްމާޢީލް ޢަބްދުލްޙަމީދުއަށް އޮތް އިޚުތިޔާރެއްތޯ
ބަލާއިރު، ލޭންޑިންގ ކްރާފްޓް ގަތުމުގެ ހުރިހާ މުޢާމަލާތެއްވެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަން
ކުރަމުން ގޮސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދާގެ ދަށުންކަމަށް ވާތީ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ޜަރީން ހުއްދަ ނުދެނީސް އެގްރިމެންޓުގެ މާއްދާއާއި ޚިލާފުވާގޮތަށް
ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކުރުމުގެ އިޚުތިޔާރު އިސްމާޢީލް
ޢަބްދުލްޙަމީދަށް ލިބިގެން ނުވާކަން
ނ. އިޤްކ9އވާ
އަދި،
މިއީ ޖިނާއީ
(އ) އަށްވަނަކަމަކީ، އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް މި މައްސަލައިގައި ދަޢުވާ
އުފުލިފައިވަނީ އަދި ދަޢުވާ ސާބިތުވެފައިވަނީ އިސްމާޢީލް ޢަބްދުލްޙަމީދުގެ މަދަނީ މަސްއޫލިއްޔަތެއްގެ
މައްޗަށް ނޫންކަމާ އަ ކޮންޓްރެކްޓް މަސްއޫލިއްޔަތެއްގެ މައްޗަށްވެސް ނޫންކަމާ
މަސްއޫލިއްޔަތުގެ މައްސަލައެއްކަން އެނގެން އޮންނަކަމާއި، ޖިނާއީ ދަޢުވާއެއް ޖިނާއީ އިޖުރާއާތާ
އެއްގޮތްވާގޮތުގެ މަތިން ކޯޓުން ބަލައި ޖިނާއީ މަސްއޫލިއްޔަތު ސާބިތުވާކަމަށް ކަނޑައަޅަނީ ކުށުގެ ދެރުކުން
ކަމަށްވާ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ފުރިހަމަވެފައިވެފައިވާކަން ހުށަހެޅިފައިވާ ހެކިތަކާއި ދަލީލުތަކުން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމުންކަމާއި، އެގޮތުން މާއްދީ ރުކުން ޝަރީޢަތަށް
ސާބިތުވަނީ ޤާނޫނުގައި ކުށެއްކަމަށް ބުނެފައިވާ ކުށުގެ ޢަމަލު ޤާނޫނުގައި ބުނެފައިވާ ގޮތަށް ދަޢުވާލިބޭ
ފަރާތް ނުވަތަ މުއްތަހަމް ކުރިކަން ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުން ސާބިތުވުމުންކަމާއި، މަޢުނަވީ
ރުކުނަކީ ޖިނާއީ ޤާނޫނާއި އެޤާނޫނުގެ ޢިލްމުގެ މަބާދީތަކާ އެއްގޮތްވާގޮތުގެމަތިން ކުށުގެ ނިޔަތް މުއްތަހަމުގެ
ކިބައިގައި އޮތްކަން ޝަރީޢަތަށް ސާބިތުވުމުންކަން އެނގެން އޮންނަކަމާއި، މިމައްސަލާގައި ޖިނާއީ ދަޢުވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ. | ދިވެހިރާއްޖެ
،
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ10
:
13
ހ24
ލިބޭ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2/2000
(ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ކަމާއި، އެ މާއްދާގައި
ކުށުގެ މާއްދީ ރުކުން ބަޔާންކޮށްފައިވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ އޭނާ ވަޒީފާ
އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެމުވައްޒަފުގެ މަޤާމާ
ގުޅިގެން ނާޖާއިޒް ފައިދާއެއް ހޯދުމާއި ހޯދައިދިނުން ކަމުގައި ކަމާއި، އަދި އެ ޤާނޫނުގެ 28 ވަނަ މާއްދާގެ
(ށ) ގައި "ނާޖާއިޒް ފައިދާ" މިބަހުގެ މާނަ ބަޔާންކޮށްފައިވަނީ، އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ
ކުރާ މަސައްކަތެއްގެ މުޤާބިލުގައި ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި
އުޖޫރައާއި އެހެނިހެން ޢިނާޔަތްތަކާއި ވަޒީފާ ދޭފަރާތުން އެ މުވައްޒަފަކަށް ލިބިދޭ އެކި އެކި ފަސޭހަތަކާއި
މަންފާތަކުގެ އިތުރުން، އެމީހަކު އެ މަޤާމުގެ ނުފޫޒް ބޭނުންކޮށްގެން ނުޙައްޤުން ހޯދާ، ނުވަތަ ހޯދައިދޭ
ނުވަތަ ޤަބޫލުކުރާ ރިޝްވަތުކަމުގައި ނުހިމެނޭ ކޮންމެ މަންފާއަކަށްކަން އެނގެން އޮންނައިރު،
މިމައްސަލާގައި އިސްމާޢީލް އަބްދުލްޙަމީދު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމޭންޓް ސެކްޝަނުގެ
ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރިއިރު، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ސިންގަޕޫރުގެ
ކުންފުންޏެއް މެދުވެރިކޮށް އެސެކް ޝަނަށް ގެނައި "އުފުލި 5" ނަމަކަށް ކިޔާ އުޅަނދުގެ އަގު
އަދާކުރުމަށްޓަކައި، އެލްސީ ހުޅުވުމާއި ގުޅިގެން ބޭންކަށް ހުށަހަޅަން ޖެހޭކަމަށް ބުނެ ޕްރޮޓޮކޯލް އޮފް
ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކޮށްދިނުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މީނާގެ ގާތުގައި އެދުމުން، ވޭސްޓް މެނޭޖްމެންޓް ސެކްޝަނަށް އެއުޅަނދު ލިބުމުގެ
ކުރިން، އިސްމާޢީލް ޢަބްދުލްޙަމީދު 28 އޭޕްރީލް 2008 ވަނަ ދުވަހު، ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް
އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކޮށްފައިވަނީ، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް އެ އުޅަނދު
ނުލިބެނީސް އެއުޅަނދު ލިބުނުކަމަށް ހަދައި އެފްސީގެ ފައިސާ އުޅަނދު ވިއްކިފަރާތަށް ހޯދައި ދިނުމުގެ
ގޮތުންކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުކޮށްދެވިފައިވާކަން މިމައްސަލާގައި ހައިކޯޓުގެ
O ou ouc
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
،
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ11
:
13
ނަންބަރު 433/HC
-
A/2011 ޤަޟިއްޔާގެ ޙުކުމް ބިނާކުރި ސަބަބުތަކުން އެނގެން އޮންނާތީ، މިކުށުގެ
މާއްދީ ރުކުން ސާބިތުވެފައިވާކަމާއި އަދި އިސްމާޢީލް ޢަބްދުލްޙަމީދު މިޢަމަލު ހިންގާފައިވަނީ ހަމަބުއްދީގައި
ތަޞައްރަފު ފުދޭ ހާލުގައި އަދި އޭނާ އެކުރަނީ ކޮންކަމެއްކަން އެނގޭ ހާލުގައިކަމާއި، މިކުށުގެ މަޢުނަވީ
ރުކުނާއި މިކުށުގެ ޖިނާއީ މަސްއޫލިއްޔަތުން އިސްމާޢީލް ޢަބްދުލްޙަމީދު އިސްތިޘްނާވާނެ އެއްވެސް
ސަބަބެއްނެތްކަން ހައިކޯޓުގެ ނަންބަރު 233/HC
-
A/2011 ޤަޟިއްޔާގެ ޙުކުމް ބިނާކުރި ސަބަބުތަކުން
ސާފުކޮށް އެނގެން އޮންނަކަމެވެ.
(ވ) ނުވަނަކަމަކީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ
ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ކުށަކީ ޖިނާއީ ކުށެއް ކަމުގައިވާއިރު، އެމާއްދާގައި ބުނެފައިވާ
ގޮތަށް ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުން
ކުށްވެރިވުމުގައި ކުށުގެ ޢަމަލު ފުރިހަމަވިކަން ސާބިތުވާންޖެހޭކަމާއި، ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު
34 48ޑ 8
ނނކށ3ނ
ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރާއިރު، އެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ
ރުކުން ފުރިހަމަ ވާންޖެހޭކަމާއި، އިސްވެބަޔާން ކޮށްފައިވާ ކަންތައްތަކަށް
އެއްތަކަށް ރިޢާޔަތްކޮށް، މަޤާމުގެ
ހައިސިއްޔަތުން އިސްމާޢީލް ޢަބްދުލްޙަމީދު ޢަމަލުކޮށްފައިވާ ގޮތުން، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް
ލިމިޓެޑުން އެދުނު އެދުމަކަށް ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެ
ކްސެޕްޓެންސް އޮފް ދަ ވެސެލްގައި
އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކުރުމުގެ ސަބަބުން ލޭންޑިންގ ކްރާފްޓް "އުފުލި 5" މާލޭ ބަނދަރަށް
ގެނެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ޙަވާލުވުމުގެ ކުރިން އައިލެންޑް ލޮޖިސްޓިކަށް އެލްސީގެ
ފައިސާ ލިބިދާނެކަން އިސްމާޢީލް އަބްދުލް ޙަމީދަށް އެގޭކަމާއި، ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓުގެ ބައެއް މާއްދާތަކަށް
ދެފަރާތުން ޢަމަލުކުރިގޮތުގެ ސަބަބުން ބަދަލު އައިސްފައިވީކަމުގައިވިއަސް އެގްރިމެންޓްގެ ދެންހުރި
މާއްދާތަކާ އެއްގޮތަށް ޢަމަލުކުރަން ދެފަރާތަށްވެސް ލާޒިމްވާއިރު، އެއެގްރިމެންޓާ ޚިލާފަށް ޕްރޮޓޮކޯލް އޮފް
COO
ރަ%
ދިވެހި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ12
:
13
ޑެލިވަރީގައި ސޮއިކުރި ކުރުމުގެ ސަބަބުން 19 ޖުލައި 2007 ގައި ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ އެގްރީމެންޓްގެ 5.6 ގެ ދަށުން ދިވެހި
ދައުލަތަށް ލިބިދޭ ވޮރަންޓީގެ ޙައްޤު ގެއްލި އެ އެގްރީމެންޓްގެ ބުނެވުނު މާއްދާގެ ދަށުން ދިވެހި ދައުލަތުގެ
ޙައްޤުގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން އުފުލަންޖެހޭ ޒިންމާތައް ލުއިވެ، އައިލެންޑް
ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ސަބަބުން މަންފާ ލިބިދީފައިވާތީ، މިކަމަކީ އިސްމާޢީލް
ޢަބްދުލްޙަމީދުގެ މައްޗަށް އޮތް ފިޑޫ ޝިއަރީ ޑިއުޓީ (Fiduciary Duty) ޚިލާފަށް ކޮށްފައިވާ
ކަމަކަށްވެފައި، އެހެންކަމުން، އިސްމާޢީލް ޢަބްދުލްޙަމީދު ކޮށްފައިވާ މި އަމަލަކީ ޤާނޫނު ނަންބަރު 2/2000
(ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށުގެ
ޢަމަލެއްކަން އެނގެއެވެ.
އޭގެ
ޙުކުމް:
އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކަށް ރިޢާޔަތް ކުރާއިރު، މާލޭ
މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ބޭނުމަކަށް ސިންގަޕޫރުގެ ކުންފުޏެއްކަމަށްވާ އައިލެންޑް
ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން އަތް ލޭންޑިން ކްރާފްޓް "އުފުލި 5" މާލޭބަނދަރަށް ގެނައުމުގެ ކުރިން،
ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި އިސްމާޢީލް ޢަބްދުލްޙަމީދު
ސޮއިކުރުމުގެ ނަތީޖާއެއްގޮތުން އެއްބަސްވުގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް
ފައިދާތަކެއް ވެފައިވާތީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުގެ ކުށުން ކުއްވެރި
ވެއްޖެކަމަށް ކަނޑައަޅުއްވައި، ޤާނޫނުނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)
ގެ 12 ވަނަ މާއްދާގެ ދަށުން އިސްމާޢީލް ޢަބުދުލް ޙަމީދު 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް
އަރުވާލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
567
/
Cr
-
C/2334) ޤަޟިއްޔާގައި
ކުރެއްވި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 233/HC
-
A/2011 ޤަޟިއްޔާގައި ތާއީދު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :p60 3009996 Tel #$، ދިވެހިބޭޓްe
ސަފްޙާ13313
ކުރެއްވި ކުރެއްވުން ރަނގަޅުކަމަށް މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 6
ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެންނާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ފީމެއެވެ.
ccc
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
،
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv/ފެކްސް: :3008554Fax
960 + | ފޯން:f 960 3009990 Tel، ދިވެހިރޭ
ސަފްޙާ 16 ގެ 1
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ތަފާތުވި ރަޢު
ރަޢުޔު
ce O
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 433/HC
-
A/2011 ޤަޟިއްޔާގެ ހުކުމާއި
މެދު ހިތްހަމަ ނުޖެހިގެން ހުޅުމާލެ ފްލެޓް 10103، އިސްމާޢީލް ޢަބްދުލްޙަމީދު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ
ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
233/HC
-
A/2011 ޤަޟިއްޔާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާ،
ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން، އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު،
އިސްމާޢީލް ޢަބްދުލްޙަމީދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލައި ނިންމާފައިވާ
ޤަޟިއްޔާއެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 233/HC
-
A/2011 ޤަޟިއްޔާ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުގައި، އިސްމާޢީލް ޢަބްދުލްޙަމީދު ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން، އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުންނާއި، ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/567
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 233/HC-A/2011 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، މިމައްސަލައާ ގުޅިގެން
ފާހަގަކޮށްފައިވާ ޤާނޫނުތަކަށާއި، ޤާނޫނު މާނަކުރުމުގައި ގެންގުޅޭ އުޞޫލުތަކަށާއި، ދުނިޔޭގެ ބައެއް
މިނިވަން ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލުކުރަމުންދާ ހަމަތަކަށް ނަޒަރުކޮށް
ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ދިވެހިން
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :getމެހިބޭޑް25
ސަފްޙާ 16ގެ 2
COOC
(ހ) ފުރަތަމަ ކަމަކީ، ދިވެހި ދައުލަތުގެ ފަރާތުން އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް
ހުށަހަޅާފައިވާ ހަމައެކަނި ދަޢުވާއަކީ، ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް
ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަމާ އަދި އެ ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2000
(ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމެވެ.
(ށ) ދެވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން
"އުފުލި 5" ނަމަކަށް ކިޔާ ކޮޅުވެއްޓި ނުވަތަ ލޭންޑިންގ ކްރާފްޓް ގަތުމަށް، ސިންގަޕޫރުގެ ކުންފުންޏެއް
ކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެކު، 19 ޖުލައި 2007 ގައި، ކޮންޓްރެކްޓެއް
ކޮށްފައިވާކަމާއި އެ ކޮންޓްރެކްޓްގެ ދަށުން ގަންނަ، "އުފުލި 5" ގެ އަގަކީ 565,000.00 $US
(ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ޔޫ.އެސް ޑޮލަރު) ކަމާއި، "އުފުލި 5" ގެ އަގުގެ %50 (ފަންސާސް
އިންސައްތަ)، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި، ކޮންޓްރެކްޓްގައި ސޮއިކުރި ދުވަހުން ފެށިގެން، 14
(ސާދަ) ދުވަހުގެ ތެރޭގައި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް
ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް، ޓެލެގްރެފިކް ޓްރާންސްފަރ (ޓީ.ޓީ) އަކުން ދައްކަންޖެހޭކަމާއި،
ހެޓްރެކްޓްގައި ސޮއިކުރި ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި "އުފުލި 5"
ގެންދިއުމަށް ކަނޑައެޅި ބަނދަރަށް (މާލޭ ބަނދަރު) ގެންދިއުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް
ލިމިޓެޑަށް ލާޒިމްކުރާކަމާއި ކަނޑައެޅިފައިވާ ބަނދަރަށް "އުފުލި 5" ގެންދާތާ 14 ދުވަހުގެ ތެރޭގައި
"އުފުލި 5" ގެ ޖުމްލަ އަގުގެ ބާކީ (އުޅަނދުގެ އަގުގެ %50) މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް
ސެކްޝަނުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ދައްކާ ޚަލާޞް ކުރަންޖެހޭކަމާ އަދި އުޅަނދު
މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ ހަވާލުކުރާ ދުވަހުން ފެށިގެން، 180 ދުވަހުގެ،
ވޮރަންޓީއެއް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ދީފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމު | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
ދިވެހިން
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 3
(ނ) ތިންވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް
މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން
"އުފުލި 5" ގަތުމަށް، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއިއެކު، 19 ޖުލައި 2007 ގައި،
ކޮންޓްރެކްޓް ކުރިއިރު، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ އިސް ވެރިއަކަށް
ހުންނެވީ އިސްމާޢީލް ޢަބްދުލްޙަމީދު ކަމާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ
ފަރާތުން އެ ކޮންޓްރެކްޓްގައި ސޮއި ކުރައްވާފައިވަނީ ވެސް އިސްމާޢިލް ޢަބްދުލްޙަމީދުކަމާއި، އެ
ކޮންޓްރެކްޓަށް އެކި ފަހަރު މަތިން ބަދަލު ގެނެވިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ވަރަށް
ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، "އުފުލި 5" ގެ އަގު އަދާކުރުމަށް ފުރަތަމަ އެއްބަސްވި ގޮތް
ބަދަލުވެ ފަހުން އެއްބަސްވި ގޮތުގެ މަތިން ހުޅުވި ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) އާއި ގުޅިގެން،
"ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓަންސް އޮފް ދަ ވެސެލް" ބޭންކަށް ހުށަހަޅަން ޖެހޭ ކަމަށާއި
"ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓަންސް އޮފް ދަ ވެސެލް" ގައި ސޮއި ކޮށްދިނުމަށް އެދި
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްމާޢީލް ޢަބްދުލްޙަމީދު ގާތު އެދުމުން، މާލޭ
މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް އެ އުޅަނދު ލިބުމުގެ ކުރިން، 28 އެޕްރިލް 2008
ގައި، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓަންސް އޮފް ދަ ވެސެލް” ގައި އިސްމާޢީލް
ޢަބްދުލްޙަމީދު ސޮއިކޮށްފައިވާކަމަށާއި ސޮއިކޮށްފައިވަނީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް
ސެކްޝަނަށް އެ އުޅަނދު ލިބުމުގެ ކުރިން، އެ އުޅަނދު ލިބުނުކަމަށް ހަދައި، ލެޓަރ އޮފް ކްރެޑިޓްގެ
ދަށުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް
ލިމިޓެޑަށް "ނާޖާއިޒު ގޮތެއްގައި ހޯދައިދިނުމުގެ ގޮތުންކަމަށް ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ވިދާޅުވާކަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ދިވެހިން
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 4
(ބ) ފަސްވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް ދެމެދު ހެދިފައިވާ ކޮންޓްރެކްޓްގައިވާ ކަންތައްތަކާއި ގުޅިގެން
ދެފަރާތް މެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށާއި، މި މައްސަލައާއެކު ހުށަހަޅާފައިވާ އެހެނިހެން
ލިޔެކިޔުންތަކަށް ބެލުމުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އަދާކުރަންޖެހޭ ފައިސާ، ކޮންޓްރެކްޓްގައި ބުނާ
މުއްދަތުގެ ތެރޭގައި އަދާކޮށްފައިނުވާކަމާއި، ފައިސާ ދައްކާނެ ވަސީލަތެއްގެ ގޮތުގައި ޓެލެގްރެފިކް
ޓްރާންސްފަރ (ޓީ.ޓީ) ބޭނުންކުރުމުގެ ބަދަލުގައި، ފަހުން ހަމަޖެހިގެން ދިޔައީ ލެޓަރ އޮފް ކްރެޑިޓް
(އެލްސީ) އެއް ބޭނުން ކުރަންކަން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީއަށް ފޮނުވި އެ މިނިސްޓްރީގެ ނަންބަރު 20071909-އެން އޭ-13 (2 އޯގަސްޓް 2007) ގެ
ނޯޓާއި، މި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔެކިޔުން ތަކުން އެނގޭކަމާ އަދި އުޅަނދުގެ
އަގުގެ ގޮތުގައި މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް ލޮޖިސްޓިކް
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 565,000.00 $US (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ޔޫ.އެސް
ޑޮލަރު ދެއްކުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ލެޓަރ އޮފް ކްރެޑިޓެއް (ބޭންކް
އޮފް މޯލްޑިވްސްގެ އެލް.ސީ ނަންބަރު: 08
/
554/BML (30 މާޗް 2008)) ހުޅުވިކަމާއި، ލެޓަރ އޮފް
ކްރެޑިޓް ހުޅުވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ އެންގެވުމަށް ކަން މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ އިން ބޭންކް އޮފް މޯލްޑިވްސް ފޮނުއްވި އެ އޮތޯރިޓީގެ ނަންބަރު
2008
/
10/FE
/
BML
/
LC-98 (13 މާޗް 2008) ގެ ސިޓީން އެނގެން އޮންނަ އޮތުމެވެ.
އަނ
(ޅ) ހަވަނަ ކަމަކީ، އެގްރިމެންޓުގައިވާ އަގަށާއި، އުޅަނދު ގެންދިއުމަށާއި، ހަވާލު
ކުރުމަށް ކަނޑައަޅާފައިވާ ބަނދަރަށް ބަދަލުގެންނަށް ބޭނުން ކަމަށްބުނެ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް
މެނޭޖްމަންޓް ސެކްޝަނަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން، 18 ފެބުރުއަރީ 2008 ދުވަހު،
ސިޓީއެއް ފޮނުވާފައިވާކަމާއި އެސިޓީގައި، އުޅަނދުގެ އަގަށް ބަދަލުގެނެސް އުޅަނދުގެ އަގެއްގެ ގޮތުގައި
ދިވެހިރައް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :getމެހިބޭޑް25
ސަފްޙާ 16ގެ 5
4x4
670,000.00 $US (ހަލައްކަ ހަތްދިހަހާސް ޔޫ.އެސް ޑޮލަރު) ހަމަޖައްސަން އެދިފައިވާކަމާއި، މާލޭ
މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ އުޅަނދު ހަވާލުކޮށް، އުޅަނދުގެ ޒިންމާތައް މާލޭ
މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބަދަލުކުރުމުގެ ކަންތައްތައް ހިނގާނީ އިންޑޮނޭޝިއާގެ
ބަނދަރެއް ކަމަށްވާ "ބަންޖާ މާސިން" ގައި ކަމަށް ވެސް ބުނެފައިވާކަމާ އަދި އިސްވެ ބުނި އައިލެންޑް
ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ސިޓީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް
ލިބުމާއެކު، އެ ސިޓީގެ ކޮޕީއެއް، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން، މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް، އެ ސެކްޝަންގެ ނަންބަރު 13
/
2008
/
17/F-99 (10 މާޗް
2008) ސިޓީއާއެކު، ފޮނުވިކަމާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ގަތް އުޅަނދުގެ އަގަށް
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ފަހުން ހުށަހެޅި އަގު (670,000.00 $US (ހަލައްކަ
ހަތްދިހަހާސް ޔޫ.އެސް ޑޮލަރު)، އެއީ އެންމެ ރަނގަޅު އަގެއް ކަމުގައި މިނިސްޓަރ އޮފް ފިނޭންސް
އެނޑް ޓްރެޜަރީ އަށް ފެނިވަޑައި ގަންނަވާ ކަމަށާއި، އުޅަނދު ސަޕްލައި ކުރުމުގެ މަސައްކަތް އެލް.ސީ،
ހުޅުވައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފެނިވަޑައި ގަންނަވާ
ކަމުގައި އެ މިނިސްޓްރީން މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ފޮނުއްވާފައިވާ އެ
މިނިސްޓްރީގެ ނަންބަރު 99
/
2008
/
9/13K (7 އެޕްރިލް 2008) ސިޓީން އެނގެން އޮންނަ އޮތުމެވެ.
OcOOX
2p
4 އދވ
ނޫންކަމަށް،
(ކ) ހަތްވަނަ ކަމަކީ، ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއް
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި، ބަޔާންކޮށްފައި
އޮތުމާއި އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް
ލާޒިމުވާކަންތައްތައް ކުރަންވާނީ އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި މިއާ
ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާކަމަކަށް
ލުޔެއް ދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ، މިފަދައިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 6
ބަޔާންކޮށްފައި އޮތުމާއި މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް
ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ޖުލައި 2007 ދުވަހުގައި ހެދި ކޮންޓްރެކްޓަށް ބަދަލު ގެނެވޭ ވަކި ޚާއްޞަ
ގޮތެއް އެ ކޮންޓްރެކްޓްގައި ކަނޑައަޅާފައި ނެތުމުން، އަދި ދެފަރާތް ދެމެދު ހިނގާފައިވާ މުޢާމަލާތްތަކަށް
ވެސް ބެލުމުން، އަހުރެންނަށް ސާފުވަނީ، 19 ޖުލައި 2007 ގެ ކޮންޓްރެކްޓްގެ މާއްދާތަކަށް ބަދަލު
ގެނެސްފައިވާ ކަމާއި، މި ކަމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ދެފަރާތް އެއްބަސްވެގެން
ކުރެވިފައިވާ ކަމެއް ކަމެވެ.
(އ) އަށްވަނަ ކަމަކީ، ކުށާއި ކުށުގެ ޢުޤޫބާތް ކަނޑައެޅޭނީ ހަމައެކަނި ޝަރުޢީ
އަދި ނުވަތަ ޤާނޫނީ ނައްޞުންކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއިން
ވަރަށް ރަނގަޅަށް މިކަން ކަށަވަރު ކޮށްދީފައިވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59
ވަނަ މާއްދާގެ (ހ) ގައި ވަނީ، ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް
ކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތަސް އެ ކަމެއް ކުރި މީހަކަށް
ނުވަތަ އެ ކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން
އަދަބެއްދީގެން ނުވާނެކަމަށެވެ. ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ
ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ
ފަރާތެއްގެ
މުވައްޒަފަކު، އޭނާގެ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ
ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފަކުގެ ވަޒީފާގެ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ
ނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒު" ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށަކީ އޭގެ ޒާތުގައި ޖަރީމާއެއްގެ
އެންމެހައި ރުކުންތަކާއި ޢުންސުރުތައް ފުރިހަމަވާ، ޤާނޫނީ ހަމަތަކުގެ މަތިން ޤާނޫނަކުން ކަނޑައަޅާފައިވާ
CCX
ކުށެއްކަން އެނގެން އޮންނަ އޮތުމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމު | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
ދިވެހިން
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 7
ހުއްޓުވުމާއި
(ވ) ނުވަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި
މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ، ސަރުކާރުގެ މުވައްޒަފުން
"ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށަކީ" އެ ކުށުގެ މާއްދީ ރުކުން ނުވަތަ އެކްޓުސް ރިއަސް
އަދި މަޢުނަވީ ރުކުން ނުވަތަ މެންސް ރިއާ، ޕްރޮސިކިއުޝަންގެ ފަރާތުން، "އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި" ޝަރީޢަތުގައި ސާބިތުކޮށްދޭންޖެހޭ ކުށެއްކަމާއި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން
މަނާކުރުމުގެ
ކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށުގެ މާއްދީ ރުކުނަކީ،
ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކަށްވުމާއި، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން
ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން
ނުވަތަ އެ މުވައްޒަފެއްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން
ބޭނުންކޮށްގެން އެ މީހަކަށް ނުވަތަ އެހެން މީހަކަށް ނާޖާއިޒު
ފައިދާއެއް ހޯދައިދިނުންކަމާ އަދި "ނާޖާއިޒު ފައިދާ" އަކީ އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާ
މަސައްކަތެއްގެ މުޤާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި،
އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި ވަޒީފާދޭ ފަރާތުން އެ މުވައްޒިފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި
މަންފާތަކުގެ އިތުރުން، އެމީހަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނުޙައްޤުން ހޯދާ، ނުވަތަ ހޯދައިދޭ، ނުވަތަ
ޤަބޫލުކުރާ ރިޝްވަތު ކަމުގައި ނުހިމެނޭ ކޮންމެ މަންފާ އެއްކަމާ އަދި ޤާނޫނު ނަންބަރު 2/2000
(ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށުގެ މަޢުނަވީ
ރުކުނަކީ އިސްވެ ބުނި "ނާޖާއިޒު ފައިދާ" ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ މާއްދީ ރުކުން ނާޖާއިޒު ގޮތުގައި
ކުރުމެވެ. ނާޖާއިޒު ގޮތުގައި ކަމެއް ކުރުމަކީ އެކަމެއް "ޑިސްއޮނަސްޓްލީ" އަދި ގަސްދުގައި ކުރުމެވެ.
(މ) ދިހަވަނަ ކަމަކީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހަކު
ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީ
ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ދިވެހިރެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 8
cu o
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިއޮތުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި
ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ
ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށާ
އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށް
ބަޔާންކޮށްފައި އޮތުމުން، ދުނިޔޭގެ އެހެނިހެން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށް ސާބިތުކުރުމުގައި ބޭނުންކުރާ މިންގަޑަކީ
ކޮބައިތޯ ބެލުމަށް އަހުރެން ދިރާސާއެއް ކުރީމެވެ. މި ދިރާސާއިން އަހުރެންނަށް ފާހަގަ ކުރެވުނީ ޤާނޫނު
ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި
ބުނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ
މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން އެ
މީހަކަށް ނުވަތަ އެހެންމީހަކަށް ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމުގެ ކުށާއި، އިނގިރޭސި ވިލާތުގެ
"ދަ ފްރޯޑް އެކްޓް 2006" ގެ 4 ވަނަ މާއްދާގައި ބުނާ ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ
މާއްދީ ރުކުނާއި މަޢުނަވީ ރުކުނުގައި އެއްގޮތް ކަންތައްތަކެއް ހުރިކަމެވެ. އިނގިރޭސި ވިލާތުގެ "ދަ ފްރޯޑް
އެކްޓް 2006" ގެ 4 ވަނަ މާއްދާގެ (1) ގައި ބުނަނީ:
4 (1) A person is in breach of this section if he -
(a) occupies a position in which he is expected to safeguard, or not to act against, the
financial interest of another person,
(b) dishonestly abuses that position, and
(c) intends, by means of the abuse of that position, or
(i) to make a gain for himself or another, or
(ii) to cause loss to another or to expose another to a risk of loss.
ދިވެހިރާ%
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :getމެހިބޭޑް25
ސަފްޙާ 16ގެ 9
އިނގިރޭސި ވިލާތުގެ މަޝްހޫރު ކްރިމިނަލް ލޯ ގެ "ޓެކްސްޓް" އެއް ކަމަށްވާ "ސްމިތް
އެނޑް ހޯގަން" ގެ 2008 ވަނަ އަހަރުގެ އެޑިޝަން ގައި ބުނެފައިވަނީ އިނގިރޭސި ވިލާތުގެ "ދަ ފްރޯޑް
އެކްޓް 2006" ގައި ބުނާ ކުށުގެ މާއްދީ ރުކުނަކީ މީހަކަށް ދީފައިވާ މާލީ އިތުބާރު ނާޖާއިޒު ގޮތުގައި
ބޭނުން ކުރުން ކަމަށާއި މަޢުނަވީ ރުކުނަކީ ގަސްދުގައި ނާޖާއިރު (ޑިސްއޮނަސްޓްލީ) ފައިދާއެއް ހޯދުން
ނުވަތަ ހޯދައި ދިނުން ކަމަށެވެ.
(ފ) އެގާރަވަނަ ކަމަކީ، "ނާޖާއިޒު ފައިދާ ހޯދުމާ ހޯދައިދިނުމުގެ ކުށުގެ މަޢުނަވީ
ރުކުން ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި، އިނގިރޭސި ވިލާތް އަދި އެ ނޫންވެސް ކޮމަން ލޯ
ޖޫރިސްޑިކްޝަންތަކުގައި އާއްމު ގޮތެއްގައި މިހާރު ބޭނުން ކުރަނީ އިނގިރޭސި ވިލާތުގެ ކޯޓް އޮފް އެޕީލް
ގޯޝް (1053
QB [1982]) އިން ޤާއިމް ކުރި
އިން 1982 ގައި ނިންމި ރެޖައިނާ ވަރސަސް
އުޞޫލެވެ. އެ ޤަޟިއްޔާގެ ރިޕޯޓުގައި، ލޯޑް ލޭން ސީ.ޖޭ. ވިދާޅުވަނީ:
"In determining whether the prosecution has proved that the defendant was acting
dishonestly, a jury must first of all decide whether according to the ordinary standards
of reasonable and honest people what was done was dishonest. If it was not dishonest
by those standards, that is the end of the matter and the prosecution fails.
If it was dishonest by those standards, then the jury must consider whether the
defendant himself must have realised that what he was doing was by those standards
dishonest. In most cases, where the actions are obviously dishonest by ordinary
standards, there will be no doubt about it. It will be obvious that the defendant
himself knew that he was acting dishonestly. It is dishonest for a defendant to act in
a way which he knows ordinary people consider to be dishonest, even if he asserts or
genuinely believes that he is morally justified in acting as he did."
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމު | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 10
އިނގިރޭސި ވިލާތުގެ ކޯޓް އޮފް އެޕީލް އިން ކަނޑައެޅި މި މިންގަނޑު އޮޅުން ފިލުވައި ދެމުން، "ސްމިތް
އެންޑް ކޯގަން" ގެ 2008 އެޑިޝަންގައި ބުނަނީ އެ މިންގަނޑު ބެހިގެންވަނީ ދެ ބަޔަކަށް ކަމަށެވެ. އެއީ:
(1) Was what was done dishonest according to the ordinary standards of reasonable and
honest people? If no, D is not guilty. If yes:
(2) Did the defendant realize that reasonable and honest people regard what he did as
dishonest? If yes, he is guilty; if no, he is not.
އިސްވެ ނަކަލުކުރެވުނު ދެ ބަޔަށް ބަލާއިރު، ނާޖާއިޒުކޮށް ކަމެއް ކޮށްފައިވޭތޯ ނުވަތަ
ނޫންތޯ ބެލުމުގައި ފުރަތަމަ ބަލަންޖެހޭނީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެ
ވިސްނުމުގެ މިންގަޑުން އެޢަމަލު ނާޖާއިޒުތޯ ނުވަތަ ނޫންތޯއެވެ. ތެދުވެރި އަދި ހެޔޮނުބައި އިނގޭ
(ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެ މިންގަޑުން އެ ޢަމަލަކީ ނާޖާއިޒު ޢަމަލެއް ކަމުގައި ނުވާނަމަ އެ
މީހަކު ކުއްވެރިއެއް ނުވާނެއެވެ. ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެ
މިންގަޑުން އެޢަމަލަކީ ނާޖާއިޒު ޢަމަލެއްކަމުގައިވަނީ ނަމަ ދެން ދާންޖެހޭނީ ދެވަނަ ބަޔަށެވެ. ދެވަނަ ބަޔަކީ
އެޢަމަލު ހިންގިމީހާގެ ވިސްނުމުގެ މިންގަޑުން އެ ޢަމަލަކީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް
ފުދޭ) މީހެއްގެ ވިސްނުމުގެ މިންގަނޑުން ނާޖާއިޒް އަމަލެއްކަން ނުވަތަ ނޫންކަން އެނގޭތޯއެވެ. އެޢަމަލު
ހިންގި މީހާއަށް އެ ޢަމަލަކީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެ
މިންގަނޑުން ނާޖާއިޒް އަމަލެއްކަން ނުއެނގޭ ނަމަ، އެ މީހަކު ކުށްވެރިއެއް ނުވާނެއެވެ. އަދި އެޢަމަލު
ހިންގި މީހަކަށް އެ ޢަމަލަކީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެ
މިންގަނޑުން ނާޖާއިޒް އަމަލެއްކަން އެނގޭނަމަ، އެ މީހަކު ކުއްވެރިވާނެއެވެ. އިސްވެބުނި ދެބައިގެ
ތެރެއިން ފުރަތަމަބައި ބަލަންޖެހޭނީ "އޮބްޖެކްޓިވް" (objective) މިންގަނޑުންނެވެ. އަދި ދެވަނަ ބައި
ބަލަންޖެހޭނީ "ސަބްޖެކްޓިވް" (subjective) މިންގަނޑުންނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ، ދިވެހިރާއްޖެ
ދިވެހިންގެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 11
COC
(ދ) ބާރަވަނަ ކަމަކީ، ބޮޑެތި ޖަރީމާ ތަކުގައި، ޕްރޮސެކިއުޝަން އިން މާއްދީ ރުކުން
ސާބިތުކޮށް ދިންކަމުގައި ވިއަސް، މަޢުނަވީ ރުކުން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އުޤޫބާތް
ކަނޑައަޅައިގެން ނުވާނެކަމާއި ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު، އެކުށް ކޮށްފައިވަނީ "ނާޖާއިޒް"
ކޮށްތޯ ނުވަތަ ނޫންތޯ ބެލުމަށް ފަނޑިޔާރު ބަލަންޖެހޭ ހަމަތަކަށް ބަލައި އޭގެ ނަތީޖާއަށް ބުރަވެ ނޫނީ
މަޢުނަވީ ރުކުން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައިގެން ނުވާނެކަމެވެ.
(ނ) ތޭރަވަނަ ކަމަކީ، މި ދަޢުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކިތާބީ ހެއްކާއި
ފަރުދީ ހެކި ހުށަހެޅި ކަމާއި، މިފަދަ ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން، މައްސަލަ ސާބިތު ކުރަނީ
ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށް ހުށަހެޅޭ ހެކިތައް އިންސާފުގެ ތަރާދުން ކިރުމަށްފަހުގައި، ޔަޤީނާ ގާތްކުރާ
މިންވަރަށް، ކުށެއް ސާބިތުވެއްޖެ ކަމަށް ޤަބޫލު ކުރެވިގެންކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ވަކިކަމެއް ސާބިތު ކުރުމަށް ހުށަހަޅާ ހެކިންގެ ހެކިބަހުން އެކަމެއް ސާބިތު ނުކުރެވިއްޖެ ނަމަ،
ޕްރޮސިކިއުޓަރ ޖެނެރަލް އެ ހުށަހެޅި މައްސަލަ ވަރަށް ޝަޢީފްވިކަމާއި، އިސްމާޢީލް ޢަބްދުލްޙަމީދުގެ
މައްޗަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި މައްސަލާގައި ހުށަހެޅި ފަރުދީ ހެކިންގެ
ހެކިބަސް އިންސާފުގެ ނާޅިން މިނުމަށްފަހު ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާ ގެ
ފާހަގަ ކުރެވުނު ނުގުތާގެ 7 ވަނަ ނަންބަރުގައި އެ މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވަނީ:
"މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ޝަރީޢަތަށް ހެކިބަސް ދީފައިވާ ހެކިންގެ
ހެކިބަހަށް ބަލާއިރު އުޅަނދަށް އަގު އަދާކުރި ވަގުތާ މެދު ޝަރީޢަތަށް އެކަށީގެންވާ މަޢުލޫމާތެއް އެއްވެސް
ހެއްކެއްގެ ކިބައިން ލިބިފަނުވެއެވެ. އަދި ޕްރޮޓޮކޯލް އޮފް ޑިލިވަރީ އެންޑް އެކްސެޕްޓަންސްގައި ސޮއިކުރީ
ކޮން ސަބަބަކާހުރެ ކަމެއްވެސް އެ ހެކިންނަށް ބުނެދެވިފައިނުވެއެވެ." މިހެންކަމާއި މި މައްސަލާގައި
ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސަލް" ގައި އިސްމާއީލް ޢަބްދުލްޙަމީދު
ސޮއި ކުރި އެއީ މި މައްސަލައިގެ މަޢުނަވީ ރުކުން ސާބިތުކުރުމަށް އޮތް އެންމެ ބޮޑު ޤާނޫނީ
ދިވެހިރައް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :getމެހިބޭޑް25
ސަފްޙާ 16ގެ 12
ccd
J
ޤަރީނާ ކަމަށްވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެކިން ހުށަހަޅާ އެ ހެކިންގެ ހެކިބަހުން އެކަން
ސާބިތުކޮށް ނުދެވިއްޖެނަމަ، އޭގެ މާނަޔަކީ، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަނޑައަޅާފައިވާ މިންގަނޑުން، އެއީ "އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި" ކުށް ސާބިތު ކުރަންޖެހޭ މިންގަނޑުން، މި މައްސަލަ ސާބިތު ކުރުމުގައި، ޕްރޮސިކިއުޓަރ
ޖެނެރަލް ފޭލްވީ ކަމެވެ.
ސާދަވަނަ ކަމަކީ، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ
ވެސަލް" ގައި ސޮއިކޮށްފައިވަނީ 28 އޭޕްރީލް 2008 ގައިކަން އެލިޔުމަށް ބެލުމުން އެނގެން އޮތުމާއި،
އުޅަނދާއި ހަވާލުވެފައިވަނީ، ފައިނަލް އިންސްޕެކްޝަން ހެދުމަށާއި އުޅަނދު ހަވާލުކުރާ ތަނެއްކަމަށް
އިންޑޮނޭޝިއާގެ "ބަންޖާ މާސިން" ހަމަޖައްސަން ބޭނުންވާކަން އަންގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް
ލިމިޓެޑުން މާލޭ މުނިސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން އަށް ފޮނުވާފައި ސިޓީއާ ގުޅިގެންކަމާއި، އެ
ސިޓީގެ ކޮޕީއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ޗެރީ އަށް ފޮނުވިކަމާއި، އެ ސިޓީގައި ބުނެފައިވާ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އުޅަނދުގެ އަގަށް ބަދަލު ގެނެސްދެއް
ގެނެސްދެއްވާފައިވާ
ކަމާ އަދި މިކަންކަމަށް އެކުއެކީގައި ނަޒަރުކޮށް ބެލުމުން އެއްބަސްވުމުގެ ބައިވެރިންގެ ޢަމަލުން 19 ޖުލައި
2007 ގެ އެއްބަސްވުމަށް އިސްލާހެއް ގެނައުމަށް އެއްބަސްވެގެން އެފަދައިން ޢަމަލުކޮށްފައިވަނީ ކަމަށް
ބެލެވޭކަމާއި، އިސްމާޢީލް ޢަބްދުލްޙަމީދު "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ
ވެސްލް" ގައި ސޮއިކޮށްފައިވަނީ އެއުޅަނދު މާލެ ބަނދަރަށް ގެނެވިފައި ނުވިނަމަވެސް މާލޭ މުނިސިޕަލްޓީގެ
ވޭސްޓް މެނޭޖްމަންޓް ސެކްޝަން އިން އެއުޅަނދާއި ޙަވާލުވުމަށްފަހުގައިކަމަށް ބެލެވެއެވެ.
(ގ) ފަނަރަވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ
ފަރާތުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ އެކު "އުފުލި
5" ގަތުމަށް، 19 ޖުލައި 2007 ގައި، ވެފައިވާ ކޮންޓްރެކްޓާއި، އޭގެ ފަހުން ދެފަރާތުގެ މެދުގައި
03ނ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ، ދިވެހިރާއްޖެ
ދިވެހި
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 13
OOOOX
ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބެލުމުން، ދެފަރާތުގެ މެދުގައި އަމަލުކުރެވިފައިވަނީ، 19 ޖުލައި 2007
ގައި، ވެފައިވާ ކޮންޓްރެކްޓާ އެއްގޮތަށް
ކޮންޓްރެކްޓް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ކޮންޓްރެކްޓްގައިވާ
މާއްދާތަކަށާއި އެމާއްދާތަކުގައިވާ ކަންކަމަށް ބަދަލުތަކެއް ގެނެސްގެން ކަމާއި "އުފުލި 5" ގެ އަގު
އަދާކުރުމަށް އެލް.ސީ ހުޅުވާފައިވަނީ، 19 ޖުލައި 2007 ގައި ވެފައިވާ ކޮންޓްރެކްޓްގައި ބުނާ އަގަށް
ކަމަށްވީ ނަމަވެސް، ފަހުން އެ އަގު ބަދަލު ކުރުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން
ހުށަހެޅުމުން، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އެކަން ސަރުކާރުގެ ކަމާބެހޭ
އިދާރާކަމުގައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅާ އެ ހުށަހެޅި އަގަކީ
އެންމެރަގަޅު އަގެއްކަމަށް އެމިނިސްޓްރީގެ ނަންބަރު 99
/
2008
/
9/13K (7 އޭޕްރީލް 2008) ސިޓީއިން
މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް
މެނޭޖްމަންޓް ސެކްޝަނަށް އެންގިކަން އެނގެއެވެ. މިކަންކަމަށް ބެލުމުން
މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާއަށްވުރެ އިތުރަށް
އަށްވުރެ އިތުރަށް އެއްވެސް ފައިސާއެއް ދައްކާފައި ނެތްކަމާއި، ނާޖާއިޒު ގޮތެއްގައި
އިސްމާޢީލް އަބްދުލްޙަމީދު މީނާ ހުރި ސަރުކާރުގެ މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި އުޅަނދު
ވިއްކިފަރާތަށް ފައިދާއެއް ހޯދާދީފައިވާކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމެވެ.
(ޏ) ސޯޅަވަނަ ކަމަކީ، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ
ވެސަލް” ގައި އިސްމާޢީލް ޢަބްދުލްޙަމީދު، 28 އޭޕްރީލް 2008 ގައި، ސޮއިކުރުމާއި، އުޅަނދު މާލޭގެ
ބަނދަރަށް ގެނައި ދުވަހާ ދެމެދުގައި ގިނަދުވަސްތަކެއްވެ އުޅަނދުގެ ވޮރަންޓީގެ މުއްދަތު ގެއްލިގެން
ދިޔައީކަމަށާއި، އެކަމަކީވެސް ވިއްކިފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ބެލެވޭނެކަމަށް
ދައުލަތުން ފާހަގަކޮށްފައިވާއިރު، ވޮރަންޓީއަކީ އެބޭނުންކުރަންޖެހޭފަދަ
އެފަދަ ހާލަތެއް ދިމާވުމުން ނޫނީ
އެއްޗެއް ނޫންކަމާއި، އެމުއްދަތުގެ ތެރޭގައި ވޮރަންޓީން ކަވަރު ކުރާފަދަ ކަމެއް
ހިނގާފައިނުވާނަމަ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެއްވެސް ބައިވެރިއަކަށް ގެއްލުމެއް ނުވަތަ
ބޭނުންކުރެވޭނޭ
ދިވެހިރަW
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމު | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 14
ނައިން
OcOC
COOCOOX
ފައިދާއެއްވެސް ހުންނާނެކަމާއި، މައްސަލައާއެކު ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމަކުން ވޮރަންޓީގެ
ދަށުން ރަނގަޅުކޮށްދޭންޖެހޭފަދަ ނުވަތަ ބަދަލު ލިބިދެވޭފަދަ ކަމެއް އެއުޅަނދަށް ދިމާވެފައިވާކަން އެނގެން
ނެތްކަން އެނގޭކަމާ، އަދި ވޮރަންޓީގެ ދަށުން ގަންނަމީހާއަށް ލިބިދެވޭ ބަދަލު ލިބެންޖެހޭ މުއްދަތު ގުނަން
ފަށާނެ ތާރީޚަކީ "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސަލް" ގައި އިސްމާޢީލް
ޢަބްދުލްޙަމީދު ސޮއިކުރި ދުވަސްކަމަށްވާ 28 އޭޕްރީލް 2008 ކަމަށް، ނުވަތަ އުޅަނދު މާލޭ ބަނދަރަށް
ގެނައި ތާރީޚުކަމަށްވާ 23 އޮކްޓޯބަރ 2008 ކަމަށް ބެލިނަމަވެސް އެފަދަ ހާލަތެއް ދިމާވެފައިނުވުމުން
އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވަތަ ފައިދާއެއްވެސް ވެފައި ނުވާކަމެވެ.
(ސ) ސަތާރަވަނަ ކަމަކީ، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެކު، މާލޭ
މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އިސްމާޢީލް
ޢަބްދުލްޙަމީދު ޢަމަލުކޮށްފައިވާ ގޮތަށް ބަލާ ނަޒަރުކުރާއިރު، 19 ޖުލައި 2007 ގައި، މާލޭ މުނިސިޕަލްޓީގެ
ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި މެދު ކޮންޓްރެކްޓް
ކުރެވިފައިވަނީ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ލޭންޑިންގ ކްރާފްޓެއް ވީއެންމެ
އަވަހަކަށް ބޭނުންވެގެން ދެފަހަރެއްގެމަތިން އެކަމަށް އިޢުލާނުކޮށްގެންވެސް
ދެގެންވެސް އެކަމަށް އެކަށީގެންވާ ފަރާތެއް
ނުލިބި ވަނިކޮށްކަމާއި، އަދި ކޮންޓްރެކްޓްގައި ދެފަރާތުންމެ ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ގިނަގުނަ
ބަދަލުތަކެއް ގެނެސް، އެބަދަލުތަކާ އެއްގޮތަށް ދެފަރާތުންވެސް ޢަމަލުކޮށްފައިވާކަމާއި، މިކަމާއި ގުޅުންހުރި
ސަރުކާރުގެ އެހެން އިދާރާތަކާ އެއްބަސްވުމަށް ގެނެވުނު ބަދަލުތަކުގެ މަޢުލޫމާތު ބަދަލުކުރެވިފައިވާކަން
އެނގެން އޮތުމާ އަދި އޭޕްރީލް 2008ގައި، އިސްމާޢީލް ޢަބްދުލްޙަމީދު އިންޑޮނޭޝިއާއަށް ގޮސްފައިވަނީ
އުޅަނދާއި ޙަވާލުވުމަށްކަންވެސް
މަށްކަންވެސް އެނގެން އޮތުމުން، ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ)
މީހެއްގެ ވިސްނުމުގެ މިންގަޑުން ބެލުމުން، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ
ވެސަލް" ގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކޮށްފައިވަނީ އެއްބަސްވުމަށް ފަހުން ގެނެވުނު ބަދަލުތަކާ
OOCOOX
Occou
ދިވެހިނެއް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 15
.هހ4 4 މކ އގ ގތ
ނ_423 އިކނ އނއ
$ aހ8
034ށ
އެއްގޮތަށްކަން އެނގޭހަ
އިސްމާޢީލް ޢަބްދުލްޙަމީދު ކޮށްފައިވަނީ ނާޖާއިޒު
ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމުގެ ނިޔަތުގައި ނޫންކަން ޤަބޫލުކުރެވޭފަދަ
ކަންތައްތަކެއް
ހިނގާފައިހުރިކަމާ އަދި އިސްމާޢީލް ޢަބްދުލްހަމީދު "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް
ދަ ވެސަލް" ގައި 28 އޭޕްރީލް 2008 ގައި ސޮއިކޮށްފައިވަނީ 19 ޖުލައި 2007 ގައި ވެވުނު
އެއްބަސްވުމަށް ބަދަލުތަކެއް ގެނެވިފައިވާކަން ގަބޫލުކޮށްގެންހުރެ، ފަހުން އެއެއްބަސްވުމަށް ގެނެވުނު
ބަދަލުތަކާ އެއްގޮތަށް، އުޅަނދާ ހަވާލުވުމަށް އިންޑޮނޭޝިއާގެ ބަންޖާ މާސިން އަށް ގޮސް އުޅަނދާއި
ހަވާލުވުމަށް ފަހުގައިކަން އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި،
ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކުން އެނގޭ ކަމާއި މާލޭ މުނިސިޕަލްޓީގެ ވޭސްޓް
މެނޭޖްމަންޓް ސެކްޝަން އަށް މިފަދަ އުޅަނދެއްގެ މުހިންމުކަން ވަރަށް ބޮޑުކަމާ، ވީއެންމެ އަވަހަކަށް
އެފަދަ އުޅަނދެއް ހޯދަން ޖެހިފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމާއި، އިސްމާޢީލް
ޢަބްދުލްޙަމީދު މަސައްކަތްކޮށްފައިވަނީ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގައި
އެކަންތަކާއި ވާލުވެހުރިހުރުމުގައި އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ކުރެވެންހުރި އެންމެހާ
ކަންތައްތައް ކޮށްގެން، ވީއެންމެ އަވަހަކަށް އެއުޅަނދު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް
ސެކްޝަނަށް ހޯދައިދިނުމަށްކަން އިސްމާޢީލް ޢަބްދުލްޙަމީދުގެ ބަހުން އެނގޭތީ، އިސްމާޢީލް ޢަބްދުލްޙަމީދުގެ
ފަރާތުން އުޅަނދު ގަތުމަށްޓަކައި ކޮށްފައިވާ ކަންތައްތަކަކީ އިސްމާޢީލް ޢަބްދުލްޙަމީދުގެ ހެޔޮ ނިޔަތުގައި،
އެކަންތައް ވީއެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮށްފައިވާ ކަންތައްތަކެއްކަމަށް ޤަބޫލުކުރެވެއެވެ.
(ޑީ) އަށާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސިގެ 51 ވަނަ
މާއްދާގެ (އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ"، މިހެން
ކަނޑައެޅި ބަޔާންވެގެން އޮތުމުން، ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ޖިނާއީ މައްސަލަތައް
އ ހ މ ކ
cccc
ދިވެހިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25
ސަފްޙާ 16ގެ 16
ސާބިތުކުރުމުގައި އިސްވެބުނެވުނު ދުސްތޫރީ ނައްޞުގެ މަޤްޞަދު ޙާޞިލް ކުރެވޭފަދަ ގޮތެއްގެ މަތިން
މެނުވީ ޖިނާއީ މައްސަލަތައް ބަލައިގެން ނުވާނެކަމާ އަދި ޖިނާއީ މައްސަލަތައް ނިންމުމުގައި ހުށަހެ
ހެކިތަކާއި ދަލީލުތަކުގެ ތެރެއިން - ޤާނޫނީ ޤަރީނާ ފިޔަވައި ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް
ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް
ޤަބޫލުކުރެވޭ ދަލީލުތަކާއި އެ ދަލީލުތަކުގެ އަލީގައި ނިންމޭ ނިންމުން ތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ
ގާތްކުރާ މިންވަރަށް ކުށެއް ސާބިތުވެއްޖެ ކަމަށް އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ޤަބޫލުކުރެވިގެން
މެނުވީ ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އެއްވެސް އޮޅުމެއްނެތް ޖިނާއީ އިޖުރާތުގެ
މައްދައެއްކަން އެނގެން އޮންނަ އޮތުމެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު
499 ހއ
ނުކު0އ
އެހެން
ހުރުމުން، އިސްމާޢީލް
ޢަބްދުލްޙަމީދުގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ
12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދަޢުލަތުން ކޮށްފައިވާ ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި
ދަޢުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އަހުރެންނަށް ފެންނާނީ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/567 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 233/HC
-
A/2011 ގެ ޤަޟިއްޔާގައި
އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު
ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ކުރަންޖެހޭ
ހުކުމެއްކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމު | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
ދިވެހިން
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :etދިވެހިބޭޑް25