ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 85/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ރިޝީފް ޠާހާ
އައިޑީ ކާޑު ނަންބަރު.
އިޒް.ޢަބްދުﷲ ސިޔާޒް
* އައިޑީ ކާޑު ނަންބަރު: 077969-A
ދާއިމީ އެޑްރެސް: ހ.ސޯސަން/ ކ.މާލެ
A-025801
ވަކީލުން
ދާއިމީ އެޑްރެސް: ނަސީމާމަންޒިލް ޅ.ނައިފަރު
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ތާރީޚް:
22 ރަބީޢުލްއާޚިރު 1433
ނިމުނު ތާރީޚް: 28 ރަމަޟާން 1433
16 އޮގަސްޓު 2012
15
2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1582
• ނިންމެވި ކޯޓް: ސިވިލް ކޯޓު
މައްސަވައިގެ ބާވަތް: ވަޒީފާ އަނބުރާ ހޯދުމާއި، ވަޒީފާއާއި ގުޅޭ އެހެނިހެން ޙައްޤުތައް ހޯދުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް8162
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
މިއީ، ސިވިލް ކޯޓުގެ
1582/Cv-C/2010
• ދަޢުވާގެ ޚުލާޞާ
ނަންބަރު
ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް
ކޮށްދިނުން އެދި ހ.ސޯސަން/ ކ.މާލެ ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ
އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
21 ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1582 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ހ.ސޯސަން ޙުސައިން ރިޝީފް ޠާހާ (އައި.ޑީ.ކާޑު ނަންބަރު
025801-A) މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޗީފް އިންސްޕެކްޓަރެއްގެ ވަޒީފާގައި އުޅެމުންދަނިކޮށް
ޘާބިތުނުހިފޭ، ޙަޤީޤަތާ ޚިލާފު ތުހުމަތެއްގެ ގޮތުގައި އަންހެންކުއްޖަކާއެކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު
ހިންގިކަމުގެ ތުހުމަތުކޮށް، އެތުހުމަތުގެ މައްޗަށް ފުލުސް އޮފީހުގައި 08 އޮގަސްޓު 2010 ގައި
ހައްޔަރުކޮށް، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހައްޔަރުކޮށްފައިވަނީ ޤާނޫނީ
ހަމަތަކުގެމަތިންތޯ ބެލުމަށް 08 އޮގަސްޓު 2010 ގައި ޤާޟީއެއް ކުރިމައްޗަށް ޙާޟިރުކުރުމުން އެކުށް
ކުރިކަމަށްބުނެ ހުށަހެޅި ހެއްކާއި ޤަރީނާއަށް ޤާޟީ ބެއްލެވުމަށްފަހު، ހައްޔަރުގައި ބަހައްޓަންޖެހޭފަދަ ޤާނޫނީ
އެއްނެތްކަމަށް ކަނޑައަޅުއްވައި ޙުސައިން ރިޝީފް ޠާހާ ދޫކޮށްލެއްވުމުން، ވަގުތުން ފުލުސް އޮފީހުގެ
މައި މަރުކަޒަށް ގެންގޮސް ތުހުމަތުކުރި ކުށުގައި ޤާޟީ ދޫކޮށްލެއްވިނަމަވެސް ވަޒީފާއިން ވަކިކުރާނެކަމުގެ
އިންޒާރުދީ، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި އަދި ޤާނޫނުއަސާސީގެ
14, 82
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(1)
20 ވަނަ މާއްދާއިން ލިބިގެންވާ ޙައްޤުތަކާއި ފުލުހުންގެ ޤާނޫނާއި ޤަވާއިދުގައި ޙުސައިން ރިޝީފް ޠާހާ
ވަޒީފާ އަދާކުރުމަށް ލިބިފައިވާ ޙައްޤުތައް ނިގުޅައިގަނެ، ޑިސިޕްލިނަރީ ބޯޑަށް ޙުސައިން ރިޝީފް ޠާހާގެ
މައްސަލަ ފޮނުވަނީކަމަށްބުނެ، ފުލުސް އޮފީހަށް ނުވަދެވޭގޮތަށް ގެއަށް ފޮނުވާލުމަށްފަހު، އޭގެ އެތަށް
ދުވަހެއްގެ ފަހުން ޑިސިޕްލިނަރީ ބޯޑަށް ޙާޟިރުކުރުމަށްފަހު، ޑިސިޕްލިނަރީ ބޯޑުން ޙުސައިން ރިޝީފް
ޠާހާއާމެދު ތުހުމަތުކުރި ކުށުގެ މައްޗަށް ސުވާލުކުރުމެއްނެތި، އަދި ތުހުމަތުކުރި މައްސަލައާ ގުޅިގެން ކޯޑް
އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވިކަމުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ދެއްކުމަކާ ނުލައި
އަދި ތުހުމަތުކުރި ކުށް ޘާބިތުވި ގޮތެއް ދެއްކުމަކާ ނުލައި، މިމައްސަލައިގައި ޙުސައިން ރިޝީފް ޠާހާ ކޯޑް
އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭ
ލުކުރެވޭތީއޭބުނެ،
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ
ޙަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން
ވަކިކުރަން ނިންމިކަމަށް 14 ސެޕްޓެމްބަރ 2010 ގައި ޑިސިޕްލިނަރީ ބޯޑުން އަނގަބަހުން ބުނެ
ޙުސައިން ރިޝީފް ޠާހާ ގެއަށް ފޮނުވާލުމަށްފަހު، ވަޒީފާއިން ވަކިކުރި ތާރީޚެއްގެ ގޮތުގައި 14
ސެޕްޓެމްބަރ 2010 ގެ ތާރީޚް ޖަހައި، 29 ސެޕްޓެމްބަރ 2010 ގައި މިނިސްޓަރ އޮފް ހޯމް
އެފެއަރޒް
ޝިހާބު
ސޮއިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:
2010
/
82/VKL/171 ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުން ޙުސައިން ރިޝީފް ޠާހާއަށް އަންގައި،
ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި އަދި ޤާނޫނުއަސާސީގެ
މާއްދާއިން ލިބިގެންވާ ޙައްޤުތަކާ ޚިލާފަށް، އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ
(ށ) ގައި "ޤަވާއިދާ ޚިލާފު ޢަމަލެއްކޮށްފިކަން ޘާބިތުވާ ޙާލަތެއްގައި" ނޫނީ ވަޒީފާއިން ވަކިނުކުރެވޭނެކަމަށް
އޮންނަ އޮތުމާއި، އަދި ފުލުހުންގެ ޤާނޫނާ ޤަވާއިދުގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާ އަދާކުރުމަށް
ލިބިފައިވާ ޙައްޤުތަކާ ޚިލާފަށް ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، ޙުސައިން
ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި، އަދި ޙުސައިން ރިޝީފް ޠާހާ ހުރި
ވަޒީފާ އަނބުރާ ދިނުމަށާއި، އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން ނުދީހުރި މުސާރައާއި، ވަޒީފާއިން
ވަކިކޮށް އަލުން ވަޒީފާދޭ ދުވަހާ ހަމައަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމަށާއި، މެދުކެނޑިފައިވާ
ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނޭނެކަމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ
މުޙައްމަދު
ޕެނަ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/85
.ދު 33
82
ރިޝީފް ޠާހާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދޭންޖެހޭނެކަމަށާއި، ފުލުހުންގެ ޤާނޫނާއި ޤަވާއިދުގައި ޙުސައިން
އެދިގެންނާއި، އަދި ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާއިން ލިބިގެންވާ ހުރިހާ ޙައްޤުތައް
ލިބިގެންވާކަމަށާއި، އެހުރިހާ ޙައްޤުތައް ޙުސައިން ރިޝީފް ޠާހާއަށް ދިނުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސް (މިނިސްޓްރީ އޮފް ހޯމް އެފެއަރޒް) އަށް އަންގައި އަމުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް
ސަރިވިސް އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޙުސައިން ރިޝީފް ޠާހާ ދައުވާކުރުމުން ބެލެވުނު
ސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކުރާއިރު، 06 އޮގަސްޓު 2010 ދުވަހުގެ ފަތިހު، މިމައްސަލައިގައި އިޝާރާތްކުރެވިފައިވާ
އަންހެންކުއްޖާ މާވެޔޮމިސްކިތް ކައިރީގައި ހުއްޓާ ފުލުހުންގެ ނަންބަރު S5241 ކާރަށް އޭނާ ގަދަކަމުން
އަރުވައިގެން، އޭނާ އޮރިޔާންކޮށް، އޭނޭއާމެދު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގާފައިވާކަމަށް
ތުހުމަތުކުރެވޭ މައްސަލާގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރި ކުރުމުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ތަބަޢަވާންޖެހޭ އިޖުރާއާތަކާ ޚިލާފުވެފައިވާކަމާމެދު، ދެފަރާތުގެ މެދުގައި ދެބަސްވުމެއް
މިމައްސަލާގައި އުފެދިފައިނުވާކަން އެނގެން އޮވެފައި، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ކުރެވިފައިވާ
ކުށުގެ ތުހުމަތަކީ އޭނާ ވަޒީފާއިން ވަކިކުރެވޭވަރުގެ "އެކަށީގެންވާ ތުހުމަތެއް" ކަމުގައި ބެލެވޭ މިންވަރަށް
މަދަނީ މިންގަނޑުން ހެކި ލިބިފައިވާތީ، ޤާނޫނު ނަންބަރު: 5/2008 (ފުލުހުންގެ ޤާނޫނު) އިން ބާރު
ލިބިގެން ހަދާފައިވާ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާއިދު” ގެ
07 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ، ހަމަ އެޤާނޫނުގެ ދަށުން ބާރު ލިބިގެން
ހަދާފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙުސައިން ރިޝީފް ޠާހާ
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކަމުގައި ބެލެވޭނެތަ
ނެތަނެއް ނެތްކަމަށްޓަކައި، ޙުސައިން
ރިޝީފް ޠާހާގެ ދައުވާގައި އެދިފައިވާ ފަދައިން ޙުސައިން ރިޝީފް ޠާހާއަށް އަނބުރާ ވަޒީފާ ދިނުމަށް
އަންގާނެ ތަނެއް ނެތްކަމަށް ޙުކުމްކޮށް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ނުދީވާކަމަށް ބުނާ މުސާރަ
ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބަލައިދެވޭނެކަން ޙުސައިން ރިޝީފް ޠާހާއަށް
އަންގައި މިޤަޟިއްޔާ ނިންމީއެވެ.” މިފަދައިންނެވެ.
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/85
ހއއ
08
ދިވެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1582 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ.ސޯސަން/ ކ.މާލެ
ޙުސައިން ރިޝީފް ޠާހާގެ ފަރާތުން 07 (ހަތެއް)
ހުށަހަޅާ އެނުކުތާތަކާއި
ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މައްސަލާގައި ޙުސައިން ރިޝީފް ޠާހާ އާއި އެއްކޮޅަށް ހުށަހެޅުނު
ހެކިތަކަށާއި ވަށައިގެންވާ ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރައްވާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިމައްސަލައާއި ގުޅިގެން ވަޒީފާއިން
ވަކިކޮށްފައިވާ އެހެން ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށްކަމަށް ސިވިލް
ކޯޓުން ޙުކުމް ކޮށްފައިވާއިރު މިމައްސަލާގައި ކުށްކުރިކަމަށް ތުހުމަތުކޮށްފައިވާ ފަރާތްތަކަށް ވަޒީފާ
އިޢާދަކުރުމަށް ސިވިލްކޯޓުން ކޮށްފައިވާ ޙުކުމާއި މިމައްސަލާގައި ކޮށްފައިވާ ޙުކުމް ތަފާތުވުމުން
މައްސަލަތަކުގައި އެއްގޮތަށް ޙުކުމްކުރުމުގެ ޢިޖްރާތާއި ޚިލާފުވެފައިވާ ކަމުގައި ބުނެ ހުށަހެޅި
ހުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، މަދަނީ މިންގަނޑުން "އެކަށީގެންވާ ތުހުމަތެއް" ކުރުމަށް ބޭނުންވާ
ހެކި ލިބެންޖެހޭ މިންވަރުން މިމައްސަލާގައި ދެފަރާތުގެ ހެކި އަޅާކިޔާފައި ނުވާކަމާއި، ބެލެންސް އޮފް
ޕްރޮބެބިލިޓީ
މިންގަނޑުން މައްސަލަ ކުރިއަށް ގެންދިޔައިރު، ދައުވާކުރާ ފަރާތުގެ ވާހަކަތައް
ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައި އަޅާ ކިއިފައި ނުވުމާއި، ދައުވާކުރާ ފަރާތުގެ ވާހަކަތަކަށް
ރިޢާޔަތްކުރެވިފައި ނުވުމާއި، ކޯލް ލޮކޭޝަން ބަލައިގެން ކާރު ދުއްވިކަމަށް ބުނާ ޗާޓް ކުރަހައި ދައުލަތުން
ހުށަހަޅާފައިވާއިރު، ކާރަކަށް ނުވަދެވޭ މަގުތަކުން ކާރު ދުއްވާފައިވާކަމަށް އެޗާޓުގައި ބަޔާންކޮށްފައިވާއިރު
އެޗާޓުގެ ޞައްޙަކަމާއިމެދު އެއްވެސް ދިރާސާއެއް ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
COCO
s
6
އއބފަ8އޤީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/85
4
03 253
ކުށެއް
ސަޞތކރފާން
ނުކުރެވުމަށްވުރެ
ދިވެހި 28 އާއިކް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ރ) ހަތަރުވަނަ ނުކުތާއަކީ، މ.ބަގީޗާގޭ ދޮރުމަތީގައި އޮތް ރަތް ކާރެއްގެ ފަހަތުގައި ކާރު
މަޑުކުރިކަމަށް ދައުވާލިބޭ ފަރާތުން ބުނާއިރު، ޙުސައިން ރިޝީފް ޠާހާ ދިރިއުޅޭ މއ.މެއިންޒް އާއި
މ.ބަގީޗާގެ އާއި ދެ ގެއަކީ ފަރީދީމަގުގެ ދެކޮޅުގައި ހުރި ދެ ކަމަށްވާއިރު މިމައްސަލާގައި ހުށައެޅިފައިވާ
ހެކިތައް ތަޢާރަޟުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މީހެއްގެ މައްޗަށް ޖިނާއީ
ކުށެއްކުރުމުގެ ތުހުމަތުގައި އެމައްސަލައިގެ އިދާރީ އަދަބެއްގެ ގޮތުން ވަޒީފާއިން ވަކިކުރާއިރު، މިފަދަ
މައްސަލަތަކުގައި
ސާބިތު
ގާތްވުމަކީ އިދާރީގޮތުން ފިޔަވަޅު
އެޅުމުގެ މިންގަނޑެއްކަމަށް ދައުލަތުން ޤަބޫލު ކުރާއިރު އެމިންވަރަށް ކުށް ސާބިތުވެފައިނުވާކަމަށް
ހުށަހެޅި ނުކުތާ.
(ބ) ހަވަނަ ނުކުތާއަކީ، ވަޒީފާއިން ވަކިކުރި ގޮތާމެދު ޕޮލިހުން ގެންގުޅުނު އިޖުރާއަތާމެދު
ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް ނެތްކަމަށް ބުނާއިރު، ޙުސައިން ރިޝީފް ޠާހާ އެކަމާ އިޢުތިރާޒް
ނުކުރާ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
() ހަތްވަނަ ނުކުތާއަކީ، މިމައްސަލާގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރުމަށް
ކޮށްފައިވާ ތުހުމަތަކީ "އެކަށީގެންވާ ތުހުމަތެއް ނޫންކަމާއި އެއީ ހަމައެކަނި "މީ" އެއްކަމުގައި
ބެލެވިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03 މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1582 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހ.ސޯސަން ޙުސައިން ރިޝީފް ޠާހާގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
COC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
3
2 ހ93¢ ¢
0028އވެ
(ހ) ފުރަތަމަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/1582 ޤަޟިއްޔާގައި ޙުސައިން
ރިޝީފް ޠާހާގެ ފަރާތުން ކުޅި ދަޢުވާއަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދީފައިވާ ޖަވާބަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި
ޙުސައިން ރިޝީފް ޠާހާ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ޙުސައިން ރިޝީފް ޠާހާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއެއްގައި ހުރެ އަންހެންކުއްޖަކާއި މެދު ގަދަކަމުން ބަދުއަޚުލާޤީ
ޢަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވިގެން އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން
ތަޙްޤީޤުކުރުމަށްފަހު، ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ޙުސައިން ރިޝީފް
ޠާހާ އެޢަމަލުގައި ބައިވެރިވިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޤަބޫލުކުރެވޭތީ ކަމަށާއި، ޙުސައިން
ރިޝީފް ޠާހާގެ މައްޗަށް ތުހުމަތުކުގެ އެއްވެސް ގޮތަކުން އަންހެންކުރީތީ
އަންހެންކުއްޖާއާއި މެދު ގަދަކަމުން
ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ތުހުމަތު ނޫންކަމަށާއި، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުހުމަތު
ކުރެވެނީ ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ ބަޔަކަށް އެކަން ކުރަން ހިތްވަރުދީ، އެކަން
ކުރަން އަންގާފައިވާތީކަމަށާއި، ޙުސައިން ރިޝީފް ޠާހާގެ މިޢަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި
އަދި ކޯޑް އޮފް އެތިކްސްއާއި ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށާއި، ޙުސައިން ރިޝީފް ތާހާ ފުލުހުންގެ
ވަޒީފާއިން ވަކިކުރީ ޤާނޫނު ނަންބަރު 5/2008 ( ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ
ދަށުން ޤާނޫނީ ބާރު ލިބިގެން ހަދާފައިވާ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު
ދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، ހަމަ އެޤާނޫނުގެ ދަށުން
ބާރު ލިބިގެން ހަދާފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާއަށް ބަލާއިރު،
އެމާއްދާއަކީ ފުލުހުންގެ ޚިދުމަތުގައި ތިބި ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ބަޔާންކޮށްފައިވާ
މާއްދާކަމާއި، މިގޮތުން އެމާއްދާގެ (ށ) ގައި، "މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤަކުން
ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް ޢަމަލެއް ކޮށްފިކަން ފުލުހުންގެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ
ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން
އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ
ބުރޫއަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީން
ހުށަހެޅުމުން؟" މިފަދައިންބަޔާންކޮށްފައިވާކަމާއި،
#
ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި،
އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު"
ގެ 7 ވަނަ މާއްދާއަކީ ފުލުހުން ޑިސިޕްލިނަރީ އަދި އިދާރީކޮށް
ބަޔާންކޮށްދޭ މާއްދާކަމާއި މިގޮތުން
މިމާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އޮންނަނީ ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑު އޮފް
ކޮންޑަކްޓުގައި ބަޔާންކޮށް
ހޮންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް ހިންގާ ކޮންމެ ޢަމަލަކީ ޑިސިޕްލިނަރީ އަދި
ކުށެއްގެ ގޮތުގައި ކަނޑައަޅާފައިކަމާއި،
އިސްވެ މިބަޔާންކުރެވުނު ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ މާއްދާތަކަށްބަލާއިރު
މޯލްޑިވްސް ޕޮލިސް ސާރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24
ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ދެކަމެއް ޝަރުތުކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އޭގެ ތެރެއިން ފުރަތަމަ ކަމަކީ، މުވައްޒަފަކު ޤާނޫނާއި ނުވަތަ ގަވައިދާއި ޚިލާފު ޢަމަލެއް ކޮށްފިކަމުގެ
ތުހުމަތުގައި އެމުއްސަސާއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން އެމުވައްޒަފަކު ޤާނޫނާއި ނުވަތަ
ގަވައިދާއި ޚިލާފުވިކަން ތަޙްޤީޤަށް ސާބިތުވުންކަމާއި، ދެވަނަ ކަމަކީ، ތަޙްޤީޤަށް އެސާބިތުވިކަމެއްގެ
މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް
ފަހެޅުމުން އެކޮމެޓީން ނުވަތަ ބޯޑުން އެމުވައްޒަފެއްގެ މައްސަލަ ބެލުމަށްފަހު އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރަން ހުށަހެޅުންކަމާއި، މިކަންކަން އެނގެން އޮންނަކަމެވެ.
8
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/25 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ފަދައިން މީހަކު ޖިނާއީކުށެއް ކުރިކަމުގެ
ދިވެހިރާއްޖޭ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
ކަން
ތުހުމަތުގައި އޭނާގެ ވަޒީފާއިން ވަކިކުރާ ޙާލަތުގައި ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅު
އެޅުމަށްޓަކައި ސާބިތުވާން އޮންނަ މިންގަނޑު ކަމަށްވާ ހުށައެޅިފައިވާ ހެކިތަކާއި ޤަރީނާތައް
ވަޒަންކޮށްބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް
ބިނާކޮށްގެން
(Balance of Probablities) އެނގޭކަމާއި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާއަށް
ބަލާއިރު "މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު
ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް އަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިންވެސް ބަލަންޖެހޭނީ މިދެންނެވި އުސޫލުންކަމާއި، އެހެންނަމަވެސް
ތުހުމަތުކުރެވޭ މައްސަލައާއި އެކު ހުށައެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށްބަލާއި
ބޮޑަށް ބުރަވެވޭ
ގޮތެއް ކަނޑައަޅަން ޖެހޭނީ ތުހުމަތުކުރެވޭ ކުށް ނުވަތަ ކަމުގެ ބާވަތަށާއި، ހުށައެޅިފައިވާ ހެކި ޤަރީނާ
ލިބިފައި ހުރި މިންވަރުގެ މައްޗަށާއި، މައްސަލައިގެ ވަށައިގެންވާ
ކަންކަމުގެ މައްޗަށް އެކަށީގެންވާ
ބަލަންޖެހޭ ބެލުންތަކަށް ބެލުމަށްފަހު،
ންމަން ޖެހުނު ސަބަބު
ބަޔާންކުރުމަށްފަހުގައި ކަމާއި،
ޑ ވ ޑރ
3ނގ އނގ22
فرم تماس
sހ8
އެޤީeށް
ނޫން.7
ސާފުކޮށް
ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ކުރެވުނު ތުހުމަތަކީ އަންހެންކުއްޖަކާއި އެކު ބަދު
އަޚުލާޤީ ޢަމަލުތަކެއް ހިންގުމަށް ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންތަކަކަށް
ހިތްވަރުދީ އެމީހުންނަށް ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް އެންގުންކަމަށްވާއިރު، މިމައްސަލައާއި ގުޅިގެން
ޙުސައިން ރިޝީފް ޠާހާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމުގެ ކުރިން ބަލަންޖެހޭނީ ޙުސައިން ރިޝީފް
ޠާހާގެ ދަށުން މަސައްކަތްކުރާ ފުލުހުންތަކަކަށް އަންހެންކުއްޖަކާއި މެދު ބަދުއަޚުލާޤީ ޢަމަލުތަކެއް ހިންގުމަށް
ޙުސައިން ރިޝީފް ޠާހާ އަމުރުކުރިކަމަށް ދަލީލު ކޮށްދޭ އަދި މިޢަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާ
ހިތްވަރުދިން ކަމަށް ބާރު ލިއްބައިދޭ ހެކި ޤަރީނާތަކަކީ ކޮބައިތޯއާއި، އަދި ހުށައެޅުނު އެކި ޤަރީނާތަކާއި
ޙުސައިން ރިޝީފް ޠާހާއާއި ހުރި ގުޅުންތަކަށް ދެވޭނެ ބުރަދަނަކީ ކޮބައިތޯ އާއި ޙާދިސާ ހިނގިކަމަށް ބުނާ
ގޮތުގެ މައްޗަށް ރިޢާޔަތްކުރާ އިރު ޙުސައިން ރިޝީފް ތާހާ އެފަދަ ކަމެއް ކޮށްފާނެކަމަށް ޤަބޫލުކުރެވޭ ފަދަ
އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ އާއި މިއެންމެހާ ކަންކަމުގެ މައްޗަށްކަން އެނގޭކަމެވެ.
U OX
4
ދިވެހިރާއްa
ހައިކޯ
،ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ރާއްޖޭގެ ހައިކޯ"
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
(ރ) ހަތަރުވަނަކަމަކީ، ޙުސައިން ރިޝީފް ޠާހާ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޖެހުނު
ސަބަބެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފައިވާ ސަބަބަށާއި
މައްސަލައާއި ގުޅިގެން ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ހުށައެޅި ހެކި ޤަރީނާތަކުގެ ގޮތުގައި ދައުލަތުގެ
ފަރާތުން ދަށުކޯޓަށް ހުށައަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު،
a · 4
3334 3 9
e200ކވެ
ބޮރ2
ފުލުހުންގެ ވަޒީފާއިން ޙުސައިން ރިޝީފް ޠާހާ ވަކިކުރުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ "2010 އޯގަސްޓް 06 ވަނަ ދުވަހުގެ ފަތިހު
ގދ.ތިނަދޫސަކީނާމަންޒިލް އާމިނަތު ޒިޔާދާ، މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ގަދަކަމުން S5241
ކާރަށް އޭނާ
އަރުވާ، އޭނާ ލައިގެންހުރި ހެދުން ބާލުވައި ހިންގާފައިވާ ޢަމަލުގައި ބައިވެރިވިކަމަށް
އެންމެހައި ފަރާތްތަކުން ޑިސިޕްލިނަރީ ބޯޑަށް ޖަވާބު ދިނުމުގައި ތުހުމަތުކުރެވުނު
ދައްކާފައިވާ ވާހަކަތަކުން ފުށުއަރާ ގިނަކަންތައްތަކެއް ފާހަގަކުރެވެފައިވާތީއާއި، ކަމުގެ އަޞްލު
އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވިފައި ތަޙްޤީޤުކުރި ފަރާތުން
ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން
ރިޝީފް ޠާހާ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، އަދި ކޯޑް އޮފް އެތިކްސް އާއި ޚިލާފްވެފައިވާކަމަށް
ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާއިބެހޭ
ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ 01 އާއި ޙަވާލާދީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ
މާއްދާގެ (ށ) ދަށުންކަމަށް" ބަޔާންކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޢާއްމު ސިޓީ
ނަންބަރު 2010
/
446/HRD
(
DAU
)
/
SJ-171 އަށް ބެލުމުން އެނގޭކަމާއި،
ލިކުރވިފައިވާގއައ
ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުހުމަތުކުރެވުނު ޙުސައިން ރިޝީފުތާހާގެ ދަށުން
މަސައްކަތްކުރާ މުވައްޒަފުންތަކަކަށް އަންހެން ކުއްޖަކާއި މެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ،
މިޢަމަލު ހިންގުމަށް އަމުރުކުރިކަން ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ސިވިލް ކޯޓުގެ
ނަންބަރު 2010/Cv-C/1582 ޤަޟިއްޔާގައި ދައުލަތުން ފަރާތުން ހުށައަޅާފައިވާ ހެކިތަކަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
އާމިނަތު ޒިޔާދާ ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ ކޮޕީ،
ޙުސައިން ރިޝީފް ޠާހާ ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ ދެލިކޮޕީއާއި، ތަޙްޤީޤަށް
ދީފައިވާ ބަޔާނުގެ ސީޑީ“
ޙާދިސާ ހިނގިކަމަށްބުނާ ވަގުތު ޙުސައިން ރިޝީފް ޠާހާ ކޮށްފައިވާ ފޯނު ކޯލު
ރެކޯޑުތަކުގެ ތަފްސީލް
ޙުސައިން ރިޝީފް ޠާހާގެ ވަޒީފާ ބަޔާނާއި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގެ ކޮޕީ
އާއި މިލިޔުންތައް ކަން އެނގެން އޮންނަކަމާއި،
މީގެ އިތުރުން، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލު އޭނާ
ހިންގާފައިވާ ކަމުގައި އެކަށީގެންވާ މިންވަރަށް ޤަބޫލުކުރެވޭ ވަރުގެ އެކަށީގެންވާ ތުހުމަތެއް" ކުރުމަށް
މަދަނީ މިންގަނޑުން ލިބިފައިވާ ހެއްކާއި ޤަރީނާގެ ގެ ގޮތުގައި ހިމެނޭ ކަންކަން ސިވިލްކޯޓުގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ގެ 11 ވަނަ ނުކުތާގައި ފާހަގަކޮށްފައި
ކޮށްފައިވާކަން އެނގޭކަމެވެ.
4
2 ޗ
د بريسو
(ބ) ފަސްވަނަކަމަކީ، ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ސަބަބަށާއި، މައްސަލައާއި ގުޅިގެން ދަށުކޯޓަށް ހުށައެޅުނު
ހެކި ޤަރީނާތަކަށާއި، އަދި ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1582 ޤަޟިއްޔާ ނިންމެވުމުގައި
ޝަރީޢަތުން ފާހަގަކޮށްފައިވާ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 11 ވަނަ ނުކުތާގައި ބަޔާން ކޮށްފައިވާ
ކަންކަމުގެ މައްޗަށްބަލާ، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް
ޢަމަލު އޭނާ
ހިންގާފައިވާކަމުގައި އެކަށީގެންވާ މިންވަރަށް ޤަބޫލުކުރެވޭވަރުގެ
"އެކަށީގެންވާ
ހުރިތޯ
ބެލުމަށްޓަކައި މިމައްސަލައިގައި ޙުސައިން ރަޝީފް ޠާހާގެ މައްޗަށް ހުރި އިދިކޮޅު ހެކިތަކާއި
ހުރި ހެކިތައް އަޅާ ބެލިއިރު،
4 22 99
هހ2 eކވެ
32 29
] 8 64
ތހުމަތު
eކއި
86=ހ8
އއބޅަނ
ކުށުގެ
މި މައްސަލައިގައި އިޝާރާތްކުރެވޭ ޢަމަލު އެފަރާތަކާއި މެދު
ހިންގާފައިވާކަމަށް ބުނާ އަންހެންކުއްޖާ ގދ. ތިނަދޫ ސަކީނާ މަންޒިލް އައިމިނަތު ޒިޔާދާ އަކީ، ޙުސައިން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
ރިޝީފް ޠާހާ ކުރިން ދެކެފަރިތަ އަދި އެފަރާތަކާއި މެދު ޢަދާވަތްތެރިކަމެއް އޮތް ފަރާތެއްކަން އައިމިނަތު
ޒިޔާދުގެ ބަހުންވެސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުން ވެސް އެނގެން ނެތް އިރު،
ޙުސައިން ރީޝީފް ޠާހާ ގެ ދަށުން މަސައްކަތް ކުރާ ފުލުހުންތަކަކަށް މިއައިމިނަތު ޒިޔާދާއާއި މެދު
ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް އަންގާ އެކަމަށް ހިތްވަރުދޭންޖެހޭ ފަދަ ސަބަބެއް ބުއްދީގެ
ހަމަތަކުން ބަލާއިރު އެނގެން ނެތްކަން.
(ހ) އައިމިނަތު ޒިޔާދާގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ތަޙްޤީޤު
ބަޔާނުގައި އޭނާއާއި ބަޔަކު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަމަށް ބުނެފައިވާއިރު، އެކަމުގައި
ޙުސައިން ރިޝީފް ޠާހާ ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް ބުނެފައިނުވާކަމާއި، އަދި އައިމިނަތު
ޒިޔާދާއާއި މެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގިކަމަށް
ފުލުހުންގެ ފަރާތުން
ދީފައިވާ ބަޔާންތަކުގައި މިޢަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާ ހިތްވަރުދިންކަން އަދި އެކަމަށް
އަމުރުކުރިކަމަށް ބުނެފައިނުވާކަން.
ތަހުމަތުކުރެވި
لا 4ހ8
(ނ) މިޙާދިސާ ހިނގިކަމަށް ބުނާރޭގެ 4:30 އާއި 5:00 އާއި ދެމެދުގެ ވަގުތެއްގައި
ޙުސައިން ރިޝީފް ޠާހާ ގޭގައި ޓީވީ ބަލަން އިންދާ ބޭރުން މާ އަޑުގަދަވެގެން ބެލްކަންޏަށް ނިކުމެ
ބަލާލިއިރު، ޙުސައިން ރިޝީފް ޠާހާ ދިރިއުޅޭ ގޭގެ ކުރިމަތީ މަގުމަތީގައި އަންހެން ކުއްޖަކު އޮރިޔާމުން
ހުއްޓާ ފެނިގެން އެކުއްޖާގެ އޮރިޔާން ނިވާކޮށްދިނުމުގެ ނިޔަތުގައި ޙުސައިން ރިޝީފް ޠާހާ ގެ ޓީޝާޓެއް
ދިނުމަށްފަހު އޮރިޔާމުން ނުހުރެ ޓީޝާރޓް ލުމަށް ބުނިކަމަށާއި އަދި އޭނާ ޓީޝާޓް ލުމުން
ޙުސައިން ރިޝީފް ޠާހާ ގެއަށް އައިސް އެކަން ފުލުހުންނަށް އެންގިކަމަށް ޙުސައިން ރިޝީފް ޠާހާ
ބުނާކަމާއި، ޙުސައިން ރިޝީފް ޠާހާ މިޢަމަލުގައި ބައިވެރިވެފައިވާނަމަ، ޙުސައިން ރިޝީފް ޠާޚް
ދިރިއުޅެމުންދާގޭގެ ކުރިމައްޗަށް އަންހެންކުއްޖާ ގެނައުމަށް އޭނާގެ ދަށުން މަސައްކަތްކުރާ ފުލުހުންތަކަ
ންތަކަކަށް
އަންގާ މިއަންހެންކުއްޖާ މަގުމަތީގައި ހުއްޓާ ޙުސައިން ރިޝީފް ޠާހާ ނިކުމެ އެކުއްޖާގެ އޮރިޔާން
ނިވާކޮށްދީ އެކަން އޭނާގެ ފަރާތުން ފުލުސް އޮފީހަށް އަންގާފާނެ ކަމަށް ޤަބޫލު ނުކުރެވޭކަން.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
އަކަށް މިނެޓް
(ނ) އައިމިނަތު ޒިޔާދާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، ބަޔަކު އައިމިނަތު ޒިޔާދާ
އޮރިޔާންކުރުމަށްފަހު ކާރުން ބޭރުވުމުން، އެތަނުގައި އައިމިނަތު ޒިޔާދާ 30
ހޭދަކޮށްފައިވާކަމަށް ބެލެވޭއިރު، ޙުސައިން ރިޝީފް ޠާހާ އައިމިނަތު ޒިޔާދު ހުރިތަނަށް ޓީޝާޓެއް
ހިފައިގެން އައުމުގެ ކުރިޔަށް އައިމިނަތު ޒިޔާދާ ވަނީ އޭނާގެ ދެރަޙުމަތް ތެރިއަކަށް ފޯނުން ގުޅާ އައިމިނަތު
ޒިޔާދާ ހުރިތަނަށް ގެނުވާފައިކަމާއި، އެހެންނަމަވެސް މިރަޙުމަތްތެރިން އައުމުގެ ފަހަށްވެސް މިތަނުގައި
އައިމިނަތު ޒިޔާދާ މަޑުކޮށްގެން ޙުސައިން ރިޝީފް ޠާހާ އަންނަންދެން މަޑުކުރަން ޖެހުނު ސަބަބެއް
އެނގެން ނެތްކަން.
29
3 ދވ
ބޯޑަށް
ހދު 8
4
2
() ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން އިން ވަކިކުރުމަށް ނިންމި ކަންތައްތަކުގެ
ތެރޭގައި، ތުހުމަތުކުރެވުނު އެންމެހައި ފަރާތްތަކުން ޑިސިޕްލިނަރީ ބޯޑަށް ޖަވާބުދިނުމުގައި އެމީހުން
ދައްކާފައިވާ ވާހަކަތަކުގައި ފުށުއަރާ ގިނަކަ
ގިނަކަންތައްތަކެއް ފާހަގަކުރެވެފައިވާކަމަށާ، އެއީ ކަމުގެ އަޞްލު
މަސައްކަތްކޮށްފައިވުންކަމަށް
ޤަބޫލުކުރެވިފައިވާކަމަށް
އިވާއިރު، ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ ވާހަކަތަކުގައިހުރި ފުށުއެރުންތަކަކީ ކޮބައިކަމެއް
ނެތްކަމާއި، އަދި ޙުސައިން ރިޝީފް ޠާހާ އޮޅުވާލީ ނުވަތަ ފޮރުވަން މަސައްކަތްކުރީ
ކޮންޙަޤީޤަތެއްކަން ސާފުވާންނެތްކަމާއި، ކަމެއްގައި ތުހުމަތުކުރެވޭ މީހުންނާ ކުރެވޭ ސުވާލުތަކަށްދޭ
ޖަވާބުތައް އެއްގޮތް ނުވުމަކީ، އެކަމެއްގައި ތުހުމަތުކުރެވުނު އެންމެން އޮޅުވާލުމަށް މަސައްކަތްކުރާކަމުގައި
ބެލެވޭނެ އަސާސެއް ނޫންކަން އެނގޭކަން.
ދި 8ޑޑ 8
م پر سودني
(ވ) މައްސަލައިގައި ތުހުމަތު ކުރެވޭ ކުށުގެ ޢަމަލު އެފަރާތަކާއި މެދު ހިންގާފައިވާކަމަށް
ބުނާ އަންހެން ކުއްޖާ އެރުވިކަމަށް ތުހުމަތުކުރެވޭ ނަންބަރު S5241 ކާރުގެ ތަޅުދަނޑި ކާރުގައި
ޖަހާފައިވަނިކޮށް އެތަޅުދަނޑި ނެގުމަށް ފަހު، އެތަޅުދަނޑި ކޯޕްރަލް މުޙައްމަދު ފަޔާޝާއި
ޙަވާލުކޮށްފައިވާކަމަށް ޙުސައިން ރިޝީފް ޠާހާ ތަޙްޤީޤުގައި އެއްބަސްވެފައިވީނަމަވެސް، މިތަޅުދަނޑި
މުޙައްމަދު ފަޔާޝާ ޙަވާލުކުރަން ޖެހުނު ސަބަބު ހަމަ އެތަޙްޤީޤު ބަޔާނުގައި ޙުސައިން ރިޝީފް ޠާހާ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
ފަރާތުން ބަޔާންކޮށްފައިވާކަމާއި މިގޮތުން ނަންބަރު S5241 ކާރަކީ ޕެޓްރޯލްކުރަން ބޭނުންކުރާ ކާރެއް
ކަމަށާއި، ކާރު ޕާކުކޮށްފައި އޮންނަނީ އައި.ކޭ 2 ގައި ކަމަށާއި، ކާރުގެ ތަޅުދަނޑި އަބަދުވެސް ހުންނަނީ
ޖަހާފައިކަމަށާއި ނަމަވެސް ރޭގަނޑު ބަޔަކު ނިކުމެ މިކާރުގެ ބޭނުން ނަހަމަގޮތުގައި ކުރަމުންދާތީއާއި ކާރުގެ
ތަޅުދަނޑި ކާރުގައި ޖަހާފައިބާއްވައިފިނަމަ ކާރުގައި ބަޔަކު ނިކުމެދާނެކަމަށް ބަލައި އެކަން
ހުއްޓުވުމަށްޓަކައި ކާރުގެ ތަޅުދަނޑި ކާރުން ނަގައި ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޝާއި
ޙަވާލުކޮށްފައިވަނީ ކަމަށް ޙުސައިން ރިޝީފް ޠާހާ ބުނެފައިވާކަމާއި، ޙުސައިން ރިޝީފް ޠާހާގެ ފަރާތުން
މިކާރުގެ ތަޅުދަނޑި ޙަވާލުކުރެވުނު މުޙައްމަދު ފަޔާޝަކީ މިކާރުގެ ތަޅުދަނޑި ޙަވާލުކުރުމުގެ ހުއްދަ
ނެތްފަރާތެއް ކަން އެނގެން ނެތްއިރު، އަދި މިކަން ހިނގާދިޔައީ މިފަދައިން ނޫންކަމަށް މޯލްޑިވް
މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އިންކާރުކޮށްފައިނުވާއިރު، މުޙައްމަދު ފަޔާޟް މިކާރުގެ ތަޅުދަނޑި ޙުސައިން
ރިޝީފް ޠާހާ ޙަވާލުކުރި ކުރުމަކީ، އައިމިނަތު ޒިޔާދާއާއި މެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލުހިންގުމަށް
ޙުސައިން ރިޝީފް ޠާހާ ހިތްވަރުދިންކަމަށް ބެލެވޭ ފަދަ ސަބަބެއް ނޫންކަން.
etcc
4 3
etc
(ކ) ހާދިސާހިނގިރޭ އާމިނަތު ޒިޔާދާ ގަދަކަމުން އެރުވިކަމަށްބުނާ ނަންބަރު S5241
ކާރު މާލެތެރޭގައި ދުއްވިކަމަށް ބެލެވޭ ވަގުތު، އެކާރުގައި ތިބިކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ޙުސައިން
ރިޝީފުތާހާ ގުޅާފައިވާކަމަށާއި، ކޯލް ތަކުގެ ލޮކޭޝަނާއި، އެކާރު ދުއްވި މަގުތައް ކަމުގައި އައިމިނަތު
ޒިޔާދާ ތަޙްޤީޤުގައި ބުނެފައިވާ މަގުތަކާއި ދިމާވާކަމުގައި ބެލެވެން އޮތްކަމަށް ފެނުނުކަމަށްވި ނަމަވެސް
މިހާދިސާ ހިނގިކަމަށް ދައުލަތުން ބުނެފައިވަނީ 06 އޯގަސްޓް 2010 ދުވަހުގެ ފަތިހުގެ
ވަގުތެއްގައިކަމާއި، ނަމަވެސް އާމިނަތު ޒިޔާދާ ގޮވައިގެން އެކާރުދުއްވި މަގުތައް ހޯދުމަށް މައްސަލަ
ތަޙްޤީޤުކުރި ފަރާތުން މާލޭގެ މަގުތަކުގައި ދުއްވާފައިވަނީ ހާދިސާ ހިނގިކަމަށް ބުނާ ތާރީޚުގެ ބަރާބަރު
ދެމަސް ދުވަހުގެ ފަހުންކަން ފާހަގަކުރެވޭކަމަށާއި މިކަން މިގޮތަށް ކޮށްފައިވަނީ ތުހުމަތު ކުރެވުނު
ފަރާތްތަކުގެ ފޯނު ކޯލްތަކުގެ ސިގްނަލްތަކުގެ ފްލޯ ޗާޓުކަމަށްބުނާ ޗާޓު ތައްޔާރުކުރުމަށްފަހުކަމެއް ނުވަތަ
އޭގެކުރީގައިކަމެއް ދައުލަތުގެ ފަރާތުން ސާފުކޮށްދީފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
201/HC
-
A/2011 ގައި ފާހަގަކުރައްވާފައިވާކަމާއި، މިހެންކަމުން ފޯނު ކޯލްތަކުގެ ސިގްނަލްތަކުގެ ފްލޯ
ޤަޓުކަމަށްބުނާ ޗާޓުގެ ސައްޙަކަމާއި މެދު ޝައްކު އުފެދޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކުސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
(އ) މިމައްސަލައިގައި ތުހުމަތު ކުރެވޭ ކުށުގެ ޢަމަލު އެފަރާތަކާއި މެދު ހިންގާފައިވާކަމަށް
ބުނާ އަންހެން ކުއްޖާ ނަންބަރު S5241 ކާރަށް ގަދަކަމުން އަރުވައިގެން މާލެތެރޭގައި ދުއްވި އިރު،
އެކާރުގައި ތިބި މީހުންނަށް ފޯނު ކޯލް އައިސްފައިވާކަމަށާއި، އެމީހުން ފޯނުން ވާހަކަ ދައްކަމުން ދާއިރު،
އަންހެންކުއްޖާއާ މެދު އެމީހުންކުރަމުން ގެންދިޔަ ކަންތައް ކިޔައިދެމުން، ދެންހަދަންވީ ކިހިނެތްތޯ އަހައި
ލަފާ ހޯދަމުން ދިޔަކަމަށް އަންހެންކުއްޖާ ތަޙްޤީޤުގައި ބުނެފައިވީ ނަމަވެސް އެކަން ކުރީ ސީދާ ޙުސައިން
ރިޝީފުތާހާކަން އެނގެންނެތްކަމާއި، ޙުސައިން ރަޝީފުތާހާ މިޢަމަލު ހިންގުމުގައި އިސްކޮށް
ބައިވެރިވިކަމަށް ބެލިކަމުގައިވީނަމަވެސް، އެގޮތަށް އެކަން ފޯނުގެ ޒަރީޢާއިން ކުރަމުން ގެންދިޔުމަކީ ބުއްދީގެ
މަތަކުން ބަލާއިރު ޤަބޫލުކުރެވޭ ކަމެއް ނޫންކަން އެނގޭކަމާއި، ފޯނުކޯލުތަކުގެ ޑީޓެއިލްސް އަށް ބަލާއިރު،
ކާރުގައި އެވަގުތު ތިބިކަމަށް ބުނާ 4 މީހުންގެ ތެރެއިން 3 މީހަކަށް ޙުސައިން ރަޝީފުތާހާ ފޯނުން
ގުޅާފައި ހުރި ކަމަށް ދައުލަތުން ފާހަގަކުރައްވާފައިވާއިރު، މި ތިންމީހުން އެވަގުތު ތިބީ އެއްކުރެއްގެ
ކަމަށްވާނަމަ، ޙުސައިން ރިޝީފް ތާހާގެ ފަރާތުން ދޭންޖެހޭ އިރުޝާދެއް ދިނުމުގައި މި
ގައި ވަކިވަކިން ގުޅުމަކީވެސް ކޮށްފާނެކަމެއް ކަމަށް ޤަބޫލު
3
eރJ
ޑ ތ ގ33 ހ ކ ވ
ބޖންމީހުންނަށް ގާތްގަޑަކަށް އެއްވަގުތުތަކެއް
3
2 4ދ 8
ނުކުރެވޭކަން.
(ޅ) ހަވަނަކަމަކީ، މަތީގައި ފާހަގަކުރެވުނު ކަންކަމަށް ބަލާ ޙުސައިން ރިޝީފް ޠާހާގެ
މައްޗަށް ކުރެވުނު ތުހުމަތުގެ މައްސަލައިގައި އޭނާގެ މައްޗަށް ހުށައެޅުނު ހެކިތަކަށް ބަލާއިރު، ޙުސައިން
ރިޝީފް ޠާހާގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލު އޭނާ ހިންގާފައިވާކަމުގައި އެކަށީގެންވާ މިންވަރަށް
ޤަބޫލުކުރެވޭ ވަރުގެ އެކަށީގެންވާ ތުހުމަތެއް ކުރުމަށް ބޭނުންވާ މިންވަރަށް މަދަނީ މިންގަނޑުން ހެކި
ލިބިފައިވާކަން އެނގެން ނެތްކަމާއި، އަދި ޙުސައިން ރިޝީފް ޠާހާ ހުށައެޅި މައްސަލަ މަދަނީކޯޓުން
ނިންމުމުގެ ކުރިން ޙުސައިން ރަޝީފު ޠާހާގެ މައްޗަށް ތުހުމަތު ކުރެވުނު،
މިހެންކުއްޖަކާއި މެދު
ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ އެކަން ކުރަން އަންގާފައިވާ ފަރާތްތައްކަމަށް ބުނާ،
އަދި މިއަންހެންކުއްޖާ ގޮވައިގެން ކާރުގެ ތެރޭގައި ތިބިކަމަށް ތުހުމަތު ކުރެވިފައިވާ ފަރާތްތައް ކަމަށް ބުނާ
މީހުންގެ ތެރެއިން ހުޝާމް ހަމީދުއާއި ޢަލީ ނަޝީދު ގެ މައްޗަށް މިތުހުމަތުތައް ސާބިތު ނުވާކަމަށް އަދި
އަހން
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
16
2012/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިދެފަރާތް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުން ބާތިލުކޮށް އަނބުރާ ފުލުހުންގެ ވަޒީފާ ދިނުމަށް
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C /1518 އަދި ނަންބަރު 2012/Cv-C/1519 ޤަޟިއްޔާ އިން
ކަނޑައަޅާފައިވާ ކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ދިޔަ ކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1582 ޤަޟިއްޔާގައި ކުރައްވާ
ފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭނެކަމަށެވެ.
• ޙުކު
ވީމާ، އިސްވެ ފާހަގަ
ހަގަކުރެވުނުކަންކަން އެގޮތަށް ހުރުމާއިއެކު، ހ.ސޯސަން ޙުސައިން
ރިޝީފް ޠާހާ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތަކީ އޭނާ އަދާކުރަމުން ދިޔަ ފުލުހުންގެ ވަޒީފާއިން
ވަކިކުރެވޭ ވަރުގެ އެކަށީގެންވާ ތުހުމަތެއް ކަމުގައި ބެލެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި
ލިބިފައިވާތީ، ޤާނޫނު ނަންބަރު: 5/2008 (ފުލުހުންގެ ޤާނޫނު) އިން ބާރު ލިބިގެން ހަދާފައިވާ
"ޑިސިޕްލިނަރީ އަދި އިދާރީ ކަންތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާއިދު" ގެ 07 ވަނަ މާއްދާގެ
(ހ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ، ހަމަ އެޤާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ފުލުހުންގެ
ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ (ނ) ގެ ދަށުން ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކަމުގައި ބެލެވޭނެތަނެއް ނެތްކަމަށްޓަކައި، ޙުސައިން ރިޝީފް
ޠާހާގެ ދައުވާގައި އެދިފައިވާ ފަދައިން ޙުސައިން ރިޝީފް ޠާހާއަށް އަނބުރާ ވަޒީފާ ދިނުމަށް އަންގާނެ
ތަނެއް ނެތްކަމަށް ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1582 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ
މިބައި ބާތިލުކޮށް، މިއަދު ( 16 އޮގަސްޓް 2012) ވަނަ ދުވަހުން ފެށިގެން 15 ( ފަނަރަ) ދުވަހުގެ
ތެރޭގައި ޙުސައިން ރިޝީފް ޠާހާ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ފަންތީގެ ވަޒީފާއެއް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/85
ޙުސައިން ރިޝީފް ޠާހާއަށް ދިނުމަށާއި، 14 ސެޕްޓެމްބަރ 2010 އިން ފެނިގެން ޙުސައިން ރިޝީފް
ޠާހާ ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި، 14 ސެޕްޓެމްބަރ 2010 ދުވަހުން ފެށިގެން ޙުސައިން
ރިޝީފް ޠާހާގެ ވަޒީފާ އަނބުރާ ދިނުމާއި ހަމައަށް ޙުސައިން ރިޝީފް ޠާހާއަށް ލިބެންވާ މުސާރައާއި
ޢިނާޔަތްތައް މިއަދު ( 16 އޮގަސްޓް 2012) ވަނަ ދުވަހުން ފެނިގެން ފެށިގެން 30 ދުވަހުގެ ތެރޭގައި
ޙުސައިން ރިޝީފް ޠާހާއަށް ރައްދު ކުރުމަށާއި، ޚިދުމަތް މެދު ކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ
މުއްދަތުގެ ގޮތުގައި ގުނުމަށާއި، މަޤާމުގެ ކުރި އެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދު ކެނޑުނު
މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މީޤަޟިއްޔާ ބަލާ ޙުކުމްކުރީ،
ޢަބްދުﷲ ޙަމީދު
ޢަލީ ސަމީރު
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
(ފަނޑިޔާރު)
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv