ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/107 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/107
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 107/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޝަފްރާޒް
އައި. ޑީ. ކާޑު ނަންބަރު: A265506
ދާއިމީ އެޑްރެސް: އާކާޝް ށ. ފީވަށް
މިހާރުގެ އެޑްރެސް:
ހަވޭލި މާލެ
14
އިސްތިއުނާފު ރައްދުވި ފަރާތް: ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ. ޢިމާރާތް، 3 ވަނަ ފަންގިލާ، ހުޅުމާލެ
މިހާރުގެ އެޑްރެސް: އެޗް.ޑީ.ސީ. ޢިމާރާތް، 3 ވަނަ ފަންގިލާ، ހުޅުމާލެ
ރެޖިސްޓްރީ ނަންބަރު 793
/
2008-C
0
ހުށަހެޅުނު ތާރީޚް: 20 އޭޕްރީލް 2014
ނިމުނު ތާރީޚް: 28 ޖެނުއަރީ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/HMC/95
ނިންމެވިކޯޓް: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
• ޤަޟިއްޔާގެ ބާވަތް: އެގްރީމެންޓާ ޚިލާފުވުން
ހުށަހެޅުނުތާރީޚް: 14-02-2014
، ނިމުނު ތާރީޚް: 15-08-2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
4
R
ހައިކަޓް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/17
ދަޢުވާގެ ޚުލާޞާ
މިއީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2012/HMC/95 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ފީވަށް (އާކާޝް، މުޙައްމަދު ޝަފްރާޒްގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑެވެ.
0
OOOXC
UCO
ފާހަގަކުރެވުނު ނުކުތާތައް:
01- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2012/HMC/95 ޤަޟިއްޔާއަކީ، ހައުސިންގް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން 2011 ވަނަ އަހަރު ހުޅުމާލެ އަތިރިމައްޗާއި ކައިރިން ބީލަމުގެ
އުޞޫލުން ވިއްކުމަށް ހުށަހެޅުނު 114 ގޯތި ގަތުމަށް އެދި ހުށަހެޅި ބީލަމުން، · ފީވަށް، އާކާޝް މުޙައްމަދު
ޝަފްރާޒް (ދ.ރ.އ.ކާޑް ނަންބަރުA265506) ގޯތި ކާމިޔާބުކުރި މީހުންގެ ތެރޭގައި ހިމެނުނީތީ ގޯތި
ޚިޔާރުކުރުމަށް އެންގި ދުވަހު މުޙައްމަދު ޝަފްރާޒް ގޮސް ހުޅުމާލެ ލޮޓް ނަންބަރު 11009 ގޯތި ޚިޔާރުކޮށް
ގޯތި ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެއްބަސްވުމުގެ ދަށުން ޑައުންޕޭމަންޓްގެ ގޮތުގައި މުޙައްމަދު
ޝަފްރާޒް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހޭ ގޯތީގެ ޖުމްލަ އަގުގެ %20 އަށްވާ
ފައިސާ 06 (ހައެއް) އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކުމަށް އެއްބަސްވެ، އެންމެ ފަހު އިންސްޓޯލްމަންޓްގެ
ގޮތުގައި ދައްކަންޖެހޭ 65,671.22ރ. (ފަސްދޮޅަސްފަސްހާސް ހަސަތޭކަ ހަތްދިހައެއްރުފިޔާ ބާވީސްލާރި)
ދެއްކުމުގައި 09 ގަޑިއިރު ވަސްވެފައިވާތީ، އެއީ އެއްބަސްވުމުގައި ވާގޮތަށް ފައިސާ ދެއްކުމަށް ނުކުޅެދުނީކަމަށް
ބަލައި، މުޙައްމަދު ޝަފްރާޒް ބިޑްކޮށްގެން ލިބި އިޚްތިޔާރުކޮށްގެން މުޙައްމަދު ޝަފްރާޒް އާ ޙަވާލުކޮށް އަދި
ފައިސާ ދައްކާފައިވަނިކޮށް 22 ޖެނުއަރީ 2012 ވަނަ ދުވަހު ގޯތި ގަތުމަށް މުޙައްމަދު ޝަފްރާޒަށް ދެވިފައިވާ
ފުރުޞަތު ބާޠިލްކޮށްފިކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބުނެ ގޯތި އަނބުރާ ގެންދިއުމާ
ގުޅިގެން، މުޙައްމަދު ޝަފްރާޒަށް ފައިސާ ދެއްކުމަށް ނުކުޅެދިއްޖެކަމަށް ބުނެ މުޙައްމަދު ޝަފްރާޒްގެ ބިޑް
ސެކިއުރިޓީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ އަދި މުޙައްމަދު ޝަފްރާޒަށް ވިއްކާ އަދި
ބައެއް ފައިސާ ދައްކާފައިވާ ގޯތި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އަނބުރާ ނަގައިފިކަމަށް
ހައިކަޓް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/107
ބުނެ
މި ގޯތި އަނބުރާ ގެންގޮސްފައިވާތީ، މިއީ ގަނެ ވިއްކުމުގެ އެއްބަސްވުމެއްގެ ދަށުން ވިއްކާފައިވާ
މުދަލަކަށްވާތީ، ޤާނޫނީ ގޮތުން މިއެއްބަސްވުން ބާޠިލް ނުކުރެވޭނެކަމަށް ބުނެ، މުޙައްމަދު ޝަފްރާޒަށް
ވިއްކާފައިވާ ހުޅުމާލެ ލޮޓް ނަންބަރު 11009 ގޯތި އަނބުރާ މުޙައްމަދު ޝަފްރާޒަށް ލިބިދިނުމަށާއި، އަދި
ވިއްކި ފަރާތުގެ މިއަމަލުގެ ސަބަބުން މުޙައްމަދު ޝަފްރާޒަށް އެކި ގޮތްގޮތުން 100,000.00ރ (އެއްލައްކަ
ރުފިޔާ) ގެ ގެއްލުމެއް ލިބިފައިވާތީ ގޯތި ވިއްކިފަރާތް ކަމަށްވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުގެ ކިބައިން މިފައިސާ ނަގައިދިނުމަށް އެދި މުޙައްމަދު ޝަފްރާޒް، ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުގުތާތަކުގެ މައްޗަށް
ވިސްނާ ނަޒަރު ހިންގި ހިނދު، ށ.ފީވަށް، އާކާޝް، މުޙައްމަދު ޝަފްރާޒް (ދ.ރ.އ.ކާޑް ނަންބަރު
A265506) 2011 ވަނަ އަހަރު ބީލަމުގެ އުޞޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުން އިޢްލާންކުރި 114 ގޯތި ވިއްކުމުގެ ބީލަން ކާމިޔާބުކުރި ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޝަފްރާޒް
ހިމެނި، ގޯތި ޚިޔާރުކުރުމަށް އެންގި ދުވަހު ގޮސް ހުޅުމާލެ ލޮޓް ނަންބަރު 11009 ގޯތި ޚިޔާރުކޮށް ގޯތި
ވުމެއްގައި ސޮއިކޮށް، އެއާއި އެއްގޮތަށް މަހުން މަހަށް ދައްކަންޖެހޭ ޑައުންޕޭމަންޓް
ފައިސާގެ އިންސްޓޯލްމަންޓް ތަކުގެ ތެރެއިން އެންމެ ފަހު އިންސްޓޯލްމަންޓް ކަމުގައިވާ 65,671.22ރ.
(ފަސްދޮޅަސްފަސްހާސް ހަސަތޭކަ ހަތްދިހައެއްރުފިޔާ ބާވީސްލާރި) ދެއްކުމުގައި 09 (ނުވައެއް) ގަޑިއިރު
ލަސްވެފައިވާތީ، އެއީ އެއްބަސްވުމުގައި ވާގޮތަށް ފައިސާ ދެއްކުމަށް ނުކުޅެދުނީކަމަށް ބަލައި، މުޙައްމަދު
ޝަފްރާޒް ބިޑްކޮށްގެން ޚިޔާރުކޮށް ޙަވާލުކޮށްފައިވާ އަދި ފައިސާ ދައްކާފައިވަނިކޮށް 22 ޖެނުއަރީ 2012 ވަނަ
ދުވަހު ގޯތި ގަތުމަށް މުޙައްމަދު ޝަޕްރާޒަށް ލިބިފައިވާ ފުރުޞަތު ބާޠިލްކުރައްވާފައިވާކަމަށް ވިދާޅުވެ މިގޯތި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ގެންގޮސްފައިވާތީ، މިއީ ގަނެ ވިއްކުމުގެ
ދަށުން ވިއްކާފައިވާ މުދަލަކަށްވާތީ، ޤާނޫނީ ގޮތުން މިއެއްބަސްވުން ބާޠިލް ނުކުރެވޭނެކަމަށް ބުނެ، ގޯތި
އަނބުރާ މުޙައްމަދު ޝަފްރާޒަށް ލިބިދިނުމަށާއި، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ
މިޢަމަލުގެ ސަބަބުން މުޙައްމަދު ޝަފްރާޒަށް އެކި ގޮތްގޮތުން 100,000.00ރ (އެއްލައްކަ ރުފިޔާ) ގެ
ވިއްކުމުގެ އެއްބަސްވުމެ
! ހ 8
9
8
އެއްބަސްވުމެއްގެ
އްޖޭގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/17
ގެއްލުމެއް ލިބިފައިވާތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް މިފައިސާއާއި އަދި ގޯތި
ލިބިގަތުމަށް މުޙައްމަދު ޝަފްރާޒް، ދަޢުވާ އުފުލި ހިނދު،
ދަޢުވާގައިވާ ފަދައިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގެ
އަތިރިމަތިން 36 ގޯތި އަދި އަތިރިމައްޗާއި ކައިރިން 114 ގޯތި (ޖުމްލަ 150 ގޯތި) ބީލަމުގެ އުޞޫލުން
* giºi. “HDC(161)-EM/IU/201750 4 2011 33 09 883 233
ޑައުންޕޭމަންޓްގެ އަދަދަކީ ގޯތީގެ ޖުމްލަ އަގުގެ %20 ކަމަށާއި އަދި ޑައުންޕޭމަންޓް ދެއްކުމަށް
ކަނޑައެޅިފައިވަނީ ބީލަން ކާމިޔާބުކުރިކަން އެންގޭތާ 07 (ހަތެއް) ދުވަސްތެރޭ ނުވަތަ 06 (ހައެއް)
މަސްދުވަހުގެ އިންސްޓޯލްމަންޓަށް ބަހާލައިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން
ކަނޑައަޅާފައިވާ އުޞޫލަކުންކަން ބަޔާންކޮށްފައިވާ ކަމަށާއި، އެއުޞޫލާއި އެއްގޮތަށް މުޙައްމަދު ޝަފްރާޒް ރުހި
ޤަބޫލުވެ މުޙައްމަދު ޝަފްރާޒަށް ބީލަމުގެ އުޞޫލުން ލިބުނު ހުޅުމާލޭގެ ނަންބަރު 11009 ގޯތީގެ
ޑައުންޕޭމަންޓް ދެއްކުމަށް ދެފަރާތުގެ ދެމެދު ވެވުނު 06 އޯގަސްޓް 2011 ގައި ސޮއިކުރި ޑައުންޕޭމަންޓް
ދައްކާގޮތް އަންގާދޭ ލިޔުމުގައި ފައިސާ ދައްކާނެގޮތް ބަޔާންކޮށްފައިވާއިރު ފައިސާ ދައްކަން 06 (ހައެއް)
ޕޭމަންޓަކަށް ބަހާލާފައިވާއިރު އަދި މުޙައްމަދު ޝަފްރާޒް ދައްކަންޖެހޭ ފައިސާގެ 06 (ހައެއް) ވަނަ ޕޭމަންޓް
ދެއްކުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 18 ޖެނުއަރީ 2012 ކަމުގައިވާއިރު، އެމުއްދަތު ފާއިތުވެ 19 ޖެނުއަރީ
2012 ގައި މުޙައްމަދު ޝަފްރާޒް 65,671.23ރ (ފަސްދޮޅަސް ފަސްހާސް ހަސަތޭކަ ހަތްދިހައެއްރުފިޔާ
ތޭވީސްލާރި) ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެއްކިކަމުގައި ވީނަމަވެސް އެއީ މުޙައްމަދު ޝަފްރާޒަށް
ޑައުންޕޭމަންޓް ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދެއްކުނީކަމަށް ނުބެލެވޭނެކަމަށް ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވާތީއާއި މުޙައްމަދު ޝަފްރާޒް ފައިސާ ދެއްކުމަށް 09
(ނުވައެއް) ގަޑިއިރަށް ލަސްވެގެން ދިޔައީ ކޮން އުޒުރަކާއި ހުރެކަން މުޙައްމަދު ޝަފްރާޒް
ބަޔާންކޮށްދީފައިނުވާތީ، އަދި މުޙައްމަދު ޝަފްރާޒްގެ ބަހުންވެސް ޑައުންޕޭމަންޓް ދެއްކުމަށް އެއްބަސްވެފައިވާ
ފައިސާ ދެއްކިފައިނުވާކަމަށް ބުނެފައިވާތީ، އަދި ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 20
ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ އެކޮންޓްރެކްޓެއްގައިވާ
ޝަރުތުތަކާއި
އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މިއާ ޚިލާފަށް ޢަމަލުކުރެވޭނީ އެކޮންޓްރެކްޓެއްގެ
COCOCO.xc
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/107
0 4 6 8 22
ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމްވާ ކަމަކަށް ދުލެއްދީފިނަމަ ކަމަށާއި، ނުވަތަ އޭނާ ކޮންމެވެސް އެހެން
ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމަ ކަން ކޮންޓްރެކްޓާ ބެހޭ ޤާނޫނުގައި ބަޔާންވެގެންވީ ހިނދު،
މުޙައްމަދު ޝަފްރާޒް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު 09 ޖޫން 2011 ވަނަ
ދުވަހު ޑައުންޕޭމަންޓް ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް 18 ޖެނުއަރީ 2012 ގެ ނިޔަލަށް މުޙައްމަދު
ޝަފްރާޒަށް 06 (ހައެއް) ވަނަ ޑައުންޕޭމަންޓް ދެއްކިފައިނުވާކަން މުޙައްމަދު ޝަފްރާޒްގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން
އެފަދަ ލުޔެއް ދެއްވާފައިނުވާކަން ޚުދު މުޙައްމަދު ޝަފްރާޒްގެ ސާބިތުވާތީ، މުޙައްމަދު ޝަފްރާޒް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ހުށަހަޅާފައިވާ ހުޅުމާލެ ލޮޓް ނަންބަރު 11009
ގޯތި ހޯދުމަށް ދަޢުވާ އުފުލި ނަމަވެސް ހުޅުމާލެ ލޮޓް ނަންބަރު 11009 ގޯތި މުޙައްމަދު ޝަފްރާޒަށް
ޙަވާލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް އަންގާނޭ ތަނެއް ނެތްކަމަށް
ކަނޑައަޅައި، އަދި މުޙައްމަދު ޝަފްރާޒަށް 100,000.00ރ (އެއްލައްކަ ރުފިޔާ)ގެ ގެއްލުމެއް މިމުޢާމަލާތުގެ
ސަބަބުން ވެފައިވާކަމަށް ބުނިނަމަވެސް އެކަން ސާބިތުކޮށްދެވިފައިނުވާތީ، މިފައިސާ ނަގާދިނުމަށް ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް އަންގާނެ ތަނެއް ނެތްކަމަށް ފީވަށް، އާކާޝް، މުޙައްމަދު
ޝަފްރާޒްއަށް އަންގައި ޙުކުމްކޮށްފީމެވެ.] މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
COX
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު
2012/HMC/95 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު
ޝަފްރާޒްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް
އެނުކުތްތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން
CCC
4 22
• ފުރަތަމަ ނުކުތާއަކީ: ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑަކީ ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕްރޭޝަން ލިމިޓެޑުގެ އޭޖެންޓް ކަމުގައިވާއިރު، އޭޖެންޓްކުރާ ކަންތަކަށް ޕްރިންސިޕަލް ޒިންމާ
އުފުލަންޖެހުމުގެ ޤާނޫނީ ހަމައަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ހައިކަޓް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/107
• ދެވަނަ ނުކުތާއަކީ: ވަކި މުއްދަތެއްގައި ކުރަން އެއްބަސްވެފައިވާ ކަމެއް، އެމުއްދަތު ހަމަވުމުގެ
ކުރީގައި އެކަން ކުރުމުގެ މަގު ބަންދުކުރުމަށްފަހު އެމުއްދަތުގައި ކަންތައް ނުކުރެވުނީ ކަމުގައި ބުނެ
އެއްބަސްވުން ބާޠިލު ކުރުމަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ ކޮންޓްރެކްޓާ ޚިލާފު ނިންމުމެއްކަމުގައިވާއިރު،
އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ހުޅުމާލެ އިން ވިއްކާ ބިންތަކަކީ، ފައިސާ ދައްކަން ޖެހުނުކަމުގައިވިޔަސް،
ޢާއްމު (ޕަބްލިކް) ހައުސިންގ ސްކީމް އެއްކަމުގައިވާއިރު، އެ ފަދަ މުޢާމަލާތްތަކުގައި މުޢާމަލާތް ބާޠިލު
ކުރުމަށްވުރެ ބޮޑަށް މުޢާމަލާތް ފުރިހަމަކުރުމަށް އިސްކަންދިނުމަކީ ޕަބްލިކް އިންޓަރެސްޓް ކަމުގައި ވާއިރު،
އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- މިމައްސަލައާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2012/HMC/95 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލްތަކާއި ޚިލާފަށް ކަމަށް ބުނެ، މުޙައްމަދު ޝަފްރާޒްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) 2011 ވަނަ އަހަރު ބީލަމުގެ އުޞޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުން އިޢްލާންކުރި 114 ގޯތި ވިއްކުމުގެ ބީލަން ކާމިޔާބުކުރި ފަރާތްތަކުގެ ތެރޭގައި ށ.ފީވަށް، އާކާޝް،
މުޙައްމަދު ޝަފްރާޒް (ދ.ރ.އ.ކާޑް ނަންބަރު A265506) ހިމެނި ގޯތި ޚިޔާރުކުރުމަށް އެންގި ދުވަހު
ހުޅުމާލެ ލޮޓް ނަންބަރު 11009 ގޯތި ޚިޔާރުކޮށް ގޯތީގެ ޑައުންޕޭމަންޓް ދައްކާނެ ގޮތުގެ ލިޔުމުގައި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެކު ސޮއިކޮށް، އެލިޔުމުގައިވާ ގޮތުގެ މަތީން މަހުން މަހަށް
ދައްކަންޖެހޭ ޑައުންޕޭމަންޓް ފައިސާ ދެއްކުމަށް މުޙައްމަދު ޝަފްރާޒް އެއްބަސްވެފައިވާ ގޮތުގެ މަތީން
ދައްކަންޖެހޭ 06 (ހައެއް) އިންސްޓޯލްމަންޓް ފައިސާގެ ތެރެއިން އެންމެ ފަހު އިންސްޓޯލްމަންޓް ކަމުގައިވާ
65,671.22ރ. (ފަސްދޮޅަސްފަސްހާސް ހަސަތޭކަ ހަތްދިހައެއްރުފިޔާ ބާވީސްލާރި) ފިޔަވައި ދެން ހުރި ހުރިހާ
އިންސްޓޯލްމެންޓެއްގެ ފައިސާ ކަނޑައެޅިފައިވާ ގޮތުގެ މަތީން މުޙައްމަދު ޝަފްރާޒްގެ ފަރާތުން
ދިވެހިރާއްޖެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/107
ދައްކާފައިވާކަމާއި، މިކަންކަމަކީ މިމައްސަލާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކުން ޚިލާފުވާ ކަންތައްތަކެއް
2
8 ހއ
ނޫންކަމާއި،
4 22
ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 06 (ހައެއް) ވަނަ އިންސްޓޯލްމަންޓް
ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތަކީ 2012 ޖެނުއަރީ 10 އިން ފެށިގެން 2012 ޖެނުއަރީ 18 ވަނަ
ދުވަހުގެ ނިޔަލަށްކަމާއި އެމުއްދަތުގައި ދައްކަންޖެހޭ މިންވަރަކީ 65,671.22ރ. (ފަސްދޮޅަސްފަސްހާސް
ހަސަތޭކަ ހަތްދިހައެއްރުފިޔާ ބާވީސްލާރި) ކަން މުޙައްމަދު ޝަފްރާޒް އާއި ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު 2011 އޮގަސްޓް 9 ވަނަ ދުވަހު ސޮއިކުރެވިފައިވާ ޑައުންޕޭމަންޓް ދައްކާނެ
ގޮތުގެ ލިޔުމުން އެނގެން އޮވެއެވެ.
(ނ) ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން ލިމިޓެޑުގެ
އޭޖެންޓް ކަމުގައިވާއިރު، އޭޖެންޓްކުރާ ކަންތަކަށް ޕްރިންސިޕަލް ޒިންމާ އުފުލަންޖެހުމުގެ ޤާނޫނީ ހަމައަށް
ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ މުޙައްމަދު ޝަފްރާޒްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް
ބަލާއިރު،
2011 ވަނަ އަހަރު ބީލަމުގެ އުޞޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮ ކޯޕަރޭޝަން
ލިމިޓެޑުން އިޢްލާންކުރި 114 ގޯތީގެ ތެރެއިން މުޙައްމަދު ޝަފްރާޒަށް ލިބުނު ހުޅުމާލެ ލޮޓް ނަންބަރު
11009 ގޯތީގެ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވެފައިވަނީ ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ހުޅުވާފައިވާ ނަންބަރު
7701-134831-003 އެކައުންޓަށް ޖަމާކޮށްގެންކަން އެނގެން އޮންނަކަމާއި،
ބޭންކަށް ފައިސާ ޖަމާކުރުމަށާއި ބޭންކުން ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ގަޑިތަކަކީ އެބޭންކަކުން
އިންތިޒާމްކުރަމުންދާ ކަންކަންކަމާއި، އެކަމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ބާރުގެ
ދަށުގައިވާ ކަމެއް ކަމަށްނުވާއިރު، އޮފް މޯލްޑިވްސް އަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުގެ އެޖެންޓެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު އެފަދަ އެއްބަސްވުމެއް އޮތްކަން ސާބިތުކުރުމުގެ ގޮތުން އެއްވެސް
ހުށަހަޅާފައި ނުވުމުގެ އިތުރުން އެކަމުގެ މައްޗަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން
2
2x ތ 8
ޕްކޮންe
ޑ 8
8
22 0¢ ¢ ¢ ¢
ހެއްކެއް
R
ހައިކަކީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/107
co
އިންކާރު ކޮށްފައިވާތީ، ބޭންކް އޮފް މޯލްޑިވްސް އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ
އެޖެންޓެއް ކަމަށް ބަލައި ބޭންކް އޮފް މޯލްޑިވްސް އިން ކޮށްފައިވާ ކަމެއްގެ ޒިންމާ ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުން އުފުލަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް ބެލެވެން ނެތްކަމާއި؛
ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 06 (ހައެއް) ވަނަ އިންސްޓޯލްމަންޓް
ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތަކީ 2012 ޖެނުއަރީ 18 ވަނަ ދުވަހުގެ ނިޔަލަށް ކަން އެނގެން
އޮންނައިރު، އެފައިސާ މުޙައްމަދު ޝަފްރާޒްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ދައްކާފައިވަނީ
ފައިސާ ދެއްކުމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚު ފާއިތުވުމަށްފަހު، 19 ޖެނުއަރީ 2013 ވަނަ ދުވަހުކަން
އެނގެން އޮންނަކަމާއި، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން ބޭންކަށް ފައިސާ ދެއްކުމުން
އެފައިސާ ބަލައިގަތް ގަތުމަކީ، މުޙައްމަދު ޝަފްރާޒްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑާއި ދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތީން ފައިސާ ދެއްކުނީ ކަމަށް ބެލެވޭނެ ކަމެއް ނޫންކަން
2 4
ކނީ
އެނގެއެވެ.
293 ހއ
ނަކީ 0އށް
(ނ) ވަކި މުއްދަތެއްގައި ކުރަން އެއްބަސްވެފައިވާ ކަމެއް، އެމުއްދަތު ހަމަވުމުގެ ކުރީގައި އެކަން
ކުރުމުގެ މަގު ބަންދުކުރުމަށްފަހު، އެމުއްދަތުގައި ކަންތައް ނުކުރެވުނީ ކަމުގައި ބުނެ އެއްބަސްވުން ބާޠިލު
ކުރުމަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ ކޮންޓްރެކްޓާއި ޚިލާފު ނިންމުމެއްކަމަށް ބުނެ އިސްތިއުނާފުކުރާ
ފަރާތުން ހުށަހަޅާފައިވާ ބަލާއިރު،
2011 އޯގަސްޓް 9 ވަނަ ދުވަހު މުޙައްމަދު ޝަފްރާޒު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑާއި ދެމެދު ސޮއިކޮށްފައި ޑައުންޕޭމަންޓް ދައްކާނެ ގޮތުގެ ލިޔުމުގެ 5 ވަނަ ނަންބަރުގައި، ޑައުންޕޭމަންޓް
ދެއްކުމަށްޓަކައި ދެގޮތެއް ކަނޑައެޅިފައިވާއިރު، އެދެގޮތުން ކުރެ ގޮތެއް ޚިޔާރުކުރުމުގެ ފުރުޞަތު
ޑައުންޕޭމަންޓް ދައްކާފަރާތަށް ލިބިދީފައިވާކަން އެނގެން އޮންނަކަމާއި، މުޙައްމަދު ޝަފްރާޒް ޚިޔާރުކޮށްފައިވަނީ
ހުށަހެޅިފައިވާ ދެގޮތުގެ ތެރެއިން ދެވަނަ ގޮތްކަމާއި، އެއީ ޑައުންޕޭމަންޓް 06 (ހައެއް) އިންސްޓޯލްމަންޓަށް
ބަހައިގެން ފައިސާ ދެއްކުން ކަމާއި، އެގޮތުން އެފައިސާ ދައްކާ ޚަލާޞްކުރުމަށް ދެފަރާތުން އެއްބަސްވާގޮތް،
އިންސްޓޯލްމަންޓްތައް ބަހާލެވިފައިވާ ގޮތާއި ކޮންމެ އިންސްޓޯލްމަންޓެއްގެ ފައިސާގެ މިންވަރާއި އެފައިސާ
ދައްކާނެ އެންމެ ފަހުގެ ތާރީޚާއެކު ސާފުކޮށް ބަޔާންކުރެވިފައިވާކަން އެނގެން އޮންނަކަމާއި؛
COC
ދިވެހިރާއް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ތަކެއް
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/107
ދެއްކުމަށް
މިމައްސަލައިގާ ޚިލާފު އުފެދިފައިވާ، 06 (ހައެއް) ވަނަ އިންސްޓޯލްމަންޓް ދެއްކުމަށް ދެފަރާތުން
ސޮއިކޮށް ކުރިޔާލައި އެއްބަސްވެފައިވާ ގޮތަށް ބަލާއިރު، ހަވަނަ އިންސްޓޯލްމަންޓް
އެއްބަސްވެފައިވަނީ، 2012 ޖެނުއަރީ 10 އިން ފެށިގެން 2012 ޖެނުއަރީ 18 ވަނަ ދުވަހުގެ ނިޔަލަށްކަން
އެނގެން އޮންނަކަމާއި، އެމުއްދަތުގައި ނުވަތަ އެ މުއްދަތު ފާއިތުވުމުގެ ކުރިން އިންސްޓޯލްމެންޓްގެ ފައިސާ
ދެއްކުމުގެ މަގު ބަންދުކުރުމުގެ ގޮތުން ނުވަތަ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ކުރި ކަމެއް މުޙައްމަދު ޝަފްރާޒްގެ ފަރާތުން ޝަރީޢަތުގައި
ދެއްކިފައިނުވާކަމާއި، އެހެންކަމުން މުޙައްމަދު ޝަފްރާޒް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑާއި ދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކަންޖެހޭ ޑައުންޕޭންމަންޓްގެ ހަވަނަ އިންސްޓޯލްމަންޓުގެ
ފައިސާ ދެއްކިފައިނުވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ކުރި ޢަމަލެއްގެ
ސަބަބުން ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ށ) ހުޅުމާލެ އިން ވިއްކާ ބިންތަކަކީ، ފައިސާ ދައްކަން ޖެހުނުކަމުގައިވިޔަސް، ޢާއްމު (ޕަބްލިކް)
ހައުސިންގ ސްކީމް އެއްކަމުގައިވާއިރު، އެ ފަދަ މުޢާމަލާތްތަކުގައި މުޢާމަލާތް ބާޠިލު ކުރުމަށްވުރެ ބޮޑަށް
މުޢާމަލާތް ފުރިހަމަކުރުމަށް އިސްކަންދިނުމަކީ ޕަބްލިކް އިންޓަރެސްޓް ކަމުގައި ވާއިރު،
އެކަމަށް
ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 2011 ވަނަ އަހަރު ވިއްކާފައިވާ
ގޯތިތަކަކީ ބީލަމުގެ އުޞޫލުން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީގެން ވިއްކުމަށް
އިޢްލާންކުރި ގޯތި ތަކެއްކަން
ހައުސިންގް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު
އިޢުލާނާއި، ނަންބަރު
(23 ޖޫން
އިޢުލާނާއި، ނަންބަރު
ޖޫން
EMIU2011/50
(161)-
9) HDC
(2011
EMIU/2011/54
(161)-
HDC
(2011
đa 83 83-5 = 2 ; (2011 - 23 27) HDC (161) EMIU/2011/96
ގެ
0 31
ހުޅުމާލެއިން ވިއްކާ ބިންތަކާއި ގޯތި ތަކަކީ ޕަބްލިކް ހައުސިންގ ސްކީމެއްގެ ދަށުން ވިއްކާ ގޯތި ނުވަތަ ބިން
ކަމަށް ބެލެވެން ނެތްކަމާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
މިމައްސަލައިގާ އިޝާރާތްކުރެވޭ ބިން ވިއްކުމުގެ މުޢާމަލާތް ކުރިޔަށް ގެންދިއުމުގެ ގޮތުން ކުރިޔާލައި އެ
މުޢާމަލާތުގައި ހިމެނޭ ބިމުގެ ޑައުންޕޭންމަންޓް ދެއްކުމުގެ ގޮތުން އެ މުޢާމަލާތުގެ ދެފަރާތުގެ މެދުގައި
ލިޔުމެއްގައި ސޮއިކޮށް ވަކި ގޮތަކަށް އެއްބަސްވެފައިވާކަން އެނގޭކަމާއި؛
z
، ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014HC-A/107
ބައެއް
co
مهر مرمرمياط
ވ މ ގތ
ގޮތްތަކެއް
އެލިޔުމުގެ 5
ވަނަ ނަންބަރުގައިވާ ދެގޮތުންކުރެ އެއްގޮތް ކަމުގައިވާ، ދަ އިންސްޓޯލްމަންޓަށް
ބަހާލައިގެން ޑައުންޕޭމަންޓް ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވާކަމާއި، 5 ވަނަ ނަންބަރުގެ ދަށުން
ޑައުންޕޭމަންޓް ދެއްކުމަށް ކަޑައެޅިފައިވާ އުޞޫލުން އެ މުއްދަތުގައި ޑައުންޕޭންމަންޓް ދެއްކުމަށް ނުކުޅެދިއްޖެ
ޙާލަތެއްގައި ގަންނަ ފަރާތުން ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާފައިވާ 50,000.00ރ (ފަންސާސްހާސް
ރުފިޔާ) ވިއްކާ ފަރާތަށް ނެގޭނެކަމާއި، އަދި ގޯތި ގަތުމަށް ދެވުނު ފުރުޞަތު އަނބުރާ ގެންދެވޭނެކަމަށް
ޑައުންޕޭމަންޓް ދައްކާނެ ގޮތުގެ ލިޔުމުގެ 6 ނަންބަރުގައި ބަޔާންކޮށްފައިވުމުން، މިމައްސަލައިގާ ހިމެނޭ
މުޢާމަލާތުގެ ބައިވެރިން އެމުޢާމަލާތުގައި ޑައުންޕޭމަންޓް ދައްކާނެ މިންވަރާއި މުއްދަތާއި ބެހޭ ގޮތުންނާއި،
ކަނޑައެޅިފައިވާ އުޞޫލުން ޑައުންޕޭމަންޓް ނުވަތަ ޑައުންޕޭމަންޓުން ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން
ނުދެއްކިއްޖެނަމަ ދެން ޢަމަލުކުރާނެ ގޮތްވެސް ކުރިޔާލައި ދެފަރާތުން އެއްބަސްވެފައިވާކަން އެނގޭކަމާއިގެ
އެހެންކަމުން މިމައްސަލައިގާ ހިމެނޭ މުޢާމަލާތުގެ ތެރެއަށް މުޙައްމަދު ޝަފްރާޒްގެ ފަރާތުން
ވަދެފައިވަނީ އެމުޢާމަލާތާ ގުޅޭ އެންމެހައި ނަތީޖާތައްވެސް އެނގިގެން އެކަންކަމުގެ މައްޗަށް ރުހިގެންކަމަށް
ޤާނޫނީ ގޮތުން ބެލެވޭނެކަމާއި، އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޢަމަލުކުރުމަށް ވަކި
ކަނޑައެޅިފައިވާ ޙާލަތުގައި، އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެކަމަށް ލުޔެއް ދޭން ބޭނުންނުވާ
ޙާލަތުގައި އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުމަށް އެންގިދާނެކަމަށް ޝަރުޢީ ޤާނޫނީ
ހަމަތަކުގެ މަތިން ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ކަންކަމަށް ބަލާއިރު، 2011 ވަނަ އަހަރު ބީލަމުގެ
އުޞޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އިޢްލާންކުރި 114 ގޯތި ވިއްކުމުގެ
ބީލަން ކާމިޔާބުކުރި ފަރާތްތަކުގެ ތެރޭގައި ށ.ފީވަށް، އާކާޝް، މުޙައްމަދު ޝަފްރާޒް (ދ.ރ.އ.ކާޑް ނަންބަރު
A265506) ހިމެނި، ގޯތި ޚިޔާރުކުރުމަށް އެންގި ދުވަހު ހުޅުމާލެ ލޮޓް ނަންބަރު 11009 ގޯތި ޚިޔާރުކޮށް
ގޯތީގެ ޑައުންޕޭމަންޓް ދައްކާނެ ގޮތުގެ ލިޔުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެކު
ސޮއިކޮށް، އެލިޔުމުގައިވާ ގޮތުގެ މަތީން މަހުން މަހަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ފައިސާ ދެއްކުމަށް
މުޙައްމަދު ޝަފްރާޒް އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކަންޖެހޭ 06 (ހައެއް) އިންސްޓޯލްމަންޓް ފައިސާގެ
ތެރެއިން އެންމެ ފަހު އިންސްޓޯލްމަންޓް ކަމުގައިވާ 65,671.22ރ. (ފަސްދޮޅަސްފަސްހާސް ހަސަތޭކަ
ހަތްދިހައެއްރުފިޔާ ބާވީސްލާރި) ފިޔަވައި ދެން ހުރި ހުރިހާ އިންސްޓޯލްމެންޓެއްގެ ފައިސާ ކަނޑައެޅިފައިވާ
ގޮތުގެ މަތީން މުޙައްމަދު ޝަފްރާޒްގެ ފަރާތުން ދައްކާފައިވާކަމާއި، ހަވަނަ އިންސްޓޯލްމަންޓުގެ ފައިސާ
ދެއްކުމަށް މުޙައްމަދު ޝަފްރާޒްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު އެއްބަސްވެފައިވާ
#
COCOCO
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/107
މުއްދަތުގެ ކުރިން ފައިސާ ދެއްކިފައިނުވާކަން އެނގެން އޮންނައިރު، އެއްބަސްވެފައިވާ ގޮތުގެ މަތީން ފައިސާ
ދެއްކުމަށް ނުކުޅެދިއްޖެނަމަ ގޯތި ގަތުމަށް ދެވުނު ފުރުޞަތު އަނބުރާ ގެންދެވޭނެކަމަށް ކުރިޔާލައި ދެފަރާތުން
އެއްބަސްވެފައިވާކަން އެނގެން އޮންނާތީ، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުން ދެކެނީ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2012/HMC/95 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަން ބުނެވުނު ގޮތަށް ހުރުމުން،
މުޙައްމަދު ޝަފްރާޒްގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2012/HMC/95 ޤަޟިއްޔާ
ސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
CUOC
CC OXO
ހައިކޯޓް
A
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ