ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/236 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/236
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 236/HC-A/2013
އިސްތިއުނާފުކުރި ފަރާތް
* ނަން: ޑޭންޕޯލް ސްޓްރިބެޓިއު
* ދާއިމީ އެޑްރެސް: ރޯމޭނިއާ (ރައްޔިތެއް)
އައިޑީ ކާޑު ނަންބަރު: PROU1564979 (ޕާސްޕޯޓް ނަންބަރު: 15264979)
ބަދަލުގައި: އިބްރާހީމް ޝަމީލް
އެޑްރެސް: ޖަންބުމާގެ/ ސ.ހިތަދޫ
އައިޑީ ކާޑް ނަންބަރު: A060757
އިސްތިއުނާފު ރައްދުވި ފަރާތް:
*ނަން: ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ވަކީލު: ހައްމަދު ޝަހުދީ އަންވަރު
ކާޑް ނަންބަރު: A046338
ދާއިމީ އެޑްރެސް: ޗަންޕާބިލްޑިންގ/ މާލެ
ދާއިމީ އެޑްރެސް: މ.ކުޅިދޮށުގެ މާލެ
އައިޑީ
= ނިމުނު ތާރީޚް: 14 މުޙައްރަމް 1435
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަމަޝާން 1434
25 ޖުލައި 2013
18 ނޮވެމްބަރ 2013
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2013
/
277/VTR
/
INDIV-200
، ޤަޟިއްޔާގެ ބާވަތް: ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްކަން އަންގާ ލިޔުން
• ނިންމެވި ކޯޓް: ވަޒީފާއާ ބެހޭ ޓްރައިބިއުނަލް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/236
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013
/
277/VTR
/
INDIV-200 ޓްރައިބިއުނަލުން
ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުމުގައި ކަނޑައަޅާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ އެނިންމުން އިސްތިއުނާފު ކޮށްދިނުން އެދި ޕޭން ޕޯލް
ސްޓިރބެޓިއު ރޯމޭނިއާ (ޕާސްޕޯޓް ނަންބަރު: 15264979) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ކާސާ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑެވެ.
ހަގަކުރެވުނު ނުކުތާތައް:
01
J
34ދ29
އދުކުރަމުން
ޑޭން ޕޯލް ސްޓްރިބެޓިއު |ރޯމޭނިއާ (ޕާސްޕޯޓް ނަންބަރު: 15264979) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013
/
277/VTR
/
INDIV-200 ލިޔުމަށް ބަލާއިރު، އެލިޔުމަކީ ޑޭން ޕޯލް ސްޓިރބެޓިއު (ޕާސްޕޯޓް
ނަންބަރު: 15264979) ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްއަހަރު ދުވަހުގެ
އެއްބަސްވުމުގެ ދަށުން، މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ފައިނޭންޝިއަލް ކޮންޓްރޯލްގެ ވަޒީފާ
ދަނިކޮށް، ވެފައިވާ އެއްބަސްވުމާ ޚިލާފަށް 15 ޖެނުއަރީ 2013 ގައި ވަޒީފާއިން
ވަކިކޮށްފައިވާކަމަށް ބުނެ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ނޯޓިސް
މުއްދަތަށް ދޭންޖެހޭ ފައިސާއާއި ޢިނާޔަތްތަކާ، ވަޒީފާއަދާކުރި ދުވަސްތަކަށް ލިބެންޖެހޭ ބޯނަސް ފައިސާ އަދި
ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މުސާރައާއި ޢިނާޔަތްތަކާއި، އެއްބަސްވުމާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ
ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 03 މަސްދުވަހުގެ މުސާރަ އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ)
ގައިވާ ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ އިންސާފުވެރި ބަދަލެއް ކަނޑައަޅައި ދިނުމަށް އެދި
ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް، 07 މެއި 2013 ވަނަ ދުވަހު ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް
މައްސަލައެއްކަން އަންގާ ދޫކުރެވިފައިވާ ލިޔުމެއްކަމާއި، މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ބެލެންނެތް މައްސަލައެއްކަމަށް އެޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected]ވެބްސައިޓް www.highcourt.gov.mv
6
sން
3
2013/HC-A/236
4 2 2 4
CCCX
ޑ
އފއ
ޑ 4
9ދ
CU O
PP
ޖެހިރާއްޖޭގެ ހައި
ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މައްސަލަ ނުވަތަ ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 3
(ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާ މައްސަލައެއްކަމުގައިވާތީ ކަން އެނގޭކަމާއި އަދި މިނިންމުން
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ތާރީޚަކީ 13 މެއި 2013ގައި ކަން އެލިޔުމަށް ބެލުމުން އެނގެން
2- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެދިޔަ ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަމުން ޑޭން ޕޯލް ސްޓިރބެޓިއު
ރޯމޭނިއާގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
އިވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔާންކޮށްފައިވާއިރު ވަޒީފާއިން ވަކިކުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމަށް
ވަޒީފާއާބެހޭ ޤާނޫނުން ލިބިދޭ 3 މަސްދުވަސް ގުނަންވާނީ ބަންދު ދުވަސްތައް ނުލައިކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޤަޟިއްޔާ
ނަންބަރު 19/HC-A/2011 ގައި ނިންމަވާފައިވާ ނިންމެވުމާ ޚިލާފަށް ބަންދު
ދުވަސްތައް ހިމަނައިގެން 3 މަސްދުވަހުގެ މުއްދަތު ގުނައި އެގޮތުގެ މަތީން ޑޭން ޕޯލް ވަޒީފާއާބެހޭ
ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލަ ބަލައިނުގަނެވޭނެކަމަށް ނިންމަވާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ
143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފިނަމަ އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށް ހުށަހެޅުމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ)
އިން ލިބިދޭ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނާނެ ގޮތެއް ޤާނޫނުގައި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ޤަވާޢިދުގައިވެސް ބަޔާންކޮށްފައިނުވާއިރު ވަޒީފާއިން ވަކިކުރުމުން ޝަކުވާ އުފުލުމަށް ޤާނޫނުން ލިބިދޭ ޙައްޤު
ހަނިކުރެވޭ ގޮތަށް އަދި ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފިނަމަ އެމުވައްޒަފަކަށް ވަޒީފާއާބެހޭ ޤާނޫނުން
(ރއ39
81
سر
އިއިނރ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުނޑު ފަތުރާއާ، ފޯން:3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2013/HC-A/236
ލިބިދޭ ޙައްޤުތައް ޑޭން ޕޯލްގެ ކިބައިން ނިގުޅައިގަނެވޭފަދަ ގޮތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ޤާނޫނު
ނިންމާފައިވާ ނިންމުމަކަށްވުމުން އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް
ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
2ނކޮށް
CU O
03- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިސްވެ އިޝާރާތްކުރެވުނު ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ޑޭން ޕޯލް ސްޓިރިބެޓިއު | ރޯމޭނިއާގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
• ދ ތ 38
86
އެއްބަސްވުމެއްގެ
(ހ) ފުރަތަމަކަމަކީ، ރޯމޭނިއާގެ ރައްޔިތެއްކަމުގައިވާ ޑޭން ޕޯލް ސްޓްރިބެޓިއު (ޕާސްޕޯޓް ނަންބަރު:
15264979) އަކީ އެފަރާތާއި ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ވަޒީފާގެ
ދަށުން، މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ފައިނޭންޝަލް ކޮންޓްރޯލަރގެ
ވަޒީފާއަދާކުރަމުން ދިޔަ ފަރާތެއްކަމަށާއި، 15 ޖެނުއަރީ 2013 ގައި ޑޭން ޕޯލް ސްޓްރިބެޓިއު މީރު އައިލެންޑް
ރިޒޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާއިން، އެއްބަސްވުމާއި ޚިލާފަށް ވަކިކޮށްފައިވާކަމަށާއި އެއްބަސްވުމާއި
ޚިލާފަށް ޑޭން ޕޯލް ސްޓްރިބެޓިއު ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ
ދަށުން ދޭންޖެހޭ ނޯޓިސް މުއްދަތަށް ދޭންޖެހޭ ފައިސާއާއި ޢިނާޔަތްތަކާ، ވަޒީފާއަދާކުރި ދުވަސްތަކަށް ލިބެންޖެހޭ
ބޯނަސް ފައިސާ އަދި ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މުސާރައާއި ޢިނާޔަތްތަކާއި، އެއްބަސްވުމާ ޚިލާފަށް
ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 03 މަސްދުވަހުގެ މުސާރަ އަދި ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ އިންސާފުވެރި
ބަދަލެއް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށް ބުނެ އެމައްސަލަ ޑޭން ޕޯލް ސްޓްރިބެޓިއު ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 07 މެއި 2013 މިތާރީޚުގައިކަމާއި، ޑޭން ޕޯލް ސްޓްރިބެޓިއު ހުށަހެޅި
މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލެންނެތް މައްސަލައެއްކަމަށް އެޓްރައިބިއުނަލުން
ކަނޑައަޅުއްވާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް،
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާ ދިޣާތްއެމިން 33250، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް. www.highcourt.gov.mv
5
2013/HC-A/36
3
4 4
މިމައްސަލަ އަކީ މިމައްސަލައިގެ ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު
ފާއިތުވެފައިވާ މައްސަލައެއް ކަމުގައިވާތީ އެސަބަބަށްޓަކައިކަން އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު
ޓްރައިބިއުނަލުން ބެލެން ނެތް
މައްސަލައެއްކަން އަންގައިދޭ ލިޔުމަށް ބެލުމުން އެނގޭކަމެވެ.
20-VTR/INDIV}2013}27]
(ނ) ދެވަނަކަމަކީ، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައި ނަމަވެސް، މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި
މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކަމުގެ
ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައި އޮންނައިރު، ވަޒީފާއާބެހޭ ޤާނޫނު
ގައި އެހެން ގޮތަކަށް ކަނޑައަޅައި ބަޔާންކޮށްފައިނުވާނަމަ، ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް،
އެމައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެމައްސަލަ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށާއި، މިމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލައެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައެއް ނުގަނެވޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ (6) ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ
އިސްވެ ބަޔާންކުރެވުނު 6 ވަނަ މާއްދާގެ (ށ) ގައި " މިމާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތު
ފާއިތުވުމަށްފަހު، މައްސަލަ އެމުއްދަތުގައި ހުށަހެޅިފައިނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައި،
އެސަބަބަކީ މަޤްބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެންނަނަމަ އެކަމަކަށް ރިޢާޔަތްކޮށް،
އެމައްސަލަ އެއް ބަލައި ގަތުމުގެ އިޚުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ބަޔާން
ކޮށްފައިވާކަމާއި، ޑޭން ޕޯލް ސްޓްރިބެޓިއު މީރު އައިލެންޑް ރިސޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ
ވަކިކޮށްފައިވާކަމަށް ބުނެފައިވަނީ 15 ޖެނުއަރީ 2013 ގައި ކަމާއި އެމައްސަލަ ޑޭން ޕޯލް ސްޓްރިބެޓިއު ގެ
ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 07 މެއި 2013 މިތާރީޚުގައި ކަމާއި މިހެންކަމުން
ޑޭން ޕޯލް ސްޓްރިބެޓިއުގެ ފަރާތުން އޭނާގެ ވަޒީފާގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ
ޑޭން ޕޯލް ސްޓްރިބެޓިއުގެ ވަޒީފާއާގުޅޭ މައްސަލަ ނުވަތަ ޚިލާފު އުފެދުނުތާ 3 މަސް ދުވަސް
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުންވާ ފޯން: 3325029، ފެކްސް 331471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
;
6
2013/HC-A/236
ފާއިތުވުމަށްފަހުގައިކަން އެނގޭއިރު، ވަޒީފާގެ ޚިލާފު އުފެދުނުތާ 3 މަސް ދުވަސް ފާއިތުވުމުގެ ކުރިން
މިމައްސަލަ ޑޭން ޕޯލް ސްޓްރިބެޓިއުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައި ނުވާ ސަބަބު ޑޭން
ޕޯލް ސްޓްރިބެޓިއުގެ ފަރާތުން އެޓްރައިބިއުނަލަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމެވެ.
OCXC
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ
(ހ) އާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުން ވަޒީފާއާ
ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެމައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 03
މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު މިތިންމަސް
ދުވަހުގެ މުއްދަތު ގުނާނެގޮތެއް ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި ވަޒީފާއާބެހޭ ޤަވާއިދުގައިވެސް ބަޔާންވެގެން
ނެތުމުން އެމުއްދަތު ގުނުމުގައި ޤާނޫނު ނަންބަރު 4/2011 މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 35
ވަނަ މާއްދާގައިވާ މުއްދަތު ބަލާނެ ގޮތް ކަމަށް ކަނޑައަޅާފައިވާ ގޮތްތަކާއި ދިވެހިރާއްޖޭގެ ކޯޓުތަކުން
ޢަމަލުކުރަމުން އަންނަ ޤަވާއިދުތަކާއި އުސޫލުތަކަށް ރިޢާޔަތް ކުރަންޖެހޭނެކަމަށާއި މިގޮތުން މާނަކުރުމުގެ
ހަމަތައް ބަޔާންކުރާ ޤާނޫނަށާއި ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުން އަންނަ އުސޫލުތަކުގެ މައްޗަށް ބަލާ
ވަޒީފާއާބެހޭ ޤާނޫނު ގެ 28 ވަނަ މާއްދާގެ (ހ) އާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކުރާ ތިން މަސްދުވަސް ގުނުމުގައި ވަޒީފާގެ މައްސަލަ ނުވަތަ ޚިލާފު އުފެދުނު
ދުވަހާއި، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު
ދުވަސްތައް ހިމެނިގެން ނުދާގޮތަށް އެމުއްދަތު ގުނަން ޖެހޭކަމަށާއި، މިގޮތަށް ސަރުކާރުގެ ބަންދު ދުވަސްތައް
ނުލާ ގުނުމުން ޑޭން ޕޯލް ސްޓްރިބެޓިއުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ
އެޓްރައިބިއުނަލުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ދެކޭ ކަމަށާއި އަދި މިމައްސަލައަކީ ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަމަށް ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ
19/HC
-
A/2011 ނަންބަރު ޤަޟިއްޔާއާ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އާއި ޚިލާފު
ނިންމުމެއްކަމަށް ޑޭން ޕޯލް ސްޓްރިބެޓިއުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާތަކުގައި ފާހަގަކޮށްފައި އޮތް
އޮތުމުގެ މައްޗަށް ބަލާއިރު،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އާއި ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުން ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ
ޚިލާފެއް، އެމައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިގުން، މިދިވެހިރާއްޖެ، ފޯން 3325129، ފެކްސް 3316471
އީމެއިލް M
www.highcourt.gov.my he shaftoghcourt.gov.my una
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/236
9
8 ތ 8 ·
8
ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް
މިކަމަށް ބަޔާންކޮށް މިމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލައެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައެއް ނުގަނެވޭނެކަން ބަޔާންކުރެވިފައިވާކަން އެމާއްދާތަކުގެ ނައްސައް ބެލުމުން
އެނގެން އޮންނަކަމާއި މި
3 މަސްދުވަސް ގުނާނެ އިތުރު ގޮތެއް ނުވަތަ ގޮތްތަކެއް ވަޒީފާއާބެހޭ
ޤާނޫނުގައިވެސް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގައިވެސް ބަޔާންކޮށްފައި ނެތް އިރު، މި 3
މަސްދުވަހުގެ ތެރޭގައި ސަރުކާރު ރަސްމީ ބަންދު ދުވަސް ހިމެނޭކަން ނުވަތަ
ބަޔާންކޮށްފައިވާކަން އެނގެން ނެތްކަމާއި،
މިހެންކަމުން މި
3 މަސްދުވަސް ގުނާނެ ގޮތުގެ މަފްހޫމް ދެނެގަތުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި
އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގައިވާ އުސޫލުތަކުގެ
މައްޗަށް ނަޒަރުކުރާއިރު، ބަހެއް ނުވަތަ ލަފްޒެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ
ގޮތަކީ، އެއްމާނައަށް ވުރެ ގިނަ މާނަ ދޭހަ ނުވާ ސާދާ ބަހަކަށް، ނުވަތަ ސާދާ ޖުމްލައަކަށްވާނަމަ،
ޤަބޫލުކުރަންޖެހޭ އުސޫލަކީ، ޤާނޫނުގައި ބަޔާންކޮށްފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން އެކަން ބަޔާންކުރަން
ބޭނުންވި ގޮތަކަށްކަން އަދި އެޤާނޫނުން ދޭހަވާ މާނައަކީ، ރައްޔިތުންގެ މަޖިލީހުން ދޭހަކޮށްދޭން ބޭނުންވާ
މާނަކަމަށް ބަލަންޖެހޭކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި
ބަޔާންކުރެވިފައި އޮންނަކަމާއި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ)
ގައި ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެމައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން
03 މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު
ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް
ބަޔާންކޮށްދޭ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) އާއި އެޤާނޫނުގެ 42 ވަނަ މާއްދާގެ
(ށ) އަށް ބަލާއިރު، ދަށުކޯޓުގެ ޙުކުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭ އިރު އަދި ހައިކޯޓުގެ ޙުކުމެއް
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގައި އިސްތިއުނާފުކުރެވޭ މުއްދަތު ގުނާ ގުނުމުގައި ކޯޓުން މައްސަލަ ނިންމި
ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް މުއްދަތު
ގުނަންޖެހޭ ކަމަށް ޤާނޫނުގެ ނައްސުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމާއި، މިއާ ޚިލާފަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާއިރު ރަސްމީ ބަންދުދުވަސްތައް ނުހިމަނާ ގުނަންޖެހޭކަމަށް ބުނާ
އެއްވެސް އިސްތިސްނާއެއް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްދީފައި ނެތްކަމާއި، މީގެ އިތުރުން
އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ގުނުމުގައި ބެލިފައިވަނީ ދުވަހުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ވާސިތާއެޓް، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/236
ދުވަހަށް މުއްދަތު ގުނުމުގެ އުސޫލުކަން އެނގޭއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ
މުއްދަތު ކަނޑައެޅިފައި އެވަނީ މަހުންމަހަށް މުއްދަތު ބެލުމުގެ އުސޫލުކަމާއި މިދެގޮތަށް މުއްދަތު ބެލުމުގައި
ފަރަޤުތަކެއް ހުންނަކަމާއި މިގޮތުން ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާތަކުގައިވާ މަހުންމަހަށް އަދި
އަހަރުން އަހަރަށް ކަނޑައެޅިފައިވާ މުއްދަތު ތައް ގުނުމުގައި އެމުއްދަތުތައް ދުވަހުން ދުވަހަށް މުއްދަތު ގުނާ
އުސޫލަށް ބަދަލު ކުރެވިއްޖެނަމަ އެއީ އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނިކުމެގެން ހިނގާދާނެ
ސަބަބެއް ކަމަށް ޤަބޫލުކުރެވެން އޮތް އިރު، ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ
ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެދޭހަވާ މާނަ އެއަށް ވުރެ ފުޅާ ކުރުމަކީ ނުވަތަ އޭގައި
ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ޤާނޫނު ނަންބަރ
4/2011 މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާކަން
އެނގެން އޮންނަކަމާއި މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އާއި ވަޒީފާއާބެހޭ
ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ 3 މަސްދުވަހުގެ މުއްދަތު ގުނާއިރު އެދުވަސްތަކުގެ ތެރޭގައި ރަސްމީ
ބަންދުދުވަސްތައް ނުހިމަނާ ގުނިދާނެކަމަށް ބެލެވެންނެތްކަމާއި،
Occcc
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނަންބަރު 19/HC
-
A/2011 ޤަޟިއްޔާގައި، ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އާއި ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތިން މަސްދުވަސް ގުނުމުގައި
ޢަމަލުކުރަންޖެހޭ ގޮތްތަކެއް ކަނޑައަޅުއްވާފައިވީ ނަމަވެސް އެޤަޟިއްޔާއަކީ ވަޒީފާއާބެހޭ ޤާނޫނުގައި އަދި
ވަޒީފާއާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އޮންނަ 3
މަސްދުވަސް ގުނުމުގައި ވަޒީފާއިން ވަކިކުރާ ދުވަހާއި މައްސަލަ ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ދުވަސް
3 މަސްދުވަހުގެ ތެރޭގައި ހިމެނިދާނެކަން ނުވަތަ ނޫންކަމާއި މެދު ގޮތެއް ކަނޑައަޅާއެކަމުގެ މައްޗަށް
އުސޫލެއް ޤާއިމުކުރައްވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޤަޟިއްޔާގައި މި 3
މަސްދުވަސް ގުނުމުގައި އެމުއްދަތުގައި ހިނގާ ރަސްމީ ބަންދުދުވަސްތައް އުނިކުރަންޖެހޭ ކަމާއި މެދު ގޮތެއް
ކަނޑައަޅުއްވާފައިވާކަން
އިވާކަން އެނގެން ނެތްކަމާއި މިހެންކަމުން އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013
/
277/VTR
/
INDIV-200 ނިންމުމުގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ 19/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ނިންމުމެއް
ކަމުގައި ނުބެލެވޭކަމާއި،
ކުކް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
[email protected]
ހުށަހަ48 2 ހއ
9
2013/HC-A/236
3
ވަޒީފާ އަދާކުރާ ފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް
ނުވަތަ އެފަދަކަމަކަށް އުނިކަމެއް ލިބޭގޮތަށް ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި، އެއްވެސް
މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއް ވާނީ ބާތިލު މާއްދާއެއްކަމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ
މާއްދާގެ (ނ) ގައި ބަޔާންވެގެން އޮންނައިރު، ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެމައްސަލައެއް
ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވެސް ބަޔާންކުރެވިގެން ވަނީ މި
މަސްދުވަހުގެ މުއްދަތުގެ ވާހަކަކަމާއި، ޢާއްމު އުސޫލެއްގެ ގޮތުން ބަލާއިރު، ވަޒީފާއާބެހޭ މައްސަލަތަކަކީ އޭގެ
ޒާތުގައި އަވަހަށް ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލަތަކަކަށްވާއިރު، އެފަދަ މައްސަލަތަކުގައި ގޮތެއް
ކަނޑައެޅުމުގައި ވަޒީފާދޭފަރާތާއި ވަޒީފާއަދާކުރި ފަރާތުގެވެސް ޙައްޤުތަކަށް ރިޢާޔަތް ކުރެވެން ޖެހޭނެކަމާއި
މިގޮތުން ބަލާއިރު ވަޒީފާއާބެހޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގައި ޤާނޫނުން
ކަނޑައަޅައިދީފައިވާ 3 މަސްދުވަހުގެ މުއްދަތަކީ ވަޒީފާއާބެހޭ މައްސަލަތައް ހުށަހެޅުމަށް އެކަށީގެންވާ
މުއްދަތެއްކަމާއި، މިމުއްދަތުގެ ތެރެއަށް ރަސްމީ ބަންދުދުވަސްތައް އިތުރުކޮށްގެން ގުނާނަމަ އެޤާނޫނުގައި 3
މަސްދުވަސްކަމަށް ބަޔާންކޮށްފައި އޮތްއޮތުމުގެ މަޤްސަދު ނެތި ހިނގާދާނެކަމާއި، މިހެންކަމުން އިޝާރާތް
ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އާއި
ތަޢާރުޟުވާ އަދި އެމާއްދާއިން ލިބިދީފައިވާ އެއްވެސް ޙައްޤެއް ހަނިކުރެވޭފަދަ ނިންމުމެއްކަމުގައި
ބެލެވެންނެތްކަމެވެ.
ޑ 4 ·
ވީމާ، ރޯމޭނިއާގެ ރައްޔިތެއްކަމުގައިވާ ޑޭން ޕޯލް ސްޓްރިބެޓިއު (ޕާސްޕޯޓް ނަންބަރު: 15264979)
އާއި ބާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ޑޭން ޕޯލް
ސްޓްރިބެޓިއު މީރު އައިލެންޑް ރިސޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ އެމައްސަލަ
އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރިތާ 3 މަސްދުވަސް
ފާއިތުވެ ދިޔުމަށްފަހުގައި ކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ
(ހ) އަށް ރިޢާޔަތްކޮށް، މިމައްސަލަ އަކީ މިމައްސަލައިގެ ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް)
މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާ މައްސަލައެއްކަމުގައިވާތީ މިމައްސަލައަކީ އެޓްރައިބިއުނަލުން ބެލެންނެތް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން،ރުދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/236
މައްސަލައެއްކަމަށް ޓްރަބިއުނަލުން ނިންމި ނިންމުމަށް ބަދަލެއްގެންނަންޖެހޭފަދަ ޝަރުޢީ އަދި އަދި ޤާނޫނީ
ވިޔަސް ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
200-TR/INDI}2013}277
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްކަން އަންގާ ލިޔުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް
ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013
/
277/VTR
/
INDIV-200
ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްކަން އަންގާ ލިޔުމުގައިވާ ނިންމުމަށް ބަދަލެއް ގެންނާނެތަނެއް
ނެތްކަމަށްކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv