ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 06/HC-A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޒުލައިޚާ ޙަފީޘާ
ދާއިމީ އެޑްރެސް: ހއ. ދިއްދޫ މުޝްތަރީގެ
އައިޑީ ކާޑު ނަންބަރު: A083218 މިހާރުގެ އެޑްރެސް: މ. ޗާންދަނީގެ
ބަދަލުގައި: ޙަސަން ފަލާޙް (އައިޑީ ކާޑު ނަންބަރު: A037830)
• އިސްތިއުނާފު ރައްދުވި ފަރާތް: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ހުށަހެޅުނު ތާރީޚް: 09 ޖެނުއަރީ 2013
= ނިމުނު ތާރީޚް: 19 ސެޕްޓެމްބަރު 2013
އިސްތިއުނާފުކުރެވު. ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/1976
ނިންމެވިކޯޓު: ސިވިލްކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 05-10-2011
ނިމުނު ތާރީޚް: 06-09-2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/1976 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި
ދިއްދޫ މުޝްތަރީގެ ޒުލައިޚާ ޙަފީޘާގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
(މީރާ) އެވެ.
0
އެގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1976 ޤަޟިއްޔާއަކީ، ރާއްޖޭގައި
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް
އެކަސްދޫ އެވެ ކިޔާ ފަޅުރަށް ހއ. ދިއްދޫ މުޝްތަރީގެ ޒުލައިޚާ
ޙަފީޤާ (އައި.ޑީ ކާޑު ނަމްބަރު A083218) އަށް ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރ އާއި ޒުލައިޚާ ޙަފީޘާ އާއި ދެމެދު 01 ޖުލައި 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން
ލީސް ރެންޓާއި، ކަނޑައެޅިފައިވާގޮތަށް ލީސް ރެންޓް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ
ގޮތުގައި ޒުލައިޚާ ޙަފީޗާ ދިވެހި ސަރުކާރަށް ދައްކަންޖެހޭ 12,412,128
/
39ރ. (ބާރަމިލިއަން ހަތަރުލައްކަ
ބާރަހާސް އެއްސަތޭކަ އަށާވީސްރުފިޔާ /ތިރީސްނުވަލާރި) ޒުލައިޚާ ޙަފީތާގެ އަތުން އެއްފަހަރާ ހޯދުމަށް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ޒުލައިޚާ ޙަފީޘާގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ށ.
އެކަސްދޫ އެވެ ކިޔާ ފަޅުރަށް ހއ. ދިއްދޫ މުޝްތަރީގެ ޒުލައިޚާ ހަފީޤާ (އައި.ޑީ ކާޑު ނަމްބަރު
A083218) އަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ޒުލައިޚާ
ހަފްތާ އާއި ދެމެދު 01 ޖުލައި 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ލީސް ރެންޓާއި
ކަނޑައެޅިފައިވާގޮތަށް ލީސް ރެންޓް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ޒުލައިޚާ
ހަފީޗާ ދިވެހި ސަރުކާރަށް ދައްކަންޖެހޭ 12,412,128
/
39ރ. (ބާރަމިލިއަން ހަތަރުލައްކަ ބާރަހާސް
33 383,
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
އ#
OOCO
އެއްސަތޭކަ އަށާވީސްރުފިޔާ /ތިރީސްނުވަލާރި) ޒުލައިޚާ ޙަފީތާގެ އަތުން ހޯދުމަށް މޯލްޑިވްސް އިންލެންޑް
ރެވެނިއު އޮތޯރިޓީ އިން ޒުލައިޚާ ޙަފީތާގެ މައްޗަށް ކޮށްފައިވާ މިދަޢުވާއަށް ޝަރީޢަތުން ބެލިއިރު،
ދަޢުވާގައި ބުނެފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާ ކަމާމެދު ޒުލައިޚާ ޙަދީޘްގެ ފަރާތުން
ޝަރީޢަތުގައި އިންކާރު ކޮށްފައިނުވާކަމާއި، 01 ޖުލައި 2009 އިން ފެށިގެން އެއްބަސްވުން ބާތިލްކުރެވުނު
ތާރީޚު ކަމުގައިވާ 21 ޖޫން 2011 އާއި ހަމަޔަށް ޒުލައިޚާ ޙަފީތާ ލީސް ރެންޓް ދައްކާފައި ނުވާކަމާއި،
އެމުއްދަތުގައި ދައްކަންޖެހޭ ލީސް ރެންޓުގެ ޖުމްލަ ޢަދަދަކީ -/
4,198,183ރ. (ހަތަރުމިލިއަން އެއްލައްކަ
ނުވަދިހައަށްހާސް އެއްސަތޭކަ އަށްޑިހަތިންރުފިޔާ) ކަމާއި، އެއްބަސްވެފައިވާ ގޮތަށް ކުލި ނުދައްކާނަމަ
ނުދައްކާއޮތް ކުލީގެ އިތުރުން ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން ކުލި ނުދައްކާއޮތް ކޮންމެ ދުވަހަކަށް
ކުލީގެ %0.5 ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް އެއްބަސްވުމުގެ 9.3 ވަނަ
މާއްދާގައި ބަޔާންވެގެންވާކަމާއި، މިގޮތުން ޖޫރިމަނާގެ ގޮތުގައި 8,213,945
/
39ރ. (އަށްމިލިއަން ދެލައްކަ
ތޭރަހާސް ނުވަސަތޭކަ ސާޅީސްފަސްރުފިޔާ ތިރީސްނުވަލާރި) ޒުލައިޚާ ޙަފީޛާ، މޯލްޑިވްސް އިންލެންޑް
ރެވެނިއު އޮތޯރިޓީއަށް ނުދައްކައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ،
ލީސް ރެންޓާއި ޖޫރިމަނާގެ ގޮތުގައި ޒުލައިޚާ ޢަފީޛު، މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީއަށް ދައްކަންޖެހި ނުދައްކައިއޮތް 12,412,128
/
39ރ. (ބާރަމިލިއަން ހަތަރުލައްކަ ބާރަހާސް
އެއްސަތޭކަ އަށާވީސްރުފިޔާ ތިރީސްނުވަލާރި) އަކީ ޒުލައިޚާ ޙަފީޛާ، މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި،
މިފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދިނުމަށްޓަކައި، މިއަދު، 2012
ސެޕްޓެމްބަރ 06 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ
އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް
ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ ނިންމުމަށް ދިއްދޫ މުޝްތަރީގެ
ޒުލައިޚާ ހަފީޘާއަށް އަންގައި، ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެގެން އޮވެއެވެ.
CCC
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/6
އޭއެބޭފު
1976/Cv-C/2011
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1976
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން،
އިވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ ޒުލައިޚާ ޙަފީޘާގެ ފަރާތުން އިސްތިއުނާފު ކުރުމަށް، 04 (ހަތަރެއް)
ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރެވިފައި މިވާ ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/1976
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެމައްސަލާގައި ޒުލައިޚާ ޙަފީޤާއަށް މައްސަލައަށް
ފުރިހަމައަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެވިފައި ނެތްކަން އެނގެން އޮތުމުން، މައްސަލާގައި
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ގޮތުގެ މަތިން ކުރައްވާފައިވާ
ޙުކުމެއްކަމަށް ޤަބޫލު ނުކުރެވުން ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ސިވިލްކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމް
ކުރެއްވިއިރު، އެޤަޟިއްޔާގައި ދަޢުވާކުރެވުނު ޢަދަދަށް ޒުލައިޚާ ޙަފީޤާ އިންކާރުކޮށްފައި ނުވާކަމަށްބުނި
ނަމަވެސް އެޢަދަދަށް ޒުލައިޚާ ޙަފީޘާ އެއްބަސްވެފައި ނެތްކަން މައްސަލައާ ގުޅިގެން ޒުލައިޚާ ޙަފީޘާގެ
ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮތްއިރުވެސް، މައްސަލާގައި
އިކުމްކުރެއްވިއިރު އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި
ތިންވަނަ ނުކުތާއަކީ: ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/1976 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 4 ވަނަ ނުކުތާގައި ދައުލަތަށް ހޯދަންޖެހޭ ފައިސާ ދެއްކުމާގުޅޭ ގޮތުން ގޮތްތަކެއް
ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ މީރާއަށް ކަމުގައި ކަނޑައަޅުއްވާފައި ވީނަމަވެސް ޒުލައިޚާ
ޙަފީތާއާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ދެމެދު 01 ޖުލައި 2008 ގައި
އެކަސްދޫ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ދަޢުވާ
ރުމުގެ ބާރު މީރާއަށް ލިބިގެންނުވާކަމަށް ޤަބޫލުކުރެވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/1976 ޤަޟިއްޔާގައި ޙުކުމް
ކުރެއްވިއިރު އިސްވެދެންނެވި އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މައްސަލަ ބެއްލެވި
ނެ ބައެފަ.
CC >
COCCO
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
ޤާޟީ މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރެވުން. އަދި އެކަމުގެ ސަބަބުން ޒުލައިޚާ އަފީޤާ
ދައްކަން ނުޖެހޭ ފައިސާއެއް މީރާއަށް ދެއްކުމަށް އެމައްސަލާގައި ޙުކުމްކުރައްވާފައިވުން ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
ހއ.
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1976 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޒުލައިޚާ އަފީޘާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ އެކަސްދޫ ކިޔާ ފަޅުރަށެއް ކުއްޔަށް
ދިނުމަށްޓަކައި ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން
ރިސޯސަސްއާއި ދިއްދޫ މުޝްތަރީގެ ޒުލައިޚާ ހަފީޝާ އާއި ދެމެދު އެއްބަސްވުމެއްހެދި ދެފަރާތުގެ
މެދުގައި 01 ޖުލައި 2008 ގައި ސޮއިކުރެވިފައިވާކަން އެނގެން އޮންނައިރު، އެތާރީޚުން ފެށިގެން
އެއްބަސްވުމަށް ޢަމަލުކުރަން ފެށިފައިވާކަން އެ އެއްބަސްވުމުގެ 03 ވަނަ މާއްދާއިން އެނގެން
އޮންނަކަމާއި، އެއްބަސްވުމުގައި ސޮއިކުރެވުނު ހިނދުން ފެށިގެން 21 އަހަރު ދުވަހުގެ މުއްދަތަށް ށ.
އެކަސްދޫ ކުއްޔަށް ދެވިފައިވާކަން އެއްބަސްވުމުގެ 02 ވަނަ މާއްދާއިން އެނގެން އޮންނަކަމާއިގެ
އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދެއްކުމުގައި ޢަމަލުކުރަންވީގޮތް އެއްބަސްވުމުގެ 09
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން،
9.1 އާއި 9.2 ގައި ކުލި ދެއްކުމުގައި ޢަމަލުކުރަންވީގޮތުގެ ތަފްޞީލު ބަޔާންކުރުމަށްފަހު،
9.3 ގައި، "މިއެއްބަސްވުމުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ތެރޭގައި ކުއްޔަށް ހިފާ
ފަރާތުން ކުލި ނުދައްކައިފިނަމަ، ނުދައްކާއޮތް ކުލީގެ އިތުރުން، އެ ތާރީޚުތަކުގެ ފަހުން ކުލި ނުދައްކާއޮތް
ކޮންމެ ދުވަހަކަށް ޖޫރިމަނާއެއްގެ ގޮތުގައި ނުދައްކާ އޮތް ކުލީގެ %0.5 އަށްވާ ފައިސާ ކުއްޔަށް ހިފާ
ފަރާތުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން
އަންގާ ފަރާތަކަށް ދައްކަންޖެހޭނެއެވެ. މިފަދައިން
ބަޔާންކޮށްފައިވާކަމާއި،
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
cccc
އަދި އެއްބަސްވުމުގެ 44 ވަނަ މާއްދާގައި، ”މިއެއްބަސްވުމުގެ 9.3 ވަނަ މާއްދާގައިވާ
ގޮތުގެމަތިން، ކުލިދައްކަންޖެހޭ ތާރީޚުންފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާއިރު އެ ނުދައްކާއޮތް
ކުއްޔާއި ޖޫރިމަނާގެ ފައިސާ ފުރިހަމައަށް ނުދައްކައިފިނަމަ، މިއެއްބަސްވުމުގެ 45 ވަނަ މާއްދާގައިވާ
ގޮތުގެމަތިން މިއެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިފަދައިން
ބަޔާންކޮށްފައިވާކަމާއި،
އަދި 45 ވަނަ މާއްދާގައި، [މި އެއްބަސްވުމުގެ 43 އަދި 44 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ގޮތަށް ކުއްޔަށްހިފާ ފަރާތުން ޚިލާފުވެއްޖެނަމަ، އެޚިލާފުވުމެއް ރަގަޅުކުރުމަށް 30 ދުވަހުގެ
މުއްދަތެއް ލިޔުމުން މިނިސްޓްރީއިން ކުއްޔަށް ހިފާފަރާތަށް ދޭންވާނެއެވެ. މިމުއްދަތުގެ ތެރޭގައި އެ
ޚިލާފުވުމެއް ރަގަޅު ނުކޮށްފިނަމަ، ނުވަތަ ކުއްޔަށްހިފާ ފަރާތް އިފްލާސް ވެއްޖެނަމަ، މިއެއްބަސްވުމުގެ
ދަށުން މިނިސްޓްރީއަށް ލިބިގެންވާ އެހެން ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނުވާގޮތަށް އަދި އެއްވެސް
ނޯޓިސްއެއް ދިނުމަކާ ނުލައި، ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެނަމަ ނޯޓިސް ދިނުމަށްފަހު،
މިއެއްބަސްވުން ބާޠިލްކޮށް ކުއްޔަށް ހިފާފަރާތުގެ ކިބައިން ރަށް ވަކިކުރުމުގެ ޙައްޤު މިނިސްޓްރީއަށް
ލިބިގެންވެއެވެ.” މިފައިން ބަޔާންކޮށްފައިވާކަމާއި މިކަންކަން ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ
Cccouc
¢¢ ¢ ¢ ¢ ¢ ¢
އެއްބަސްވުމުން އެނގެން އޮވެއެވެ.
44
(ނ) އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1976 ޤަޟިއްޔާގައި
ކޮށްފައިވާ ދަޢުވާއަކީ، އިސްވެ މިބަޔާންކުރެވުނު އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން ޒުލައިޚާ ޙަފީޘާ
ލީޒް ރެންޓުގެ ގޮތުގައި 01 ޖުލައި 2009 އިން ފެށިގެން އެއްބަސްވުން ބާޠިލް ކުރެވުނު ތާރީޚް ކަމުގައިވާ
21 ޖޫން 2011 ގެ ނިޔަލަށް ދައްކަންޖެހޭ -4,198,1831ރ. (ހަތަރުމިލިއަން އެއްލައްކަ
ނުވަދިހައަށްހާސް އެއްސަތޭކަ އަށްޑިހަތިންރުފިޔާ) އާއި، ލީޒް ރެންޓު ނުދެއްކުމުގެ ސަބަބުން
އެއްބަސްވުމުގެ 9.3 ވަނަ މާއްދާގެ ދަށުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހިފައިވާ
8,213,945
/
39ރ. (އަށްމިލިއަން ދެލައްކަ ތޭރަހާސް ނުވަސަތޭކަ ސާޅީސްފަސްރުފިޔާ/ ތިރީސްނުވަލާރި)
އެކު ޖުމްލަ 12,412,128
/
39ރ. (ބާރަމިލިއަން ހަތަރުލައްކަ ބާރަހާސް
އެއްސަތޭކަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
etco
44
46
އަށާވީސްރުފިޔާ ތިރީސްނުވަލާރި) ޒުލައިޚާ ޙަފީތާގެ އަތުން ދައުލަތަށް ލިބިދިނުމަށް އެދިގެން މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމާއި؛
އެ ދަޢުވާގައި ބުނެފައިވާ ފައިސާއަކީ ޒުލައިޚާ ޙަފީޘާގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ
ފައިސާއެއްކަމާމެދަކު އޭނާ އިންކާރުކޮށްފައި ނުވާކަމާއި، އެހެންނަމަވެސް އެފައިސާ ދެއްކުމުގައި
ތާވަލްތަކަކަށް ބަހާލައިގެން ދެއްކޭގޮތެއް ހެދުމަށާއި ޖޫރިމަނާއާއިމެދު ރަނގަޅުގޮތެއް ހަދައިދީ ދެފަރާތް
އެއްބަސްވެވޭ ފައިސާގެ މިންވަރެއް ކަނޑައަޅައިގެން ދެއްކޭނޭ ގޮތެއް ހޯދުމަށް ވާހަކަ ދެކެވެމުންދާކަ
މިދާކަމަށާއި،
މައްސަލަ ކުރިއަށް ނުގެންދަވާ ދެތިން ހަތަރު މަހެއްހާ ދުވަހަށް ލަސްކޮށްދެއްވުން އެދޭކަމަށް ޒުލައިޚާ
ޙަފީޘާގެ ފަރާތުން ސިވިލްކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2012 އޭޕްރީލް 23 ވަނަ ދުވަހުގެ ތާރީޚުގައި
ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، މިއިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1976
ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ޒުލައިޚާ ޙަދީޘްގެ ފަރާތުން ސިވިލްކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
އެދިފައިވާ ފަދައިން ހަތަރު މަސްދުވަށްވުރެ ގިނަ ދުވަސް ފާއިތުވުމަށްފަހު، 2012 ސެޕްޓެމްބަރު 06 ވަނަ
ދުވަހުކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއިގެ
މިއިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޒުލައިޚާ ޙަފީޤާއަށް މައްސަލައަށް
ފުރިހަމައަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެވިފައި ނެތްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮންނަކަމަށް ޒުލައިޚާ އަފީޘާގެ ފަރާތުން ފާހަގަކޮށް، އެއީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ
ގޮތުގެ މަތިން ކުރައްވާފައިވާ ޙުކުމެއްކަމަށް ޤަބޫލު ނުކުރެވޭކަމެއް ކަމަށް
ފާހަގަކޮށްފައިވާތީ، އެކަން ބެލުމުގެ ގޮތުން ހައިކޯޓުން ބެލި ބެލުމުން، މިއިސްތިއުނާފުކުރޭ މައްސަލައާއި
ގުޅިގެން ތަފާތު 6 (ހައެއް) ތާރީޚެއްގައި މައްސަލައިގެ އަޑުއެހުން ބާއްވާ ޒުލައިޚާ ޙަފީޘާގެ ފަރާތުން
ޖަވާބުދާރީވުމަށް 5 (ފަހެއް) ފަހަރެއްގެ މަތިން ފުރުސަތު ދެވިފައިވާކަން އެމައްސަލައިގެ ރެކޯޑް ޝީޓުން
އެނގެން އޮންނަކަމާއިގެ
ޝާރާތްކުރެވުނު 2012 އޭޕްރީލް 23 ވަނަ ދުވަހުގެ ތާރީޚުގައި ޒުލައިޚާ ޙަފީޘާގެ ފަރާތުން
ދީފައިވާ ބަޔާނަށް ބަލާއިރު، ހުށަހެޅިފައިވާ ދަޢުވާއަށް ފައިޞަލާކުރުވަނިވި ޙުކުމެއް ކަނޑައެޅުމަށް ފުދޭ
މިންވަރަށް ޖަވާބުދާރީ ވެފައިވާކަން އެނގެން އޮވެފައި، މައްސަލަ ފަސްކޮށްދިނުމަށް އެދިފައިވާ ތާރީޚާއި
އެއްގޮތްވާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
8
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
މައްސަލަ ނިންމަވާފައިވާ ތާރީޚާއި ދެމެދު ފާއިތުވެފައިވާ ދުވަސްތަކާއި، މައްސަލައިގާ ޖަވާބުދާރީވުމަށް
ދެވިފައިވާ ފުރުޞަތުތަކަށް ބެލުމުން، މައްސަލަ ކޯޓުން ބޭރުން ޙައްލު ކުރުމަށް އެދޭނަމަ އެކަމަށް
އެކަށީގެންވާ ވަގުތު ލިބިދެވިފައިނުވާ ކަމަށް ބެލެވެން ނެތުމުގެ އިތުރުން، މައްސަލައަށް ފުރިހަމައަށް ޖަވާބު
ދާރީވުމަށް ފުރުޞަތުދެވިފައި ނުވާކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
Occc
ނުކުތާތަކުގެ
(ނ) ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1976 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ
4 ވަނަ ނުކުތާގައި ދައުލަތަށް ހޯދަންޖެހޭ ފައިސާ ދެއްކުމާގުޅޭ ގޮތުން ގޮތްތަކެއް ކަނޑައެޅުމުގެ އިޚްތިޔާރު
ލިބިގެންވަނީ މީރާއަށް ކަމުގައި ކަނޑައަޅުއްވާފައި ވީނަމަވެސް ޒުލައިޚާ ޙަފީތާއާއި މިނިސްޓްރީ އޮފް
ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ދެމެދު 01 ޖުލައި 2008 ގައި . އެކަސްދޫ ކުއްޔަށް ދިނުމަށް
ވެފައިވާ އެއްބަސްވުމުގެ ދަށުން، ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ދަޢުވާ ކުރުމުގެ ބާރު މީރާއަށް
ލިބިގެންނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަމާއްދާގައި މީރާގެ
މައިގަނޑު މަޤްޞަދުތައް ބަޔާންކުރެވިފައިވާއިރު، އެމާއްދާގެ (ނ) ގައި އެހެނިހެން ފައިސާ
ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން. މިހެން ބަޔާންކޮށްފައި އޮންނަ އޮތުމަކީ ދައުލަތަށް
ލިބެންޖެހޭ ޓެކްސްއަށް ނުވާ އެހެނިހެން ފައިސާވެސް ބަލައިގަތުން އެއީ މީރާގެ މަޤްޞަދުތަކުގެ ތެރެއިން
މަޤްޞަދެއްކަށް އެނގެން އޮންނަކަމާއި،
އެޤާނޫނުގެ 34 ވަނަ މާއްދާއަށް (ހ) ބަލާއިރު، އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ
އެހެން އެއްވެސް ޢަދަދެއް ނުދައްކާ އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި
އެފައިސާ ކޯޓުގައި ދަޢުވާކޮށްގެން މީރާއަށް ހޯދިދާނެކަމަށް ސާފު ޢިބާރާތުން ބަޔާންކުރެވިފައިވާކަން އެނގެން
އޮންނަކަމާއި،
އެކަސްދޫ ކުއްޔަށް ދިނުމާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް
އެންޑް އެގްރިކަލްޗަރާއި ޒުލައިޚާ ޙަފީޘާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމާއި،
ސަރުކާރަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ޓެކްސް އާއި ޖޫރިމަނާއި އާއި ކުއްޔާއި އެންމެހައި ފައިސާއެއް
ucoc
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
9
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/6
ޖަމާކުރެވޭނީ ދައުލަތުގެ ބޭންކް އެކައުންޓަށް ކަމާއި، މިފަދަ އެއްބަސްވުން ތަކުގައި ހިމެނޭ ފައިސާއާއި ގުޅޭ
މާއްދާތައް ތަންފީޒުކޮށް އެމާއްދާތަކުގެ ދަށުން ސަރުކާރަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ
ޤާނޫނީގޮތުން މީރާގެ މައްޗަށް ކަނޑައެޅިފައިވާ ޒިންމާއެއްކަން އެނގެން އޮންނާތީ، ޒުލައިޚާ ޙަފީތާއާއި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ދެމެދު 01 ޖުލައި 2008 ގައި ށ. އެކަސްދޫ
ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ދަޢުވާ ކުރުމުގެ
ބާރު މީރާއަށް ލިބިގެންނުވާކަމަށް ބަލާނެ ޤާނޫނީ ހަމައެއް އޮތްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ރ) ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/1976 ޤަޟިއްޔާގައި ޙުކުމް ކުރެއްވިއިރު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ޒުލައިޚާ ޙަދީޘް އާއި ދެމެދު އެކަސްދޫ
ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މައްސަލަ ބެއްލެވި
ޤާޟީ މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމުން ޒުލައިޚާ ޙަފީޘާ ދައްކަން ނުޖެހޭ ފައިސާއެއް މީރާއަށް
ދެއްކުމަށް އެމައްސަލާގައި ޙުކުމްކުރައްވާފައިވާކަމަށް ޒުލައިޚާ ޙަދީޘްގެ ފަރާތުން ފާހަކޮށްފައިވާ ނުކުތާއަށް
ބަލާއިރު،
އެއްބަސްވުމުގެ 44 ވަނަ މާއްދާގައި، [މިއެއްބަސްވުމުގެ 9.3 ވަނަ މާއްދާގައިވާ ގޮތުގެމަތިން،
ކުލިދައްކަންޖެހޭ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާއިރު އެ ނުދައްކާއޮތް ކުއްޔާއި
ޖޫރިމަނާގެ ފައިސާ ފުރިހަމައަށް ނުދައްކައިފިނަމަ، މިއެއްބަސްވުމުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން
މިއެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެންވެއެވެ.” މިފަދައިން ބަޔާންކޮށްފައިވާކަމާއި؛
އަދި 45 ވަނަ މާއްދާގައި، ”މި އެއްބަސްވުމުގެ 43 އަދި 44 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ގޮތަށް ކުއްޔަށްހިފާ ފަރާތުން ޚިލާފުވެއްޖެނަމަ، އެޚިލާފުވުމެއް ރަގަޅުކުރުމަށް 30 ދުވަހުގެ
މުއްދަތެއް ލިޔުމުން މިނިސްޓްރީއިން ކުއްޔަށް ހިފާފަރާތަށް
މިމުއްދަތުގެ ތެރޭގައި އެ
ޚިލާފުވުމެއް ރަގަޅު ނުކޮށްފިނަމަ، ނުވަތަ ކުއްޔަށްހިފާ ފަރާތް އިފްލާސް ވެއްޖެނަމަ، މިއެއްބަސްވުމުގެ
ދަށުން މިނިސްޓްރީއަށް ލިބިގެންވާ އެހެން ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނުވާގޮތަށް އަދި އެއްވެސް
ނޯޓިސްއެއް ދިނުމަކާ ނުލައި،
ނުވަތަ މިނިސްޓްރީން
ނޯޓިސް ދިނުމަށްފަހު،
2 2 4 8 64
ދނނއއ.
34ތ ތޑ ތ ދ
ބޭނުންވެއްޖެނަމަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
COCO
މިއެއްބަސްވުން ބާޠިލްކޮށް ކުއްޔަށް ހިފާފަރާތުގެ ކިބައިން ރަށް ވަކިކުރުމުގެ ޙައްޤު މިނިސްޓްރީއަށް
ލިބިގެންވެއެވެ.“ މިފައިން ބަޔާންކޮށްފައިވާކަމާއި، މިމާއްދާގެ ނައްޞުށް ނަޒަރުކުރާއިރު މިމާއްދާގައި
ބަޔާންކުރެވިފައިވާ މިވަނީ އެއްބަސްވުމުގެ 44 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ
އިޚްތިޔާރާއި ބާރު ނުވަތަ ޙައްޤުގެ ބޭނުން ހިފައިފިނަމަ މިނިސްޓްރީއިން ޢަމަލުކުރަންޖެހޭ ގޮތް ކަމާއި؛
އެއްބަސްވުމުގެ 9.3 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކުލިދައްކަންޖެހޭ ތާރީޚުންފެށިގެން 60
(ފަސްދޮޅަސް) ދުވަސް ހަމަވާއިރު އެ ނުދައްކާއޮތް ކުއްޔާއި ޖޫރިމަނާގެ ފައިސާ ފުރިހަމައަށް
ނުދައްކައިފިނަމަ، އެއްބަސްވުމުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއްބަސްވުން ބާޠިލްކުރުމަކީ
މިނިސްޓްރީގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްކުރެވިފައިވާކަމެއް ކަމަށް ދެފަރާތުގެ މެދުގައި ވެވިފައިވާ
އެއްބަސްވުމުގެ 44 މާއްދާއަށް ބެލުމުން ދަލާލަތުކުރާކަމަށް ބެލެވެން ނެތްކަން އެނގެން އޮތުމުގެ އިތުރުން؛
ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން ކުލި
ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާއަކީ މީރާގެ ފަރާތުން ޒުލައިޚާ ޙަފީތާގެ މައްޗަށް
ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1976 ޤަޟިއްޔާގެ ދަޢުވާ ފޯމުގައި ހޯދުމަށް އެދޭ
ފައިސާގެ ތެރޭގައި ހިމެނިފައިވާ ފައިސާއެއްކަން އެނގެން އޮންނައިރު، އަދި މީރާގެ ފަރާތުން ހުށަހެޅި
މައްސަލައިގެ ދަޢުވާއަށް ޖަވާބުދާރީވުމަށް މިޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ
(ށ) ގައިވާ ގޮތުގެ މަތީން ޒުލައިޚާ ޙަފީޘާއަށް އެކަށީގެން ފުރުޞަތު ދެވިފައިވާކަން އެނގެން އޮންނައިރު،
ޖޫރިމަނާގެ ފައިސާ ދެއްކުމަށް އިންކާރުކުރާ ކަމަށް ދަލާލަތުކުރާ އެއްވެސް ވާހަކައެއް ދައްކާފައިވާނުވާކަމުން
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1976 ޤަޟިއްޔާ ނިންމެވުމުގައި ދެފަރާތުގެ މެދުގައި ވެވިފައިވާ
އެއްބަސްވުމުގެ 44، 45 ވަނަ މާއްދާ މާނަ ކުރައްވާފައިވަނީ ރަގަޅަށް ނޫންކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް
ރިޢާޔަތް
ކުރުމުން، ސިވިލް ކޯޓު ނަންބަރު 2011/Cv-C/1976 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
CCC
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/06
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv-C/1976 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަކުގެ
މައްޗަށް ބަލައި އެޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ
ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
*
ޤިވެހިރާއްޖ.
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv