ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/226 ޤަޟިއްޔާގެ ޙުކުމް
1
2009-HC-A226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
با نام رازیم
44 0.4
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މ އމޑމ
مو، برترت دے ؟
.ޒްއެރީނާ
"
• ޤަޟިއްޔާ ނަންބަރ: 226/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މަމްދޫހް ޚާލިދު
އައިޑީ ކާޑު ނަންބަރ: A027318
* މިހާރުގެ އެޑްރެސް: ހ. ރޯޒީ
ވަކީލު:
މއ. ޝެލްޓަރ (ދކީ ނަންބަރު: A025277)
• އިސްތިއުނާފު ރައްދުވި ފަރާތް:
1. އިސްމާޢީލް ޝަރީފު ކ. މާފުށި އަލިމަސްގެ (ދރކި ނަންބަރު: A075393)
2. އަހްމަދު މުނީރު ކ. މާފުށި ފިތުރޯނުގެ (ދރކ ނަންބަރު: A105956)
ބަދަލުގައި: އިބްރާހީމް ނާޝިދު ކ. މާފުށި މިސްކިތްމަގުގެ (ދރކ ނަންބަރު: A077189)
ވަކީލު: އިޒް.
އިބްރާހީމް ރިޝާ ކްރެބްޓްރީ (ދރ. ނަންބަރު: A077768)
ޢަލީ ޢަބްދު
* ހުށަހެޅުނު ތާރީޚް: 12 ޝަޢުބާން 1430
1431
ނިމުނު ތާރީޚް: 9 ޖުމާދަލްއާޚިރާ
މެއި
3 އޮގަސްޓް
2009
23
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/H-12-C/76
ނިންމެވި ފަރާތް: ކ. މާފުށީކޯޓް
ވަތް: ދަރަނީ
• ހުށަހެޅި ތާރީޚް: 31 އޮކްޓޯބަރ 2007 ' ނިމުނުތާރީޚް: 30 އެޕްރީލް 2009
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009-HC-A226
ޢުވާގެ ޚުލާޞާ
#
މިއީ
މާފުށީ ކޯޓުގެ ނަންބަރު
76/H-12-C/2007
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް
މަރަދޫފޭދޫ ކަޒްއެރީނާ މަމްދޫހް ޚާލިދުގެ ފަރާތުން ހުށަހެޅުމުން
ބެލިފައިވާ މައްސަލައެކެވެ.
މަމްދޫހް ޚާލިދު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތްތަކަކީ ކ. މާފުށީ
އަލިމަސް އިސްމާޢީލް ޝަރީފު އާއި ކ. މާފުށި ފިތުރޯނުގެ އަޙްމަދު މުނީރު އެވެ.
ކުރެވުނު
މާފުށީކޯޓުގެ ނަންބަރު 2007/H
-
12
-
C/76 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް މަމްދޫހް ޚާލިދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) އިސްމާޢީލް ޝަރީފު އާއި އަޙްމަދު މުނީރު އާއި ދެމީހުންގެ އަތުން
ވިޔަފާރިކުރުމަށްޓަކައި މަމްދޫހް ޚާލިދު -/466300 (ހަތަރުލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ)
ރުފިޔާ ނަގާފައިވާކަމާއި މިފައިސާއިން މަމްދޫޙާ ޚާލިދުގެ އަމިއްލަ ނަމުގައި ވިޔަފާރި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009-HC-A226
ކުރުމަންގޮސްފައިވާކަމާއި މިވިޔަފާރިން ލިބުނު އެއްވެސް އެއްޗެއް އިސްމާޢީލް ޝަރީފު އާއި އަޙްމަދު
މުނީރު އަށް މަމްދޫހް ޚާލިދު ދީފައި ނުވާކަން އެނގެން އޮންނަކަން،
(ށ) އިސްމާޢީލް ޝަރީފު އާއި އަޙްމަދު މުނީރު އަތުން މަމްދޫހް ޚާލިދު ބުނެވުނު ފައިސާ
ނެގީ ސީދާ މަމްދޫހް ޚާލިދު ވިޔަފާރި ކުރުމަށްޓަކައި ކަމާއި މިފައިސާ އެ ދެމީހުން ދީފައިވަނީ
މަމްދޫހް ޚާލިދު އެދެމީހުންނަށް ފައިދާގެ ގޮތުގައި ވަކިވަރެއް މީހުންމަހަށް ދޭން ބުނި ބުނުމެއްގެ
މައްޗަށްކަން އެނގެން އޮތްކަމާއި އެގޮތަށް މަމްދޫހް ޚާލިދުގެ ފަރާތުން ޢަމަލުކޮށްފައި ނުވާކަން
އެނގެން އޮންނަކަން،
(ނ) ޝަރީޢަތަށް ހެކިބަސް ދީފައިވާ ދ. މާއެނބޫދޫ މިރިހިމާގެ ޢަބްދުﷲ ނަޝީދު އާއި ލ.
ކަޅައިދޫ ވީނަސް ޢަބްދުﷲ ޙަމީދުގެ ހެކިބަހުންވެސް މަމްދޫހް ޚާލިދު، އިސްމާޢީލް ޝަރީފު އާއި
އަޙްމަދު މުނީރު އަތުން -/466300 (ހަތަރުލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ) ރުފިޔާ
ވިޔަފާރިކުރުމަށްޓަކައި ނަގައި އެވިފިޔަފާރީގައި އެދެމީހުން ބައިވެރިކުރާނެކަމަށް މަމްދޫޙާ ޙާލިދޫ
ބުނިކަން އެނގެން އޮތްއިރު އެގޮތަށް ޢަމަލު ކޮށްފައިނުވާކަމާއި މަމްދޫހް ޚާލިދު އެބުނިގޮތަށް
ޢަމަލުނުކުރެވުމުން އެބަހީ ވިޔަފާރި އެގޮތަށް ނުވުމުން އެފައިސާ ހަމައަށް ދޭން މަމްދޫހް ޚާލިދު
އެއްބަސްވިކަމާއި އަދި މަމްދޫޙް ޚާލިދުގެ ޢަމަލުންވެސް
އެކަން ދައްކައި -/83000
(އަށްޑިހަތިންހާސް) ރުފިޔާ ދީފައިވާކަން އެނގެންއޮތުމުން، މިއީ ޕާޓްނަރޝިޕް އުޞޫލުން
ހިނގާފައިވާ މުޢާމަލާތެއް ނޫންކަމާއި، މިފައިސާ އަށް މަމްދޫހް ޚާލިދު ޒިންމާވާންޖެހޭކަން ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުން ބަލާއިރު އެނގެން އޮންނަކަން،
އ ހ 3
2
3
34
03
އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2009-HC-A226
އަކުމާ:
ވީމާ ކ. މާފުށި ކޯޓުގެ ނަންބަރު 2007/H
-
12
-
C/76 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބަލާނެތަނެއް އޮތްކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމަށްޓަކައި އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ali
(
އާދަމް މުޙައްމަދު ޢަބްދު
އަޙްމެދު ޝަރީފު ޢަލީ
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv