ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގެ ޙުކުމް
1
2011HC-A/134
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 134/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
ވަކީލު: އަލްއުސްތާޛު ޙުސައިން އިބްރާހީމް * ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ. ޓަވަރ މާލެ
*
a
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A252520
*
* ދާއިމީ އެޑްރެސް: އޯކިޑްމާގެ/ތ. ވިލުފުށި
ޖިސްޓްރީކުރެވުނު
09 ޖުމާދަލްއާޚިރާ 1432
7 ޖޫން 2011
ނިމުނު ތާރީޚް: 12 ރަބީޢުލްއައްވަލް 1433
30 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2010/VTR/226
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚް: 5 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 15 މާޗް 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{11/HC-A/134
ޤަޟިއްޔާ ނިމުނު ގޮތު
ދެޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/226 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 680) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ތ. ވިލުފުށީ އޯކިޑްމާގެ އަޙްމަދު މުޙައްމަދު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A252520) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ދި 4
2
24
#
24 2c
:22
ހށުހޅު2
1. އިސް
ތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/226
މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕީލކ (އެމް.ޓީ.ސީ.ސީ) ގައި ސެކިއުރިޓީ އޮފިސަރުގެ މަޤާމު، 31 ޑިސެމްބަރު 2010 ވަނަ ދުވަހުން
ފެށިގެން ވިލުފުށިއޯކިޑުމާގެ، އަޙްމަދު މުޙައްމަދު އަދާކުރަމުން އައިސްފައިވަނިކޮށް،
14 ސެޕްޓެމްބަރު 2010 ގައި ވަޒީފާއިން އަޙްމަދު މުޙައްމަދު ވަކިކޮށްފައިވާތީ، ގެއްލިފައިވާ
ވަޒީފާ ހޯދައިދިނުން ނުވަތަ އޭނާއަށް ބަދަލުނަގައިދިނުމަށް އެދި އަޙްމަދު މުޙައްމަދުގެ ފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ، "... އަޙްމަދު މުޙައްމަދު، މޯލްޑިވްސް ޓްރާންސްޕޯޓް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހުޅުމާލެ ބަސް ސާރވިސް ޔުނިޓްގެ ބަސްކޮންޑަކްޓަރެއްގެ
މަޤާމުން 15 ސެޕްޓެމްބަރު 2010 ގައި ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަށް ޘާބިތުކޮށްދެވިފައި ނުވާތީ،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަޙްމަދު
މުޙައްމަދު ވަޒީފާއިން ވަކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ
ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް މައްސަލަ
ދިވެހިރާއްa
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 73316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{11/HC-A/134
ޚުލާޞާ
ޤަޟިއްޔާ ނިމުނު ގޮތުގެ
4 22
oo
02c
ޑދު ތތ
ރައްދުވި ކުންފުނީގައި އަޙުމަދު މުޙައްމަދަށް އަދާކުރެވޭނެފަދަ އޭނާކުރިން ހުރި މަޤާމާ އެއްދަރަޖައިގެ
ވަޒީފާއެއްގައި އޭނާ ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި ކުންފުނީގެ
ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އަޙްމަދު މުޙައްމަދު ވަޒީފާއިން ވަކިކުރިކަމަށް ބުނާ
15 ސެޕްޓެމްބަރު 2010 ވަނަ ދުވަހުން ފެށިގެން މައްސަލަ ނިމުނު ތާރީޚާހަމައަށް މުސާރައާއި
ޢިނާޔަތުގެ ގޮތުގައި އަޙްމަދު މުޙައްމަދު އަށް ލިބެން ޖެހޭ 23636.29 (ތޭވީސްހާސް ހަސަތޭކު ތިރީސް
ހައެއް ޕޮއިންޓް ދޭއް ނުވައެއް) ރުފިޔާއިން 01 މަސް ދުވަހުގެ ނޯޓިހަށްވާ މިންވަރުގެ ގޮތުގައި
ދެވިފައިވާ 3850 (ތިންހާސް އަށްސަތޭކަ ފަންސާސް) ރުފިޔާ އުނިކުރުމަށްފަހު ޖެހޭމިންވަރުކަމަށްވާ
19786.29 (ނަވާރަހާސް ހަތްސަތޭކަ އަށްޑިހަ ހަޔެއް ޕޮއިންޓް ދޭއް ނުވައެއް) ރުފިޔާ 15 މާރޗް
2011 އިން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އަޙްމަދު މުޙައްމަދު އަށް
ދިނުމަށާއި، އެކަން ވަޒީފާއާބެހޭޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަށް އަންގާ" އެގޮތުގެމަތިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ
ރިޕޯޓުން އެގެން އޮންނަކަމެވެ.
226/VTR2010
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
2 ދ
<< O
• ފުރަތަމަ ނުކުތާއަކީ، އަޙްމަދު މުޙައްމަދު ޓްރައިބިއުނަލަށް ހުށަހެޅުމުން
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލާގައި ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ
ލިޔެކިޔުންތަކަށާއި، މައްސަލާގައި ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހަށް އެއްވެސް ގޮތަކަށް
ރިޢާޔަތްކުރުމެއްނެތި މައްސަލަ ބައްލަވަންވީވަރަށް ނުބައްލަވައި ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، އަޙްމަދު މުޙައްމަދު ވަޒީފާއިން ވަކިކުރުމަށް ކުންފުނީން
ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 21 ވަނަ މާއްދާ
ނުވަތަ 23 މާއްދާއާ ޚިލާފު ކަމެއްކަމަށް ޓްރައިބިއުނަލްއިން ކަނޑައެޅުއްވި ޝަރުޢީ އަދި ޤާނޫނީ
އިކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
މ 24
0 ހ2 0
2
0
0
2 އ
ހަމައެއް ބަޔަކު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:264p
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިޔާ
4
2{11/HC-A/134
ޤަޟިއްޔާ ނިމުނު ގޮތު
އެތައްހާސް
އޭނާގެ
ތިންވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އާއި އެކުންފުނީގެ
ޙިއްސާދާރުންގެ މަސްލަޙަތަށް އެވެސްގޮތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި އެކަނިފަރުދަކަށް
ވަޒީފާއިން ވަކިކުރުމުން ލިބިދާނެ ގެއްލުމަކަށް ހަމައެކަނި ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
މަލިއކމުގައިވާ
• ހަތަރުވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްސާވާ ވިޔަފާރި ކުންފުންޏަކަށްވާ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
އިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް
ރައްކައުތެރި ކޮށްދިނުމަކީ، ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓާރސް އަށް ލިބިގެންވާ ޙައްޤަކަށްވެފައި
ފެހިފުން މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/226 މައްސަލަގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލަ އިސްތިއުނާފު ކުރަމުން
އެމް.ޓީ.ސީ.ސީ ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ އަޙްމަދު މުޙައްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
އެޙައްޤުގެ ބޭނުންހި
2 22 22 22
(ހ) ފުރިހަމަ ކަމަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
uލކީ (އެމް.ޓީ.ސީ.ސީ.) ގެ ސެކިއުރިޓީ އޮފިސަރުގެ މަޤާމުގައި ވަޒީފާއަދާކުރަމުން ގެންދިޔަ ތ.
ވިލުފުށި އޯކިޑުމާގެ، އަޙްމަދު މުޙައްމަދު، 15 ސެޕްޓެމްބަރު 2010 އިން ފެށިގެން އެމް.ޓީ.ސީ.ސީ. ގެ
ވަޒީފާއިން ވަކިކޮށްފައިވަނީ، އެމް.ޓީ.ސީ.ސީ އިން ހުޅުމާލޭގައި ދެމުން ގެންދިޔަ ބަހުގެ ޚިދުމަތުގައި
ދިޔަ ބަސްތަކުގެ ކޮންޑަކްޓަރެއްގެ ވަޒީފާ، އަޙްމަދު މުޙައްމަދު އަދާކުރަމުން ދަނިކޮށް،
އެބަސްތަކުން ދަތުރުކުރާ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ޓިކެޓު ނުދޭކަމުގެ ގިނަ ޝަކުވާތަކެއް
އަންނަމުންދާތީ، އެމައްސަލަ ބެލިބެލުމުގައި އަޙްމަދު މުޙައްމަދު މިކަމުގައި އިޚްމާލުވާކަމަށް
އެމް.ޓީ.ސީ.ސީ. އަށް ފެނިގެން، އަޙްމަދު މުޙައްމަދު ކުންފުންޏަށް އިޚްމާލުވެފައިވާކަމަށް ބަލައި،
ކުންފުނީގެ ވަޒީފާގައި އަޙްމަދު މުޙައްމަދު އިތުރަށް ބެހެއްޓުމަކީ، ކުންފުންޏަށް އިތުރު ގެއްލުންތަކެއް
ބަނ/ހުން
ން326
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ން: 33251029، ފެކްސް: 316471( *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{11/HC-A/134
އދ
ޤަޟިއްޔާ ނިމުނު ގޮތު
ކުރިމަތި ވެދާނެކަ
ނެކަމެއްކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ
މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ. އިން އަޙްމަދު މުޙައްމަދަށް އެޑްރެސްކޮށް
14 ސެޕްޓެމްބަރ 2010 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
2010
/
637/MTCC
-
HR
/
MIS ސިޓީގައި ބަޔާންކޮށް
ބަޔާންކޮށްފައިވާކަމާއި،
އެމް.ޓީ.ސީ.ސީ. ގެ ނަންބަރު 2010
/
637/MTCC
-
HR
/
MIS
އަޙްމަދު
މުޙައްމަދަށް ލިބުމާގުޅިގެން އެކަމުގެ ޝަކުވާ، 16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ
ގްރީވަންސް ކޮމިޓީއަށް އަޙްމަދު މުޙައްމަދު ހުށަހަޅާފައިވާކަމާއި،
16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ ގްރީވަންސް ކޮމިޓީއަށް އަޙްމަދު
މުޙައްމަދު ފޮނުވި ސިޓީއާގުޅިގެން، އަޙްމަދު މުޙައްމަދު ވަޒީފާއިން ވަކިކުރެވިފައިވާ ގޮތާމެދު
އެމް.ޓީ.ސީ.ސީ. އިން ދެވަނަ ވިސްނުމަކަށް ދިއުމަށްފަހު، މިހާރު ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް އަޙްމަދު މުޙައްމަދަށް
ދިނުންކަމަށް، އެމް.ޓީ.ސީ.ސީ. އިން އަޙްމަދު މުޙައްމަދަށް އެޑްރެސްކޮށް 26 ސެޕްޓެމްބަރ 2010 ވަނަ
ދުވަހުގެ ތާރީޚުގައި ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
660/MTCC
-
HR
/
MIS ސިޓީގައި
ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން، އަޙްމަދު މުޙައްމަދު އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކުރެވިފައިވަނީ،
ކުންފުނީގެ ވަޒީފާގައި އަޙްމަދު މުޙައްމަދު އިތުރަށް ބެހެއްޓުމަކީ، ކުންފުންޏަށް އިތުރު ގެއްލުންތަކެއް
ކުރިމަތި ވެދާނެކަމެއްކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް
ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ. އިން މިހާރު ބުނިކަމުގައި ވީނަމަވެސް، މިމައްސަލަގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އަޙްމަދު މުޙައްމަދު
ވަޒީފާއިން ވަކިކުރުމަށް އެމް.ޓީ.ސީ.ސީ. އިން ނިންމާފައިވާ ނިންމުން، އަޙްމަދު މުޙައްމަދުގެ އެދުމަކަށް،
އަލުން މުރާޖަޢާ ކުރުމަށްފަހު، އެނިންމުން ބަދަލުކޮށް އަޙްމަދު މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް
ދިނުމަށްފަހުގައިކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތު ފިޔަވާ އެހެން ޙާލަތުތަކުގައި، އެޤާނޫނާ އެއްގޮތްވާގޮތުގެމަތިން
،
އެޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
ސްވުމެއްގެ ދަށުން ވަޒީފާއަދާކުރަމުންގެންދާ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
04 ތ 0
2
02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: AA316477*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިޔާ3
6
2{11/HC-A/134
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެމުވައްޒަފަކު ވަޒީފާއަދާކޮށްފައިވާ މުއްދަތަށް ބަލައި، އެމުވައްޒަފަކަށް ދޭންޖެހޭ ނޯޓިސްގެ މުއްދަތު
ބަޔާންކުރާ މާއްދާކަމާއި، މިމާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރާ މުވައްޒަފުން
ވަޒީފާއިން ވަކިކުރަންޖެހޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނެ ޢާންމު އުޞޫލު ކަނޑައަޅާ ބަޔާންކޮށްފައިވާ، އެޤާނޫނުގެ 21 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ
އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ
އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން
ވަކިކޮށްގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި
د پسر سومرو او
ކަށަވަރު.
2 0 0 *
(ނ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ،
ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމާއުތަކުން ބަލައިގަނެ، އެޤައުމުތަކުގެ
ޤާނޫނުތަކުގައި ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު އުސޫ
އުސޫލެއްގެގޮތުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް
ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން
އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982(ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ފެޑޭޝަން 1982 (ނަންބަރު 166) ގައިވެސް ކަނޑައެޅި
މާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް އެކުލެވިފައިވާ އުސޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު
ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ފަހުގައިކަން އެނގޭކަމާއި،
2 *ޑ 8 &2
/ޅ2ނޑު
ހއ 22
48 ހ22 ހއ
ބަޔާންވެގެންވާކަމެއެކު42
ދިވެހިރާއްaއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2{11/HC-A/134
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަޢުޞޫއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، މިގޮތުންބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ
ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެމުވައްޒަފެއްގެ ކިބައިގައި ނެތުމަ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ
ސަބަބުތަކެއްކަމަށް
ބެލެވޭކަމާއި، އަދި، އެމާއްދާގެ (ށ) ގެ (1) އިން (7) އަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި
ހިމެނޭ ސަބަބަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ނުބެލެވޭނެކަމާއި،
އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް ވުންކަމާއި،
މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ
ފަރާތަކުން ނިންމުމުގައި، އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅޭނީ، ވަޒީފާދޭ
ފަރާތުން، އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން
1. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ
ތަފްސީލަކާއެކު) ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަން
ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހުގެ
2. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ
ކޮބައިކަން އެމުވައްޒަފަކަށް އެންގުމަށްފަހުގެ
3. އެކަންކަން ރަނގަޅުކުރުމަށް އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި،
އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު އޮތްކަން އެމުވައްޒަފަކަ
އެނގުމަށްފަހު،
ހއ ހ2 24
ކަންކަމާމެދު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2{11/HC-A/134
404 40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4. އެމުވައްޒަފަކު ރަނގަޅު ކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު
ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ
ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އެމުވައްޒަފަކަށް ދިނުމަށްފަހުގެ
5. އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް
ނިންމުމަށްފަހު
6. އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން،
ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
ކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުތަކުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމުވައްޒަފަކަށް
ދެވިފައިވާނަމަކަމާއި، މިއީ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުގައިވެސް މިބާވަތުގެ މައްސަލަތަކުގައި
ޢަމަލުކުރެވެމުންދާ ޢާންމު އުސޫލުކަން، އިސްވެދެންނެވިފައިވާ ޤައުމުތަކުގެ ވަޒީފާއާބެހޭ ޤާނޫނުތަކަށާއި،
އައި.އެމް.އޯ. ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ
އާޓިކަލް 7 އަށާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭ
މެންޑޭޝަން 1982 (ނަންބަރު 166) ގެ
ނަންބަރު 7، 8، އަދި 9 އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން، އެމުވައްޒަފަކު ހުށަހަޅާފައިވާ ޝަކުވާއެއް
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ
ނުވަތަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ސާބިތުކޮށްދިނުމަކީ، އެޤާނޫނުގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެން ޙާލަތުތަކުގައި ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭ ފަރާތަށް
ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމާ ނިންމުންތަކުގެ ތެރެއިން، އެނިންމުމެއްގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކޮންމެ ނިންމުމަކީ އޭގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފަށް ޤާނޫނީ ޙައްލެއް ޙައްޤުވާނެ ނިންމުމެއްކަމާއި، މިގޮތުންބަލާއިރު، މިޙާލަތުގައިވާ
މުވައްޒަފުންނަށް ލިބިދެވޭނެ ޤާނޫނީ ޙައްލު ވަޒީފާއާބެހޭ ޤާނޫނުގެ ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމެވެ.
9
02 30
29
ދިވެހިރާއްޖެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2{11/HC-A/134
ece
ﷲ0
224
4
جو ہم نے کی
ޒިންމާ
4
2 ބ ޅ ކ އ ވ2 2
ہیری مہم
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ފަރުމާކުރެވިފައިވާ
ގޮތުން، އެމާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ
މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަމަށް ވަޒީފާދޭ ފަރާތަށް
ޤަބޫލުކުރެވޭ ޙާލަތުގައި؛
1. އެ
މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު
ރަނގަޅުކުރުމަށް ފިޔަވަޅުއެޅުން، އަދި
2. އެ ފިޔަވަޅު އެޅުމުންވެސް އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ނުވަތަ އޭނާ
ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ
އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބެއް އޮތުން
ކަން އެނގޭކަމާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ
އްޒަފަކާމެދު އެޅޭނެ އިސްލާޙީ ފިޔަވަޅުތައް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި
އިންކޮށްފައިވާކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފަކު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ
މިންގަނޑުތަކަށް ތަބާނުވާނަމަ، އެމާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެމުވައްޒަފަކާމެދު
އަޅަން ފެންނަ އެކަށިގެންވާ އިޞްލާޙީ ފިޔަވަޅެއް އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ ދަށުން
އިސްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި، ނަސޭހަތްދިނުމާއި، ލިޔުމުން އިންޒާރު ދިނުމާއި، ވަޒީފާގެ
މަސައްކަތަށް ނިކުތުން 14 (ސާދަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުމާއި،
ހުރިމަޤާމަށްވުރެ ދަށްމަޤާމަކަށް ބަދަލުކުރުން ހިމެނޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ)
ގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު،
އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން އަޙްމަދު މުޙައްމަދު ވަކިކުރެވުނުއިރު އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ ފެންވަރު ދައްވެގެންކަމެ
ލޯކަމެއް ނުވަތަ މަސައްކަތުގެ އަޚްލާޤީ
މިންގަނޑު ރަނގަޅު ނުވެގެންކަމެއް، 26 ސެޕްޓެމްބަރ 2010 ގެ ތާރީޚުގައި އެމް.ޓީ.ސީ.ސީ. އިން
އަޙްމަދު މުޙައްމަދަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
660/MTCC
-
HR
/
MIS ސިޓީއަށް
ބެލުމުން ސާފުކޮށް އެނގެން ނެތްކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން
އަޙްމަދު މުޙައްމަދު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިންކަން ޤާއިމުކުރެވިފައިވާކަން
އެނގެންނެތްކަމާއި،
4 22
34
އަދި
އައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{11/HC-A/134
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަމަވެސް އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް
ވާސިލުވުމަށްޓަކައި، އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން އަޙްމަދު މުޙައްމަދު ވަކިކޮށްފައިވަނީ އޭނާގެ
މަސައްކަތުގެ ފެންވަރު ދައްވެގެންކަމައް ނުވަތަ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު
ނުވެގެންކަމަށް ޝަރީޢަތުން ބެލި (assume) ކަމުގައިވިއަސް، މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
ދެކެވިފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، އަޙްމަދު މުޙައްމަދުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް
ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެމް.ޓީ.ސީ.ސީ. ގެ ފަރާތުން
އަޅާފައިވާކަން އެންގެން ނެތްކަމާއި، އަދި އަޙްމަދު މުޙައްމަދު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާޢީ ޢަދުލުވެރިކަން ޤާއިމު ކުރުމުގެގޮތުން، އިސްވެދެންނެވިފައިވާފަދަ އެއްވެސް
ފިޔަވަޅެއް އެމް.ޓީ.ސީ.ސީ. އިން އަޅާފައިވާކަން އެނގެން ނެތްކަމާއި،
އެހެންކަމުން، އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން އަޙްމަދު މުޙައްމަދު ވަކިކޮށްފައިވަނީ،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އެމް.ޓީ.ސީ.ސީ އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްޞާވާ ވިޔަފާރި ކުންފުންޏަކަށްވީ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
ޢަމަލެއްކަމުގައިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް ރައްކާތެރި
ކޮށްދިނުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ޙައްޤަކަށްވެފައި އެޙައްޤުގެ ބޭނުންހިފުން
މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
އެމް.ޓީ.ސީ.ސީ އަކީ ސަރުކާރުގެ އިތުރުން ޢާންމު ރައްޔިތުން ޙިއްޞާވާ ވިޔަފާރި
ކުންފުންޏެއް ކަމުގައިވީނަމަވެސް، އެކުންފުނީގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން
ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންނާ ދޭތެރޭގައި އެކުންފުނިންވެސް
ޢަމަލުކުރަންޖެހޭނީ އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 34 ވަނަ މާއްދާއިން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ މުވައްޒަފުން ފިޔަވާ އެކުންފުނީގައި
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{11/HC-A/134
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަސައްކަތްކުރާ އެހެން މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ، އެމުވައްޒަފަކު ކުރާ ނުވަތަ ނުކޮށްދޫކޮށްލާ
ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް ކަނޑައެޅިގެން ގެއްލުމެއް ވަމުންދާކަމަށް ނުވަތަ އެމުވައްޒަފަކު ކުރި
ކަމަކީ ޚިޔާނާތުގެ ގޮތުގައި ބެލިވިދާނެ ކަމެއްކަމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޤަބޫލުކުރެވިގެން
ކަމުގައިވީނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ
ގޮތަށް އަދި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމާއި، އެނޫންގޮތެއްގެމަތިން ޢަމަލުކުރުމުގެ އިޚްތިޔާރު
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށްވެސް ލިބިގެންނުވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް
ހުރުމުން،
ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/226 މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
22
ކަންކަން
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/226
މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް އޮތްކަމަށް ނުފެންނަކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/226 މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ތާޢީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
02
2320
ޔޫސުފް ޙުސައިން
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހިމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޭރަ ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv