ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/274 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 274/HC-A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން، ގުލޭފާ މުޙައްމަދު
ދާއިމީ އެޑްރެސް: މިއިކުރެދިވަރުގެ/ މާލެ
، މިހާރުގެ އެޑްރެސް: މއ.ކުރެދިވަރުގެ މާލެ
އައިޑީ ކާޑު ނަންބަރު: A074084
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާދަމް ޙަލީމް
ކާޑު ނަންބަރު: A111302
*
ދާއިމީ އެޑްރެސް: ނޫރާނީގެ / ލ.ގެ
ލ.ފޮނަދޫ
މިހާރުގެ އެޑްރެސް: ފ.ސަނދުރަސްގެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ޝައްވާލު 1434 * ނިމުނު ތާރީޚް: 22 ޖުމާދަލްއާޚިރު 1435
05 ސެޕްޓެމްބަރ 2013
އެޕްރީލް 2014
22
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/2113
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2
2013/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2113 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި މއ.ކުރެދިވަރުގެއާގެ
ކ.މާލެ
ގެލެ ގުލޭފާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.ފޮނަދޫ ނޫރާނީގެ އާދަމް ޙަލީމެވެ.
ce O
• ފާހަގަކުރެވުނު ނުކުތާތައް:
4:
OcOS
A01 ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2113 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މއ.ކުރެދިވަރުގެއާގޭ 05 ވަނަ ފަންގިފިލާ، 02 ޑިސެމްބަރ 2010
ފެށިގެން 02 ޑިސެމްބަރ 2012 އާ ހަމައަށް، ލ.ފޮނަދޫ ނޫރާނީގެ އާދަމް ޙަލީމް (އައި.ޑީ ނަންބަރު
A111302) އަށް ކުއްޔަށްދިނުމާ ބެހޭގޮތުން ބުނެވިދިޔަ އާދަމް ޙަލީމާއި، މއ.ކުރެދިވަރުގެއާގޭ ގުލޭފާ
މުޙައްމަދު (އައި.ޑީ ނަންބަރު A074084) އާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން، އާދަމް
ޙަލީމް އެ ފަންގިފިލާ ކުއްޔަށް ހިފާފައިވާއިރު، 2011 ވަނަ އަހަރުގެ އޯގަސްޓް މަހާއި، ސެޕްޓެމްބަރ
މަހުގެ ކުއްޔަށްވާ -/30,000ރ. (ތިރީސް ހާސް ރުފިޔާ) އާއި އެކުޖުމްލަ -/35,000ރ. (ތިރީސް
ފަސްހާސް ރުފިޔާ) ދައްކާފައިނުވާތީ، ތަންހުސްކޮށް ތަން ޙަވާލުކުރު އެންގުމުން ތަން ހުސްކޮށްފައި
ވީނަމަވެސް ތަނުގެ ތަޅުދަނޑި ޙަވާލުކޮށްފައި ނުވާކަމަށްބުނެ، އާދަމް ޙަލީމްގެ އަތުން ތަނުގެ ތަޅުދަނޑި
ހޯދުމަށާއި، ކުލީގެ ގޮތުގައި ދައްކާފައިނުވާކަމަށްބުނާ -/
35,000ރ. (ތިރީސްފަސްހާސް ރުފިޔާ) ހޯދުމަށާއި،
އަދި ތަނުގެ ތަޅުދަނޑި ޙަވާލުކުރާ ދުވަހަކާ ހަމައަށް މަހަކު -/
15,000ރ. (ފަނަރު ހާސް ރުފިޔާ) ގެ
މަގުން ޖެހޭ ކުލި ހޯދުމަށާއި، އަދި އެ ތަނަށް ލިބިފައިވާ ގެއްލުން ޝަރީޢަތުގެ ފަރާތުން ބަލައިދީ، ތަނަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471+
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުން މަރާމާތުކުރުމަށް ޝަރީޢަތުން ކަނޑައަޅާ ޢަދަދެއްގެ ފައިސާ ހޯދުމަށް
އެދި އާދަމް ޙަލީމްގެ މައްޗަށް ގުލޭފާ މުޙައްމަދު ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކުރާއިރު މއ.ކުރެދިވަރުގެއާގޭ 05 ވަނަ ފަންގިފިލާ ކުއްޔަށް ހިފައިގެން އުޅުނު ފަރާތްކަމަށްވާ
ލ.ފޮނަދޫ ނޫރާނީގޭ އާދަމް ޙަލީމް (އައި.ޑީ.ކާޑު ނަންބަރު A111302) ގެ އަތުން އެ ފަންގިފިލާގެ
ތަޅުދަނޑި ހޯދުމަށާއި، އަދި އެ ތަނަށް ލިބިފައިވާ ގެއްލުން ޝަރީޢަތުގެ ފަރާތުން ބަލައިދީ، ތަނަށް
ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުން މަރާމާތު ކުރުމަށް ޝަރީޢަތުން ކަނޑައަޅާ ޢަދަދެއްގެ ފައިސާ
ހޯދުމަށް އެދި އާދަމް ޙަލީމްގެ މައްޗަށް މއ.ކުރެދިވަރުގެއާގޭ ގުލޭފާ މުޙައްމަދު (އައި.ޑީ.ކާޑު ނަންބަރު
A074084) ހުށަހަޅާފައިވާ މިމައްސަލަ ބެލިއިރު،
OcOC
ގުލޭފާ މުޙައްމަދު ތަން ޙަވާލުކުރުމަށް އާދަމް ޙަލީމަށް ގުލޭފާ މުޙައްމަދުގެ ފަރާތުން އެންގުމުން
އެތަނުގެ ތަޅުދަނޑި ޙަވާލުކޮށް، ތަން ހުސްކޮށްފައިވާ ތާރީޚާ މެދު އާދަމް ޙަލީމްގެ ބަހުގައި
ފުށުއެރުންތަކެއް ހުރިއިރު، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައި އާދަމް ޙަލީމް އެ
ތަނުން ނުކުމެ، ތަން ހުސްކޮށްފައިވާކަން ގުލޭފާ މުޙައްމަދުގެ ބަހުން އެނގެން އޮންނާތީ، 2011 ވަނަ
އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް އާދަމް ޙަލީމް އެތަނުން ނުކުމެ، ތަން ހުސްކޮށްފައިވާކަމަށް
ބަލަންޖެހޭކަމާއި، އަދި އެޙާލަތުގައި ތަޅުދަނޑި ލިބިފައިނުވިނަމަވެސް އެތަނަށް ވަނުމަށް ގުލޭފާ މުޙައްމަދަށް
ޤާނޫނީގޮތުން ހުރަހެއް އޮތްކަމަށް
ޝަރީޢަތަށް ނުފެންނާތީ، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ
ފަހަށް ކުލި ނަގައިދެވޭނެ ތަނެއް ނެތްކަމާއި، އެހެންކަމުން 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ކުލީގެ
ތެރެއިން ނުލިބިވާ -/5,000ރ. (ފަސްހާސް ރުފިޔާ) އާއި، 2011 ވަނަ އަހަރުގެ އޯގަސްޓް މަހާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/274
Occ
ސެޕްޓެމްބަރ މަހުގެ ކުއްޔަށްވާ -/
30,000ރ. (ތިރީސްހާސް ރުފިޔާ) އާއި، އަދި ތަނަށް ލިބިފައިވާ
ގެއްލުން މަރާމަތުކުރުމުގެ އަގެއްގެ ގޮތުގައި އަގުކޮމިޓީން ކަނޑައަޅާފައިވާ -/
34,652ރ. (ތިރީސް
ހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ) އާއި އެކުޖުމްލަ -/69,652ރ. (ފަސްދޮޅަސް ނުވަހާސް
ހަސަތޭކަ ފަންސާސް ދެރުފިޔާ) އަކީ ގުލޭފާ މުޙައްމަދަށް އާދަމް ޙަލީމް ދައްކަންޖެހޭ ފައިސާއެއްކަން
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
މިފައިސާ ގުލޭފާ މުޙައްމަދަށް ލިބިދިނުމަށްޓަކައި، މިއަދު (28 އޭޕްރީލް 2013) ން ފެށިގެން
06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރު، މިކޯޓަށް ދައްކަމުންގޮސް
އެމުއްދަތުގެ ތެރޭގައި -/
59,652ރ. (ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ) އެއްކޮށް
ދައްކައި ޚަލާޞްކުރުމަށް ލ.ފޮނަދޫ ނޫރާނީގެ އާދަމް ޙަލީމް (އައި.ޑީ ކާޑު ނަންބަރު A111302) އަށް
އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
32- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2113 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބު،
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މއ.ކުރެދިވަރުގެއާގެ
ގުލޭފާ މުޙައްމަދުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ހއ.ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާ އިން އާދަމް ޙަލީމް ނިކުމެގެން
ދިޔައިރު އެތަނުގެ ތަޅުދަނޑި ގުލޭފާ މުޙައްމަދާ ޙަވާލު ނުކުރާކަން ޝަރީޢަތަށް ސާބިތުވާއިރު އެތަން
ގުލޭފާ މުޙައްމަދު ބޭނުންކުރަން ނުލިބި ދިޔަ ދުވަސްތަކަށް ކުލި ލައްވާފައިނުވާކަ
އިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/274
(ށ) ދެވަނަ ނުކުތާއަކީ، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅު އާދަމް ޙަލީމް ތަން
ހުސްކޮށް ތަނުން ނުކުމެފައިވާކަން ގުލޭފާ މުޙައްމަދަށް އަންގަވާފައިވާތީ ތަނުގެ ތަޅުދަނޑި ގުލޭފާ
މުޙައްމަދަށް ލިބިފައި ނުވިނަމަވެސް އެތަނަށް ގުލޭފާ މުޙައްމަދަށް ވަނުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް
ބައްލަވާފައިވާއިރު ތަޅުހަލާކުކޮށްލައިގެން ތަނަށް ވަތްނަމަ ތަނަށް ލިބުނު ގެއްލުން އިންސާފުވެރި ގޮތެއްގައި
ބެލޭނެ ގޮތެއް ނެތްއިރު އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2113 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ މއ.ކުރެދިވަރުގެއާގެ ގުލޭފާ މުޙައްމަދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
01
43
(ހ) ފުރަތަމަކަމަކީ، މއ.ކުރެދިވަރުގެ އާގެ 5 ވަނަ ފަންގިފިލާ އެޕާޓްމަންޓް 02 އަހަރު ދުވަހުގެ
މުއްދަތަށް ކުއްޔަށް ދިނުމާއި ގުޅޭ ގޮތުން މއ.ކުރެދިވަރުގެއާގެ ގުލޭފާ މުޙައްމަދާއި، ލ.ފޮނަދޫ ނޫރާނީގެ
އާދަމް ޙަލީމްއާއި ދެމެދު 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 01 ވަނަ ދުވަހު އެއްބަސްވުމެއް
ވެވިފައިވާކަމާއި، މިއެއްބަސްވުމުގެ ދަށުން އާދަމް ޙަލީމް މއ.ކުރެދިވަރުގެއާގޭގެ 5 ވަނަ ފަންގިފިލާ
ކުއްޔަށް ހިފައިގެން އުޅުނުކަން ޢާދަމް ޙަލީމާއި ގުލޭފާ މުޙައްމަދުގެ ބަހުން އެނގެން އޮތްއިރު، އާދަމް
ރައްދުވާގޮތަށް ގުލޭފާ މުޙައްމަދުގެ ފަރާތުން ސިވިލްކޯޓުގައި އުފުލި ދަޢުވާއަކީ،
މއ.ކުރެދިވަރުއާގޭގެ 2011 ވަނަ އަހަރުގެ ޖުލައިމަހުން ބައެއްގެ ކުއްޔާއި އޯގަސްޓް މަހާއި،
ސެޕްޓެމްބަރ މަހުގެ ކުއްޔަށްވާ -/
35,000ރ. (ތިރީސް ފަސްހާސް ރުފިޔާ) އާދަމް ޙަލީމް ދައްކާފާނުވާތީ،
ޙަލީމްގެ މައްޗަށް
ދިވެހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 6471
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/274
ކުއްޔަށް ހިފާތަން ހުސްކޮށް މިތަން ޙަވާލުކުރުމަށް އެންގުމުން އާދަމް ޙަލީމްގެ ފަރާތުން މިތަންހުސްކޮށްފައި
ވީނަމަވެސް މިތަނުގެ ތަޅުދަނޑި ޙަވާލުކޮށްފައި ނުވާކަމަށްބުނެ، އާދަމް ޙަލީމްގެ އަތުން މިތަނުގެ ތަޅުދަނޑި
ހޯދުމަށާއި، ކުލީގެ ގޮތުގައި ދައްކާފައިނުވާކަމަށްބުނާ -/
35,000ރ. (ތިރީސްފަސްހާސް ރުފިޔާ) ހޯދުމަށާއި،
އަދި ތަނުގެ ތަޅުދަނޑި ޙަވާލުކުރާ ދުވަހަކާ ހަމައަށް މަހަކު -/15,000ރ. (ފަނަރު ހާސް ރުފިޔާ) ގެ
މަގުން ޖެހޭ ކުލި ހޯދުމަށާއި، އަދި އެ ތަނަށް ލިބިފައިވާ ގެއްލުންތައް ޝަރީޢަތުގެ ފަރާތުން ބަލައިދީ،
ތަނަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުން މަރާމާތުކުރުމަށް ޝަރީޢަތުން ކަނޑައަޅާ ޢަދަދެއްގެ ފައިސާ
އާދަމް ޙަލީމްގެ އަތުން ހޯދުމަށް އެދި ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
328
2
8
4
2 ހ8 32
ބޮއެލެވުމަށްފަހެ،
(ށ) ދެވަނަކަމަކީ، ގުލޭފާ މުޙައްމަދުގެ ފަރާތުން އާދަމް ޙަލީމްގެ މައްޗަށް ހުށަހެޅުނު
ޝާރާތްކުރެވުނު ދަޢުވާ ސިވިލްކޯޓުން
ގުލޭފާ މުޙައްމަދުގެ ދަޢުވާގައި އެދިފައިވާ
ފަދައިން މއ.ކުރެދިވަރުއާގޭގެ 2011 ވަނަ އަހަރުގެ ޖުލައިމަހުން ބައެއްގެ ކުއްޔާއި އޯގަސްޓް މަހާއި،
ސެޕްޓެމްބަރ މަހުގެ ކުއްޔަށްވާ -/
35,000ރ. (ތިރީސް ފަސްހާސް ރުފިޔާ) އާއި، މިތަނަށް ލިބިފައިވާ
ގެއްލުން މަރާމަތުކުރުމުގެ އަގެއްގެ ގޮތުގައި ޝަރުޢީ އަގުކޮމިޓީން ކަނޑައަޅާފައިވާ -/
34,652ރ.
(ތިރީސް ހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ) އާދަމް ޙަލީމްގެ ފަރާތުން ގުޅޭ މުޙައްމަދަށް ދައްކާ
ޚަލާސްކުރުމަށް ޙުކުމްކުރައްވާފައިކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް އާދަމް ޙަލީމްގެ އަތުން
މިތަނުގެ ތަޅުދަނޑި ހޯދުމަށާއި، ތަނުގެ ތަޅުދަނޑި ޙަވާލުކުރާ ދުވަހަކާ ހަމައަށް މަހަކު -/15,000ރ.
(ފަނަރަހާސް ރުފިޔާ) ގެ މަގުން ޖެހޭ ކުލި ހޯދުމަށް ގުލޭފާ މުޙައްމަދު އެދިފައިވާ އެދުމާއި އެއްގޮތަ
އެއްވެސް ފައިސާއެއް ނަގައިދޭނެ ތަނެއް ނެތްކަމަށް އެ ޙުކުމުގައި ކަނޑައަޅުއްވާފައިވާކަން އެނގެން
އޮތްއިރު، ގުލޭފާ މުޙައްމަދުގެ ފަރާތުން ހުށަހެޅި މިމައްސަލައިގެ އިސްތިއުނާފީ ދެނުކުތާވެސް
ބިނާކޮށްފައިވަނީ ގުލޭފާ މުޙައްމަދު އެދިފައިވާ ފަދައިން ތަނުގެ ތަޅުދަނޑި ޙަވާލުކުރާ ދުވަހަކާ ހަމައަށް
· 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 316471$
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނެ8ވ
7
2013/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަހަކު -/
15,000ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން ލިބެންޖެހޭކަމަށް ގުލޭފާ މުޙައްމަދުގެ ފަރާތުން
ބުނާ ކުލި ނަގައިނުދީ މިމައްސަލައިގެ ޙުކުމް ކުރައްވާފައިވާތީ އެކަމުގެ މައްޗަށް ބިނާކޮށްގެންކަން
އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ގުލޭފާ މުޙައްމަދުގެ ފަރާތުން
ސިވިލްކޯޓަށް ހުށަހެޅި ދަޢުވާފޯމަށާއި ދީފައިވާ ބަޔާންތަކަށް ބަލާއިރު، މއ.ކުރެދިވަރުގެއާގޭގެ 5 ވަނަ
ފަންގިފިލާ އާދަމް ޙަލީމްގެ ފަރާތުން ކުއްޔަށް ހިފުމަށްފަހު މިޢިމާރާތުން އޭނާ ނިކުމެގެން ދިޔައިރު
މިޢިމާރާތުގެ ތަޅުދަނޑިތައް ޙަވާލުކޮށްފައި ނުވާތީ މިތަޅުދަނޑިތައް އާދަމް ޙަލީމް ޙަވާލުކުރާ ދުވަހަކާ
ހަމައަށް މަހަކު -/15,000 ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން ޖެހޭ ކުލި ހޯދުމަށް ގުލޭފާ މުޙައްމަދުގެ
ފަރާތުން އެދި ހުށަހަޅާފައިވާއިރު، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައި އާދަމް ޙަލީމް
ކުއްޔަށް ހިފި މިޢިމާރާތުން ނުކުމެ، ތަން ހުސްކޮށް އެކަން ގުލޭފާ މުޙައްމަދަށް އާދަމް ޙަލީމް އެންގިކަމަށް
ގުލޭފާ މުޙައްމަދުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމަށާއި އަދި އެ
ތާރީޚުގެ ފަހުން ގުލޭފާ މުޙައްމަދު މިޢިމާރާތަށް ވަނުމަށް އެއްވެސް ޤާނޫނީ ހުރަހެއް އޮތްކަން ގުލޭފާ
މުޙައްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަމަށް މިމައްސަލަ
ނިންމެވުމުގައި ސިވިލްކޯޓުން ފާހަގަކުރެއްވި ނުކުތާތަކުގައި ބަޔާންކޮށްފައިވާއިރު، އާދަމް ޙަލީމްގެ ފަރާތުން
މިޢިމާރާތް ހުސްކޮށް ގުލޭފާ މުޙައްމަދަށް އެންގި ތާރީޚުގެ ފަހަށް މިޢިމާރާތުގެ ކުލި އާދަމް ޙަލީމްގެ އަތުން
ނަގައިދެވޭނެ ތަނެއް ސިވިލްކޯޓުން ކަނޑައަޅާފައިވަނީ މިދެންނެވި އަސާސްގެ އަލީގައި ކަން
1 1
އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ގުލޭފާ މުޙައްމަދުގެ އަތުން އާދަމް ޙަލީމް ކުއްޔަށް ހިފި ޢިމާރާތް ހުސްކޮށް
އެކަން އާދަމް ޙަލީމްގެ ފަރާތުން ގުލޭފާ މުޙައްމަދަށް އަންގާފައި ވީނަމަވެސް އާދަމް ޙަލީމްގެ އަތުން
ތަޅުދަނޑި ހެދެން ނުވަތަ ޝަރުޢީ އަގު ކޮމެޓީން އެޢިމާރާތަށް ލިބުނު ގެއްލުން ބަލަންދެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/274
އެޢިމާރާތުން އެއްވެސް މަންފާއެއް ގުލޭފާ މުޙައްމަދުގެ ފަރާތުން ޙާސިލު ކޮށްފައިނުވަނީ، އާދަމް ޙަލީމްގެ
ފަރާތުން މިޢިމާރާތުގެ ތަޅުދަނޑި ޙަވާލުނުކުރަނީސް މިޢިމާރާތުގެ ތަޅު ހަލާކުކޮށްލައިގެން މިޢިމާރާތަށް ވަދެ
އެތަނުގެ ބޭނުންކުރަން ފަށައިފިނަމަ، މިތަނުގައި ހުރި ގެއްލުންތަކަކީ ކާކުގެ ފަރާތުން ލިބުނު
ގެއްލުންތަކެއްކަން ޝަރުޢީ އަގުކޮމެޓީން ބަލާއިރު ނޭނގިދާނެތީ އެސަބަބުގެ
ގުލޭފާ
މުޙައްމަދުގެ ފަރާތުން ބުނާކަމާއި، ގުލޭފާ މުޙައްމަދުގެ ފަރާތުން މިޢިމާރާތުގެ ބޭނުން ނުހިފައިހުރި
ސަބަބުކަމަށް ބުނާ މިސަބަބަކީ މިޢިމާރާތަށް ވަނުމަށް ޤާނޫނީ ގޮތުން ހުރަހެއް ކުރިމަތިކުރުވާފަދަ ސަބަބެއްތޯ
ބަލާއިރު،
މައްޗަށްކަމަށް
ގުލޭފާ މުޙައްމަދާއި އާދަމް ޙަލީމް އާއި ދެމެދު ވެވިފައިވާ އިޝާރާތްކުރެވުނު ކުލީގެ އެއްބަސްވުމަށް
ބެލުމުން އެއެއްބަސްވުމު
ސްވުމުގެ 3 ވަނަ މާއްދާގައި، މިއެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ޑިޕޮޒިޓްގެ
ގޮތުގައި 000615 ރ. (ފަނަރަހާސް ރުފިޔާ) ދެމަހުން ދައްކާ ޚަލާސްކުރަންވާނެކަމަށް އޮންނައިރު،
މިފައިސާއަކީ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓޭ ފައިސާކަމަށާއި، މިޑިޕޮޒިޓް ލިބޭނީ މިއެއްބަސްވުމުގެ މުއްދަތު
ހަމަވުމުން ކުއްޔަށް ދޫކުރިތަން ދޫކޮށްލާ މަހު އެތަނަށް ވެފައިވާ ގެއްލުމަށް އަދި އެއްވެސް ކަރަންޓް ބިލެއް
ނުވަތަ ފެން ބިލެއް ވާނަމަ އެބިލްތައް ކަނޑާ ބާކީ ވާނަމަ އެޢަދަދުކަމަށް މިއެއްބަސްވުމުގެ 5 ވަނަ
މާއްދާގައި ބަޔާންވެގެން އޮންނަކަމާއި މިހެންކަމުން، މިދެފަރާތުގެ ދެމެދުގައި ވެފައިވާ މިއެއްބަސްވުމުގެ
ދަށުން މިޢިމާރާތުން އާދަމް ޙަލީމް ނިކުމުގެންދާއިރު، ޢިމާރާތަށް ލިބޭ ގެއްލުންތައް އާދަމް ޙަލީމްގެ
ފަރާތުން ރަނގަޅުކޮށްފައިނުވާނަމަ ޢަމަލުކުރުމަށް ދެފަރާތުންމެ އެއްބަސްވެފައިވާ އުސޫލަކީ މިދެފަރާތުގެ
ދެމެދުގައި ވެވުނު އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުކަން އެނގެން އޮތުމުން
މިޢިމާރާތުން އާދަމް ޙަލީމް ނުކުމެ އެތަން ހުސްކުރުމަށްފަހު އެކަން ގުލޭފާ މުޙައްމަދަށް އެންގުމުން އާދަމް
ޙަލީމްގެ ފަރާތުން ތަނުގެ ތަޅުދަނޑި ޙަވާލުނުކުރާކަމަށް ބުނެ އަދި އާދަމް ޙަލީމްގެ ފަރާތުން ޢިމާރާތަށް
ލިބިފައިހުރެދާނެ ގެއްލުންތަކަކަށްޓަކައި އަދި އެގެއްލުންތައް ސާބިތުކުރުމަށް ދަތިވެދާނެތީ ކަމަށް 2 މިށް
4
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/274
Oox
etc. O
މިޢިމާރާތުގެ މަންފާ ޙާސިލުނުކޮށް ގުލޭފާ މުޙައްމަދު ހުރި ހުރުމަކީ ޤާނޫނީ ގޮތުން ސައްޙަ ޙުއްޖަތެއްގެ
މައްޗަށް ބިނާކޮށްގެން ހުރި ހުރުމެއްކަމުގައި ބެލެވެން ނެތްކަމާއި މީގެ އިތުރުން މިޢިމާރާތަށް އާދަމް
ޙަލީމްގެ ފަރާތުން ލިބުނުކަމަށް ބުނާ ގެއްލުންތައް ވަނީ ޝަރުޢީ އަގުކޮމެޓީ މެދުވެރިވެގެން ބެލި
އެގެއްލުންތަކަށް އަގެއް ކަނޑައެޅި އެފައިސާއަކީ އާދަމް ޙަލީމްގެ ފަރާތުން ޒުލޭފާ މުޙައްމަދަށް ދައްކަންޖެހޭ
ފައިސާއެއްކަމުގައި ކަނޑައަޅާފައިކަމާއި، މިހެންކަމުން، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ
ފަހުކޮޅުގައި އާދަމް ޙަލީމް ކުއްޔަށް ހިފި މިޢިމާރާތުން ނުކުމެ، ތަން ހުސްކޮށް އެކަން ގުލޭފާ މުޙައްމަދަށް
އާދަމް ޙަލީމް ގެ ފަރާތުން އެންގި ފަހުން ގުލޭފާ މުޙައްމަދު މިޢިމާރާތަށް ވަނުމަށް އެއްވެސް ޤާނޫނީ
ހުރަހެއް އޮތްކަން އެނގެން ނެތުމުން، މިޢިމާރާތުގެ ތަޅުދަނޑި އާދަމް ޙަލީމްގެ ފަރާތުން ޙަވާލުކޮށްފައި
ނުވިނަމަވެސް، އާދަމް ޙަލީމްގެ ފަރާތުން މިޢިމާރާތް ހުސްކޮށް އެކަން ގުލޭފާ މުޙައްމަދަށް އެންގިކަން
އްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން މިތަން ހުސްކޮށް އާދަމް ޙަލީމްގެ
ގުލޭފާ މުޙައްމަދަށް އެންގި ތާރީޚުގެ ފަހަށް މިޢިމާރާތުގެ ކުލި އާދަމް ޙަލީމްގެ އަތުން
ނަގައިދެވޭނެ ތަނެއް ނެތްކަމަށް ސިވިލްކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާ
ޚިލާފަށް ނިންމަވާފައިވާ ނިންމުމެއްކަމުގައި ނުބެލެވޭކަމާއި އަދި އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2113 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ގުލޭފާ
މުޙައްމަދުގެ ފަރާތުން ހުށަހަޅައިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ފެންނަންނެތްކަމަށެވެ.
ގުލޭފާ މުޙައްމަ
ރން
cuc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/274
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/2113 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
މއ.ކުރެދިވަރުގެއާގެ ގުލޭފާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޙުކުމަށް
ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/2113 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ
ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv