ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/159 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 159/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު ޖަޢުފަރު * ދާއިމީ އެޑްރެސް: މާލެ ދަފްތަރު 5877
އައިޑީ ކާޑު ނަންބަރ: A148881 * މިހާރުގެ އެޑްރެސް: ބަޑޭރިކޮށި 152
ބަދަލުގައި: އގ. އާދަމް އާރިފް، ދެރަހަ ހއ. ކެލާ (A080108)
.
*
އިސްތިއުނާފު ރައްދުވި ފަރާތް: ސިވިލް ސަރވިސް ކޮމިޝަން
* ވަކީލު: ކޮމިޝަނުގެ ލީގަލް އޮފިސަރު އަލްއުސްތާޛާ ސަމިއްޔާ ނާޖީ
• ހުށަހެޅުނު ތާރީޚް: 24 މެއި 2012
ނިމުނު ތާރީޚް: 22 އޯގަސްޓް 2013
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2011/VTR/158
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 15-11-2011 * ނިމުނު ތާރީޚް: 20-02-2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
ދަޢުވާގެ ޚުލާޞާ
ނަންބަރު
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/158 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި، ދަފްތަރު
5877 އަޙްމަދު ޖަޢުފަރުގެ ފަރާތުން އެމައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ބެލިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތްތަކަކީ، ސިވިލް ސަރވިސް ކޮމިޝަނެވެ.
އަމީނާ ކުރުމުން
0
ކުރެވުނު ނުކުތާތައް:
0l- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/159 މައްސަލައަކީ، ކ. މާލެ
ދަފްތަރު ނަންބަރު 5877 އަޙްމަދު ޖަޢުފަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A148881)
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި އަދާކުރަމުންދިޔަ އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ
އޮފިސަރގެ މަޤާމުން 16 އޯގަސްޓް 2011 ގައި ވަކި ކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ
ޚިލާފަށް ދީފައިވާ ނަސޭޙަތާއި އިންޒާރުގެ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށްކަން ކަމުން އެލިޔުންތަކަކީ ބާޠިލު
ލިޔުންތަކެއް ކަމަށް ކަނޑައަޅައި، އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި،
ސިވިލް ސަރވިސް ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައި ކުރިން
އަދާކުރަމުން ދިޔަ ވަޒީފާއަށް އަޙްމަދު ޖަޢުފަރު ހަމަޖައްސައިދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް
އަމުރު ކޮށްދިނުމަށް އެދި، އަދި އަޙްމަދު ޖައުފަރަކީ ވަޒީފާއިން ވަކިކުރި މީހެއްކަމަށް ނުބަލާ، ވަޒީފާއިން
ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖައްސައި ދިނުމާހަމަޔަށް ކުރިންވެސް ލިބެމުންއައި މުސާރައާއި
ސަރވިސް އެލަވަންސް ލިބިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 15 ނޮވެމްބަރ
2011 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވި ފަރާތުން ހުށަހެޅި
އެންމެހާ ލިޔެކިޔުމާއި ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ކ. މާލެ | ދަފްތަރު
ނަންބަރު 5877 އަޙްމަދު ޖަޢުފަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A148881} އަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
މައްސަލަ ރައްދުވި ފަރާތުން ދީފައިވާ ނަސޭޙަތާއި އިންޒާރުގެ ލިޔުންތަކަކީ ދިވެހި ސިވިލް ސަރވިސްގެ
ޤަވާޢިދާ ޚިލާފަށް ދީފައިވާ ލިޔުންތަކެއްކަމަށް ވާތީ އެލިޔުންތަކަކީ ބާޠިލު ލިޔުންތަކެއްކަމަށް ކަނޑައަޅާ،
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި،
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) އާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު
2010 އާއި ޚިލާފަށްކަމަށް ކަނޑައަޅާ ދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ ހަމަޖައްސާދިނުމަށް މައްސަލަ
ރައްދުވި ފަރާތަށް އަމުރުކޮށްދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ ވަޒީފާއިން ވަކިކުރި މީހެއްކަމަށް ނުބަލާ،
އޭނާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖައްސާ ދިނުމާ ހަމައަށް އޭނާއަށް
ލިބެމުންދިޔަ މުސާރައާއި ސާރވިސް އެލަވަންސް ލިބިދިނުމަށް އެދުނުނަމަވެސް، މައްސަލަ ހުށަހެޅި ފަރާތާއިމެދު
އަޅާފައިވާ އިސްލާޙީ ފިޔަވަޅުތަކަށް ގޮތެއް ކަނޑައަޅަން ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 6
ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރާއިރު، އެކަމަށް ގޮތެއް ކަނޑައެޅުމުގެ ޖާގައެއް ނެތްކަމަށާއި، މައްސަލަ
ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ
މާއްދާގައި ވާފަދައިން އެކަށީގެންވާ ސަބަބަކާލައިގެން، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް
ޤާނޫނު) އާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 އާއި
މަތިންކަން މައްސަލަ
ރައްދުވި ފަރާތުން ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި އަޙްމަދު ޖައުފަރަށް ވަޒީފާ އަނބުރާ ދިނުމަށް
ނުވަތަ އެއްވެސް ފައިސާއެއް ނަގައިދިނުމަށް މައްސަލަ ރައްދުވި ސިވިލް ސާރވިސް ކޮމިޝަނަށް އަންގާނޭ
ޖާގައެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާ، މިމައްސަލަ ނިންމައިފީމެވެ.“
މިފަދައިންކަން އެމައްސަލައިގެ މައްސަލަނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
ޒ 2
2x / $
32
އެއެޤްވާގެ
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/158 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުސޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ދަފްތަރު ނަންބަރު 5877 އަޙްމަދު ޖަޢުފަރުގެ ފަރާތުން އިސްތިއުނާފު
ކުރުމަށް 04 (ހަތަރެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
0
ފުރަތަމަ ނުކުތާއަކީ: މިމައްސަލައަކީ 16 އޮގަސްޓް 2011 ވަނަ ދުވަހު އަޙްމަދު ޖަޢުފަރު ވަޒީފާއިން
ވަކިކުރުމުން ހުށަހަޅާފައިވާ މައްސަލައެއްކަމާއި، ވަކިކުރުމުގައި ބަލާފައިވާ އިޞްލާޙީ ފިޔަވަޅުތަކަކީ ޤާނޫނާއި
ޚިލާފަށް އަޅާފައިވާ އިޞްލާޙީ ފިޔަވަޅުތަކެއް ކަމުގައިވާތީ ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި
އެލިޔުންތަކަށް ނުބެލެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާއިރު، މައްސަލަ ބަލައިގަތުމަށްފަހު
އަޑުއެހުންތަކެއް ބޭއްވުމަށްފަހު ފައިސަލާކުރަނިވިކޮށް މައްސަލަ ނިންމުމުގައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ
ޤަވާއިދުގެ 6 ވަނަމާއްދާގެ (ހ) އަށް ރިޢާޔަތް ކުރައްވައި މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމުގައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
. ދެވަނަ ނުކުތާއަކީ: މިނިސްޓްރީ އޮފް ފިޝަރީޒްގެ ނަންބަރު 2011
/
420/A
/
INDV-30 ސިޓީން
(20 ޖުލައި 2010) ގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަށް ހަމަޖެހިފައިވާކަން އެންގުމުގެ
ކުރިން ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 11 ވަނަ މާއްދާގެ ދަށުން އިލްތިމާސްކުރުމުގެ ޙައްޤު ކޮންމެ
މުވައްޒަފަކަށް ލިބިގެންވާކަމާއި އިޞްލާޙީ ފިޔަވަޅުތަކުގައި މައްސަލައެއް ވާކަން ނުވަތަ ނަޞޭހަތާއި، އިންޒާރު
ދެވުނު ގޮތާއިމެދު ޝަކުވާއެއްވާކަން ސިވިލް ސާރވިސް ކޮމިޝަނަށް ހުށަހަޅާފައި ނުވާކަމަށް ފާހަގަކުރެވުނު
ނުކުތާތަކުގެ 1.4 ގައި ފާހަގަ ކުރައްވާފައިވާއިރު، އެމާއްދާގެ ދަށުން ސިވިލް ސާރވިސް ކޮމިޝަނަށް ހުށަހެޅޭ
މައްސަލަތަކަކީ ޤާނޫނާއި ޚިލާފަށް ހިނގާ ކަންތައްތައް ކޮމިޝަނަށް ރިޕޯޓު ކުރުމުގެ އިޚްތިޔާރުދޭ މާއްދާއެއް
ކަމާއި، އެއީ ކަމާބެހޭ އެހެން ފަރާތަކަށް މައްސަލައެއް ހުށަހެޅުން ހުއްޓުވާ ނުވަތަ ހަނިކުރާ
ސިވިލް ސާރވިސްގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (އ) އާއި، 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއަށް
ބެލުމުން އެނގެން އޮންނައިރު އެކަމަށް ރިއާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ފާހަގަކުރި
ދ ޑ ވ މ ގ އ ހވ
ކމއންނަކމށް
ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އިޞްލާޙީ ފިޔަވަޅު އެޅުމުގެ ގޮތުން އަޙްމަދު ޖައުފަރަށް ދީފައިވާ ލިޔުންތަކަކީ
މިމައްސަލަ ކާމިޔާބު ކުރުމުގައި ދެފަރާތުންވެސް އޭގެ ޤާނޫނީ ޞައްޙަ ކަމާމެދު ވާހަކަ ދައްކާފައިވާ
ލިޔުންތަކަކަށް ވާއިރު އަދި އެއީ މިމައްސަލައިގައި ބަލައި ނުގަނެވޭނެ ލިޔުމެއް ކަމަށް މައްސަލަ ރައްދުވާ
ފަރާތުން ފާހަގަކޮށްފައި ނުވާއިރުވެސް ޤާނޫނީ ގޮތުން އެލިޔުންތަކުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ
ބަދަލުގައި މައްސަލާގައި އެއްވެސް ފަރާތަކުން ފާހަގަކޮށްފައިނުވާ އަދި ހިންގުމުގައި މައްސަލަ ބެއްލެވި
މެންބަރުންވެސް ސުވާލު އުފައްދާފައި ނުވާކަމަށް ރިޢާޔަތްކުރުން ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
ހަތަރުވަނަ ނުކުތާއަކީ: ވަޒީފާއާއިބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާއި، ސިވިލް ސާރވިސްގެ ޤަވާއިދުގެ
112 ވަނަ މާއްދާގައި ބުނާ މުވައްޒަފު ވަޒީފާއިން ވަކިކުރަންވާނީ ކަނޑައެޅިފައިވާ މުއްދަތެއްގެ ނޯޓިސްއެއް
ދިނުމަށްފަހުގައިކަމަށް ބަޔާންކުރައްވާފައި ވާއިރު، އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކޮށްފައިވަނީ
ނޯޓިސްދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި ޚިލާފަށްކަމަށް އަޙްމަދު ޖަޢުފަރުގެ ފަރާތުން ޓްރައިބިއުނަލަށް
ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާއިރު އެނުކުތާއަށް ނުބައްލަވައި އަދި އެކަމާމެދު ގޮތެއް
ކަނޑައެޅުމަކާނުލައި މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
etc.
ގޮތުގެ
ނަންރީ
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/158 މައްސަލައިގެ މައްސަލަ ނިމުނު
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އަޙްމަދު ޖަޢުފަރުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ދަފްތަރު ނަންބަރު 5877 އަޙްމަދު ޖައުފަރުގެ ފަރާތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
2011/VTR/158 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ،
އިސްތިއުނާފް ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާ ކަމުގައިވާ، މިމައްސަލައަކީ 16 އޮގަސްޓް 2011 ވަނަ
ދުވަހު އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކުރުމުން ހުށަހަޅާފައިވާ މައްސަލައެއްކަމާއި، ވަކިކުރުމުގައި ބަލާފައިވާ
އިޞްލާޙީ ފިޔަވަޅުތަކަކީ ޤާނޫނާއި ޚިލާފަށް އަޅާފައިވާ އިޞްލާޙީ ފިޔަވަޅުތަކެއް ކަމުގައިވާތީ، ވަޒީފާއިން
ވަކިކުރުމަށް ކަނޑައެޅުމުގައި އެލިޔުންތަކަށް ނުބެލެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާއިރު،
މައްސަލަ ބަލައިގަތުމަށްފަހު
އެހުންތަކެއް
ބޭއްވުމަށްފަހު ފައިސަލާކުރަނިވިކޮށް މައްސަލަ ނިންމުމުގައި
ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރައްވައި މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމުގައިވުންކަމަށް ބުނެ، ފާހަގަކުރި ނުކުތާއަށް
ޝަރީޢަތުން ނަޒަރުކުރިއިރުގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/159
3
44
15 ނޮވެމްބަރު 2011 ވަނަ ދުވަހު އަޙްމަދު ޖަޢުފަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވާ މައްސަލައިގައި، 3 (ތިނެއް) ކަމެއްގެ މައްޗަށް ގޮތެއް ނިންމައި ދިނުމަށް އެދިފައިވާކަމާއި، އެއީ:
އަޙްމަދު ޖަޢުފަރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި އަދާކުރަމުންދިޔަ
އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރގެ މަޤާމުން 16 އޯގަސްޓް 2011 ގައި ވަކި ކޮށްފައިވަނީ ދިވެހި
ސިވިލް ސަރވިސްގެ ޤަވާޢިދާ ޚިލާފަށް ދީފައިވާ ނަސޭޙަތާއި އިންޒާރުގެ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް
ކަމުން އެލިޔުންތަކަކީ ބާޠިލު ލިޔުންތަކެއް ކަމަށް ކަނޑައަޅައި ދިނުމަށާއި،
އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، ސިވިލް ސަރވިސް
ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ ޚިލާފަށްކަމަށް ކަނޑައަޅައި ކުރިން އަދާކުރަމުން ދިޔަ
ވަޒީފާއަށް އަޙްމަދު ޖަޢުފަރު ހަމަޖައްސައިދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރު
ކޮށްދިނުމަށާއި
އަދި އަޙްމަދު ޖައުފަރަކީ ވަޒީފާއިން ވަކިކުރި މީހެއްކަމަށް ނުބަލާ، ވަޒީފާއިން ވަކިކުރި ދުވަހުން
ފެށިގެން އަލުން ވަޒީފާ ހަމަޖައްސައި ދިނުމާހަމަޔަށް ކުރިންވެސް ލިބެމުންއައި މުސާރައާއި ސަރވިސް
އެލަވަންސް ލިބިދިނުމަށް އެދިފައިވާކަން، އަޙްމަދު ޖައުފަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ
ހުށަހެޅި ފޯމުގެ 3 ވަނަ ނަންބަރު (މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް) އިން އެނގެން އޮންނަކަމާއި؛
އަޙްމަދު ޖައުފަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައިގަނެ
ޓްރައިބިއުނަލުގައި މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ، އިސްވެ
ބަޔާންކުރި ފަދައިން އަޙްމަދު ޖަޢުފަރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި 3 ކަމެއްގެ މައްޗަށް ގޮތެއް
ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށް ވުމުންކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން
މައްސަލަ ނިންމުމުގައި އަޙްމަދު ޖަޢުފަރުގެ ފަރާތުން ހުށަހަޅާ ފައިވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް
އެކަންކަމަށް ގޮތެއް ކަނޑައަޅާފައިވާ ކަމާއި، އެގޮތުން، އަޙްމަދު ޖަޢުފަރުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި ފުރަތަމަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އަޙްމަދު ޖަޢުފަރު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި އަދާކުރަމުންދިޔަ އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ
އޮފިސަރގެ މަޤާމުން 16 އޯގަސްޓް 2011 ގައި ވަކި ކޮށްފައިވަނީ، ވަޒީފާ އަދާކުރަމުންދިޔަ ދުވަސްވަރު
8
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/159
،
434
އަޙްމަދު ޖައުފަރަށް ލިޔުމުން ދީފައިވާ ނަސޭޙަތާއި އިންޒާރުގެ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށްކަމުން
ނަސޭޙަތާއި އިންޒާރުގެ ލިޔުންތަކަކީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ ޚިލާފަށް ދީފައިވާ ނަސޭޙަތާއި
އިންޒާރުގެ ލިޔުންތަކެއް ކަމުގައިވާތީ، އެލިޔުންތައް ބާޠިލު ލިޔުންތަކެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް
އެދިކަމާއިގެ
ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދިއްޖެނަމަ، އެކަމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅަންޖެހޭ މުއްދަތު [ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު” ގެ 6 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދިއްޖެނަމަ، އެމައްސަލައެއް
ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ޅަންވާނެކަމާއި، މިމުއްދަތު ފާއިތުވާފަހުން ހުށަހެޅޭ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ބަލައިނުގަންނާނެކަން އިޝާރާތްކުރެވުނު މާއްދާއިން އެނގެން އޮންނަކަމާއިގެ
އެހެންކަމުން، އަޙްމަދު ޖަޢުފަރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ވަޒީފާ
އަދާކުރަމުންދިޔަ ދުވަސްވަރު ދީފައިވާ ނަސޭޙަތާއި އިންޒާރުގެ ލިޔުންތަކަކީ، ބާޠިލު ލިޔުންތަކެއް ކަމަށް
ކަނޑައަޅައި ދިނުމަށް އެދި އަޙްމަދު ޖަޢުފަރު ހުށަހަޅާފައިވާ ޅުމާމެދު މައުޟޫޢީގޮތުން
ކަނޑަނާޅައި، ”ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު” ގެ 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް
ނިންމަވާފައިވާ ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
ހު28 ހއ
ކހ.
3ދޑ މި
ހުށަހެޅެމު
03އ
30-
(ނ) މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރގެ ނަންބަރު
2011
/
420/A
/
INDV ސިޓީން 200 ޖުލައި 2010) ގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކުރުމަށް ހަމަޖެހިފައިވާކަން އެންގުމުގެ ކުރިން ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 11 ވަނަ
މާއްދާގެ ދަށުން އިލްތިމާސްކުރުމުގެ ޙައްޤު ކޮންމެ މުވައްޒަފަކަށް ލިބިގެންވާކަމާއި އިޞްލާޙީ ފިޔަވަޅުތަކުގައި
މައްސަލައެއް ވާކަން ނުވަތަ ނަޞޭހަތާއި، އިންޒާރު ދެވުނު ގޮތާއިމެދު ޝަކުވާއެއްވާކަން ސިވިލް ސާރވިސް
ކޮމިޝަނަށް ހުށަހަޅާފައި ނުވާކަމަށް ފާހަގަކުރެވުނު ނުކުތާތަކުގެ 1.4 ގައި ފާހަގަ ކުރައްވާފައިވާއިރު،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
އއ މވ ހޑ
ކަންތައްތައް
4 22
އެމާއްދާގެ ދަށުން ސިވިލް ސާރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ ޤާނޫނާއި ޚިލާފަށް ހިނގާ
ކޮމިޝަނަށް ރިޕޯޓު ކުރުމުގެ އިޚްތިޔާރުދޭ މާއްދާއެއް ކަމާއި، އެއީ ކަމާބެހޭ
އެހެން ފަރާތަކަށް
މައްސަލައެއް ހުށަހެޅުން ހުއްޓުވާ ނުވަތަ ހަނިކުރާ ކަމެއްނޫންކަމަށް ސިވިލް ސާރވިސްގެ ޤާނޫނުގެ 18 ވަނަ
މާއްދާގެ (އ) އާއި، 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު އެކަމަށް
ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރި އިރުގެ
ސިވިލް ސަރވިސްގެ ޤަވާއިދު 2010] ގެ 11 ވަނަ މާއްދާއަކީ، ސިވިލް ސަރވިސްގައި ވަޒީފާ
އަދާކުރާ މުވައްޒަފަކާމެދު އެމުވައްޒަފަކު ވަޒީފާއަދާކުރާ އޮފީހުން ޤާނޫނާއި ގަވާއިދާއި ޚިލާފަށް މުވައްޒަފާމެދު
އަޅާ އިސްލާޙީ ފިޔަޅުތަށް ސިވިލް ސާރވިސް ކޮމިޝަނަށް އިލްތިމާސް ކުރުމުގެ ޙައްޤު ލިބިދީފައިވާކަން
އޮންނަ މާއްދާއެއްކަމާއި، އިޝާރާތްކުރެވުނު މާއްދާއަށް ރިޢާޔަތްކޮށް، ސިވިލް ސާރވިސް
މުވައްޒަފަކާދޭތެރޭ އަޅާ އިސްލާޙީ ފިޔަޅުތަކުގެ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުން،
”ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު” ގެ 6 ވަނަ މާއްދާގެ (ހ) އިން މަނާ ނުކުރާކަމާއި، ”ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ގަވާއިދު” ގެ 6 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވަނީ، ވަޒީފާއާއި ގުޅިގެން އުފެދޭ
މައްސަލަތަކާއި ޚިލާފުތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭ މުއްދަތުކަން އެމާއްދާއިން ސާފުކޮށް
އެނގެން އޮންނަކަމާއި، އެފަދަ މައްސަލަތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައެޅުމަކީ، ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފުކަމެއްކަމަށް ބެލެވޭނެ ހަމައެއް ނެތްކަން އެނގެއެވެ.
8ބޔާންކޮށް
catcc
(ނ) އިޞްލާޙީ ފިޔަވަޅު އެޅުމުގެ ގޮތުން އަޙްމަދު ޖައުފަރަށް ދީފައިވާ ލިޔުންތަކަކީ މިމައްސަލަ
ކާމިޔާބު ކުރުމުގައި ދެފަރާތުންވެސް އޭގެ ޤާނޫނީ ޞައްޙަ ކަމާމެދު ވާހަކަ ދައްކާފައިވާ ލިޔުންތަކަކަށް ވާއިރު
އަދި އެއީ މިމައްސަލައިގައި ބަލައި ނުގަނެވޭނެ ލިޔުމެއް ކަމަށް މައްސަލަ ރައްދުވާ ފަރާތުން ފާހަގަކޮށްފައި
ނުވާއިރުވެސް ޤާނޫނީ ގޮތުން އެލިޔުންތަކުގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ ބަދަލުގައި މައްސަލާގައި
އެއްވެސް ފަރާތަކުން ފާހަގަކޮށްފައިނުވާ އަދި ހިންގުމުގައި މައްސަލަ ބެއްލެވި މެންބަރުންވެސް ސުވާލު
އުފައްދަވާފައި ނުވާކަމަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން
ނަޒަރު ކުރިއިރުގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކާމެދު އެމުވައްޒަފަކު ވަޒީފާއަދާކުރާ އޮފީހުން
ޤާނޫނާއި ގަވާއިދާއި ޚިލާފަށް މުވައްޒަފާމެދު އަޅާ އިސްލާޙީ ފިޔަޅުތައް ސިވިލް ސާރވިސް ކޮމިޝަނަށް
އިލްތިމާސް ކުރުމުގެ ޙައްޤު ސިވިލް ސަރވިސްގެ ޤަވާއިދު 2010] ގެ 11 ވަނަ މާއްދާއިން އެމުވައްޒަފަކަށް
ލިބިދީފައި އޮތުމުގެ އިތުރުން، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެންނުވާ
ފިޔަވަޅެއްކަމަށް އެފިޔަވަޅު އެޅި މުވައްޒަފަކަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ
ޙައްޤު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ) އިން ލިބިދީފައިވާކަން
އެނގެން އޮންނަ ކަމާއި، ވަޒީފާއާއި ގުޅިގެން އުފެދޭ މައްސަލަތަކާއި ޚިލާފުތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުމަށް ”ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު” ގެ 6 ވަނަ މާއްދާގެ (ހ) އިން ދީފައިވާ މުއްދަތަކީ،
އެފަދަ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 3 މަސް ދުވަސްކަމާއި، އޭގެފަހުން ހުށަހެޅޭ
މައްސަލަތައް ބަލައިނުގަނެވޭނެކަން އިޝާރާތްކުރެވުނު މާއްދާއިން އެނގެން އޮންނަކަމާއި،
އިސްވެ އިޝާރާތްކުރެވުނު ފަދައިން، އަޙްމަދު ޖަޢުފަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅި މައްސަލައިގައި އެދިފައިވާ ތިންކަމުން ކުރެ އިޞްލާޙީ ފިޔަވަޅު އެޅުމުގެ ގޮތުން އަޙްމަދު ޖައުފަރަށް
ދީފައިވާ ލިޔުންތަކުގެ ޤާނޫނީ ޞައްޙަ ކަމާމެދު މައުޟޫޢީގޮތުން ގޮތެއް ނިންމާފައިނުވަނީ، ޤާނޫނާއި ގަވާއިދުން
އަޙްމަދު ޖައުފަރަށް ލިބިދީފައިވާ ޙައްޤުގެ ބޭނުން ”ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު” ގެ 6 ވަނަ
މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ މުއްދަތުގައި ހިފާފައިނުވާތީކަން އެނގެއެވެ.
މާއްދާގައި
(ހ) ވަޒީފާއާއިބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާއި، ސިވިލް ސާރވިސްގެ ޤަވާޢިދުގެ 112 ވަނަ
މުވައްޒަފު ވަޒީފާއިން ވަކިކުރަންވާނީ ކަނޑައެޅިފައިވާ މުއްދަތެއްގެ ނޯޓިސްއެއް
ދިނުމަށްފަހުގައިކަމަށް ބަޔާންކުރައްވާފައި ވާއިރު، އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކޮށްފައިވަނީ
ނޯޓިސްދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި ޚިލާފަށްކަމަށް އަޙްމަދު ޖަޢުފަރުގެ ފަރާތުން ޓްރައިބިއުނަލަށް
ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާއިރު އެނުކުތާއަށް ނުބައްލަވައި އަދި އެކަމާމެދު ގޮތެއް
ކަނޑައެޅުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރިއިރުގެ
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/159
OXO
”ވަޒީފާއާއިބެހޭ
ޒިފާއާއިބެހޭ ޤާނޫނު“ ގެ 22 ވަނަ މާއްދާއާއި، ”ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު
2010 ގެ 112 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ، ވަކިމުއްދަތެއްގައި ވަޒީފާއަދާކޮށްފައިވާ ފަރާތްތައް
ވަޒީފާއިން ވަކިކުރާއިރު، ވަކިކުރުމުގެ ކުރިން މުއްދަތު ބަޔާންކޮށް ދޭންޖެހޭ ނޯޓިހުގެ ވާހަކަކަމާއި، މީގެ
އިތުރުން ނޯޓިސް ދިނުމަކާއި ނުލައި މުވައްޒަފުން ވަކިކުރެވޭނެ ޙާލަތްތައްވެސް އިޝާރާތްކުރެވުނު
”ވަޒީފާއާއިބެހޭ ޤާނޫނު“ ގެ 23 ވަނަ މާއްދާއާއި، ”ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު 2010“ ގެ 114
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން ނޯޓިސް ދިނުމަކާއި ނުލައި މުވައްޒަފުން ވަޒީފާއިން
ވަކިކުރެވޭނެ 2 (ދޭއް) ޙާލަތެއް ”ވަޒީފާއާއިބެހޭ ޤާނޫނު“ ގެ 23 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވާކަމާއި،
އެއިގެ ތެރެއިން އެއްޙާލަތަކީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުންކަން އެނގެން އޮންނަކަމާއި،
އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކުރަން ހަމަޖެހިފައިވާކަން އަންގައި ފޮނުވުނު، މިނިސްޓްރީ އޮފް
ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު 2011
/
420/A
/
INDV-30 (20 ޖުލައި 2010) ގެ
ސިޓީއިންނާއި، އަދި އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވާފައިވާ ސިވިލް ސާރވިސް
ކޮމިޝަނުގެ ނަންބަރު 2011
/
2528/CSC(2) ވަޒީފާ ވަކިކުރެއްވި ޗިޓުން އެނގޭގޮތުގައި، އަޙްމަދު ޖައުފަރު
ވަޒީފާއިން ވަކިކުރެވިފައިވަނީ، ”ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 214 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ
ދަށުންކަން އެނގެން އޮންނަކަމާއިގެ
އަޙްމަދު ޖަޢުފަރު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، ”ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު 2010“ ގެ 208 ވަނަ މާއްދާގެ ދަށުން އަޙްމަދު
ޖަޢުފަރާދޭތެރޭ އިސްލާޙީ ފިޔަވަޅު އެޅިފައިވާކަމާއި،
އެގޮތުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވުމާއި، އަދި މަސައްކަތަށް
ފަރުވާ ކުޑަކުރުމާއި، ޒިންމާ ނުއުފުލުމުގެ ސަބަބުން، 2 (ދޭއް) ފަހަރެއްގެ މަތިން ލިޔުމުން ނަސޭޙަތްދެވި،
ނަސޭޙަތާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން، 2 (ދޭއް) ފަހަރެއްގެ މަތިން ލިޔުމުން އަޙްމަދު ޖައުފަރަށް
އިންޒާރު ދީފައިވާކަން އެނގެންއޮވެއެވެ.
އެ
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/159
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/158 މައްސަލައިގައި، ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/158 މައްސަލައިގައި، ނިންމަވާފައިވާ ނިންމެވުމަށް
ދަލުގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
12
އްޖޭގެ
{il
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv