ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/64 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/64
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 64/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ޢުމައިދު
އައިޑީ ކާޑު ނަންބަރު: A393472
* ދާއިމީ އެޑްރެސް:
1/
ސޯސަންޕްލަވަރ(މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އަލްއުސްތާޛާ މަރިޔަމް ޝަހުލާ
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 7 ރަބީއުލްއާޚިރާ 1434
17 ފެބްރުއަރީ 2013
ނިމުނު ތާރީޚް: 20 ޖުމާދަލްއާޚިރާ 1434
30 އެޕްރީލް 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Jv
-
C/81
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން
ނިންމެވި ކޯޓް: ޖުވެނައިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 8 އޯގަސްޓް 2011 ނިމުނު ތާރީޚް: 10 އޮކްޓޫބަރު 2012
O
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
މަ9މުދާޗއި
2013/HC-A/64
2 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު
2011/Jv
-
C/81 ޤަޟިއްޔާ އެކޯޓުން
xތ
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކުށްދިނުންއެދި އަޙްމަދު ޢުމައިދު، ހ. ސޯސަންފްލާވަރ،މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A393472) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
81/Jv-C/2011
1. އިސްތިއުނާފުކުރެވިފައިމިވާ ޖުވެނައިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، 15 މެއި 2011 ދުވަހުގެ 19:40 އެހައިކަންހާއިރު، ފުލުހުން
މާލެތެރެ ބަލަހައްޓަމުން ދިޔަ ދިއުމުގައި އަލިމަސް އުފާ ކާނިވަލްގައި ހުންނަ "ދޮންމަނިކު ކައިވިއު"
ރެސްޓޯރަންޓަށް ވަތްތަނާ ހ. ސޯސަންފްލަވަރ(މާލެ، އަޙްމަދު ޢުމައިދު، އިތުރު ކުދިންތަކަކާއެކު މޭޒެއް
ކައިރީގަ އިންތަން ފެނިގެން އެކުދިން ކޮންމެވެސް ކަމެއް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން
އެކުދިންގެ ހަށިގަޑު ބަލާ ފާސްކުރަން ފެށުމުން، އަޙްމަދު ޢުމައިދު އިންދިމާ ބިންމަތީގައި އޮތް
ކަރުދާސްގަޑެއްގައި ފައިންޖެހުމަށްފަހު ވަރަށް ބާރަށް ދުއްވައިގަތުމުން، އަޙްމަދު ޢުމައިދު ފުލުހުންގެ
ބެލުމުގެ ދަށައްގެނެސް، އަޙްމަދު ޢުމައިދު ފައިންޖެހި ކަރުދާސްގަނޑު ފުލުހުން ނެގިއިރު، އޭގެ ތެރެއިން
ފެނުނު 08 (އަށެއް) ސެލޯފިންކޮޅުގައި 1.0339 ގްރާމް ޓެޓްރާހައިޑްރޯކެނެބިލޯލް އާއި 0.0270 ގްރާމް
ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ
ދަށުން، ދައުލަތުން އަޙްމަދު ޢުމައިދުގެ
މަނާކުރެވިފައިވާ
17/17
އަށް)
ދިވެހިރާއްa
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު
2013/HC-A/64
مری
ދެވެ
4 27 04 4
م م ع کی
ކުށުގެ ދަޢުވާ ކުރުމުން، ޖުވެނައިލް ކޯޓުން ބައްލަވައި
ވިޔަފާރިކުރުމަށްޓަކައި އަތުގައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "15 މެއި 2011 ދުވަހުގެ 19:40
އެހައިކަންހާއިރު، ފުލުހުން މާލެތެރެ ބަލަހައްޓަމުން ދިޔަ ދިޔުމުގައި އަލިމަސް އުފާ ކާނިވަލްގައި ހުންނަ
"ދޮންމަނިކު ސްކައިވިއު" ރެސްޓޯރަންޓަށް ވަންތަނާ ހ. ސޯސަންފްލަވަރ(މާލެ އަޙްމަދު ޢުމައިދު، އިތުރު
ކުދިންތަކަކާއެކު މޭޒެއް ކައިރީގަ އިންތަން ފެނިގެން މިކުދިން ކޮންމެވެސް ކަމެއް ކުރަން އުޅޭކަމަށް
ތުހުމަތު ކުރެވިގެން އެކުދިންގެ ހަށިގަނޑު ބަލާ ފާސްކުރަން ފެށުމުން، މީނާ އިންދިމާ ބިންމަތީގައި އޮތް
ކަރުދާސްގަނޑެއްގައި ފައިންޖެހުމަށްފަހު ވަރަށް ބާރަށް ދުއްވައިގަތުމުން، ޖަނާ ފުލުހުންގެ ބެލުމުގެ
ދަށައްގެނެސް، ފުލުހުން މީނާ ފައިންޖެހި ކަރުދާސްގަނޑުނެގިއިރު، އޭގެ ތެރެއިން ފެނުނު 08 (އަށެއް)
ސެލޯފިންކޮޅުގައި 1.0339 ގްރާމް ޓެޓްރާހައިޑްރޯކެނެބިލޯލް އާއި 0.0230 ގްރާމް ކެނަބިނޯލް ހުރިކަމަށް
އެތަކެތީގެ ތަހްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، ދައުލަތުން އަޙްމަދު ޢުމައިދުގެ
މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ
ކޮށްފައިވާކަމާއި،
ދައުލަތުންކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ
ދަޢުވާއަށް އިންކާރުކުރާކަމަށާއި، ދަޢުވާގައި އެބުނާ ދުވަހު އޭނާ އިތުރު
ކުދިންތަކަކާއެކު ދޮންމަނިކު ސްކައިވިއުގައި އިންދައި އެތަނަށް ފުލުހުން އަންނަތަން ފެނިގެން،
އޭނާއާއިއެކުގައި އެތަނުގައި އިންކުއްޖަކު ކަރުދާސް ގަޑެއް އެއްލާލިތަން ދުއްކަމަށާއި، އެދުވަހު ފުލުހުން
އައިސް އޭނާ ހިފަހަށްޓަން އުޅުމުން ބިރުން ދުއްވައިގަތްކަމަށާއި، އޭނާ ދުއްވައިގަތްތަނާ އޭނާގެ ފައިން
ކަރުދާސްގަނޑެއްގައި ޖެހުނު ކަމަށް ދަޢުވާލިބުނު އަޙްމަދު ޢުމައިދު ޝަރީޢަތުގައި ބުނެފައިވާކަމާއި،
xތ ﷲ / ހ2
22
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44
4 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/64
و مری
04 02
2x
ދަޢުވާލިބުނު އަޙްމަދު ޢުމައިދު މިދަޢުވާއަށް އިންކާރިކޮށްފައިވާތީ، ދަޢުވާ
ސާބިތުކުރުމަށް ދަޢުލަތުން ހެކިން ހުށަހަޅާފައިވާކަމާއި، އެގޮތުން ދަޢުލަތުން ހުށަހެޅި ހެކިންކުރެ، ޕޮލިސް
ލާންސްކޯޕްރަލް މުޙައްމަދު އަރީޝް (ސަރވިސް ނަންބަރު 3471) އާއި، ޕޮލިސް ކޯޕްރަލް އަޙްމަދު
ވިކްރަމް (ސަރވިސް ނަންބަރު 1465) އާއި، ޕޮލިސް ކޮންސްޓަބަލް ނަސްރީމް މުޙައްމަދު (ސަރވިސް
ނަންބަރު 3872) އާއި، ޕޮލިސް ކޮންސްޓަބަލް އިބްރާހިމް ޢަބްދުﷲ (ސަރވިސް ނަންބަރު 2937)
އާއި، ޕޮލިސް ކޮންސްޓަބަލް އިބްރާހިމް ޙަމީދު (ސަރވިސް ނަންބަރު 4298) އާއި، މިފަރާތްތަށް
ޝަރީޢަތަށް ޙާޟިރުކުރުމުން، މިދުވަހު ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓްގެ މޭޒެއްގެ ކައިރީގައި
އިތުރު ކުދިންތަކަކާއެކު، އަޙްމަދު ޢުމައިދު އިންދާ ދަށްކަމާއި، އެމީހުންގެ ޢަމަލުތައް ހުރިގޮތުން އެމީހުން
ޗެކްކުރަން ފެށުމުން އަޙްމަދު ޢުމައިދު ކުއްލިއަކަށް ދުއްވައިގަތްކަމާއި، އެވަގުތު އެއްޗެއްގައި ފައިންޖެހުނު
އަޑު އިވުނު ކަމާއި، އަޙްމަދު ޢުމައިދު އެއްޗެއް ވައްޓާލިތަން ނުވަތަ އެއްޗެއް އެއްލާލިތަން ފެނިފައި
ނެތްނަމަވެސް، އަޙްމަދު ޢުމައިދު ދުއްވައިގަތުމުން އޭނާ އިށީނދެގެން އިންދިމާ ބެލިއިރު އެދިމާ
ބިންމަތީގައި، ޓޭޕްއަޅާ ބަންދުކޮށްފައި އޮތް ކަރުދާސްގަޑެއް އޮއްވާފެނުނުކަމާއި، އެ ކަރުދާސްގަޑާއި
ބެހޭގޮތުން ސުވާލުކުރުމުން، އެއީ އަޙްމަދު ޢުމައިދުގެ އެއްޗެއްކަމަށް އެތާތިބި އެހެން ކުދިން ބުނިކަމަށް
ބުނެފައިވާކަމާއި، މިކަރުދާސްގަނޑުގައި ހުރި އެއްޗެއް ބެލިއިރު އޭގައި ތެޔޮފާޑެއްގެ އެއްޗެއް އަޅާފައިހުރި
ސެލޯފިން ކޮޅުތަކެއް ހުރި ކަމަށްބުނެ ހެކިބަސް އަދާކޮށްފައިވާކަމާއި،
2 ދީ
ދަޢުލަތުން
އަޙްމަދު ޢުމައިދުގެ
މައްޗަށް
ކުޅަ
ހ4
20
ދަޢުވާއަށް
އިންކާރުކޮށްފައިވާއިރު، ދަޢުވާގައި އެބުނާ ދުވަހު އަޙްމަދު ޢުމައިދު ދޮންމަނިކު ސްކައިވިއު
ރެސްޓޯރެންޓްގައި އިތުރު ކުދިން ތަކަކާއެކު އިންދައި ފުލުހުން އެތަނަށް އައިސް އޭނާ ހިފަހައްޓަން
އުޅުމުން، ދުއްވައިގަތްކަމަށާއި، އޭނާ ދުއްވައިގަތްތަނާ އޭނާގެ ފައިން ކަރުދާސް ގަނޑެއްގައި ޖެހުނު
ކަމަށް ޝަރީޢަތުގައި ބުނެފައިވާތީއާއި، ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިން ހެކިބަސް ދެމުން، މިދުވަހު
އެތާތިބި ކުދިންތައް ޗެކްކުރަން ފެށުމުން އަޙްމަދު ޢުމައިދު ކުއްލިއަކަށް ދުއްވައިގަތް ކަމާއި، އެވަގުތު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރެޑްގެ
5
ޤަޟިއްޔާ ނިމުނު 1
2013/HC-A/64
مری
=32
64
ގްރާމް
ފައިން ޖެހުނު އަޑު އިވުނު ކަމާއި، އަޙްމަދު ޢުމައިދު އެއްޗެއް ވައްޓާލިތަން ނުވަތަ އެއްޗެއް
އެއްލާލިތަން ފެނިފައި ނެތްނަމަވެސް، އަޙްމަދު ޢުމައިދު ދުއްވައިގަތުމުން އޭނާ އިށީނދެގެން އިންދިމާ
ބެލިއިރު އެދިމާ ބިންމަތީގައި ޓޭޕް އަޅާ ބަންދުކޮށްފައި އޮތް ކަރުދާސްގަނޑެއް އޮއްވައި ފެނުނުކަމާއި
އެކަރުދާސްގަނޑާއި ބެހޭގޮތުން ސުވާލުކުރުމުން، އެއީ އަޙްމަދު ޢުމައިދުގެ އެއްޗެއް ކަމަށް އެތާތިބި އެހެން
ކުދިން ހެކިންގެ ގާތުގައި ބުނިކަމަށް ހެކިން ބުނެފައިވާކަމާއި، މިކަރުދާސް ގަނޑުގައި ހުރި އެއްޗެއް
ބެލިއިރު އޭގައި ތެޔޮފާޑެއްގެ އެއްޗެއް އަޅާފައިހުރި ސެލޯފިންކޮޅުތަކެއް ހުރިކަމަށް ބުނެ ހެކިބަސް
އަދާކޮށްފައިވާތީއާއި، އަޙްމަދު ޢުމައިދު އިންދިމާލުން ފުލުހުން ނެގި ކަރުދާސްގަނޑުގައި އޮތް 08
(އަށެއް) ސެލޯފިންކޮޅުގައި ހުރި ތަކެތި ތަޙްލީލު ކުރިއިރު، އޭގައި 1.0339
ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 0.02
:
30 ގްރާމް ކެނަބިނޯލް ހުރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 2011
/
665/SDD
)
-DR (ލެބޯޓްރީ ތަހްލީލް ރިޕޯޓް (18 މެއި 2011) އިން
ދައްކާތީއާއި، މި ރިޕޯޓުގެ ޞައްޙަކަމުގެ މައްޗަށް ތަޙްލީލް ކުރި ފަރާތްކަމަށްވާ ޕޮލިސް ކޮންސްޓަބަލް
(ސނ. 2279) ޢަބްދުއްރަޙްމާން ޤާސިމް ހެކިބަސް އަދާކޮށްފައިވާތީ، ހެކީންގެ ހެކިބަހުގެ މައްޗަށާއި،
ޝަރީޢަތަށް ހުށަހެޅުނު ޤަރީނާގެ މައްޗަށްބަލައި، އަދި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)
06 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، ސޯސަންފްލަވަރ/މާލެ އަޙްމަދު ޢުމައިދުގެ މައްޗަށް ޤާނޫނު
ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން
ދައުލަތުން ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
ކުށުގެ
ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާއި،
ދަޢުލަތުން އަޙްމަދު ޢުމައިދުގެ މައްޗަށް މި ދަޢުވާކޮށްފައިވަނީ، ޤާނޫނު ނަންބަރު
17/77 (މަސްތުވާ
ތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާހަވާލާދީ އެމާއްދާގެ (ރ)
ގެ ދަށުން ކަމުގައިވީނަމަވެސް، މިމައްސަލަ ޝަރީޢަތަށް ހުށަހެޅި ހިނގަމުންދަނިކޮށް، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ވުޖޫދަށް އައިސްފައިވާކަމާއި، މި ޤާނޫނަށް ޢަމަލުކުރަ
م مع حج کر
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2013/HC-A/64
ޤަޟިއްޔާ ނިމުނު ގޮ
مری
ފެށުމުން، އޭގެ ކުރިން ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު ޢަމަލުކުރަންޖެހޭގޮތް މި ޤާނޫނުގައި
ބަޔާންކޮށްފައިވާކަމާއި، އެގޮތުން މި ޤާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި "..މިޤާނޫނަށް ޢަމަލުކުރަން
ފެށުމުގެ ކުރިން ހިނގަމުންދިޔަ ޤާނޫނެއްގެ ދަށުން ހިނގަމުންދާ ކުށެއްގެ ތަޙްޤީޤް މަރުހަލާގައިވާ މީހާއަށް
ނުވަތަ އެފަދަ ކުށެއްގެ ޝަރީޢަތުގެ މަރުހަލާގައިވާ މީހާއަށް، މި ޤާނޫނުގެ ދަށުން އެކުށްކުރިނަމަ ލިބޭނެ
ލުޔެއް ނުވަތަ މަންފާއެއް އޭނާއަށް ލިބިގެންވެއެވެ..." މިހެން އޮންނާތީއާއި، "ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" 59 ވަނަ މާއްދާގެ (ހ) ގައި "ވަކި ކަމެއް ކުރުން، ނުވަތަ ވަކިކަމެއް
ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި
ނެތީސް އެކަމެއްކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް
ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެން ނުވާނެއެވެ. އަދި ކުށެއް ކުރިއިރު އެކުށައް ކަނޑައެޅިފައިވާ
އަދަބަށްވުރެ ބޮޑު އަދަބެއް އެކުއްކުރި މީހަކަށް ދީގެނެއް ނުވާނެއެވެ. ކުށެއްކުރުމާ، ކުށެއްކުރި މީހާއަށް
ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ،
އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެވެ." މިހެން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތް
ކުރާއިރު، ދަޢުވާލިބުނު އަޙްމަދު ޢުމައިދުގެ އަތުން ފެނުނު މަސްތުވާތަކެތީގައި ހުރި މިންވަރުގެ މައްޗަށް
ބަލާއިރު، އަޙްމަދު ޢުމައިދުގެ މައްޗަށް އަދަބު ކަނޑައަޅަންޖެހެނީ މިއީ ކެނަބިހުން މުޢާމަލާތު ކުރުންކަމަށް
ބަލައި ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ހ) އާއި
އެޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ނ) ދަށުންކަމަށް ކަނޑައަޅައި،
މިޙާދިސާ ހިނގިއިރު، ދަޢުވާލިބުނު އަޙްމަދު ޢުމައިދަކީ، އުމުރުން 18 އަހަރު
ނުފުރޭ ޤާނޫނީ ގޮތުން ކުޑަކުއްޖަކަށްވާތީ، "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް،
އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި
އެމާއްދާގެ (ބ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު
ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ)
2 20
17/2011
(މަސްތު
ޗ (242882/2
همراه که م
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/64
کی مری
އާއި ހަވާލާދީ، އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަޢުވާލިބުނު ހ. ސޯސަންފްލަވަރ(މާލެ
އަޙްމަދު ޢުމައިދު، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، 16,666.66ރ
(ސޯޅަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އިން ޖޫރިމަނާކޮށް، މިއަދުން (10
އޮކްޓޯބަރ 2012) ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ޖުވެނައިލް ކޯޓަށް ދައްކައި
ޚަލާޞްކުރުމަށް ދަޢުވާލިބުނު ހ. ސޯސަންފްލަވަރ!މާލެ އަޙްމަދު އުމައިދަށް އަންގައި" އެގޮތުގެމަތިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2. ޖުވެނައިލް ކޯޓުގެ
ނަންބަރު
81/Jv-C/2011
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަ
ވާކަމަށް ބުނެ އަޙްމަދު ޢުމައިދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން އަޙްމަދު ޢުމައިދުގެ
ފަރާތުން ހުށަހަޅާފައިވާ'
• ފުރަތަމަ ނުކުތާއަކީ، އަޙްމަދު ޢުމައިދުގެ މައްޗަށް ދައުލަތުން
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް
އަޙްމަދު ޢުމައިދު އިންކާރުކޮށްފައިވަނިކޮށް، އަދި އަޙްމަދު ޢުމައިދުގެ ހިޔާޒަތުން ނުވަތަ އަޙްމަދު
ޢުމައިދުއާ ގުޅުންހުރި އެއްވެސް ތަނަކުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ފެނިފަނުވާއިރު، އާންމު
ތަނަކުން ފެނުނު އެއްޗަކާ ގުޅުވައިގެން އަޙްމަދު ޢުމައިދުގެ މައްޗަށް ކުޅަ ދަޢުވާ ސާބިތުވާކަމަށް
ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، އަޙްމަދު ޢުމައިދު ކޮފީ ބޯން ހުރިކަމަށް ބުނާ ދޮންމަނިކު
ސްކައިވިއު ރެސްޓޯރަންޓް
ސްޓޯރަންޓްގައި އަޙްމަދު ޢުމައިދު އާއެކު
އެއްވެސް މީހަކު ތަޙްޤީޤުގައި ގަޑަގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2013/HC-A/64
و مری
ދެވެ
ޤަޟިއްޔާ ނިމުނު
ޝަރީޢަތުގައިވެސް އަޙްމަދު ޢުމައިދު އެއްވެސް އެއްޗެއް އެއްލާލަނިކޮށް ދުއްކަމަށް ބުނެފައިނުވާކަމާއި،
އެއިން ފަރާތެއްގެ ބަޔާނެއް ޝަރީޢަތަށް ނެގިފައިނުވާއިރު އެއިން އެއްވެސް ކަމެއްގެ މައްޗަށް
ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓް ތެރެއިން ނެގިކަމަށް
ބުނާ ކަރުދާސްކޮޅުގައި އަދި ކަރުދާސްކޮޅު ތެރޭގައި ހުރިކަމަށްބުނާ މަސްތުވާތަކެތި އަޅާފައިވާ އެއްވެސް
ކަރުދާސްކޮޅެއްގައި އަޙްމަދު ޢުމައިދުގެ ފިންގަރޕްރިންޓް ނުވަތަ ޑީ.އެން.އޭ ފަދަ އެއްވެސް މާއްދީ
ހެއްކެއް އަދި ޤަރީނާއެއް ފެންނަން ނެތްއިރު، އެއާ ގުޅުވައިގެން މައްސަލަ ސާބިތުވާކަމަށް
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ތެރެއިން އެއްވެސް
ފުލުހަކަށް އަޙްމަދު ޢުމައިދު އެއްވެސް އެއްޗެއް އެއްލާލަނިކޮށް ފެނުނުކަމަށް ބުނެފައި ނުވުމާއި، އެއިން
އެއްވެސް ފުލުހަކަ އަޙްމަދު ޢުމައިދުގެ ހަށިގަނޑުން ނުވަތަ އަޙްމަދު ޢުމައިދުގެ ބާރުފޯރުވޭ ތަނަކުން
އެއްވެސް މަސްތުވާއެއްޗެއް ފެނުނުކަމަށް ބުނެފައި ނުވާއިރު، އެއިން ކަމެއްގެ މައްޗަށް ޝަރީޢަތުން
ރިޢާޔަތް ކުރައްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ކަމެއް ސާބިތުވުމާއި ނުވުން ބިނާވެގެންވަނީ އެކަމެއްގައި
ފެންނާން ހުންނަ އަޞްލުތަކުގެ މައްޗަށް ކަމަށްވާއިރު، އަޙްމަދު ޢުމައިދު އެއްޗެއް
އެއްލާލިކަމަށް ބަޔަކު
ބުނާކަމަށް އެހެން ފަރާތަކުން ބުނާ ބުނުމަށް ބާރުދޭންޖެހޭ ޙާލަތެއް ނެތްކަމާއި، އަޙްމަދު ޢުމައިދު އެއްޗެއް
އެއްލާލިކަމަށް ބުނާ ފަރާތްތަކުގެ ސާފު މަޢުލޫމާތު ފެންނާން ހުރިއިރު، އަދި އެފަރާތްތައް ދެމިތިބިއިރު،
ޝަރީޢަތަށް ޙާޟިރުކުރުމުގެ ބަދަލުގައި އެފަރާތްތަކުގެ
ބަސްބުނުމަށް
ފުލުހުން
ހާޟިރުކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އެފުރުތެތައް
22 22
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/64
کی مرکی
ދެވެ
1Jv-C/2011
3. މިމައްސަލައާ ގުޅިގެން ޖުވެނައިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަޙްމަދު ޢުމައިދުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ޖުވެނައިލް ކޯޓުގެ ނަންބަރު
2011/Jv
-
C/81 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު، އެމައްސަލާގައި ދަޢުވާލިބުނު އަޙްމަދު
ޢުމައިދުގެ މައްޗަށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ
(ހ) އާއި (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އަޙްމަދު ޢުމައިދުގެ މައްޗަށް
ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، އަޙްމަދު ޢުމައިދުގެ މައްޗަށް ދައުލަތުގެ
ފަރާތުން ހުށަހެޅި ދަޢުވާއަށް އޭނާ އިންކާރުކުރުމާ ގުޅިގެން އެމައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުގެ
ފަރާތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ހެކިންކުރެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް
ކޯޕްރަލް މުޙައްމަދު ޢަރީޝް (ސަރވިސް ނަންބަރު 3471) އާއި ޕޮލިސް ކޯޕްރަލް އަޙްމަދު ވިކްރަމް
(ސަރވިސް ނަންބަރު 1465) އާއި ޕޮލިސް ކޮންސްޓަބަލް ނަސްރީމް މުޙައްމަދު (ސަރވިސް ނަންބަރު
3872) އާއި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ޢަބްދުﷲ (ސަރވިސް ނަންބަރު 2937) އާއި ޕޮލިސް
ކޮންސްޓަބަލް އިބްރާހީމް ޙަމީދު (ސަރވިސް ނަންބަރު 298) ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހުގެ މައްޗަށާއި، އަޙްމަދު ޢުމައިދު އިން ދިމާލުން ފެނުނުކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާ ކަރުދާސްގަނޑުގައި ހުރި ތަކެތި ތަޙްލީލުކުރިއިރު އޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/64
10 ޤަޟިއްޔާ ނިމުނު "
مرگ هم می
2 20
ouc
1.0339 (އެކެއް ޕޮއިންޓް ސުމެއް ތިނެއް ތިނެއް ނުވައެއް) ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި
0.0230 (ސުމެއް ޕޮއިންޓް ސުމެއް ދޭއް ތިނެއް ސުމެއް) ގްރާމް ކެނަބިނޯލް ހުރިކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2011
/
665/FSDD
)
-DR "ލެބޯޓްރީ ތަޙްލީލް ރިޕޯރޓް" އިން
ދައްކާތީއާއި، މިރިޕޯޓުގެ ޞައްޙަކަމުގެ މައްޗަށް، ތަޙްލީލުކުރި ފަރާތްކަމަށްވާ ޕޮލިސް ކޮންސްޓަބަލް
ޢަބްދުއްރަޙްމާން ޤާސިމް (ސަރވިސް ނަންބަރު 2279) ހެކިބަސް އަދާކޮށްފައިވާތީ އެ ހެކިބަހުގެ
މައްޗަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބައްލަވައިގެންކަމަށް
އެމައްސަލައިގެ ޙުކުމުގައި ބަޔާންކޮށްފައިވާކަމާއި،
އަދި އިސްވެމިދެންނެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތްތަކުގެ ހެކިބަހުން،
ދައުލަތުން އަޙްމަދު ޢުމައިދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން
ކަނޑައަޅުއްވާފައިވަނީ، އެފަރާތްތަކުގެ ހެކިބަހުގައި، "ޚިދުވަހު ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގެ
މޭޒެއްގެ ކައިރީގައި އިތުރު ކުދިންތަކަކާއެކު، އަޙްމަދު ޢުމައިދު އިންދާ ދުށްކަމާއި، އެމީހުންގެ ޢަމަލުތައް
ހުރިގޮތުން އެމީހުން ޗެކްކުރަން ފެށުމުން އަޙްމަދު ޢުމައިދު ކުއްލިއަކަށް ދުއްވައިގަތްކަމާއި، އެވަގުތު
އެއްޗެއްގައި ފައިންޖެހުނު އަޑު އިވުނުކަމާއި، އަޙްމަދު ޢުމައިދު އެއްޗެއް ވައްޓާލިތަން ނުވަތަ އެއްޗެއް
އެއްލާލިތަން ފެނިފައި ނެތްނަމަވެސް އަޙްމަދު ޢުމައިދު ދުއްވައިގަތުމުން އޭނާ އިށީނދެގެން އިން ދިމާ
ބެލިއިރު، އެދިމާ ބިންމަތީގައި، ޓޭޕްއަޅާ ބަންދުކޮށްފައިއޮތް ކަރުދާސްގަނޑެއް އޮއްވާ ފެނުނުކަމާއި،
އެކަރުދާސްގަނޑާ ބެހޭގޮތުން ސުވާލުކުރުމުން، އެއީ އަޙްމަދު ޢުމައިދުގެ
އެހެންކުދިން ބުނިކަމަށް" އެފަރާތްތަކުން ބުނެފައިވާތީކަމަށްވެސް އެޙުކުމުގައި ބަޔާންކޮށްފައިވާކަން
2482 ހދ
އެސޮއެކަމަށް
އެތާ
އެނގޭކަމެވެ.
ދެވަނަ ކަމަކީ، ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް
ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ "އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮ
گمرک متي مو
2013/HC-A/64
މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތުވުން" ކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި ޖިނާއީ ދަޢުވާއެއް
ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ
ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން އޮންނައިރު، ޖިނާއީ މައްސަލަ ސާބިތުކުރުމަށް
ބޭނުންކުރެވޭ އެންމެ މުހިންމު އެއް ދަލީލުކަމަށްވާ ހެކިންގެ ހެކިބަސް ވާންޖެހޭނީ ޝަރުޢީ އަދި
ޤާނޫނީގޮތުން ޞައްޙަ ހެކިބަހަކަށްކަމަށާއި، ޤާނޫނީ އިޞްޠިލާޙުގައި ހެކިދިނުމަކީ މީހަކު އޭނާގެ އަމިއްލަ
ލޮލުން ދުށް ނުވަތަ އަޑުއެހި، ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކަށް
އިޤްރާރުވުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމާއި،
މިކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، ހެކިންގެ ހެކިބަހުގެ މައްޗަށް
ބިނާކޮށް، ޖިނާއީ މައްސަލައެއް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ
މިންގަނޑުން ސާބިތުވާކަމަށް ކަނޑައެޅޭނީ، އެހެކިބަހަކީ އެހެކިބަސް ދިން މީހާގެ އަމިއްލަ ލޮލުން ދުށް
ނުވަތަ ކަންފަތުން އަޑުއެހި، ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން އިއްސަކަށް އެނގިފައިވާ
ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އޭނާދީފައިވާ ހެކިބަހަކަށް ވާނަމަކަމާއި، އެހެންކަމުން ހެކިބަސްދޭ
މީހާގާތު އެހެން މީހަކު ބުނި ބުނުމެއްގެ މައްޗަށް ދެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހަކީ،
އާންމު އުސޫލެއްގެ ގޮތުން (ވަކި ޙާއްޞަ ޙާލަތުތަކެއްގައި މެނުވީ) ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ
ހެކިބަހަކަށް ނުވާނެކަމާއި،
މިކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ
ގޮތަށްބަލާއިރު، އަޙްމަދު ޢުމައިދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތު
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ޖުވެނައިލް
ކޯޓުން ކަނޑައެޅުއްވުމުގައި މައިގަނޑުގޮތެއްގައި އެހެއެކެއްގެ މައްޗަށް ބަރޯސާވެފައިވާ މޯލްޑިވްސް
ސްތުވާއެއްޗެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
22
4 9އށް ޓެކްށް
2013/HC-A/64
12 ޤަޟިއްޔާ ނިމުނު ގޮ
ميم ممب
ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ޢަރީޝް (ސަރވިސް ނަންބަރު 3471) އާއި
ޕޮލިސް ކޯޕްރަލް އަޙްމަދު ވިކްރަމް (ސަރވިސް ނަންބަރު 1465) އާއި ޕޮލިސް ކޮންސްޓަބަލް ނަސްރީމް
މުޙައްމަދު (ސަރވިސް ނަންބަރު 3872) އާއި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ޢަބްދުﷲ (ސަރވިސް
ނަންބަރު 2937) އާއި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ޙަމީދު (ސަރވިސް ނަންބަރު 4298)
ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، މިމައްސަލާގައި ހިމެނޭ
މަސްތުވާތަކެތި އަޅާފައިވާ ކަރުދާސްގަނޑު އަޙްމަދު ޢުމައިދުގެ އަތުގައި އޮއްވާ ނުވަތަ އެކަރުދާސްގަނޑު
އޭނާ އެއްލާލަނިކޮށް ނުވަތަ އެކަރުދާސްގަނޑުގައި އޭނާ ފައިންޖަހަނިކޮށް އެމީހުންނަށް ފެނިފައިވާކަމަށް
ބުނެފައިނުވާކަމާއި، އަދި އެކަރުދާސްގަނޑަކީ އަޙްމަދު ޢުމައިދުގެ އެއްޗެއްކަމަށް، އަޙްމަދު ޢުމައިދުއާ
އެއްކޮށް އެތާ އެވަގުތު ތިބި އެހެން ކުދިން ބުނެފައިވާކަމަށް، ޖުވެނައިލް ކޯޓުގައި ހެކިބަސްއަދާކުރަމުން
މިމީހުން ބުނެފައިވީނަމަވެސް، ޙާދިސާ ހިނގި ވަގުތު އަޙްމަދު ޢުމައިދުއާ އެއްކޮށް "ދޮންމަނިކު
ސްކައިވިއު" ރެސްޓޯރަންޓުގައި ތިބި ކުދިން، މިމައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު
އެއިން އެއްވެސް ބަޔާނެއްގައި އެފަދަ އެއްވެސް ވާހަކައެއް ބުނެފައިނުވާކަމާއި، އަދި އޭގެތެރެއިން
އެއްވެސް ކުއްޖެއްގެ ހެކިބަސް ޖުވެނައިލް ކޯޓުން ނަންގަވާފައިވެސް ނުވާކަމާއި،
އެހެންކަމުން، މިމައްސަލަ ސާބިތުކުރުމުގައި ޖުވެނައިލް ކޯޓުން ބަރޯސާވެފައިވާ
ހެކިންގެ ހެކިބަހަކީ، އެމީހުންގެ އަމިއްލަ ލޮލުން ދުށް ނުވަތަ ކަންފަތުން އަޑުއެހި، ނުވަތަ އެމީހުންގެ
ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ
ދީފައިވާ ހެކިބަހެއް
ނޫންކަމާއި، އެއާ ޚިލާފަށް އެހެކިބަހަކީ އެހެންބަޔަކު އެމީހުންގާތު ބުނެފައިވާ ކަމަށް އެމީހުން ބުނާ
ބުނުމެއްގެ މައްޗަށް ބިނާކޮށް އެމީހުންދީފައިވާ ހެކިބަހެއްކަމާއި، އަދި އެފަދަ ހެކިބަސް ޝަރީޢަތަށް
ބަލައިގަންނަންޖެހޭފަދަ ޙާއްޞަ ޙާލަތެއް މިމައްސަލާގައި އޮތްކަން ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ދެއްކިފައިނުވާކަމާއި، މީގެ އިތުރުން، އެމީހުން ދީފައިވާ ހެކިބަހުގައި ބުނެފައިވާ ވާހަކަ އެމީހުންގާތު
ބުނިކަމަށް އެމީހުންބުނާ، އެތާތިބި އެހެން ކުދިން މިމައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
442 4206
2013/HC-A/64
کی مرکی
ވެ
13 ޤަޟިއްޔާ ނިމުނު "
ބަލާއިރު، އެފަދަ ވާހަކައެއް އެބަޔާންތަކުގައި ހިމެނިފައިނުވުމާއި، އެކުދިންގެ ހެކިބަސް މިމައްސަލާގެ
ޝަރީޢަތުގެ މަޖިލީހަށް ނެގިފައިނުވާތީ، އިސްވެމިދެންނެވުނު ހެކިވެރިން ދީފައިވާ ހެކިބަހުގައި،
މިދެންނެވުނު ކުދިން އެމީހުންގާތު ބުނެފައިވާކަމަށް ބުނާ ވާހަކައަކީ ޙަޤީޤަތުގައިވެސް އެކުދިން
އެމީހުންގާތު ބުނެފައިވާ ވާހަކައެއްކަމާމެދު ސުވާލު އުފެދޭކަމާއި،
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޖުވެނައިލް ކޯޓުން
ބަރޯސާވެފައިވާ، އިސްވެމިދެންނެވުނު ހެކިންގެ ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ
ހެކިބަހެއްކަމަށް ނުބެލެވޭކަމާއި، މިސަބަބަށްޓަކައި، އަޙްމަދު ޢުމައިދުގެ މައްޗަށް، މަނާކުރެވިފައިވާ
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ސާބިތުކުރުމުގައި އެހެކިންގެ ހެކިބަހަށް ބަރޯސާވުމަކީ ޝަރުޢީ
އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުވާނެކަމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި،
އަދި، މިދެންނެވުނު ހެކިންގެ ހެކިބަހުގެ އިތުރުން، މިމައްސަލައާ ގުޅިގެން ދައުލަތުގެ
ފަރާތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، އަޙްމަދު ޢުމައިދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ،
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައްކެއް ނެތް
މިންވަރަށް ޝަރީޢަތަށް ސާބިތުވާވަރުގެ ހެއްކެއް ނުވަތަ ޤަރީނާއެއްވެސް އޭގެތެރޭގައި
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޖުވެނައިލް ކޯޓުގެ
ނަންބަރު 2011/Jv
-
C/81 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
<
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢ ¢ 356 3
2013/HC-A/64
14 ޤަޟިއްޔާ ނިމުނު
گمرکی
ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވެ.
ދ ޏ 22
2
xހ2
هي ما تعروسی که میر مملک
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ފޯމާއެކު، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/Jv
-
C/81 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވުނު ހިނދު، ޖުވެނައިލް
ކޯޓުގެ ނަންބަރު 2011/Jv
-
C/81 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv