ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޙުކުމް
އަލީ
1
2jj2/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 87/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ ޝަހީމް
ކާޑު ނަންބަރ: A056232
* ދާއިމީ އެޑްރެސް: ބުލްބުލާގެ ކ.މާފުށި
* މިހާރުގެ އެޑްރެސް: މ.ރަބީޢުވިލާ(ކ.މާލެ
;
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު ޝިޔާމް
ކާޑުނަންބަރު: A076098
* ދާއިމީ އެޑްރެސް: ހޮނެސްޓީހކ.މާފުށި
އެޑްރެސް: ހޮނެސްޓީރކ.މާފުށި
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 މާރޗް 2012 * ނިމުނު ތާރީޚް: 18 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/H
-
12
-
C/32
ނިންމެވިކޯޓު: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ތަރިކަ
ހުށަހެޅި ތާރީޚް: 2010-06-02 ނިމުނު ތާރީޚް: 2011-05-26
• މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު: ޢަލީ ސަމީރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
" ދިވެހިރާއްޖެ
2
2012/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ:
މިއީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H-12-C/32 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ.މާފުށި ބުލްބުލާގެ ޢަލީ ޝަހީމް
ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
އިޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު
ރައްދުވާ ފަރާތަކީ ކ.މާފުށި ހޮނެސްޓީ އަޙްމަދު ޝިޔާމް އެވެ.
ކުރެވުނު ނުކުތާތައް:
0l
މިއީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H-12-C/32
ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ.މާފުށި ބުލްބުލާގެ
ޢަލީ ޝަހީމް ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ
އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާފުށި ހޮނެސްޓީ އަޙްމަދު ޝިޔާމް އެވެ.
4 2 2 4 8
32H-12-C/2010
ވަނިކޮށް، އޭގެ
29
02- އިސްތިއުނާފު މިކުރެވޭ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ
ކ. މާފުށީ ބުލްބުލާގޭ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކަ ބެހުމުގެ މައްސަލަ
13-03-1981 ގައި ކ.މާފުށީ ކޯޓުގެ ނަންބަރު 81/H-12-C/17 ޤަޟިއްޔާއިން ބައްލަވާ ނިންމާފައި
28 އަހަރާއި، 2 މަހާއި، ދުވަސް ފަހުން އެޤަޟިއްޔާ ހައިކޯޓުގެ
ނަންބަރު 122/HC-A/2008 ޤަޟިއްޔާއިން އިސްތިއުނާފު ކުރެވި، އެޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވާފައި
ވާތީ، އެތަރިކަ އަލުން ބަހައިދިނުން އެދި މުޙައްމަދު އިބްރާހީމްގެ ފ. ދަރި އަޙްމަދު ޝިޔާމް ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، ކ.މާފުށީ ބުލްބުލާގޭ އަލްމަރުޙޫމް
މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ
ކ. މާފުށީ ކޯޓުގެ ނަންބަރު 1/H
-
12
-
C|17 ގެ ޤަޟިއްޔާއިން ބައްލަވާ ނިންމަވާފައި ވަނިކޮށް، އޭގެ 28
13-03-1981
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ،.
3
2012/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަހަރާއި، 08 މަހާއި، 25 ދުވަސްފަހުން، ހަމަ މިޤަޟިއްޔާ ހައިކޯޓްގެ ނަންބަރު 122/HC
-
A/2008
ޤަޟިއްޔާއިން ބާއްވަވާ، އެޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވާފައި ވާތީ، އެތަރިކަ އަލުން ބަހައިދިނުން އެދި
އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ފ.ދަރި މާފުށީ ހޮނެސްޓީ އަޙްމަދު ޝިޔާމް ހުށަހަޅާފައިވާ
މިމައްސަލާގައި، މީޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 02 ވަނަ ނުކުތާއާއި، 03 ވަނަ ނުކުތާގައިވާ
ގޮތުގެ މަތީން، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ވާރިޘުންނާއި، މީނާގެ ތަރިކަމުދާ، މީނާގެ ވާރިޘުންގެ
އިއްތިފާޤުން ޝަރީޢަތަށް ސާބިތުވެފައިވާ ކަމާއި،
މިޤާޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ 15 ވަނަ ނުކުތާއާއި، 16 ވަނަ ނުކުތާއާއި، 17
ވަނަ ނުކުތާއާއި، 18 ވަނަ ނުކުތާގައިވާ ގޮތުގެ މަތީން މިތަރިކަ ބަހާ ނިމިފައިވާއިރު، މިތަރިކައިން އަޙްމަދު
ޝިޔާމަށް ލިބޭ -/2728ރ. (ދެހާސް ހަތް ސަތޭކަ އަށާވީސް ރުފިޔާ) އާއި، ޝަހީމާ މުޙައްމަދު އިބްރާހީމަށް
ލިބޭ -/1364ރ (ތޭރަސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ) މިދެމީހުންނަށް ދައްކާ ޚަލާޞްކުރަން ޖެހޭނީ،
މާފުށީ ބުލްބުލާގޭ ޢަލީ ޝަހީމްކަމަށާއި، ވީމާ، މިދެމީހުންނަށް މިފައިސާ މިއަދު 2011-05-26 ދުވަހުން
ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓް ( ކ. މާފުށީ މެޖިސްޓްރޭޓް ކޯޓް) މެދުވެރިކޮށް ދައްކާ
ކުރުމަށް ޢަލީ ޝަހީމަށް އަންގާ،
މިޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 29 ވަނަ ނުކުތާއާއި، 30 ވަނަ ނުކުތާއާއި، 31
ވަނަ ނުކުތާގައިވާ ގޮތުގެ މަތީން، ކ. މާފުށީ ބުލްބުލާގެ އެވެ، ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަނާއި، ތަކެއްޗާއި ރުއްގަހުގެ ތެރެއިން ޝަހީމާ މުޙައްމަދު އިބްރާހީމަށް ގޯތީގެ ދެކުނު ފަރާތު
މަގުމައްޗާއިވީ ބައިގައި އޮތް، "x27'411.6 ބިމުގައިވާ ތަންތަނާއި، ތަކެއްޗާއި، ބިމާއި، ރުއްގަސް ޝަހީމާ
މުޙައްމަދަށް ލިބިފައިވާކަމަށާއި، ގޯތީގެ މެދުން 33x35 ގެ ބިމުގައިވާ ތަންތަނާއި، ބިމާއި، ތަކެތި އަޙްމަދު
ޝިޔާމަށް ލިބިފައިވާކަމަށާއި، ގޯތީގެ އުތުރުފަރާތު ބިއްދޮށުގައިއޮތް x355&33 ގެ ބިމުގައިވާ ތަކެއްޗާއި ބިމާއި
ރުއްގަސް
ޢަލީ ޝަހީމަށް ލިބިފައިވާ ކަމަށާއި،
ނަމަވެސް ޝަހީމާ މުޙައްމަދު އިބްރާހީމްއާއި، އަޙްމަދު ޝިޔާމަށް ލިބިފައިވާ ތަންތަނާއި،
ތަކެއްޗާއި، ބިމާއި، ރުއްގަސް މިދެމީހުންނަށް މިލްކުވާނީ، ޝަހީމާ މުޙައްމަދު އިބްރާހީމްގެ ފަރާތުން
142.971
/
75ރ. (އެއްލައްކަ ސާޅީސް ދެހާސް ނުވަސަތޭކަ ހަތްދިހަ އެއްރުފިޔާ 1 ހަތްދިހަ ފަސްލާރި) އާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/87
އަޙްމަދު ޝިޔާމްގެ ފަރާތުން 118,564
/
76ރ. ( އެއްލައްކަ އަށާރަހާސް ފަސްސަތޭކަ ފަސްދޮޅަސް ހަތަރު
ރުފިޔާ ހަތްދިހަ ހަވާގި) ޢަލީ ޝަހީމަށް ދައްކާ ޚަލާޞްކުރުމުން ކަމަށާއި،
ވީމާ، މިފައިސާ މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓް (ކ. މާފުނީ
މެޖިސްޓްރޭޓް ކޯޓް) މެދުވެރިކޮށް ޝަހީމާ މުޙައްމަދު އިބްރާހީމް އާއި، އަޙްމަދު ޝިޔާމްގެ ފަރާތުން ޢަލީ
ޝަހީމަށް ދައްކާ ޚަލާޞް ކުރުމަށް މިދެމީހުންނަށް އަންގާ، މިގޮތުގެ މަތީން މާފުށީ ބުލްބުލާގޭ އަލްމަރުޙޫމް
މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކަ ބަހާ ނިމިފައިވާ ކަމަށް ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އދު 8
ސ ޑ 6
*
03_ އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/H
-
12
-
C/32 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ކ.މާފުށި ބުލްބުލާގެ ޢަލީ ޝަހީމް ގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ކ.މާފުށީ ބުލްބުލާގޭ ޢަލީ ޝަހީމްގެ ބައްޕަ އަލްމަރުޙޫމް މުޙައްމަދު
އިބްރާހީމްގެ ތަރިކައިގެ ގޮތުގައި ހުރިކަމަށް ވާރިޘުން އިއްތިފާޤްވާ މުދަލަކީ ކ.މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 ޤަޟިއްޔާ އިންވެސް އެނގެން އޮންނަ މުދާކަމާއި، އެއިން އެއްވެސް މުދަލެއް މިހާރު
ފެންނަން ނެތްކަމާއި، އެމުދާ ނުވަތަ ތަރިކަ ބަހައިގެން ޢަލީ ޝަހީމް އަތުން އަޙްމަދު ޝިޔާމަށް -/600
ރުފިޔާ ލިބިފައިވާކަމަށާއި ޝަހީމާ މުޙައްމަދު އިބްރާހީމަށް -/300 ރުފިޔާ ޢަލީ ޝަހީމްއަތުން ލިބިފައިވާކަމަށް
އެދެމީހުން ބުނެފައި އޮތް އޮތުމުން ޢަލީ ޝަހީމްގެ ބައްޕަ މުޙައްމަދު އިބްރާހީމްގެ ތަރިކައިން އެދެމީހުންނަށް
ޝިޔާމްއަށާއި، ޝަހީމާ މުޙައްމަދަށް ލިބެންވާ އެއްޗެއް އަޑުން އަދާކޮށް ނިމިފައިވާކަން އެނގޭއިރު، މުޙައްމަދު
އިބްރާހީމް ތަރިކައިގައި ހިމެނޭ މުދަލުން އިތުރު އަގެއް އެދެމީހުންނަށް ދައްކަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް އޮތްކަމަށް ޢަލީ ޝަހީމް ނުދެކޭ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: ކ.މާފުށީ އޮފީހުން ކ.މާފުށީ "ބުލްބުލާގެ" އެވެކިޔާ ގޯތި ޢަލީ ޝަހީމްގެ
ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވަނީ ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އޭރު ހަމަޖެހިފައި އޮންނަ ޤަވާޢިދުތަކާއި
އުޞޫލުތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައިގެންކަމަށް ޤަބޫލުކުރެވޭތީއާއި، އެގޮތުގައި އެތައް ދުވަހެއް ވަންދެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20]2/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
444 4 s
eyއ2Wނ
ޢަލީ ޝަހީމްގެ ނަމުގައި އޮތުމުގެ ސަބަބުން އެތަނުގައި ޢިމާރާތެއް ކުރެވިފައި ވަނިކޮށް އަދި ބައްޕަގެ ދެން
ނިހާ
02 ވާރިޘުން ކަމުގައިވާ ޝަހީމާ މުޙައްމަދާއި، މުޙައްމަދު ޝިޔާމްއާ ދެމީހުންކުރެ ކޮންމެ މީހަކަށް
ދިރިއުޅުމަށްޓަކައި ކ. މާފުށި ބިމުން 3500 އަކަފޫޓްގެ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވުމާއެކުވެސް ޢަލީ
ޝަހީމްއާއި ޢަލީ ޝަހީމްގެ އަނބިދަރިން ދިރިއުޅުމަށް އޮތް ހަމައެކަނި ބިން ކަމުގައިވާ ކ.މާފުށީ
ބުލްބުލާގެއެވެކިޔާ ގޯތި 3 ބަޔަށް ބެހުމަށް ޝަރީޢަތުން ނިންމަވާފައި އޮތް ނިންމުމަކީ އިންޞާފުވެރި
ނުފެނުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ: ކ.މާފުށީ ބުލްބުލާގެ އެވެކިޔާ ގޯތި ޢަލީ ޝަހީމަށް ސަރުކާރުން
ރަޖިސްޓްރީ ކޮށްދެއްވުމާއި ގުޅިގެން އެގޯތީގައި ޢަލީ ޝަހީމް ދިރިއުޅޭތާ 25 އަހަރުފަހުން ޢަލީ ޝަހީމްގެ
ބައްޕަ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް ތަރިކައިގެ މައްސަލަ އަލުން ބަލަންޖެހިފައިވަނީ ޢަލީ ޝަހީމް ކުރި
ނުރަނގަޅު ކަމެއްގެ ސަބަބުންކަމަށްނުވާތީއާއި، 28 އަހަރުވަންދެން ޢަލީ ޝަހީމްގެ ނަމުގައި ކ.މާފުށީ
ބުލްބުލާގޭ ރަޖިސްޓްރީ ކޮށްދެއްވާފައި އޮތް އޮތުމުގެ ނަތީޖާއަކީ ޢަލީ ޝަހީމް ދިރިއުޅުމަށް ކ.މާފުށިން އެހެން
ގޯއްޗެއް ލިބުމުގެ ފުރުޞަތުން މަޙްރޫމްވުން ކަމަށްވާތީއާއި، ބިމާބެހޭ ޤާނޫނަކީ މާފަހުން ވުޖޫދަށް ގެނައި
ޤާނޫނަކަށްވީހިނދު، ކ.މާފުށީ ބުލްބުލާގެއެވެކިޔާ ގޯތީގައި ޢަލީ ޝަހީމް ހަދާފައި ހުރި ޢިމާރާތްތައް އަގުކޮށް
އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ތަރިކަ މުދާ ލިބޭ ބެހެނިވެރިންގެ މެދުގައި ކ.މާފުށީ ބުލްބުލާގެއެވެ ކިޔާ
ބަންޑާރަ ގޯތި ބައިކުރުމަށް ޝަރީޢަތުން ނިންމެވި ނިންމެވުކީ ޢަދުލުވެރި ނިންމެވުމެއްކަމުގައި
ޤަބޫލުނުކުރެވޭކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފްކުރަން ހުށަހަޅާފައިވާ ކ.މާފުށީ ކޯޓުގެ ޤަޟިއްޔާގައި
މިހާރު ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން ކ.މާފުށީ ބުލްބުލާގޭގޯތި 03 ބަޔަށް ބަހައިގެން އަޙްމަދު ޝިޔާމާއި
ޝަހީމާ މުޙައްމަދަށް ބިމުން ލިބި، އެބިން ވަކި ގޯއްޗެއްގެ ގޮތުގައި އެމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި
އޭރު އޮތްނަމަ، އެމީހުންގެ ނަމުގައި މިހާރު ރަޖިސްޓްރީ ކުރެވިފައިވާ ގޯތިތައް އެފަރާތްތަކަށް ދިރިއުޅުމަށް
ލިބުމުގެ ފުރުޞަތެއް ނުލިބުނީސްކަމަށާއި، ނަމަވެސް ޝަރީޢަތުން މައްސަލަ ނިންމެވުމުގައި މިފަދަ ނަތީޖާތަކަށް
ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ދިވެހިރާއްޖޭގެ
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/87
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާއާއި ގުޅިގެން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2010/H-12-C/32 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން ކ. މާފުށީ/ ބުލްބުލާގެ ޢަލީ ޝަހީމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، ކ.މާފުށީ
ކޯޓުގެ ނަންބަރު 81/H
-
12
-
C/17 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ނަންބަރު 122/HC-A/2008 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ވިސްނާ ބަލާއިރު އަންނަނިވި
ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކ.މާފުށީ ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ އަލްމަރުޙޫމް ގުޖަޑު ދޮންމަނިކުގެ މުދާ
ބެހުމަށްޓަކާ އޭނާގެ ދަރީން ކުރެ ޢަލީ ޝަހީމް ހުށަހަޅާފައިވާ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާ ހުށަހަޅާފައިވާ
ތާރީޚަކީ 13 މާރޗް 1981 ކަމާއި، ނިންމާފައިވާ ތާރީޚަކީ ވެސް ހަމަ އެއީ ކަން ފާހަގަކުރެވޭކަމާއި،
އެރިޕޯޓަށް ބަލާއިރު، އަލްމަރުޙޫމް ގުޖަޑު ދޮންމަނިކު ނިޔާވިއިރު ތަރިކާގެ ގޮތުގައި ހުރި
މުދަލަކީ ކޮބައިކަމާއި، އެމުދާ ވާރިސުންގެ މެދުގައި ބެހިފައިވާގޮތް ބަޔާންކުރަމުން އެރިޕޯޓުގައި،
"ގެމަތީގައިހުރި 25 ގަނޑު ޓިނާއި 3 އެނދު، އޭގެ އަގު ކިޔުމަކާނުލައި ބަހައިދިނީއެވެ. ޓިނު ބެހީ 5
ބައަށެވެ. އެއީ ފިރިހެން ދެ ދަރީންނަށް ދެބައި، އަންހެން ދަރިއަށް އެއްބައެވެ. މިގޮތުން ޓިނުތައް ބެހީމާ ޢަލީ
ޝަހީމަށް ލިބުނީ 10 ގަޑު ޓިނެވެ. ސިހާމުއަށް ލިބުނީ 10 ގަޑު ޓިނެވެ. ސަހީމާއަށް ލިބުނީ 5 ގަޑު ޓިނެވެ.
ތިން އެނދު ހުރިއިރު ހުރީ ރޯނުފުދި 2 އެނދާއި ކުޑައެދެކެވެ. މި އެނދަކީ ގޮދަޑިއަކާއެކުވާ އެނދެއް ވެސް
މެއެވެ. ކޮންމެއަކަސް ރޯނުފުށި 2 އެނދު ދެ ފިރިހެން ކުދިން ނެގީއެވެ. ކުޑައެނދު ގޮދަޑިއާއެކު ސަހީމާ
އަށް ދިނީއެވެ. ކޮންމެއަކަސް މިގޯތި ވަނީ ޢަލީ ޝަހީމަށް ރަޖިސްޓްރީ ކޮށްދެއްވާފައެވެ. އެހެންކަމުން
ގޯތީގައިހުރި މިގޭގެ 4 ފާރަށާއި، ފޯދުނު 5 ރުކާއި ނުފޯދޭ 4 ރުކާއި 1 ފޭރު ގަހަށް އަގު ކިޔުއްވީ 4 ފާރަށް
(ބާވެ ރެދުއަޅާފައިވާ) -/300 ރުފިޔާ އެވެ. ފޯދުނު 5 ރުކަށް -/131 ރުފިޔާ އެވެ. ނުފޯދޭ (ކުރިވެއްޓި
ހެދިނުހެދިހުރި) 4 ރުކަށް -/24 ރުފިޔާ އެވެ. ފޭރު ގަހުގެ އަގަކީ -/5 ރުފިޔާ އެވެ. މިތަކެތި ގޯތީގެ
ވެރިފަރާތަށް ނޫން ފަރާތަކަށް ދޫކޮށްލެވެން ނެތްކަމަށްޓަކާ، އެކަން ސިޔާމްއާއި ސަހީމާއަށް އަންގައި މި
2
-/460ޑީޖޭގެ
ގެ *
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/81
ރުފިޔާ ސަހީމާއާއި ސިޔާމުގެ މެދުގައި 215 ސިޔާމަށް ލިބޭހެން 1/5 ސަހީމާ އަށް ލިބޭހެން"
ހަމަޖައްސާފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކުރެއްވުމަށްފަހު،
"ދެންހުރި ތަކެތި އަގު ކިޔުމަށްފަހު، ފުރަތަމަ ޢަލީ ޝަހީމް، ސިޔާމު ގެ ފަރާތުން 2 ވަނައަށް
އޭނާގެ މަންމަ، ކުޑައައިސާ، 3 ވަނައަށް ފަހީމާ ނެގުމުން ޢަލީ ޝަހީމަށް ލިބުނީ 1 އަލަމާރި، 1 ތާސް، 1
އަށް، 1 ބަޑިޔާ ތަކެއްޗެވެ. މިތަކެއްޗަށް އަގު ކިޔުއްވީމާ ޖުމްލަ އަގަކީ -/129 ރ. އެވެ. ފަހީމާއަށް
ލިބުނީ ޞަލަވާތް 1 ތަށްޓާއި، 3 ޖޯޑާއި ބޮޑު ދެތެއްޔާއި، ކުޑަ 3 ތެއްޔާއި 3 ބޯތަށްޓާއި ބޮޑު 1 ބޯތައްޓާއި
މިތަކެއްޗެވެ. މިތަކެތީގެ އަގަކަށް ވަނީ 46150 (ސާޅީސް ހަރުފިޔާ ފަންސާސް ލާރި) އެވެ.
ސިޔާމުއަށް ލިބުނީ މަސްކައްކާ 1 ލޯގަޑާއި ބަތްކާ 3 ތައްޓާއި، ބޮޑު އުދޯއްޔާއި، 1 ދޮމަގެވެ.
މިތަކެތީގެ އަގަކީ -/88 ރުފިޔާއެވެ." މިގޮތަށް ބަޔާންކުރުމަށްފަހު،
އެތަރިކައިގެ ޖުމްލަ އަކީ 723/50 ރުފިޔާ ކަމަށާއި، ތަރިކައިން 2/5 ބައި ލިބޭ ޢަލީ
ޝަހީމް އާއި ޝިޔާމާއާ ދެމީހުންކުރެ ކޮންމެ މީހަކަށް 289140 ރުފިޔާ ލިބިފައިވާކަމަށާއި، ޝަހީމާއަށް
144/70 ރުފިޔާ ކަމަށާއި، އަދި ގޯތީގައިހުރި ތަކެއްޗާއި ފާރުތަކުގެ އަގަށްވާ -/460 ރުފިޔާއިން ޝިޔާމަށް
-/184 ރުފިޔާ އަދި ޝަހީމާ އަށް -/90 ރުފިޔާ ދިނުމަށް ޢަލީ ޝަހީމަށް އެންގިފައިވާކަމަށާއި، އަދި
ޝިޔާމުގެ ތަކެތި ޝިޔާމުގެ ތަޞައްރުފު ފުދެންދެން ޢަލީ ޝަހީމުގެ ހަވާލުގައި ބެހެއްޓުމަށް އޭނާއާ ހަވާލު
ކުރެވިފައިވާކަމަށް ވެސް ބަޔާން ކޮށްފައިވާކަން އެނގެން އޮވެއެވެ.
އެހެންކަމުން އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކާގެ މައްސަލަ
މާފުށީ ކޯޓުން ބައްލަވާ ނިންމެވިއިރު އޭނާގެ ތަރިކާގެ ގޮތުގައި ދޫކޮށްފައިދިޔަ، ހިފާގެންގުޅޭ ތަކެއްޗާއި، އުފުލޭ
މުދަލާއި ނުއުފުލޭ މުދަލުގެ ގޮތުގައިހުރި އެންމެހައި ތަކެއްޗާއި މެދު ޝަރީޢަތުން ގޮތެއް ނިންމަވައި،
ވާރިސުންގެ ރުހުމުގައި އޭގެ ޒާތުން ބެހެންހުރި ތަކެތި އޭގެ ޒާތުން، އަދި ގާތުން ބެހެންނެތް ތަކެތި އަގު
މަގުކުރައްވާ، ތަރިކާގެ އުޞޫލުން ބައްސަވާ ނިންމަވާފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެ .
(ނ) ދެވަނަ ކަމަކީ: އިސްވެ ބަޔާކުރެވުނު ފަދައިން ކ.މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 (17/81) ޤަޟިއްޔާ ނިމިފައިވަނިކޮށް އޭގެ 28 އަހަރު ފަހުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރެވި، އެޤަޟިއްޔާގެ އިސްތިއުނާފު ބަލާ ނިމިފައިވާކަމާއި، އެއީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 122/HC-A/2008 ގެ ޤަޟިއްޔާއިންކަން އެނގެން އޮންނާތީ، އެޤަޟިއްޔާގެ ޝަރިއަތް
6 24
ގެ ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/87
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، ކ. މާފުށީ ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81) ޤަޟިއްޔާ
އިސްތިއުނާފު ކޮށްފައިވަނީ ކ. މާފުށީ| ހޮނެސްޓީ އަޙްމަދު ޝިޔާމުގެ ފަރާތުންކަން އެނގެން އޮންނަކަމާއި،
ޢަޙްމަދު ޝިޔާމުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 07 (ހަތެއް) ނުކުތާއެއް ހުށަހަޅާފައި ވިޔަސް
އެ ހަތް ނުކުތާއަކީވެސް، ކ. މާފުށީ ކޯޓުގެ ނަންބަރު 81/H-12-C/17 (17/81) ޤަޟިއްޔާގެ ރިޕޯޓުގައި،
އަލްމަރުޙޫމް ގުޖަޑު ދޮންމަނިކު ނިޔާވިއިރު ތަރިކާގެ ގޮތުގައި ދޫކޮށްފައި ދިޔަ މުދާހުރި އަލްމަރުޙޫމް މުޙައްމަދު
އިބްރާހީމް (ގުޖަޑު ދޮންމަނިކު) ދިރިއުޅުނު ގޯތިވަނީ އޭނާގެ ދަރިން ކުރެ ޢަލީ ޝަހީމަށް ރަޖިސްޓްރީ ކޮށްފައި
ކަމަށް ވިދާޅުވެ، އަދި އެސަބަބަށްޓަކައި ގޯއްޗާއި ގޯތީގައިހުރި ރުއްގަސް އެހެން ފަރާތަކަށް ދޫކުރެވެން
ނެތްކަމަށް ވިދާޅުވެ، އެގޯތީގައި ހުރި ޢިމާރާތާއި ރުއްގަސް އަގުކޮށް އެއަގު ތަރިކާގެ އުޞޫލުން ދެންތިބި
ވާރިސުންނަށްދީ، ގޯތީގެ ބިން އޭގެ ޒާތުން ޢަލީ ޝަހީމަށް ދީފައިވާ ދިނުމުގެ މައްޗަށް އިޢުތިރާޟްކޮށް
ފާހަގަކޮށްފައިވާ ހަތް ނުކުތާކަމާއި،
އެނުކުތާތަކުގެ މައްޗަށް ހައިކޯޓުގެ ނަންބަރު 122/HC
-
A/2008 ޤަޟިއްޔާގެ އިސްތިއުނާފު
ބިނާކުރައްވާ ފާހަގަކުރައްވާފައިވާ ނުކުތާތަކުގައިވެސް މުޅިންވެސްވަނީ ކ. މާފުށީ "ބުލްބުލާގެ" އެވެ ކިޔާ ގޯތި
ޢަލީ ޝަހީމަށް ރަޖިސްޓްރީ ކުރެވިފައިވާ ގޮތާއި ބެހޭގޮތުން ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ކަމާއި،
މިގޮތުން ކ.މާފުށީ ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81) ޤަޟިއްޔާ ނިމިފައިވަނީ
13 މާރޗް 1981 ގައި ކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮވެފައި، އެރިޕޯޓުގައި އަލްމަރުޙޫމް ގުޖަޑު
ދޮންމަނިކު ނިޔާވިއިރު ކ.މާފުށީ ބުލްބުލާގެ" އެވެ، ކިޔާ ގޯތި ވަނީ ޢަލީ ޝަހީމަށް ރަޖިސްޓްރީ
ކުރެވިފައިކަމަށް ބަޔާންކުރައްވާފައިވިޔަސް، އެގޯތި ޢަލީ ޝަހީމަށް އެރަށު އޮފީހުން ރަޖިސްޓްރީ
ކޮށްދެއްވާފައިވަނީ ކ.މާފުށީ ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81) ޤަޟިއްޔާ އިން އެގޯތީގައިވާ
އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޢަލީ ޝަހީމަށް ލިބުމާއި ގުޅިގެންކަމަށާއި، ޢަލީ ޝަހީމުގެ ނަމަށް
އެގޯތި ބަދަލުކުރުމުގެ ކުރިން އެގޯތި ރަޖިސްޓްރީ ކުރެވިފައި އޮތީ ޢަލީ ޝަހީމްގެ ބައްޕަ އަލްމަރުހޫމް މުޙައްމަދު
އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ނަމުގައިކަމަށް ކ.މާފުށީ އޮފީހުގެ ނަންބަރު: 12
/
95
/
2009
/
01-H
(27 ސެޕްޓެމްބަރ 2009) ގެ ސިޓީއިން އެނގެން އޮންނަކަމަށް ހައިކޯޓުގެ ނަންބަރު 122/HC
-
A/2008
ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 03 ވަނަ ނުކުތާގެ (ށ) ގައި ބަޔާން ކުރުމަށްފަހު،
އެނުކުތާގެ (ނ) ގައި، މާފުށީ "ބުލްބުލާގެ" އެވެ ކިޔާ ގޯތި ޢަލީ ޝަހީމުގެ މައްޗަށް ރަޖިސްޓްރީ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/87
ކޮށްދެއްވާފައިވަނީ 29 ޖޫން 1994 ގައި ކަމަށާއި، އޭނާއަށް އެގޯތީ ރަޖިސްޓްރީ ކޮށްދީފައިވަނީ ކ. މާފުށީ
ކޯޓުގެ ނަންބަރު 81/H-12-C/17 (17/81) ޤަޟިއްޔާ އިން އެގޯތި އޭނާއަށް ލިބިފައިވާތީ ކަމަށް ބަޔާން
ކޮށްފައި އޮތުމުން، ކ. މާފުށީ ކޯޓުގެ ނަންބަރު 81/-12-H-C/17 (17/81) ޤަޟިއްޔާގައި ޢަލީ ޝަހީމުގެ
ބައްޕަ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކަ ބެހުމުގެ މައްސަލަ ބެލުނުއިރު ޢަލީ
ޝަހީމުގެ ނަމުގައި އެގޯތީ ރަޖިސްޓްރީ ވެފައިނުވާނެކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާ
ކުރައްވާފައިވާ ޙުކުމުގައި، ".. ކ. މާފުށި، ބުލްބުލާގެ އެވެ ކިޔުނު ގޯތި ޢަލީ ޝަހީމުގެ މައްޗަށް ރަޖިސްޓްރީ
ކުރެވިފައިވަނީ ކ. މާފުށިކޯޓުގެ ނަންބަރު 17181 ޤަޟިއްޔާއިން އެގޯތީގައިވާ އެންމެހައި ޢިމާރާތް ތަކާއި
ވަޅުފަދަ ތަންތަން ޢަލީ ޝަހީމަށް ލިބުމާއި ގުޅިގެންކަން އެގޯއްޗަށް ކ. މާފުށި އޮފީހުން ހައްދަވައިދެއްވާފައިވާ
ނަންބަރު 12
/
94
/
17-H ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އިންނާއި، ކ. މާފުށި އޮފީހުގެ ނަންބަރު
12
/
95
/
2009
/
01-H (27 ސެޕްޓެމްބަރ 2009) ސިޓީންއެގެން އޮންނާތީ އާއި، ޢަލީ ޝަހީމުގެ ނަމަށް
އެގޯތި ރަޖިސްޓްރީ ކުރުމުގެ ކުރިން އެގޯތި ރަޖިސްޓްރީކުރެފައިވަނީ ޢަލީ ޝަހީމުގެ ބައްޕަ އަލްމަރުޙޫމް ޤުޖަޑު
ދޮންމަނިކުގެ ނަމުގައިކަން އިސްވެ އިޝާރާތް ކުރެވުނު ކ. މާފުށި އޮފީހުގެ ސިޓީން ސާބިތުވާތީ އާއި،
ކ. މާފުށިކޯޓުގެ ނަންބަރު 17/81 ޤަޟިއްޔާގައި ކ. މާފުށި ބުލްބުލާގެ ހުރި ޤާތި ޢަލީ ޝަހީމަށް ރަޖިސްޓްރީ
ކޮށްދެއްވާފައިވާ ކަމަށް ބަޔާންކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެކަން ސާބިތުވާނެ
އެއްވެސް ހެއްކެއް ނެތިކަން އެނގެން އޮންނާތީ، ކ. މާފުށިކޯޓުގެ ނަންބަރު 1781 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވުނު ހިނދު އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް،
އަލްމަރުޙޫމް ގުޖަޑު ދޮންމަނިކު (މުޙައްމަދު އިބްރާހީމް) ގެ ތަރިކައިގެ މައްސަލަ އަލުން ހުށަހަޅައިފިނަމަ
ބެލުމަށް އަންގާ ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކުރައްވާފައި އޮތުމުން،
އުތުމުން، ހައިކޯޓުގެ ނަންބަރު
122/HC-A/2008 ޤަޟިއްޔާގައި ބެލިފައިވާ އިސްތިއުނާފު ބިނާވެގެން ގޮސްފައިވަނީ ހަމައެކަނި
އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ނިޔާވިއިރު އޭނާގެ މުދާހުރި އަދި އޭނާގެ ނަމުގައި
ރަޖިސްޓްރީވެފައި އޮތް ކ.މާފުށީ ބުލްބުލާގެ ގޯތީގެ ބިމުގެ މައްޗަށްކަމާއި، އެތަރިކާގައި ހިމެނޭ އެހެނިހެން
މުދަލާއި، އެމުދައުތައް އަގު ކޮށްފައިވާގޮތާއި، އެތަރިކާގެ ބައި އަޅާފައިވާގޮތާއި މެދު ހައިކޯޓުގެ އެޤަޟިއްޔާގައި
އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން އެނގެން އޮންނާތީ، ހައިކޯޓުގެ ނަންބަރު 122/IIC
-
A/2008
.19
44
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/87
އޭނަގެ
ނަމުގައި
ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް
ދޮންމަނިކު) ނިޔާވިއިރު
ރަޖިސްޓްރީ ވެފައިވާ
ކ. މާފުށީ ބުލާގެ" އެވެ ކިޔާ ގޯތީގެ ބިމާ މެދު ވާރިސުންގެ މެދުގައި ގޮތެއް ނިންމުމަށް ޝަރީޢަތަށް
ހުށަހަޅައިގެން ކުރިއަށް ގެންދިޔުންކަމާއި، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ނިޔާވިއިރު
ތަރިކާގެ ގޮތުގައިހުރި (ގޯތީގެ ބިން ފިޔަވައި) ހުރިހާ މުދަލަކާމެދު ކ.މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 (17/81) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް ހައިކޯޓުގެ ނަންބަރު
122/HC
-
A/2008 ގެ ޤަޟިއްޔާގެ އިސްތިއުނާފު ބިނާކޮށްފައި ނުވާކަން ފާހަގަކުރެވޭކަމެވެ.
ނ) ތިންވަނަ ކަމަކީ: މިހާރު އިސްތިއުނާފު މިކުރެވޭ މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/H
-
12
-
C/32 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢަލީ ޝަހީމުގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށް ބަލާއިރު، ޢަލީ ޝަހީމްގެ ބައްޕަ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ
ތަރިކައިގެ ގޮތުގައި ހުރިކަމަށް ވާރިޘުން އިއްތިފާޤްވާ މުދަލަކީ ކ.މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 ޤަޟިއްޔާ އިން ވާރިސުންގެ މެދުގައި ބަހައި، އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން
ޢަލީ ޝަހީމުގެ ފަރާތުން ފައިސާ ދައްކަންޖެހުނު އަނެއް ދެ ވާރިސުންނަށް ފައިސާދީ ޚަލާޞްކޮށްފައިވާއިރު،
މުޙައްމަދު އިބްރާހީމް ތަރިކައިގައި ހިމެނޭ މުދަލުން އިތުރު އަގެއް އެދެ މީހުންނަށް ދައްކަންޖެހޭނެ ޝަރުޢީ
އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ޢަލީ ޝަހީމް ނުދެކޭ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އާއި ގުޅިގެން
ހައިކޯޓުގެ މިޤަޟިއްޔާ ބެލުމުގެ ތެރެއިން ދިރާސާކޮށް ބެލިބެލުމުން،
އިސްވެ ފާހަގަކުރެވުނު ފަދައިން ކ. މާފުށީ ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81)
ޤަޟިއްޔާ ގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 122/HC
-
A/2008 ޤަޟިއްޔާ އިން
ބެލިފައިވާއިރު، އެ އިސްތިއުނާފު ބިނާވެގެންދިޔަ ހަމައެކަނި ނުކުތާތަކަކީ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް
(ގުޖަޑު ދޮންމަނިކު) ތަރިކާގެ މައްސަލަ ކ.މާފުށި ކޯޓުން 13 މާރޗް 1981 ގައި ނިންމެވިއިރު، ކ. މާފުށީ
"ބުލްބުލާގެ" އެވެ ކިޔާ ގޯތި ވަނީ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ދަރިންކުރެ ޢަލީ
ޝަހީމަށް ރަޖިސްޓްރީ ކުރެވިފައި ކަމަށް ވިދާޅުވެ، އެގޯތީގެ ބިމާ ކ. މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 (17/81) ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމުގެ މައްޗަށް ބިނާކޮށްކަމާއި،
هل=23
م مرمر
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
11
20]2/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހައިކޯޓުގެ ނަންބަރު 122/HC-A/2008 ގެ ޤަޟިއްޔާ ބަލާ ނިންމެވިއިރު، އަލްމަރުޙޫމް
މުޙައްމަދު އިބްރާހީމް (ގުޑު ދޮންމަނިކު) ގެ ތަރިކާގައި ހިމެނުނު ހިފާ ގެންގުޅޭ ތަކެއްޗާއި، އުފުލޭ އަދި
ނުއުފުލޭ މުދަލާ ބެހޭގޮތުން (ގޯތީގެ ބިން ފިޔަވައި) ނިންމަވާ ނިންމުމަކާ ބެހޭގޮތުން އެއްވެސް އެއްޗެއް
ވިދާޅުވެފައި ނުވާކަން ފާހަގަކުރެވޭތީ، އިސްތިއުނާފު މިކުރެވޭ މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/H
-
12
-
C/32 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލަ ބެލުމުގައި އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް
(ގުޖަޑު ދޮންމަނިކު) ގެ ތަރިކާގައި ހިމެނުނު ހިފާ ގެންގުޅޭ ތަކެއްޗާއި، އުފުލޭ އަދި ނުއުފުލޭ މުދަލާ ބެހޭގޮތުން
(ގޯތީގެ ބިން ފިޔަވައި) ކ. މާފުށީ ކޯޓުގެ ނަންބަރު 81/H-12-C/17 (17/81) ޤަޟިއްޔާގެ ނިންމެވުމާއި
ތަފާތު ގޮތަކަށް އިތުރަށް އެތަކެތި އަގުމަގުކޮށްގެން
މަގުކޮށްގެން ގޮތެއް ނިންމަން ނުޖެހޭކަން ފާހަގަކުރެވޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H-12-C/32
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ކ.މާފުށީ އޮފީހުން ކ.މާފުށީ "ބުލްބުލާގެ" އެވެކިޔާ ގޯތި ޢަލީ ޝަހީމްގެ
ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވަނީ ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އޭރު ހަމަޖެހިފައި އޮންނަ ޤަވާޢިދުތަކާއި
އުޞޫލުތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައިގެންކަމަށް ޤަބޫލުކުރެވޭތީއާއި، އެގޮތުގައި އެތައް ދުވަހެއް ވަންދެން
ޢަލީ ޝަހީމްގެ ނަމުގައި އެގޯތި އޮތުމުގެ ސަބަބުން އެތަނުގައި ޢިމާރާތެއް ކުރެވިފައިވަނިކޮށް އަދި ޢަލީ
ޝަހީމު ބައްޕަގެ ދެން ތިބި 02 ދަރިންކަމުގައިވާ ޝަހީމާ މުޙައްމަދާއި، މުޙައްމަދު ޝިޔާމްއާ ދެމީހުން ކުރެ
ކޮންމެ މީހަކަށް ދިރިއުޅުމަށްޓަކައި ކ.މާފުށި ބިމުން 3500 އަކަފޫޓްގެ ބަންޑާރަ ގޯއްޗެއް
ދޫކޮށްފައިވުމާއެކުވެސް ޢަލީ ޝަރީމްއާއި ޢަލީ ޝަހީމްގެ އަނބިދަރިން ދިރިއުޅުމަށް އޮތް ހަމައެކަނި ބިން
ކަމުގައިވާ ކ.މާފުށީ ބުލްބުލާގެއެވެ ކިޔާ ގޯތި 03 ބަޔަށް ބެހުމަށް ޝަރީޢަތުން ނިންމަވާފައި އޮތް ނިންމުމަކީ
އިންޞާފުވެރި ގޮތެއްކަމަށް ނުފެންނަކަމަށްބުނެ ޢަލީ ޝަހީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ޢަލީ ޝަހީމުގެ ބައްޕަ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ނިޔާވުމާއި ގުޅިގެން ތަރިކާގެ
މައްސަލަ ބެލިއިރު، ކ. މާފުށީ "ބުލްބުލާގެ" އެވެ ކިޔާ ގޯތިވަނީ ޢަލީ ޝަހީމަށް އޭރު ރަޖިސްޓްރީ ވެފައިކަމަށް
ވިދާޅުވެ، އެ އަސާސްގެ މައްޗަށް ބިނާކުރައްވާ، އޭރު ގޯތީގައިހުރި ރުއްގަހާ ޢިމާރާތް އަގުކުރައްވާ ތަރިކާގެ
އުޞޫލުން ދެންތިބި ވާރިސުންނަށް ފައިސާއިން ބަދަލުދީ އެގޮތުގެ މަތިން ކ.މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 (17/81) ޤަޟިއްޔާ ނިންމެވިތާ 28 އަހަރާއި، 8 މަހާއި، 25 ދުވަސް ފަހުން
ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރެވި، ޢަލީ ޝަހީމަށް އެގޯތި އެންމެ ފުރަތަމަވެސް ރަޖިސްޓްރީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
VE .
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/87
ކޮށްދެވިފައިވަނީ 29 ޖޫން 1994 ގައި ކަމާއި، އެ ރަޖިސްޓްރީ އެފަދައިން ހަދައި ދީފައިވަނީވެސް ކ. މާފުށީ
ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81) ޤަޟިއްޔާއިން އެގޯތި ޢަލީ ޝަހީމަށް ލިބިފައިވާތީކަން
އެނގެން އޮންނާތީއާއި، ޢަލީ ޝަހީމުގެ ބައްޕަ ނިޔާވީއިރު އެގޯތި ރަޖިސްޓްރީ ވެފައިވަނީ ޢަލީ ޝަހީމް ގެ
ބައްޕަ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ނަމުގައި ޝަރީޢަތަށް ސާބިތުވުމާއި ގުޅިގެން
ހައިކޯޓުގެ ނަންބަރު 122/HC-A/2008 ގެ ޤަޟިއްޔާގެ ޙުކުމުގައި، "ކ.މާފުށި ކޯޓުގެ ނަންބަރު 17/81
ޤަޟިއްޔާގައި ކ. މާފުށި ބުލްބުލާގެ ހުރި ގޯތި ޢަލީ ޝަހީމަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާކަމަށް
ންކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަން ސާބިތުވާނެ އެއްވެސް ހެއްކެއް
ނެތިކަން" އެނގެން އޮންނަކަމަށް ވިދާޅުވެފައިވާތީ، ކ. މާފުށީ "ބުލްބުލާގެ" އެވެ ކިޔާ ގޯތީގެ ބިމާބެހޭގޮތުން
ޝަރީޢަތުން އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމާއި، އެގޮތުގެ މަތިން އެކަން ޝަރީޢަތަށް ހުށަހެޅުމުން ޢަލީ
ޝަހީމް ފިޔަވައި ދެންތިބި ވާރިސުންވެސް އެގޯތީގެ ބިމުން ބޭނުންވާކަމަށް ބުނެފައިވާތީ، ތިންވާރިސުންގެ
މެދުގައި އެގޯތީގެ ބިން ބައިކޮށް ނިންމާފައިވާ ނިންމުމަކީ ޢަމަލުކުރަމުންދާ އެއްވެސް ޤާނޫނަކާއި އަދި ޝަރުޢީ
އުޞޫލަކާ ޚިލާފު ކަމެއްކަމަށް ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި
ބަޔާންކުރެވުނު ސަބަބުތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ކ. މާފުށީ ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81) ޤަޟިއްޔާ އިން
އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކާގެ މައްސަލަ ނިންމާފައިވަނިކޮށް އޭގެ
28 އަހަރާއި، 8 މަހާއި، 25 ދުވަސް ފަހުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވި
ހައިކޯޓުގެ ނަންބަރު 122/HC-A/2008 ޤަޟިއްޔާއިން އެޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އަލްމަރުޙޫމް
މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކާގެ މައްސަލަ އަލުން ބެލުމަށް އަންގާފައިވަނީ ކ. މާފުށި
ކޯޓުގެ އެޤަޟިއްޔާ 13 މާރޗް 1981 ގައި ނިންމެވިއިރު، ކ. މާފުށީ "ބުލްބުލާގެ" އެވެ ކިޔާ ގޯތި ގުޖަޑު
ދޮންމަނިކުގެ ދަރިންކުރެ ޢަލީ ޝަހީމަށް ރަޖިސްޓްރީވެފައިވާކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަކީ ޝަރުޢީ އަދި
ޤާނޫނީ ގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކުރައްވައިގެން ވިދާޅުވެފައިވާ ވިދާޅުވުމެއް ނޫންކަން
ސާބިތުވުމާއި ގުޅިގެންކަން އެނގެން އޮންނާތީއާއި،
އެނޫން
އެހެން ނުކުތާއެއްގެ މައްޗަށް ހައިކޯޓުގެ
އެޤަޟިއްޔާގައި އެއްވެސް މިންވަރަކަށް ބަލާފައިނުވާކަން އެނގެން އޮންނާތީއާއި، ހައިކޯޓުގެ މިޤަޟިއްޔާގައި
ޢަލީ ޝަހީމުގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާ ނުކުތާތަކުގައި މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ASE
13
2012/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު 2010/H
-
12
-
C/32 ޤަޟިއްޔާ ގައި ޝަރީޢަތުން އަލުން ބަލާ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ
ހަމައެކަނި ކ. މާފުށީ "ބުލްބުލާގެ" އެވެ ކިޔާ ގޯތީގެ ބިމާމެދު ވާރިސުންގެ މެދުގައި ނިންމަންޖެހޭ ނިންމުން
އެކަނި ކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، މާލެއަތޮޅު މާފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H
-
12
-
C/32 ޤަޟިއްޔާގެ ޙުކުމުގައި ކ. މާފުށީ "ބުލްބުލާގެ" އެވެ،
ކިޔާ ގޯތީގެ ބިމާބެހޭ ގޮތުން ނިންމާފައިވާ ނިންމުން ފިޔަވައި، އެނޫން އެހެން ނިންމުންތަކަށް ބަދަލު
ގެންނަންޖެހޭނެކަމަށް
ކަމަށް މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
ce
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، މާފުށި/ ބުލްބުލާގެ
އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކާގެ މައްސަލަ ކ. މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 (17/81) ޤަޟިއްޔާއިން 13 މާރޗް 1981 ގައި ބައްލަވާ ނިންމަވާފައިވަނިކޮށް އޭގެ
28 އަހަރާއި، 8 މަހާއި، 25 ދުވަސް ފަހުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވި
ހައިކޯޓުގެ ނަންބަރު 122/HC-A/2008 ޤަޟިއްޔާއިން އެމައްސަލަ ބައްލަވާ ނިންމެވިއިރު، ކ. މާފުށީ
ކޯޓުގެ ނަންބަރު 81/H
-
12
-
C/17 (17/81) ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅުއްވައި، އަލްމަރުޙޫމް
މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކާގެ މައްސަލަ އަލުން ބެލުމަށް އަންގަވާފައިވާއިރު،
ހައިކޯޓުގެ ނަންބަރު 122/HC
-
A/2008 ގެ ޤަޟިއްޔާގެ ޙުކުމުން ކ.މާފުށީ ކޯޓުގެ ނަންބަރު
81/H
-
12
-
C/17 (17/81) ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރި ހަމައެކަނި ސަބަބަކީ، ކ. މާފުށި ކޯޓުގެ
ނަންބަރު 17/81 ޤަޟިއްޔާގެ ރިޕޯޓުގައި، އެޤަޟިއްޔާ ބައްލަވާ ނިންމެވިއިރު، މާފުށި "ބުލްބުލާގެ" ހުރީ
ގޯތި، ޢަލީ ޝަހީމަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާކަމަށް ބަޔާންކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
20]2/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ULCO
ހަމަތަކުގެ މަތިން އެކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތިކަން ޝަރީޢަތަށް ސާބިތުވުމާއި ގުޅިގެންކަން
ސާފުކޮށް އެންގެން އޮންނާތީ، އަލުން އެތަރިކާގެ މައްސަލަ ބަލާއިރު ގޮތެއް ކަނޑައަޅަންޖެހިފައިވާ ހަމައެކަނި
ކަމަކީ ކ. މާފުށީ "ބުލްބުލާގެ
"ބުލްބުލާގެ" އެވެ ކިޔާ ގޯތީގެ ބިމުން ލިބޭ އަދި ބިމުން
ބޭނުންވާ ވާރިސުންގެ މެދުގައި ބިން
ބައިކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ފުރިހަމަކޮށް
ނިންމުންކަމަށްވާތީ، ކ. މާފުށީ ކޯޓުގެ ނަންބަރު 81/H-12-C/17 (17/81) ޤަޟިއްޔާއިން ޖަހާ ނިމިފައިވާ
އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކާގައި ހިމެނޭ (ގޯތީގެ ބިން ފިޔަވައި) އެހެނިހެން
ތަކެތި، އެޤަޟިއްޔާ (ނަންބަރު81/H
-
12
-
C/17) ގައި މަގުމަގު ކުރައްވާފައިވާގޮތާއި ޚިލާފަށް މާފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H-12-C/32 ޤަޟިއްޔާގައި އަގުމަގުކުރައްވާ، ވާރިސުންގެ މެދުގައި
އެއަގު ހަމަޖައްސަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްކަމަށް މިމައްސަލަބެލި ހައިކޯޓުގެ
ފަނޑިޔާރުންނަށް
ންނަށް ނުފެނުނު ހިނދު، މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H-12-C/32 ޤަޟިއްޔާގެ
އުކުމުގެ އެބައި ބާޠިލްކޮށް، މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H-12-C/32 ޤަޟިއްޔާގެ
ޙުކުމުގައި ކ.މާފުށީ ބުލްބުލާގެ އެވެ، ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، ތަކެއްޗާއި
ރުއްގަހުގެ ތެރެއިން ޝަހީމާ މުޙައްމަދު އިބްރާހީމަށް ގޯތީގެ ދެކުނު ފަރާތު މަގުމައްޗާއިވީ ބައިގައި އޮތް،
"x27'411.6 ބިމުގައިވާ ތަންތަނާ ތަކެއްޗާ ބިމާ ރުއްގަސް، ޝަހީމާ މުޙައްމަދަށް ލިބިފައިވާކަމަށާއި، ގޯތީގެ
މެދުން 'x35'33 ގެ ބިމުގައިވާ ތަންތަން ބިމާ ތަކެތި އަޙްމަދު ޝިޔާމަށް ލިބިފައިވާކަމަށާއި، ގޯތީގެ
އުތުރުފަރާތު ބިއްދޮށުގައި އޮތް 'x35'33 ގެ ބިމުގައިވާ ތަކެއްޗާ ބިމާ ރުއްގަސް ޢަލީ ޝަހީމަށް ލިބިފައިވާ
ކަމަށް ކަނޑައަޅުއްވައި، ޝަހީމާ މުޙައްމަދު އިބްރާހީމްއާއި، އަޙްމަދު ޝިޔާމަށް ލިބިފައިވާ ތަންތަނާއި،
ތަކެއްޗާއި، ބިމާއި، ރުއްގަސް މިދެމީހުންނަށް މިލްކުވާނީ، ޝަހީމާ މުޙައްމަދު އިބްރާހީމްގެ ފަރާތުން
142,971
/
75ރ. (އެއްލައްކަ ސާޅީސް ދެހާސް ނުވަސަތޭކަ ހަތްދިހަ އެއްރުފިޔާ | ހަތްދިހަ ފަސްލާރި) އާއި،
އަޙްމަދު ޝިޔާމްގެ ފަރާތުން 118,564
/
76ރ. ( އެއްލައްކަ އަށާރަހާސް ފަސްސަތޭކަ ފަސްދޮޅަސް ހަތަރު
ރުފިޔާ ހަތްދިހަ ހަލާރި) ޢަލީ ޝަހީމަށް ދައްކާ ޚަލާޞްކުރުމުން ކަމަށާއި، އެ ފައިސާ 26 މެއި 2011 ވަނަ
ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކ. މާފުށީ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ޝަހީމާ
މުޙައްމަދު އިބްރާހީމް އާއި، އަޙްމަދު ޝިޔާމްގެ ފަރާތުން ޢަލީ ޝަހީމަށް ދައްކާ ޚަލާޞް ކުރުމަށް އެ ދެ
މީހުންނަށް އަންގަވައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް
.
*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/87
ކުރައްވާފައިވާ ޙުކުމެއްކަމަށް ހައިކޯޓުގެ ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، މާލެއަތޮޅު
މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H-12-C/32 ޤަޟިއްޔާގެ ޙުކުމުގެ އެބަޔަށް ތާއީދުކޮށް
މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv