ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/227 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A/227
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 227/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
* ނަން: އިބްރާހީމް ނަޢީމް
އައިޑީ ކާޑު ނަންބަރު: A011732
* ދާއިމީ އެޑްރެސް: ވައިމަތީގެރ. އަލިފުށި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އަލްއުސްތާޛް ނޫރުސަލާމް އަބޫބަކުރު
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ރަމަޟާން 1435
27 ޖުލައި 2014
ނިމުނު ތާރީޚް: 23 މުޙައްރަމް 1436
16 ނޮވެމްބަރު 2014
3 0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr-C/1853
ޤަޟިއްޔާގެ ބާވަތް: މާރާމާރީހިންގުން
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 21 ޑިސެމްބަރު 2010 ނިމުނު ތާރީޚް: 1 އެޕްރީލް 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/227
2 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1853 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި، އިބްރާހީމް ނަޢީމް، ވައިމަތީގެ /ރ. އަލިފުށި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A011732) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤާޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1853
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ރ. އަލިފުށި:ވައިމަތީގެ، އިބްރާހީމް ނަޢީމް، 09 ޖޫން 2010
ދުވަހުގެ 11:00 އެހާއިރު، މ. ރޯޝަނީމަންޒިލް/މާލެ، މޫސާ ރަޝީދު،
ރޯޝަނީމަންޒިލްމާލެ، މޫސާ ރަޝީދު، ހ. ސޯސަން ފްލާވަރ ގައި
ހުއްޓައި، އޭނާގެ އަތުގެ މުލައްދަނޑީގައި ދަނޑިބުރިއަކުން ޖަހައި މާރާމާރީ ހިންގިތަން ދުށްކަމަށް
ސޯސަން ފްލާވަރ(މާލެ، ފާތިމަތު މާހާއާއި، ގ. މިޑްލައިން/މާލެ، މުޙައްމަދު އިމާއު ޢަބްދުﷲ އާއި،
މ.މ.ދ ދަފްތަރު 886، ޙާފިޡު ޖައުފަރު ބުނާތީ، އިބްރާހީމް ނަޢީމްގެ މައްޗަށް، މީހަކު މަރާލެވިދާފަދަ
އެއްޗަކާއެކު މާރާމާރީހިންގުމުގެ ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން،
ކްރިމިނަލް ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ އުކުމުގައިވަނީ، "ދެންފަހެ، ރ. އަލިފުށި ! ވައިމަތީގެ އިބްރާހީމް
ނަޢީމްގެ މައްޗަށް ދައުލަތުން ކުޅަ މަރާލެވިދާފަދަ އެއްޗަކާއެކު މާރާމާރީ ހިންގުމުގެ ކުށުގެ މިދަޢުވާ
ޝަރީޢަތުން ބެލިބެލުމުން، 09 ޖޫން 2010 ދުވަހު، މ. ރޯޝަނީމަންޒިލް މޫސާ ރަޝީދުއާމެދު މާރާމާރީ
ހިންގިކަމަށް އިބްރާހީމް ނަޢީމް އިންކާރުކުރާއިރު، އެދުވަހު 11:00 އެހާކަންހާއިރު، މޫސާ ރަޝީދު ހ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވޯ، ·
2014/HC-A/227
3 ޤަޟިއްޔާ ނިމުނު ގޮތު
می هرکی
ދެވެ
ސޯސަންޕްލަވަރގޭގައި ހުއްޓައި، އިބްރާހީމް ނަޢީމް، މޫސާ ރަޝީދުގެ މުލައްދަނޑީގައި ދަގަނޑުބުރިއަކުން
ޖަހައި މާރާމާރީ ހިންގާފައިވާކަން ހެކިންގެ ހެކިބަހުންނާއި، މޫސާ ރަޝީދުގެ ވެޑިކޯ ލީގަލް ރިޕޯޓުން
ޝަރީޢަތަށް ސާބިތުވާތީ، މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު މާރާމާރީ ހިންގުމުގެ ކުށުން އިބްރާހީމް
ނަޢީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވީ ހަތަރުވަނަ
ފަހަރު ކަމަށްވަތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް އުޤޫބާތުގެ 127 ވަނަ މާއްދާގެ ދަށުން ރ.
އަލިފުށި | ވައިމަތީގެ އިބްރާހީމް ނަޢީމް 1 (އެކެއް) އަހަރު ދުވަހު މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
4 2 2x
1853/Cr-C/2011
2. ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އިބްރާހީމް ނަޢީމުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 6 (ހައެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން އިބްރާހީމް ނަޢީމުގެ
ފަރާތުން ހުށަހަޅާފައިވާ!
0 0
<< O
04 ހ 0
2
0
2
ފެންނަންހެއްޓާ،
އެކަންކަމަށް
• ފުރަތަމަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުން ހެކި
ދެއްކިފައި ނުވުން އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެން
ރިޢާޔަތްނުކުރައްވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
¢ ¢3
2014/HC-A/227
می هرکی
ސްވާލިއފދ.
ޤަޟިއްޔާ ނިމުނު 1
ދެވަނަ ނުކުތާއަކީ، ފުލުއުފެދޭފަދަ ހެކިތަކާއި ޢަދުލްވެރިނޫން ހެކިންގެ
ހެކިބަހުގެ މައްޗަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
0202
• ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އާއި ޤާނޫނާ ޚިލާފަށް
ދައުލަތުން ހޯދާފައިވާ ހެކީގެ މައްޗަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ދައުލަތުން ހުށަހަޅާފައިވާ ދޮގު ހެއްކާއި ދޮގު މަޢުލޫމާތުގެ
މައްޗަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ދައުލަތުގެ ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތު
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ލިބިދީފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ، ކަނޑައަޅާފައިވާ ވަކި ފަނޑިޔާރަކު ފެށުނީއްސުރެ މައްސަލާގެ
އަޑުއެހުންތައް ބައްވާ ނިންމާލާފައިވަނިކޮށް، އެހެން ފަނޑިޔާރަކު މައްސަލާގެ ނިޔާ އިއްވާފައިވުން، އަދި
ނިޔާ އިއްވުމުގެކުރިން ނުވަތަ އެދުވަހު، މައްސަލާގެ ޙުކުމަށް ވާޞިލުވީގޮތް، ނުވަތަ ސަބަބުތައް ނުވަތަ
ފާހަގަކުރެވޭ ނުކުތާތައް ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައިވާގޮތަށް ބަޔާން މަކާނުލައި
ހަމައެކަނި ނިޔާ އިއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ކުރީގެ
1 853/Cr-C/2011
3. މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އިބްރާހީމް ނަޢީމުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 35411
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/227
5 ޤަޟިއްޔާ ނިމުނު ގޮ
کی عمری
=32
ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މިމައްސަލަ އިސްތިއުނާފުކުރަމުން، ކަނޑައަޅާފައިވާ ވަކި
ފަނޑިޔާރަކު ފެށުނީއްސުރެ މައްސަލާގެ އަޑުއެހުންތައް ބައްވާ ނިންމާލާފައިވަނިކޮށް، އެހެން ފަނޑިޔާރަކު
މައްސަލާގެ ނިޔާ އިއްވާފައިވާކަމަށާއި، އަދި ނިޔާ އިއްވުމުގެކުރިން ނުވަތަ އެދުވަހު، މައްސަލާގެ ޙުކުމަށް
ވާޞިލުވީގޮތް، ނުވަތަ ސަބަބުތައް ނުވަތަ ފާހަގަކުރެވޭ ނުކުތާތައް، ޤާނޫނު ނަންބަރު 22/2010
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައިވާގޮތަށް ބަޔާންކުރުމަކާނުލައި، ހަމައެކަނި
ނިޔާ އިއްވާފައިވާކަމަށްބުނެ އިބްރާހީމް ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު،
ޙުކުމް ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުމަކީ ދަށު ކޯޓުތަކާއި
ޓްރައިބިއުނަލްތަކުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ޙާލަތެއްކަމަށް
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާކަމާއި، މިދެންނެވުނު ޤާނޫނީ މަބްދަޢުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށާއި، އެކޯޓުން ދޫކުރައްވާފައިވާ ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓަށް ބަލާއިރު، ދައުލަތުގެ ފަރާތުން އިބްރާހީމް ނަޢީމުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި އެކޯޓުން
ނިންމެވި ނިންމެވުން ބިނާކުރައްވާފައިވާ ސަބަބުތައް އެމައްސަލާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ
"ފާހަގަކުރެވުނު ނުކުތާތައް" މިބައިގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، އެ މައްސަލާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ވާޞިލުވީ މައިގަނޑު ސަބަބުތައް އެ މައްސަލާގެ "ޙުކުމް" ގައިވެސް
ބަޔާންކުރައްވާފައިވާކަން އެނގޭކަމާއި، އަދި އެމައްސަލާގެ ޙުކުމް އިއްވެވި ދުވަހު އެމައްސަލާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/227
6 ޤަޟިއްޔާ ނިމުނު 1
ملی اس کی عمری
ދެވެ
ޝަރީޢަތައް ފާހަގަކުރެވުނު ނުކުތާތައް އިއްވަވާފައިނުވީނަމަވެސް، އެމައްސަލާގެ ޙުކުމަށް ވާސިލުވެފައިވާ
މައިގަނޑު ސަބަބުތައް ހިމެނޭގޮތަށް އެމައްސަލާގެ ޙުކުމް އިއްވަވާފައިވާކަން އެނގޭކަމާއި، އަދި
އެމައްސަލާގައި ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ ތަފްސީލާއި، މައްސަލާގެ ޙުކުމާއި، އެމައްސަލައާ
ގުޅޭ އެހެނިހެން އެންމެހާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެމައްސަލާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"
އެއް ތައްޔާރުކޮށް އެމައްސަލަ ރައްދުވީ އިބްރާހީމް ނަޢީމަށް ކްރިމިނަލް ކޯޓުން ދޫކުރައްވާފައިވާކަން
އެނގޭކަމާއި،
އެހެންކަމުން، އެމައްސަލާގެ ޝަރީޢަތުގެ މަރުޙަލާގެ ތެރޭގައި އެމައްސަލަ ބައްލަވަމުން
ގެންދެވި ފަނޑިޔާރު ބަދަލުވުމަކީ، ނުވަތަ އެމައްސަލާގެ ޙުކުމް ކުރެއްވުމުގައި އެޙުކުމަށް ވާސިލުވެފައިވާ
ސަބަބުތަކުގެ ތަފްސީލު އިއްވާފައިނުވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1853 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރަންޖެހޭ ސަބަބެއް ނޫންކަމެވެ.
2
(ށ) ދެވަނަ ކަމަކީ، މިމައްސަލަ އިސްތިއުނާފުކުރަމުން، ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާ އާއި ޤާނޫނާ ޚިލާފަށް ދައުލަތުން ހޯދާފައިވާ ހެކީގެ މައްޗަށް މައްސަލަ ނިންމަވާފައިވާކަމަށާއި،
ދައުލަތުގެ ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް
ލިބިދީފައިނުވާކަމަށްބުނެ ބުނެ، އިބްރާހީމް ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު،
ޖިނާއީ މައްސަލަތަކާ ގުޅިގެން ކުރެވޭ ތަޙްޤީގުތަކުގައި ހެކި ހޯދުމުގައި މީހަކަށް
މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ
ކަމެއްނޫންކަމަށާއި، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނޭކަމަށް
ޤާނޫނުއަސާސީގެ
52 ވަނަ މާއްދާގައި ބަޔާކޮށްފައިވާއިރު، އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން އެމީހެއްގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު 1
2014/HC-A/227
کی مرگی
ދެވެ
ކިބައިން ހޯދޭ ބަޔާންތަކާއި ޤާނޫނާ ޚިލާފަށް ހޯދޭ އެއްވެސް ހެއްކަކީ ޝަރީޢަތަށް ހުށަހެޅިފައިވާ
މައްސަލައެއް ސާބިތުކުރުމުގައި ކޯޓުން ބަލައިގަނެ އެއަށް އެއްވެސް ބުރަދަނެއް ދެވޭނޭ އެއްޗެތި ނޫންކަން
އެނގޭކަމާއި،
މިދެންނެވުނު ޤާނޫނީ މަބްދަޢުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިތަކަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައާ ގުޅިގެން ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިތަކެއްތޯ ބަލާއިރު، އެމައްސަލަ ނިންމެވުމުގައި
ޝަރީޢަތުން އެމައްޗަށް ބުރަވެފައިވާ ހެކިން އެމައްސަލާގެ ތަޙްޤީޤު މަރުޙަލާގައި ދީފައިވާ އެއްވެސް
ބަޔާނަކީ މަޖްބޫރު ކުރުވައިގެން ހޯދިފައިވާ ބަޔާނެއްކަން، ނުވަތަ އެމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
އެއްވެސް ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދިފައިވާ ހެއްކެއްކަން އިބްރާހީމް ނަޢީމުގެ ފަރާތުން
ދެއްކިފައިނުވާކަމާއި، އަދި އިސްތިޢުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ތަޙްޤީޤުކުރުމުގައި ހާދިސާ
ހިނގިކަމަށްބުނާ ތަނުން (ކްރައިމް ސީން) ފޮރެންސިކް ހެކި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހޯދާފައިނުވުމަކީ، ނުވަތަ މައްސަލާގައި ހެއްކެއްގެ ގޮތުގައި ހުށަހެޅިފައިވާ މީހަކު ޝަރީޢަތުގެ އަމުރަކަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން ކޯޓަށް ޙާޒިރުކުރުމަކީ މައްސަލަ ސާބިތުކުރުމުގެ ގޮތުން
ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކި ޤަރީނާތަކުގެ ޤާނޫނީ ޞައްޙަކަން އޭގެ ޒާތުގައި
ގެއްލިގެންދާނޭކަމެއް ނޫންކަމާއި،
ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެކިންނާ ސުވާލުކުރުމާއި، އެމީހަކު
ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެންނާ ޝަރީޢަތުގެ މަޖިލީހުގައި
ސުވާލުކުރުމުގެ ޙައްޤަކީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ
ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓު މަރުޙަލާގައި ކަންހިނގާފައިވަނީ ޤާނޫނުއަސާސީން އިބްރާހީމް
ނަޢީމަށް ލިބިދީފައިވާ އިސްވެމިދެންނެވުނު ޙައްޤުން އޭނާ މަޙްރޫމުވާ ގޮތަށްތޯ ބަލާއިރު،
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2014/HC-A/227
8 ޤަޟިއްޔާ ނިމުނު ގޮ
می هرکی
ވާh
އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލާގައި ޝަރީޢަތުން ހެކިބަސް ނަންގަވާފައިވާ
ފަރާތްތަކުގެ ތެރެއިން ހ. ސޯސަންފްލާވަރ(މާލެ، ފާޠިމަތު މާހާ އާއި (އަނިޔާ ލިބުނު)
ރޯޝަނީމަންޒިލް:މާލެ، މޫސާ ރަޝީދު ފިޔަވައި ދެންތިބި ހެކީންނާ ސުވާލުކުރުމުގެ ފުރުޞަތު އިބްރާހީމް
ނަޢީމަށް ލިބިފައިވާކަން އެމީހުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާންތަކަށް ބެލުމުން ސާފުކޮށް
އެނގެންއޮތްއިރު، އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އިން ކުށެއް ކުރިކަމުގެ ދަޢުވާ
އުފުލިފައިވާ މީހުންނަށް ލިބިދީފައިވާ ޙައްޤުތަކަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލެވިދާނެ
ބާވަތުގެ ޙައްޤުތަކެއް ކަމަށްވީއިރު، އަދި އެމައްސަލާގައި ކްރިމިނަލް ކޯޓުން ހެކިބަސް ނަންގަވާފައިވާ
ފާޠިމަތު މާހާ އަދި މޫސާ ރަޝީދުގެ ހެކިބަސް ޝަރީޢަތަށް ނަންގަވާފައިވަނީ އިބްރާހީމް ނަޢީމުގެ
އެނގުމާ ފެނުމުގެ ތެރެއިންކަމަށް ވީނަމަވެސް، އަދި އެ ދެމީހުންގެ ހެކިބަސް ޝަރީޢަތުން ނެންގެވުމުގެ
ފަހުން، އެތަށް ފަހަރެއްގެ މަތިން، އިބްރާހީމް ނަޢީމަށާއި އޭނާގެ ޤާނޫނީ ވަކީލަށް މައްސަލައާ ގުޅިގެން
ޝަރީޢަތަށް ބަޔާން ހުށަހެޅުމަށާއި ވާހަކަދެއްކުމަށް ޝަރީޢަތުން ފުރުޞަތު ދެއްވާފައި ވީނަމަވެސް،
މިދެންނެވުނު ދެހެކީންނާ ސުވާލުކުރަން ބޭނުންކަމަށް ބުނެ އެކަމަށް އިބްރާހީމް ނަޢީމުގެ ފަރާތުން
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެދިފައިނުވާކަމާއި، އަދި މިއީ އިސްވެދެންނެވުނު ދެހެކިންނާ
ސުވާލުކުރުމަށް އިބްރާހީމް ނަޢީމަށް ލިބިފައިވާ ޙައްޤު އޭނާގެ އަމިއްލަ އިޚްތިޔާރުގައި
ދޫކޮށްލާފައިވާކަމަށް، އެކަށީގެންވާ ހަމަތަކުގެމަތިން ބެލެވިދާނެ ޙާލަތެއްކަމާއި،
މިޙާލަތުގައި އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓު
މަރުޙަލާގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން އިބްރާހީމް ނަޢީމަށް ލިބިދީފައިވާ ޙައްޤަކުން
އޭނާ މަޙްރޫމުވާގޮތަށް ކްރިމިނަލް ކޯޓުން ޢަމަލުކުރައްވާފައިވާކަމަށް ބެލެވެން ނެތްކަމެވެ.
2 22 22
2
4
2 ހ2 8.
ހނކު9ނ،
(ބ) ތިންވަނަ ކަމަކީ، މިމައްސަލަ އިސްތިއުނާފުކުރަމުން، އެކަށީގެންވާ ޝައްކެއްނެތް
މިންވަރަށް ދައުލަތުން ހެކި ދެއްކިފައި ނުވާކަމަށާއި އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް
އްޖޭގެ
2& · 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
މައް/82 ގައި
44 35 23
2014/HC-A/227
9 ޤަޟިއްޔާ ނިމުނު 1
کی مرگی
ދެވެ
0 0
<< O
ފެންނަންހުއްޓާ، އެކަންކަމަށް ރިޢާޔަތްނުކުރައްވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް
މައްސަލަ ނިންމަވާފައިވާކަމަށާއި، ސުވާލުއުފެދޭފަދަ ހެކިތަކާއި ޢަދުލްވެރިނޫން ހެކިންގެ ހެކިބަހުގެ
މައްޗަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ އިބްރާހީމް ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އެމީހަކު ކުރެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު، ކުށެއްކުރިކަމުގެ ދަޢުވާ
އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެގޮތުން ހުށަހެޅޭ ދަލީލުތައް
ތަޤްއީމްކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އެ ދަލީލުތަކުން ކުރެވޭ
އިސްތިންޖާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިހާބުވެގެން މެނުވީ ޖިނާއީ
ޙުކުމްކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
23/SC
-
A/2011 ޤަޟިއްޔާގައި ބަޔާންކުރައްފައިވާކަމާއި، އަދި ޝަރީޢަތަށް ހުށަހެޅިފައިވާ ޖިނާއީ
ދަޢުވާއެއް ސާބިތުކުރުމުގެ ގޮތުން ހުށަހެޅޭ ހެކިން އެމައްސަލައެއްގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައި
ކަންހިނގާފައިވާ ގޮތްކަމަށްބުނެ ދީފައިވާ މަޢުލޫމާތާއި، އެމައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާގައި
އެމީހަކު ދޭ ހެކިބަހުގައި ބޮޑެތި ތަފާތުތަކެއް ހުރުމަކީ، އެމީހެއްގެ ހެކިބަހުގެ ސައްޙަކަމާމެދު
ސުވާލުއުފެދި، އެމައްސަލައެއް ސާބިތުކުރުމުގައި އެމީހެއްގެ ހެކިބަހަށް ޝަރީޢަތުން ދެވޭ ބުރަދަން ވަރަށް
ޑަށް ލުއިވެގެންދާނޭ ކަމެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95/HC
-
A/2013 ޤަޟިއްޔާފަދަ
ޤަޟިއްޔާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
ދައުލަތުގެ ފަރާތުން އިބްރާހީމް ނަޢީމުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ
މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއަށް އެނާ އިންކާރުކުރުމާ ގުޅިގެން،
އެދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާފައިވަނީ
axހ2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/227
کی مرکی
ދެވެ
މާހާ އާއި،
10 ޤަޟިއްޔާ ނިމުނު ގޮތު
ސޯސަންފްލާވަރ(މާލެ، ފާޠިމަތު މާހާ އާއި، މިޑްލައިން/މާލެ، މުޙައްމަދު އީމާއު ޢަބްދުﷲ އާއި،
މ.މ.ދ. ދަފްތަރު 886، ހާފިޒް ޖައުފަރުގެ ހެކިބަހާއި، އަނިޔާ ލިބުނު މޫސާ ރަޝީދުގެ މެޑިކޯ ލީގަލް
ރެކޯޑާއި، ކްރައިމް ސީންގެ ފޮޓޯތަކަކާއި، މޫސާ ރަޝީދަށް ލިބިފައިހުރި އަނިޔާތައް ދައްކުވައިދޭ
ފޮޓޯތަކެއްކަން، މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި، 26 އެޕްރީލް 2012 ގައި ދައުލަތުގެ ވަކީލު
ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގޭކަމާއި،
އިބްރާހީމް ނަޢީމުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެމިދެންނެވުނު ހެކިތަކުގެ ތެރެއިން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގައި ޝަރީޢަތުން ގޮތެއް ނިންމުވުމުގައި އެންމެ ބޮޑު ބުރަދަނެއް ދެއްވާފައިވާ،
އިބްރާހީމް ނަޢީމާ އިދިކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސްދީފައިވާ، ހ. ސޯސަން ފްލާވަރ(މާލެ، ފާޠިމަތު
މިޑްލައިން/މާލެ، މުޙައްމަދު އީމާއު ޢަބްދުﷲ އާއި، މ.މ.ދ. ދަފްތަރު 886، ހާފިޒް
ޖައުފަރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށާއި މައްސަލާގެ
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، މައްސަލާގައި ކަންހިނގާފައިވާ ގޮތްކަމަށް
އެމީހުން މައްސަލާގެ ތަޙްޤީޤުގައި ކިޔައިދީފައިވާ ގޮތާއި މައްސަލާގެ ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް
ދީފައިވާ ހެކިބަހުގައި ބޮޑެތި ތަފާތުތަކެއް ހުރުމުގެ އިތުރުން އެމީހުން ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި
އެކަކުއަނެކަކުގެ ވާހަކަ ދިމާނުވާ ކަންތައްތަކެއްވެސް އެބަހުރިކަމާއި، އަދި ހާދިސާ ހިނގި ގޮތްކަމަށް
އެމީހުން ކިޔައިދީފައިވާ ގޮތާއި ހާދިސާގައި އަނިޔާލިބުނުކަމަށްބުނާ އިބްރާހީމް ނަޢީމު ކިޔައިދީފައިވާ ގޮތާއި
އެމީހުންގެ ހެކިބަހާވެސް ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭކަމާއި،
މިގޮތުން ބަލާއިރު، މައްސަލާގެ ތަޙްޤީޤަށް މިޑްލައިން/މާލެ، މުޙައްމަދު އީމާއު
ޢަބްދުﷲ އާއި، މ.މ.ދ. ދަފްތަރު 886، ހާފިޒް ޖައުފަރު ދީފައިވާ ބަޔާންތަކުގައި، އެ ހާދިސާ
ހިނގިކަމަށް އެމީހުން ބުނާ ހ. ސޯސަންފްލާވަރ އެ ދެމީހުން ގޮސްފައިވަނީ އެއްކޮށްކަމަށާއި، އެމީހުން
ދިޔައިރު އެގޭ ކައިރީގައި މީހުން އެއްވެފައި ތިބިކަމަށާއި، އެދެމީހުން އެގޭ ދޮރުމައްޗަ
އެގެއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/227
کی عمری
ހަމަވިތަނާ އިބްރާހީމް ނަޢީމު އަތުގައި އޮތް ދަގަނޑު ހޮޅިބުރިއަކުން މުސާ ރަޝީދުގެ ކަނާއަތުގެ
ކޮނޑުހުޅުމަތީގައި ޖެހިތަން ފެނުނުކަމަށާއި، އޭރު މޫސާ ރަޝީދު އިނީ އެގޭގެ ތެރޭގައި ބަހައްޓާފައިހުރި
ސައިކަލެއްގެ މަތީގައިކަމަށާއި، އިބްރާހީމް ނަޢީމު މޫސާ ރަޝީދު ގައިގާ ޖެހުމުން އޭނާ ބިންމައްޗަށް
ވެއްޓުނުކަމަށާއި، އަދި އެއަށްފަހު މޫސާ ރަޝީދު އަވަސް އަވަހަށް ތެދުވެގެން އެގޭ ސިޑިން މައްޗަށް
އަރައިގެން ދިޔައީކަމަށް، މުޙައްމަދު އީޖާދު ޢަބްދުﷲ އާއި ހާފިޒް ޖައުފަރުވެސް ބުނެފައިވާއިރު،
މައްސަލާގެ ޝަރީޢަތުގެ މަރުޙަލާގައި އެމީހުންގެ ތެރެއިން މުޙައްމަދު އީމާއު ޢަބްދުﷲ ބުނެފައިވަނީ،
މޫސާ ރަޝީދު ގައިގާ އިބްރާހީމް ނަޢީމު ޖެހިތަން އޭނާއަށް ފެނިފައިވަނީ އެގޭ ކުރިމަތިން ސައިކަލެއްގައި
ހުރަސްކުރަނިކޮށް ކަމަށާއި، އެވަގުތު އޭނާއާއެކު
އޭނާއާއެކު އެހެން އެއްވެސް މީހަކު ނުހުންނާނޭ ކަމަށާއި، މޫސާ
ރަޝީދު ގައިގާ އިބްރާހީމް ނަޢީމު ޖެހިއިރު މޫސާ ރަޝީދު ހުރީ އެގޭގެ ދޮރުމަތީގައި ކޮޅަށް ކަމަށާއި،
އަދި މައްސަލާގެ ޝަރީޢަތުގެ މަރުޙަލާގައި ހެކިބަސްދެމުން ހާފިޒް ޖައުފަރު ބުނެފައިވަނީ ހާދިސާ
ހިނގިއިރު އޭނާ ހުރީ މުޙައްމަދު އީމާއު ޢަބްދުﷲ އާއެކުގައި ނޫންކަމަށާއި، މޫސާ ރަޝީދު ގައިގައި
އިބްރާހީމް ނަޢީމު ޖެހުމާއެކު އޭނާ ވެއްޓުނީ ކަމަށާއި، އަދި އޭނާ ވެއްޓުމަށްފަހު އޭނާއަށް
ނުތެދުވެވޭކަމަށާއި، ހާދިސާ ހިނގިވަގުތު މޫސާ ރަޝީދު އިނީ ސައިކަލެއްގެ މަތީގައި އިށީންދެގެން
ނޫކަމަށާއި، އެވަގުތު އޭނާ ހުރީ ގޭތެރޭގައި ކޮޅަށްކަމަށް ކަމަށާއި،
އަދި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން
ހެކިބަސް ނަންގަވާފައިވާ، މައްސަލާގައި އަނިޔާ ލިބުނު، ރޯޝަނީމަންޒިލް:މާލެ، މޫސާ ރަޝީދާއި،
ސޯސަންފްލާވަރ(މާލެ، ފާޠިމަތު މާހާގެ ހެކިބަހަށް ބަލާއިރު، މައްސަލާގައި ހިމެނޭ މާރާމާރީގެ
ހާދިސާގެ ތެރޭގައި މޫސާ ރަޝީދުގެ އަތުގައި ދެފަހަރެއްގެ މަތިން އިބްރާހީމް ނަޢީމު ޖެހިކަމަށް
ބުނެފައިވާއިރު، ހާދިސާހިނގިތަން ފެނުނުކަމަށް ބުނާ، އިސްވެދެންނެވިފައިވާ މުޙައްމަދު އީމާއު ޢަބްދު
އާއި ހާފިޒް ޖައުފަރުގެ ހެކިބަހުގައި މޫސާ ރަޝީދު އަތުގައި އިބްރާހީމް ނަޢީމު ދެފަހަރު ޖެހިތަން
2 20
ފެނިފައިނުވާކަމަށް ބުނެފައިވާކަމާއި، އަދި އެދެމީހުންގެ ހެކިބަހުގައި އިބްރާހީމް ނަޢީމު މޫސާ ރަޝީދުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 *3
=32
2014/HC-A/227
12 ޤަޟިއްޔާ ނިމުނު "
کی مرگی
އަތުގައި ޖެހުމުން އޭނާ އެތަނަށް ވެއްޓުނުކަމަށް ބުނެފައިވާއިރު، މޫސާ ރަޝީދުގެ ހެކިބަހުގައިވެސް އަދި
ފާޠިމަތު މާހާގެ ހެކިބަހުގައިވެސް މޫސާ ރަޝީދު އެތަނަށް ވެއްޓުނުކަމަށް ބުނެފައިނުވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޝަރީޢަތުން ގޮތެއް ނިންމެވުމުގައި
ރިޢާޔަތްކުރައްވާފައިވާ، އިސްވެމިދެންނެވުނު ހެކިންގެ ހެކިބަހުގައި ހުރި ތަފާތުތަކާއި ފުށުއެރުންތަކުގެ
އިތުރުން، އެ މައްސަލާގައި ޝަރީޢަތުން ހެކިބަސް ނަންގަވާފައިވާ، ހ. ސޯސަންފްލާވަރ(މާލެ، ފާޠިމަތު
މާހާއަކީ، އިބްރާހީމް ނަޢީމުގެ ދޮންދަރިއެއްކަމާއި، އަދި މިމައްސަލާގައި ހިމެނޭ މާރާމާރީގެ ހާދިސާ
ހިނގިކަމަށް އެފަރާތުން ބުނާ ދުވަސްވަރަކީ ފާޠިމަތު މާހާއާއި މިމައްސަލާގައި ހިމެނޭ މޫސާ ރަޝީދާ
ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރެއްކަމާއި، އަދި އޭރު ފާޠިމަތު މާހާއަކީ އުމުރުން 18 (އަށާރަ)
އަހަރު ނުފުރޭ ކުޑަކުއްޖެއްކަމާއި، އަދި އެދުވަސްވަރަކީ ފާޠިމަތު މާހާއާއި މޫސާ ރަޝީދާ ބެހޭ
މައްސަލައެއް ފާޠިމަތު މާހާގެ މަންމައާއި އިބްރާހީމް ނަޢީމުގެ ފަރާތުން ޖެންޑަރ މިނިސްޓްރީއަށް
ހުށަހަޅައިގެން އުޅުނު، އަދި އެކަމާ ގުޅިގެން ފާތިމަތު މާހާ އެމިނިސްޓްރީއަށް ހާޒިރުކުރެވެމުންދިޔަ
ދުވަސްވަރެއްކަން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން، މައްސަލާގައި ހިމެނޭ
ފަރާތްތަކުން މައްސަލާގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް
އެނގެން އޮތްއިރު، މިކަންކަމަކީވެސް މިމައްސަލާގައި ފާޠިމަތު މާހާ އާއި މޫސާ ރަޝީދު ދީފައިވާ
ހެކިބަހަށް ޝަރީޢަތުން ބުރަދަން ދެއްވުމުގައި ރިޢާޔަތްކުރަވަންޖެހޭ ކަންކަންކަމާއި،
އިސްވެމިދެންނެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގައި ދައުލަތުގެ ފަރާތުން އިބްރާހީމް ނަޢީމުގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށް
ސާބިތުކުރުމުގެ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެމިދެންނެވުނު ހެކިންގެ ހެކިބަހަށް ޝަރީޢަތުން
ދެވޭނެ ބުރަދަން ވަރަށްބޮޑުތަން ލުއިވެގެންދާކަމާއި، އެހެންކަމުން އެހެކިބަހުގެ މައްޗަށް ބިނާކޮށް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 23/SC
-
A/2011 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ،
އިސްވެދެންނެވިފައިވާ ޖިނާއީ މަޞްދައުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
OX
އައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/s*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/227
13 ޤަޟިއްޔާ ނިމުނު ގޮތު
މައްސަލާގައި އިބްރާހީމް ނަޢީމުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ، މީހަކު
މަރާލެވިދާފަދަ އެއްޗަކާއެކު މާރާމާރީ ހިންގުމުގެ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް، އޭނާގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައެޅިދާނެކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް
ފަނޑިޔާރަކަށް ޤަބޫލުނުކުރެވޭކަމެވެ.
OXO
04 0 0
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2011/Cr
-
C/1853 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް އިއްތިފާޤުވެވިފައިވެއެވެ.
<< O
0
<< O
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1853 ޤަޟިއްޔާގައި،
މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު މާރާމާރީހިންގުމުގެ ކުށުން، ރ. އަލިފުށި ވައިމަތީގެ، އިބްރާހީމް ނަޢީމް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A011732) ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ
އޭނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ހަތަރުވަނަ ފަހަރު ކަމަށްވަތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ޤާނޫނުލްއުޤޫބާތުގެ 127 ވަނަ މާއްދާގެ ދަށުން އިބްރާހީމް ނަޢީމް 1 (އެކެއް) އަހަރު ދުވަހު މުއްދަތަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/227
ޖަލަށްލުމަށް
14 ޤަޟިއްޔާ ނިމުނު ގޮތު
ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv