ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/56 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/56
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 56/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން:
ޙަބީބާ އަޙްމަދު
ދާއިމީ އެޑްރެސް: މއ.ގެމެންދޫގެ/ މާލެ
އައިޑީ ކާޑު ނަންބަރު:A059527 މިހާރުގެ އެޑްރެސް: މއ.ގެމެންދޫގެ މާލެ
ބަދަލުގައި: ޙުސައިން ފާއިޒު، ފިނިހިޔާގެ/ ލ. ދަނބިދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މަރްޔަމް
އައިޑީ ކާޑު ނަންބަރު:A045461
ބަދަލުގައި:
ދާއިމީ އެޑްރެސް: ފިނިފެންމާގެ/ ގއ.ކޮނޑޭ
މިހާރުގެ އެޑްރެސް: މއ. ގެމެންދޫގެ/ މާލެ
އޏ. އުސާމާ މޫސާ
• ހުށަހެޅުނު ތާރީޚް: 11 ފެބުރުއަރީ 2015
ނިމުނު ތާރީޚް: 03 މެއި 2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު.B6
/
2014
/
17
ނިންމެވިކޯޓް: ފެމިލީ ކޯޓު
• އަމުރުގެ ބާވަތް: ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ބާޠިލުކުރިކަން އަންގާ އަމުރު
• އަމުރު ނެރުނު ތާރީޚް: 30 އޮކްޓޯބަރު 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢައްބާސް ޝަރީފް
RE
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/56
ދަޢުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު B6
/
2014
/
17 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު
ބާޠިލްކުރިކަން އަންގާ އަމުރު" އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް
ކަމަށްބުނެ، މއ. ގެމެންދޫގެ މާލެ ޙަބީބާ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން
CCCO
ޤަޟިއްޔާއެކެވެ.
މއ.ގެމެންދޫގެ މާލެ ޙަބީބާ އަޙްމަދުގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ގއ.ކޮނޑޭ/ ފިނިފެންމާގެ މަރްޔަމް ދީދީ އެވެ.
.....
J
ފާހަގަކުރެވުނު ނުކުތާތައް:
01- ފެމިލީ ކޯޓުގެ ނަންބަރު B6
/
2014
/
17 ”ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު
ބާޠިލްކުރިކަން އަންގާ އަމުރު“ އަކީ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/1615 ޤަޟިއްޔާގެ ދަށުން
ފެމިލީ ކޯޓުން ނެރުއްވާފައިވާ ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުގެ
އަވަސް އަމުރު" ބާޠިލްކޮށްދިނުމަށް އެދި ކޮނޑޭ ފިނިފެންމާގެ މަރްޔަމް ދީދީ މއ. ގެމެންދޫގެ ޙަބީބާ
އަޙްމަދުގެ މައްޗަށް ފެމިލީ ކޯޓަށް ހުށަހެޅި ނަންބަރު 2014/Fm-C/2019 ޤަޟިއްޔާއާ ގުޅިގެން
ނެރުއްވާފައިވާ އަމުރެއްކަމާއި؛
އެއަމުރުގައިވަނީ، ”ދެންފަހެ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/1616 ޤަޟިއްޔާގެ ދަށުން
ފެމިލީ ކޯޓުން ނެރެފައިވާ މިކޯޓުގެ ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް
އަމުރު" ބާޠިލުކޮށް ދިނުން އެދި
ފިނިފެންމާގެ މަރްޔަމް
ނަންބަރު:A145461)، މާލެ، މއ.ގެމެންދޫގެ ޙަބީބާ އަޙްމަދު (އައިޑީ ކާޑު ނަންބަރ:A059527) ގެ
މައްޗަށް ހުށަހަޅާފައިވާ މިޤަޟިއްޔާއަށް ބަލާއިރު، މި ޤަޟިއްޔާގައި ބާޠިލްކުރުމަށް އެދިފައިވަނީ
ރައްކާތެރިކުރުމުގެ އަވަސް އަމުރެއްކަން އެނގޭކަމާއި، މިއަމުރު ދެމިއޮންނާނީ އެއަމުރު ނިމުމަކަށް ނުގެންނަހާ
ދީދީ (އައިޑީ ކާޑު
ހއ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/56
0¢
ހިނދަކު، ގިނަވެގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ކަމާއި، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި
އެއަމުރު ނިމުމަކަށް ނުގެންނަނަމަ ނުވަތަ އެއަމުރާ ގުޅޭގޮތުން އެއަމުރު ނިސްބަތްވާ ފަރާތުން މައްސަލައެއް
ހުށަހަޅާފައިނުވާނަމަ 3 (ތިނެއް) މަސް ވުމުން އެއީ ދާއިމީ އަމުރަކަށް ބަދަލުވެގެންދާނެކަމަށް ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއަމުރު ރައްދުވި މަރްޔަމް އެއަމުރު
ނެރުނުތާ 3 (ތިނެއް) މަސް ވުމުގެ ކުރިން 2014 އޮކްޓޫބަރ 02 ވަނަ ދުވަހު އަމުރު ބާޠިލްކޮށްދިނުމަށް
އެދިފައިވާކަން އެނގޭކަމާއި، މިޤަޟިއްޔާގައި ހިމެނޭ ދެފަރާތް ޙާޟިރުކުރެވި، ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު މިކޯޓުން ނެރެފައިވަނީ، އެވަގުތަށް
ދަޢުވާކުރާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކުރުން މުހިއްމު ކަމަށް ފެންނާތީކަމުގައި ބަޔާންކޮށްފައިވާކަމާއި،
އަވަސް އަމުރެއް ކޯޓުން ކުރުމުން އަމުރު ނިސްބަތްވާ ފަރާތަށް ލިބިދޭ ޙައްޤުތަކުގެތެރޭގައި (1) އެއަމުރު
ދާއިމީ އަމުރަކަށްވުމުގެ ކުރިން، އޭނާގެ ވާހަކަ އަޑުއެހުމަށް ކޯޓުގައި އެދެވިދާނެކަމަށާއި، (2) ގައި
އެއަމުރުގައި ހިމެނޭ ޝަރުޠުތަކަށް ނުވަތަ ބަދަލުގެނައުމަށް އެދި ނުވަތަ ބާޠިލްކޮށްދިނުމަށް އެދި ކޯޓުގައި
އެދުން (3) އެއަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދުން (4) އެއަމުރާމެދު އިޢުތިރާޟްކުރާކަން އެންގުމުގެ
ޙައްޤު އަމުރު ނިސްބަތްވީ ފަރާތަށް ލިބިގެންވާކަމަށް ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
މިމާއްދާއިން މަރްޔަމް ދީދީއަށް ލިބިދޭ ޙައްޤުގެ ތެރެއިން ނެރެފައިވާ އަވަސް އަމުރު ބާޠިލްކޮށްދިނުމަށް
އެދިފައިވާއިރު، ރައްކާތެރިކުރުމުގެ އަމުރެއް ކުރުމަށްފަހު ހިނގާ މުއްދަތުގައި، އެއަމުރަށް އެދުނު މީހާ ނުވަތަ
އަމުރު ނިސްބަތްވާ މީހާ ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމުން، އެހުށަހެޅުމަކީ ކޯޓަށް ޤަބޫލުކުރެވޭ
ހުށަހެޅުމެއްކަމަށްވެއްޖެނަމަ ކޯޓުންކުރާ އެހެން އަމުރަކުން ރައްކާތެރިކުރުމުގެ އަމުރު ބާޠިލްކުރެވިދާނެ ކަމަށް
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ރެކޮށްފައިވާއިރު، މިމާއްދާގެ (ށ) ގައި
މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމުރެއް ކޯޓުން ބާޠިލްކުރާނީ، ރައްކާތެރިކުރުމުގެ އަމުރެއް
ދެމިއޮތުމުގެ ޙާލަތު ބަދަލުވެއްޖެކަމަށް ނުވަތަ ނިމުމަކަށް ކަމަށް ކޯޓަށް ޤަބޫލުކުރެވުމުންކަމަށް،
ހއ 2
2x ދ ތ
72
sތޑ 2
2
އފއޖ(
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/56
CCCXOC
ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މި
މަރްޔަމް ދީދީ، ޙަބީބާ އަޙްމަދުގެ ފިރި އަޙްމަދު ޢަބްދުލްޣަފޫރުގެ މައްޗަށް ނުވަތަ އެހެން މީހެއްގެ މައްޗަށްވެސް
ގެވެށި އަނިޔާގެ ޢަމަލުތަކެއް ހިންގައި، އެފަދަ މައްސަލައެއް މޯލްޑިވިސް ޕޮލިސް ސަރވިސް އަށް
ހުށަހަޅައިފައިނުވާކަން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު M3
/
146
/
2014
/
238-171 ސިޓީއިން
އެނގެން އޮންނާތީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ނަންބަރު 3/2012 ގެ 41 ވަނަ މާއްދާގެ (ށ) އަށް
ރިޢާޔަތްކޮށް މިއަމުރު އިތުރަށްކުރިޔަށް ދަމަހައްޓާނޭ ތަނެއް ނެތް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، މިކޯޓުގެ
އަމުރު ނަންބަރު B6
/
2014
/
12 ބާޠިލުކުރަމެވެ." މިފަދައިންކަން އެނގެންއޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ފެމިލީ ކޯޓުގެ ނަންބަރު B6
/
2014
/
17 "ގެވެށި
އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ބާޠިލްކުރިކަން އަންގާ އަމުރު" އެ ކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ޙަބީބާ އަޙްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 04
(ހަތަރެއް ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ފެމިލީކޯޓުގެ ނަންބަރު 2014/Fm-C/2019 ޤަޟިއްޔާއިން ނެރުނު އެކޯޓުގެ
ނަންބަރު B6
/
2014
/
17 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ބާޠިލުކުރިކަން އަންގާ އަމުރު" ން
އެކޯޓުގެ ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" ބާޠިލްކޮށްފައިވަނީ،
ޤާނޫނު ނަންބަރު: 03/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ރޫޙާއި ޤާނޫނުގެ މަޤްޞަދާއި ޚިލާފަށް
ނުބައި މާނަކުރުމުގެ (Misinterpretation) މައްޗަށް ޤާނޫނު ތަޠުބީޤުކޮށްގެން ކަމަށް ބުނެ ފާހަގަކުރި
ނަކީ eއވެ.
• ދެވަނަ ނުކުތާއަކީ: ޢާއިލީ މައްސަލަތަކަކީވެސް މަދަނީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބަޔަކަށްވާއިރު،
މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (ons probandi} އުފުލުމަކީ އެދަޢުވާއެއްކުޅަ ފަރާތުގެ
ދިއްމާއެއް ކަމުގައިވީނަމަވެސް، ފެމިލީ ކޯޓުގެ ނަންބަރު 2014/F
-
C/2019ޤަޟިއްޔާއިން ނެރުނު
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/56
8
އެކޯޓުގެ ނަންބަރު B6
/
2014
/
17 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ބާޠިލުކުރިކަން އަންގާ
އެކޯޓުގެ ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު"
ބާޠިލުކުރުމުގައި މިކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ
އަވަސް އަމުރު ނެރުނުއިރު އަމުރު ނިސްބަތްވާ ފަރާތް ކޯޓަށް ޙާޟިރުވެ ބަޔާންދީފައިވާއިރު، އަމުރަށް
ނިސްބަތްވީފަރާތުން އަމުރު ބާޠިލުކުރުމަށް އެދި މައްސަލަ ހުށަހެޅިއިރު ދައްކާފައިވަނީ އަމުރު ނެރުނު
ޤަޟިއްޔާގައި ނުދައްކާ އަދި އިޢުތިރާޝްކޮށްފައިނުވާ ވާހަކަތަކެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 03/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 41 ވަނަ
މާއްދާގައި ރައްކާތެރި ކުރުމުގެ އަވަސް އަމުރެއް ކުރުމުން އަމުރު ނިސްބަތްވާ ފަރާތަށް ލިބިދީފައިވާ
ޙައްޤުތަކަކީ މުޠުލަޤުކޮށް އެއްވެސް ޒިންމާއެއްނެތި ދޫކޮށްލެވިފައިވާ ޙައްޤުތަކެއްނޫންކަމާއި، އެމާއްދާގައި ބުނާ
ހުށަހެޅުމެއް އޮތްނަމަ، ކޯޓަށް ހުށަހަޅައި އެކަން ސާބިތު ކޮށްދޭންޖެހޭ
ރު، ފެމިލީ
ކޯޓުގެ ނަންބަރު
B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" ބާޠިލުކޮށްފައިވަނީ، އަމުރު ނިސްބަތްވި
ފަރާތަށް އެމާއްދާގައި ބުނާ
ބުނާ ހުށަހެޅުން
ގުޅުން ހުށަހަޅައި ސާބިތު ކޮށްދެވިފައިނުވާ ޙާލަތެއްގައި ކަމަށް ބުނެ ފާހަގަކުރި
مع مره
02އވެ.
03- މިމައްސަލައާ ގުޅިގެން ފެމިލީ ކޯޓުގެ ނަންބަރު B6
/
2014
/
17 [ގެވެށި އަނިޔާއިން
ރައްކާތެރިކުރުމުގެ އަމުރު ބާޠިލްކުރިކަން އަންގާ އަމުރު“، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށް
ބުނެ އިސްތިއުނާފު ކުރުމަށް ޙަބީބާ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ ކޯޓުގެ ނަންބަރު B6
/
2014
/
17 ”ގެވެށި އަނިޔާއިން
ރައްކާތެރިކުރުމުގެ
މުގެ އަމުރު ބާޠިލްކުރިކަން އަންގާ އަމުރު“އަށް ބަލާއިރު، އެ އަމުރަކީ، ފެމިލީ ކޯޓުގެ ނަންބަރު
2014/Fm
-
C/1616 ޤަޟިއްޔާގެ ދަށުން އެކޯޓުން ނެރުއްވާފައިވާ ނަންބަރު B6
/
2014
/
12 ގެވެށި
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/56
4 22
CCCX
އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" ބާޠިލްކޮށް ދިނުމަށް އެދި ކޮނޑޭ ފިނިފެންމާގެ މަރްޔަމް
މއ. ގެމެންދޫގެ ޙަބީބާ އަޙްމަދުގެ މައްޗަށް ފެމިލީ ކޯޓަށް ހުށަހެޅި ނަންބަރު 2014/Fm-C/2019
ޤަޟިއްޔާއާ ގުޅިގެން ނެރުއްވާފައިވާ އަމުރެއްކަމާއި،
ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/1616 ޤަޟިއްޔާގެ ދަށުން އެކޯޓުން ނެރުއްވާފައިވާ
ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" ބާޠިލްކޮށްފައިވަނީ،
ކޮނޑޭ ފިނިފެންމާގެ މަރްޔަމްދީދީ، ޙަބީބާ އަޙްމަދުގެ ފިރި އަޙްމަދު ޢަބްދުލްޣަފޫރުގެ މައްޗަށް ނުވަތަ އެހެން
މީހެއްގެ މައްޗަށްވެސް ގެވެށި އަނިޔާގެ ޢަމަލުތަކެއް ހިންގައި، އެފަދަ މައްސަލައެއް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ހުށަހަޅާފައިނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު M3
/
146
/
2014
/
238-171
ސިޓީ އިން އެނގެން އޮންނާތީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ނަންބަރު 3/2012 ގެ 41 ވަނަ މާއްދާގެ
(ށ) އަށް ރިޢާޔަތްކޮށް މިއަމުރު އިތުރަށް ކުރިއަށް ދަމަހައްޓާނޭ އެނެތްކަމަ ޝަރީޢަތަށް
ޤަބޫލުކުރެވޭތީކަން އެއަމުރުން އެނގެން އޮވެއެވެ.
(ށ) ގެވެށި އަނިޔާއިން "ރައްކާތެރިވުމުގެ އަމުރު" އަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާ ހިނދު،
އެފަދަ ޢަމަލެއް ތަކުރާރުވުން ހުއްޓުވުމަށްޓަކައި، އެޢަމަލު ހިންގިމީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ
ނުކުރުމަށް އަންގައި، ނުވަތަ އެފަދަ ޢަމަލެއް ހިނގާފާނެކަމުގެ ބިރު އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ހިނދު،
އެފަދަ ޢަމަލެއް ހިނގިޔަ ނުދިނުމަށްޓަކައި، ނުވަތަ އެފަދަ ޢަމަލަކުން މީހަކު ރައްކާތެރިކުރުމުގެ ބޭނުމުގައި
ކޯޓުން ކުރާ ޤާނޫނީ އަމުރެއްކަން ޤާނޫނު ނަންބަރު 3/2012 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 18
ވަނަ މާއްދާއިން އެނގޭކަމާއި،
ގެވެށި އަނިޔާއިން "ރައްކާތެރިވުމުގެ އަވަސް އަމުރު" އަކީ ޤާނޫނު ނަންބަރު 3/2012 (ގެވެށި
އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ކަމުގައިވާ،
ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު އަމުރުކުރުން އެއީ، މައްސަލަ ހުށަހަޅާ ފަރާތަށް އެ ޙާލަތުގައި
ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފެނުން.
z
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/56
#
ނެރެއެ
ށ. މައްސަލަ ހުށަހަޅާ ފަރާތަށް ލިބެންވާ އިންސާފު ނުލިބިދާނެފަދަ ޙާލަތެއްކަމަށް ފެނުން.
ނ. މައްސަލަ ހުށަހަޅާ ފަރާތަށް އޮތް ނުރައްކާ އިތުރުވެގެން ހިނަގައިދާނެކަމެއްކަމަށް ފެނުން.
މައްސަލަ ހުށަހަޅާ ފަރާތަކީ ދަތި އުނދަގޫ ޙާލަތެއްގައިވާ މީހަކަށްވުން.
މި ޚާއްޞަ ޙާލަތްތައް ހުރިކަމަށް ނުވަތަ މިއިން ޙާލަތެއް އޮތްކަމަށް ކޯޓަށް ފާހަގަކުރެވޭނަމަ،
ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ކަންކަމަށް ކޯޓުން ރިޢާޔަތްކުރެއްވުމާއެކު،
ރައްކާތެރިކުރުމުގެ އަމުރު ރުއްވާ ޢާންމު އުޞޫލުން
ރައްކާތެރިކުރުމުގެ އަމުރެއް ކުރުމުގެ ކުރިން، އެމައްސަލަ ހުށަހެޅި ފަރާތުގެ ވާހަކައަށް އެކަނި ބިނާކޮށް،
އެމައްސަލަ ހުށަހެޅުނުކަން އަނެއް ފަރާތަށް އެންގުމަކާވެސް ނުލައި ނެރުއްވާ އަމުރެއްކަން ޤާނޫނު ނަންބަރު
3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގެން
އޮންނައިރު، ހަމަ އެޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބަލާއިރު، ރައްކާތެރިކުރުމުގެ އަވަސް
އަމުރަކީ ވަގުތީ އަމުރެއްކަމާއި، އެއަމުރު ދެމިއޮންނާނީ 3 މަސް ދުވަހުގެ މުއްދަތަށްކަމާއި، މި
ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އަމުރު ނިމުމަކަށް ނުގެންނަނަމަ، ނުވަތަ އެއަމުރާ ގުޅޭގޮތުން އެ އަމުރު
ނިސްބަތްވާ ފަރާތުން މައްސަލައެއް ހުށަހަޅާފައިނުވާނަމަ، 3 މަސް ދުވަސް ހަމަވުމުން އެއަމުރު ދާއިމީ
އަމުރަކަށް ބަދަލުވެގެންދާނެކަން އެނގޭކަމާއި؛
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ކުރައްވައިފިނަމަ އެ އަމުރު
ނިސްބަތްވާ ފަރާތަށް ޙައްޤުތަކެއް ލިބިދެވޭކަމާއި، އެގޮތުން، އެއަމުރު ދާއިމީ އަމުރަކަށް ވުމުގެ ކުރިން، އޭނާގެ
ވާހަކަ އަޑުއެހުމަށް ކޯޓުގައި އެދުމާއި، އެ އަމުރުގައި ހިމެނޭ ޝަރުތަކަށް ނުވަތަ ކަމަކަށް ބަދަލު ގެނައުމަށް
އެދި ނުވަތަ ބާޠިލްކޮށްދިނުމަށް އެދި، ކޯޓުގައި އެދުމާއި، އެ އަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދުމާއި، އެ
އަމުރާމެދު އިޢުތިރާޟްކުރާކަން އެންގުމުގެ ޙައްޤު އެ އަމުރު ނިސްބަތްވާ ފަރާތަށް ލިބިގެންވާކަމާއި،
3 މަސް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/56
etc OX
އެ
CCCX
22/
އި2
މިއިން ކަމެއް ފާހަގަކޮށް، އެ އަމުރު ނިސްބަތްވާ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ،
ނުވަތަ ކޯޓުން ނެރުއްވާފައިވާ އަވަސް އަމުރު ދާއިމީ އަމުރަކަށް ވުމުގެ ކުރިން، އެމައްސަލާގައި އެންމެ
ފުރިހަމަ ގޮތުގައި އިންސާފުގާއިމްކޮށްދެވޭނީ،
އަމުރު ނިސްބަތްވީ
ފަރާތުގެވެސް ވާހަކަ
އަޑުއެހުމަށްފަހުގައިކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެނަމަ، އެމައްސަލާގައި ހިމެނޭ ދެފަރާތް ޙާޟިރުކޮށްގެން، ނުވަތަ
އެ ދެފަރާތް ތަމްސީލުކުރެވިގެންވާ ގޮތުގައި އެމައްސަލަ ބެއްލެވުމަށްފަހު، ކުރިން ކޮށްފައިވާ އަވަސް އަމުރު
(ވަގުތީ އަމުރު) ދެމެހެއްޓުމާއި، އެ އަމުރަށް ބަދަލުގެނައުމާއި، އެ އަމުރު ބާޠިލުކުރުމާމެދު ގޮތް ނިންމުމުގެ
ބާރު ކޯޓަށް ލިބިގެންވާކަން ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 41 ވަނަ
މާއްދާއިންނާއި 42 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
(ނ) ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް
ފެމިލީކޯޓުން ނެރުއްވާފައިވާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން
ކުރައްވައިފިނަމަ އެ އަމުރު ނިމުމަކަށް ގެނެސްދިނުމަށް ކޯޓުގައި އެދުމުގެ ޙައްޤު އެ އަމުރު ނިސްބަތްވާ
ފަރާތަށް ލިބިގެންވާކަމާއި، އެގޮތުން ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް
އަމުރު" ނިސްބަތްވާ ފަރާތްކަމުގައިވާ މަރްޔަމް ދީދީގެ ފަރާތުން އެއަމުރު ނިމުމަކަށް ގެނެސްދިނުމަށް ފެމިލީ
ކޯޓުގައި އެދިފައިވާކަމާއި،
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އެ އަވަސް އަމުރު ފެމިލީ ކޯޓުން ބާޠިލްކުރައްވާފައިވަނީ،
ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައި، ގެވެށި
އަނިޔާގެ ޢަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ނުވަތަ އެފަދަ
ޢަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އެކަން ފުލުހުންނަށް ރިޕޯޓުކުރަންވާނެކަމަށް
ބަޔާންކުރެވިފައިވާއިރު، ޙަބީބާ އަޙްމަދާ މެދު މަރްޔަމް ދީދީ ގެވެށި އަނިޔާގެ ޢަމަލެއް ހިންގައިގެން އެފަދަ
މައްސަލައެއް ޙަބީބާ އަޙްމަދުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިނުވާކަން އެނގެން
އޮތުމުންނާއި، ނަންބަރު B6
/
2014
/
12 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" އިތުރަށް
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/56
ކުރެވޭވަރުގެ
ދަމަހައްޓާނެ ތަނެއް އޮތްކަމަށް ފެމިލީ ކޯޓުގެ ޝަރީޢަތަށް ޤަބޫލުކުރެވޭ ކަންތައްތަކެއް ފެންނަން
އެފަދަ އަމުރުތައް ބާޠިލްކުރުމަށް ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)
ޑ 429.
ބޭބެމެން،
ގެ 41 ވަނަ މާއްދާގެ (ށ) އިން ފެމިލީ ކޯޓަށް ލިބިގެންވާ ބާރުގެ އިމުގެ ތެރެއިންކަން އެނގެއެވެ.
ވީމާ، އިސްވެދިޔަ ފާހަގަކުރެވުނު ކަންކަން އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ
ކޯޓުގެ ނަންބަރު B6
/
2014
/
17 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ބާޠިލްކުރިކަން އަންގާ
އަމުރު" އަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް، އަދި ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނު) ގެ މަޤްޞަދާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން ދެކެއެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު B6
/
2014
/
17
”ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ބާޠިލްކުރިކަން އަންގާ އަމުރު، ން އެކޯޓުގެ ނަންބަރު
B6
/
2014
/
12 ”ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު، ބާޠިލްކުރައްވާފައިވަނީ ޝަރުއީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
6
#
ވާ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ