ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/252 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2010/HC-A/252
ނިމުނު ގޮތު
کمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 252/HC
-
A/2010
އިސްތިއުނާފް ކުރިފަރާތް:
* ނަން: ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރީ ނަންބަރު: 711
/
2006-C
ދާއިމީ އެޑްރެސް: ހ.ސޯފާގެ/ މާލެ
މިހާރުގެ އެޑްރެސް: ހ.ސޯފާގެ / މާލެ
*ވަކީލު: އޒް. މުޙައްމަދު އިބްރާހީމް ހ.ވަލަންޖު
• އިސްތިއުނާފް ރައްދުވި ފަރާތް
* ނަން: ޝަހުރާބު ޢަބްދު
ދާއިމީ އެޑްރެސް: ޝާހުއާބާދު / ގއ.ވިލިގިނލި
އައި.ޑީ.ކާރޑް ނަންބަރު: A040105
މިހާރުގެ އެޑްރެސް: ނީޕްޓައިޑް | މާލެ
* ހުށަހެޅުނު ތާރީޚް: 22 ޑިސެމްބަރ 2010 * ނިމުނު ތާރީޚް: 25 މެއި 2013
• އިސްތިއުނާފުކުރެވުނު މައްސަލަ:
z ނަންބަރ: VTR2009/128
* ކޯޓު : ވަޒީފާއާ ބެހޭ ޓްރައިބިއުނަލް
ނިންމެވި ތާރީޚް: 15 މާރޗް 2010
* ޤާޟިއްޔާގެ ބާވަތް : ވަޒީފާއާއި ބެގެ
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާޘްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
2
ޟިއްޔާ ނިމުނު
2013/HC-A/252
کی عمری
ދައުވާގެ ޚުލާޞާ
24
128TR/2010
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ،
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފުކުރުމަށް ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
20 3 2 1 2 3
02 މހ
2 2 22
މިޤަޟިއްޔާގައި، ދަޢުވާ
ރައްދުވާ ފަރާތަކީ ގއ.
ގއ.ވިލިގިންލި
{
ހެއުބުދު
ހަރުބު
ޢަބްދުﷲއެވެ.
ފާހަގަކުރެވުނު ނުކުތާތައް
128/VTR/2010
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ،
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފު ކުރުމަށް ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
14 2
ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/128 މައްސަލައަކީ،
01 މާރޗް 2017 އިން ފެށިގެން ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގައި
ޝަހުރާބް ޢަބްދުﷲ، A040105، ޝާހުއާބާދު، ގއ.ވިލިނގިލި، މެނޭޖަރ ފޮރ ހިއުމަން ރިސޯސަސް
އެންޑް އެޑްމިނިސްޓްރޭޝަންގެ މަޤާމްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ނަސޭހަތެއް، އިންޒާރެއް އަދި
ނޯޓިސްއެއް ދިނުމަކާނުލާ 13 ސެޕްޓެމްބަރ 2009 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ނޯޓިސްގެ
މުއްދަތަށްވާ ފައިސާ އާއި 01 ސެޕްޓެމްބަރ 2009 އިން ފެށިގެން ވަޒީފާއިން ވަކިކުރިދުވަސް ކަމުގައިވާ
13 ސެޕްޓެމްބަރ 2009 ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ ހޯދުމަށް އެދި، ސަންރައިސް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހެޅުމުން ޓްރައިބިއުނަލުން ބައްލަވާފައިވާ
މައްސަލައެއް ކަމާއި،
ދިވެހިރާއޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
44 235 23
2010/HC-A/252
3 ޤަޟިއްޔާ ނިމުނު "
کی مرگی
ދެވެ
އެމައްސަލާގެ ނިންމާފައިވާ ނިންމުމުގައިވަނީ ޝަހުރާބު ޢަބްދުﷲ ސަންރައިސް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ ފޯރ ހިއުމަން ރިސޯސަސް އެންޑް
އެޑްމިނިސްޓްރޭޝަން"ގެ މަޤާމުން 13 ސެޕްޓެމްބަރ 2009 ގައި ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް
އޮވެގެންކަން ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ ޒިއްމާއަކަށްވީ ހިނދު، އެކަން މައްސަލަ
ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27
ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ޝަހުރާބު
ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާއާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008
މިވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)ގެ ދަށުން ބަދަލުގެ ގޮތުގައި ދެ މަސްދުވަހުގެ ބޭސިކް
މުސާރައަށްވާ މިންވަރު، 14000.00 (ސާދަހާސް ރުފިޔާ) އާއި، 01 ސެޕްޓެމްބަރ 2009 ން 13
ސެޕްޓެމްބަރ 2009 ގެ ނިޔަލަށް ޝަހުރާބު ޢަބްދުﷲއަށް އޭނާ ޚިދުމަތް ކުރި މުއްދަތަށް އުޖޫރަ ދީފައި
ނުވާކަން މައްސަލަ ރައްދުވި ފަރާތުގެ ބަހުން އެދޭތީއާއި، ޝަހުރާބު ޢަބްދުﷲ ނަގާފައިވާ ލޯނަކަށް އެ
ފައިސާ ކަނޑާފައިވާކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނިނަމަވެސް ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޝަހުރާބު
ޢަބްދުﷲގެ މުސާރައިން އެއްވެސް މިންވަރެއް އުނިކުރުމަށް ޤާނޫނު ހުއްދަކުރާ ކަމެއް މައްސަލަ ރައްދުވި
ފަރާތުން ހުށަހަޅާފައި ނުވާތީ، 01 ސެޕްޓެމްބަރ 2009 ން 13 ސެޕްޓެމްބަރ 2009 އަށް 13 ދުވަހުގެ
އުޖޫރައިގެ ގޮތުގައި 3033.33 (ތިންހާސް ތިރީސް ތިނެއް ޕޮއިންޓް ތިނެއް ތިނެއް) ރުފިޔާއާއެކު ޖުމްލަ
17,033.33 (ސަތާރަ ހާސް ތިރީސް ތިނެއް ޕޮއިންޓް ތިނެއް ތިނެއް) ރުފިޔާ 15 މާރޗް 2010 ން
ފެށިގެން 07 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޝަހުރާބު ޢަބްދުﷲ އަށް ދިނުމަށާއި އެކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް އެންގުމަށް ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
އަމުރުކުރައްވައިފައި ވެއެވެ.
128/VTR/2010
3- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެމައްސަލަ
އިސްތިއުނާފު ކުރުމަށް ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 10
(ދިހައެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
4
2{10/HC-A1252
کی عمری
ޤަޟިއްޔާ ނިމުނު
•ފުރަތަމަ ނުކުތާއަކީ: ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
ޝަހުރާބު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން
ސާބިތުކޮށްދެވިފައިނުވާކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނިންމެވުމުގައި ބަޔާންކުރެއްވި ނަމަވެސް ކަން
ހިގާދިޔަ ގޮތުގެ މައްޗަށް ޙާއްޞަކޮށް ޝަހުރާބު ޢަބްދުﷲގެ ވަޒީފާ ސަސްޕެންޑް ކުރެވުނޭ ބުނުމުން
ސަންރައިސް ކޮރޯނާއިން ޙަޤީޤީ ސަބަބުތައްވަނީ ޓްރައިބިއުނަލަށް ހުށަހަޅާލެވިފައެވެ. އެސަބަބުތައް ވަޒީފާއާއި
ބެހޭ ޤާނޫނުގެ އިމުގެތެރެއިން ޓްރައިބިއުނަލުން ތަރުޖަމާކޮށްފައި ނުވުމާއި، ސަސްޕެންޑް ކުރުމުން ޝަހުރާބު
ޢަބްދުﷲ އަމިއްލައަށް ވަކިވެގަތީކަން ފާހަގަކޮށްފައިނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
.ދެވަނަ ނުކުތާއަކީ: ޝަހުރާބު ޢަބުދުﷲގެ އިއުތިރާފުގައި އަދި މިކަމުގެ ލިޔުންތަކުގައި
ފެނިއެގި ވާން އޮތްފަދައިން 13 ސެޕްޓެމްބަރ 2009 ދުވަހު މެލޭޝިޔާގައި ހުންނަވައިގެން
ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ "މުޙައްމަދު މިރުޒާޤު"
ޝަހުރާބު ޢަބްދުﷲ އަށް ފޯނުން ގުޅުއްވާ ޝަހުރާބު ޢަބްދުﷲ އާއި މުޙާތަބުކޮށް ދެއްކެވި ވާހަކައިގައި
ޝަހުރާބު ޢަބްދުﷲ ކުންފުނީގެ ލިޔުންތަކެއް ބޭނުންކޮށްގެން ކުންފުންޏެއް އުފެއްދި ވާހަކަ އާއި،
ހަރާންކޯރުވި ކަމަށް މުޙައްމަދު މިރުޒާޤުގެ ފޯނުން ވާހަކަ ދެއްކި ކަމަށް ޝަހުރާބު ޢަބްދު
އިޢުތިރާފްވާއިރު، މިދެމެދަށް ހަމަނުޖެހުމެއް ވަނީކަން އެނގުނު ހިނދުން މަސްލަހަތު ޤާއިމްކޮށް ސުލްހަ
ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ޝަހުރާބު ޢަބްދުﷲ ޢަމަލުކުރީ އިދިކޮޅު ގޮތުންކަން ފެންނަން އަދި
އެގެންހުރި ޙަޤީޤަތްތަކަށް، ވަޒީފާއާއި ބެހޭ ޤާނޫނު އަދި ޝަރުޢީ އިމުގެ ތެރެއިން މިމައްސަލަ ރަނގަޅަށް
ޓްރައިބިއުނަލުން ބައްލަވާ ދެއްވާފައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ
.ތިންވަނަ ނުކުތާއަކީ: ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިރުޒާޤު 13 ސެޕްޓެމްބަރ 2009 ގައި ޝަހުރާބު ޢަބްދުﷲއަށް ފޯނުން
ގުޅި ބޭނުން އެނގެން އޮތްއިރު އެއާއި ގުޅިގެން ކުންފުނިން ޢަމަލުކުރަނީ ކޮންގޮތަކަށްތޯ ބަލާލުމަށް
އިންތިޒާމްކޮ
މްކޮށްލުމެއްވެސްނެތި އަވަސްވެގެންފައިވަނީ ކުންފުންޏާއި ޖަދަލު ކުރަންކަން 19 ސެޕްޓެމްބަރ
2009 ގައި ޝަހުރާބު ޢަބްދުﷲ ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި
ސިޓީއިން އެނގެން އޮތްއިރު، އެ ޝަހުރާބު ޢަބްދުﷲގެ ފަރާތުންވެސް ޓްރައިބިއުނަލަށް
ލިބިފައިވާއިރު، އޭގެ މައްޗަށް ޤާނޫނީ މާނައެއް އިންސާފުގެ މީޒާނެއް ޓްރައިބިއުނަލުން ދެއްވާފައިނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
4 3
2013/HC-A/252
کی عمری
ދެވެ
5 ޤަޟިއްޔާ ނިމުނު ގޮ
•ހަތަރުވަނަ ނުކުތާއަކީ: ޝަހުރާބު ޢަބްދުﷲގެ އިޢުތިރާފުން ފެންނަން އޮތް ގޮތުގައި
13 ސެޕްޓެމްބަރ 2009 ގައި މެލޭޝިޔާގައި ހުންނަވައިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ
މުޙައްމަދު މިރުޒާޤު ޝަހުރާބަށް ފޯނުން ގުޅުއްވާ ދެއްކި ވާހަކަތަކާއި ގުޅިގެން ސަންރައިސް ކޮރޯނާ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޝަހުރާބު ޢަބްދުﷲ ފޯނުން ގުޅުއްވާ ކުންފުނީގައި މުޙައްމަދު
މިރުޒާޤުއާއި އެންމެ ގާތުން މަސައްކަތް ކުރައްވާ ޒިހުނީ އާއި ވާހަކަ ދެއްކިކަމަށާއި، މިދެއްކި ވާހަކައިގައި
ޝަހުރާބު ޢަބްދުﷲ ކުންފުނިން ވަކިކުރުމަކީ މައްސަލައެއް ނޫންކަމަށާއި، މައްސަލައަކީ ކުންފުނީގެ
ޒިއްމާދާރު މަސައްކަތެއްގައި ހަރަކާތްތެރި ވެވުނުއިރު، މަސައްކަތުގައި ބޭނުންކުރެވުނު ޝަހުރާބު ޢަބްދު
އަމިއްލަ ތަކެތި ކުންފުނީގައި ވަނިކޮށް އެތަކެތި ނުދީ ކުންފުނިން ވަކިކުރުން ކަމަށް ކުންފުންޏަށް ޝަހުރާބް
ޢަބްދުﷲ މާނަކޮށްދީފައިވާ ގޮތް އެއިރުވެސް މިހާރުވެސް ކުންފުނިން ޤަބޫލުނު:
ނުކޮށްލާކަން އެގެން އޮތްއިރު
ޓްރައިބިއުނަލުން މިކަމުގެ މައްޗަށްވެސް ޤާނޫނީ ތަޞައްވުރެއް މާނަކޮށްދެއްވާފައިނެތްކަމަށްބުނެ ހުށަހެޅި
ކުތާ"
ފަސްވަނަ ނުކުތާއަކީ: ޝަހުރާބު ޢަބްދުﷲގެ ބަޔާނުގައި އަދި ލިޔެކިޔުމުގައި ހުރި
ބައެއް ފޮޅުވަތްތަކުގައި ޝަހުރާބު ޢަބްދުﷲ ވަޒީފާއިން ވަކިކުރިއޭ ބުނަމުން ގެންދެވިކަމުގައި ވިޔަސް
ފޮޅުވަތުގައި ބުނުއްވާފައިވަނީ މުޙައްމަދު މިރުޒާޤު މެލޭޝިއާގައި ހުންނަވައިގެން
ފޯނުންގުޅާ ދެއްކި ވާހަކައިގައި "ތިއިނީ ކުންފުންޏަށް ހަރާމްކޯރުވެފައޭ މިހިސާބުން ކުންފުންޏަށް
އެގޮތަށް ބުނެކަމަށާއި، މިހެންވުމުން އެއްވާހަކައެއް ދެޢިބާރާތުން ދިންކަން
ޓްރައިބިއުނަލަށް ޝަހުރާބު ޢަބްދުﷲ ދިންބަޔާނުގައި ފެންނަން އޮތްއިރު އަދި ތަކުރާރުކޮށް ކުންފުނީގެ
ފަރާތުން ބުނަމުން ގެންގޮސްފައިވަނީ ސަސްޕެންޑްކުރިކަމުގައިކަމާއި، އެގޮތަށް ދެއަތަށް ވަރުން
އެޅިއެޅި އޮތްވާ ޝަހުރާބުއާ އެއްގޮތަށް، ޝަހުރާބު ޢަބްދުﷲ ގެ ބުނުން ޤަބޫލުކުރައްވާ ގޮތުން
ޓްރައިބިއުނަލުން ނިންމެވި ޝަރުޢީ އަދި ޤާނޫނީ ހަމައެއް ދެއްކިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ންކުމެނެންވާނޭ"
ހަވަނަ ނުކުތާއަކީ، މަސްޢޫލިއްޔަތު އުފުލާ ފަރާތާއި، އުފުލުވާ ފަރާތާއި ދެފަރާތުންކުރެ
ކޮންމެ ފަރާތަކުންވެސް އެފަރާތްތަކާއިމެދު ރައްކާތެރިވުމަށް ޢަމަލުކުރަންވީގޮތް ވަޒީފާއާއި ބެހޭ
ޤާނޫނުން ދައްކައި ދީފައިވާއިރު މިދެފަރާތުން މިދިމާވި ހަމަނުޖެހުމުގެ ހުރިހާ ކަމެއްގެ ޒިއްމާ
އުފުލަން މިޖެހެނީ ކުންފުނިން ކަމަގައި ޓްރައިބިއުނަލުން މާނަކުރީ ޤާނޫނޫނެއް ނުވަތަ ޤާނޫނުގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
6
ޤަޟިއްޔާ ނިމުނު "
201{/HC-A/252
ދެވެ
ނަންބަރެއް ދައްކައި ދީފައިނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ
• ހަތްވަނަ ނުކުތާއަކީ: ކުންފުނީގެ ޤަވާއިދާއި އަދި ޙާއްސަކޮށް ޤާނޫނީ އިމުގެ ތެރެއިން
ކުންފުނީގެ ހުރިހާ ކަމެއް އެތުރި ހަމަޖެހޭ އުޞޫލުތަކުން، ދީނީ އިމުގައި ތިބެންވާއިރު، ކޮންމެ މީހަކަށްވެސް
ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ކުންފުނީގެ ޒިއްމާއެއް އުފުލާނަމަ ސުލޫކީ މިންގަޑެއް، އަޚްލާޤީގޮތުން
އޮންނަންވާއިރު މިދިމާވި ހަމަޖެހުމުގައި މުގޫކުރެވޭ ބަދުއަޚްލާޤީ މައްސަލައެއްވެސް ވާތީ، އެކަމުގެ
އިޝާރާތެއްވެސް ޝަހުރާބު ޢަބްދުﷲއަށް ވަނީ ދެވިފައިކަމާއި، މިގޮތުން ކުންފުނީގެ އަންހެން
މުވައްޒަފެއްކަމުގައިވާ މަރްޔަމް ޢުމަރު، ފިނިހިޔާގެ ; ލ.އިސްދޫ ކުރަމުންގެންދިޔަ ރިޕޯޓާއިގުޅޭ ސިޓީއެއް
ކުންފުންޏަށް ލިބިގެން އެކަމުގެ މައްޗަށްވެސް ކުންފުނިން ބަލަންޖެހިފައިވާ ވަގުތަކަށްވާތީ، މިމައްސަލާގެ
ސިޓީ ޓްރައިބިއުނަލަށް ހުށަހެޅި ނަމަވެސް މިކަމަށް ބެލުންތެރި ކަމެއް ނުވަތަ ޤާނޫނީ ނަޡަރެއް ކުރެއްވި
ގޮތެއްވެސް މައްސަލައިން އެގެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• އަށްވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) މި ޤާނޫނުގެ
13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަޒީފާގެ އެއްބަސްވުމެއް ކުންފުންޏާއި ޝަހުރާބު ޢަބްދުﷲ އާއި
ދިމެދުން ނެތީކީއްވެތޯ ކުންފުންޏާއި އަދި ޝަހުރާބު ޢަބްދުﷲ އާއި މުޙާތަބުކޮށް ޓްރައިބިއުނަލުން އޮޅުން
ފިލުއްވުމަށް ކުރެއްވި މަސައްކަތެއްނެތި އޮތުމުން މައްސަލާގެ ޤާނޫނީ ރުކުންތައް ޓްރައިބިއުނަލުން
ނުބެއްލެވިކަން އެގެން އޮންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
•ނުވަވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާއިބެހޭ ޤާނޫނު)ގެ 15 ވަނަ
މާއްދާގައިވާގޮތުގެ މަތިން ވަޒީފާގެ ބަޔާނެއް މުވައްޒަފަކަށްނަމަ އޮންނަންޖެހޭއިރު ބަޔާންނެތި ދިގުމުއްދަތެއްގެ
މަތީގައި އެއްކަމެއްގައި ދެމިހުރެއްޖެނަމަ އެއީ ވަޒީފާ ބަޔާން ނުވަތަ ވަޒީފާ ދޭފަރާތާއި ވަޒީފާލިބޭ ފަރާތުގެ
ޤާނޫނީ ޝަރުޠު ހަމަވުން ކަމުގައި ޓްރައިބިއުނަލުން ނިންމެވި ޤާނޫނީ މަސްދަރެއްނެތްކަމަށް ބުނެ ހުށަހެޅި
ނުކުތާ
ދިހަވަނަ ނުކުތާއަކީ: މައްސަލާގެ ތެރެއިން ޔަޤީންވެ އެގެން އޮތްގޮތުގައި ޝަހުރާބު
ޢަބްދުﷲ ހިތައް ލޮޅުން އަރާފަދަ ފޯނުކޯލެއް ލިބުމުން ޝަހްރާމް ޢަބްދުﷲ އެދުވަސް ވަރުގެ ޢަމަލުތަކުގެ
ސިއްރުތަކެއް ފާޅުވެގެން ހިނގައިދާނެ ކަމުގެ ހީއަށް ޝަހުރާބު ޢަބްދުﷲގެ ޕްރޮޕެގެންޑާއަކީ ސަންރައިސް
ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ފަޟީޙަތް ކޮށްލުންކަމާއި، ސަސްޕެންޑްގެ ތެރޭގައި
މެނޭޖިންގ ޑިރެކްޓަރ އަޅުއްވާފާނެ ފިޔަވަޅަކަށް ފިލުމުގެ މަޤްޞަދުގައި ކުންފުނިން ޝަހުރާބު ޢަބްދު
ވަކިވެގަތީކަން މައްސަލައިން ރަނގަޅަށް ދޭހަވާން އޮތްއިރު އެއިން ކަމެއް އަމުދުންވެސް މައްސަލާގައި
ހިމަނައިނުލާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާ އާއި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 235 23
201{/HC-A/252
ދެވެ
ޤަޟިއްޔާ ނިމުނު "
21 ވަނަ މާއްދާ އާއި 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ނިންމާލުމަކީ ޝަރުޢީ އަދި ޤާނޫނީ
އިމުން ބޭރުވެގެން ޓްރައިބިއުނަލުން ނިންމެވި ނިންމެވުމެއްކަމަށް ޔަޤީންކޮށްދެވެން އޮތްކަމަށް ބުނެ ހުށަހެޅި
ނުކުތާ.
4- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/128 މައްސަލައަކީ،
އިސްތިއުނާފު ކުރުމަށް ސަންރައިސް ކްރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި އެނުކުތާތަ ގުޅޭ ގޮތުން ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ގއ. ވިލިނގިލި، ޝާހުއާބާދު ! ޝަހުރާބު ޢަބްދުﷲގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/128 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
<< O
2
އަންނަކަމެވެ.
(ހ) ފުރަތަމަ ކަމަކީ: މިލިލީ
ޝާހުއާބާދު ޝަހުރާބު ޢަބްދުﷲއަކީ
ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އެޗް.އާރު. މެނޭޖަރެއްގެ ވަޒީފާ އަދާކުރި
މީހެއްކަމާއި، އެކުންފުނީގައި އޭނާ 2 (ދޭއް) އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާކަމާއި،
އެކުންފުނީގައި އޭނާ އަދާކުރި ވަޒީފާގެ މުސާރައަކީ މަހަކު 000.00، 7ރ (ހަތްހާސް ރުފިޔާ) ކަމާއި،
ޝަހުރާބު ޢަބްދުﷲ އެކުންފުނީގައި ވަޒީފާއަދާ ކުރުމާބެހޭ ގޮތުން އެކުންފުންޏާއި އޭނާއާ ދެމެދު ވަޒީފާގެ
އެއްބަސްވުމެއް ލިޔުމުން ނެތްކަން ހުށަހެޅިފައިވާ ލިޔުންތަކަށާއި ބަޔާންތަކަށް ބެލުމުން އެނގެން
މެވެ.
(ށ) ދެވަނަ ކަމަކީ: ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާއިން ޝަހުރާބު ޢަބްދުﷲ ވަކިކޮށްފައިވަނީ އެކުންފުނީގެ މުވައްޒަފަކަށް ހުރެ ކުންފުނީގެ މުހިއްމު
ލިޔުންތަކެއް ކުންފުނީގެ އެއްވެސް ވެރިއެއްގެ ހުއްދަނެތި ބޭރުކޮށް، ކުންފުނިން ކުރަމުން ދިޔަ ސެކިއުރިޓީ
ޚިދުމަތް ދިނުމުގެ މަސައްކަތް، އެހެން ބަޔަކާ ގުޅިގެން ކުރުމަށް "ބްލެކް ވޯޓަރ ސެކިއުރިޓީ" ކިޔާ
ކުންފުންޏެއް އުފައްދައި، އެކުންފުނީގެ ޑިރެކްޓަރަކަށް ވުމުންކަމަށް ބުނެފައިވާކަމާއި، އަދި 2009
ވަނައަހަރުގެ ޖޫން މަހުގެ ތެރޭގައި ޝަހުރާބު ޢަބްދުﷲ ޗުއްޓީއެއް ނަގައި 15 (ފަނަރަ) ދުވަސް
ބޭނުންވާކަމަށްބުނެ 30 (ތިރީސް ) ދުވަސް ބޭނުންކޮށް، އިތުރަށް ނެގި 15 (ފަނަރަ)
4 22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
23
4 *2
8 ޤަޟިއްޔާ ނިމުނު
201{/HC-A/252
کی مرگی
ދެވެ
ދުވަހުގެ މުސާރަ އެޑްވާންސް ފައިސާގެ ގޮތުގައި ނަގައި، އެފައިސާ ސެޕްޓެމްބަރ 2009 ގެ މުސާރައިން
އުނިކުރުމަށް އެއްބަސްވެފައިވާކަމަށް އެކުންފުނިން ބުނެފައިވާއިރު، އެކަމަށް ޝަހުރާބް ޢަބްދު
އިންކާރުކޮށްފައިވާތީ، އެކަން ސާބިތުކޮށް ދިނުމަކީ، އެކުންފުނީގެ މައްޗަށް އޮތްކަމެއްކަން ޤާނޫނުނަންބަރ
2008;2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބެލުމުން އެނގޭއިރު، އެކަން ހިނގާފައިވަނީ އެކުންފުނިން ބުނާ
ގޮތަށްކަން ސާބިތުކޮށް ދެވޭފަދަ ލިޔުމެއް އަދި ހެއްކެއް އެކުންފުނީގެ ފަރާތުން ހުށަހަޅާފައި ނުވާކަން
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅައި
އެކުލަވާލެވިފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެ ޤާނޫނަށް
ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރެވޭނީ
ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ
އަދާކުރާފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު،
އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ
ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ
ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ،
24
.1
އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
މެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން ކަން އެނގެން އޮންނަކަމާއި،
22
22
22 ތ ގތ
ކުރެވޭނޭކަމެއްކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ
ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން
ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު
ގެއެލެންޗުކޮއެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
9
ޤަޟިއްޔާ
44 235
2{1/HC-A1252
ނިމުނު
می هرکی
ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގެ (1) އަދި (2)
އަށް ބެލުމުން އެނގޭކަމާއި،
* 9
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަ؟
އަޚްލާޤު
ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން
ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ
ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ
ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު
ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ
އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމައުތަކުން ބަލައިގަނެ، އެޤައުމުތަކުގެ ޤާނޫނުތަކުގައި ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު،
ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން (substantive fairness) އާއި
އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް ފަހުގައިކަމާއި، މިއުޞޫލަކީ
އިންޓަނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް ކަނޑައެޅި ބަޔާންވެގެންވާ އުޞޫލެއް ކަމާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތް
ކުރުމަށްޓަކައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އިސްވެދެންނެވުނު އުޞޫލަކީ
އެޤާނޫނުގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެޤާނޫނު ހިންގޭނެ
ހ 0
2
4
0
8
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
44 35 23
2{g10/HC-A252
10 ޤަޟިއްޔާ ނިމުނު "
کی عمری
ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާއާއި -HC/2011
137/A ޤަޟިއްޔާއާއި 110/HC
-
A/2010 ޤަޟިއްޔާއާއި 212/HC
-
A/2011 ޤަޟިއްޔާއާއި މިފަދަ
ޤަޟިއްޔާތަކުގައި ބަޔާންކުރައްވާފައިވާ ކަމެވެ.
ފަހުގައި ކަމަށް
މަޢުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި
ރާޢާތަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011
ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ceco
4
44 3ތ
ބެހެ284
(ބ) ފަސް ވަނަ ކަމަކީ: ނޯޓިސް ދިނުމަކާ ނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ
ވަޒީފާއިން ވަކިކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް
އެޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ
ހާލަތްތަކުގައިކަން ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަމާއްދާގެ (ހ) އަށް
ބެލުމުން އެނގެން އޮންނައިރު، ޝަހުރާބު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ މިމާއްދާގައި
ބަޔާންކޮށްފައިވާ އުސޫލާ ހަމަތަކުގެ މަތިންކަން ސަންރައިސް ކޮރޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ސާބިތުކޮށް ދެވިފައިނުވާކަމާއި، ނޯޓިސް ދިނުމަކާ ނުލައި ޤަވާއިދާ ޚިލާފަށް ވަޒީފާއިން
ވަކިކޮށްފިނަމަ، ޢަދުލުވެރި ބަދަލެއް އެމުވައްޒަފަކަށް ދިނުމަށް އަމުރުކުރުމުގެ ބާރު ޓްރައިބިއުނަލަށް
ލިބިގެންވާކަން އެޤާނޫނުގެ 29 ވަނަމާއްދާގެ (ރ) އިން އެނގޭކަމާއި، އަދި ވަޒީފާ އަދާކުރާ ފަރާތުގެ
ރުހުންނެތި، އެފަރާތުގެ މުސާރައިން ބައެއް އުނިކުރުމުގެ ބާރު ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންނުވާކަމާއި،
01 ސެޕްޓެމްބަރު 2009 އިން 13 ސެޕްޓެމްބަރު 2009 އަށް 13 ދުވަހުގެ އުޖޫރައިގެ ގޮތުގައި
(ތިންހާސް ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) ޝަހުރާބު ޢަބްދުﷲގެ މުސާރައިން
އުނިކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭތީ، އެފައިސާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަމާއްދާގެ (ރ) ގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2 (ދޭއް) މަސްދުވަހުގެ
3033.33ރ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ
{{
کی عمری
2010/HC-A/252
11 ޤަޟިއްޔާ ނިމުނު "
ދެވެ
މުސާރައާއެކު ޖުމްލަ 033.33, 17ރ (ސަތާރަހާސް ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި) ނަންގަވައި
ދެއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ޤަބޫލުނުކުރެވޭކަމެވެ.
ޙުކުމް
128VTR/2010
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވި ދިޔަ ގޮތުގެމަތިން ހުރުމާއެކު،
ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ އެޓަރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމަށް މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއޖޭގެ
.ޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިތެއްގެ